ދީމާގެ މޫނުމަތީގައި ޖެހި އެތިފަހަރާއެކު ނިމާންގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އެންމެ ހިނދުކޮޅަކުވެސް އެތާ މަޑުނުކޮށް ހިނގައިގަތުމަށްފަހު ހުއްޓިލީ އަޒްމާއާއި އެއްހަމައިގައެވެ. “މާފްކުރޭ ބޮޑުއްތާ… ދީމާއާއި ސުވާލުކުރުމުން ހުރިހާ ސުވާލުތަކެއްޖެ ޖަވާބު ލިބޭނެ”……… އަޒްމާ ދޭނެ ޖަވާބަކަށް ބެލުމެއްނެތި ބާރު ހިނގުމުގައި ނިމާން އެގެއިން ނިކުތީ ހިތްހަމަޖެހިފައިވާ ހިތަކައިގެންނެވެ. “އާނ މަންމާ…އަފޫ ބުނީ ދިފޫއަށް ކޯސް ލިބުނީމަ ފެމެލީ އެއްކޮށް ދާނީއޯ…. ވަރަށް ދެރަވޭ އަފޫވެސް ޝަހާވެސް ދިޔާމަ. ޝަހާވެސް ހިއެއްނުވޭ މިކޮޅަށް […]
އޭނާ ތިރިވެގެން ގޮސް ތަޅުންގަނޑުގައި ބޯ ޖައްސާލިއެވެ. އޭނާ އަށް ފެނުނު މަންޒަރަކުން އަޑު ގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. ހޯލު ތެރޭގައި ތިބި ކުދިންނަށް ވެސް ޔޫހާ ގެ ބާރު ހަޅޭކުގެ އަޑު ފަނޑު ފަނޑު ކޮށް އިވިގެން ދިޔައެވެ. އެހެންކަމުން ފާހަނަ ބަރިއާ އެންމެ ކައިރިއަށް ހުރި އާރާ ދުވެފައި ގޮސް އަންހެން ކުދިންގެ ފާހަނަ އަށް ވަނެވެ. ފުރަތަމައިނުން ވެސް އާރާ އަށް ފެނުނީ ފުރަތަމަ ސްްޓޯލް ކައިރީ އިށީންދެލައިގެން ރޯން އިން ޔޫހާ […]
އަހަރެންނަށް ބަލަން އޮވެވުނީ އަކުމަލު ދިޔަ ދިމާލަށެވެ. އެބުނީ ކީކޭ ހެއްޔެވެ. އަނެއްކާ… ނޫނެކެ.. މާތް ރަސްކަލާކޯއެވެ. އަނެއްކާ އަނެއް އިމްތިހާނު މިއަޅާއާ ކުރިމަތި ކުރަނީ ހެއްޔެވެ. މޫނުމަތީގައި އަތްއަޅާ ގިސްލާ ރޮވުނީ އަމިއްލަ ހާލާމެދުއެވެ. އަހަރެން ރޮއި ރޮއި އަހަރެންގެ ދެލޯ ވަޅީ ދުޅަވެފައެވެ. ލޮލުން ދިލަނަގަންފެށީ އިތުރަށް އަންނާނެ ކަރުނަތިއްކެއްގެ ހިސާބުވެސް ނެތީމަކަންނޭގެއެވެ. “ޖިއާ” އަހަރެންނާ ދިމާލަށް ދުވަމުން އައި ނިޝް ފެނި އިސްޖަހާލެވުނީ މޫނު ފޮރުވުމަށެވެ. އެންމެގާތް އެކުވެރިއަކަށް ސިއްރުކުރެވޭނެ އެއްވެސް ކަމެއް […]
“މަނިކު ޓެކްސީއަކަށް ގުޅާ… މަ މިއަންނަނީ އަޒޫ ކައިރީގައި ދާ ވާހަކަ ބުނެލާފައި…… މިދިމާލަށް ދޯ އަޒޫ ދިޔައީ” ބަދިގެއާއި ވީ ދިމާލަށް ފަޒްނާ އަތް ދިއްކޮށްލުމުން އަދުނާން ބޮލުގެ އިޝާރާތުން އާއެނކޭ ބުނެލިއެވެ. ގޭގެ އެކިދިމަދިމާލަށް ލޯހިންގަމުން ފަޒްނާ ބަދިގޭ ދޮރަށް އެރިއިރު އެތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކުޑަކޮށް އެތެރެއަށް ޖެހިލާ ދެކޮޅަށް ލޯހިންގާލުމުން ފުރިޖް ދޮރު ހުޅުވާލައިގެން ފުރަގަހަށް ގުދަށް ކަހަލަ ގޮތަކަށް އޮތް އަންހެންކުއްޖަކު ފެނުމުން ފަޒްނާ ކުޑަކޮށް މަޑުޖެހިލިއެވެ. […]
