Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތީ ފުރާނައގެ ދިރުމޭ މަގޭ (8)

Immy Level 210 Stories100 Comments
January 11, 2016 5 Mins Read
18 Comments

ނަމަވެސް ރީޝާ އަށް ވިސްނުނީ ގޯހެކެވެ. އެކުއްޖަކަށް ރީޝާ ނޫން އެހެން މީހެއް ފެނުނު ނަމަ ސިއްސައިގެން ނެއް ނުުދާނެއެވެ.

މާސްކު އަޅައިގެން ހުރި ކުއްޖާ އަވަސް އަވަހަށް ގޮސް މައިޝަން ހުރި ދިމާލަށް ދިޔައެވެ. އޭރު ސްލޯ ޑާންސް ނިމިއްޖެއެވެ. ހުރިހާ ކުދިން ތަށް ވެސް އެ ކުއްޖެއް ވެސް ތިބީ އެ ކުއްޖެއްގެ ޕާރޓްނަރ އާ ގާތް ވެގެން ގޮސް ހިންޏަކަށް އެ ދެމެދަށް ނު ވަދެވޭވަރު ކޮށްލާފައެވެ. އެ ވެސް މަދު ކުއްޖަކު ފިޔަވައެވެ. “ހޭއި…” މާސްކު އަޅައިގެން ހުރި ކުއްޖާ މައިޝަން އަށް ގޮވާލިއެވެ. “ހޭއި… ހިމްޝާ…” މައިޝަން ފޫހި ކަމާއި އެކު ބުނެލިއެވެ. މައިޝަން ހިމްޝާ އޭ ކިޔާފަ ގޮވީ ވެސް ހަމަ ގަސްތުގައެވެ. ހިމްޝާ ހައިރާނާ އެއްވަރަށް ރުޅި ވެސް  އެނގޭތީއެވެ. “މަ… މަ… މަށަކީ ހިމްޝާ އެއް ނޫން…” ހިމްޝާ އަދިވެސް މަސައްކަތް ކުރީ އޮޅުވާ ލެވޭ ތޯއެވެ. “ހުއް… އަދިވެސް ތިއުޅެނީ މަށަށް އޮޅު ވާލެވޭ ތޯ ދޯ!! މަށަކަށް ތިހާ ފަސޭހައިން އޮޅު ވައެއް ނުލެވޭނެ… ރީޝާ އަށް ވެގެން އައިސް ތި އުޅެނީ ހިމްޝާ ކަން މަށަށް އެނގޭ…” މައިޝަންގެ އަގައިން ބޭރުވި ޖުމްލަ އަހާފައި ހީވީ ހިމްޝާ ގެ މޫނު މަތީ މީހަކު ނުފެންނަ އަތަކުން ޖެހި ހެންނެވެ. “މަ… މް… މައިޝަން އަށް ކިހިނެއް އިނގެނީ މ… މި…. މީ ހިމްޝާ ކަމެއް….” ހިމްޝާ އަޑު ތުރު ތުރު ލާ ހާލު އަހާލިއެވެ. “މަށަށް ހަމަ ޔަގީން ވާތީ މިބުނީ… ދެން ތީ ހިމްޝާ ނޫން ނަމަ އަޅެ ދައްކަބަލަ ތި މާސްކު ނަގާފަ…” މައިޝަން ހިތް ހަމަ ނުޖެހި ހުރެ ބުނެލިއެވެ. “ދައްކަންވީ؟؟ ޔަގީން؟؟” ހިމްޝާ އަހާލިއެވެ. “އަޅެ ފަހެ މީހަކު އަޖައިބެއް ނުވާނެތަ؟ އާނ އެކޭ…. ތީ ހިމްޝާ ނޫން ކަން ދައްކަން މާސްކު ނަގާބަލާށޭ…. ކިހާ ބޮޑު ކަމެއްތަ؟؟” މައިޝަން ގެ މޫނު މަތިން ރުޅި ވެރިކަން ދައްކަމުން ބުނެލިއެވެ. “ހްމްމް… ބަލަން ހުރޭ މި ނަގަނީ…” ހިމްޝާ ބުނެލިއެވެ. ހިމްޝާ މިހެން ބުނުމުން މައިޝަން ގެ ހިތުގައި އެއީ ހިމްޝާ ކަމާއި މެދު އޮތް  ޔަގީންކަން ޝައްކަށް ބަދަލު ވެގެން ދިޔައެވެ. ހިމްޝާ އޭނާގެ މޫނު މަތީގައިވާ މާސްކު ނެގިއެވެ. އެއާއި އެކު  މައިޝަން އަށް ލިބުނީ ޝޮކެކެވެ. “ރ… ރަ… ރައުހާ؟؟” މައިޝަން އަށް ބުނެލެވުނެވެ. “ހްމްމް… މައިޝަން ހީކުރި ގޮތާއި ހިލާފަށް މީ ހިމްޝާ އެއް ނޫން….” ރައުހާ ހިނިތުންވެލަމުން ބުންޏެވެ. “އެކަމު ކީއްވެ ރައުހާ؟؟ ހިމްޝާ އެއް ނޫންތަ؟؟؟ އެކަމު އަހަރެންގެ މި ދެ ލޮލުންނޭ ދުށީ ހިމްޝާ ތި މާސްކު އޭނަ ގެ މޫނު މަތީ ގައި އެޅި ތަން… ދެން ކީއްވެ؟؟” މައިޝަން ވިސްނާ ވިސްނާ ބޯ ގޮވަން ކައިރި އިރު ވެސް މީ ކިހިނެއް ވީ ކަމެއް ކަން ނަގައެއް ނު ގަނެވުނެވެ. “ނޭންގުނު ދޯ އަހަރެމެން ކިހިނެއް ކުރި ކަމެއް ކަން މީ…” ރައުހާ އަނެއްކާ ވެސް ބުނެލިއެވެ. ރައުހާ ގެ އަނގައިން ބޭރުވާ ކޮންމެ ޖުމްލަ އެއް ވެގެން ދަނީ މައިޝަން ގެ ސިކުނޑީގައި ހިނގާ ހައިޖާނުގަނޑަށް އިތުރުވާ ބޮޅަކަށެވެ. “ކީކޭ؟؟ އަހަރެމެންނޭ؟؟؟” މައިޝަން އަށް އެއްޗެއް ވިސްނުނު ކަަލައެވެ. ރައުހާ ރަކިވިއެވެ. އަނގައިން ބޭރު ކުރަން ނުވާ ޖުމްލަ އެއް ބުނެވުު ކަން ވިސްނުނީ މައިޝަން އެހެން އަހާލުމުންނެވެ. “މީ… އަނެއް…. ނު… ނޫން!!! އަހަރެން ނުބުނަން އަހަރެމެންނެކޭ… އަހަރެން ބުނީ… މީ…. އަހަރެންނޭ…. ތި ވާނީ މައިޝަން އަށް އަޑު އިވުނު ގޮތް ކަމަށް…” ރައުހާ ގަނެފައިވާ ބިރު ގެ ކުރިއަސް ހަރު ކަށި ކަން ލާން މަސައްކަތް ކުރަމުން ބުނެލިއެވެ.

