Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 6

Annora Level 610 Stories100 Login100 Comments100 Stories
November 6, 2024 7 Mins Read
16 Comments

ނަސްރާ ނުކުން ކަން ޔަގީން ވުމުން ޝަވަން އިންތަނުން ތެދުވެ މިސްރާބު ޖެހީ ވަންނަ ދޮރާއި ދިމާލަށް ވާހެން ހުރި ކޮޓަރިއަށެވެ. ޝަވަން  އެތެރެއަށް ވައިން ވަގުތު ކޮންމެވެސް މީހަކު އޭނާގެ ގައިގާ ނުހަނު ބާރަށް ބައްދާލިއެވެ. ޝަވަން ކޮޓަރީގެ ދޮރު ލައްޕާ ތަޅުލި ހިނދު ދެން އިވުނީ ދެމީހެއްގެ ހުނުމުގެ އަޑެވެ.

***

ހެނދުނު އެރި އިރާއެކު ޒެވިއަލް އެނދުން ތެދުވީ ކަންނެތްކަމާއެކުއެވެ. ފަތިސް ނަމާދް ކޮށްގެން ނުނިދަން އޮތްވާވެސް ނިދުމުން އޭނާ ހުރީ ހިސާބަކަށް މޫނުމަތި ބަނަވެފައެވެ. ވިލު ނޫކުލައިގެ ލޯ އަދިވެސް ނިދީގެ އަސަރުން ހުރީ ކުޑަވެފައިއެވެ. ނިދާ ހޭލުމުގެ ސަބަބުން ތުންފަތައް ވަނީ މަޑުރަތްކަމެއް ފާއްދާލައިފައެވެ. މޯޅިއަކަށް ދެމިލައި ހޭވިފައި އޮތް ދިގު އިސްތަށިގަނޑުގައި އަތްހިންގާލަމުން ޒެވިއަލް ފާހާނާއަށް މިސްރާބު ޖެހިއެވެ. ހެނދުނުގެ އެ ފިނިފިނި ވަގުތު ރެއިން ޝަވަރުން އޮހެމުންދިޔަ ފިނިފެން އެ ކަސްރަތީ ހަށިގަނޑުގައި ބީހެމުން ދިޔައިރު ސިކުނޑިއަށް ތާޒާކަމަށް ގެނެސްދީ އެ ފިރިހެންވަންތަ މޫނުމައްޗަށް ހިނިތުންވުމެއްގެ އަސަރު ވެރިކުރުވިއެވެ. އިރުކޮޅެއްކުރިން މޫނަށް ވެރިވި މޫޑީ ކަންވެސް މަޑުމަޑުން ފިލައިގެން ދިޔައެވެ.

ފާހަނައިން ނުކުމެ އޭނާ ތައްޔާރުވާންފެށިއެވެ. ހުދު ގަމީހަކާއި ކަޅުކުލައިގެ ޓްރައުޒާއެއް ލުމަށްފަހު ލޯގަނޑަށް ނަޒަރެއް ދެމުން  އަތުގައި އަޅުވާލެވިފައިވާ ވޫލު ކޮޅުން އިސްތަށިގަނޑު އައްސާލަމުން ހުޅިއަކަށް ހަދާލިއެވެ.

“ދޮންބޭ ކޮފީ..” އެވަގުތު ލިއާނާ އެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލި އަޑުއިވުނެވެ.

” ކެން ޔޫ ޑްރޮޕް މީ ދެއާ..އޮފީހަށް” ޒެވިއަލް ދޮރު ހުޅުވާލުމުން އެތެރެއަށް ވަދެގެން އަންނަމުން ލިއާނާ އަހައިލިއެވެ. އޭނާ ހުރީ އޮފީހަށް ދިޔުމަށް ތައްޔާރު ވެގެންނެވެ.

“އޮފްކޯޒް..ހާދަ އަވަހަކަށް ތި ތައްޔާރު ވީ.. އެހެންދުވަސްދުވަހަށް ވުރެން މިއަދު ތަފާތު ހެން ވެސް ހީވޭ… ޔޫ ލޫކް ސޯ ޕްރިޓީ ދޮންބެގެ ލިއާކޮޅު” އެހެންޏާ  އަބަދުމެ ފަހަތައް ދޫކޮށްލާފައި ހުންނަ ލިއާނާގެ އިސްތަށިގަނޑު މިއަދު އައްސާފައި ހުރުމުން އެކަން ޒެވިއަލްއަށް ފާހަގަވިއެވެ.

“އާހް ގަޑި ނުބަލާ ރެޑީ ވެވުނީ…ހަހަހަ..މިއަދު ކުއްލިޔަކަށް ހިތައް އެރީ މިހެން ހެއާރ ބަހައްޓަން.. އެނީވޭސް..ދޮންބެ ރޭގަ ލިއާ އާއެއްކޮން ބޭރަށް ކާން ދާނަމޭ ކިޔާފަ އެކަނި ދިޔައީ ކީއްވެ..ރެޑީ ވެސް ވެގެން ހުއްޓަ އޭ މާދަން ރެއޭ ދާނީ ބުނީ” ލިއާނާ ޝަކުވާކޮށްލިއެވެ.

