Skip to content
އެސްފިޔަ

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…54

ގަޑިން ތިން ގަޑި ސާޅީސް ހިނގާފައި ހުރި ތަން ފެނުމާއެކު ކިތަންމެ ވަރަކަށް ހަމަޖެހުމެއް ލިބޭތޯ މަސައްކަތް ކުރި ނަމަވެސް ރަޔާންގެ ނަފްސުގެ ހަމަޖެހުން ގެއްލުނެވެ.ކޮންމެ ގޮތަކަށް ކަންތައް ވި ކަމުގައި ވީ ނަމަވެސް އޭނާ މިހާރު އެ ދަނީ އޭނާ ކައިވެނި ކުރެވޭ ކުއްޖާގެ ގެއަށް އެކުއްޖާ އާއި ބައްދަލު ކުރާށެވެ. ކިތަންމެ ވަރަކަށް އޭނާ މަސައްކަތް ކުރި ކަމުގައި ވީ ނަމަވެސް އެ ހަގީގަތެއް ބަދަލެއް ނުކުރެވޭނެ އެވެ.

*****************

މަޑު ނޫކުލަ އަކަށް ދާ ކުލައެއްގެ ހޫޑީ އެއް ލައިގެން ހުރި ފައިހާ ގެ އިސްތަށިތައް ވަޔާއި އެކު ވިހުރެން ދޫކޮށްލެވިފައި ވާ އިރު މޫނުމަތީގައި ކޮށްފައިވާ ލުއި މޭކަޕް އިން ފައިހާ ގެ ރީތި ކަން އިތުރު ކޮށްދެއެވެ. އެހެން ނަމަވެސް އަބަދާއި އަބަދު ތާޒާ ކަމާއި އެކު ހުންނަ ފައިހާގެ މޫނުގެ ދިރުން ވަނީ ގެއްލިފައި އެވެ.

 

“ފައިހާ އަވަސް.ރަޔާންމެން އަންނަނީ”ކޮޓަރި ތެރެ އަށް ބޯ ދިއްކޮށްލި ދާނިޔާގެ އަޑުން ފައިހާ އަށް ދާނިޔާ އާއި ދިމާލަށް ބަލައިލެވުނެވެ.ފައިހާ ދާނިޔާ އަށް ބަލާލި ވަގުތު އެދެލޮލުން ދާނިޔާ އަށް ފެނުނީ ވޭނާއި ކެކުޅުމެވެ.ދަރިފުޅުގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކުން ދާނިޔާގެ ހިތް ވެސް ރޮއްވާލި އެވެ.އެހެން ނަމަވެސް ފާރޫގު އާއި ދެބަސް ވުމުގެ ގާބިލް ކަމެއް އޭނާގެ ހަށިގަނޑަކު ނެތެވެ.

 

މަންމަ ގެ ބަހަށް ތަބަޢަވަމުން ފައިހާ ކޮޓަރިން ނިކުންނަން ހިނގައިގަނެވުނީ ދެފައި ކާއްތަމުން ކަހަލަ ގޮތަކަށް ށެވެ. ފައިހާ ގެ ދެފައިގައި ހިނގާނެހާ ވެސް ވަރު ނެތް ކަހަލަ އެވެ.

 

ކޮޓަރިން ނިކުން ފައިހާ އިސް އުފުލާ ބަލާލި އިރު ކަމަކު ދާކަށް ނެތެވެ.ނެތް ބަޔެއް ނެތެވެ.ފައިހާގެ ކައިވެނި ކުރެވޭ ޒުވާނާ އަންނަން އުޅޭކަން އެނގުމުން ސީނު އަތޮޅުގައި ހުރި ފައިނާން ވެސް ފާރޫގު ވަނީ ދަމާ ނެރިފައި އެވެ.ދާއިން އާއި ފައިނާން ގެ ފިރިމީހާ ކަމުގައި ވާ ޔާއިން ގެ އިތުރުން ފާރޫގު ސޯފާތަކުގައި ތިބި އިރު ފައިނާން އާއި ލިޝްމާ ކާގޭގައި ހަރަކާތް ތެރި ވަމުން ދިޔަ އަޑު އިވެމުން ދިޔަ އެވެ.

