Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޔަލީން (1)

secrettimer Level 1
November 4, 2024 4 Mins Read
4 Comments

ދުވަހަކީ ހުކުރު ދުވަހެވެ. ޔަލީން އާ ޔަލީންގެ މަންމަ ޔަންހާ އަވަދި ނެތި އުޅެމުން ދިޔެއި މެންދުރުގެ ކެއުން ތައްޔާރު ކުރުމައިގެންނެވެ. ޔަލީން އަކީ ގްރޭޑް 10 ގައި ތައުލީމު ހާސިލު ކުރަމުންދާ ކުއްޖެކެވެ. އޯލެވެލް އިމްތިހާން މިވަނީ ނުހަނު ގާތްވެފައެވެ. ނަމަވެސް ޔަލީން އަކީ ހުސް ވަގުތެއް ލިބިއްޖެނަމަ ބަދިގެއަށް ވަދެ މަންމަ އަށް އެހީވާ ހީވާގި ކުއްޖެކެވެ. ކުރުކޮއް ހުއްޓެއް ކަމަކު ޔަލީން އަކީ އާދަޔާ ހިލާފު ރީތި ކަމެއް ލިބިފައިވާ ކުއްޖެކެވެ. ދޮން ހަންގަނޑަކާއި، ފަނޑު ރަތް ކަމެއް ލިބިފައިވާ ތުންފަތެކެވެ. ހިތިފަތު ބުމައެކެވެ. ކުޑަ ކުޑަ ނޭފަތެކެވެ. ބައްޓަން ރީތި ހަށިގަނޑެކެވެ.
ކެއްކުމައިގެން އުޅުން ދެ މައިންނައް ސިހުމެއް ލިބުނީ ގޭގެ ބެލް ޖަހާލި އަޑަށެވެ. “މަންމަ މަޑުކޮއްލާ އަޅުގަނޑު މިދަނީ” ޔަންހާ މަސައްކަތް ބަހައްޓާފަ ދާން އުޅުމުން ޔަލީން ބުނެލިއެވެ. ޔަލީން މަޑު ހިނގުމެއްގައި ގޮސް ދޮރު ހުޅުވާލީ ވިސްނުމަކާ ނުލައެވެ. ދެން އިވިގެން ދިޔައީ ޔަލީންގެ ތޫލި ހަޅޭކުގެ އަޑެވެ. މި އަޑައް ބަދިގޭގައި ކައްކަން ހުރި ޔަންހާ ވެސް ދުވަމުން އައެވެ. ޔަންހާ ވެސް ހުއްޓުން އެރިއެވެ. އެއީ ދެވަނަ ދެމީހެއް ނޫނެވެ. އޭނާގެ ދޮށީ ފިރިހެން ދަރިފުޅެވެ. އޭނާގެ ފިރިހެން ދަރިފުޅު ޒީކް ކިޔަވަން ކެނެޑާ އަށް ދިޔަތާ މިހާރު ދެއަހަރު ވީ އެވެ. ޔަންހާގެ ދެލޯ ކަރުނުން ފުރުނެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ. ލޯބިވާ ދަރިފުޅު ދެއަހަރު ފަހުން ފެނުމުން ކޮންމެ މަޔަކައް ވެސް އަޞަރު ކުރާނެ ތާއެވެ. ނަމަވެސް ޒީކް ހުރި ގޮތުން ޔަންހާ އަށް ހެވުނެވެ. “މަންމާ މި ލީން މި އުޅެނީ އަޅުގަނޑުގެ ކަންފަތް ބީރު ކޮއްލަންތަ” ދެ ކަންފަތުގައި އަތް އަޅައިގެން މޫނަށް ވައްތަރެއް ޖައްސައިގެން ހުރެ ޒީކް ބުނެލިއެވެ. އެހެން ބުނުމުން ޔަލީންވެސް މޫނައް ވައްތަރެއް ޖައްސާލި