“ސޮރީ..ކަޔާން ގުޅީމަ ދެވުނީ”ކަންފަތު ފޫޅުގަޑުގައި ހިފާލައިގެން ހުރެ ޒެވިއަލް މާފަށް އެދުނެވެ.

“ކަޔާން..ކަޔާން ހޫ” ޒެވިއަލް ކަޔާން އޭ ބުނުމުން ލިއާނާއަށް ނޭނގުނެވެ.

“ދޮންބެގެ ޖެއިލް ފްރެންޑް” ، “އޯވް ހިމް…ކަޔާންތަ ކިޔަނީ..އޭނަ ވާހަކަ ނުދައްކާތީވެ އަހަރެން ހީކުރީ ފަހުން ދިމާ ނުވަނީ ކަމަށް…އާގްގް އެހެންވީމަ ދޮންބެގެ ބެސްޓީ ދެކެ މާ ލޯބިވޭ ދޯ ލިއާ އަށް ވުރެން ” ލިއާނާ ތުންފިއްތާލިއެވެ. ލިއާނާގެ އެ އާދައިން ޒެވިއަލްއަށް ހެވުނެވެ.

”ނޫނޭ…ކަމެއް ވާއިރަށް މި ތުންކޮޅު އޫކޮށްލާނެ.އަދިވެސް ބޭބީ އެއް ހަމަ..ހަހަހަ…ދައްކާ ވާހަކަ މީނަ…ލިއާ ދެކެ ތާ ދޮންބެ ލޯބިވާނީ..ވީ ގޮތަކީ އޭނަ އާ އެންމެ ދުވަހަކު މިނިވަންވި ފަހުން ދިމާވީ..އޭގެ އަނެއް ދުވަހު ރާއްޖޭން ބޭރަށް ޓްރެއިނިން އަކަށް ދިޔަގޮތައް އިއްޔެ އެއައީ..އެހެންވެ އޭނަ ގުޅީމަ ދިޔައީ”ޒެވިއަލް ކިޔައިދިނުމުން ލިއާނާ އެހެންހޭ ބުނެލިއެވެ.

“ކަޔާން ދައްކާލައްޗޭ އަދި..ދޮންބެގެ ފްރެންޑް ބަލާލާ ހިތްވެއްޖެ”

“އަހަހަ..މައްސަލައެއް ނޯންނާނޭ..ކަޔާން ފެނުނީމަ ފެއިންޓް ނުވާތި..”

“ކިހިނެތް ވީ އޭނަ ބިރުވެރި ގޮތަކަށް ތަ ހުންނަނީ”މައުސޫމް ކަމާއި އެކު ލިއާނާ އަހައިލި ގޮތުން ޒެވިއަލް ގާތައް ހިނިއައެވެ.

“ނޫނޭ..ހީ އިޒް ހޭންޑްސަމް..ޕްލަސް ވަރަށް ކައިންޑް ވާނެ ކަޔާން” ޒެވިއަލް، ލިއާނާއަށް އެއްލޯ މަރާލިއެވެ.

“ދޮންބެ ވެސް ދޯ..” ޒެވިއަލްގެ އެ އަދާއިން ލިއާނާ ވެސް ހޭންފެށިއެވެ. ދެމީހުން ވާހަކައިގާ ތިބެފައި ތިރިއަށްއައެވެ. އެގެޔަށް ލިއާނާ އައިންސުރެން އަދި އަލާރާ ނުފެނެއެވެ. ގަޑީގައި ވަގުތު އޮތުމުން ލިއާނާ ނިންމީ މިއަދު ޒެވިއަލްގެ ފަހަތުން ގޮސް އަލާރާ ދެކިލުމަށް ދިޔުމަށެވެ.

ދެމީހުން އެކޮޓަރިއަށް ވައިން އިރު ދިނާޔާއިނެވެ. ދިނާޔާ ވެސް އިނީ އޮފީހަށް ދާން ތައްޔާރުވެގެންނެވެ. މިއަދަކީ އަލާރާގެ އެކްސިޑެންޓަށްފަހު އޭނާ އޮފީހަށް ދާ ފުރަތަމަ ދުވަހެވެ.

“ގުޑް މޯނިންންން ޒެވް..އަހާން ލިއާ ވެސް އެބަހުރި ދޯ” އެދެމީހުން ފެނި ދިނާޔާގެ މޫނުން ފެނިލީ އުފާވެރި ހިނިތުންވުމެކެވެ. ހާއްސަކޮން ލިއާނާ ފެނުމުން އެމޫނު އަލިވިއެވެ. އިންތަނުން ތެދުވެގެން އައިސް ލިއާނާގެ އަތުގައި ހިފާލައިގެން ހުރެ އެއްޗެއް ކައިފިން ތޯ ވަރަށް ލޯބިން އަހައިލިއެވެ.