 

ޕިންކްގާރޑެންގޭ ދޮރު މައްޗަށް މަޑު ކޮށްލި ކަޅު ކުލައިގެ ދެކާރުން ނިކުތީ ރަޔާން އާއި ރިޔާންގެ ދެމަފިރިންގެ އިތުރުން ޝައިލްގެ ދެމަފިރިންނެވެ.މަޑު ހިނގުމެއްގައި ޕިންކްގާރޑެންގޭ ބޮޑު ގޭޓު ހުޅުވާލަމުން އެތެރެ އަށް ވަން ޝައިލްގެ ދެމަފިރިން ގެ ފަހަތުން ވަން ރިޔާން ރަޔާންގެ އަތުގައި ހިފާ މަޑު ކުރުވިއެވެ.

 

“ހަމަ ދެން މެރީ ކުރާނީ ތަ؟” ރިޔާންގެ ބޭނުން އެނގުމާއި އެކު އައިރާ އޭނާގެ ނިތުގައި ޖަހާލަމުން ރަޔާން އާއި ދިމާލަށް ބަލާލި އިރު ރަޔާންގެ މޫނުމަތިން އެކި ފަހަރު އެކި އަސަރު ފެންނަމުން ދިޔަ ގޮތުން އޭނާގެ ހިތް އޮތްގޮތް ބަލާލަން އައިރާ ނުކުޅެދުނެވެ.”ދެން ކުރަން ދޯ ޖެހޭނީ މި ހާ ހިސާބަށް އައިއްސަ” ރަޔާންގެ އެހެން ބުނެލީ ޕިންކްގާރޑެން ގެ އިމާރާތާއި ދިމާލަށް ހިނގާފައި ރިޔާނާ އާއި ޝައިލް އާއި ދިމާލަށް ބަލާލަމުން ނެވެ.”ރަޔާން ބޭނުމިއްޔާ އަދި ވެސް….”

 

ރިޔާންގެ ޖުމުލަ އެހާ ހިސާބަށް ބުނުމާއި އެކު އައިރާ ކޮރާ ލަމުން ރިޔާންގެ އަނގަމަތީ އަތް އެޅީ އިތުރަށް ތި ޖުމުލަ ކުރި އަށް ގެންގޮސްގެން ނުވާނެއޭ ބުނާ ބީދާ އަކުން ރިޔާން އާއި ދިމާލަށް ބަލައިލަމުން ނެވެ.

 

ރިޔާން އާއި އައިރާ ތިބި ގޮތަށް ބަލައިލަމުން ރަޔާން މަޑުމަޑުން ދުވެފައި ކަހަލަ ގޮތަކަށް ރިޔާނާ އާއި ޝައިލް ގެ ގާތު މަޑުކޮށްލީ އެދެމީހުން ގޭތެރެ އަށް ވަންނަން ދާ ތަން ފެނުމުން އިތުރަށް އޭނާ އަަށް މަޑުކުރެވެން ނެތުމުން ނެވެ.

 

ފާރޫގު ގެ އާއިލާ އިން ޝައިލްމެންގެ އާއިލާ އަަށް ދިން މެހެމާންދާރީ ބަލަން ހުރި ފައިހާގެ ދެލޯ އިރުއިރު ކޮޅާ ރަޔާން އަަށް ހުއްޓެމުން ދިޔަ އިރު ރަޔާންގެ ދެލޯ ވެސް އިރު އިރު ކޮޅާ ފައިހާ އާއި ދިމާލަށް ހުއްޓެމުން ދިޔައެވެ.ދެމީހުން ކުރެ އެކެއްގެ މޫނުމަތިން ވެސް މާ ބޮޑު އަސަރެއް ފެންނާކަށް ނެތެވެ.

 

“އަޔާން ތި އަވަސް ކޮށްބަލަ”ގަމީސް ލާން ހުރި އަޔާން އާއި ދިމާލަށް ޗުސްތަޅަމުން ދިޔަ ލައިކާ ގެ އަތުގައި މެރޫން ކުލައިގެ ޝޯލް އެއް އޮތް އިރު ލައިކާ އަށް ވެސް އޭރު ޝޯލް ނޭޅެއެވެ.”މަގޭ ވައިފީ ހާދަ އަނގަ ގަދަ ވެގެން އުޅޭ ދުވަހެކޭ ދޯ”ހުދުކުލައިގެ ގަމީހުގެ އަތުކުރި އޮޅަމުން އަޔާން ބުނެލީ ލާނެތް ރާގަކަށް ށެވެ.”ފޮނި ނުކަނޑާ ދެން ވެސް އަވަސް ކޮށްބަލަ.އަދި ތި އޮތީ އިސްތަށިގަނޑު އޮތް ގޮތް ތަން ކޮއްޅެއް ރީތިކޮށް ފުނާ އަޅާބަލަ”ޝޯލް ގައި އެންމެ ފަހު ޕިން ޖަހަމުން ލައިކާ ފުނާ ހިފައިގެން ގޮސް އަޔާންގެ ކައިރީގައި ހުއްޓިލި އެވެ.