އެވެ. “މި ދޮންބެގަނޑު ދުވަހަކު ވެސް ބަދަލެއް ނުވާނެ” ޔަލީން ހަމަ އެ ހުރި ގޮތައް ހުރެ ބުނެލިއެވެ. “ލީން އުފަލެއްވެސް ނުވޭތަ ދޮންބެ މިހާ ދުވަސްފަހުން ފެނުނީމަ ވެސް” މޫނު މައްޗައް ދެރަވާ ކަމުގެ އަސަރުތައް ގެންނަމުން ޒީކް ބުނެލިއެވެ. “އެކްޓް ކުރާކައް ނުވެސް އިނގޭނު” ޔަލީން ބުނެލީ މޫނު މައްޗައް ވައްތަރެއް ޖައްސާލަމުންނެވެ. “ސާބަހޭ ދެކުދިންނައް” ޔަންހާވެސް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. “މަންމާ ދޮންބެ ފޮނިކަމުން އެ ހުންނަނީ މިއަދު ގެއަށް ވެސް ނުވަންނަން ތޯއްޗެ” ޔަލީން އަށް އެއްޗެކޭ ބުނެނުލާ ނުހުރެވުނެވެ. ޒީކް ޔަލީން އަށް ދެލޯ އަޅާލާފައި އެތެރެއަށް ވަދެ ސޯފާގައި އިށީނދެ ލިޔެވެ. ކައިރީގައި ޔަންހާ ވެސް އިށީނދެލިއެވެ. ޔަލީން ދިޔެއި ބަދިގެ އަށެވެ. “ދަރިފުޅު ބުނެވެސް ނުލާ ތިއައީ” ޔަންހާ ބުނެލީ ޝަކުވާގެ ރާގަކަށެވެ. “ހެހެ ބުނެފަ އައި ނަމަ މަންމަ މެން ތިހާ ސަޕްރައިޒެއް ނުވާނެނު.. ކޮބާ ބައްޕަ އާ ޔޫއްކޮ” ޒީކް އަހާލީ ގޭތެރެގެ އެކި ދިމަ ދިމާ ބަލާލަމުންނެވެ. ގެއަށް މާބޮޑު ބަދަލެއް އައިއްސަކާ ނެތެވެ. އޭރު ވެސް ހުރި ފަދައިން ހަ ކޮޓަރި އާއި ބަދިގެ އަކާ ކާގެއެއްގެ އިތުރުން ތަނަވަސް ޖާގަ ބޮޑު ސިޓިން ރޫމް އެކެވެ.އެ ގެއަކީ ދެ ބުރިއަށް ނަގާފައިވާ ގެއެކެވެ. ހިތްގައިމު ޓެރެސް އެއްވެސް ހުރެއެވެ. ދެވަނަ ބުރީގައި ހަތަރު ކޮޓަރި އިންނަ އިރު ފުރަތަމަ ބުރީގަ ދެ ކޮޓަރި އާއި ކާގެ އާ ބަދިގެއެވެ. މިކަމުންވެސް އެނގިގެންދަނީ މި އާއިލާ އަކީ ނުހަނު ފުދިގެން ދިރިއުޅޭ ބައެއްކަމެވެ. “ބައްޕަ މިސްކިތައް ދިޔެއި.. މިއަދު ތަންކޮޅެއް ކުރިން ދިޔަ ދުވަހެއް. ދެން ޔޫއްކޮ ވެއްޖެ ކޮޓަރީގަ. ބަދިގޭގަ އުޅިލާފަ ކޮޓަރި ސާފު ކޮއްލަންޝޭ ކިޔާފަ ދިޔެއި.. މަންމަ މިދަނީ ބަދިގެއައް ލީން އެކަނި އުޅޭނީ. ދަރިފުޅު ވެސް ދެންދޭ ރޫމް އަށް އެއޮއް ބާރަގަޑި ބައި ވަނީ. ނަމާދު ކޮއްލާތި އިނގޭ” މިހެން ބުނެ ޔަންހާ ބަދިގެއާ ދިމާލައް ދިއުމުން ޒީކް ތެދުވީ ބޮލައް މޮޅު ހިޔާލެއް އައުމުންނެވެ.
