Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވާ މަންމާ މަގޭ.. 10

kamana Level 310 Stories500 Comments100 Comments
January 10, 2016 4 Mins Read
18 Comments

އަހަރެން އަތުލުމަށް ދުވަމުން ދިޔަ ދޮންބެގެ މޫނުމަތިން ނުފިލާ ހިނިތުންވުމެއް ވެއެވެ. އަހަރެންނަށް ވެސް ހިނިތުންވެނުނީ ދޮންބެގެ ހިނިތުންވުން ފެނިއެވެ.

ދުވަހަކު ނުނިދޭހާ އަރާމުކޮއް އަހަރެންނަށް ނިދިފަ އޮވެވުނީ ކިހާއިރަކު ކަމެއްނޭގެއެވެ. ފެންނަމުން ދިޔަ ހުވަފެނުން ހޭލަން ބޭނުންނުވާކަހަލައެވެ. ނުހުޅުވަން އޮތް ދެލޯ ހުޅުވަން މަޖުބޫރުވީ އަޑުގަދަކަމުންނެވެ. އަހަރެން މަޑުމަޑުން އެސްފިޔަތައް ތަޅުވާލީ ލޯހުޅުވަން އުދަގޫވުމުންނެވެ. “ދަރިފުޅާ” އަހަރެންނަށް ބައްޕަގެ އަޑުއިވުނީ ވަރަށް މަޑުންނެވެ. ހަމަހޭއަށް އަންނަން އިރުކޮޅެއް ނެގިއެވެ. “ބައްޕާ” ވަރަށް މަސައްކަތުން އަހަރެން ބައްޕައަށް ގޮވާލީމެވެ. އަނގަ ހުޅުވަން އުދަގޫވީ ތުންފަތް ކައިރިން އިރައިގެން ގޮއްސަ ހުރިކަހަލަ އިހްސާސެއް ވުމުންނެވެ.

މުޅިތަނަށް ނަޒަރެއް ދެވުނީ އޮވެވުނީ ކޮންތާކުކަން ނޭގޭތީއެވެ. ރޭގައިވި ކަންތައް ހަނދާނަށް އައުމުން އެނދުން ތެދުވުނީ ކުއްލިއަކަށެވެ. އަތުގައި ގުޅާފައިވާ އައިވީއަށް އަނެއްފަހަރު ވޯޑުގައި ތިބި މީހުންނަށް ބަލާލެވުނީ މިއީ ހުވަފެނެއްތޯ ދުއާކޮއްލަމުންނެވެ. އެހެންނަމަވެސް ބައްޕަ ގޮވާލިއަޑު ދެވަނަ ފަހަރަށް އިވުމުން އަޑުން އަޑު ނަގާ ރޯންފެށުނީ އަހަރެންގެ ހާލާމެދުގައިއެވެ. “ބައްޕާ” ގިސްލެވޭވަރުން އަހަރެންނަށް ވާހަކައެއްވެސް ނުދެއްކުނެވެ. ނޭފަތުން ފައިބަމުންދޯ ރޯގަ އަތުގެ ނުފުށުން ފޮހެލެވެނީ އުނދަގޫ ވުމުންނެވެ.

“މަގޭ ދަރިދުޅާ.. ކިހިނެއްވީ ކަމެއްމީ.. ކާކު ޖިއާ އަށް ހެދި ގޮތެއްމީ” ބައްޕަގެ އަޑުގައި ރުޅިވެރިކަމާ ހިތާމަ އެކުލެވިގެންވެއެވެ. ވަރަށް ހާލުން ޝުހޭލްގެ ނަން ކިޔާލެވުނީ އަހަރެންނަށް މިހާ ބޮޑު އަނިޔާއެއްދިން މީހަކަށް ރަނގަޅުގޮތް ވާން ނޭދޭތީއެވެ. “ބައްޕާ…. ބައްޕާ ޝުހޭލް.. އަޅުގަނޑަށް..” އަހަރެންނަށް ބައްޕަގައިގައި ބައްދައި ގަނެވުނީ އިތުރަށް ވާހަކަ ނުދެއްކުމުންނެވެ.

