(1 ވަނަ ބައި) ފަތިހުގެ ފިނިކަން ފިލާ ޖައްވައް ހޫނުކަން ފެތުރިއްޖެއެވެ. މަގުތައް ކުނި ކެހުމަށް މީހުންތައް ނުކުންނަން ފެށިއެވެ. ކާޅާއި ކުނބޯވެސް އެސޮރުމެންގެ ކެއުން ހޯދުމައް ނިކުމެއްޖެއެވެ. އިސްކޫލައް ދާކުދިން އިސްކޫލައް ތައްޔާރުވާން ފެށިއެވެ. ޑިއުޓީއަށް ދާމީހުން ޑިއުޓީއަށް ދާން ތައްޔާރުވާން ފެށިއެވެ. ހެޔޮވަރުވަރެއްގެ ކޮޓަރިއެެކެވެ. ސީލިންގާއި މުޅި ކޮޓަރީގައިވެސް ވަނީ އަޅިކުލައެވެ. ކިންގު ސައިޒް އެނދުގައި އޮތް އުމުރުން 19 އަހަރުގެ އެޒިކިއެލް އޮތީ ނިދާފައެވެ. ހަމަ އެކަނި ސޯޓެއް ލައިގެން އޮތް އިރު […]
ވިސްނަންވީ ކިހިނެއް ކަމެއް ޔަގީން ނުވެފައި،އަހަންނަށް އެއްފަހަރު ކީރާގެ މޫނަށް އަނެއްފަހަރު ހައިދިންގެ މޫނަށް ބަލައިލެވުނެވެ.އަހަރެންގެ ހިތް އިތުރަށް އަވަސްވެގެން ދިޔައީ ހައިދިން ނިތަށް ރޫ ގިނަކޮށްލައިގެން ހުރެ، ލޫކްގެ އަތުގައި ހިފާލައިގެން،ސީދާ އަހަރެމެންނައި ދިމާލަށް މިސްރާބު ޖެހިތަން ފެނިފައެވެ. **** ’އެހެހެ..ލޫކް ހާދަ ވަރެއް ހުރެއޭ ޑޭންއަށް…‘ އެމަންޒަރު ބަލަން ހެވި ދިލިފައި އިން ކީރާގެ ދުލުން ނުކުތް ބަސްތައް އިވިފައި އަހަންނަށް ކުއްލިއަކަށް ކީރާގެ މޫނަށް ބަލައިލެވުނެވެ.އޭނާ ހައިދިންއާ ދިމާލަށް ’ޑޭން‘ ގެ ނަމުން […]
އައިނާ މައިރީންއާއި ދިމާލަށް ކަޅި އަޅައިލިއެވެ. މައިރީންމެން ސައިކަލު ދުއްވައިލުމުން، އައިނާ ފޯނު ހުޅުވައިލާ އަވަސް ރައިޑަށް ވަނެވެ. “އަހަރެންގެ ބޮސް ކައިލްއަކީ.. އަހަރެން މިއީ އަހަރެންގެ މަތީ މީހުންގެ ބުނާ އަޑު އަހާ މީހެއް.. ސައިކަލު ފަހަތަށް އަރާ..” މޫނު މަތިން އެއްވެސް އިހްސާސެއް ދެއްކުމަކާ ނުލައި އާދައިގެ ގޮތަކަށް ރުކައިން ބުންޏެވެ. ***ޕާޓް 4*** ރުކައިންގެ އަޅައިލުން ކުޑަކަން ފެނި އައިނާގެ ހިތަށް ތަދުވިއެވެ. ކޮންމެ ނަމެއް ކިޔުނު ނަމަވެސް އޭނަގެ ހިތް އެއީ ރާކިން […]
މާޔާ އާ ޒައުލު ހިގަމުން ދިޔައީ ޕްލެޓިނަމް ސަރަހައްދު ފްލެޓްތައް ކައިރީ ހަވީރުގެ ވަގުތު ކަމުން ފިނި ބުރެއް ޖަހާލަންށެވެ. ޒައުލް މާޔާގެ އަތް ނަގާ މެޔާ ކައިރިކޮށްލަމުން ހިގަމުން ދިޔައެވެ. ކުޑަކުދިން ފެންނަ ކޮންމެ ފަހަރަކު މާޔާގެ ފިޔަވަޅު މަޑުވެލައެވެ. “މާޔާ، މާ ބޮޑަށް ދެރަނުވޭ.. އިންޝާﷲ އަހަރެމެންނަށް ވެސް އަދި ދަރިޔަކު ލިބޭނެ” ޒައުލް މާޔާގެ އަަތަށް ފިތާލަމުން ބުނެލިއެވެ. މާޔާ ދެލޮލުން އައިސް ހުރި ކަރުނަތައް ފޮހެލުމަށް ފަހު ހިނިތުންވެލިއެވެ. “ސަލާމް ސާރާ… […]
އެނދުގައި އޮވެ ގިސްލާ ރޮމުން ދިޔަ ލަޔާލްގެ ބުރަކަށީގައި ފިރުމާލަ ފިރުމާލާ އިން ނަސްމާއަށް އާޔާ ފެނުމުން ކޮންމެވެސް ވަރަކަށް ހަމަޖެހިލެވުނެވެ. “އާޔާ އަހާބަލަ، ފަހަރެއްގަ ވީ ގޮތެއް އާޔާ ކައިރީ ބުނެފާނެ..” އާޔާ އައިސް ސުވާލު ކޮށްލުމުން ނަސްމާ ބުންޏެވެ. ނަމަވެސް އާޔާއަކަށްވެސް ޖަވާބެއް ނުލިބުނެވެ. ލަޔާލް ހުއްޓާނުލާ ރޯތީ އެންމެ ފަހުން ނަސްމާ ނާފިޒްއަށް ގުޅީއެވެ. ބައިގަޑިއެއްހާ އިރު ތެރޭ ނާފިޒް އައެވެ. ނަމަވެސް ދެންވެސް ލަޔާލްގެ ފަރާތުން ޖަވާބެއް ނުލިބުމުން ނާފިޒް މާހިރާއަށް […]