ޒީކް ސިޑީގެ ހަރުފަތްތައް ގިރާކުރުމަށްފަހު ގޮސް ހުއްޓެލީ ޔޫހާ ގެ ކޮޓަރި ދޮރުމަތީގައެވެ. ޔޫހާ އަކީ ޔަންހާ އާއި ނާޒިލްގެ އެންމެ ހަގު ދަރިފުޅެވެ. ޔޫހާ އަށް ވެސް ލިބިފައިވަނީ ހަމަ ޔަލީން އަށް ލިބިފައިވާ ސިފަތަކެވެ. ނަމަވެސް ތަފާތަކީ ޔޫހާ އަށް ލިބިފައިވަނީ ކަޅުކަންގަދަ ކަޅިއެކެވެ. ޔަލީން އަށް ލިބިފައި ވަނީ އަޅި ކަޅިއެކެވެ. ހަމަ އެފަދައިން ޒީކް އަކީ ވެސް އަންހެން ކުދިންގެ ހިތްތައް ދަމައިގަންނަ ފަދަ ސިފަތަކެއް ލިބިގެންވާ ކުއްޖެކެވެ. ކުދިން އެންމެ އަޅައިގަންނަ ސިފަ އަކީ އޭނާގެ ދެ ލޮލާ އިސްތަށިގަނޑެވެ. ޒީކް އަށް ވެސް ލިބިފައިވަނީ ޔޫހާ އެކޭ އެއްފަދައިން ކަޅުކަންގަދަ ކަޅި އެކެވެ. ޒީކް ގެ އިސްތަށިގަނޑަކީ އޭނާ ވަރަށް ލޯބިން ގެންގުޅޭ އެއްޗެކެވެ. އެ އިސްތަށިގަނޑަކީ ބުޅި އެހެނަސް ފަން އިސްތަށިގަނޑެކެވެ. މިޒަމާނުގެ ގޮތުން ބުނާނަމަ ‘މެސީ’ އިސްތަށިގަނޑެކެވެ. ޒީކް މަޑު މަޑުން ޔޫހާގެ ކޮޓަރި ދޮރު ހުޅުވާލިއެވެ. އެވަގުތު ވީ ޔޫހާ ނަމާދުން ސަލާމް ދިން ވަގުތަށެވެ. އެ ކޮޓަރި ޤިބްލަ އިންނަނީ ދޮރާ ފުރަގަހައް ކަމުން ޔޫހާ އަކައް ދޮރުމަތީ ހުރި ޒީކް އެއް ނުފެނެއެވެ. ޔޫހާ މުސައްލަ އޮޅާލާފައި އެ އޮންނަ ތަނައް ލާން އެނބުރުނު ވަގުތު ދޮރުމަތީ ހުރި ޒީކް ފެނުމުން ދެލޯ ބޮޑުވިއެވެ. ހުރިތަނުގައި މުސައްލަ ބާއްވާފައި ދޮންބޭ އޭ ކިޔާފަ ގޮސް ޒީކް ގައިގައި ބައްދާލިއެވެ. ޒީކް ވެސް ޔޫއްކޮ އޭ ކިޔާފައި ޔޫހާގެ ބޮލުގައި ފިރުމާލިއެވެ. “ޔޫއްކޮ ދޮންބެ މި ދަނީ ފްރެޝްވެލައި ހަދާލައިގެން ނަމާދު ކޮއްލަން އިނގޭ.. ހަމަ ހިތައް އެރީ ޔޫއްކޮ ކައިރިއައް ވަދެލާފަ އޭ ދާނީ” ޒީކް ޔޫހާ ގަޔާ ދުރުކޮއްލަމުން ބުނެލި އެވެ. ޔޫހާ ވެސް އޯކޭ އޭ ބުނެ ކޮޓަރިއަށްވަނެވެ.ޔޫހާ ކޮޓަރިއަށް ވަދެ މުސައްލަ އޮންނަތާ ބާއްވާފައި ދިޔައީ ޔަލީން ކޮބައިތޯ ބަލާލާށެވެ. ޔަލީންގެ ކޮޓަރި ކައިރިއަށް ގޮސް ދޮރުގައި ޓަކި ޖަހާލިއެވެ. އެތެރެއިން އަނގައިން ނުބުނުމުން މަޑު މަޑުން ދޮރު ހުޅުވާލި އިރު ޔަލީން އިނީ ނަމާދު ކުރާށެވެ. އެހެންކަމުން ކައްކައި ނިންމާލީކަން ޔޫހާ އަށް އެނގުނެވެ. ދެން ޔޫހާ ދިޔައީ ސިޓިންރޫމަށް ޓީވީއިން ޚުތުބާ އަޑުއަހާށެވެ. ޔޫހާ ޚުތުބާ އަޑުއަހަން އިންދާ ޔަންހާ އާއި ޔަލީން ވެސް އައެވެ. އޭރު ޚުތުބާ ނިމެނީއެވެ. ޚުތުބާނިމި