ބެލްކަނީގައި ވަނީ ފަނޑު ފަނޑު އަލިކަމެކެވެ. ދެލޯ މަރާލައިގެން ގިޓާހިފަހައްޓާލައިގެން އިން އައިރީން ރީތި ރާގަކަށް ލަވަކިޔަމުން ދިޔައެވެ. އައިރީންގެ އަޑު އިވުނު ކޮންމެ މީހެއް ލޯ ކަރުނުން ފުރޭނެކަން ޔަގީނެވެ. އެހާވެސް އަސަރު ގަދައެވެ. އެ އަޑުގައި މަޑު ރިހުމެއް ވިއެވެ. ނޭދެން ވަކިވާކަށް .. ހޫމް ހޫމް ހޫމް ހޫމް ހޫމް … ރޮއްވާލާފާ .. އެކަނި މަ ކޮއްފައި .. ދާ ހިތްވޭހެ ކަލާ .. ކާކު އަހަންނަށް ވާނި އެހީއެއް .. […]
“ބައްޕަ ބުނެގެންތަ އަހަންނާ އިނީ؟” ނީނާ އަހާލީ ހަމައެކަނި އެހެންނެވެ. ރާއިފް ޖަވާބެއް ނުދީ އިސް ޖަހައިގެން އިނެވެ. “އަހަރެން ރާއިފް ކައިރީގައޭ މިއަހަނީ…” ރާއިފްއަށް ބަލާލަމުން ނީނާ ބުންޏެވެ. “ފުރަތަމަ ބައްޕަ ބުނެގެން…” ރާއިފް ތެދަށް ބުންޏެވެ. އެވަގުތު ރާއިފް ނިންމީ ހުރިހާ ވާހަކައެއް ތެދަށް ނީނާއަށް ކިޔާދޭށެވެ. “އެބުނި މުއްދަތަކީ ކޮބާ؟” ނީނާ ދެވަނަ ސުވާލެއް ކޮށްލިއެވެ. “އެއީ… ހަތަރު މަސް…” ރާއިފް ތަފްސީލަށް ނުގޮސް ބުނީ ހަމަ އެކަނި އެހެންނެވެ. “އެއީ އެފޮޓޯ […]
ކުރިމަތިން އައި ޒުވާނާގެ ގައިގައި ޖެހިފައި މާޔާ ފައިކައްސާލައި ވެއްޓެން ދިޔައެވެ. ލޯ މަރާލެވުނީ ގެންފައިހުރި ބިރެއްގެ ބޮޑުކަމުންނެވެ. އެޒުވާނާ މާޔާގެ އުނަގަނޑުގައި އަތް އަޅުވައި މާޔާ ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. އެ ޒުވާނާގެ ނަޒަރު ހުއްޓިފައި ވަނީ ސީދާ މާޔާގެ މޫނަށެވެ. މާޔާގެ ރީތިކަމާއިމެދު ތައުރީފްކުރަމުންނެވެ. މާޔާ ނުވެއްޓޭ ކަން އެނގުމުން ލޯ ހުޅުވާލިއިރު މާޔާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރިޒުވާނާ ފެނިފައި މާޔާއަށް ދެލޯބޮޑުކޮށްލެވުނެވެ. އެޒުވާނާ މާޔާއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. މާޔާ އެ ޒުވާނާއާ ދުރަށް […]
” ކޮބާ އަހަރެންގެ ގިފްޓް.. ” ޔުއާން ފޯނު ނެގުމާއެކު އާރާ އަހާލިއެވެ. ” ގިފްޓަށް އަދި ތަންކޮޅެއް އިންތިޒާރު ކޮށްލާ.. މާދަން މެންދުރުއެކެއް ޖަހާއިރު އަހަރެން ދާނަން އާރާ ބަލާ.. ރެޑީވެގެން ހުންނައްޗެ..” ޔުއާން ބުނެލިއެވެ. އާރާވެސް އާއެކޭ ބުނުމަށްފަހު ފޯނުބޭއްވިއެވެ. އަދި އެންމެން ދީފައި ހުރި ގިފްޓްތައް ކަނޑަން ފެށިއެވެ. ………………………………………………………………………………………………… އެންމެން ހެނދުނު ނާސްތާއަށް އިންސާފު ކުރަން ތިބިއިރު އެތަނުން މަދުވަނީ ހަމައެކަނި ނަވާރަ އަހަރުގެ ރާކިންއެވެ. ރީހާންއާއި ރަޔާން އަނަސް […]
