ޙަޤީޤަތް ހޯދުމޭ 28
އެ މީހާ ދެން މަސައްކަތް ކުރީ އަހަރެން ލައިގެން ހުރި ސްވެޓާ ދަމައިގަތުމަށެވެ. ކިތަންމެ ބިރުގަތަސް ހިތް ތެޅެނީ ލަސްލަހުންނެވެ. ނޭވާ ހާސްވަނީއެވެ. އަޑުން އަޑު ނަގާ ރޯން ވެސް ބޭނުމެވެ. އެހެނަސް……. އެހެނަސް އަޑެއް ބޭރުވަނީއެއް ނޫނެވެ. ސަލާމަތަށް އެދި ގޮވާލެވޭކަށް ވެސް ނެތެވެ. މި ތިބަ މީހުންނާއި ދިމާލަށް އަންނަން ކެރޭނީ ވެސް ފަހެ ކާކަށް ހެއްޔެވެ؟ މި ގޯޅިގަނޑުގެ ތެރޭގައި ހުރެ ވެސް އަހަރެން ރޭޕް ކޮށްލާކަށް މި ޖައްބާރު ފިރިހެނުންނެއް ފަހެއް ނުޖެހޭނެއެވެ. އަހަރެންނަށް ކުރެވުނުހާ ވެސް ކަމަކީ ދެލޮލުން ފިނި ކަރުނަ ބޭލުމެވެ.
އަހަރެންގެ ސްވެޓާ ގަޔާ ވަކިކުރަން ކުރި މަސައްކަތް ނާކާމިޔާބު ކޮށްލީ އާހިލެވެ. އަހަރެންގެ ޙާލު ދެރަކަމުން ވަށައިގެންވާ މާހައުލުގައި ހިނގަމުން ދާ ކަންކަމެއް ރަނގަޅަކަށް ނޭނގެއެވެ. އެނގެނީ ވަރުގަދަ ތަޅާފޮޅުމެއް ހިނގާކަމެވެ. އާހިލުގެ ގައިގައި އެ އެންމެން ބިމަށް ތިރިކޮށްލެވޭނެ ވަރުގެ ބާރު ހުރި ކަން އަހަރެން ދަންނަމެވެ. ވަގުތު ކޮޅަކަށް ފަހު އާހިލް އަހަރެން ނަގާ އޭނާގެ އަތްދަނޑި މައްޗަށް ލީ ލުއި ފަތެއް އުފުއްލާލުން ހާ ފަސޭހައިންނެވެ. ދުވެފައި ގޮސް ހޮޓެލަށް ވަނީ ވެސް ފަހަތު ދޮރުންނެވެ.
އަހަރެން މަސާޖު ސޯފާގައި ބާއްވާ ހީޓަރު ޖައްސާލިކަން އިހުސާސް ކުރެވުނީ ހަށިގަނޑަށް ލުޔެއް ލިބެން ފެށުމުންނެވެ. އާހިލަށް ފްރީޒް ނީޑްލް ޝޮޓުން މީހަކު ރަނގަޅު ކުރެވޭނެ ގޮތަކީ ހަށިގަނޑު ހޫނު ކުރުން ކަން އެނގެނީ ކަމަށް ވެދާނެއެވެ. އެހެނަސް ހީޓަރުގެ އަސަރު މާ ވަރުގަދަ ނުވާނެތީ އޭނާ އަހަރެން ގޮވައިގެން ވަނީ ފާޚާނާއަށެވެ. ބުނަން ވަނީ އުފުއްލާ ލައިގެން ގެންދިޔައީއޭ އެވެ. އަހަރެންގެ ހަށިގަނޑުގައި މިވަގުތު އެއްވެސް ބާރެއް ނެތެވެ. ފެންމާގަނޑުން ހޫނުގަދަ ފެން ދޫކޮށްލިއެވެ. ހަންގަނޑު ނުފިހޭނެ ވަރަށް ހޫނު ފެނެވެ. އަހަރެންގެ ހަށިގަނޑަށް ބޮޑު ލުޔެއް ލިބުނެވެ. ކުޑަކޮށް ހަރަކާތް ކުރެވެން ފެށިއެވެ. ޙިއްސުތައް ރަނގަޅަށް މަސައްކަތް ކުރަން ފަށައިފިއެވެ. އަހަރެންނަށް އެ ހޫނު ފެނުން އާހިލަށް އުނދަގޫ ވާތަން ފެނުމުން ދެރަވިއެވެ. އެހެނަސް އޭނާ އަހަރެންގެ ގާތުން ދުރަކަށް ނުދެއެވެ.