“ނޫން ..މިއަދު ރޯދަ” ލިއާނާ ރައްދުގައި ހީލިއެވެ. އޭނާއާއި މެދު ދިނާޔާ ބަހައްޓާ ގާތްކަން ލިއާނާއަށް އިހްސާސްކުރެވޭ ކޮންމެ ވަގުތަކު މަންމަގެ މަތިން ހަނދާންވެއެވެ. ލިއާނާގެ ލޯ ފެންކަޅިވި ހިނދު އެކަކަށް ވެސް ނޭނގޭހާ ސިއްރުން އެ ކަރުނުތައް އޮއްބާލިއެވެ.

“އެހެންތަ..އެހެންވީމަ މިއަދު ވަރަށް ސްޕެޝިއަލް އެއްޗެއް އިފްތާރަށް ވާނެ ރެޑީ ކޮށްލަން..މަންމަ ބުނާނަން އަރްކާން ކައިރީގަ ތަންކޮޅެއް ލުއި ކޮށްލަ ދޭށޭ މަސައްކަތްތައް..” ދިނާޔާ ފަހުން ބުނި ޖުމްލަ އިވިފައި ވަގުތުން ލިއާނާއަށް ނޫނެކޭ ބުނެލެވުނެވެ.

“ނޫން..ނޫން..އިޓްސް އޯކޭ..އަސްލު ކަމެއް ނުކޮށް ހުންނަންޏާ މާ ޓަޔާރޑް ވާނެ ރޯދަ އިރު..” ދިނާޔަ އެހެން ބުނެގެން އޭގެ އަހުވަ އަރްކާން އޭނާއަށް ދައްކަފާނެ ކަމުގެ ބިރަށް ލިއާނާ ވަގުތުން އެކަމަށް މަނާވީއެވެ.

“އަޅޭ…އެކަމަކު ބުނަލައްޗޭ ދައްތަ ކައިރީގަ މާ ބުރަ ބޮޑިއްޔާ” އޭނާ ނިކަން ލޯބިން ލިއާނާގެ ބޮލުގައި ފިރުމާލިއެވެ.

“މިއަދު އީވް ވެސް އޮފީހަށް ޖޮއިން ކުރާނެ..މިހާރު އަންނާނެ ކަންނޭގެ ރެޑީ ވެގެން..ލިއާ ފޫހިފިލާނެ ދެން.” ދިނާޔާ، އީވާ ދާ ވާހަކަ ބުނުމުން ލިއާނާގެ ދެލޯ ވިދައިގަތެވެ.މިވީ ގޮތުން އަރްކާންގެ އުނދަގޫ ތަންކޮޅެއް ކުޑަ ވާނެއޭ އޭނާގެ ހިތައް އެރިއެވެ.

”ހޭއި” ލިއާނާގޮސް އިށީނީ އަލާރާ ގާތުގައެވެ. އަލާރާއަށް ނުފެނުނު ކަމުގައި ވިޔަސް  ލިއާނާގެ އަޑުއިވުމުން ހީލިއެވެ.

“މަންމަ އަހަރެންގެ ނަން އިއްވިހެން ހީވި..” އެ ކޮޓަރިއަށް ވަދެގެން އައީ  އީވާއާއި އަރްކާންއެވެ. އޭނާ އެންމެ ފުރަތަމަ ވެސް ބަލައިލެވުނީ ލިއާނާއަށެވެ. ވަގުތުން އޭނައަށް އަނގަ ހަދާލެވުނެވެ. އިއްތިފާގުން ދެމީހުންނަށް މިއަދު މިތިބެވުނީ އެއްކުލަ އެއްގެ ހެދުން އެޅިފައެވެ. ލިއާނާ ވިލު ނޫކުލައިގެ ފްލޯރަލް ޓޮޕް އަކާއި ހުދު ކުލައިގެ ޖިންސެއްގައި ހުރި އިރު އަރްކާން ހުރީ ވިލު ނޫކުލައިގެ ގަމީހަކާއި ކަޅުކުލައިގެ އޮފީސް ޓްރައުޒާގައެވެ.

“އައްދޭ ދެކުދިން އެއްކުލަ ކޮށްލައިގެން ތަ..” ދިނާޔާގެ އަޑަށް ލިއާނާއަށް އިސްއުފުލާ ބަލައިލެވުނެވެ.

ލިއާނާއާއި އަރްކާންގެ ނަޒަރު ދިމާވި ހިނދު އެކަކު އަނެއްކަކުގެ މޫނަށް ވެރި ކުލަވަރާއި ބައްދަލް ކުރެވުނު ނުރުހުމުގެ ނަޒަރުތައް އީވާއަށް ފެނުނެވެ. އެދެމީހުންގެ އެ ހަނގުރާމަ ގޭތެރޭގެ އެހެން މީހުންނަށް ރެއަކާއިނުލި  ނަމަވެސް އޭނާއަށް ފެންނަމުން ދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

އެހެން ހުއްޓާ ދިނާޔާ އަށް ފޯނެއް އައިސްގެން ދިޔައެވެ.  މާގިނަ އިރެއް ނުވެ ފެނުނީ ދުންޖަހާފައި އަރްކާން ނުކުންތަނެވެ. އޭނާ ދިޔަ ތަނާހެން ލިއާނާ ވެސް ނުކުމަތެވެ.

