Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިތުބާރު ގެއްލުވާ ނުލާ…14 (ފަހުބައި)

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login
January 11, 2016 6 Mins Read
64 Comments

ރާއިފް އެތެރެއަށް ވަދެ ދޮރު ލައްޕާލާފައި އައިސް ނީނާ ކައިރީ އިށީނެވެ.

“ދިޔަ ތަނެއް ބުނެލި ނަމަ އަހަރެން ހާސް ވެގެން ނޫޅުނީހެއްނު؟” ރާއިފް ބުންޏެވެ.

“ރާއިފްއަށް ނާންގަން ވެގެނެއްނު ނުބުނެ ދިޔައީވެސް؟ އާޒިމްއާ ލަމް އެވަރަށް ނުބުނި ނަމަ ރަށަށް ދާނީވެސް ރާއިފް ކައިރީ ނުބުނެ” ނީނާ ބުންޏެވެ.

“ރަށަށް ދާންތަ ތިއުޅެނީ؟” ނީނާއަށް ބަލާލަމުން ރާއިފްއަށް އަހާލެވުނެވެ.

“ކީއްކުރަން މިތާ ހުންނަނީ؟ ރާއިފްއަށް ބޭނުން ކަމެއް ބޭނުން ގޮތަކަށް ކުރެވޭނެ އަހަރެން ނެތިއްޔާ. އަހަރެން ނެތަސް ރާއިފްއަކަށް އެއްވެސް ކަމެއް މަދެއް ނުވާނެ” ނީނާ ބުންޏެވެ.

“ތީ ތެދެއް ނޫން…” ރާއިފް ބުންޏެވެ.

“ތެދަކަށް ނުވެފަ ކޮބާ؟ އަހަރެން ނެތަސް ޝައުނާ ހުންނާނެ، އަހަރެން ރަށަށް ދާއިރަށް އޭނަ ގެނައިމަ ނިމުނީނު؟” ނީނާ ރާއިފްއަށް ބަލާލަމުން ބުންޏެވެ.

“ނީނާ…!” ރާއިފްއަށް ބުނެވުނެވެ.

“އަހަރެން ބުނި ކަންތައް ރާއިފް ކޮށްދޭނަންތަ؟” ނީނާ އަހާލިއެވެ.

ރާއިފް ބޯހަލުވާލިއެވެ.

“އަދިވެސް ރާއިފް ހިތް ފުރޭ ވަރު ނުވަނީދޯ؟ އެކަމަކު ދެން އަހަންނަކަށް ނުވާނެ… ވަރި ނުކުރިޔަސް އަހަރެން ރަށަށް ދާނަން” ނީނާ ތެދުވެފައި ބުންޏެވެ.

ރާއިފްވެސް ތެދުވެފައި ނީނާގެ އަތުގައި ހިފާ ރާއިފްއާ ދިމާއަށް އަނބުރާލިއެވެ.

“ނުބުނާނަންތަ؟” ރާއިފް އަހާލިއެވެ.

“ކޯޗެއްތަ؟” ރާއިފްގެ އަތް ފޮޅުވާލަން މަސައްކަތް ކުރަމުން ނީނާ އަހާލީ ރާއިފް ބުނި އެއްޗެއް ނުވިސްނުމުންނެވެ.

ރާއިފް ޖީބުން ސިޓީއުރަ ނަގާ އެނދު މައްޗަށް އެއްލިއެވެ. ސިޓީއުރަ ފެނުމުން ރާއިފް ބުނި އެއްޗެއް ނީނާއަށް ވިސްނުނެވެ.

“ބައްޕައަށް ވީގޮތް އަހަންނަށްވެސް ވާންތަ ނީނާ ބޭނުން ވަނީ؟ ނީނާ ރަށަށް ދިޔައިމަ ތިރަށު މީހުން ބުނާނެ އަހަރެންގެ ބައްޕަ ދައްތައަށް ހެދި ގޮތަށޭ އަހަރެން ނީނާއަށްވެސް ހެދީ… އެހެން ނުވެގެންތަ ތިއުޅެނީ؟ މިހުރިހާ ދުވަހު ބައްޕަ އެއުޅެނީ އެކަން ހަނދާން ނައްތާ ނުލެވިގެން، އަހަރެންވެސް މުޅި އުމުރުގަ އެހެން އުޅެންތަ ނީނާ ބޭނުން ވަނީ؟” ރާއިފް ނީނާގެ އަތުގައި ހިފަހައްޓައިގެން ހުރެ ސުވާލުތަކެއް ކުރަމުން ދިޔައެވެ.

އޭރުގެ ހަނދާން އަދިވެސް ރާއިފްގެ ހިތުން ނުފިލާކަން ރާއިފްގެ އެ ސުވާލުތަކުން ނީނާއަށް ވިސްނުނެވެ. ރުޅި އައިސްފައި ހުރި ނަމަވެސް ފުރަތަމަވެސް ނީނާދެކެ ރާއިފް ރުޅިއައިސް ފޫހިވި ސަބަބު ކޮންމެވެސް ވަރަކަށް ނީނާއަށް ވިސްނުނެވެ. ނިޒާރުއަށް ދިމާވި ކަންތަކުން ރާއިފްގެ ހިތުގައި ލައްވާފައިވާ ޒަހަމް ނީނާއަށް ވިސްނުނީ އަދި ކިރިޔާއެވެ.