ދިހަ ވަރަކަށް މިނެޓު ވަންދެން އެތަނުގައި ހުރެފައި އޭނާ އެތަނުން ނުކުތެވެ. އޭރު އަންހެން ހޮޓެލް ސްޓާފެއް އެތަނުގައި ހުއްޓެވެ. އެމީހާ އާއި އަހަރެން ޙަވާލުކޮށްފައި އާހިލް ނުކުމެގެން ދިޔައެވެ. އެ އަންހެންމީހާ އަހަރެންގެ ހެދުން ބަދަލު ކުރި އެވެ. ނައިލް ތައްޔާރު ކޮށްފައިވާ ބޭސް އަހަރެންގެ ގައިގައި އަޅާ ބެންޑޭޖު ކުރިއެވެ. އަހަރެންނަށް އަދި ވެސް އަމިއްލައަށް ޙަރަކާތް ކުރެވޭ ވަރެއް ނޫނެވެ. އެމީހާ ނުކުމެގެން ދިޔައީ އަހަރެން އެނދުމަތީގައި ބާއްވައިފައެވެ. އޭސީ މިވަގުތު ކަނޑާލައިފައި ހުއްޓަސް ކޮޓަރި ފިނި ވުމުން އަހަރެން އިނީ ވަރަށް އުނދަގޫ ވެފައެވެ.
އިރުކޮޅެއް ފަހުން އަނެއްކާވެސް އާހިލް ކޮޓަރިއަށް ވަނެވެ. އޭނާ ވެސް ހުރީ ތެތް ހެދުން ބަދަލުކޮށްގެންނެވެ. “މިހާރު ކިހިނެއް؟” އޭނާގެ މަޑުމައިތިރި އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. ކޮޓަރީގައި ހަރުލައިފައި ހުރި ފިނިކަމާއި ހެދި އަހަރެންގެ ހަށިގަނޑުގައި ވީ ފްރީޒް ނީޑްލްގެ އަސަރަށް ލިބިދޭ ބާރަކަށް ވިއެވެ. އެހެންކަމުން ވާހަކަ ދައްކަން އުނދަގޫ ވިއެވެ. “ފި….ނި…ވަނީ” ހީކަރުވައިގަނެގެން އަހަރެން އޮތީ ހަލާކުވާވަރު ވެފައެވެ. އެހެނަސް އާހިލް ހޫނުފެން އެޅުމުން ފްރީޒް ނީޑްލްގެ އަސަރު ވަރަށް ތިރިވެފައި ހުއްޓެވެ. އަނގައިން އެއްޗެކޭ ބުނެވުނީ ވެސް އެހެން ވެގެންނެވެ.
އާހިލް އަހަރެން އުފުއްލާލައިގެން ގެން ގޮސް ސިޓިންރޫމު ސޯފާގައި ބޭއްވިއެވެ. އެތަނުގައި ހުރި ހީޓަރު ލެވެލް އެންމެ މަތި ކޮށްލިއެވެ. ފަންސާސް ޑިގުރީ ސެލްޝިއަސް އަށެވެ. ދެން ކޮޓަރިން ގެނެސް އަހަރެންގެ ގައިގައި ދެ ބްލޭންކެޓް އޮޅާލިއެވެ. އެ ލިބުނު ހޫނުކަމުން އަހަރެންގެ ހަށިގަނޑުގައިވީ ފިނިހޫނުމިން އެއްވަރު ވާން ފެށިއެވެ ލަސްލަހުންނެވެ. އަނބުރާ މެދުމިނަށް ގެނައުމަށް ރޭގެ ބާކީ ބައި އެއްކޮށް ބޭނުން ވާނެއެވެ.