ޔުއާން ކޮޓަރިއަށް ގޮސް ވަންއިރު ޔުއާން ފެންނާކަށް ނެތެވެ. ފާހަނައިން ފެން އަންނަ އަޑު އިވުމުން ޔުއާން ވީ ފާހާނައިގަކަން އާރާއަށް އެނގުނެވެ. އާރާ ޔުއާންއަށް ޖެއްސުން ކުރުމަށް ފާހާނަ އިގެ ދޮރުގައި ބާރަށް ޓަކި ޖަހަންފެށިއެވެ. އަދި ޔުއާންއަށް ބާރަށް ގޮވަންފެށިއެވެ. އެވަގުތު ކުޑަކޮށް ދޮރު ހުޅުވާލާފައި އެތެރޭން ނެރުނު އަތުން އާރާގެ އަތުގައި ހިފާފައި ކުއްލިއަކަށް އެތެރއަށް ދަމައިގަތެވެ. ” ވަޓް ދަ..” ފެނުނު މަންޒަރުން އާރާއަށް ބުނެވުނެވެ. އަދި އަވަސް އަވަހަށް އަނެއް […]
3 މަސް ފަސް އީމަން އިނީ ކޮޓަރީގެ ބެލްކަނީގައެވެ. އަތުގައި އޮތް ފޮޓޯ ފްރޭމަށް ބަލަހައްޓައިގެން ފުން ހިޔާލަކަށް ގެއްލިފައި އިން އިރު ލޮލުން ފައިބަމުން ދިޔަ ކަރުނަ ތިކިތަށް ފޮޓޯފްރޭމަށް ބޮސް ދެމުން ދެއެވެ. ޔާނާ އާއި އީމަންގެ ކައިވެނީގެރޭގައި ނަގާފައިވާ އެފޮޓޯގައި ޔާނާ ހިނިތުންވެލައިގެން އިންއިރު އެމޫނުމަތިން ފެންނަމުން ދިޔަ މަޢުސޫމުކަން އަދިވެސް އީމަންގެ ހިތް ކަތިލަމުންދާފަދައެވެ. “މާން! ސައިބޯންވީނު؟” ސައިތަބަކެއް ހިފައިގެން އައި ރީމް ކޮޓަރީގެ ދޮރު ހުރަސް ކޮށްލަމުން ބުނެލިއެވެ. ކަޅު […]
މާޝަލްގެ ބުށްފުޅި ގިރާލައިގެން ބަގީޗާއަށް ނިކުތް އަލްމާޝް އަންޖޫގެ އުނގުގައި އިން މާޝަލް ނަގާ އުނގުމަތީގައި ބައިންދަމުން އަންޖޫއާއި ޖެހިގެން އިން ޖޯލީގައި އިށީނެވެ. އަންޖޫ ތެދުވެގެން ބަދިގެއާއި ދިމާލަށް ދާން ނިކުތްއިރި ނިމާން ވަދެގެން އަންނަީއެވެ. “ޑެޑީގެ ޕްރިންސަސް… ހާދަ ލޯބިކޮށް ހީލީ” ނިމާން ފެނުމުން އަލްމާޝްގެ އުނގުގައި އިން މާޝަލް ހީލިތަން ފެނުމުން ނިމާންއަށް ނުހުރެވިގެން މާޝަލް ނަގާ ކޮލުގައި ތިންހަތަރު ފަހަރު ލޯބިކޮށްލިއެވެ. “ހިނގާދާން އެތެރަށް… މާބޮޑަށް ހަވީރުވީ.. މާލް ބޭރުގައި ބަހައްޓާކަށް […]
އަވަސް އަވަހަށް ހިނގާފައި މާޔާ ދިޔައިރު އިރު އިރުކޮޅާ ލޯ ފުހެލައެވެ. މާޔާއަށް މިކުރެވުނީ ކީއްެހެއްޔެވެ. ނަކީލްގެ ލޯތްބަށް ބޭނުންވެފައި ހުއްޓާވެސް އެއަށް އިންކާރުކުރެވުނީ ކީއްވެހެއްޔެވެ. މާޔާ އަމިއްލަ ނަފްސަށް މަލާމަތް ކުރާ ކަހަލައެވެ. ލޯބި ވާންވެސް އެނގުނީ ތިމާއާއި އެކަށީގެން ނުވާ މީހަކާއިއެވެ. ނަސްލުގެ ގޮތުންވެސް ނަސަބުގެ ގޮތުން ވިޔަސް މާޔާއާއި ނަކީލް އެއްހަމައެއް ނުކުރެވޭނެކަން މާޔާވަނީ އަމިއްލަ ހިތަށް ވިސްނައިދީފައި ކަހަލައެވެ. ހައިފާވެސް ބޭރުގައި އުޅެފައި ކޮޓަރިއަށް އައިވަގުތެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ އަދިރިކަމުގެ ތެރެއިން […]
މި ވާހަކައިގެ ބާކީ ބައި ވީނިއުސްއިން ކިޔާލެވޭނެ ވާހަަކަ ދަންނަވަމެވެ.