“ޝުހޭލްއޭ… ޖިއާއަށް ހަމަ ޔަގީންތަ.. ޝުހޭލް ހުރި ޕާޓީގައިވެސް” ދޮންބެ އަހަރެންނާ ސުވާލު ކުރަމުންދިޔައީ ގަބޫލު ކުރަން ދަތިވެ ހުރެއެވެ. “ހީވޭތަ އޭނަ ތެދެއް ބުނާނެހެން.. ޖިއާ އަނދިރީގައި ފިރިހެނުން ގޮވައިގެން އުޅޭ ވާހަކަ އަހަރެން އަޑުއެހިން.. ކޮންމެހެން ޝާމިނުގެ އޮފީސް ކުދިންގެ ބޮލުގައި ޖިއާ ކުރާ މުޑުދާރު އަމަލުތައް އަޅުވާނެ ކަމެއްނެތް” މަންމަ އަހަރެން ކައިރީގައި ހުއްޓެމުން އެހެން ބުނީ އަހަރެން ދެރަކޮއްލަން ކަންނޭގެއެވެ. އަހަރެން އެފަދަ ގޮތަކަށް ނޫޅޭނެކަން އެންމެ ރަނގަޅަށް އެގޭނީ މަންމައަށެވެ. “ޒުބޭދާ.. ތި އަނގަ މައިތިރިކުރޭ.. އަމިއްލަ ދަރި މީހެއްގެ ޝިކާރައަކަށް ވެގެން އުޅޭކަން އެނގޭ އިރުވެސް ލަދެއް ނުގަނޭތަ ތިކަހަލަ އެއްޗެހި ކިޔަން” ބައްޕަ ރުޅިއައިސް މަންމައާ ދިމާލައް އެއްޗެހި ކިޔަންފެށުމުން މަންމަ އަހަރެންނާ ދިމާލައް ބަލާލީ ރުޅިވެރިކަމާއެކީގައެވެ. “ބައްޕާ” އަހަރެން ބައްޕަ އަތުގައި ހިފާ ބޯތަޅުވާތީ ދެން އެއްޗެހި ނުކިޔުމަށެވެ. “ބައްޕާ ތިކަން ވީގޮތް އަހަރެން ބަލާނަން” ތުއްތު އެހެންބުނެ ވޯޑުން ނިކުތީ ހަލުވި ހިނގުމެއްގައެވެ.

“ޖިއާ” ދޮރުން ވަދެގެންއައި ފަރީޝައްތައަށް އަހަރެން ފެނުމުން އައީ ކުޑަކޮއް ދުވެލާފައެވެ. އަހަރެން ފެނުމުން އަހަރެން ގައިގަ ބައްދާލި ވަރަށް ލޯބިންނެވެ. އަހަރެންގެ އަތަށް ފިތާލީ ހިތްވަރު ދިނުމަށެވެ. އަހަރެން މަންމަގެ ފަރާތުން ބޭނުންވާ އަޅާލުމާ ލޯބި މިލިބެނީ ފަރީޝައްތަގެ ފަރާތުންނެވެ. މަންމާއެވެ. އަޅެ އެންމެ ފަހަރަކު ވިޔަސް ހެވެވެ. ތި ދެއަތުގެ ތެރެއަށްލާ ހުރިހާކަމެއް ރަނގަޅުވާނޭ ބުނެބަލާށެވެ. މަންމަގެ ރައްކާތެރިކަން އަބަދު ލިބޭނޭ ބުނެބަލާށެވެ. އޭރުން ހަމަ ގައިމުވެސް އަހަރެންނަށް ހިތްވަރު ލިބޭނެއެވެ. ދުނިޔެއާ ކުރިމަތިލާނީ ކެރިގެންނެވެ. މަންމާ ބުނެބަލާށެވެ. އަހަރެންނަކީ އެއްވެސް އުފަލެއް ލިބުން ހައްގު މީހެއް ނޫންހެއްޔެވެ. އަހަރެންނަށް ގިސްލާ ރޮވުނީ މަންމަގެ ރައްކާތެރިކަން ލިބޭނެކަމުގެ އުންމީދުގައެވެ. އުންމީދުގެ ހުޅުކޮޅު ފަހުވަގުތާ ޖެހެންދެން ނިއްވާ ނުލާނަމެވެ.