އެރޭ އެއްކޮށް އާހިލް އިނީ އަހަރެންގެ އަތުގައި ހިފާލައިގެން ގާތުގައެވެ. އޭނާއަށް ނިދުނު އިރު ވެސް އަހަރެންނަށް އޮވެވުނީ އެ ދާހިއްލާ ތެމިފައި އޮތް މޫނަށް ބަލާށެވެ. ހީޓަރުގެ ހޫނުން އޭނާއަށް ދަލުން ފެންވެރިފައި އޮތަސް އެކަމަށް ފަރުވާލެއް ނެތި އަހަރެންގެ ގާތުގައި ހުރީ ވިއްޔާއެވެ. ފުރަތަމަ ފަހަރަށް އޭނާގެ ރަނގަޅު ސިފަތައް އަހަރެންނަށް ފެންނަން ފެށިހެން ހީވިއެވެ. އޭނާގެ އަޅާލުމާއި އޯގާތެރިކަމެވެ. އަހަރެންގެ ސަލާމަތަށް އޭނާ ނައި ނަމަ އަހަރެން ވެސް ވެއްޓޭނީ ކިޔާރާގެ ޙާލަތަށެވެ. އަހަރެންނަށް ވެސް ނިދުނީ އެހެން އޮއްވައެވެ.
ދެން ހޭލެވުނީ ހެނދުނު ވީ ފަހުންނެވެ. އަހަރެން ތެދުވުމާއި އެކު އާހިލް ހޫނު ސައިތައްޓެއް ގެނެސް ދިނެވެ. އަހަރެން އެ ބޯލައިފައި ތަށި އޭނާގެ އަތަށް ދިނީމެވެ. “މިހާރު ކިހިނެއް؟” އޭނާ ތަށި ގެންގޮސް ބަހައްޓާފައި ބުނެލިއެވެ. “ވަރަށް ބަރާބަރު.” އަހަރެން އެހެން ބުނީ މިހާރު ހަށިގަނޑުގައި އެއްވެސް ވަރަކަށް ފިނިކަމެއް ނެތުމުންނެވެ. މިހާރު ވަނީ ހޫނެވެ. “ނަސީބެއްނު. އަވަހަށް ދާންވީ އެ ހީޓަރު ނިއްވާލައިފަ އޭސީ ޖައްސަން. މި ބްލޫ އައި ސްޓޯކާ އާއި ހެދި އަހަރެން ހާދަ ހޫނުގަ އުޅެފީމޭ. ދެން ވެސް މިކަހަލަ އުނދަގޫ މަށަށް ޖައްސައިގެން ނުވާނެ.” އެއީ ހަމަ އާހިލެވެ. ދެ ގޮތެއް ނުވާ ޖެއްސުން ބުޅަލެކެވެ. އެހެން ފަހަރު ފަހަރާއި ޚިލާފަށް އަހަރެންނަށް މިފަހަރު ހެވުނީއެވެ.
“ޝުކުރިއްޔާ!” މަޢުނަވީ ގޮތަކަށް އަހަރެން ބުނެލީމެވެ. އެހެން ރީތިކޮށް އޭނާއާއި ވާހަކަ ދެއްކުމުން އުނދަގޫ ވީ ކަމަށް ވެދާނެއެވެ. “ޕިސްޕިސް. އެ ގޭންގު ގޮލައިންތައް ބްލޫ އައި ސްޓޯކާގެ ބުއްދިވެސް ފުނޑުފުނޑު ކޮށްލީތަ؟” އާހިލް އަހަރެންނާއި ދިމާލަށް ބަލައިލީ ފާޑަކަށެވެ. އަބަދު ކަޅި އަޅާލާ ގޮތަށް މިފަހަރު ކަޅިއަޅާ ނުލުމުން އެ ސޮރަށް އުނދަގޫވީ ކަމަށް ވެދާނެއެވެ. އަހަރެންނަށް ވެސް އޭނާއާއި ރީތިކޮށް ވާހަކަ ދެއްކުން ވީ ވަރަށް އޯކްވާޑް ކަމަކަށެވެ. “ދެން ހެވޭ ފޮނި ސޮރާ. އަވަހަށް މިތަނުން ފެއްސިގެން ދޭ.” އަހަރެން ރައްދުގައި ބުނެލީ ދެލޯ އަޅާލަމުންނެވެ. “އާނ. މިހާރު ކަލޭ ހަމަ ހޭ ޖެހިއްޖެ.” ހިނިގަނޑެއް ޖަހާލައިފައި އާހިލް އޭނާގެ ކޮޓަރިއަށް ދިޔައެވެ.