ރާއިފް ހީލާފައި އަނެއްކާވެސް ނީނާގެ މޫނާ ކައިރިވެލިއެވެ. “ދެން ލެޓްސް ގެޓް މެރިޑް…” ނީނާ ގައިގައި ބައްދާލަމުން ރާއިފް ބުންޏެވެ. “ހްމްމްމް…” ނީނާ އެއްބަސް ވުމުގެ ގޮތުން އަޑެއް ލައްވާލިއެވެ. “ސީރިއަސް ކޮށް އިނގޭ…” ރާއިފް ނީނާ ދުރުކޮށްލާފައި ނީނާގެ މޫނަށް ބަލާލާފައި ބުންޏެވެ. “ރާއިފްގެ ބައްޕައަށް އެނގިއްޖެއްޔާ ކީކޭ ބުނާނީ؟” ނީނާ އަހާލިއެވެ. “ބައްޕަ އޯކޭ ވާނެ، އެކަމާ ނީނާ ކީއްވެ ހާސްވަނީ؟ ދެން ބުނެބަލަ، ކޮން އިރަކުން؟” ރާއިފް އަހާލިއެވެ. “ރާއިފް ބުނެބަލަ…” ނީނާ […]
“ދޮންތާ، ރާއިފް އެބަ އުޅޭތަ؟” ނީނާ އެހިއެވެ. “ގެޔަކު ނެތް. އޮފީހަކަށް ނުދޭތަ؟” ރިފާޝާ އަހާލިއެވެ. “އާނ… ނާދޭ މިއަދަކު” ނީނާ ބުންޏެވެ. “އެހެން ވިއްޔާ ނޭނގެ ދިޔަ ތަނެއް. ނާއިޝް ހޮޑު ލާތީ ލަތާ ގުޅީމަ އަހަރެން ގެޔަށް އައި އިރު ދޮންބެ ނޫޅޭ ގެޔަކު” ރިފާޝާ ބުނެދިނެވެ. “ނާއިޝްއަށް ކިހިނެއްވީ؟” ނީނާ އަހާލިއެވެ. “ނޭނގެ ވީ ގޮތެއް. މިދަނީ ޑޮކްޓަރަށް ދައްކަން ދާން. ނީނާ މިހާރު ނުވެސް އާދޭ ވިއްޔަ” ރިފާޝާ ބުންޏެވެ. “ހުކުރު […]
ލަމްޔާ!!! ހާދަ ރީތި ނަމަކޭ، އެނާގެ ނަމާ އެއްވަރަށް އެ ސޫރަވެސް… އެ މައުސޫމު ދޮންދޮން ރީތި މޫނެވެ. އެ ބަނިޔާދަން ރީތި އަންހެންވަންތަ ހަށިގަނޑެވެ. ލަމްޔާގެ ބުޅި ދިގު އެ އިސްތަށިގަނޑު މިނިވަންކަމާއި އެކު ފަހަތަށް ދޫކޮށްލެވިފައިވާއިރު އެރީތި ސޫރައާއި ވަރަށްވެސް ގުޅެއެވެ. ގުދުރަތުން ލިބިފައިވާ އެ ރީތި ބޮޑު ދެލޮލުން ޝާމިން އާއި ދިމާއަށް ބަލަން ހުރި ގޮތުން ޝާމިންގެ ހިތް ހަމަ ރަނގަޅަށްވެސް މޮޔަކޮށްލައިފިއެވެ.” އެނދުމަތީގައި ޝާމިން އޮވެ ލަމްޔާ އާއި ދޭތެރޭ […]
ނިދާފައި އޮތް އާރާއަށް ހޭލެވުނީ އުނދަގުވާ ކަހަަލަ އަޑެއް އިވޭތީއެވެ. ގަޑި ބަލާލިއިރު ގަޑިން މެންދަމު ބާރަ ޖަހަން ގާތްވަނީއެވެ. ލޯފޮހެމުން ގޮސް އާރާ ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޭރަށް ނިކުތެވެ. އަޑު އަންނަނީ ސިޓިންގް ރޫމުން ކަމަށްވާތީ ސިޑިން ފައިބައިގެން ތިރިއަށް ދިޔައެވެ. މުޅިތަނަށް އަނދިރިކަން ވެރިވެފާ ވާއިރު އަދިވެސް އެ އަޑު އިވެމުން ދިޔައެވެ. ” އިމީ.. ބެންޖީ..” އެގޭގާ މަސައްކަތް ކުރަން ގެންގުޅޭ ދެމަފިރިން ކަމަށްވާ އިމީ އާ ބެންޖީ އަށް އާރާ […]
“އަސްލުވެސް ވައްތަރެއް ނޫންތަ.. އޯކޭ.. އަހަރެން ލަދުވެސް ގަނޭ މިހެން ބުނަން އެކަމު މީ ޒައިކުގެ ކޮއްކޮ.. އެން ސޮރީ އަކޫ ތި ދެމީހުންނަށް ވަރަށް ޖެއްސުން ކުރިވާހަކަ އަޑު އެހިން.. އެކަމަށް ސޮރީ..” އަހަރެންނާ ނިޝް ހުރީ ވާނުވާ ނޭނގިފައެވެ. “އެކަމު އެއްވެސް ވައްތަރެއް ނޫން..” އަހަރެންނަށް އެހެން ބުނެވުނީ ގަބޫލު ކުރަން ދަތި ވީމައެވެ. “އަކޫގެ ކަމެއްދޯ މީ…”ނިޝްވެސް އަހަރެންނާ އެއްބައިވަމުން ބުނެލިއެވެ. އަކުމަލުގެ ހުންނަ ސަކަ މިޒާޖެއްގެ ގޮތުން އަހަރެންނާ ނިޝްއަށްވެސް ހީވީ […]