ހޮސްޕިޓަލްއިން އަހަރެން ދޫކޮއްލެވުނީ ދެދުވަސް ފަހުންނެވެ. މުޅިގައިގަ ނުފިލާ ރިހުމެއް ހުރުމުން ވަގުތުތައް އަހަރެން ގުނަމުން ދިޔައީ އެނދުމަތީއޮވެއެވެ. “ނިޝް” ކޮޓަރީގެ ދޮރުހުޅުވާލުމައްފަހު ވަދެގެން އައި ނިޝްފެނި އަހަރެން ނިޝް ގައިގަ ބައްދާލީ ވީ އުފަލުންނެވެ. އަހަރެން ނިޝްގެ ކޮންޑުމަތީގައި އޮވެ ގިސްލަމުން ދިޔައިރު ނިޝް އަހަރެންގެ ބުރަކަށިމަތީ ދިޔައީ ފިރުމަމުންނެވެ. ނިޝްގެ އެ ހަރަކާތުން އަހަރެންގެ ރުއިންވީ ހައްތަހާ ގަދައެވެ.

“ޖިއާ… ދެން ނުރޮއިބަލަ.. އިނގޭތަ އަކޫއާ ޒައިކު ސާރ އުޅޭ ޖިއާ ނުފެންނާތީ.. އަހަރެން ބުނިން ހުން އައިސްގެން އުޅޭވާހަކަ… ޖިއާ ކިހިނެއްތަ މިކަމެއް މިވީ.. އަހަރެން ކައިރީގަ ބުނެބަލަ… އޭރުންދޯ ހެލްޕެއް ވެވޭނީ” ނިޝް އަހަރެން ކުރެން ވެގެން އުޅޭގޮތެއް އެހުމުން އަހަރެން ނިޝްއަށް ހުރިހާވާހަކައެއް ކިޔާދޭން ނިންމީމެވެ. “އެހެން ވާނީ.. މިހާރު އެހުރީ ހަމަ ރަނގަޅަށް ނުފިލާ ލައްގަނޑެއް ޖެހިފަ… ލަދުން ބޯހަލާކު” ދޮރާދިމާލަށް ބަލާލެވުނީ މަންމަގެ އަޑުއިވުމުންނެވެ. “މަންމާ” އަހަރެންނަށް މަންމަގެ ނަންކިޔާލެވުނު އިރު އަޑު ކަރުތެރޭގައި ތާށިވިކަހަލައެވެ. ނިޝްއަށް ބަލާލެވުނީ ނިޝް އަހަރެންނާ ދޭތެރޭ ދެކޭގޮތް ތަފާތުވެދާނެތީއެވެ. މަންމަވެސް އެބުނީ ދޮގެއް ނޫނެވެ. އަހަރެންމީ ތާހިރު މީހެކޭ ބުނާނެ މީހަކު މިހާރު ނުހުންނާނެވެ.