“އޭ…. ރައުހާ ތި ހީކުރާހާ އަހަރެންގެ ކަންފަތެއް އަދި ބީރެއް ނުވޭ… ރައުހާ ބުނީ އަހަރެމެންނޭ… އަހަންނަށް ނޭންގޭނެ ކަމަށް އޮޅުވާލަން ހަދާނެ ކަމެއް ނެތް…. ބުނޭ!! ރައުހާ އާ އެއްބައި ވެގެން ދެން ތިބީ ކޮން ބައެއް؟؟ އަހަންނަށް ޔަގީން ރައުހާ އާ އެއްކޮށް އަދި އެބަ އުޅޭ ކަން އެހެން ބައެއް ވެސް…” މައިޝަން ވެސް ހަރުކަށިކަން ދައްކާލަމުން ބުނެލިއެވެ. “ހުއް…. އަދިވެސް މަށަށް ޔަގީން…. ތި ހެން ތަ އަދިވެސް ބުނަން އިނގުނީ… ގައިމު ދެންމެ ވެސް މަ މީ ހިމްޝާ އަށް ހަދާލައަގެން  މަށަށް ޔަގީނޭ ގޮވީ… އަދިވެސް އެއިން ފިލާވަޅެއް ނުލިބެނީތަ އަނެއްކާ ވެސް މަށަށް ޔަގީނޭ ތި ގޮވަނީ…” މި ފަހަރު ރައުހާ ގެ އަޑުގައި ރުޅި ވެރިކަން ހުއްޓެވެ. އެހެނީ އެއީ އެކްތް އެކެވެ. އޭނާގެ ސިއްރު ފަޅާ އަރާފާނެތީ ވާހަކަ އޮޅުވާލީއެވެ.