 

ނަމަވެސް އެއީ ނީނާއަށް އެކަމުގެ ސަޒާ ލިބެން ޖެހޭ ކަމެއް ކަމަކަށް ނީނާއަކަށް ގަބޫލެއް ނުކުރެވެއެވެ. އެކަކު ކުރި ކުށެއްގެ ސަޒާ އެހެން މީހަކަށް ދިނުމަކީ އިންސާފެއް ހެއްޔެވެ؟ އެހެން ނޫނަސް ރާއިފްގެ އެސުވާލު ތަކުން ނީނާއަށް ނެގުނީ އެހެން މާނައެކެވެ. ވިސްނުނީ މުޅިން އެހެން ގޮތަކަށެވެ.

 

“ތިހެން ވެގެންތަ އަހަރެން ހޯދަން ތިހާ ވަރަކުން ތި އުޅެނީ؟ ރާއިފްގެ ބައްޕައަށް ދިމާވި ކަހަލަ ކަމެއް ރާއިފްއަށް ދިމާ ވެދާނެތީތަ؟ އެއީތަ ހާސް ވެގެން ތި އުޅޭ ކަމަކީ؟” ނީނާ ރުޅި އައިސްގެން އަހާލިއެވެ.

“ނީނާ… އަހަރެން ކައިރީ ބުނާކަށް ނުޖެހޭތަ؟ އަހަންނަށް އެނގެން ޖެހޭ ކަމެއް ނޫންތަ މީ؟” ރާއިފް މަޑުމައިތިރި އަޑަކުން އަހާލިއެވެ.

“ބުނާށޭ އިއްޔެ ދިޔައީ… ހޮސްޕިޓަލުން ނިކުތް ގޮތަށް އެކަކަށްވެސް ނާންގާ ފުރަތަމަ ރާއިފް ކައިރީ ބުނަން އަހަރެން ދިޔައީ. އެކަމަކު އަހަންނަށް ފެނުނީ ކޮން މަންޒަރެއް؟ އެވަރުންވެސް އަހަރެން ބުނަން ޖެހޭތަ؟ އަހަރެން ދިޔައީ ހުރިހާ ވާހަކައެއް ބުނަން… ހުރިހާ ކަމެއް ހަމަ ޖައްސަން، ހުރިހާ މައްސަލައެއް ހައްލު ކުރަން. އެކަމަކު އޭރު ރާއިފް…” ނިނާ އިސް ޖަހާލީ ލޮލުން އައި ކަރުނަ ރާއިފްއަށް ނުދައްކާށެވެ.

“ޝައުނާ އައިތާ ފަސް މިނެޓްވެސް ނުވާނެ ނީނާ އައި އިރު… ނީނާ ތިހީކުރާ ކަހަލަ އެއްވެސް ކަމެއް ނުވެސް ވެޔޭ…” ރާއިފް ބުންޏެވެ.

“އެހެންވެތަ ރާއިފް އޭނަ ގައިގަ ހިފަހައްޓައިގެން ހުރީ؟ އޭނަ ރާއިފްގެ ގައިގަ ބައްދައިގަނެގެން ހުރީ؟” ލޯފޮހެލާފައި ރާއިފްގެ އަތު ތެރޭން ނިކުންނަން މަސައްކަތް ކުރަމުން ނީނާ އެހިއެވެ.

“އަހަރެން އޭނަ ދުރަށް ޖައްސަން ވެގެން އޭނަގެ ކޮނޑުގަ އަތްލި ވަގުތު ނީނާއަށް އާދެވުނީ، ގަބޫލު ކޮށްބަލަ!” ރާއިފް ބުންޏެވެ.

“އޭނަ ފުރަތަމަވެސް ރާއިފްއާ—” ނީނާ އެއްޗެއް ބުނަން އުޅުނެވެ.

“ޝައުނާއަކަށް ނޭނގޭ އަހަރެން މީހަކާ އިން ކަމެއްވެސް، އޭނަ ލަންކާގަ އުޅެފަ އައިސް… އޭނަ ބޭނުންވީ އަދިވެސް…” ރާއިފް ނީނާއަށް ބުނެދޭން މަސައްކަތް ކުރިއެވެ.

“ރާއިފް އަކަށް ނޭނގޭތަ؟” ނީނާ އަހާލިއެވެ.

“އަހަންނަށް އެނގޭތީ ޝައުނާ ދުރު ކުރަން އުޅުނީ، އޭރުވެސް ނިނާ މަތިން ހަނދާން ހުރީމަ އަހަރެން—” ރާއިފްއަށް ފުރިހަމަ ނުކުރެވެނީސް ނީނާ ވާހަކަ ދައްކަން ފެށިއެވެ.

“އެހެންވެ އޭނަ ގެނެސް އޮފީސް ތެރެއަށް ލައިގެން އުޅުނީ؟  ކޮންމެ ގޮތެއް ވިޔަސް ހެޔޮ… މިއަދުވެސް ރާއިފް ތިއުޅެނީ އަހަރެން ހޯދާކަށް ނޫން، އަހަރެން ބަނޑު ބޮޑުވީމަ ތިއުޅެނީ ރާއިފްގެ ބައްޕައަށް ވީގޮތް ރާއިފްއަށް ވެދާނެތީ… އެހެން ވިޔަ ނުދޭން ތިއުޅެނީ” ނީނާ ބުންޏެވެ.