މަންމަ ދިޔަދިމާލައް އަހަރެން ބަލަން ހުރީ ނިޝްއާ ހަތަރު ކަޅި ހަމަކުރަން ނުކެރުމުންނެވެ. “ޖިއާ… ޒުބެއްތަ ކީއްވެ އެކަހަލަ އެއްޗެއް އެބުނީ..” އަހަރެންގެ ކޮނޑުގައި ހިފާ ނިޝްއާ ދިމާލަށް އަނބުރަމުން ނިޝް އެހެން ބުނީ ޖަވާބު ނުލިބެނީސް ނުދާނެމޭ ބުނާ އުސޫލުންނެވެ. ފުންނޭވާއެއް ލުމަށްފަހު އަހަރެން ނިޝްއަށް ޝުހޭލްގެ ހުރިހާ ވާހަކައެއް ކިޔާދިނީމެވެ. އެހެން ނަމަވެސް މަންމަ އެގޮތައް ކަންތައް ކުރަމުންދާ ސަބަބު ނުބުނީ އަހަރެންނަށްވެސް މިހާތަނަށް އެކަމުގެ ސަބަބު އެނގިފައި ނުވާތީއެވެ.

އަހަރެންނަށް ހިނގޭ ވަރުވީ ދެހަފްތާ ފަހުންނެވެ. ގައިގަ ހުރި ލަކުނުތައް ދިޔައީ މަޑުމަޑުން ފޮހެވެމުންނެވެ. އަހަރެން އެހެން ދުވަސް ތަކެކޭ އެއްގޮތައް ކޮޓަރިން ނިކުތީ ސައިހެދުމަށެވެ.

“ޖިއާ.. ކޮލެޖްއަށް ދާންތަ ތިއުޅެނީ.. އަދި ނުވެއެއްނު ރަނގަޅެއް..” އަހަރެން ކާކޮޓަރިއަށް ހުއްޓުމާއެކު މިންނު އެހެން ބުނީ އަހަރެންގެ ހާލަތައް ހަމްދަރުދީ ވަމުންނެވެ. އެހެންނަމަވެސް އަހަރެން އެކެއްގެވެސް ހަމްދަރުދީއެއް ބޭނުމެއްނެތެވެ. އަމިއްލަ ހާލައިގެން އުޅެވޭނެއެވެ. “ނޫނޭ.. އޯކޭ ވާނެ.. މަސައްކަތް ކުރަންފެށީމަ ރަނގަޅުވާނީ..” އަހަރެން ބޭނުނީ ކުރީގެ ހާލަތައް ރުޖޫއަ ވާންށެވެ. އެއީ ދެން ނުވާނެ ކަމެއްކަން އަހަރެންނަށް އެނގެއެވެ. އެކަމަކުވެސް އަހަރެން ހިތްވަރުލައި މަސައްކަތް ކުރާނަމެވެ.

އެހެން ދުވަސް ދުވަހާ ހިލާފަ އަހަރެން ގޭން ނިކުތީ ހަތްގަޑި ބައިގައެވެ. މަޑު ހިނގުމެއްގައި އަހަރެން ދިޔައީ ފުންވިސްނުމެއްގައެވެ. މަގުމައްޗަށް ގިނަވަމުންދާ ދުއްވާތަކެއްޗަށް ބަލަން ހުރެވުނީ ޓްރެފިކްގައި ޖެހި ހުރެއެވެ. އަހަރެންނަށް ސިހުންކަން ލިބުނީ ކުރިމަތީ އޮތް ކާރު ބަރުގަނޑު އަޅަން ފެށުމުންނެވެ. “ސާބަސް.. ކިހާއިރެއް ގޮވާތާ.. ތިތާ މަޑުކޮއްގެން ހުއްޓަސް ޔުނިވާރސިޓީއަކަށް ނުދެވޭނެ” އަކޫ.. އަހަރެންނަށް ހިނިތުންވެވުނީ އަކޫ ފެނުމުންނެވެ. “އާދޭ.. ގެންގޮސްދޭނަން” އަކުމަލް އަހަރެނަށް ދައުވަތު ދިނުމުން އަހަރެން ކާރާ ދިމާލައް މިސްރާބު ޖެހީ ހިނިތުންވެ ހުރެއެވެ. “އެހެން ވާނީ.. މިހާރު އެހުރީ ހަމަ ރަނގަޅަށް ނުފިލާ ލައްގަނޑެއް ޖެހިފަ… ލަދުން ބޯހަލާކު” މަންމަގެ ބަސްތައް ކަންފަރުގައި ގުގުމާލީ އިންޒާރެއްގެ ސިފައިގައެވެ. ސިހުންކަން ލިބި ފަހަތައް ފިޔަވަޅެއް އަޅާލެވުނީ އަކުމަލު އާ ދިމާލަށް ބަލަން ހުރެއެވެ. “ނޫނޭ.. އޯކޭ ވާނެ.. މިއަދު އަވަހަށް މިނިކުތީވެސް ހިނގާލާފަ ދާން” އަހަރެން އަމިއްލަ ހިތަށް ވިސްނާދިނީމެވެ. އަހަރެންގެ ޖަވާބު އަޑުއަހައި އަކުމަލު ހުރީ ފާޑަކަށެވެ. އޯކޭ އޭ ބުނީ ހިތްހަމަ ނުޖެހި ހުރެކަން އަހަރެންނަށް އެނގެއެވެ. އެހެންނަމަވެސް އަހަރެން ކަހަލަ މީހަކަށް މިފަދަ ކުޑަ އުފަލެއްވެސް ހައްގެއް ނޫނެވެ.