 

ސޯފާގައި އޮތް ކިޔާންގެ އިސްތަށިގަނޑު ހާވާލާމުން އަޔާން ގެއިން ނިކުންނަން ދިއުމާއި އެކު ކިޔާން ވަގުތުން ފޯނު ނިވާލިއެވެ.ކިޔާން ސޯފާ އަށް ދެމިގެން އޮތް ގޮތުން އަޔާން އަށް ދޮރު ކައިރީގައި ހުންނަ އިރު ވެސް އޭނާގެ ފޯނު ސްކްރީން ފެންނާނެ ކަމާއި މެދު ކިޔާންގެ ހިތުގައި ޝައްކެއް ވެސް ނެތެވެ.ޒާރާ އާއި ދެމީހުން ކޮށްފައިވާ މެސެޖުތައް ފެނުމުން އަޔާން އަށް ވަރަށް ބާރު ކުރާނެ ކަން އޭނާ އަށް އެނގޭ ވިއްޔާ އެވެ.

 

“އަދި ނުކް ގެ ދައުވަތަކަށް ދާން ވެސް އެބަ ޖެހޭ”އަޔާން ބުނެލީ ލައިކާ އޭނާގެ ސައިކަލު ފަހަތަށް އަރާ ހަމަޖެހިލުމުންނެވެ.”އެކަމު މިއަދު ރަޔާންމެން ދާނެ އެއްނު..”ލައިކާ އޭނާގެ ޖުމުލަ ފުރިހަމަ ނުކުރި ނަމަވެސް އަޔާން އަށް ލައިކާ ގެ ޖުމުލައިގެ ދެން އޮތް ބައި ނަގައިގަނެވުނެވެ.”ހްމްމްމް.ފަހަކަށްށޭ އެހެންވެ ކީ”އަޔާންގެ އަޑު ވެސް ކުރި އަށް ވުރެ މަޑުވެލިއެވެ.ދެކެވުނު ވާހަކަ އަށްފަހު ދެމީހުންގެ ދެމެދުގައި ހިމޭން ކަން ރަސްކަން ކުރަން ފެށިއެވެ.

 

ހުދު ކުލައިގެ ގަމީސް މަތިކޮޅަކާއި އެކު ކްރީމް ކުލައިގެ ޝޯލް އެއް އަޅައިގެން ހުރި ލައިނީ ތައްޔާރު ވަމުން ދިޔައީ ހަވީރުގެ ހިތްގައިމު ވަގުތުގެ ހަމަޖެހުން ހޯދުމަށް ޓަކައި ރަސްފަންނަށް ދިއުމަށްށެވެ. މަޑު ހިނގުމެއްގައި ހިނގާފައި ކޮޓަރިން ނިކުންނަން ދިޔަ ލައިނީގެ ވިސްނުމާއި ހިޔާލުގައި ވަނީ ރަޔާން އާއި އެކު ހޭދަކުރެވުނު އުފާވެރި ދުވަސްތަކާއި ވަގުތު ތަކެވެ.

 

ކޮޓަރީގެ ދޮރު ހުޅުވާލަމުން ކޮޓަރިން ނިކުން ލައިނީ އަށް ލައިޝާ ގެ ނަޒަރު ހުއްޓުނެވެ.ވަގުތުން ލައިނީ ގަނޑުވީ ލައިޝާގެ ސުވާލު ގޯންޏާއި ކުރިމަތި ވާނެ ކަން އެނގުމުންނެވެ.އެކަނި ދާން އުޅޭ ކަން އެނގުމުން ލައިޝާ އޭނާ އާއި މެދު ޝައްކު އުފައްދާނެ ކަން ޔަގީނެވެ.