“އަހަރެން ކިހިނެއްތަ ނީނާއަށް ބުނެދޭނީ؟” ނީނާގެ ކޮނޑުގައި ހިފާ ތަޅުވައިގަންނަމުން ރާއިފްއަށް ބާރަކަށް ބުނެވުނެވެ.

“އަހަރެން އައީ ރާއިފްއާ ޒުވާބު ކުރާކަށް ނޫން، އަހަރެން އައީ ރަށަށް ދާ ވާހަކަ ބުނަން ވެގެން. ދޫކުރޭ” ނީނާ ރާއިފްގެ މޫނަށް ބަލާލަމުން ބުންޏެވެ.

“ނީނާ ޕްލީޒް… އިހަށް އަޑު އަހާބަލަ، ނުދޭބަލަ!” ރާއިފް އާދޭހުގެ ރާގެއްގައި ބުންޏެވެ.

“އަހަރެން ނުދާންވީ ކީއްވެގެންތަ ރާއިފް؟ އަހަރެން މަޑު ކުރަންވީ ކީއްކުރަން؟ ކާކަށް ޓަކާ؟ ކާކު އަހަރެން ދެކެ ލޯބި ވާތީ؟” ނީނާ ރޯން ފެށިއެވެ. ލޮލުން އައި ކަރުނަ ފޮހުނު ނަމަވެސް އެކަރުނައަކަށް ހުއްޓުމެއް ނައެވެ.

“ފުރަތަމަ އަހަންނަށް އެނގުނީ ރާއިފް އަހަންނާ އިނީ އަހަރެން ނުވެސް ކުރާ ކަންތައް ތަކަކާ އަހަރެންގެ ކިބައިން ބަދަލު ހިފަން ކަން، އޭގެ ފަހުން އަހަރެން ރާއިފްއަށް މާފު ކުރިން، އިތުބާރު ކުރިން… ދެން ފެނުނީ ރާއިފް އެހެން އަންހެނެއް ކައިރީ ހުއްޓާ… ދެން އަހަރެން ދާން އުޅުނީމަ އަހަރެން ހުއްޓުވަން ތިއައީ އަހަރެން ބަނޑު ބޮޑު ކަން އެނގުނީމަ. ދެން ބުނެބަލަ! އަހަރެން ކީއްކުރަންތަ މަޑު ކުރަންވީ؟” ނީނާ އަހާލިއެވެ.

“ތިހެން ވެގެނެއް ނޫނޭ ނީނާ… ގަބޫލު ކޮށްބަލަ…” ނީނާގެ މޫނު ފޮހެލާފައި ރާއިފް ނީނާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.

“އަހަރެން ކިހިނެއްތަ ގަބޫލު ކުރާނީ؟ ރާއިފް ބުނާ އެއްޗެއް އަހަރެން ގަބޫލު ކުރާ ގޮތަކަށްތަ ރާއިފް ކަންތައް ކުރީ؟” ރާއިފްގެ ދެއަތުގައި ހިފަހައްޓާލަމުން ނީނާ އަހާލިއެވެ.

“ރާއިފް ދެކެ ލޯބިވާތީ މިހުރިހާ ދުވަހު އަހަރެން ރާއިފްއާ އެކީ އުޅުނީ. އަދިވެސް އަހަރެން ހުރީމުސް އިއްޔެ އަހަންނަށް ފެނުނު މަންޒަރު ނުފެނުނު ނަމަ. އެނޫން ކޮންމެ ކަމެއް ރާއިފް ކުރި ނަމަވެސް އަހަރެން ހުންނާނަން، އެކަމަކު އެއީ އަހަންނަށް ނުބެލޭނެ މަންޒަރެއް، އަހަންނަށް ކެތް ނުކުރެވޭނެ ކަމެއް” ނީނާގެ މޫނުން ރާއިފްގެ ދެއަތް ދުރަށް ޖައްސާލާފައި ނީނާ އެނބުރުނެވެ.

“އަހަރެން އެކަހަލަ ކަމެއް ނުވެސް ކުރާނަމޭ ނީނާ… ގަބޫލު ކޮށްބަލަ! ޕްލީޒް!” ނީނާގެ ކުރިމައްޗަށް އަރާ ނީނާގެ އަތުގައި ހިފާލަމުން ރާއިފް ބުންޏެވެ.

“އެންމެ ރަނގަޅު، ތިކަން އަހަރެން ގަބޫލު ކޮށްފާނަން. އެކަމަކު އަހަންނަށް ކޮން ޔަގީން ކަމެއް އޮތީ ރާއިފް އަހަރެން ދެކެ ލޯބިވާ ކަމުގެ؟ ރާއިފް އަހަރެން ދެކެ ލޯބި ނުވަންޏާ މިއަދު ނޫނީ މާދަން، ނޫނީ ކޮންމެސް ދުވަހަކުން އަނެއްކާވެސް މިދުވަސް އަންނާނެ. އޭރުން އަނެއްކާ ކިހިނެއް ހަދާނީ؟” ނީނާ އެހިއެވެ.

“ލޯބި ވާތީއޭ އަހަރެން ނީނާ ދިޔަ ނުދޭން މިއުޅެނީ” ރާއިފް ބުންޏެވެ.

