Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަނދުވަރު ދިން އެރޭ …11

Hudhufinifenmaa_
Hudhufinifenmaa_ Level 2100 Login10 Stories
November 7, 2024 6 Mins Read
2 Comments

ހަނދުވަރު ދިން އެރޭ … 11

 

ހުދުކުލައިގެ ކައިވެނި ހެދުމުގައި ރީތިވެލައިގެން ހުރި ޒީނާގެ މޫނު މަތީގައި ވީ މައުސޫމު ކަމާއި ފުރިހަމަ ކަމެވެ. ލޯގަނޑު ކުރިމަތީ ހުއްޓިލައިގެން ހުރި ޒީނާގެ ފަހަތުގައި ލީޝާއާއި ޒާނާ ހިނިތުންވެފައި ތިބީ އުފަލުންނެވެ. ”ވާ.. ޗާލު،ވ ލޯބި.. ޝަޔާން މޮޔަ ވާނެ.. އައިމް ސޯ ހެޕީ.. ފައިނަލީ ޔުރ ގެޓިން މެރިޑް ..“ ލީޝާ ޒީނާގައިގައި ބައްދާލަމުން ތަޢުރީފު އޮއްސަމުން ދިޔައިރު ޒާނާ ވެސް ބޯޖަހާލަމުން ހީލިއެވެ. ” ގަޑި ޖެހެނީ ނު.. ދެން ހިނގާ އަވަހަށް އެ ގެއަށް ދާން . މިހާރު އެންމެން ތިބޭނީ ލަސްވެފަ.. މަންމަ ވެސް ވީ ލީމް މެން ގޮވައިގެން ގޮސް.. ކައިވެނި ކޮށްދޭ މީހުން ވެސް ނާންނަ ކަމެއް ނޭނގެ މިހާރު “ ޒާނާ ގަޑިބަލާލަމުން ބުނެލީ ހަތަރެއް ޖަހަން ގިނަ އިރެއް ނެތުމުންނެވެ. އަވަސް އަވަހަށް އެންމެން ނުކުތީ ކައިވެނި ކުރާތަނަށް ޝަޔާންމެންގެއަށް ދާށެވެ.

ޒީނާ ފެންނާނެ އިރަކަށް ކެތްމަދުވެފައި އިން ޝަޔާން ގެ ކަޅި ހުއްޓުނީ ކައިވެނި ހެދުމުގައި ތައްޔާރުވެގެން އައި ޒީނާ ގެއަށް ވަދެގެން އައިތަން ފެނުމުންނެވެ. އޭނާގެ ހިތް އުފަލުން ފޮޅިފައި ޒީނާއަށް ބަލަން ހުރީ އޭނާގެ ހުވަފެން ހަޤީޤަތަކަށް ވާން މާ ގިނައިރެއް ނެތްކަން އެނގޭތީއެވެ. ޒީނާގެ އާއިލާގެ އިތުރުން ޝަޔާންގެ އެކުވެރިންނާއި ބައެއް ތިމާގެ މީހުން ކައިވެނި ކޮށްދޭ ތަނަށް އެ ގެއަށް ގޮސް ތިއްބެވެ. ޒީނަތްތެރި ކުރެވިފައިވާ މޭޒުގައި ކޯޓުން އައި ގާޒީ އާއި އެކު އެންމެން އިށިނދެލީއެވެ. ހެކިންގެ ގޮތުގައި ތިބީ ނިހާންއާއި ސަމާހެވެ. ރީހާން ހުރީ ތަންކޮޅެއް ދުރުގައި ފޮޓޯގްރާފަރާއި އެކު ފޮޓޯ ނަގާށެވެ. ޝަޔާން ކައިރީ އިން ގޮނޑީގައި އިށީނދެލައި ޒީނާ ޝަޔާން އަށް ބަލާލަމުން ހީލިއެވެ. އެތަނުގައި ހާޒިރުވެތިބި އެންމެންނަށް ބަލާވަރަށް ވުރެ ފިނިވެ ހާސް ވެފައި ހުރި ޒީނާ އިސްޖަހާލީ ގާޒީ ކައިވެނި ކުރިޔަށް ގެންދަން ފެށުމުންނެވެ.