އެކަނިވާ ކޮންމެ ގަނޑިއެއްގައިވެސް އަހަރެންގެ ލޮލުން ކަރުނަފާއްދާލައެވެ. ކިރިޔާވެސް ހިތްހަމަ ޖެހުމެއް ލިބެނީ ނިޝްގެ ބަސްތަކުންނެވެ. “ޖިއާ.. ޖިއާ ކީއްވެ އަކޫއާ ތިހާ ދުރުން ތިއުޅެނީ… އަހަރެންނަށް އެނގޭ ޖިއާ އަކޫ އާ ގަޔާވާކަން.. އަކޫ ވެސް ޖިއާ އާ ގަޔާވޭ.. އިނގޭތަ.. ޖިއާ ނާންނަ ކޮންމެ ދުވަހަކު ޖިއާގެ ވާހަކަ އަހާނެ.. ޖިއާއަށް ގުޅަންވެސް އުޅުނެ…. އެކަމަކު އަހަރެން ބުނީ ނުގުޅާށޭ..” ނިޝްގެ ވާހަކަތަކުން އަހަރެންގެ ހިތަށް ފިނިކަމެއް ލިބުނެވެ. އެހެންނަމަވެސް އެ ހިނިތުންވުންވީ ހިނދުކޮޅަކަށެވެ. އަހަރެންނަކީ އަކުމަލުއަށް އެކަށީގެންވާ މީހެއް ނޫނެވެ.