“އަހަ ރާޝިމްއާ ޔަސްރާ އައީތަ.. ދެން ތިހެން ނުތިބެ ހިގާ ކާންދާން.. ފިރާޝާވެސް އެކުދިން އައީމަ ތިތިބެނީ..” ޔޫސުފް އައިސް ޔަސްރާގެ ބޮލުގައި ފިރުމާލިއެވެ. “އަހަރެން މަޑުކުރީ ޔޫސުފް އަންނަން ދެކަށް..” ހަތަރު މީހުންވެސް އައިސް ބަދިގެޔަށް ވަނެވެ. *ޕާރްޓް-15* ކާން އިނީރުވެސް ޔަސްރާ އިނީ އެއްވެސް ވާހަކައެއް ނުދައްކައެެވެ. ރާޝިމް ކޮންމެވެސް ވަރަކަށް ބައްޕަ އާއި ވާހަަކަ ދެއްކިއެވެ. ދެކުދިންވެސް ކައިގެން ނުކުމެ ގެޔަށް ދާން ގޯތިތެރެއަށް ދާން ނުކުމެ ތިއްބެވެ. ފިރާޝާ ވެސް ޔޫސުފް […]
“ލިވީ ކިތަންމެ ޖޭ ވިޔަސް ކުޑާ ވާނީ ބައްޕަގެ ފުރަތަމަ ދަރިފުޅަށް.. ފުރަތަމަ ދަރިފުޅު އަބަދުވެސް ރަންވާނެ..” ދޫ ނެރެލަމުން ލައިނީ އިތުރަށް ލިވްޔާ ރުޅި އަރުވައިލިއެވެ. އެއާއެކު ފެށުނު ދެބެންގެ ކޯޅުން ބަލަން އަނީސް އޮތީ ހެވިފައެވެ. މިޒަމާނުގައި މައިންބަފައިން މުސްކުޅިވެ ބަލިވާ ދުވަހު ނުބަލަން ވެގެން ދަރީން އެއްކުއްޖަކު އަނެއް ކުއްޖަކާ ޖައްސާލައިގެން އުޅޭ އިރު، އޭނާގެ ދެ ދަރީން ކޯޅެމުން އެ ދަނީ އޭނާއަށް އެންމެ ބޮޑަށް ޚިދުމަތް ކޮށްދިނުމުގެ ޝަރަފު ލިބިގަތުމަށް […]
އެންމެން ވެސް ބަލަމުން ދިޔައީ ޒީކްއަށެވެ. އެންމެންގެ އެ ބެލުންތަކުގެ ސަބަބުން ޒީކް ލަދުގަންނަ ގޮތްވިއެވެ. ބުނަންވީ ކީކޭކަމެއް ނޭނގުނެވެ. “އެ.. އަރގ.. ހަމަ އަހާލީ.” ދޫ އޮޅެމުން ކަހަލަ ގޮތަކަށް ޒީކްއަށް ބުނެވުނެވެ. އުޝާން ދެލޯ ހަނިކޮށްލައިގެން ބަލަން ހުރިގޮތުން ޒީކްގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. މަލްކާ އާއި އަލްޔާ ހުނުން ހިފަހައްޓައިލައިގެން ހުއްޓެވެ. “އޯކޭ ދެން.” އެންމެ ފަހުން ބޯ ޖަހައިލަމުން އެހެން ބުނުމާއިއެކު ޒީކްއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ. ދެންވެސް ވެރިވީ […]
“ޕޮއް..” ޙިޔާލުތަކަށް ގެއްލިފައި އިން ހިދާއަށް ލިބުނީ ސިހުމެކެވެ. ފަހަތުން އިވެންފެށި ހުނުމުގެ އަޑަށް ހިދާ ފަސްއެނބުރި ބަލައިލިއެވެ. “ހޫން…ޝިފްނާގަނޑު…މީހަކު ހަމަޖެހިގެން ތާކު އިނަ ނުދޭތި…” ލާނެތް ހިނިތުންވުމަކާއެކު ބަލަހައްޓައިގެން ހުރި ޝިފްނާއާއި ދިމާލަށް ހިދާ ތުން އްނބުރާލިއެވެ. “އެއްޗެކޭ ހީނުކުރައްޗޭ…އަހަރެން މިހެން ދަނިކޮށް މިތާ އިނީ ހިދާހެން ހީވެގެން އަސްލު މިއައީ…ދެން މަަބުޑު ފިކުރެއްގަ އިނީމަ ޖެއްސުންކޮއްނުލާ ހަމަ ނުހުރެވުނީ…” ޝިފްނާ އައިސް އިށީނދެލީ ހިދާ ގަަތުގައެވެ. “އައްދޭ….ބޭފުޅާ ހާދަ މޫޑީވެފަ…އެންގްރީ ބާރޑް..” ޝިފްނާ […]