” އަނބި ޤަބޫލު ކޮށްފިން “ ޝަޔާންގެ އަޑުން ޒީނާ އަށް ލިބިގެން ދިޔައީ ތަފާތު އުފަލެކެވެ. ޝަޔާންގެ އަތްބަކަށް ވާން އޭނާ މާ ގިނަ ހުވަފެންތަކެއް ދެކިފައި ނުވިޔަސް ހިތް އުފަލުން ފުރުނީ ތަފާތު ވިންދެއް ހިތުގައި އުފަން ވެއްޖެ ކަމުގެ އިހުސާސް ކުރެވުމުންނެވެ. ޝަޔާން ޒީނާގެ މޫނަށް ބަލާލީ އޭނާގެ ދުނިޔެ ފުރިހަމަ ވެއްޖޭ ބުނެދޭފަދައިންނެވެ. މަންޒަރު ބަލަން ދުރުގައި ތިބި ލީޝް އާއި ޒާނާވެސް ފޯނުން ވީޑިއޯ ކުރަމުން ފޮޓޯނަގަމުން ދިޔައީ އެމީހުން އެންމެ ދެކެން ބޭނުންވީ ދުވަސް ފުރިހަމަ ކަމާއެކު ނިމިގެން ދިއުމުންނެވެ. ސާއިމް އާއި ޒަހުރިއްޔާވެސް ލީމް އާއި އުމައިރް ގޮވައިގެން ހިނިތުންވެފައި މެހެމާނުންނާއެކު ބަލަން ތިއްބެވެ.

ކައިވެނި ނިމުމުން މީހުން މަދުވުމުން ޝަޔާން ޒީނާގެ އަތުގައި ހިފާލިއެވެ. ”ޒީން .. މައި ވައިފީ.. ބިރުންތަ ތީނީ؟ ހާދަ ފިނިވެފަ..“ ޝަޔާން ޒީނާގެ ކަންފަތް ކައިރީ މަޑުމަޑުން އަހާލިއެވެ. ” ނޫން.. “ ލަދުރަކި ހިނިތިންވުމަކާއެކު ޒީނާ އިސްޖަހާލީ ހުރިހާ ލޯތަށް އެ ދެމީހުންނަށް އަމާޒުވެފައިކަން އެނގޭތީއެވެ. ” އަހަރުމެން މި ދަނީ މިރޭ ޑިނާ ފެށެން ވާއިރަށް ފައިނަލް ޑެކަރޭޝަންސް ނިންމާލައި ތަން ރެޑީވެއްޖެ ތޯ ބަލަން..“ ނިހާން މަޑުމަޑުން ޝަޔާން ގާތުގައި ބުނެލާފައި ބޭރަށް ނުކުމެ ރީހާން އާއި ސަމާހު ގޮވައިގެން ދިޔައީއެވެ.

ޒީނާ ތެދުވެލައި އޭނާގެ މަންމަގެ ގައިގައި ބައްދާލިއެވެ. ޒަހުރިއްޔާވެސް ދެކުދިންގެ ކައިވެންޏަށް މަރުޙަބާ ކިޔަމުން ހިނިތުންވެލިއިރު ޒާނާ އާއި ލީޝް ވެސް ޒީނާގައިގައި އޮޅުލަމުން ސެލްފީ ނަގަމުން ދިޔައެވެ. އާއިލާ އެކުގައި ފޮޓޯނަގަން މަޑުކޮށްގެން ތިބެފައި އިރު އޮއްސެން ގާތްވުމުން ޒާނާމެން ގެއަށް ދިޔައީ ރޭގަނޑު އޮތް ޕާރޓީއަށް ދިއުމުގެ ކުރިން ތާޒާވެލައި ތައްޔާރުވެލާށެވެ.