އަހަރެން ވެސް ތެދުވެގެން ގޮސް ކޮޓަރިއަށް ވަނީމެވެ. އޭސީ ނިވާލައިފައި ހުރުމުން ހޫނުކަން އިންތިހާއެވެ. އަހަރެން އެ ޖައްސާލައިފައި ފެންވަރާލަން އުޅުނީމެވެ. އޮޅައިފައި ހުރި ނަމަ ހާ ތަނެއްގެ ބެންޑޭޖު ގަނޑު ނައްޓާލީމެވެ. އެންމެ އެއްޗެއް ފިޔަވައެވެ. އެތަން އެހާ އަވަހަށް ރަނގަޅު ނުވާނެ ކަން އެނގޭތީއެވެ. ފެންވަރަން ޖެހުނީ ވެސް އެތަނުގައި ފެން ނުޖައްސައެވެ. ފެންވަރައިގެން ރީތިވެލީ ނަފްސާނީ ބައްޔަށް ޚާއްސަ ހަސްފަތާލަށް ދިއުމަށެވެ. ރޭގަ އަހަރެން ހަފުސް ވިޔަސް މިހާރު ދެފައި މައްޗަށް ހިނގޭތީ މަސައްކަތް ފަށަން ބޭނުންވީއެވެ. އަހަރެން ލީ ލައިލާ އާއި އެކު ގޮސް ގަތް ދަނބުކުލައިގެ ހެދުމެވެ. ގަޔަށް ސެންޓު ކޮޅެއް ބުރުވާލައިފައި އަހަރެން ދަބަސް ހިފައިގެން ކޮޓަރިން ނުކުތީމެވެ. ފުރަތަމަ ކާށެވެ.
“ވޯހް. ޔޫ ލުކް އެބްސޮލިޔުޓްލީ މެގްނިފިސެންޓް.” އެވަގުތު ކާން ހުރި ނައިލް އަހަރެންނަށް ތަޢުރީފު ކޮށްލިއެވެ. އަހަރެން މާ ވަރަކަށް އަޅާލުމެއް ނެތި ގޮސް ކާން ފެށީމެވެ. ކައިގެން އަހަރެން ހުދު ސްނީކާސްއަށް އަރާލީމެވެ.
އަހަރެން އެ ހަސްފަތާލަށް ދިޔައީ ލޭންޑް ކެޕްސޫލްގައެވެ. މި ފަހަކަށް އައިސް އަހަރެން އެންމެ ގިނައިން ދަތުރު ކުރަނީ އޭގައެވެ. ހުޅުމާލޭގައި އަބަދު ބަހަށް އަރާއަރާ އެ މަތިން ފޫހި ވީ ކަމަށް ވެދާނެއެވެ. އެ ހަސްފަތާލަށް ދެވުމުން ބޭރުގައި ހުއްޓިލައިފައި އެ ޢިމާރާތަށް ބަލައިލީމެވެ. ބޮޑު އިމާރާތެކެވެ. ވަރަށް ރީއްޗެވެ. އަޑުހައިފައިވާ ގޮތުން މި އަތޮޅުގައި ހުރި ހަމައެކަނި ނަފްސާނީ ބައްޔަށް ޚާއްސަ ހަސްފަތާލަކީ މިއީ އެވެ.