ރާއިފްގެ އެޖުމްލަ އަޑު އިވުމުން ނީނާއަށް ލޯމަރާލެވުނެވެ. އެސްފިޔަ ތަކުގެ ތެރޭން ކަރުނަތައް ކޯމައްޗަށް ފައިބަން ފެށިއެވެ.

“ރާއިފް ތިއުޅެނީ ރާއިފްގެ ދަރިފުޅުގެ ބޭނުމުގަ…” ނީނާ ބުންޏެވެ.

“ނޫނެކޭ… އަހަންނަށް ނީނާ ބަނޑު ބޮޑުކަން އެނގުނީވެސް މިއަދު އޮފީހަށް ދިޔަ ފަހުން… މިއަދަކު ނޫނޭ އަހަރެން ނީނާ ބޭނުންވީ، އަހަރެން ނީނާއާ އިނީވެސް ނީނާ ބޭނުން ވެގެން، އޭރުވެސް ނީނާ ދެކެ ލޯބިވާތީ…” ރާއިފް އަނެއްކާވެސް ނީނާގެ އަތުގައި ހިފާލިއެވެ.

“ދެން ކީއްވެތަ މިހާ ދުވަސް ވީއިރުވެސް އަހަންނަށް ތިކަން ނޭނގުނީ؟” ނީނާ އަހާލިއެވެ.

“އަހަރެން ބުނިނަމަ ނީނާ ގަބޫލު ކުރާނަންތަ؟” ރާއިފް އަހާލިއެވެ.

ނީނާ އެއްޗެއް ނުބުނެ ރާއިފްއާ ދިމާއަށް ބަލާލިއެވެ.

“އަހަރެން ދޮގެއް ނުހަދަމޭ. ކުޑަކޮށްވެސް އަހަންނަށް އިތުބާރެއް ނުކުރެވޭތަ؟ އަހަރެން ދައްކާ ވާހަކަ ކުޑަކޮށްވެސް ގަބޫލެއް ނުކުރެވޭތަ؟” ރާއިފް އަހާލިއެވެ.

ނީނާ ރާއިފްއާ ދިމާއަށް ބަލަން ހުއްޓެވެ. ރާއިފްގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. ނީނާ ބަލަން ހުއްޓާ އެކަރުނަ ތިއްކަށް ފަހު ރާއިފްގެ ލޮލުން އެތައް ކަރުނައެއް ފޭބިއެވެ.

 

އެވަގުތު ނީނާއަށް ރާއިފްގެ ވާހަކަ ގަބޫލު ކުރެވުނެވެ. ރާއިފް ދެއްކި ހުރިހާ ވާހަކައަކަށް ވުރެން ބޮޑަށް ނީނާ އަށް ޔަގީން ކުރެވުނީ ރާއިފްގެ ލޮލުން ވެއްޓުނު ކަރުނަ ތިއްކަށެވެ. ރާއިފް ދެއްކި ވާހަކައިގެ ތެދުކަން ސާބިތު ކޮށްދިނީ އެކަރުނައެވެ.

 

ހަށިގަނޑުން ބޮޑު ބުރައެއް ލުއިވި ކަހަލަ އިހުސާސެއް އެވަގުތު ނީނާއަށް ކުރެވުނެވެ. ބަޔާން ކުރަން ދަތި ހަމަޖެހުމެއް ހިތަށް ލިބުނެވެ. ނަމަވެސް ނީނާއަކަށް އެއްޗެއް ނުބުނެވުނެވެ. ހިތުގެ އެންމެ ފުންމިނުން އެދޭ އެދުން ފުރިހަމަ ވުމުން އެކަން ގަބޫލު ނުކުރެވިފައި ރާއިފްއާ ދިމާއަށް ބަލަހައްޓައިގެން ހުރި ގޮތަށް ހުރެވުނީއެވެ.

“ނީނާ އަހަރެންގެ އަނތްބަކަށް ވީ އިރުވެސް އަހަރެން ނީނާ ދެކެ ލޯބިވޭ، އެރޭވެސް… އަހަރެންގެ ހިތުން ނީނާއާށް ޖާގަ ދެވިފަ ނުވާނަމަ އަހަންނަށް އެގޮތަށް ނީނާއަށް ލޯތްބެއް ނުދެވުނީސް. އެކަމަކު… އަނެއްރޭ ނީނާއަށް އެނގުނީ ހުރިހާ ކަމެއް. އޭގެ ފަހުން އަހަރެން ބުނި ނަމަވެސް ނީނާ ގަބޫލެއް ނުކުރާނެ. އަހަންނަށް އެނގޭ އެރޭ ނީނާ ދެރަވާނެ ކަން… އެކަން އެނގޭތީ ކުރިން ބުނަން އުޅެފަވެސް ނުބުނީ، ހިތަށް އެރީ ފަހުން އަހަރެން އެވަރަށް ނީނާ ދެކެ ލޯބި ވާއިރު އެވަރަށް ނީނާ ދެރަ ވާނެ ވަރުގެ ވާހަކައެއް ބުނަނީ ކީއްކުރަން ހެއްޔޭ… އެހެންވެ ނުބުނީ… ލޯބި ވާތީ، އަހަންނަށް ނީނާ ގެއްލިދާނެތީ” ރާއިފް ލޯފޮހެލާފައި ނީނާގެ އަތުގައި ހިފާ ގެނެސް ރާއިފްގެ މޫނުގައި ޖައްސާލިއެވެ.