*****
ރީތި ހަނދުވަރުދޭ ރެއެކެވެ. ފަޒާގައި ވިދާ ތަރިތަކާއެކު އިވެމުން ދިޔައީ ތުނޑިއަށް ބީއްސަމުން ދިޔަ މަޑު ރާޅުރަކުގެ އަޑެވެ. ޝަޔާން އާއި ޒީނާގެ ކައިވެނި ހަފްލާއަށް ޒީނަތްތެރި ކުރެވިފައިވީ ރަށުގެ އެ ރީތި ދޮންވެލި ތުނޑިއެވެ. މާތަކާއި ބޮކިތަކުން ޖަރީކޮށް ފުރިހަމަ ކޮށްފައިވާ ތުނޑީގައި އެތުރިފައިވާ މޭޒުތަކުގައި މީހުން ރޭނގަޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔައެވެ. ރަށުގެ އެކި ހިސާބު ތަކުން މީހުން ޖަމާވަމުން ދިޔައިރު ޒީނާއާއި ޝަޔާން މެހެމާނުންނަށް ސަލާމް ކުރަމުން ފޮޓޯ ނަގަން އެ ދެމީހުންނަށް ހާއްސަ ކުރެވިފައިވާ ތަނުގައި ހުއްޓިލައިގެން ތިއްބެވެ. ނިހާން އާއި ސަމާހު އާއި އެކު ބޮޑުބެރު ގުރޫޕެއް މުނިފޫހި ފިލުވައިދޭން ބެރު ޖަހައި ލަވަ ކިޔަމުން ދިޔައިރު އެ މީހުންނާއި ދުރުގައި ރީހާން މީހުންތަކުގެ ތެރޭގައި ހުރި މޭޒެއް ކައިރީ އެކަނި އިށީނދެގެން އިނެވެ. އެކި ދިމަދިމާއަށް ނަޒަރު ހިންގަމުން އޭނާ ދިޔައީ ޒާނާ ފެނޭތޯއެވެ. އާއިލާގެ އެންމެން އެކުގައި ފޮޓޯނަގަމުން ދިޔައިރު އެތަނުގައި ފެންނަން ނެތީ ޒާނާ އެކަންޏެވެ.

”ރީހާން.. އާދޭ.. ދެން ލަވަ ކިޔަން އުޅޭ.. “ ނިހާން އައިސް ގޮވާލުމުން ރީހާން ގޮސް މީހުން ކުރިމަތީ ހުއްޓިލައި މައިކުގައި ހިފާލިއެވެ. ޝަޔާންގެ އެދުމަށް އެ ހަފްލާގައި ލަވަ ކިޔަން އޭނާ ދެކޮޅެއް ނުހަދައެވެ. އޭނާ ލަވަ ކިޔަން ފެށުމާއި އެކު އެންމެންގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. ޝަޔާން ގާތުގައި ހުއްޓިލައިގެން ހުރި ޒީނާއަށް ހައިރާންކަމާއެކު ބަލާލެވުނީ އެއީ ރީހާން ކަން އެނގުމުންނެވެ. ކައިވެނި ކުރިގަޑީގައި އޭނާ މީހުންނަށް ސަމާލުކަން ދީގެން ނެތުމުން ރީހާން އޭނާގެ ލޮލުގައި އެވަގުތު އަޅައިނުގަތް ނަމަވެސް ލަވަކިޔަން ހުރީ ރީހާންކަން އެނގުމުން އޭނާއަށް ސިހުން ލިބުނެވެ. ” ޒީން…އެއީ ރީހާން.. ފްރެންޑެއް ..އަހަރެމެން ރިސޯޓްގަ އުޅެނީ އޭނަވެސް..ޒީން އާ ދިމާ ނުވޭ ދޯ އަދި .. އޭނަ އައީ ސަމާހުމެނަށް ވުރެ ތަންކޮޅެއް ފަހުން.. “ ޝަޔާން ޒީނާ ކައިރީ ބުނެލީ އޭނާ ގެ މޫނުމަތިން ހައިރާންކަން ފެނުމުންނެވެ. ޒީނާއަށް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ. ކުރިން ދިމާވެ ދަންނަ މީހެކޭ ބުނަން ޖެހިލުންވިއެވެ. ފުރަތަމަ ފެނިލުމުން އޭނާގެ ހިތާއި ކުޅެލާފައި ގެއްލުނު ’ކްރަޝް‘ ވެގެން މި ދިޔައީ އަލަތު ފިރިމީހާގެ ރަހުމަތްތެރިއަކަށޭ ހިތަށް އެރުމުން އޭނާގެ ހިތަށް ވެެރިވީ ނުތަނަވަސް ކަމެކެވެ. އޭނާ ވަށައިގެން ހޯދާލީ ޒާނާ ފެނޭތޯއެވެ. އެހެނަސް ޒާނާ ފެންނަ ހިސާބުގައި ނެތުމުން އިތުރަށް އެއްޗެއް ސާފު ކުރެވޭނެ ގޮތެއް ނެތްކަން ވިސްނުމަށް އައެވެ.