ޒެވިއަލް ހުރުމުން އީވާ ނުހޭން ކުރަމުން ދިޔަ މަސައްކަތް ބޭކާރު ވެދާނެހެން ހީވެގެން އަނގަމަތީގައި އަތް އެޅިއެވެ.

“ދޮންބެ ދިޔައީތަ” އަލާރާ އަހައިލުމުން އީވާ އެހުރިގޮތައް ހުރެފައި އާއެކޭ ބުނެލިއެވެ.

“އީވް ޔޫ ކޭން ލާފް..އައިނޯ ހައު ދޭ ބިހޭވް” އީވާއަށް ވެފައި ހުރިގޮތުން ޒެވިއަލްއަށް ވެސް ހެވުނެވެ. އެހިނދު އީވާގެ ހުނުމުގެ އަޑު ތަނުގައި ހިފައިލިއެވެ. ހެމުން ހެމުން ގޮސް ލޮލުން ފެން އައުމުންވެސް އޭނާ ނުހުއްޓިއެވެ.

“އީވް ހުރިހާ ކަމެއް ރަނގަޅުތަ..ކަމެއް ވީތަ ދޮންބެއަށް” އީވާ ހޭލެއް ގަދަކަމުން ވާނުވާ ނޭނގި އިނދެ އަލާރާއަށް އަހައިލެވުނެވެ.

“ޔެސް ދޮންތީ މޯރ ދޭން ފައިން..ފަހުން އަދި ކިޔައިދޭނާން..އެބަ އަންނަން އެމީހުން ކޮބާތޯ ބަލައިލާފަ” އީވާ ބޭނުންވީ އަރްކާންއާއި ލިއާނާ ކުރަން ދިޔަ ކަމެއް ބަލާލުމަށެވެ.

އީވާ ދިޔުމުން އަލާރާއާއި ޒެވިއަލް އެކަނި ވިއެވެ. އަލާރާއާއި އެކު ފާއިތުވެ ދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި އަލާރާގެ މިޒާޖު ޒެވިއަލްއަށް ވަނީ ދަސްވާންފަށާފައެވެ. މަޑުމައިތިރިއެވެ. ބަސް މަދެވެ. ވާހަކަ ދައްކަނީ ކޮންމެހެން އަނގައިން ބުނަންޖެހިއްޖެ ނަމައެވެ. ގިނަވަގުތު އިންނަނީ ހެޑްފޯނު އަޅާލައިގެން ކޮންމެވެސް އެއްޗެއް އަޑުއެހުމުގައެވެ. ދިނާޔާގެ ފަރާތުން ޒެވިއަލް އަހާފައިވާ ގޮތުން ގޯތިތެރޭގައި ވާ ބަގީޗާގައި އަލާރާ ވަރަށް އުޅެން އުޅެން ބޭނުންވާނެއެވެ. ނަމަވެސް ޒެވިއަލްއާއި އެކު އުޅުނު މި ހަތް ދުވަހު އެންމެ ފަހަރަކުވެސް ބޭރަށް ދާކަށް ނުބުނެއެވެ.

އަލާރާގެ މޫނުމަތިން މަޑުމޮޅިކަމުގެ އަސަރުތައް ފެންނަން ތާ އަބަދުމެ ހުރެއެވެ. ޒެވިއަލްއަށް އެއްކަމެއް ފާހަގަ ވިއެވެ. އެވީ ދުވަސްކޮޅު ތެރޭގައި އެއްފަހަރު ވެސް އަލާރާގެ ކައިވެނި ހަމަޖެހިފައިވާ ކަމަށް އެބުނާ ޝަވަންއެއް ނާދެއެވެ. އަލާރާގެ މޫނުމަތިން ފެންނަމުންދާ މޮޅިވެރިކަމުގެ އަސަރުތަކުގެ ހަގީގަތަކީ ވެސް އެއީ ކަމަށް ވެދާނެއެވެ. ޒެވިއަލް މިއަދު ގަސްތުކޮށްގެން ހުރީ އަލާރާއާއި ވާހަކަ ދެއްކުމަށެވެ.

“ޒެވް ބޭބޭ.. އާދެބާ..ވަރަށް ވަރުގަދަ ސީން އެއް” ޒެވިއަލް އަލާރާއަށް ގޮވާލަން އަނގަ ހުޅުވާލި ހިނދު އެތެރެއަށް ވަދެގެން އައި އީވާ ބުނުމުން ޒެވިއަލް ދޮރާއި ދިމާލަށް ދިޔައެވެ.