އަހަރެން ފޯނު ނަގާ ޑަބްލިޔު ސަރ ފޮނުވައިފައިވާ ކޯޑު ބަލައިލީމެވެ. އެ ހަސްފަތާލުގެ އެތެރެއަށް ވަދެ މެޕުން ކޯޑު ހޯދާލީމެވެ. ދެން ހިނގައިގަތީ އެތަނަށް އަރާށެވެ. އަހަރެން އަވިއައިނެއް އަޅާ ދެލޯ ފޮރުވައިގެން ދިޔަ އިރު ވެސް މީހުންގެ ބެލުން ތަކުން ސަލާމަތް ވާނެ ފުރުސަތެއް ނުލިބުނެވެ. އެހެނަސް ލޯ ފޮރުވާލުމުން ބައެއް މީހުން އަހަރެންނަކަށް ނުބަލައެވެ. ގިނަ މީހުން ހައިރާންވެ ބަލަން ހުންނަނީ ވެސް އެ ނޫކުލައިގެ ކަޅި ފެންނާތީ އެވެ. ރަވާނަކަށް މި އުނދަގުލެއް ނުޖެހޭނެއެވެ. އޭނާ ހުންނަނީ ބައްޕަގެ ހޭޒަލް ކުލައެވެ. ދެން ރަޒާނަކީ މީހަކާއި އިނދެގެން ދަރިން ވެސް ހުންނަ މީހެކެވެ. އެ ބެއްޔާ އުޅޭނީ ވެސް ލެންސު ލައްވައިގެންނެވެ. އެކި ފަހަރު އެކި ކުލައެވެ. މުޅިން ވެސް ކަޅު މުށި ނުވަތަ އަޅި ކުލައެވެ. އެ ދެލޯ އަހަރެންނަށް ވެސް ނުދައްކާނެއެވެ. ހަމައެކަނި އެ ނަސީބު ލިބިފައި ވަނީ ފަރާތަކީ އޭނާގެ ހިތުގެ ނޫރު، ނޫރީނަށެވެ.
އަހަރެން މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަނަށް ވަނުމަށް ދޮރުގައި ޓަކި ޖަހާލީމެވެ. އެތެރެއިން ދޮރު ހުޅުވާލީ ޖާދޫ ކުރަނިވި ރީތި ހިނިތުންވުމަކާއި އެކު ހިދާޔާއެވެ. އަހަރެން ވެސް ބަދަލުގައި ހީނލީމެވެ. “އަލްފާޟިލް މަރްޔަމް ރިފްޤާ ދެއްތޯ؟” ހިދާޔާ ވާހަކަ ދައްކަން ފެށީ މާތް ބަހުރުވައަކުންނެވެ. އަހަރެންނަށް ވުރެ އެތައް ގުނަ އެއް ދޮށީ މީހަކު އެގޮތަށް ވާހަކަ ދެއްކުމުން ފާޑެއްގެ ގޮތެއް ވިއެވެ.
“އަމް ސޮރީ. އާދައިގެ ގޮތަކަށް ވާހަކަ ދެއްކިދާނެތަ؟ އެންޑް ޔެސް. އަހަރެންނަކީ ރިފްޤާ. އެކުވެރިން ކިޔާ އުޅެނީ ރިފް.” އަހަރެން ވާހަކަ ދެއްކީމެވެ. “އޯކޭ! ދެން އަހަރެންނަކީ ފާތިމަތު ހިދާޔާ. ކުޑަކޮށް ކިޔާ އުޅޭނީ ހިދާ.” ހިދާޔާ ބުނެލިއެވެ. ދެން ދިނީ މަސައްކަތުގެ ތަޢާރަފެކެވެ. އަހަރެންނަށް އާ ވާހަކަ ތަކެއް ނޫނެވެ. ޓްރައިނިންގައި ދަސްކުރި އެއްޗެހިނެވެ. ހަމައެކަނި އުކުޅުތައް ބޭނުން ކުރަންޖެހޭ ގޮތް ތަފާތީއެވެ.