 

ގޭގެ ދޮރުގައި ބެލް އަޅާލި އަޑު އިވުމާއި އެކު ލައިނީ ދޮރު ހުޅުވަން ދިޔައީ ލައިޝާ ގެ ކުރިމަތިން އަވަހަށް ދުރަށް ދާށެވެ. “ދޮންތާ”އޭނާގެ ކުރިމަތީގައި ހުރި ލައިކާ ފެނުމާއި އެކު ލައިނީ ގެ މޫނު މަތިން ހިނިތުންވުމެއް ވެރި ވި އެވެ.”ނުލަފާ މީހެކޭ ދޯ މީ.މިހާރު މިގެ އަށް ނުވަންނަތާ އެއް މަސްވީ އޭ” ލައިނީގެ ހަނދާނުން ހުރިހާ ކަމެއް ފޮހެވިގެން ދިޔައީ ލައިކާ އެގެ އަށް ދުވަސްތަކަކަށް ފަހު އައުމުންނެވެ. “ނުފެންނަ މީހެއްތަ ދެން މީ.އަބަދު ފެންނަން ޏާ ގެއަށް އައުމުގެ ބޭނުމަކީ ކޮބާ؟”ލައިކާ ވެސް ވަކި ރައްދު ނުދީ ހުންނާކަށް ބޭނުމެއްނުވިއެވެ.

 

އޭނާ ފެނުމާއި އެކު ލައިނީގެ މޫނުމަތިން ހިނިތުންވުން ފެނިލުމުން ލައިކާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.ލައިނީގެ ހިތް ހަމަހިމޭން ކޮށްލަން ބޭނުން ނުވުމުން ލައިކާ ވެސް ފޯރި އާއި އެކު ލައިނީ އަށް ރައްދު ދިނެވެ.

 

“ލައިކާ އަވަހަށް ވަދޭ އެތެރެއަށް”ލައިޝާ ގެ އަޑާއި އެކު ލައިނީ ފަހަތަށް އެނބުރި ބަލާލި އެވެ.”އާނ ކީއްކުރަން ވައްދަން ވީ. ބޭރުގައި ބެހެއްޓީމަ ވީނު.ގައިމު މަންމަ ޔާ ލައި އާ ފެންނާނެ ދޮރު ހުޅުވާފަ ހުރިހާ އިރަކު ފެންނަން ވިއްޔާ”ލައިނީ ލައިކާގެ ކަންފަތުގައި މަޑުމަޑުން ހިފާލި އެވެ.

 

ހަވީރުގެ ސަޔަށް އިންސާފު ކުރަމުން ދިޔަ ފާރޫގާއި ޝައިލްގެ އާއިލާގެ ދެމެދުގައި ދެކެވެމުން ދިޔައީ ކުރެވެން އުޅޭ ފައިހާ އާއި ރަޔާންގެ ކައިވެނީގެ ވާހަކަ އެވެ.ފައިހާ އާއި ރަޔާން ގެ ހަމަހިމޭން ކަން ހަމައެކަނި ނަގައިގަނެވުނު މީހަކަށް ވީ ދާނިޔާ އާއި ރިޔާންއެވެ.ފައިހާ އާއި ރަޔާން ގެ ކައިވެންޏާއި މެދު ވާހަކަ ދެކެވުނު އިރު ވެސް އެއްޗެކޭ ނުބުނެ ރިޔާން އިނީ އެހެންވެ ކަންނޭނގެއެވެ.އެހެން ނަމަވެސް އެއްޗެއް ނުބުނެ ވާން ނެތުމުން ދާނިޔާ ދޭތެރެ ދޭތެރެއިން އެއްޗެކޭ ބުނެލައެވެ.

 

ހަވީރުގެ ސައި ނިމުމާއި އެކު ފޯށް ފޮއްޗެެއް އަނގަ އަށް ލައިގެން ފަރޫގު އާއި ޝައިލް ވަކިން ހުރި ދެ ސޯފާގައި ތިބިއިރު ފައިހާ އާއި ރަޔާން ތިބީ އެދެމީހުން ގެ ކުރިމަތީގައި އެވެ.މަޑުމައިތިރި ކަމާއި އެކު ދެމީހުން ތިބި އިރު އެކަކު އަނެކަކާއި ދިމާލަށް ވައްކަޅިން ބަލަމުން ދިޔަ އެވެ. އޭރު ވެސް ލިބިފައި ވާ ސިހުމުގެ އަސަރު ފައިހާގެ މޫނުމަތިން ނުފިލައެވެ.

 

“ދެކުދިން ދާން ވީނު ވާހަކަ ދައްކާލަން ޓެރަސް އަށް.ދެން ކައިވެނީގެ ކުރިން ވާހަކަ ވެސް ދައްކާލަން ވާނެ ދޯ”ފާރޫގު ފައިހާ އަށް މާނަ ފުން ނަޒަރެއް ދެމުން ބުނެލި އެވެ.ކައިވެނީގެ ކުރިން ރަޔާން އާއި އެކު ކުޑަ ކޮށް އުޅެލުމުން ފައިހާގެ ހިތް ރަޔާން އަށް ލެނބި ދާނެ ހެން ފާރޫގު އަށް ހީވަނީ ކަންނޭނގެ އެވެ.