އަހަރެން ދުވަސްތައް ގުނަމުން ދިޔައީ ފޮތްތަކުގެ އެހީގައެވެ. ގެއްލިފައިވާ ކުލާސްތައް ނެގުމަށް އިތުރު ގަޑީގައިވެސް މަޑުކުރީމެވެ. އަކުމަލު ފެންނަ ކޮންމެ ފަހަރަކު ހިތައް ތަދުވެއެވެ. ފެނުނަސް ނުފެންނަ ކަމަށް ހަދަނީ އަކުމަލުއާ ދޭތެރޭ ވިސްނާފައެވެ. އެއީވެސް އޭގެން ދުވަހެކެވެ. ހަވީރުއޮތް ކުލާސް ނިންމާފައި އަހަރެން ނިކުތީ ގެއަށް ދިޔުމަށެވެ. “ޖިއާ” އަކުމަލު އަހަރެންނާ އެއްހަމަ ކުރަން އައީ ކުޑަކޮއް ދުވެލާފައެވެ. އަހަރެން ފިޔަވަޅުތައް އަވަސް ކޮއްލީ ކާރަކަށް އެރުމަށެވެ. އެހެން ނަމަވެސް އެބާރުގަދަ އަތުތެރޭގައި އަހަރެންގެ އަތް ހައްޔަރުވިއެވެ. “މަޑުކޮއްބަލަ.. ޖިއާ ކީއްވެތަ އަހަރެން ފެނުމުން ބިރުން ތިއުޅެނީ.. ޖިއާ ރުޅިއަންނަ ވަރުގެ ކަމެއް އަހަރެންނަށް ކުރެވުނީތަ” އެ ދެލޮލުގައި ވީ އާދޭހެވެ. އަހަރެން ކައިރީގައި އެގޮތަށް ކަންތަން ނުކުރާށޭ ބުނާކަހަލައެވެ. “ދޫކޮއްލާ.. މީހުން އެބަ ބަލައޭ” އަހަރެން އަކުމަލުގެ އަތްދަށުން ސަލާމަތްވާން އުޅުނީ މަގުމަތީގައި އަހަރެންނާ އަކުމަލުއަށް ހުއްޓިފައިވާ ލޯތައް ގިނަކަމުންނެވެ. “އޯކޭ …. އަހަރެންނަށް ވާހަކަ ދައްކަން ފުރުސަތެއް ދޭނަންތަ” އަކުމަލުއަށް ފުރުސަތެއް ދޭށޭ ބުނުމުން އަހަރެންނަށް ލޯމަރާލެވުނެވެ. އަހަރެން މިހާ ހިތް ހަރުވީ ކޮން އިރަކުހެއްޔެވެ. ލޮލުން ކަރުނައިގެ އަސަރުފާޅުވާން ފެށުމުން އާއެކޭ ބުނެ އަހަރެން ކުރިމަތިން ހުއްޓުނު ކާރަށް އެރީމެވެ. އަހަރެންވެސް ލޯބިވާން ބޭނުމެވެ. އެކަމަކު މަންމަ ބުނިހެން އަހަރެނަކީ ލައްގަނޑެއް ޖެހިފައިވާ މީހެކެވެ. ކާރުތެރޭގައި އިނދެ ގިސްލާ ހިތްފުރޭ ވަރަށް ރުއީމެވެ. ކާރުގައި ދުއްވަން އިން މީހާއަށްވެސް އަހަރެން ބަލާނުލަމެވެ. އެމީހާގެ ނަޒަރު އަހަރެންނަށް ހުއްޓިފައި ހުރިކަން އެނގި ހުރެ އަޅާނުލީ އަހަރެންގެ ރަތްވެ ދުޅަވެފައިވާ ލޯ އެމީހާއާ އަމާޒު ނުކުރުމަށެވެ.

އިސްޖަހައިގެން ހުރެ އަހަރެން ގެއަށް ވަނީ މިއަދު ވީ ކަންތަކާ ދޭތެރެ ވިސްނަމުންނެވެ. އަހަރެންނަށް ދެވުނީ ސިޓިން ރޫމް ހުރަސްކޮއް ދެފިޔަވަޅެވެ. ކޯތާފަތް މައްޗަށް އަރައިގެން ދިޔަ ދިލަ ހޫނުން މޫނުގައި އަތްކާތާލެވުނީ ކުރިމަތީ ހުރި މީހައަށް ބަލަމުންނެވެ.

ނުނިމޭ…

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

އިތުބާރު ގެއްލުވާ ނުލާ…12

Next

ކަނޑު ފުރޭތަ (2)

Next
January 10, 2016

ކަނޑު ފުރޭތަ (2)

Previews
January 10, 2016

އިތުބާރު ގެއްލުވާ ނުލާ…12

18 Comments!

  1. shaakko says:
    January 10, 2016 at 8:27 pm

    V reethi. Knirakun next part…

    1. kamana says:
      January 11, 2016 at 7:30 am

      Thank u shaakko. Nxt part insha allah nadhann ?