“އަސްލު ވަރަށް ފޫހި މި ރޫމްގަ އެކަނި މަސައްކަތް ކުރަން ޖެހޭތީ. އެހެން ތަންތަނުގައި ދެތިން ސައިކޮލޮޖިސްޓުން މަސައްކަތް ކުރާނެ. އަހަރެން އެކަނި އިންނަން ޖެހެނީ މިތަނުގަ.” ހިދާޔާ ބުނެލިއެވެ. “ދެން އަހަރެންނަށް މި ހަސްފަތާލުގެ ޓުއާރ އެއް ދޭންވީނުން.” އަހަރެންނާއި ހިދާޔާ އާއި ދެމީހުން ވާހަކަ ދައްކާ އިރު ހީވާނީ އެންމެ ކުޑަ ދުވަހުއް ސުރެ ގާތް އެކުވެރީން ހެންނެވެ. “އެންޑް ބައި ދަ ވޭ. ކީއްކުރަންތަ ތި އައިނު ނުނަގާ ތި އިނީ. ކޫލް ކަން ދައްކާލަންތަ.” ހިދާޔާ އެހިއެވެ.
“ނޯވޭ! އެންމެން ހެން އަހަރެންގެ ދެލޯ ފެނިފައި އަޖައިބުވެގެން އުޅޭތީ ފޮރުވާލީ.” އެހެން ބުނެފައި އަހަރެން އެ އައިނު ނެގީމެވެ. ހިދާޔާގެ މޫނުމަތިން ވެސް ފެނުނީ އެކަހަލަ އަސަރު ތަކެކެވެ. “މާޝާ ﷲ. ހާދަ ރީއްޗޭ!” އޭނާ ވެސް ހަމަ ގެއްލިފައެވެ. ރަޒާނު ގޮތަށް އަހަރެން ވެސް ލެންސެއް ލައްވަން ވީއެވެ. އޭރުން އަޅައިގަންނަ މީހުން ކޮންމެވެސް ވަރަކަށް މަދުވާނެއެވެ.
“މިއީ ދޯ ޝިފްޓު ފެށޭ ގަޑިޔަކީ.” އަހަރެން ގަޑިބަލާލައިފައި ބުނެލީމެވެ. ހިދާޔާ ބޯ ޖަހާލުމުން އަހަރެން ދިޔައީ އަހަރެންނަށް ޚާއްޞަ ކުރެވިފައިވާ މޭޒުދޮށުގައި އިށީންނާށެވެ. ފުންނޭވާއެއް ލަމުން އިނގިލި ތަކަށް ދަމާލީ ހަމަޖެހިލާށެވެ. ޓްރައިނިންގައި އަހަރެން އެންމެ ގަޔާ ނުވި ކަމަށް ވަޒީފާ އާއި އެއް އަދާކުރަން ޖެހުމުން އަހަރެން ހުރި މަސައްކަތާއި ގަޔާނުވެފައެވެ. އެއީ ހިނދުކޮޅަކަށެވެ. ފުރަތަމަ ޕޭޝެންޓު އަންނަން ދެކަށެވެ.
“ކިހިނެއްތަ ފުރަތަމަ ދުވަސް؟” ހިދާޔާ ގޮނޑިން ތެދުވެގެން އައިސް އަހާލިއެވެ. “ހަމަ ވަރަށް ސަޅި. މިއީ ވަރަށް ފައްކާ މަސައްކަތެއް. އައި ޖަސްޓް ލަވް ދިސް ޖޮބް!” ހަމަ ޙަޤީޤަތަށް ވެސް އަހަރެން ހުރީ ހިތްހަމަޖެހި އުފާވެފައެވެ. ޓްރައިނިންގައި މަތިންދާބޯޓެއް ދުއްވަން ދަސްކުރި ދުވަހު ވެސް މިހާ އުފަލެއް ނުވެއެވެ. ކުރިން މި މަސައްކަތާއި ގަޔާ ނުވެވުނީ ޓްރައިނިންގައި މާގިނަ އެއްޗެހި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދަސްކުރަން ޖެހުމުންނެވެ.