 

ފާރޫގު ގެ ވާހަކަ އާއި އެކު އައިރާ އާއި ރިޔާން ގެ ނަޒަރު ރަޔާން އަށް ހުއްޓުނެވެ.ރަަޔާން އާއި ފައިހާ އިން ތަނުން ނުތެދުވެ އިރު ކޮޅެއް ވަންދެން އިނުމުން ރިޔާން ލޮލުގެ އިޝާރާތުން ރަޔާން އަށް ކޮޅަށް ތެދުވަން އެންގިއެވެ.

 

ރަޔާން އިސްނަގާ ކޮޅަށް ތެދުވުމުން ފައިހާ ރަޔާން އާއި ދިމާލަށް ބަލާާލީ ނުރުހުމުގެ ނަޒަރަކުން ނެވެ.ރަޔާން ނުތެދުވެ އިން ނަމަ ހަމަގައިމުވެސް ބައްޕަ މެނަކަށް އެދެމީހުން ކޮޅަކަށް ނުނެގުނީހެއްނޫން ހެއްޔެވެ؟ދެމީހުން ނުތެދުވެ ތިބުމުން ފާރޫގު އަށް ބުނެވޭނެ އެއްޗެއް ވެސް ނޯންނާނެ އެއް ނޫން ހެއްޔެވެ؟ރަޔާން ތެދުވުމުން އޭނާ ނުތެދުވެ ހުރުމަކީ ވާނެ ކަމެއް ނޫނެވެ.

 

ފައިހާ އަށް ނޭނގުނީ ރަޔާން އެވަގުތު ތެދުވީ ރަޔާންގެ އާއިލާގެ ގަދަރު ހިފަހައްޓަން ކަމެވެ. ހިތް ކިތަންމެ ވަރަކަށް ނުރުހުނަސް ފައިހާ ރަޔާން އާއި އެއްވަރަށް ސިޑީގެ ހަރުފަތަަށް ގިރާ ކުރަމުން ދިޔައީ ނުރުހުމުގެ އެއްވެސް އަސަރެއް މޫނުމަތިން ނުދައްކައެވެ.

 

ޖީބަށް އަތް ޖަހައިގެން ފައިހާ އާއި އެއްވަރަށް ހިނގާފައި އައި ރަޔާން ޓެރަސް މައްޗަށް އެރުމާއިއެކު ފައިހާ އަށް ވުރެ ކުރި އަށް އަރާ މާލޭގެ މަގުތަށް ރީތިކޮށް ފެންނާނެ ގޮތަށް ހުއްޓިލި އެވެ.ރަޔާންގެ ފަހަތުގައި ހުއްޓިލައިގެން ހުރި ފައިހާ މަޑުމަޑުން ފުން ނޭވާ އެއްލީ ދަތްތަކަށް ބާރުލައިގެން ހުރެއެވެ.ރުޅިގަނޑަށް ފެން އަޅަން އެ ނޫނީ ގޮތެއް ފައިހާ އަށް ނުފެނުނީ ކަންނޭނގެ އެވެ.

 

“ދައްކާނެ ވާހަކަ އެއް ނެތީތަ؟”ފައިހާ އަށް ބެލުމެއް ނެތި ރަޔާން ބުނެލީ މަގުމަތީގައި ދުއްވަމުން ދިޔަ ކާރު ތަކަށްށާއި ސައިކަލު ތަކަށް ބަލަމުންނެވެ.ހީވާ ކަހަލަ އެވެ.އޭނާ އަށް ފައިހާ ގެ ހުރިހާ ކަމެއް އެނގެއެވެ.އިތުރަށް ފައިހާގެ އެނގެން ބޭނުން ވާ އެއްޗެއް އޭނާގެ ނެތެވެ.އެހެންކަމުން ދައްކާނެ ވާހަކަ އެއް ވެސް ވަކި ރަޔާންގެ އޮންނާނެ ހެއްޔެވެ؟

 