  2. misty says:
    January 10, 2016 at 8:28 pm

    Varah reethi mi bai vx.. When next part?? Waiting waiting waiting

    1. kamana says:
      January 11, 2016 at 7:31 am

      Thnk u thnk u misty. Heheh nxt part madhan insha allah ?

  3. Nifko says:
    January 10, 2016 at 8:40 pm

    Vrh reethi mi part vex… kon irakun next part… kiyaa hithun kei nuvey… plx next part avas kohdhyba…???❤

    1. kamana says:
      January 11, 2016 at 7:32 am

      Awnnn thnk u nifko. Madhan avahah up kureveytho try kuraanan ingeyy. Thnk u ?

  4. saf says:
    January 10, 2016 at 8:44 pm

    V nice kaakuba hyvany jiya ge mom hen hoonu ethi fahareh dheny avahah next up kohdhehche vvvvvv nice

    1. kamana says:
      January 11, 2016 at 7:33 am

      Thnk u naf. Jiya manma henntha hyvanii. May be dhw. Heheh yes yes i will try ingey ?

  5. Immy says:
    January 10, 2016 at 8:46 pm

    vrhh vrhh vrhhh reethi mi prt vxx… ekm thnkolheh kuru…. wen nxt prt???? waiting…. juxt luv ur stries kamana…..???????

    1. kamana says:
      January 11, 2016 at 7:35 am

      Awwwn immyy u r such a sweet heart. ? Thnk u so much lov. Kurutha. Sorryy. ? Will try ingey dhigu kureveythoo. Bt liyan nydheveny mihaaru hama. Sorry for that. Hope u guyxx will understnd

  6. Niz says:
    January 10, 2016 at 10:14 pm

    Wow…vvvv reethi mi part vex…kiyaa hithun inyma nimun goi vx nengunu…haadha goahey dhw jiya mum…so sad…anyway whn nxt prt…im wating for nxt prt…keep it up dear…

    1. kamana says:
      January 11, 2016 at 7:41 am

      Thnk u niz. Asluvx dhw. May be theres a reason behind all those things. Heheh nxt part madhan ingeyy. Thnk u. ?

  7. shine says:
    January 10, 2016 at 10:49 pm

    Masha Allah.. , v v rythi.. bt jiya haadha badhunasybey dhw.. nd that mom haadha goahey….. bt y, jiya ah ehaa goahee?!??!!?? Anyways, nxt part kn irakun tha up kohdhenyyy dhnn.. ,v avas up beynun.. jiya moonuga jehi myheh balaalaa hithun hureveny eh noon..

    1. kamana says:
      January 11, 2016 at 7:42 am

      Aan dhw. Varah avahah jiya ah ehn hadhany kyve kann ingeyne ingey. Thnk u shine ?

  8. faru.. says:
    January 11, 2016 at 1:44 pm

    Vaahaka varah reethi. Jia ge manma dheke varah foohi. Dhen manma change vaan jehunu reason aky kobaatha? Fareesha aky kaaku?

    1. kamana says:
      January 11, 2016 at 2:26 pm

      Asluvx dhw. Reason eh onnaane dhw. Varah avahah ingeyne ingey. Thnk u faru?

  9. Eyesh says:
    January 11, 2016 at 2:58 pm

    Eyesh ah heevany ei shuhail hen. Eyna ge vahaka jia bappa ah kiyadhinyma eyna rulhi aeehen heevany.. dhen neyge dhw .. jia ge e nulafaa mamma ah ves vedhaane. ? v v v reethi mi part ves.. kamana i luv ur story. This is 1 of my fav. Best of luck gurl.. ??

    1. kamana says:
      January 11, 2016 at 4:28 pm

      Heheh aan dhw vedhaane emyhun kuri kamakah vx. Thnk u so much eyshooo. ??

Comments are closed.


All Right Reserved!