ފާހަނައިން ނިކުންނަން ދިޔަ ރީޝާ ސިހުނީ ކުރިމަތި ހުރި އަހުސަން ފެނުމުންނެވެ. “އަހުސަން؟؟ މިތާ ކީއްތި ކުރަނީ؟ މީ އަންހެން ކުދިން ވަންނަ ފާހަނަ އޭ…” އަހުސަން އަށް އޮޅިގެން ކަމަށް ހީކޮށް ރީޝާ ހިނިތުން ވެލަމުން ބުނެލިއެވެ. “މަށަކަށް ނޭންގި ގެންނެއް ނޫޅެމޭ… ހުއް… އަދި މަށަށް އޮޅިދާނެ ކަމަށް އެބަ އުޅެ އެއްނު… ބަލަ މަ މީ އެއްކަލަ މަޝްހޫރު އަހުސަން އޭ… މަ އެއްވެސް ކަމެއް އޮޅިގެންނެއް ނުކުރާނެ… މުޅިން ވެސް އިނގިގެން ކުރާނީ… ހަހަހަހާ…” އަހުސަން ނުލަފާ ފާޑަކަށް ހޭން ފެށިއެވެ. ރީޝާ ގަތީ ފާޑެއްގެ ބިރެކެވެ. ކޮންމެސް ކަމެއް ގޯސް ކޮށް ދާނެއޭ އޭނާގެ ޒަމީރު ބުނަމުން ދިޔައެވެ. “އ… އް.. އަހުސަން ދެން ކީއްކުރަން… އި.. އިނގިގެން… އިނގިގެން ވިއަސް ތިި އައީ އަންހެން… އަންހެން ކު… ކުދ… ކުދިންގެ… ފަ.. ފާހާނަ… ފާހާނާއަށް….” ރީޝާ ވަރަށް ޖެހިލުނަ ވެގެން ހުރެ އަހާލިއެެވެ. “ކީއްކުރަން ހޭ؟؟” އަހުސަން ކުއްލިއަކަށް ރީޝާ އާ ދިމާލަށް ލޯ އަޅާލިއެވެ. ރީޝާ ބިރުން ހަލާކު ނުވީ ކިރިޔާ އެވެ. ހަޅޭއްލަވައިގަންނަން ވެސް ހިތަށް އެރިއެވެ. އެކަމަކުވެސް ކެތް ތެރި ވެލައިގެން ހުރީއެވެ. “ކީއްކުރަންހޭ؟” އަހުސަން ކުރިއަށް ވުރެ ބާރަށް އަނެއްކާވެސް އަހާލިއެވެ. ރީޝާ ގެ މޫނުން ބިރުން ގޮސް ދާ ހިއްލަން ފެއްޓިއެވެ. ރީޝާ މަޑު މަޑުން ބޯ ޖަހާލިއެވެ. “ހްމްމް… ޖެހޭނީ ވިސްނާލަން… މަ މިތަނަށް މި އައީ ކީއްކުރަން ހޭ ދޯ ތި އަހަނީ… އަހަރެން މި ތަނަށް މި އައީ….” އަހުސަން އަދިވެސް އުޅުނީ ރީޝާ ތަޅުވާލަންށެވެ. “ރީޝާ… ރީޝާ… އަވަހަށް ދުއްވައިގަނޭ… ދުއްވަގަނޭ… ނަތީޖާ މާކަ ރަނގަޅެއް ނުވާނެ… ދުއްވައިގަނޭ… އަހުސަން އެ އުޅެނީ ކޮންމެސް ނުބައި ކަމެއް ކުރަން… އަވަސްސް… އަވަސްސް… ދުއްވައިގަނޭ… ވަގުތެއް ނެތް…” ރީޝާ ގެ ސިކުނޑި ހިތަށް ވިސްނައި ދެމުން ދިޔައެވެ. ނަމަވެސް ރީޝާ ހުރީ ގުޑިލަން ވެސް ނުކެރިފަރެވެ. ބިރުން ގޮސް މުޅި މީހާ ހަލާކު ވަނީއެވެ. އަދިވެސް ރީޝާ ގެ ސިކުނޑި ވިސްނައިދެމުން ދިޔައީ ދުއްވައިގަންނާށެވެ. އެހެނަސް ރީޝާ ގެ ބަސް ނާހާ ހިތް އެ ނަސޭހަތަކަށް ބޯ ލަބާ ގޮތެއް ނުވިއެވެ. “އަހަރެން މިތަނަށް މިއައީ…. ތި ހަށިގަނޑުގެ މީރު ކަން ހޯދައިގަންނަން…. އައްހަހަހަހާހާ…” އަނެއްކާ ވެސް އަހުސަން ފެށީ ބިރު ގަންނަ ވައްތަރަކަށް ހޭށެވެ. މި ފަހަރު