Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަނޑު ފުރޭތަ (2)

Immy
January 10, 2016
4 Mins Read
53 Views
31 Comments

އާދިލް ވެސް މީޝާ އަށް ގުޑް ނައިޓް އޭ ބުނެލުމަށް ފަހު ކޮޓަރި އަށް ވަނެވެ.

ހެނދުނު އިރު އެރުމާ އެކު މީޝާ ތެދުވެ އުޅުނީ ރޮށި ފިހެ މަސް ހުނި މޮޑޭށެވެ. ގޭގައި ތިބެނީ މީޝާ އާއި އާދިލް އެކަނި ކަމުން ކައްކަން ޖެހޭ އެއްޗެހި ވެސްް މަދު ވާނެތާއެވެ. މީޝާ މިއަދު އެ ވަރަކުން އެ އުޅެނީ މިއަދު އަށެއް ޖަހާއިރު ކޮލެޖަށް ފެންވަރު ބަލާ ޓެސްޓެއް ހަދަންށެވެ. އެހެންކަމުން މީޝާ އުޅުނީ ވަރަށް އަތް މަތި އަވަސް ކޮށްލައިގެންނެވެ.

އާދިލް އަށް ހޭލެވުނީ ފޯނު އެލާމު ވާ އަޑަށެވެ. އަވަސް އަވަހަށް ފޯނު ނަގާ ގަޑިން ވީ ކިހާ އިރެއް ތޯ ބަލައިލިއެވެ. ގަޑިން ހަ ގަޑި ބައި ވަނީ އެވެ. ފާހަނަ އަށް ނުވަދެ އޮވެވުނީ ފިކުރަކަށް ގެއްލިފަ އެވެ. މީޝާ އުފާކޮށްލަން ކުރާނެ ކަމަކާ މެދު ވިސްނާ ލެވުނެވެ. އިރުކޮޅެއް ފަހުން އާދިލް ގެ ތުންފަތްް މައްޗަށް ހިނިތުންމެއް ވެރިވއެވެ. އަދި ދެން ހިތަށް އެރި އެއްޗެއްގެ ސަބަބުން އެ ހިނިތުން ވުން ފުން ވިއެވެ. އިރުކޮޅަކު އާދިލް އެނދުގައި އޮތުމަށް ފަހު ފުންމައިގެން  ތެދުވެ ފާހަނަ އަށް ވަނެވެ

އާދިލް ކޮޓަރިން ނުކުމެ މީޝާ ކޮބައި ތޯ ބަލާއިލިއެވެ. ބަދިގެ ތެރެއަށް ވަނީ މިގަޑީގައި މީޝާ އުޅޭނީ އެތާންގަ ކަމަށް ހީވުމުންނެވެ. އާދިލް އަށް ހީވީ ވެސް ރަނގަޅަށެވެ.