“ނީނާގެ ބަރތްޑޭގަވެސް އަހަރެން ހިއެއް ނުކުރަން އެހެން ވެދާނެ ކަމަކަށް… އެކަމަކު އެރޭ އެނގިއްޖެ ނީނާ އަދިވެސް އަހަރެން ދެކެ ލޯބި ވާކަން. ދެންވެސް އަހަންނަށް އެވާހަކަ ދައްކަން ނުކެރުނީ އެ ގުޅުން ބަދަލު ވެދާނެތީ… އޭރަށް ވުރެ ދުރު ވެދާނެތީ… އަހަރެން އެވާހަކަ ދައްކައިގެން ނީނާ އަނެއްކާވެސް ރުޅި އައިސް ދާނެތީ” ރާއިފް ވާހަކަ ދައްކަމުން ދިޔައެވެ.

“މިއަދު އަހަރެން ބޭނުން ހުރިހާ ވާހަކައެއް ދައްކަން… އެއްވެސް ކަމެއް ސިއްރު ކުރާކަށް ބޭނުމެއް ނޫން، މިކިޔާދިނީ ހުރިހާ ކަމެއް ރަނގަޅަށް… އަހަންނަށް ގޯސްކޮށް ކުރެވުނު ކަމަކީ އެގޮތަށް ނީނާއާ އިންނަން ބޭނުންވި ކަން އެކަނި… އެނގޭ އޭރު އަހަރެން ކުރަން އުޅުނީ ރަނގަޅު ކަމެއް ނޫން ކަން. އެކަމަކު މިހާރު އަހަރެން ނީނާ ބޭނުން ވަނީ ނީނާ ބަނޑުބޮޑު ވީމައެއްވެސް ނޫން… އަހަރެން ނީނާ ދެކެ ލޯބި ވާތީ. އަހަރެން ފުރަތަމަ ފަހަރަށްވެސް ނީނާ ކައިރީ ނީނާ ދެކެ ލޯބި ވެޔޭ ބުނީ އެއީ ތެދަކަށް ވީމަ…” ރާއިފް ވާހަކަ ދެއްކުން ހުއްޓާލީ ނީނާ ތުންފަތުގައި އިނގިލި ޖައްސާލުމުންނެވެ.

“ކީއްވެތަ ކުރިން ތިހުރިހާ ވާހަކައެއް ނުބުނީ؟ އިއްޔެ އަހަރެން އެހީމަވެސް ކީއްވެތަ އެއްޗެއް ނުބުނީ؟” ނީނާ އެހިއެވެ.

“އަހަންނަށް ބުނާނެ އެއްޗެއް ނުވިސްނުނީ، ދޭނެ ޖަވާބެއް ނޭނގުނީ… އެކަމަކު އަދިވެސް ނީނާއަށް ގަބޫލު ނުކުރެވެންޏާ ނަސްރު ކައިރީ އަހާބަލަ… ނޫނީ އާޒިމް ކައިރީ އަހާބަލަ. މިއަދު އަހަރެން ހުރިހާ ވާހަކައެއް އާޒިމްއަށް ކިޔާދިން އިރަކު އަހަންނަކަށް ނޭނގެ ނީނާ ޕްރެގްނަންޓް ކަމެއް” ރާއިފް ބުންޏެވެ.

“އަހަރެން ދެން އެކަކު ކައިރީ އެކައްޗެއްވެސް އަހާކަށް ބޭނުމެއް ނޫން…” ނީނާ ބުންޏެވެ.

“އަދިވެސް ގަބޫލު ނުކުރެވެނީތަ؟” ރާއިފް އަހާލީ ދެރަވެ ބަލިވެފައިވާ އަޑަކުންނެވެ.

ނީނާ އެއްޗެއް ނުބުނެ ރާއިފްގެ އުނަގަނޑުގައި ދެއަތުން ވަށާލިއެވެ. އަދި ރާއިފްގެ މޭގައި މޫނު ޖައްސާލިއެވެ. އެލޮލުން ދެން ފައިބައިގެން ދިޔައީ ޝަކުވާގެ ކަރުނައެވެ. އެތައް ދުވަހެއް ވަންދެން އިންތިޒާރު ކުރި ދުވަސް އައުމުން އެކަމުގެ އުފަލުގައި އައި ކަރުނައެވެ. ލޯބިވާ ފަރާތުގެ ލޯބި ލިބުނު ކަމުގެ ޔަގީންކަން ލިބުމުން އެކަމުން ލިބުނު ހިތްހަމަ ޖެހުމުން ލޮލުން ފޭދުނު ކަރުނައެވެ.

“ނީނާ…؟” ނީނާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ރާއިފް ގޮވާލިއެވެ. ނީނާ އަދިވެސް ބޮޑަށް ރާއިފްގެ ގައިގައި ތަތްވެލިއެވެ. ރާއިފްއަށްވެސް ނީނާ ގައިގައި ބައްދާލެވުނެވެ.

އެތައް އިރެއް ފަހުން ނީނާ ބޯހިއްލާލާފައި ރާއިފްގެ މޫނަށް ބަލާލިއެވެ.

“އަދިވެސް ނީނާ ބޭނުމީ ދާންތަ؟” ރާއިފް އަހާލިއެވެ.

ނީނާ ދެފަރާތަށް ބޯ ހަލުވާލިއެވެ.