މަޑު ނޫ ކުލައިގެ ’މެކްސީ‘ އެއްގައި ކުޑަ ވިދުމެއް ހުރި ނޫ ޝޯލްއެއް އަޅައި ރީތިވެލައިގެން ހުރި ޒާނާ އެ ހަފްލާއަށް ދިޔައީ ހުޝާމްގެ މަންމަ އާއި އާއިލާގެ ބައެއް މީހުން އެކުގައި ތަންކޮޅެއް ލަހުންނެވެ. އޭރު ރީހާން ފުރަތަމަ ލަވަކިޔައި ނިމުނީއެވެ. އެންމެން ކާން އަޅައި މޭޒެއް ކައިރީ ހަމަޖެހިލުމުން ޒާނާ ކުދިން ގޮވައިގެން ލީޝް އާއި ޒަހުރިއްޔާމެން ކައިރިޔަަށް ދާން ހިނގައިގަތް އިރު ރީހާން އަނެއްކާވެސް ލަވައެއް ކިޔަން ފެށީއެވެ.
”ފުން އަސަރު ގައި މިހިތް ހުއްޓިދާނޭ އިނގޭ.. ޖާޒުބީ ރީތި ދޮން މޫނު ފަރުދާ ކުރޭ..“ ރީހާންގެ އަޑަށް ޒާނާ އަށް ބޭއިޚްތިޔާރުގައި އެދިމާއަށް އެނބުރި ބަލާލެވުނެވެ. އޭރު ރީހާން ގެ ނަޒަރު ހުއްޓިފައިވީ ޒާނާއަށެވެ. ޒުވާން އަންހެން ކުދިން އެ އަޑުގެ ޖާދޫގައި ޖެހި ފޯރި ނަގައި ފަހަތުން ލަވައިގައި ބައިވެރި ވަމުން ދިޔައިރު ޒާނާ އަށް އިރުކޮޅަކު ބަލަން ހުރެވުނީ ރީހާން ގެ މަޤުބޫލުކަން ފެނި ހައިރާންވެފައެވެ. އެންމެންގެ ތަރުހީބު ލިބެމުން ދިޔަ ނަމަވެސް ރީހާންއަށް ޒާނާ ނޫން މީހަކު ނުފެންނަ ފަދައެވެ. އެ މަންޒަރު ބަލަން ޒީނާ ހުރީ އޭނާގެ ހިތުގައިވާ ސުވާލުތައް ޒާނާއާއި ކުރެވޭނެ އިރަކަށް ކެތް މަދުވެފައެވެ.