“ދައްކާނެ ވާހަކަ ނެތީކީ ނޫން.އެކަމު މި ވާހަކަތައް ދައްކައިގެން ރަޔާން އަށް ކަންނޭނގެ ހަޖަމް ނުވާނީ”ފައިހާ ގެ އަޑުން ފާޅުވީ ނުރުހުންތެރިކަމެވެ.ފައިހާގެ އަޑު ރަޔާންގެ ކަންފަތުގައި ޖެހުމާއި އެކު ރަޔާންގެ ދެބުމަ ގޮށްޖެހުނެވެ.ވާނީ ވެސް އެހެން ތާ އެވެ.އޭނާ ގެ އެއްވެސް ކުށެއްނެތި ހަޅޭއްލަވައިގަންނަން ޖެހޭ ހެއްޔެވެ؟

 

“ތި ބުނަން ބޭނުންވާ އެއްޗެއް ބުނެބަލަ.ރަޔާން އަށް ހަޖަމް ނުވާނެ އެއްޗެއް ނުބުނެވޭނެ އިނގޭ.ހަދާން ކުރާތި”ފައިހާ ގެ ބަސްމަގު ހުރިގޮތުން އޭނާގެ ހިތްދަތި ކަމުގެ ކުރި އަަށް ރަޔާން އަށް ރުޅިވެރިކަން އިސް ކުރެވުނެވެ.

 

“އަލީކް ކޮބާ؟އޭނަގެ އެންމެ ގާތް އެކުވެރިޔާ އޯ ދޯ ދެން ތީ.އެކަމު މިހާރު ތި ހުރީ އޭނަގެ ގަލްފްރެންޑާ އިންނަން އައިސް-”

 

“ވަރަށް ސާފުކޮށް ދިވެހި ބަހުން މި ބުނަނީ.އަލީކް އަށް އެނގޭނެ ރަޔާން އާ ފައިހާގެ ކައިވެނި ހަމަޖެހިއްޖެ ކަން.އޭނަ އަށް ނޭނގި ކަމަށް ތަ ފައިހާ އަަށް ހިީކުރީ މަ މިހުރީ މިތަނަށް އައިސް.އެހެން ހީވަންޏާ ބުނަން ތި ހުރީ އޮޅިފަ.ހިއެއް ނުވޭ ފައިހާ ދެކެ އަލީކް ތި ބުނާހާ ލޯބި ވާ ހެނެއް. އެހެން ނޫން ނަމަ ފައިހާ ތި ކުރާ ވަރަށް އޭނާ ވެސް ހިތާމަ ކުރީސް ދޯ” އަނގައިން ބުނަން ނުޖެހޭ ކިތަންމެ ޖުމުލަ އެއް ބުނެވިއްޖެ ކަން ރަޔާން އަށް ރެއެކާ ލީ ވެސް އެނބުރި ފައިހާ އާއި ދިމާލަށް ބަލާލި ވަގުތު ބޮޑުވެފައި ހުރި ފައިހާގެ ދެލޯ ފެނުމުން ނެވެ.ދުލުގެ ކޮޅުގައި ދަތް އަޅާލި ރަޔާން އަށް ފާޑަކަށް އަމިއްލަ ނަފްސު ވެސް ކުށްވެރި ކުރެވުނެވެ.

 

ނަމަވެސް ރަޔާން ގެ އަމިއްލަ ސިކުނޑި އޭނާ އަށް ކުރެވުނީ ވަރަށް ރަނގަޅު ކަމެއް ކަމަށް ވިސްނައިދެމުން ދިޔަ އެވެ.މިއީ އަދި ކައިވެނީގެ ކުރިން ފައިހާ ދައްކާ ލައިގެން އުޅޭ ވަރެވެ.ދެން އަދި ކައިވެނީގެ ފަހުން އޭނާ ރޮލާ ކާލާނީ އެއް ނޫން ހެއްޔެވެ؟ފައިހާ ގެ ވާހަކަ އިން ހީވީ ލޯބިވާ މީހަކު ދޫކޮށްފައި ރަޔާން އާއި ކައިވެނި ކުރަން އުޅެނީ ހަމައެކަނި ފައިހާ ހެންނެވެ.

 

“ރަޔާން އަލީކްގެ ހިތް ހުޅުވާފަ ބެލީތަ ތިހާ ބޮޑަށް ތި ކަމެއް އިނގެން”ފައިހާ ގެ އަޑު މަޑުވީީ ހިތަށް ލިބުނު މޮޅިވެރި ކަމެއްގެ ސަބަބުން ނެވެ.ފައިހާގެ ވާހަކަ ހުރި ގޮތުން ފައިހާ އަަށް އޭނާގެ ސަބަބުން ވަރަށް އަސަރު ކޮށްފި ކަން ރަޔާން އަަށް ޔަގީންވިއެވެ.ހިތާ ހިތުން އަމިއްލަ ނަފްސާއި ދިމާލަށް ރަޔާން އަށް އެއްޗިހި ގޮވުނީ އެހެންވެ އެވެ.