“ސޮރީ ނީނާ… ދެން ދުވަހަކުވެސް ނީނާގެ އިތުބާރު ގެއްލޭ ކަހަލަ ކަމެއް ނުކުރާނަން. ވީހުރިހާ ކަމަކަށް އަހަރެން މާފަށް—” ރާއިފް ބުނަން އުޅުނު އެއްޗެއް ފުރިހަމަ ވިޔަ ނުދީ ނީނާ އެވަގުތު ރާއިފްގެ ބަސް ހުއްޓުވިއެވެ. ކުރިން ދުވަހަކުވެސް ހިއްސާ ކޮށްފައި ނުވާފަދަ ލޯބީގެ ވަގުތު ކޮޅެއް ރާއިފްއާ ނީނާ އެވަގުތު ހިއްސާ ކޮށްލިއެވެ. އެތައް އިރެއް ފަހުން ދެމީހުން ދުރުވި އިރު ދެމީހުންނަށްވެސް ތިބީ މާނޭވާ ލެވިފައެވެ. އެވަރުންވެސް ނީނާ ރާއިފްއާ ދުރުވާކަށް ބޭނުމެއް ނުވިއެވެ.

“އިހަށް ނޭވާ ލާބަލަ…” ހީލާފައި ރާއިފް ބުންޏެވެ.

“ތިއޭ އަހަރެންގެ ނޭވައަކީވެސް، ހިތުގެ ވިންދަކީވެސް… ދިރި ހުރުމަކީވެސް ތީ…” ނީނާ ބުންޏެވެ.

ރާއިފް ނީނާއާ ދިމާއަށް ބަލަން ހުރެފައި ނީނާ ގައިގައި އަނެއްކާވެސް ބައްދާލިއެވެ.

“ރާއިފްއާ ނުލާ އުޅެން ޖެހިއްޖެއްޔާ އަހަރެން މަރުވެދާނެ… އިއްޔޭން ފެށިގެން އަހަރެން ހިތަށް އަރަނީ ކިހިނެއް ބާއޭ ދެން އަހަރެން ދިރިހުންނާނީ…” އިސް އުފުލާ ރާއިފްގެ މޫނަށް ބަލާލަމުން ނީނާ ބުންޏެވެ.

“ނީނާ ދެކެ ލޯބި ވެވުނު ފަހުން މިއަދު އަދި ހިތަށް ހަމަ ޖެހުމެއް މިލިބުނީ… މިހުރިހާ ދުވަހު އަހަރެން ހަމަ އެކަނި ނޭވާލީ، ދިރި ހުރީކީ ނޫން” ނީނާގެ މޫނުގައި ދެއަތުން ހިފަހައްޓާލާފައި ރާއިފް ބުންޏެވެ.

“އައި ލަވް ޔޫ…”

“އައި ލަވް ޔޫ…” ދެމީހުންނަށް އެއްފަހަރާ ބުނެވުނެވެ.

 

އެވަގުތު ބޭރުން އިވުނީ އިނގިރޭސި ލަވައެއްގެ އަޑެވެ. ދެމީހުންގެ ވެސް ހިތުގެ އަޑެވެ.

“…. ބޭބީ އައި ޑޯންޓް ނޯ ވަޓް އައި ވުޑް ޑޫ…

އައިޑް ބީ ލޮސްޓް އިފް އައި ލޮސްޓް ޔޫ…

އިފް ޔޫ އެވަރ ލީވް…

ޔޫ ވުޑް ޓޭކް އަވޭ އެވްރިތިންގ ގުޑް އިން މައި ލައިފް….

އެންޑް ޓެލް މީ ނައު…

ހައު ޑޫ އައި ބްރީދް ވިތް އައުޓް ޔޫ…

އައި ވޯންޓް ޓު ނޯ…

ހައި ޑޫ އައި ލިވް ވިތް އައުޓް ޔޫ…”

ނިމުނީ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ތީ ފުރާނައގެ ދިރުމޭ މަގޭ (8)

Next

އަލްމާޝް 16

Next
January 12, 2016

އަލްމާޝް 16

Previews
January 11, 2016

ތީ ފުރާނައގެ ދިރުމޭ މަގޭ (8)

64 Comments!

  1. Mar Sha Marsha says:
    January 11, 2016 at 10:27 pm

    އައްސަލާމް ޢަލައިކުމް، މިވާހަކަ ހުރިހާ ކުދިންނަށް ކަމުދިޔަ ކަމަށް ހީކުރަން… ފެށިގެން ނިމެންދެން ކިޔާ، ކޮމެންޓް ކުރި ކުދިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ… މިހިސާބުން ކިޔުންތެރިންގެ ވޯޓަކަށް އަހާލާނަން…
    ނިމިދާނެ ޖާނާ ހިތާ
    މިހިތުގެ ލޯތްބޭ ތީ
    ހިތް އެދެނީ
    މި ތަނުން ދެން މާޝާ ގެނެސްދޭނީ އެންމެ ގިނަ ކިޔުންތެރިން ވޯޓް ދޭ ވާހަކައެއް، ސޯ ޕްލީޒް ވޯޓް އިނގޭ، އެކަމަކު ވާހަކަ ދެން ގެނެސްދެވޭނީ ފެބްރުއަރީ މަހުގެ ތެރޭގަ،، އެއީ ކުރިންވެސް ބުނިހެން މާޝާގެ ދަރިފުޅުގެ މެޑިކަލް ކަމެއްގަ މިމަހުގެ ފަހުކޮޅު އުޅެން ޖެހޭތީ… އަދިވެސް އެއްފަހަރު ކިޔުންތެރިންގެ ފަރާތުން މާޝާއަށް ލިބުނު ތަރުޙީބަށް ހާސް ފަށުން ޝުކުރު ކުރަން، ޝުކުރިއްޔާ.

