Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދީފާ އުފާ – 3

az000 Level 110 Stories
January 11, 2016 2 Mins Read
19 Comments

” އާރާ ވަރަށް ބޮޑަށް ސޮރީ… މަންމަ ބުނެގެން އެއަރޕޯރޓަށް މަންމަގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއެއް ރިސީވެކުރާން ދާންޖެހިއްޖެ” ކުށްވެރިއަކު ފަދައިން އިސްޖަހައިގެން އިނދެ ޔުއާން ވާހަކަ ދެއްކިއެވެ.

” ސޯ ވަޓް އަހަރެން ގޮވައިގެން ދެވިދަނެއްނު…އެކަމަކު ޖެހޭނެ ބަރގަރ ކިންގުން އަހަންނަށް ކާންދޭން.. ” އާރާގެ ޖަވާބުން ޔުއާންއަށް ހީލެވުނެވެ. އަދި ހުޅުލޭ ފެރީއަށް ދާން ދުއްވާލިއެވެ.

” ބައިދަ ވޭ.. ރިސީވް ކުރަން މިދާ ކުއްޖާއަށް ކިޔަނީ ކޮންނަމެއްތަ” އާރާ އަހާލިއެވެ.

” މާޒް ” ޔުއާން ޖަވާބު ދިނެވެ. އެވަގުތު ވައި އަޑުން އާރާއަށް އެނަން ކިޔާލެވުނެވެ.

……………………………………………………………………………………………………..

ރާކިން ކްލާސް ނިންމާލާފައި ކޮލެޖުން ނިކުތްއިރު ދޮރުމަތީ ގައި ފަލަކް މަޑުކޮށްލައިގެންއ ހުއްޓެވެ.ފަލަކް އަކީ އާރާ އާއި އެއްކޮށް ކިޔަވަމުން އައި އާރާގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. ރާކިންއައި ފަލަކްގެ މެދުގައި ގާތް ރަހުމަތްތެރިކަމެއް އުފެދުނީ ފަލަކް އާރާ އާއި އެއްކޮށް އެގެއަށް އައިސް އުޅުމުގެ ތެރޭގައެވެ. ނަމަވެސް މިހާރު އެރަހުމަތްތެރިކަންވަނީ ލޯތްބަށް ބަދަލުވެ އެކަކު އަނެކަކާ ދުރުނުވެވޭ ވަރުވެފައެވެ. ފަލަކްގެ ހަމައެކަނި ބިރަކީ ފަލަކްއަކީ އާދައިގެ އާއިލާއަކަށް އުފަން ކުއްޖަކަށް ވުމާއެކު ރާކިންގެ އާއިލާ މީހުން އެމީހުންގެ ގުޅުމަށް ނުޤަބޫލުވެދާނެތީއެވެ.

” ބޭބީ މިތާ ހުންނަތާ ވަރަށް ގިނައިރު ވެއްޖެތަ” ރާކިން ފަލަކްގެ އަތުގައި ހިފާލަމުން ބުންޏެވެ.

” ނޫން ހަމަ ދެންމެގަ މިއައީ… ރާކް އަހަރެން މިއައީ ވާހަކައެއް ދައްކަންވެގެން” ފަލަކް ބުންޏެވެ. ރާކިން ދެކޮޅު ހޯދާލާފައި ފަލަކްގެ އަތުގައި ހިފައިގެން ގެންގޮސް ތަންކޮޅެއް ދުރުގައި ޕާރކް ކޮށްފައި އޮތް ރަތް ކުލައިގެ ކާރާށް އެރިއެވެ.

” ރާކް ބޭނުންވަނީ އަހަރުމެންގެ ގުޅުން އެންމެނަށް ސިއްރު ކުރަންތަ؟ ނުވީތާކަށް އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާއަށްވެސް ނާންގާ މިއުޅެނީ..  ” ކާރަށް އެރުމާއެކު ފަލަކް ޝަކުވާ ކުރަންފެށިއެވެ.

” ތީ ހަމަ ބޭބީ އަށް ހީވާގޮތް ..އެނގެއެއްނު އަހަރެން ލޯބިވާވަރު… އަހަރެންވެސް ގޭމީހުން ކައިރީގައި ބުނަން ބޭނުން.. އަކަމަކު އަދި ތަންކޮޅެއް އަވަސްހެން ހީވަނީ” ރާކިން ލޯތްބާއެކު ވިސްނަދެވޭތޯ މަސައްކަތް ކުރަންފެށިއެވެ. ނަމަވެސް ފަލަކްގެ މޫނުމަތިން އަދިވެސް ފެންނަނީ ޝަކުވާއެވެ.

” ރާކް އަނެއްކާ އަހަންނާ ސީރިއަސްތަ” ވަރަށް ވިސްނަން އިނދެފައި ފަލަކް ސުވާލުކޮށްލިއެވެ.