އޭރު ލިވިންގްރޫމުގައި ތިބި އަރްކާން އާއި ލިއާނާ ހީވަނީ ދެންމެ ތަޅާފޮޅުމަކަށް ގޮސްދާނެހެންނެވެ. ދެމީހުންނަށް ދެވަނަފަހަރަށް ވެސް ހެދުން އަޅައިގެން އާދެވުނީ އިއްތިފާގުން  އެއްކުލައަކުންނެވެ. މިފަހަރު ލެވިފައި ތިބީ ފެހިކުލައިގެ ހެދުމެވެ. އެ މަންޒަރު ފެނި ނުހޭން ތިބި  ނަމަވެސް ޒެވިއަލްއާއި އީވާއަށް ދިޔައީ ހެވެމުންނެވެ.

“ޔޫ…ޖެހޭތަ ޗޭންގް ކުރަން ދާން..”ލިއާނާ ރުޅިއައިސްފައި ހުރެ އަރްކާން އާއި ދިމާލަށް އިނގިލި ދިއްކޮށްލިއެވެ. އޭރު އަރްކާންވެސް ރުޅިގަދަވެގެން ހުރީ ލިއާނާ އާއި ދިމާލަށް ދެލޯވެސް އަޅައިގެންނެވެ.

“ވަޓްސް ރޯންގް ވިތް ޔޫ މަށޭ ފުރަތަމަ ދިޔައީ ޗޭންޖް ކުރަން”

“އޯހް ރިއަލީ މަ ހީކުރީ މަށާއި އެއްވަތަރަށް ޑްރެސް ކުރެވުނީމަ މިއަދުދެން އޮފީހަށްވެސް ނުދާންކަމަށް ދިޔައީ”

“އާހް މަށެއްނު ތިހެން ބުނަން ވީ.. މަ ވިއްޔާ އަރައިގަންނާ ކުރައްވާ ރުޅިއަކުން އިހަކަށް ދުވަހު ވެސް އެންމެންގެ ތެރޭގައި ބޭޒާރުކޮށްލީ..މަވާ ރަނގަޅޭ..ތި އަންހެނާ ބޭޒާރު ނުކޮށްލާ ބެހެއްޓިކަން ވެސް..ދެން ދޭ  ޗޭންޖް ކުރަން މަށަކަށް ނުދެވޭނެ..މަ މިދަނީ” އަރްކާން ރުޅި ގަދަވެގެން ހުރެވެސް އިރުކޮޅަކާއި ދިނާޔާއާއި އަޒީޒް އާދޭތޯ ސިޑިއާއި ދިމާ ބަލާލައެވެ.

“މަށެއް ވެސް ނުދާނަން..ހެޔޮ މިއަދު ޑިއުޓީއަށް ނުދެވުނަސް” ލިއާނާ ހަށަން ބަދެލި އިރު ރުޅިން ގޮސް މުޅިމޫނު ވަނީ ރަތްވެފައެވެ. ތިންވަނަ ފަހަރަށް ގޮސް ހެދުން ބަދަލްކުރަން އޭނާގެ އަތުގައި އެވަގުތު އިތުރު ހެދުމެއް އިސްތިރި ވެސް ކޮށްފައިނެތެވެ.

“ދެން ދެމީހުން ތިހެން ތިބެނީތަ” ދެމީހުންގެ ޒުވާބު މާ މައްޗަށް ގޮސްފާނެ ކަމުގެ ބިރަށް އީވާ ހަލުވިކޮން ގޮސް އެދެމީހުންގެ މެދަށް ވަނެވެ.

“ލިއާ..ގޯ އެންޑް ޗޭންޖް..” އެދިމާލަށް އަންނަމުން ޒެވިއަލް ވެސް ބުނެލިއެވެ.

“ބަޓް އައި ޑޯންޓް ހޭވް އެނީ ތިންގް ޓް ޗޭންޖް..” ، “އެހެންވީމަ ތި ލައިގެން ދިޔުން ދެން އޮތީ” ލިއާނާއަށް ޒެވިއަލް ރައްދިނެވެ.

އިތުރަށް އެއްޗެއް ނުބުނެ އަރްކާން މިސްރާބު ޖެހީ ގެއިން ބޭރަށް ނުކުތުމަށެވެ. އޭރު ދިނާޔާ އާއި އަޒީޒް ވެސް އޮފީހަށް ދިޔުމަށް އަންނަތަން ފެނުނެވެ. ދިނާޔާ އެމީހުންނާއި އެކު އައުމަށް އެދުމުން ތުން ދަމައިގެން ހުރެ ވެސް ލިއާނާ ދިޔުމަށް ނުކުތެވެ.