ފައިހާ އަށް ލުއި ނަޒަރެއް ދެމުން ރަޔާން ޓެރަސް ދޫކޮށް ދާން ހިނގައިގަތް ވަގުތު ރަޔާން އަށް ހުއްޓެން މަޖުބޫރުވީ ފައިހާގެ އަތުގެ ބީހުން އޭނާގެ އަތުގެ މުލައްދަނޑިން އިހުސާސް ކުރެވުމުން ނެވެ.ދެބުމަ ގޮށްޖަހާލަމުން ރަޔާން އަށް ފައިހާ އާއި ދިމާލަށް ބަލާާލެވުނީ ނުރުހުންވި ވަރުން ނެވެ.

 

ރަޔާން ގެ ބުމަ ގޮށް ޖެހި ފައި ވާ ދެ ބުމަ ފެނުމާއި އެކު ފައިހާ އަަށް އިހްތިޔާރުން ބޭރުގައި ރަޔާންގެ އަތުން ދޫކޮށްލެވުނެވެ. ރަޔާން ގެ މޫނުމަތިން އެކަނި ވެސް އޭނާ ނުރުހުންވެފައި ވާ މިންވަރު ފެނުމާއި އެކު ފައިހާ އަށް ހިންދިރުވާލެވުނެވެ.އެހެން ނަމަވެސް ފައިހާ އަށް ރަނގަޅީ ނުރުހުންވެގެން ކަމުގައި ވީ ނަމަވެސް ރަޔާން އެ ކައިވެންޏާއި ދެކޮޅު ހެދި ވަރެކެވެ.

 

ޓެރަސް ގެ ވަންނަ ދޮރާއި ހިސާބަށް ގޮސް ރަޔާން މަޑު ކޮށްލީ ފައިހާ ނުލާ ތިރި އަށް ފައިބައިފި ނަމަ ޝައިލްމެންގެ ސުވާލުތައް އަމާޒު ވާނެ ކަން އެނގުމުން ނެވެ.ދެމީހުންގެ ދެމެދުގައި ހިނގާ ދިޔަ އެއްވެސް ކަމެއް އެއްވެސް މީހަކަށް އެނގޭކަށް ރަޔާންގެ ހިތެއް ނޭދުނެވެ.

 

“ދާން ހިނގާ.ތިތާ ހުއްޓަސް އަލީކްـ”ރަޔާން ފުރަތަމަ ވެސް ބޭނުންވީ ފައިހާ އާއި ޖެއްސުމަށް އެއްޗެކޭ ބުނާށެވެ.އެހެން ނަމަވެސް އޭނާ އަށް ކުރެވެމުން ދާ އިހުސާސް ފައިހާ އަށް ވެސް ކުރެވޭނެ ކަން އެނގުމުން ރަޔާންގެ ޖުމުލަ މެދު ކެނޑިގެން ދިޔައެވެ.”ހިނގާ ދާން. ނޫނީ މަންމަމެން ސުވާލު ކުރާނެ.އެސުވާލު ތަކަށް ފައިހާ އަށް ޖަވާބު ދެވެންޏާ ހުއްޓަސް މައްސަލަ އެއް ނެތް”މަޑުމައިތިރި ރާގަކަށް ރަޔާން ބުނެލިއެވެ.

 

ރަޔާންގެ ވާހަކަ ހުރި ގޮތުން ކިތަންމެ ހިތްހަމަ ނުޖެހުނު ނަމަވެސް ފައިހާ ރަޔާން ގެ ފަހަތުން ދާން ހިނގައިގަތީ އޭނާ އަަށް ވެސް ވަކި ފާރޫގުގެ ސުވާލުތަކަށް ޖަވާބު ނުދެވޭނެކަން އެނގުމުން ނެވެ. ރަޔާން އާއި ދެކޮޅަށް ގަދަ ހަދާފައި ހުންނަން އޭނާ ކިތަންމެ ހާ ވެސް ބޭނުމެވެ.