ރީޝާ ގަތީ އަމަށަކު ބިރެއް ނޫނެވެ. އަހުސަން ބުނި ޖުމްލަ އަހާފައި ރީޝާ އުޅުނީ ވަގުތުން ދުއްވައިގަންނާށެވެ. އެހެނަސް އަހުސަން މާ ހުޝިޔާރެވެ. ރރީޝާ އަށް ދުއްވައިގަނެވުމުގެ ކުރިން އަަވަހަށް ރީޝާ ހުއްޓުވަން ވެގެން އަހުސަން އަށް ހިފުނީ ރީޝާ ލައިގެން ހުރި ހެދުމުގެ ކަރުގައެވެ. ކަރު ފަހާފައި ވަނީ ތުނި ފޮއްޗަކުން ކަމުން އެ ވަގުތުން ވީދައިގެން ދިޔައެވެ. ފޮތި ވީދައި ގެން ދިޔަ އަޑު ރީޝާ ގެ ކަންފަތުގައި ޖެހުމާއި އެކު ހއދުމުގެ ކަރު އިންނަ ދިމާގައި ބާރަކަށް ހިފަހައްޓައި ގަނެވުނެވެ. އެއީ އެ ތަން ވީދައިގެން ގޮސް އޭނާގެ ވަނާތައް ހާމަ ވެދާނެތީ ގެނެވުނު ކުއްލި ހަރަކާތެކެވެ. “ދެން ތި އޮތީ ވާނެ ގޮތެއް ވެފަ… ދެން ސަލާމަތެއް ނޯންނާނެ… އޭރު ވެސް ރީޝާ ގާތު އެހެން ބުނީމަ ރީޝާ މަގޭ ބުނި ބަސް ނޭހީ… ދެން ތީ އެކަމުގެ ސަޒާ ކަންނޭންގެ… ދެން ނޭންގެ ސަލާމަތް ވާނެ ކަމެއް ވެސް…” rރީޝާ ގެ ޒަމީރު އޭނާ އަށް މަލާމާތް ކުރި ކަހަލަ އެވެ. ރީޝާ އަށް އިހްތިޔާރަކާ ނުލާ ރޮވެން ފެށުނެވެ. “ކީއްވެ ތި ރޮނީ؟؟ ކަލޭ ރޯ އިރު ހީވަނީ އެހެން މީހުން ގެ ހިތެއް ނޯވޭ ހެން ދެރަ ވާކަށް… ކަލޭ ގެ ފަރާތުން މީރު ކަން ހޯދަނަ އަހަރެން އިންތިޒާރު ކުރާތާ ކޮން ޒަމާނެއް… އެ ބޭނުން ނުފުދިގެން މި ހިތަށް ތަދ ވާވަރު ކަލޭ އަށް ނޭންގެނީތަ؟؟ ލައްކަ ގިނަ ދުވަހު މަޑު ކޮށްފިން… ދެނެއް ކެތެއް ނުވާނެ…” އަހުސަން ގެ އަޑުގައި ރުޅި ވެރިކަން ހުއްޓެވެ. “ޗީ… ހިތަށް ތި ބޭކާރު ގޮތުގައި ތަދު ކުރަނީ ހަމަ މިކަން ހާސިލް ނުވެގެންތަ؟؟ ހާދަ… ހަޔާތް ކުޑަ އޭ އަހުސަން…” ރީޝާ ރޮމުން ރޮމުން ބުންޏެވެ. އެއާއި އެކު އޭނާގެ މޫނު މައްޗަށް އައި ހޫނު އެތި ފަހަރަށް ވިސްނައިގެން ނެތުމުން އޭނާ ބިންމައްޗަށް ވެއްޓުނީއެވެ. “ހީވޭ ކަމެއް ހެން… މީ މަށެއް ކަމަކު މަށާއި ވާހަކަ ދައްކާއިރު ރެސްޕެކްޓް ގެ ކަންފުޅެއް ވެސް ލައިގެން ވާހަކަ ދައްކާނީ… އެހެންނޫނީ… މި ދޭ އަނިޔާ އަށް ވުރެ ތިން ގުނަ ކަލޭ އަށް ފަހުން އަރާނެ… އަދި ބުނެފިޔެއްނު އަނގަ ފުޅާ ކޮއްފަ ހާދަ ހަޔާތް ކުޑައޭ…” އަހުސަން ރުޅި ވެރި ކަމާއި އެކު ބުނެލިއެވެ. އަހުސަން ރުޅ އައިސް ގެން ގޮސް އެ ދެލޮލުން އަލިފާން ކަނި ބުރާ ކަހަލައެވެ. ރީޝާ އަށް މިއަދު ކުރެވުނު އެއްވެސް ކަމެއް ނެތެވެ. ހާދަ ދެރަޔޭ… ރީޝާ ގެ ހިތަށް އަރައެވެ.