    1. Saadha says:
      September 14, 2016 at 8:04 pm

      Thanks varareethi adhi kiyalevunu vaahathah

  2. Kai says:
    January 11, 2016 at 10:33 pm

    Alhey nimuneetha

    1. Kai says:
      January 11, 2016 at 10:38 pm

      Story vara awesome 😀 ekam dhen nimuneema varah dhera 🙁 hmm emeehunge life adhi thankolhai rom kohlrabi genesdhin nama it will be perfect 😛 😛 with their kids 😀 🙂 😉 and kai dw first 🙂
      Hiy edhenee

  3. Ushfa says:
    January 11, 2016 at 10:35 pm

    Hi edheny

  4. nukko says:
    January 11, 2016 at 10:38 pm

    Wowww mi vaahaka vs hama perfect… nukko beynun 3 vaahaka vs kiyan.. v v kiyaa hiyy vejjeyyy… nukko nukiyan theege therein ehvs vaahaka eh… hope thi vaahaka thah kiyaalan libeyne kamah.. nukko ge vote 3 vaahaka … plxx marsha 3 vaahaka up kohdhy…. plx … ok knme dhuvahakun viyas… Marsha free v ma plxxxz plxxxx

  5. shiru says:
    January 11, 2016 at 10:42 pm

    Varah varah reethi mi vaakaha…

  6. Najudhaa says:
    January 11, 2016 at 10:43 pm

    Mi vahaka varah reethi ……..

    1. Seenam says:
      January 22, 2016 at 8:14 am

      Najudhaa thiya ee Innamaadhoo kuhjehthe?

  7. Niz says:
    January 11, 2016 at 10:44 pm

    Oh god…vvvv nice…asluvex hama ragalhavex rovijje…

  8. Niz says:
    January 11, 2016 at 10:48 pm

    Nimidhaane jaana hithaa

  9. yaan lahu says:
    January 11, 2016 at 10:49 pm

    Nimidhaane jaanaa hitha. V v nice story eh. Keep it up dear

  10. Amee says:
    January 11, 2016 at 10:49 pm

    Thanks. Maasha. V v salhi story. Aslu v bunaa dhuvahah vaahaka genesdhey faraathakun adhi mi dhimaavy mihaa dhuvahah story kiyaa iruves. February viyas ok. Mi hithuge loabbey thy.

  11. Nookko says:
    January 11, 2016 at 10:51 pm

    Hih edheny

  12. Nookko says:
    January 11, 2016 at 10:53 pm

    Mi vaahaka varah rythiii..n.get well soon to ur baby..

  13. Axee says:
    January 11, 2016 at 10:54 pm

    V nice

  14. mari says:
    January 11, 2016 at 10:56 pm

    Hiy edheny

  15. xiu says:
    January 11, 2016 at 10:56 pm

    i want hiy edheny
    vaahaka v reethi

  16. shine says:
    January 11, 2016 at 10:57 pm

    Masha Allah… this story is awesome….
    k knme storyeh genesdhinas.. Hama kiyaa hithun kiyaanan…. good luck..

  17. Xee says:
    January 11, 2016 at 11:02 pm

    Hiy edheny genedhyba pls

  18. aika says:
    January 11, 2016 at 11:03 pm

    Reethi stry eh….. Its really awesome:) Hiy edhenee

  19. Shahina says:
    January 11, 2016 at 11:06 pm

    V nice mi story but ahaa avahah nimunyma v sad mi hituge lobaytee

  20. lam says:
    January 11, 2016 at 11:12 pm

    Raaif ge mom aky kaaku

  21. Depika says:
    January 11, 2016 at 11:24 pm

    V reethi v loabi mi vaahaka i luv u……

  22. Depika says:
    January 11, 2016 at 11:28 pm

    Hih edheny

  23. chai says:
    January 11, 2016 at 11:33 pm

    hiy edheny

  24. misty says:
    January 11, 2016 at 11:34 pm

    Misty akah neyge mi vaahaka reechey bunaane gotheh ves.. M speechless .. Hehe.. Misty beynun hurihaa vaahaka eh ves kiyan.. Misty hykuran marsha hurihaa vaahaka eh ves up kodheyne kamah..owww can’t wait… v haa ves avahakah vaahakatha up koh dhechey.. Soo curious 2 read all da stories.. Waiting

  25. Lai says:
    January 11, 2016 at 11:35 pm

    vaaraaaaaaaaaaaah rythi .. v rythi mi vaahaka.. i wnt mi hithuge loehbey thy n hiyy edheny 🙂

  26. Mar Sha Marsha says:
    January 11, 2016 at 11:39 pm

    Hehe.. varah happy vejje comments fenunyma.. love u all too… readers ge comments fenunyma Marsha hithah araa hurihaa kameh fasjassaalaafa hama story genesdheyn vy ey.. but ehen ves nuvaane dho… new story ehves type kuran fashaigen miulheny.. typing nimunyma e storyves fashaanan eyru up kuraa aneh story akaa eky.. insha allah.. n enme kuryga ulheny hiy edheny dho?? Heheh.. tom night aa hama ah balaanan votes ah, n thnx all again n again n again. ☺☺☺☺☺☺