****

ނަސްރާ އާއި އޭނާގެ ތިން އެކުވެރިން ކަމުގައިވާ މާނާ އާއި ޝަބާނާ އަދި ރުގިއްޔާ ތިބީ ނަސްރާ އާއި ހަމްދީ ދިރިއުޅެމުންދާ މާފަންނު “ޗާންދަނީ” ގޭގެ ހަތްވަނަ ފަންގިފިލާގެ ބެލްކޮނީގައެވެ. ހަތަރުމީހުންގެ ކުރިމަތީގައި ސިގިރޭޓާއި ޝީޝާ ހުއްޓެވެ. ތަނުގެ ވަސް ކިލަނބުވެފައި ވަނީ އެތަކެތިން ދުވާ ނޭފަތައް އުނދަގޫ ކުރުވާ ވަހުންނެވެ. އޮލަވާހަކައިގާ ތިނބެ ދުން ބުރުވަމުން ދިޔައިރު ހީވަނީއެކަކާއި އަނެއްކަކު ވާދަޔަށް އުޅޭހެންނެވެ.

“ނަޝް އަށް ހަމަ އޯކޭ ތަ ހުރި ހަމައެކަނި ދަރިފުޅު ލޯ އަނދިރި އަންހެނަކާއި ދެވަން..ހާދަ މޮޔަކަމެކޭ ތިއީ..މަށަކީ ނަޝް ނަމަ ތިކަން ހުއްޓުވާނަން ފުރަތަމަ ދުވަހު ވެސް” ނަސްރާ ދައްކަމުންދިޔަ ވާހަކަ އަޑުއަހަން އިނދެ މާނާ ބުނެލިއެވެ. ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަނގައިން ދިޔައީ ދުން ނުކުންނަނަމުންނެވެ.

“ހަހަހަ ކޮބަ މައްސަލައަކީ..އެ ދެކުދިން އެއީ ސުކޫލް ދައުރުން ސުރެން ގުޅިގެން އުޅުނު ކުދިބައެކޭ” އެއްފަރާތެއްގައި ހުރި ސޯފާގެ މައްޗަށް ޖެހިގަންނަމުން ނަސްރާ ހީގަތެވެ.

“ހާދަ ކޫލް އޭ ދޯ އަހަރެމެންގެ ނަޝް…އަހަހަ.. ރަނގަޅު ދެން މުއްސަނދި ބައެއްނު އެއީ..އަނެއްކާ  ހަމްދީގެ ބިޒްނެސް ޕާޓްނާ އެއީ އަޒީޒް..ރަނގަޅު ގޮތަކަށް ބައި ލިބޭނެ އެންނު” މާނާ ނުގޮތަކަށް ހީލިއެވެ. އޭނާއާއި އެއްބައިވުމުގެ ގޮތުން ރުގިއްޔާ ވެސް ބޯ ޖަހާލަ ޖަހާލައިނެވެ.

“އަޑުއަހަން ތަ އެދުމެއް ނެތި ވެދުމެއް ނުކުރާނޭ ބުނާ އަޑު..އަނެއްކަ އެކަހަލަ ކަމެއްގަ ތަ ތިއުޅެނީ” އެހުރިހާއިރު މަޑުން އިން ޝަބާނާ އަތުގައި އޮތް ސިނގިރޭޓް ފިލްޓަރަށް ދަމާލަމުން ބުނެލި އިރު ބަލަހައްޓައިގެން ހުރީ ސީދާ ނަސްރާގެ މޫނަށެވެ.

” ދެން ކަލޭމެން ވެސް ދޯ..އެކަހަލަ ކަމެއް ނެތޭ..އަހަންނަށް ހަމަ އަހަރެންގެ ޅީ ދަރިއަކަށް ހަދަން އެންމެ  ކުރީންސުރެން ވެސް ކަމުދަނީ އަލާރާ..އެހެންވެ ޝަވަން އަށް އެހާ ބާރުފޯރުވެނީ..ކޮބާ ހަމްދީ ގެއަށް އަންނަން ވާއިރަށް ނިންމާލަން އުޅޭ” އިތުރަށް އެ މައުޝޫއުއާއިގެން ކުރިއަށް ދާން ބޭނުން ނުވެގެން ނަސްރާ ބެލީ އެކުވެރިން އަވަހަށް ފޮނުވާލެވޭތޯއެވެ. އަނެއްކޮޅުން މިވަގުތު އެމީހުން ތިބި ހާލަތުގައި ތިއްބާ ހަމްދީއަށް ފެންނާކަށް ނަސްރާ އެއްގޮތަކަށް ވެސް ބޭނުމެއް ނުވިއެވެ.

“އޯކޭ ނަޝް ..ދެން އެހެން ވީމަ އަހަރެމެން ދަނީ މި..ދެންމެ މި ދެއްކި ވާހަކައަށް ވިސްނާލާތި..ދެން ދަނީ” ނުބައި ހިނިތުންވުމެއްގައި ހުރެ ނަސްރާގެ ބުރަކަށީގައި ކުޑަގޮތަކަށް ރުގިއްޔާ ޖަހައިލިއެވެ. ރުގިއްޔާއަށް ރައްދު ނުދީ ނަޝްރާ ހަމައެކަނި ބޯޖަހައިލިއެވެ.