އަހުސަން އޭނާގެ ވަރުގަދަ އަތުން އެ ހެދުން އިތުރަށް ކަރުން ވީދާލިއެވެ. އެ އާއި އެކު އޭނާގެ ހަށިގަނޑު ގެ ވަނާތައް ހާމަ ވެގެން ދިޔައެވެ. އަހުސަން ރީޝާ ދަމާފައި ގެންގޮސް ފާހަނަ ތެރެއިން ސްޓޯލަކަށް ވެއްދުމަށް ފަހު ދޮރު ތަޅުލިއެވެ. ހޯލު ތެރޭގައި ޖަހާފައި ހުރި އަޑު ގަދަ މިޔުޒިކް ގެ ސަބަބުން ރީޝާ ގެ ވޭނީ ހަޅޭކުގެ އަޑެއް އެކަކަށް ވެސް ނީވުނެވެ. އެ ވޭނީ ހަޅޭކުގެ އަޑު އިވުނު ކޮންމެ މީހެއްގެ ހިތް ވެސް މަޑު ފުއް ކޮޅަކަށް ވެދާނެކަން ޔަގީނެވެ. އެހެނަސް އަހުސަން ގެ ހިތަކީ މާ ހަރު އެއްޗެކެވެ. އެ ހިތަކަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. ރީޝާ އަށް ލިބެމުން ދިޔަ އަނިޔާ ތައް ބަރުދާސްތު ނުކުރެވިގެން އެންމެ ފަހުން އޭނާ ހަބަރު ހުސް ވީއެވެ. އެވަރުން ވެސް އަހުސަން ކުރަމުން އައި އެއްވެސް ކަމަކަށް ހުއްޓުމެއް ނައެވެ. އެންމެ ފަހުން އޭނާ ހުއްޓާލީ ވަރު ބަލި ވާ ވަރު ވުމުންނެވެ. ފާހަނަ އަށް ވަންނަން އައި ޔޫހާ އަށް ހުއްޓެވުނީ ފާހަނަ ތެރެ އަނދިރި ކަމުންނެވެ. އޭނާ އަނދިރީގެ ތެރޭގައި ފާހަނާއިގެ ހޮޅި ބުރި ހޯދުމަށް ފަހު ޖެއްސިއެވެ. އޭނާ އަވަސް އަވަހަށް ފާހަނާއިގެ ފުރަތަމަ ސްޓޯލަށް އަށް ވަންނަން ތަޅުގައި ހިފާލި އިރު ތަޅު ލާފައި ހުރުމުން ހައިރާން ވިއެވެ. މީހަކު އުޅެންޏާ ސްޓޯލް ތެރެއިން ކޮންމެސް ކަހަލަ އަޑެއްވެސް އިވެން ވާނެ ތާއެވެ. ޔޫހާ ވަރަށް ބިރުން ހުރެ ތިރިވިއެވެ. އޭނާ އުޅުނީ ސްޓޯލްގެ ދޮރުގެ ދަށުން އެތެރެ ބަލާލެވޭތޯ އެވެ. އޭނާ އަށް މި ކުރެވެނީ ރަނގަޅު ކަމެއް ބާއޭ ހިތަށް އެރީ ކިތަށް ފަހަރު ކަމެއް ވެސް ނޭންގެއެވެ. އޭނާ ތިރިވެގެން ގޮސް ތަޅުންގަނޑުގައި ބޯ ޖައްސާލިއެވެ. އޭނާ އަށް ފެނުނު މަންޒަރަކުން އަޑު ގެ ކޮޅަށް ހަޅޭއް ލަވައިގަނެ ވުނެވެ.