އަހަރެންގެ ހުދު ކޯޓު ބާލާ އެތަނުގައި ހުރި އަލަމާރިއެއްގެ ތެރެއަށް ލީ ކޮނޑެއްގައި އަޅުވާލައިފައެވެ. ދެން އެތަނުން ނުކުތީ ހިދާޔާ އާއި އެކުގައެވެ. އެ ހަސްފަތާލުން އެއްކޮށް ނުކުމެ ދެމީހުން ވަކިވެލީ ގެއަށް ދިއުމަށެވެ. އެހެނަސް އެއީ ހިދާޔާ އަށް ފެންނާނެ ގޮތެވެ. އޭނާއަށް ނޭނގުނަސް އަހަރެން އޭނާގެ ފަސްފަހަތުން ދިޔައީމެވެ. އަހަރެން އުޅުނީ ވަރަށް ވިސްނައިގެންނެވެ. ހިދާޔާ އަށް ކުޑަ ވެސް ޝައްކެއް ވިޔަ ނުދިނުމަށްޓަކައެވެ.
ހިދާޔާ ދިޔައީ އޭނާ ބުނިހެން ގެއަށެވެ. ގެ ފެނިފައި ވެސް އަހަރެންގެ ދެލޯ ތަރަތަރަ ޖަހައިގެން ދިޔައެވެ. ރީތި ކަމުންނެވެ. އެ ގޭގެ ގޯތިތެރޭގައި ގަސް ހައްދާލައިފައި ހުއްޓެވެ. ގެއަކީ ދެބުރިއަށް މައްޗަށް ނަގާލައިފައި ހުރި ތަނެކެވެ. އަނެއްކާ މި ބޮޑު ގެއަކީ ހިދާޔާ އާއި އޭނާގެ ފިރިމީހާ ނުހައިކްގެ މިލްކެއް ހެއްޔެވެ؟ އެ ނުހައިކްގެ ވަނަވަރު ބަލައިލަން ވީއެވެ. ހީވަނީ ވަރަށް މުއްސަނދި ގޮލައެއް ހެނެވެ.
އަހަރެން ދެން މިސްރާބު ޖެހީ ހޮޓެލަށް ދާށެވެ. ދިޔަ މަގުމަތީގައި ނައިލާއި ދިމާވިއެވެ. “ނޭލް މިއަދު ކީއް ކުރީތަ؟ ސާޖަރީއެއްތަ ކޮށްލީ.” އަހަރެން ބުނީމެވެ. “އުހުން. މަ ދިޔައީ ޖޫސްޕެޓީ ވިއްކަން. ހާޓް ސާޖަން އަކަށް ނުޖެހޭ ޑަކްޓަރީ މަސައްކަތް ކުރާކަށް.” ޖީބަށް އަތް ޖަހާލަމުން ނައިލް ވާހަކަދެއްކިއެވެ. އަހަންނަށް ޖެއްސުމަށެވެ. “އެހެންތަ. ހަމަ ނޭނގިދާނެއްނު. މަށަށް ޖޫސްޕެޓީ އެއް ގަންނަން ވިޔަސް ދޭކަށް މީނައެއް ނައޭ.” އަހަރެން ވެސް އެ ސޮރުގެ ސަމާސާގައި ބައިވެރި ވެލީމެވެ.
އަހަރެމެން ހިފި ޔުނިޓަށް ވަދެވުމުން ބޫޓު ބާލާ ހަރަށް ލީމެވެ. ދެން ދިޔައީ ފެންފޮދެއް ބޯލާށެވެ. ފެން ބޮއި ނިންމާފައި އެނބުރެލި ވަގުތު އަހަރެން ސިހުނީ އަހަރެންނާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ހުރި އާހިލް ފެނުމުންނެވެ. އޭނާ އައިސް އަހަރެންގެ ވަ އަތުގައި ހިފާ އެ ހެދުމުގެ އަތް މައްޗަށް ނަގާ އޮޅާލިއެވެ. އެތަނުގައި ބެންޑޭޖު ކޮށްލެވިފައިވާ ހިސާބުގައި ފިރުމާލިއެވެ. “އަދިވެސް ތަދުވޭތަ؟” އޭނާ އަހަރެންނާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. އަހަރެންގެ ހަށިގަނޑުގައި ކަރަންޓުގެ އޮއިވަރެއް ދަތުރު ކޮށްލިކަމުގެ އިހުސާސް ކުރެވުނެވެ. އެ ބޮޑު ދެލޮލަށް ބަލަން ހުރެވުނީއެވެ. މި ވާގޮތެއް ޚުދު އަހަރެންނަށް ވެސް އެނގެނީއެއް ނޫނެވެ.