ބަދިގެ ތެރެއަށް އާދިލް ވައިން އިރު ވެސް ހުރެވުނީ ދެ ދަތް ޕިލަ ސޭލް އަޅުވައިގެންނެވެ. މިތަން މީޝާ އަށް ފެނި ކުޑަކޮށް ހިނި ވެސް އައެވެ. “އާދިލް… އާދޭ ސައި ބޯން… އެން ކޮންކަމަކާ ތިރީސް ދެ ދަތް ދައްކައިގެން  ތި ހުންނަނީ؟؟؟ ކޯލްގޭޓް އިސްތިހާރެއް ކުޅެންތަ؟؟؟ އެހެންވިއްޔާ އަދި ކެމެރާ މަނުން ނެއް ނާދޭ އާދިލް ގެ އިސްތިހާރު ކެމެރާ ކުރާކަށް….” މީޝާ ހެމުން ހެމުން ބުނެލިއެވެ. އާދިލް ލަދުން ހުރެ ބޯ ކަހާލިއެވެ. ” އިސްތިހާރެއް ކުޅުނަސް ކޮންމެހެން  ކެމެރާމެން އަންނަން ޖެހޭތަ ؟؟ އަހަރުމެން އަމިއްލަ އަށް ވެސް ކެމެރާ ކުރެވިދާނެ އެއްނު؟؟؟” އާދިލް ދެރަ ނުވާން ވެގެން ބުނެލިއެވެ. “ދެން ތިއެއް ނޫނޭ… އައިވް ގޮޓް އެން އައިޑިއާއާއާއާ….” އާދިލް ލަވަ އެއްހެން ކިޔާލިއެވެ.  “އަނެއްކާ ކޮން ކަހަލަ އައިޑިއާ އެއް؟؟؟” މީޝާ އަހާލިއެވެ. “އިހަށް ބުނެބަ ކިހާއިރަކު ކޮލެޖަށް ދާން ތިޔުޅެނީ؟؟” އާދިލް މީޝާ ގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އޭނާ އާ ވެސް ކޮށްލީ ސުވާލެކެވެ. “އެއިޓް އަށް ދާން ޖެހެނީ…” މީޝާ ޖަވާބު ދިނެވެ. “އެހެންވީމާ…….”އާދިލް ވިސްނާލިއެވެ. “މިއަދު ބުދަ ދޯ؟؟ އެހެންވީމަ މާދަން ނޫން އަނެއް ދުވަސް ވާނީ ހުކުރަށް!!! މީޝާ!!! އަންނަ ހުކުރަށް ދަތުރު ދާން ތައްޔާރުވޭ…..” އާދިލް ބުނެލިއެވެ. “ލައްބަ މަ ސާހިބު…” މީޝާ އާ ދިމާލަށް އާދިލް ތައްޔާރު ވާށޭ ބުނީ ކުޑަކޮށް އަމުރު ކުރާ ރާގަކަށް ވުމުން މީޝާ ވެސް އެ ޑްރާމާ ގައި ބައިވެރި ވުމުގެ ގޮތުން ބުނެލިއެވެ. އާދިލް އަށް ހިނި ގަނޑެއް ޖަހާލެވުނެވެ. އެއަށް ފަހު ތެދުވެ މީޝާ އަށް ހާއްސަ ކުރެވިފައިވާ ގޮނޑި (އާދިލް ގެ ކުރިމަތީ ގައި އިން ގޮނޑި) ދައްކާލަމުން އިށީންނާށޭ ބުނެލިއެވެ. މީޝާ ވަރަށް ލަދުން ހުރެ އާދިލް ދެއްކި ގޮނޑީގައި އިށީންދެލިއެވެ. “ހާދަ މީރޭ…. ހަމަ މީޝާ ތަ ކެއްކީ؟؟ ނޫނީ މަށަށް މީރު އެއްޗެހި ދޭން ވެގެން ހޮޓެލަކުން ތަ ގެނައީ؟؟” އާދިލް މީޝާ އަށް ބަލާލީ މީހަކު ކުށްވެރިއަކާ ދިމާއަށް ބަލާލާނެ ފަދަ ގޮތަކަށެވެ. އިސް ދަށަށް ޖަހާއިގެން އިން މީޝާ އާދިލް ގެ އެ ސުވާލު އަޑު އިވުމުން އިސް އުފުލާލެވުނެވެ.