ޒާނާ ބެލީ ވީހާވެސް ބޮޑަކަށް ރީހާނަށް ސަމާލުކަން ނުދީވޭތޯއެވެ. ކުދިންނާއި އެކު ވަކިން މޭޒެއްގައި އިށީނދެލީ ލީޝްެވެސް އޭނަަގެ ފިރިމީހާއާއި އާއިލާ އެކުގައި ތިބުމުންނެވެ.
” ނާ .. މިރޭ ފަތިހު ފުރަން.. އޭގެ ކުރިން ވާހަކަ ދައްކާލަން ދިމާ ކޮށްލެވިދާނެތަ؟ ޕްލީޒް .. ދެން އަލުން ނޭނގެ ދުވަހަކުވެސް ދިމާވާނެ ކަމެއް.. ޕްލީޒް ނޯ ނުބުނައްޗޭ!! “ ލަވަ ކިޔައި ނިންމައި ރީހާން ޒާނާއަށް މެސެޖެއް ކޮށްލިއެވެ. ޒާނާ މެސެޖް ބަލާލާފައި ވިސްނާލިއެވެ. އެއީ ރީހާނާއި އޭނާ ބައްދަލުވާނެ ފަހު ރޭކަން އެނގޭތީ އޭނާގެ ހިތް ވެސް ނޫނެކޭ ބުނަން ބޭނުމެއް ނުވިއެވެ. އެއީ ރީހާން ގާތު ބުނަން އޭނާ ބޭނުން ވާހަކަތައްވެސް ހުރުމުންނެވެ. ”ދަރިފުޅާ މަންމަ ދެން އިރުކޮޅަކުން ދާނީ ގެއަށް .. “ ޒަހުރިއްޔާ ގެއަށް ދާވާހަކަ ބުނުމުން ޒާނާ ވިސްނާލިއެވެ. ” މަންމަ ދާއިރު ލީމް މެން ގޮވައިގެން ދާންވީނު.. މާ ލަސް ވެއްޖެއްޔާ ކުދިން ވަރަށް ވަރުބަލިވާނެ.. ހުޝާމް މަންމަމެން ކައިގެން ދިޔައިމަ ލަސްނުކޮށް އަންނާނަން.. އޯކޭތަ؟ “ ޒާނާ ބެލީ އޭނާއަށް މަގެއް ފެނޭތޯއެވެ. ރީހާންއާއި ދިމާކޮށްލަން ފަސޭހަ މަގެއް ކޮށާލެވޭތޯއެވެ.

ދިހައެއް ޖަހަން ގާތްވީ އިރު މީހުން މަދުވާން ފެށިއެވެ. ބޮޑުބެރު ބަލަން މަޑުކޮށްލައިގެން ތިބި ޒުވާނުން ނޫނީ އެތަނުގައި މާ ގިނަ މީހުނެއް ނެތެވެ.
” އައިލް ބީ ބެކް.. މަންމަ ގޮއްސި ސާއިމްއާއި އެކު ލީމްމެން ގޮވައިގެން ގެއަށް އިނގޭ.. ނާއިލް ފެމިލީވެސް ގެއަށް ދިޔައީ ދޯ..ގެއަށް ދަންޏާ ކޯލް މީ…“ ރައްޓެހި ކުދިންތަކަކާއެކު ޒީނާ ކައިރީ ހުރި ލީޝް އަށް މެސެޖް ފޮނުވާލަމުން ޒާނާ ހިނގައިގަތީ މީހުންތަކާ ދުރުން މޫދާ ދިމާލަށެވެ.
އޭރު ޝަޔާންއާއި ވާހަކަ ދައްކަން ރީހާން ހުރިތަން ޒާނާއަށް ފެނުނުނެވެ. ” މި ދަނީ މޫދާ ދިމާއަށް. އަވަހަށް އާދޭ އިނގޭ .. ބުނަން ބޭނުން ވާހަކަ އެއް ވެސް އެބަ އޮތް.. މާ ގިނަ އިރު މަޑު ނުކުރެވިދާނެ“
ޒާނާގެ މެސެޖް ލިބުމާއެކު ރީހާން ބެލީ ދެވޭތޯއެވެ. ނިހާނައި ސަމާހުވެސް ޝަޔާންއާއި އެކު ތިބުމުން އޭނާއަށް އުނދަގުލަކާ ނުލައި ދުރަށް ޖެހިލެވުނެވެ. ” އޯކޭ!! މިދަނީ.. “ މެސެޖު ފޮނުވާލަމުން ޒާނާ ދިޔަ ދިމާ ބަލަން ހުރެފައި ރީހާންވެސް އިރުކޮޅެއް ފަހުން ހިނގައިގަތެވެ. ފޯނާ ކުޅެމުން މީހުން ނެތް ހިސާބަކަށް ދިޔައިރު އޭނަައަށް ފަހަތުން މީހަކު އަންނަހެން ހީވެގެން ބަލާލެވުނެވެ. ތަންކޮޅެއް ދުރުގައި ހުރި ރުކެއް ކައިރީ ދެ މީހަކު ސިނގިރޭޓް ބޯން މަޑުކޮށްގެން ތިބުމުން އެއްޗެއް ހީނުކޮށް އަނެއްކާވެސް ކުރިޔަށް ދިޔައީއެވެ.