“ކަލޭ އަނެއްކާ މަންމަނު ވީތަ؟ ބުދެއްހެން ބަލަހައްޓައިގެން ތިހުރީ.” އަހަރެންނަށް ހަމަ ބިމަށް އާދެވުނީ އާހިލް އެހެން ބުނުމުންނެވެ. “ކަލޭ ޔޯ؟ ކޮން ބުރާންތިއެއް އަރައިގެންތަ ކަލޭ ތި އުޅެނީ. ސޭކަކަށް ވެސް އެނގޭނެ މިހާރު ހުންނާނީ ތަދު ފިލާފަކަން.” އަހަރެން ފަހަތުން ބުނީމެވެ. ދެން އެނބުރެލީ އަހަރެމެންގެ އަސްލު ޠަބީޢަތަށެވެ.
“އަދި އެބަ އޮތޭ ތި މީހުން ގާތު ވާހަކައެއް ނުބުނެވި. އެ އޯރގަން ސެލާސް ކޮންމެ ފަދަ ދުވަހަކު ވެސް މީހަކު ވަގަށް ނަގައިފާނެ.” ނައިލް ކޮޓަރިން ނުކުތުމާއި އެކު އާހިލް ބުނެލި އެއްޗަކުން އަހަންނަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ދެވަނަ ސިކުންތުގައި އަހަރެންގެ ގާތަށް ރުޅިއައެވެ.
“ކީކޭ؟ ކޮން ފަދަ ދުވަހެކޭ. މިއީ ބޮޑު މުސީބާތެކެއްނު. ހުވާ މި ކުރީ އެ އޯރގަން ސެލާސްގެ ޙަޤީޤަތް އެނގޭ ދުވަހަކުން އެމީހުން މުޅި ދުނިޔެއަށް ފަޟީޙަތް ކޮށްލާނަން. ކޮން ކަހަލަ އަނިޔާވެރީން ތަކެއްތަ މިކަން ކުރަނީ؟ އިންސާނީ ވަގުފާރި ހިންގަމުން އުޅެން ހާދަހާ ދަހިވެތި ވެފައި ބިރު ކުޑައޭ ދޯ. ހެއްދެވި ފަރާތެއް ވާކަން ވެސް ނޭނގެނީއޭ ހިތަށް އަރާ. މި ފަހަރު ޝީން ދައްތައަށް އެހެން ހަދާލި ބަޔަކު ހޯދާފަ ނޫނީ އަނބުރާ ހުޅުމާލެ ވެސް ނުދާނަން.” އަހަރެންގެ ސިކުނޑި ތެރޭގައިވީ ވާހަކަތައް ޖުމްލަތަކެއްގެ ގޮތުގައި ދުލުން ބޭރު ކޮށްލީމެވެ.
“ޝީން…..ދަ…ދައްތަ މަ… ރޭ. އޯރ….އޯރގަން ސެލް… ސެލިން އޭ” ފަހަތުން އިވުނު އަޑެއްގެ ސަބަބުން އަހަރެންގެ މޫނު ހުދުވިއެވެ. ލާން އުޅުނު ނޭވާ ވެސް އަރުތެރެ ތާށިވިކަހަލަ އެވެ. އިތުރަށް ޙަރަކާތެއް ކޮށްލާން ވެސް ނުކުޅެދުނު ކަހަލައެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Mi part vx varah varah reethi…
Eiii kaaku ge adeii baa…
Curiously waiting for the next part…
Whn next
Im sure ei shehenaz kannn.. hope not ekm 😭
Thnx Nawar…
Probably next week.
We’ll see who’s voice it is…
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Rifga ah gotheh nuhadhachey
Rifga and aahil gulhuvachey
They both are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author and
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Thnx Cutie girl..
V reethi mi part ves When next can’t wait
Thnx Jennie. 💕
I’ve just submitted it.
Alhey eii shehenaaz ge adah nuvaanenama…
Mi part vx varah varah reethi…
When next??
Thnx Manjj. 💕
We’ll see who’s voice it is on next episode.
I’ve just submitted it.