އެ ވަގުތު ދެ މީހުން ގެ ހަތަރު ކަޅި ބަދައްލުވިއެވެ. އާދިލް އަށް މީޝާ ގެ އެރީތި ލޮލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މީޝާ ވެސް ހަމަ އެ ފަދައެވެ. އާދިލް ގެ ލޮލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މީޝާ އަށް ހޭވެރި ކަން ވީ އިރުކޮޅެއް ފަހުންނެވެ. އެވަރުންވެސް އާދިލް އަކަށް ހޭވެރި ކަމެއް ނުވިއެވެ. މީޝާ އާދިލް ގެ މޫނު ކުރިމަތީ އަތް ހޫރާލިއެވެ.  އާދިލް އަށް ހޭވެރިކަން އެވީ އަދި ކިރިޔާއެވެ. ކުރެވުނު މޮޔަ ކަންތަށް ހިތަށް އަރާ ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. އޭނާ މީޝާ އަށް ބަލާއިލީ ޖަވާބު ދޭށޭ ބުނާ ފަދަ ގޮތަކަށެވެ. “އަ…. އަހަރެން…. ހޮ… ހޮޓެލަކުން ގެނައި ކާ އެއްޗެހި ތީ…. އަހަރެން ދެކެ ރުޅި ނާންނަށްޗޭ…. ޕްލީޒް…” މީޝާ ވަރަށް ބިރުން ހުރެ ބުނެލިއެވެ. އާދިލް ގެ މޫނު ގައި ވީ ކުލަވަރު ބަދަލުވިއެވެ. މީޝާ އާ މެދު އެ ވާހަަ ދެއްކުނީ ވަރަށް ހަރު ކަށި ކޮށް ކަން ނަގައި ގަނެވުނެވެ. އޭނާ އެފަދަ ރާގަކަށް އެހެން ބުނެލީ ކޮންމެހެން މީޝާ ދެރަ ކޮށްލުމުގެ ބޭނުމަކު ނޫނެވެ. މަޖަލަށެވެ. އާދިލް އަށް ވިސްނުނެވެ. މަޖަލަކަށް ވެސް އެ ފަދަ ގޮތަކަށް މީހަކާ ވާހަކަ ދައްކައިފިނަމަ އެ މީހެއް ހިތުގަ ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. “އަހަރެން ކިތަންމެ ވަރަކަށް ޓްރައި ކުރި އަސް މީޝާ ދެކެ ރުޅި އެއް ނާދެވޭނެ… ދުވަހަކުވެސް…. ނޭންގޭ ކީއްވެގެން ކަމެއް…. އެކަމު ސީރިއަސް ކޮށް ބުނަން ދެން ހޮޓެލުން ކާ އެއްޗެހި ނުގެންނަށްޗޭ… އަހަރެން ބޭނުމީ މީޝާ ގެ އަމިއްލަ އަތުން ހަދާފައި ހުންނަ ކާ އެއްޗެހި ކާން…. ޖެހޭނެއެއްނު މީޝާ ހަދާ ކާ އެއްޗެހި ވެސް ރަހަ ބަލަން…. ހެހެ…” އާދިލް ގެ މޫނަށް ހިނިތުންވުމެއް ގެންނަމުން ބުނެލިއެވެ. މީޝާ ވެސް ހިނިތުން ވެލިއެވެ.