ސިޑިން ފައިބައިގެން އައި ރަޔާން ގެ ނަޒަރު ހުއްޓިފައި ވަނީ އޭނާ އާއި ފައިހާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރި ރިޔާން އަށް ށެވެ. ރިޔާންގެ ދެލޮލުން ރަޔާން އަށް އެތަށް ކަމެއް ކިޔާލަ ދެމުން ދިޔައެެވެ.ފާރޫގާއި ޝައިލް ސިޑި އާއި ފުރަގަސް ދީގެން އިނުމުން އެދެމީހުންނަށް ސިޑިން ފައިބައިގެން އަންނަމުން ދިޔަ ފައިހާ އާއި ރަޔާން އަށް ނުފެނުނެވެ.

 

“ކައިވެނީގެ ކަންކަން އެދެކުދިން ނަށް ދޫކޮށްލަމާ”ޝައިލް ގެ ޖުމުލަ އާއި އެކު ޝައިލް މެންނާއި އަރާ ހަމަކުރި ރަޔާން އަށް ބަލާ ލެވުނީ ފައިހާ އާއި ދިމާލަށް ށެވެ.ރަޔާން ހީކުރި ފަދައިން އޭރު ފައިހާގެ ނަޒަރު ވަނީ އޭނާ އަށް އަމާޒުވެފައި އެވެ. އެދެލޮލުން ރަޔާން އަންދާ އަޅިއަށް ހަދާލަފާނެހެން ވެސް ހީވަމުން ދިޔަ އެެވެ.

 

“އަނހަ މި އޮށް އައީނު.ދެން ކައިވެނީގެ ކަންކަން ހަމަ ޖައްސަން އެހެން ދުވަހަކު އަންނާނީ ދޯ.ދެން ދަނީ އޭ”ޝައިލް އޭނާ އިން ސޯފާ އިން ތެދުވުމާއި އެކު ރަޔާން އަށް ހިތާ ހިތުން”ފައިނަލީ”އޭ ބުނެވުނެވެ. ކައިރީގައި ހުރި ފައިހާ އަށް ވެސް އެ އަޑު އިވޭނެ ކަން ގައިމެވެ.

ނުނިމޭ

 

 

Comments (12)

  1. Anonymous

    V reethi mi part ves When next part?

    1. RIFSHA
      Anonymous

      Thanks anonymous
      Next part avahah kiyaalan genesdhevey tho rifoo mi balani

  2. Anonymous

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Aika and aleek gulhuvachey
    Rayaan and lai gulhuvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you rifoo

    1. RIFSHA
      Anonymous

      Thanks anonymous
      Ahaha Dhen vaane gothei balamaa dho
      In sha Allah avahah kiyaalan genesdhevey tho rifoo mi balani konme part eh vx
      Love you more 😘

  3. Cutie girl

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Aika and aleek gulhuvachey
    Rayaan and lai gulhuvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you rifoo ❤️😍

    1. RIFSHA
      Cutie girl

      Thanks cutie girl
      Varah ufaa vejje cutie girl ge comment eh mi part in vx fenunyma.
      Ahaha dhen vaane gothei balamaa dho
      Dhen kihinei vaane hen heevani hehe
      Once again thanks cutie girl
      Rifoo next part avahah kiyaalan genesdhevey tho mi balani
      Love you more 😘

  4. gurrrrl

    mi part ves vrh reethi
    when next parrt….
    alheyyy rayaan n laii gulhuhacheyy plss they both are made for each other n aika n aleek vex gulhuvahche aleek loabivanii aika dheke… dhn vaani kihinehba canttt wait for ittt …. keep it up
    love you rifoo 💘

    1. RIFSHA
      gurrrrl

      Thanks cutie girl
      Alhey haadha gina kudhinnekey dho mi ulheni dhera vegen.dhen vaane gothei balamaa dho gurrrrl vx.alhe guess eh kohlaba.
      Next part avahah kiyaalan genesdhevey tho rifoo mi balani
      Love you more 😘

  5. Aareyemesey

    Waaw..vrh reethi mi part ves!…whn next part?ehaa las nukurahchey Ingey🥺..I can’t wait😘

    1. RIFSHA
      Aareyemesey

      Thanks aareyemesey
      Hehe labba avahah kiyaalan genesdhevey tho rifoo mi balani in sha Allah maa gina dhuvahei vandhen inthizaaru kuraakah nujeheyne.mihaaru vx liyani mi
      Love you more 😘

  6. queen girl

    Masha Allah curiously waiting for the next part

  7. Shimmer

    Hey rifoo
    Mi part ves varah reethi
    Sorry thankolheh lahun comment kuraathy but hama bxy kamun….
    Anyway curiously waiting for what’s gonna happen in the next part
    Love you ❤️

Comments are closed.