ރީހާން ދިޔައިރު ރުއްތަކާއި ހޭޅި ފަށުގެ ނިވަލަށް ވާ ހިސާބުގައި މޫދަށް ބަލަން ޒާނާ ހުއްޓިލައިގެން ހުއްޓެވެ. އެ ހިސާބުގައި ބޮކި ދިއްލާފައި ނެތަސް ހަނދުވަރުވެ ރިހި އަލިން ދުނިޔެ ވަނީ އަލިކޮށްދީފައެވެ. މަޑުމަޑުން ބީއްސަމުން ދިޔަ ރާޅުތަކަށް ބަލަން ޒާނާ ހުރީ އޭނާ އަރައިގެން ދިޔަ ފުންނާބު އުސް ފައިވާން އަތުން ހިފަހައްޓައިގެންނެވެ. އެއް އަތުން ލައިގެން ހުރި ދިގު ހެދުމުގެ ފަސްބައިގައި ކުޑަކޮށް ހިފަހައްޓާލައިގެން އަނެއް އަތުން ފައިވާން ހިފައިގެން މޫދަށް ބަލަން ގެއްލިފައި ހުރި ޒާނާގެ ގާތުގައި ރީހާން ހުއްޓިލައި އޭނާގެ މޫނަށް ބަލާލިއެވެ. ” މި ރޭ ވެސް ހަނދު ވަރަށް ރީތި… “ ރީހާން ގެ ފުރަތަމަ ޖުމްލައިންވެސް ޒާނާގެ ހަނދާނަށް އައީ އެ ދެމީހުން ދިމާވި ފުރަތަމަ ރެއެވެ. ހަނދުވަރު ދިން އެ ރީތި ރޭގައި އޭނާ ފުރަތަމަ ފަހަރަށް ރީހާންއާއި ބައްދަލުވެ ބުނި ޖުމްލައެވެ. ’ހަނދު ވަރަށް ރީތި ދޯ‘ ޒާނާ ގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ. އެރޭ އޭނާ ބައްދަލު ކުރީ އެންމެ ގާތް އެކުވެރިޔާ ރީހާން އާއެވެ. އެހެނަސް މިހާރު އެއީ އޭނާއަށް އެ ގުޅުމަކަށް ދޭނެ ނަމެއް ނޭނގުނު ގުޅުމެކެވެ. ޒާނާ ރީހާންއަށް ބަލާލަމުން ހިނިތުންވެލީ އޭނަަގެ ހިތުގައި އުފެދެމުން ދިޔަ ހޫނު ރިހުމަށް ފިނިކަމެއް ލިބޭތޯއެވެ. ” ހްމްމް.. ވ ރީތި..! ހަނދު އަބަދުވެސް ރީތި..“ ޒާނާ މަޑުމަޑުން ބުނެލިއެވެ.
” ތޭންކްސް.. ހިއެއް ނުކުރަން ނާ މިރޭ މީޓް ކުރަން ވެސް އޯކޭވާނެ ކަމަކަށް!ހީކުރީ ބައްދަލުވެސް ނުވެކަމަށް ފުރަން ޖެހޭނީ..“ ރީހާން އޭނާ ހުރީ އުއްމީދު ކަނޑާލާފައިކަން ހާމަކޮށްލިއެވެ. ” ހްމްމް.. ރީހާންގެ ފަރާތުން ވަރަށް ބޮޑުކަމަކު އެދެން އަސްލު މި އައީ.. “ ޒާނާގެ ވާހަކައަށް ރީހާން ބޯ ޖަހާލަމުން އާނއެކޭ ބުނެލިއެވެ. ” އަހަރެން ބޭނުމެއް ނޫން މިގޮތަށް ދެ މީހުން އިތުރަށް އެއްވެސް ގުޅުމެއް ބާއްވަން.. އަހަރުމެންގެ ނަސީބުގައި އެކަކު އަނެކަކު ނުވާއިރު ދެން އެންމެ ރަނގަޅުވާނީ މިދިޔަ ފަސް އަހަރު ދިޔަހެން ދެމީހުން ދުރުވުން.. އަހަރެން ދެކެނީ ތީ އަދިވެސް އަހަރެންގެ އެކުވެރިއެއް ގޮތަށް .. އެހެނަސް އަހަރުމެންގެ ހިތް އެދި ގޮވަނީ އެހެނެއް ނޫން…އެހެންވީމަ އަހަރުމެންނަށް ދެން އެކުވެރިކަމުގެ ގޮތުން ވެސް ވާހަކައެއް ނުދެއްކޭނެ.. އަހަރެންގެ ހަމަ އެކަނި އެދުމަކީ ރީހާންގެ ކުދިންނާއި މައިރާއާއި އެކު އުފަލުގައި އުޅުން.. ޕްރޮމިސް މީ.. މައިރާ ދޫކޮށް ނުލާ މައިރާގެ ލޯބި ގަބޫލު ކޮށްގެން އުޅޭނަންތަ..؟ ތަޤުދީރުގައި ވާން ނެތް ކަމަކަށް އެދިގެން ދިރިއުޅުން ހަލާކު ކޮށް ނުލާ..! ރީހާންއަށް އެނގޭތަ..؟ ލޯތްބަކީ ހަމަ އެކަނި އެކަކު އަނެކަކު ހާސިލްވުމެއް ނޫން.. ކޮންމެ ހިސާބެއްގައި ކިތައްމެ ދުރުގައި ތިއްބަސް ހިތުގެ ގުޅުން ނުކެނޑޭނެ… އެކަމަކު ލިބެން ނެތް ލޯތްބަކަށް އެދިގެން އަހަރުމެންގެ ލޯބިވާ މައުސޫމް ކުދިންގެ އުފާތަކާއި މުސްތަޤުބަލް ޤުރުބާންކޮށްލުން ވާނީ މޮޔަކަމަކަށް .. އަހަރުމެން އެހާ އަމިއްލަ އެދުން ބޮޑުވެގެން ލިބޭނެ އުފަލެއް ވެސް ނޯންނާނެ.. ނޫންތަ؟ .. “ ޒާނާގެ ވާހަކަ ކަނުލައި އަޑު އަހަން ހުރި ރީހާން ހަމަ ހިމޭންކަމާއެކު ހިނދުކޮޅަކު އެއްވެސް އެއްޗެއް ނުބުނެ މޫދަށް ބަލަން ހުރީއެވެ.