“ޝައްކު ވަނީތަ” ރާކިންވެސް ކޮށްލީ ސުވާލެކެވެ. ނަމަވެސް ފަލަކްއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ރާކިންގެ މޫނަށް ބަލަހައްޓައިގެން އިނދެވުނީއެވެ.

” ފަލަކް ކައިރީ ކިތަށް ދުވަހު ބުނެފިން އަހަންނަށް ޝައްކުނުކުރާށޭ.. އަހަރެން ހުންނާނީ އަހަރެންގެ ގޮތުގައޭ…  ތިހެން ޝައްކު ކުރަންޏާ ކިހިނެއް އުޅޭނީ..” ރާކިން އިސްޖަހާލަމުން ބުންޏެވެ. ރާކިން ދެރަވެއްޖެކަން އެނގުމުން ފަލަކް ހިތުގައި ޖެހުނެވެ.

” ސޮރީ ރާކް.. އަހަރެންވެސް ބޭނުމެއްނޫން ޝައްކު ކުރާކަށް.. އެކަމް ކީއްކުރާނީ.. މިގޮތަށް ސިއްރުން އުޅެންވީމަ ހިތަށް އަރަނީ ވަކިވާން ޖެހިދާނޭ.. ” ރާކިންގެ ކޮނޑުމަތީގައި ބޯއަޅާލަމުން ފަލަކް ވާހަކަދެއްކިއެވެ.

” އިރާދަކުރެއްވިއްޔާ އެކަހަލަ ގޮތެއް ނުވާނެ..” ފަލަކް ގައިގާ ބައްދާލަމުން ރާކިން ބުންޏެވެ.

……………………………………………………………………………………………………..

ޔުއާން އާއި އާރާ ތިބީ އެއަރޕޯރޓް އެރައިވަލްސް ބައިގައެވެ. އޭރު ޔުއާންގެ އަތުގައި މާޒް ޖަހާފައިވާ ބޯޑެއް އޮތެވެ. ޔުއާން އެބޯޑްގައި ހިފައިގެން ހުރެހުރެ ވަރުބަލިވުމުން އެބޯޑްގައި ހިފަނީ އާރާއެވެ. އެގޮތަށް ތިބޭތާ ވިހިވަރަކަށް މިނެޓް ފަހުން އެރައިވަލްސްއިން ނިކުމެގެން އެމީހުންނާ ދިމާއަށް އަންނަ ޒުވާނެއް ފެނުނެވެ. އިސްކޮޅުން ދިގު މި ޒުވާނާ ބައިމަތި ފުޅާވެފައި ރީއްޗެވެ. އެޒުވާނާ އެމީހުންނާ ދިމާއަށް އައި އިރު އެ ހިނގުމުގައި ފިރިހެންވަންތަ ގޮތެއް ހުއްޓެވެ.

” މާޒް” ޔުއާންއަށް ސަލާމަށް އަތް ދިއްކޮށްލަމުން މާޒް ބުނެލިއެވެ. ޔުއާން އަތުގައި އޮތް ބޯޑު ތިރިކޮށްލައި މާޒް އާއި ސަލާމް ކޮށްލިއެވެ. އަދި އަމިއްލަ އަށް ތައާރަފް ވެލިއެވެ. އަދި ކައިރީގައި ހުރި އާރާވެސް ތައާރަފްކޮށްދިނެވެ. މާޒް އާރާއާއި ދިމާއަށް ބަލާލުމުން އާރާ ހީލިއެވެ. ނަމަވެސް މާޒް ހީވެސްނުލާ ޔުއާންއާ އެއްކޮށް ކުރިއަށްދާން ފެށިއެވެ. ފޮނި މީހެކޭ ހިތަށް އެރުމާއެކު އާރާ އަނގައަށް ގޮތެއް ހަދާލިއެވެ. އަދި ޔުއާންމެންގެ ފަހަތުން ދަމުން މާޒް އާ ދިމާއަށް ކުދިކިޔަމުން ދިޔައެވެ.

……………………………………………………………………………………………………..

ހ. އައިސްކޮޓެޖް ޕޯޓިކޯތެރެއަށް ވަދެގެން އައި ކާރުން މާޒް ފޭބިއެވެ. ޔުއާން އާއި އާރާ އައީ ކާރުގެ ފަހަތުންނެވެ.

” ހިނގާ އެތެރެއަށް” އެތެރެއަށް ވަންނަން ދޮރު ދައްކާލަމުން ޔުއާން ބުންޏެވެ.