***

އެނދުގައި އޮށޯވެގެން އޮތް އިރު އަލާޜާގެ ލޮލުގައި ނިދީގެ ކަމެއް ވެސް ނެތެވެ. ދެލޮލުން ހޯސްލާފައި ފައިބަމުން ދިޔަ ކަރުނުތައް ދޭތެރެއަކުން އަތުގެ ނުފުށުން ފުހެލައެވެ.

“ޝަވަން..ވައި އާރ ޔޫ ޑުއިން ދިސް ޓް މީ..” ކިތަންމެ ވަރަކަށް ދެލޯ ފުހުނަސް ކަރުނަތައް ހުސްނުވާ ފަދައެވެ.  ހިތާ ދިމާލު މޭގައި އަތް އަޅާލީ މެޔަށް ބާރުކުރަން ފެށުމުންނެވެ. އަނގައިން އަޑު ނުކުމެދާނެ ކަމުގެ ބިރަށް އިތުރު ބާލީހަކުން އަނގަމަތިން ފޮރުވޭވަރަށް އަޅާލިއެވެ. އެފަދަ ހާލެއްގައި ވަނިކޮން ކައިރީގައި ނިދާފައި އޮތް އީވާއަށް ހޭލެވޭކަށް އަލާރާ ބޭނުމެއް ނޫނެވެ.

“ކިތަންމެ ވަރަކަށް ތި އަޑުއަހާލުމަށް މި ހިތް ބޭގަރާރް ވިއަސް އެންމެ ފަހަރަކު ވެސް އަހަރެން ދެކިލަން ނައި…އަހަރެން ލޯބިވާ ވަރު އިޙްސާސްވެސް ނުކުރެވޭނެ…މިހިތުގަ ހާދަ ވޭނެއް އަޅައޭ..ގުޅީމަ ވެސް ފޯނެއް ވެސް ނުނަގާ..ތި އަޅާލުމަށް މި ހިތް އެދި ގޮވާވަރު ޝަވަންއަށް އެނގޭނެނަމަ..ކުއްލިއަކަށް ބަދަލް ތިވީ އަހަންނަށް ނުފެންނާތީ ތަ.. އަހަންނަށް  ކޮންމެފަދަ ހާލަތެއް މެދުވެރި ވިއަސް ތިލުން އަހަރެން ދޫކޮށްނުލާނެ ކަމަށް ކިތައްފަހަރު ޕްރޮމިސް ކުރިންތަ” ޝަކުވާތަކެއް ފަދައިން އަމިއްލަ ނަފްސަށް އިވޭވަރަށް ބޭރުވަމުން ދިޔައީ އެހިތުގެ އަޑެވެ. މިހާރަކަށް އައިސް އެހިތައް ހަމަޖެހުން ލިބެނީ އެގޮތުގައި ރޯލުމުންނެވެ. މަންމަމެން ކައިރީ ގައި ޝަވަންގެ ވާހަކަ އަހާލަން ކިތަންމެ ބޭނުންވީ ނަމަވެސް އަރްކާން އާއި އަޒީޒް، ޝަވަންއާއި މެދު ހިތްހަމަ ނުޖެހިފައި ތިބިކަން އެނގޭތީ އެ ހިތްވަރު ކުރާކަށް އަލާރާއަކަށް ނުކެރެއެވެ. ކުއްލިއަކަށް ޝަވަންގެ މިޒާޖަށް އައި ބަދަލުން އަލާރާގެ ހިތް ދިޔައީ ކަތިލެވެމުންނެވެ.

 

އެގޮތުގައި ރޯން އޮތްވާ އޭނާގެ ފޯނު ރިންގުވިއަޑުއިވުނެވެ.

“މިހާ ދަންގަޑިއެއްގައި ކާކު ބާ އެގުޅަނީ”  ބޯ އަޅައިގެން އޮތް ބާލީސް ދޮށަށް އަތް ކޮށްޕާލަމުން ދިމަދިމާލަށް އަތް ހިންގާލުމުން ފޯނު އަތުގައި ޖެހުނެވެ. އެއްވެސް ތަނެއް ނުފެނުނު ކަމުގައިވިޔަސް އޭނާގެ އިނގިލި ހަރަކާތް ކޮށްލާފައި ހިތު މިސާލަށް ފޯނު ނަގާ ބަޓްން އިންހެން ހީވާ ދިމާލުގައި އިނގިލި ޖައްސާލިއެވެ. ނަސީބު ރަނގަޅުކަމުން ކޯލް ކެނޑެންވާއިރަށް ނެގުނެވެ.

“އަލާރާ ތަ” ފޯނު ކަންފަތުގައި ޖަހާލި ހިނދު އިވިގެން ދިޔައީ ނުވެސް ދަންނަ މީހެއްގެ އަޑެވެ. ބަރު އަޑެކެވެ. އަލާރާ އަށް އެއްޗެއް ބުނެވުމުގެ ކުރިން އެމީހަކު ބުނެލި ޖުމްލައިން ގައިން ހީބިހި ހަލުވާލިއެވެ.