 

 

 

Share Article

Follow Me Written By

Immy

Level 210 Stories100 Comments

Other Articles

Previous

ދީފާ އުފާ – 3

Next

އިތުބާރު ގެއްލުވާ ނުލާ…14 (ފަހުބައި)

Next
January 11, 2016

އިތުބާރު ގެއްލުވާ ނުލާ…14 (ފަހުބައި)

Previews
January 11, 2016

ދީފާ އުފާ – 3

18 Comments!

  1. naaanu says:
    January 11, 2016 at 10:27 pm

    alheyyyyyyy..reeeshaaaa……kobaa maishan..eyna fonuvaaaba avahah.fonuviyas dhen kuraane kameh neidhw…????..alhey haadha dhera ey….mi bai haadha kurey…ekam hama habeys??☺☺☺???

    1. Immy says:
      January 12, 2016 at 5:52 am

      hii naanu… hehe…. reeshaa dhn mihaaru eothee hspital ah gendhaa varu vefa… hey vx nethifa… so maishan ais gn dhn kuraane vaki kmh neii….??? yahhh…..
      dhn thn kolhehe kuree dhww… k nxt prt dhigu kollaanan….
      anywayxx thnxx alt naanu…..☺☺☺☺

  2. Shyhaa says:
    January 11, 2016 at 10:36 pm

    Mi prt vex varah salhi…than kolheh kury….reeshaa ah dhera hotheh nagadhahchey…..

    1. Immy says:
      January 12, 2016 at 6:39 am

      hehe…. thnxx alt Shyhaa…. ok…. ??

  3. Niz says:
    January 11, 2016 at 10:37 pm

    Oh e manje ah e ahushan keetha e kuryyy…haadha nulafa ey dhww…plxx save her…vaahaka v reethi…waiting for nxt..

    1. Immy says:
      January 12, 2016 at 6:41 am

      thnxx niz….. hehe dhw…. yahh….☺☺

  4. Shyhaa says:
    January 11, 2016 at 10:37 pm

    Mi prt vex varah salhi…than kolheh kury….reeshaa ah dhera gotheh nahadhahchey…..

    1. Immy says:
      January 12, 2016 at 6:42 am

      hehe… thnxx alt shyhaa…. ok??

  5. Anonymous says:
    January 11, 2016 at 11:36 pm

    Vara reethi but thankolheh kuryy

    1. Immy says:
      January 12, 2016 at 6:43 am

      Thnxx alt Anonymous??☺☺☺

  6. shine says:
    January 12, 2016 at 8:58 am

    Ohhhh,,, ahusan haadha goahey dhww… Bt V v v nice..
    Nd thankolheh kury., nxt part miahvure dhigukn up kohdhehchey ingey dear… all the bst:):)…

    1. Immy says:
      January 12, 2016 at 11:47 am

      yahh dhww… shine…. ok nxt prt thnkolheh dhigu kollaann….??
      thnxx alt dearr….??

  7. Liu says:
    January 12, 2016 at 12:22 pm

    Kon iraku next part up kurany

    1. Immy says:
      January 12, 2016 at 3:18 pm

      nxt prt up kureveyne dhuvaheh neynge… eii maadhamaa akee dhiraasy aa aharu feshey duvx kamuga vaathee…. n immy collegah vx dhaan jehey thee ve… vrhh bxy vaane…. m rlly sry abt tht…. faharegga vaguthu libeyy gothakun ingeynee…. bt immy stry veehaa vx avahakh up kureveyy thw balaann… in sha Allah…. nd i hwp u al wll undrstnd….???

  8. Immy says:
    January 12, 2016 at 5:49 pm

    eyy… haadha kameh netheyy dhww mi dhu vax kolhu esfiyaige hme pge ga vx… n mi haaru stry eh liyunaas cmnt vx hunnanee vrhh madhu cmnt eh…. y is tht??? gina meehun mi dhuvax klhu online nuvanee thr??? idk wat is hpning these days to writers n rdrs…. hme pge vx vrhh boring vejje… madhu faharaku stry eh vx up koffa innanee….?? y???????

  9. shine says:
    January 12, 2016 at 7:14 pm

    It’s k Immy,.,. I understand… huhah thibey myhunnakaa bxykn ulhey myhunnakaa ehgotheh nuvaane dhw.. So, take ur time… Bt time libeyvarakun up kurachchey ingey.. This story v kiyaa hih vey….

    1. Immy says:
      January 14, 2016 at 8:07 am

      thnxx alt shine…. axlu vx dhww…. ok… i will shine…

  10. rau says:
    January 14, 2016 at 2:59 pm

    sry immy.v fahun dw mi comment kohlevunee…sry 4 that.
    anyways stry hama vvv nice….
    bt reeaha ahvaa goih haadha dheraey…..maishan dhaanama da. 🙂
    curiously waiting 4 the nxt prt 😉 🙂

Comments are closed.


All Right Reserved!