” މަންމަ ވީ މިވަގުތު މީޓިންގ އެއްގަ.. ބުނީ ނިމިނުހާ އަވަހަކަށް އަންނާނަމޭ.. އާދޭ އަހަރެން މާޒްގެ ކޮޓަރި ދައްކާނަން” ޔުއާން ވާހަކަ ދައްކަމުން މާޒް ގޮވައިގެން މައްޗަށް އެރިއެވެ. އާރާ ސޯފާގައި އިށީނދެލީ ޔުއާން އަންނަން ދެކަށެވެ. ޔުއާން ނައިސް ލަސްވުމުން އާރާ ސިޑިން އަރައިގެން މައްޗަށް ދިޔައީ ޔުއާންގެ ހޯދުމަށެވެ. ޔުއާން ކޮޓަރިއަށް ގޮސް ވަންއިރު ޔުއާން ފެންނާކަށް ނެތެވެ. ފާހަނައިން ފެން އަންނަ އަޑު އިވުމުން ޔުއާން ވީ ފާހާނައިގަކަން އާރާއަށް އެނގުނެވެ. އާރާ ޔުއާންއަށް ޖެއްސުން ކުރުމަށް ފާހާނަ އިގެ ދޮރުގައި ބާރަށް ޓަކި ޖަހަންފެށިއެވެ. އަދި ޔުއާންއަށް ބާރަށް ގޮވަންފެށިއެވެ. އެވަގުތު ކުޑަކޮށް ދޮރު ހުޅުވާލާފައި އެތެރޭން ނެރުނު އަތުން އާރާގެ އަތުގައި ހިފާފައި ކުއްލިއަކަށް އެތެރެއަށް ދަމައިގަތެވެ.

Share Article

Follow Me Written By

az000

Level 110 Stories

Other Articles

Previous

އިތުބާރު ގެއްލުވާ ނުލާ…13

Next

ތީ ފުރާނައގެ ދިރުމޭ މަގޭ (8)

Next
January 11, 2016

ތީ ފުރާނައގެ ދިރުމޭ މަގޭ (8)

Previews
January 11, 2016

އިތުބާރު ގެއްލުވާ ނުލާ…13

19 Comments!

  1. naaanu says:
    January 11, 2016 at 12:26 pm

    haaaadha kureyyyy…ekam v salhi

  2. naaanu says:
    January 11, 2016 at 12:27 pm

    yaaaayyyyyyyy….i frst

  3. Reysham says:
    January 11, 2016 at 12:42 pm

    Alheyy.. Mi past varah salhi….
    Avaha aneh part upload kohla dheyy…

  4. ninth says:
    January 11, 2016 at 1:41 pm

    kuruviyas fukkeh boduvaru midhen.

  5. milz says:
    January 11, 2016 at 1:52 pm

    Salhi mi part.. avahah up kohdhee bala.. ehn noony Rafa as rulhi 😛 😛

  6. Depika says:
    January 11, 2016 at 2:33 pm

    Hehe Mi dhen bodu varu dhigu kamun nuves kiyeyne

  7. piss piss says:
    January 11, 2016 at 2:56 pm

    Piss piss Haadha dhigu vaahaka ekey dhw…adhi kuda koh kuru kohlan feney…mi ves dhn vaahaka eh dhw..noony hindi drama eh tha..boa halaaaku,…..

  8. shine says:
    January 11, 2016 at 3:15 pm

    V nice.. bt thankolheh kury… nxt part miah vure dhigu kohlahchey…

  9. ny says:
    January 11, 2016 at 3:16 pm

    Allhy haadhakurey mivuredigukolaba plz……..v v reethi mipartves,

  10. Anonymous says:
    January 11, 2016 at 3:52 pm

    Alhey Emme riythi thankolhun.. dhn faharaku thankolheh dhigu kohlachey

  11. axee says:
    January 11, 2016 at 5:11 pm

    Boa halaaku vanya nukiyabea

  12. zaa says:
    January 11, 2016 at 6:37 pm

    Nuney v salhi adhi kuriah dhiya varakah eageyney. Maa kurey…..

  13. Niz says:
    January 11, 2016 at 7:04 pm

    Haadha kurey dhoonyyaa…ehenvias vaahaaka vara salhi..nxt part dhigu kohlacchey eyrun bst vaane….hehe

  14. rau says:
    January 11, 2016 at 9:54 pm

    oooohh.v nice..
    uaan tha e ee anehkaa….
    maax ah vx vedhaane dw.
    story ix awesome……thankolheh dhigunama . 😉 🙂

  15. liusha says:
    January 11, 2016 at 11:15 pm

    nuliyaa en vahaka… boa falhaigen dhaa varu vey kurukamun

    1. axx says:
      January 12, 2016 at 5:27 pm

      Aslu thrrrrr liusha

  16. zul says:
    January 12, 2016 at 1:26 am

    Kuh bas hurikan faahaga kollan… ebaithah rangalhu kollun edhen… story varah salhi

  17. Manbu says:
    January 12, 2016 at 9:04 am

    Salhi… Ekamu maa kuree

  18. Anonymous says:
    January 12, 2016 at 9:47 am

    V reethi ekamu maa kureedho

Comments are closed.


All Right Reserved!