” ހްމްމް.. ތި ބުނީ ރަނގަޅަށް .. ކުރިންވެސް އަހަރެން ބުނީމެއްނު .. ނާގެ ކޮންމެ ނިންމުމަކަށް އަހަރެން އިޙްތިރާމް ކުރާނަމޭ.. އާނ އެކޭ ނުވަތަ ނޫނެކޭ ބުންޏަސް މައްސަލައެއް ނެތޭ.. އަހަރެންގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތް.. އަހަރެންގެ ހަމައެކަނި ބޭނުމަކީ ތި ހިތުގައި އަހަންނާމެދު ވާ އެއްޗެއް އެނގުން.. ހިތުގައި ވީ ސުވާލު ތަކުގެ ޖަވާބު ލިބުމުމުން ހިތްހަމަ ޖެހިއްޖެ.. އަކަމަކު ދެރަވެސް ވޭ.. އަހަރެންނަށް ނަސީބުގައި ނާގެ ލޯބި ލިބެން ނެތްކަން ޤަބޫލު ކުރެވުނަސް އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަބަދަށްޓަކައި ވަކިވުން އެއީ ބުނެދޭން ނޭނގޭ ކަހަލަ ހުސްކަމެއް.. އެކަމަކު ތިގޮތް ވެސް ޤަބޫލުކޮށްފިން.. ނާ ގެ އެދުމަކީ ތިއީ ކަމަށް ވަންޏާ.. “ ހިތުގައި ވީ ރިހުން ފޮރުވަން މަސައްކަތް ކުރަމުން ރީހާން ހިނިތުންވެލިއެވެ.