“ދެން ބުނެބަ…. ކޮން ބައެއް ގެންދާނީ މީޝް ދަތުރަށް ދާއިރު… މީޝާ ބޭނުން ކުއްޖެއް ގެންދެވޭނެ… އަންހެނަކަސް ފިރިހެނަކަސް…” އާދިލް އަނެއްކާވެސް ދައްކާނެ ވާހަކަ އެއް ނޭންގިގެން ވިސްނަ ވިސްނާފައި އަހާލިއެވެ. “ދެންންން އާދިލް…. ހީވެތަ އަހަންނަށް އެކުވެރިއެއް ލިބިދާނެއޭ…. އަދި މި ރަށަށް އައި ފަހުން މިއުޅެނީ ހަފްތާ އެއް ނުވެގެން… އެންމެ އެކުވެރިއެއް ލިބުނު… އެއީ މި ރަށަށް އަންނަން ވެގެން ލޯންޗަށް އެރި އިރު އަހަރެން ކައިރީ އިން ކުއްޖެއް….” މީޝާ ބުނެލިއެވެ. “އެހެންތަ؟؟ އެހެންވިއްޔާ އެ ކުއްޖާ އަށް ކިޔަނީ ކޮން ނަމެއްތަ؟؟” އާދިލް ވަރަށް ވެގެން އިނދެ އަހާލިއެވެ. “ނަން ދޯ… މަޑު ކުރޭ ޖެހޭނީ ހަނދާން ކޮށްލަން… ވަރަށް ރީތި ނަމެއް އެ ކުއްޖާ އަށް ކިޔަނީ… އޭނަ ބުނީ އޭނަ ވެސް އަންނަނީ މި ރަށަށޯ…. ހަމަ މި ރަށު ކުއްޖެކޯ… އޭނަ ދިޔައީ އޭނަގެ ފޯނު ނަންބަރު ވެސް އަހަންނަށް ދީފަ…. އެއީ އޭނަ ބުނީ އޭނަ ބޭނުމޯ އޭނަ އަހަންނާ އެކުވެރި ވެ ގުލުން ބަދަހި ކުރަން…. ދެން އަހަރެން ވެސް ދިނިން އޭނައަށް އަހަރެންގެ ނަަންބަރު…. ކޮން ނަމެއްތަ ކިޔަނީ އެކުއްޖާ އަށް؟؟؟ ކޮންމެސް  ޒީ އެއް ކަންނޭގެ….” މީޝާ އެއްފަހަރާ ވާހަކަ ފަތިވަރެއް ދަމާލިއެވެ. “މި ރަށު ކުއްޖެކޭ؟؟ އެހެން ވިއްޔާ އަހަންނަށް ތި ކުއްޖާ ތީ ދަންނަ ކުއްޖަކަށް ވެސް ވެދާނެ… އަޅެ ހަނދާން ކޮށްބަލަ… ކޮން ނަމެއްތަ ކިޔަނީ އޭނަ އަށް؟؟” އާދިލް ކެތް މަދު ވެގެން ހުރެ އަހާލިއެވެ. “އާނ އެގިއްޖެ…” މީޝާ ކުއްލިއަކަށް ބުނެލިއެވެ. މީޝާ އަށް އެހެން ބުނެވުނީ ވަރަށް ބާރަށެވެ. އާދިލް އަށް ވަގުތުން ކަންފަތުގައި އަތް އެޅުނެވެ. “ހާދަ ބާރަކަށް….” އާދިލް މޫނަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. މީޝާ އަށް އެހެން ބުނެވުނީ ކިހާ ބާރަކަށް ކަމެއް އަންދާޒާ ކޮށްލެވުނީ އިރުކޮޅެއް ފަހުންނެވެ. ހަމަ ވަގުތުން އޭނަ ރަކި ވެގެން ހުރެ އާދިލް ގާތު “ސޮރީ” އޭ ބުނެލިއެވެ. އާދިލް އިޓްސް އޯކޭ އޭ ބުނެލުމަށް ފަހު މީޝާ އަށް ބަލައިލީ ޖަވާބު ބޭނުން ވެފާއި ވާފަދަ ގޮތަކަށެވެ. މީޝާ އަށް އެކަން ނަގައި ގަނެވުނީ ކަން ނޭންގެއެވެ. ވަގުތުން ނަން ބުނެލައިފިއެވެ. “ޒޯޔާ ކިޔަނީ އެ ކުއްޖާ އަށް…” މީޝާ ބުނެލިއެވެ. އާދިލް އަށް އެނަން އިވު މާއި އެކު ހީވީ ހޫނު އެތި ފަހަރެއް އޭނާގެ މޫނު މަތީ ޖެހުނު ހެންނެވެ. އޭނާ ހުރީ ކުޑަ ވަރެއްގެ ޝޮކެއް ތެރޭގައެވެ. “ކި… ކީކޭ؟؟ ޒް… ޒޯޔާއޭ…” އާދިލް ހުއްޓަމުން ހުއްޓަމުން ކަހަލަ ގޮތަކަށް އަހާލިއެވެ. “ހްމްމް…. އާދިލް ދަންނަ ކުއްޖެއްތަ؟؟ ކިހިނެއް ތި ވީ މުޅި މީހާ އަށް އަހަރެން އެހެން ބުނީމަ….” މީޝާ ހައިރާން ކަމާއެކު އަހާލިއެވެ. ދެން ހިތަށް އެރި އެއްޗަކުން އޭނާ ގެ ތުންފަތަށް ލާނެތް ހިނިތުން ވުމެއް ވެރިވިއެވެ. “ހްމްމް…. އަނެއްކާ…. އާދިލް ގެ އެކްސް ތަ؟؟ ނޫނީ ކޮންމެސް އެހެން ގުޅުމެއް ވިއަސް އޮތީތަ؟؟؟” މީޝާ ހިތަށް އެރި ޖުމްލަ ދުލުން ބޭރު ކޮށްލެވުނެވެ. އާދިލް ހުރީ ގަބު އަރާފައެވެ. މީޝާ އަށް ހަގީގަތް އެނގުނީ ކިހިނެއް ހެއްޔެވެ؟

ނުނިމޭ (:-

6
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Immy

Other Articles

Previous

ލޯބިވާ މަންމާ މަގޭ.. 10

Next

އިތުބާރު ގެއްލުވާ ނުލާ…13

Next
January 11, 2016

އިތުބާރު ގެއްލުވާ ނުލާ…13

Previews
January 10, 2016

ލޯބިވާ މަންމާ މަގޭ.. 10

31 Comments

  1. Immy says:
    January 10, 2016 at 8:59 pm

    heyy guyyxx here is the nxt prt…. n m vry sory cx mi prt miadhu liyuneema dhn immy ge aneh stry vx las vaane…. m vryy vryy sry abt tht….. hwp u lyk it…. enjoy!!