****

(ނިނިމޭ)

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ޝަލީން 15

Next

ހަނދުވަރު ދިން އެރޭ …11

Next
November 7, 2024

ހަނދުވަރު ދިން އެރޭ …11

Previews
November 6, 2024

ޝަލީން 15

16 Comments!

  1. Babish says:
    November 7, 2024 at 6:43 am

    Vvvvv reeethi
    When next

  2. Shayerrr 💞 says:
    November 7, 2024 at 7:01 am

    Curiosity level high kohlaafa abadhu ninmaalaany🥴😭😭
    Anywaysssss vvvvvvvvvvvv reeethi
    Arkan and lia us funny thoh😭😂😂
    When is next

  3. Yuma says:
    November 7, 2024 at 7:03 am

    Zev is hotttrrr 🔥
    Hama sifa vehje nidhaaleyi gadyga scene🔥🔥🔥😩😩
    Reyga kiyaaalaafjn
    Ekm adhi mi comment eh kohlevey varu v
    V furihama as usual 🫶🫶🫶

  4. Kudoo says:
    November 7, 2024 at 8:50 am

    Vvvvvvvv salhiiiii 🥰🥰🥰🥰
    Miulhey L&A couple are hilarious 😂
    Avashhhhhhhhhhhh next

    1. Cutie girl says:
      November 8, 2024 at 12:01 pm

      Mi part vx v Reethi masha allah
      Curiously waiting for next part
      Zev and alaa gulhuvachey
      They both are made for each other
      Liaa and Arkaan gulhuvachey
      V interesting story eh
      V kiyaala hithun kiyani
      You’re my fav author
      I appreciate your hard work
      Kithamme lahun kiyaalan libunas Shakuvaa eh neih I understand
      Alhugandu ge support Abadhuves libeyne insha Allah
      Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey

  5. Lam’aa says:
    November 7, 2024 at 9:11 am

    Heyyyyywhennnn next
    Cant waittt
    You are best writer ever🤍
    Abadhuves mi vaahaka ge part eh intho i ah beley😜🙈

  6. Naai says:
    November 7, 2024 at 1:26 pm

    Ooh is it zev who called ala. Can’t wait to see arkan and lia falling for eachother. you really are the best,all my worries vanished after reading it. it would be nice if I could get some like zev, anyways curiously waiting for next

  7. gurrrrl says:
    November 7, 2024 at 2:20 pm

    when next cant wait for it
    keep it up
    love you annora 😍

  8. Zaher says:
    November 7, 2024 at 6:43 pm

    Chaaaaa zev and ala ge story beginning was goooood🔥🥰🥰
    I really wish i do get bf like arkan
    I wanna fight like lia🤣🤣🤣🤣😂

    Vvvv chaaaa 🥰🥰🥰
    Cant wait for the upcoming episode 🥰🥰🥰❤️❤️❤️❤️
    Lotsss of huggggsss
    Im really beeg fan of you🫂🫂🫂

    1. Naayaa says:
      November 8, 2024 at 1:38 pm

      Seriously mee too, enme Fahun ehkula kohgenney edhiyae vx🤣

    2. Nunnu says:
      November 8, 2024 at 5:54 pm

      Ahahah
      Samee i ves beynun lia hen fight kurany😩😩

  9. Anony mee says:
    November 8, 2024 at 5:53 pm

    Vvvvvvv salhi
    U deserve better place more than this😩😩🫂🫂🥰❤️❤️
    Vvvv furihama hyvany meega thereyga ulhevey hen

  10. Haii says:
    November 9, 2024 at 8:00 am

    Wowww
    Next avasshhhhhh

  11. Fiza says:
    November 9, 2024 at 3:59 pm

    Don’t worry Alaa. Thi Shavan ahvure Maa rangalhu soreh thihuree Alaa kaireega. Jaana maalu dheegen ves esoru thilolun Karuna thihkeh ves vettuna nudheyne. Vrh Salhi mibaives.❤️

  12. Zeviyaaaaa says:
    November 9, 2024 at 7:31 pm

    Magey zev
    Aaahhhh soooo hoiiiiiittttttzzz 🔥🔥🔥🔥🔥🔥🥵🥵🥵
    Hama goas bahdhaalaa hiyvany
    Morning scene ga heevany ethaa room ga hurevun hen bama🤣🥰🥰🥰🥰
    Anywayyyyyyyyzz vvvvvvv cute my two angry bird ge dress code scene 🤣🤣🤣😂
    Avaskohlahcheyyyu darling 🤎🤎🤎

  13. Lily says:
    November 11, 2024 at 5:48 pm

    When next 🥲🥲🥰🫶

Comments are closed.

Next Episodeނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 7←


All Right Reserved!