” ތޭންކްސް…ވަކިވާކަށް އަހަރެންވެސް ބޭނުމެއް ނޫން .. އެކަމަކު މި ގޮތް ހުރިހާ އެންމެނަށްވެސް ފައިދާ ކުރާނީ.. އަހަރެމެން ވާހަކަ ދައްކާކަން އެނގެންޏާ މައިރާއަކަށް ހަމަ ޖެހުމެއް ނުލިބޭނެ. މައިރާގެ ހިތް ނުތަނަވަސްވާނެ.. އެއީ މައިރާ ރީހާން ދެކެ ލޯބިވާތީ.. އެއީ މައިރާއަށް ލިބިފައިވާ ހައްޤެއް.. މާޒީވެ ދިޔަ ތަން ހަނދާން ނައްތާލާ ރީހާން.. މައިރާ ގޯހެއް ނޫން.. ގޯހީ ރީހާން ކައިވެނި ކުރަން ޖެހުނު ހާލަތު. މިއަދު އެ ގޮތް ބަދަލެއް ނުކުރެވޭނެ.. އެދުވަސް އަނބުރާ ނުގެނެވޭނެ..މައިރާ އަކީ ރީހާންގެ ދަރިފުޅުގެ މަންމަ.. ތި ލޯބި އެންމެ ހައްޤުވަނީ މައިރާއަށް.. އުއްމީދުކުރަން އަދި ރީހާންއަށް މައިރާ ދެކެ ލޯބިވެވޭނެ ކަމަށް .. “ ޒާނާގެ ވާހަކަތަކަށް އަނެއްކާވެސް ރީހާން ބޯޖަހާލިއެވެ.

” ނާ.. އައި ވޯންޓް ޓު ޝޯ ޔޫ ދިސް.. “ ރީހާން ފޯނު ހުޅުވާލަމުން ޒާނާއަށް ބުނެލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Hudhufinifenmaa_
Follow Me Written By

Hudhufinifenmaa_

Level 2100 Login10 Stories

Other Articles

Previous

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 6

Next

ޙަޤީޤަތް ހޯދުމޭ 28

Next
November 7, 2024

ޙަޤީޤަތް ހޯދުމޭ 28

Previews
November 6, 2024

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 6

2 Comments!

  1. Fiza says:
    November 7, 2024 at 1:57 pm

    Masha Allah. Vrh reethi mibaives. mibai thankolheh kuruhen heevanee. Next episode dhigu kohla dhehcheyy. ❤️

  2. Cutie girl says:
    November 8, 2024 at 12:02 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Naa and Reehaan gulhuvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey

Comments are closed.

Next Episodeހަނދުވަރު ދިން އެރޭ …12←


All Right Reserved!