  27. Anonymous says:
    January 11, 2016 at 11:43 pm

    Hiy edhenee

  28. nasy says:
    January 11, 2016 at 11:55 pm

    So nice story …….plx dhn genesdhyba hiy edheny

  29. Aish says:
    January 11, 2016 at 11:59 pm

    Mihithuge loabey thi

  30. Riz says:
    January 12, 2016 at 12:15 am

    3 storyvess beynunn, spcialy Nimidhaaney jaana hithaa v avahah up kohdhehchey pls pls, n mi storyvess vvvvvv salhi masha allah

  31. Habee says:
    January 12, 2016 at 12:24 am

    Vvvv reethi..reethi abadhu vess reethi..Aa vaahakayah v inthizaaru gai mihury ★★★★★

  32. Zai says:
    January 12, 2016 at 12:32 am

    Ninmidhaane jaanaa hithaa

  33. ? says:
    January 12, 2016 at 1:29 am

    Hiy edheny

  34. risha says:
    January 12, 2016 at 5:58 am

    hih edheney..story v nice..

  35. ninth says:
    January 12, 2016 at 7:23 am

    nice

  36. Allooo says:
    January 12, 2016 at 8:23 am

    Nimidhaane jaana hitha

  37. Zaan says:
    January 12, 2016 at 8:24 am

    Vaahaka v fakka igey…hey plx up load nimidhane jaana hitha.

  38. zaa says:
    January 12, 2016 at 8:39 am

    V v salhi .loabin furifa v. V reethi .dhen eame kiyaalaa hiy vanee.HIY Eadheney. Eavaahaka genesdhee

  39. Faree says:
    January 12, 2016 at 9:06 am

    Wooooow…v loabi vaahaka eh…bt haadha avahey nimunleh…adhives kiyaa hiyvany vaahaka.dhen kiyaalan beynumy nimidhaane jaana hithaa..plzzzzzzzz

  40. naaanu says:
    January 12, 2016 at 11:25 am

    nimidhaane jaanaa hithaaa ????

  41. dhon says:
    January 12, 2016 at 12:15 pm

    Wow! So love. Hama rovijje ufalun.

  42. Narry says:
    January 12, 2016 at 12:26 pm

    Finally problem solve.vaahaka v reethi.ragalhavvx rovvaalaifi…up kohdhybala nimidhaane jaana hitha

  43. Ira says:
    January 12, 2016 at 12:29 pm

    Hiy edheney

  44. aalaa says:
    January 12, 2016 at 1:29 pm

    Vrh nice stry eh. Massha allah.. bt aalaa hithah arany nimuny iru nyna prg kan gey myhunnah angaalinamey ey eyrun maa furathama vs.. anyways vrh nice stry .. aalaa beynumy hiyy edheny

  45. Aiko says:
    January 12, 2016 at 2:48 pm

    Vaahaka awesome! Dhen kiyaahith vanee hiy edhenee

  46. Axu says:
    January 12, 2016 at 2:53 pm

    Wow so nyc stry..nimidhaane jaana hitha.plzzz up kohbala

  47. Afooooo says:
    January 12, 2016 at 2:59 pm

    Story is awosome..pleas upload nimidhane jana hita

  48. ?????????? says:
    January 12, 2016 at 6:10 pm

    Wowwww story vrh reethi… I want hit ehdhenee eh story…..?????????????????????????????????????

    1. ?????????? says:
      January 12, 2016 at 6:11 pm

      Hiy**********

  49. Mynass says:
    January 12, 2016 at 6:30 pm

    Hey plxx uplod nimidhaane jaana hitha

  50. Pary says:
    January 12, 2016 at 6:35 pm

    Oh god haadha nice vaahaka ekey…i lv this story…plxxxx up kohbala nimidhaane jaana hithaa

  51. Ziyaa says:
    January 12, 2016 at 6:46 pm

    This is one of the hrt touching story…hey nimidhane JaNaaa hitha

  52. Ziyaa says:
    January 12, 2016 at 6:47 pm

    I mean uo kohdhyba

  53. Naxy says:
    January 12, 2016 at 7:04 pm

    Nimidhaane jaana hithaa

  54. Aroo says:
    January 12, 2016 at 8:09 pm

    Nimidhaane jaana hithaa

  55. Mizzy says:
    January 12, 2016 at 8:22 pm

    I dont know the name. Ekam nazla ulhey vaahaka dhen emmme kiyaalaa hih vany. Btw varah reethi mi vaahaka ves.

  56. kamana says:
    January 12, 2016 at 9:38 pm

    hiyy edhenee

  57. shau says:
    January 14, 2016 at 11:13 am

    haadha reethiey.. hih edheny

  58. xunko says:
    January 18, 2016 at 3:48 pm

    nice story eh..

  59. Ushaa says:
    June 27, 2016 at 7:01 pm

    Vvvvvvvvvvvvvvvvvvvvvvvvvvv nyc stwrii eh….

  60. Sada says:
    July 17, 2018 at 11:49 pm

    Varah loabi mi story ves maasha ge ehn story thake key ehfadhain…??

Comments are closed.


All Right Reserved!