  2. misty says:
    January 10, 2016 at 9:24 pm

    Varah salhi.. When next part???

    1. misty says:
      January 10, 2016 at 9:25 pm

      Yay… Me 1st.. Hehe

    2. Immy says:
      January 10, 2016 at 9:36 pm

      thnxx misty… nxt prt tmrw ga in sh allah….

    3. Immy says:
      January 10, 2016 at 9:38 pm

      congrtz misty…. yayyy ur the frst…. ??

  3. Immy says:
    January 10, 2016 at 11:09 pm

    sryy…. nxt prt tue ga eh noon… tmrw ga… k? ??

  4. Yooha says:
    January 11, 2016 at 6:26 am

    v.reethi MAASHA ALLAH!!!! but I just want to say thankolheh dhigu kohladheeshey please!!!!!!!!

    1. Immy says:
      January 11, 2016 at 1:40 pm

      thnxx yooha…. ok nxt prt thankolheh dhigu kolleveythww balaann☺☺

  5. shine says:
    January 11, 2016 at 9:12 am

    Masha Allah,,, v v nice dear…
    nxt part avahah up kohdhehchey ingey….

    1. Immy says:
      January 11, 2016 at 1:41 pm

      thnxx alt shine dearr…??..
      yahhh nxt prt miadhu up kollaann in sha Allah….??

  6. Luyoona says:
    January 11, 2016 at 10:14 am

    wow wow varah reethi
    ekum story dhighu kohla dhevidhaanetha

    1. Immy says:
      January 11, 2016 at 2:25 pm

      thnxx alt Luyoona…..??
      ok stry dhigu kollaann…

  7. lucy says:
    January 11, 2016 at 11:23 am

    nice. it’s pretty great

    1. Natsu says:
      January 11, 2016 at 11:51 am

      Thats true

    2. Immy says:
      January 11, 2016 at 2:26 pm

      thnxx lucy☺☺

    3. Immy says:
      January 11, 2016 at 2:43 pm

      thnxx natsu

  8. Natsu says:
    January 11, 2016 at 11:53 am

    V nice. Waiting for the next one

    1. Immy says:
      January 11, 2016 at 2:27 pm

      thnxx Natsu??

    2. messi says:
      January 13, 2016 at 8:54 pm

      Me too

  9. alex Sander says:
    January 12, 2016 at 10:57 am

    Wow nice story whn next part??

  10. Immy says:
    January 12, 2016 at 11:48 am

    thnxx Alex sander…. miadhu nxt prt up kollaann….

  11. Anonymous says:
    January 15, 2016 at 12:29 pm

    Sali

  12. shau says:
    January 15, 2016 at 1:20 pm

    Varah nice…l luv to
    read ur stories

  13. aliya says:
    January 18, 2016 at 8:54 pm

    cheedi!!!!!! what a story!!!! awful! that stinks!

    1. Emmy says:
      January 25, 2020 at 10:06 am

      Aliya kaley ah koceh ingey nii ?

  14. misty says:
    January 22, 2016 at 7:58 pm

    kobaa immy nxt prt?? mihaaru kon dhuva hehtha madukuraathaa?? avahah nxt prt up koh dheeba… plx plx plxxx

  15. lucy says:
    January 27, 2016 at 12:56 pm

    i waiting for weeks for the next one. when will it come

  16. puriy says:
    March 30, 2016 at 11:20 am

    hadhi story eh….fpphi

  17. Mishel says:
    August 15, 2016 at 1:27 pm

    Nice love it ?

  18. Raax says:
    June 15, 2017 at 5:04 am

    Adhives 3 vana part eh nulibe

  19. Minmi says:
    January 25, 2020 at 10:03 am

    Immy filaafi hehe ?????

Comments are closed.

All Right Reserved!