ނަމާދުކޮށް ނިމުމުން ތިން މީހުން ތިބީ ނާޒިލްގެ އިންތިޒާރުގައެވެ. “ބައްޕަ އަށް ކިހިނެތްބާ ވާނީ ދޮންބެ ފެނުނީމަ” ވައްތަރަކަށް ހިނިއައިސް އިނދެ ޔަލީން ބުނެލިއެވެ. “އަޅުގަނޑުވެސް ވަރަށް އެކްސައިޓް ބައްޕަގެ ރިއެކްޝަން ބަލާލަން” ޔޫހާ އެހެންބުނެލިކަމެއް ނޭނގި ދެން ފެނުނީ ދޮރުހުޅުވާފައި ވަން ނާޒިލް އެވެ. ތިން މީހުނައް ހެއުނީ އެއްފަހަރާއެވެ. ނަމަވެސް ނޭނގޭ ކަމައް ހަދައިގެން ތިބީއެވެ. ތިންމީހުންނަށް ނޭނގުނު ކަމަކީ އެމަންޒަރު ނާޒިލް އަށް ފެނުން ކަމެވެ. “ކޮންކަމާ މާ ނޫންކަމަށް ހަދާފަ ތި ހެނީ” ނާޒިލް ހިނިއައިސްފަ ހުރެ ބުނެލިއެވެ. ދެވަނަ ސިކުންތުގައި ފެނުނީ ނާޒިލް ދެލޯބޮޑުކޮށްލައިގެން ހުރިތަނެވެ. ތިންމީހުން އެއްފަހަރާ ނާޒިލް ބަލަހައްޓައިގެން ހުރި ދިމާލައް ބަލާލިއެވެ. ތިންމީހުނަށް އެ ވީ ގޮތް ފަހުމް ވީ ދެނެވެ. ނާޒިލް ބަލަހައްޓައިގެން އެ ހުރީ ސިޑިން ފައިބަމުން އަންނަ ޒީކް ފެނިފައެވެ. ޒީކް ހިނި އައިސްފަ ހުރެ އޭނާގެ ބައްޕަގެ ކުރިމަތީ ހުއްޓުނެވެ. “ކިހިނެތް.. ކޮންއިރަކު.. ކިހާދުވަހަކައް..” ނާޒިލް ސުވާލުތައް ފައްޗަކައް އަމުނާލިއެވެ. އޭރުވެސް އޭނާ ހުރީ ކުޑަ ޝޮކެއްގައެވެ. “ފްލައިޓުން.. 12:00 ހާއިރު.. މަންތެއްވަރަށް..” ހަމަ ނާޒިލް ސުވާލު ކުރިގޮތައް ޒީކް ޖަވާބު ދިނީ އޭނާގެ ބައްޕަ އަށް ވެފަ ހުރިގޮތުން ހިނިއައިސްފަ ހުރެއެވެ. ނާޒިލް އޭނާގެ ދޮށީ ދަރިފުޅު ގައިގައި ބައްދާލިއެވެ.”ބައްޕާ އަޅުގަނޑު ވަރަށް ބަނޑުހައި.. އެ ދޮންބެގަނޑު ބަހައްޓާފަ ހިނގަދާން ކާން” މޫނު މައްޗައް ވައްތަރެއް ޖައްސާލަމުން ޔަލީން ބުނެލިއެވެ. “ޖޭ ވީތަ” ޒީކް ވެސް ދެރަ ނުވާން ވެގެން ބުނެލިއެވެ. ޔަލީން ޒީކް އަށް ލޯ އަޅާލިއެވެ.
އުފާވެރިކަންމަތީ މެންދުރުގެ ކެއުން ނިންމާލާފައި އެންމެން ހަމަޖެހިލީ ސޯފާގައެވެ. “ބައްޕާ މާދަން އަންނާނެ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ” ޒީކް ބުނެލިއެވެ. “އެހެންތަ. އެހެންމަ ތި އެކުވެރިޔާ ހުންނާނީ މިގޭގަ” ނާޒިލް ބުނެލިއެވެ. ނާޒިލް އަށް ވެސް އެނގުނީ ތޯއްޗެވެ. އެއުޅެނީ އެކުވެރިޔާ ގެންނަން ހުއްދަ ހޯދާށެވެ. ޒީކް ވެސް އެކަމާ އެއްބަސްވީ އެއީ އޭނާ ވެސް ބޭނުންވާ ގޮތް ކަމުންނެވެ. ޔަލީން ހިތައް އެރިއެވެ. ކަންތަކާ ޖެހުނީއެވެ. މީނަ އަބަދުވެސް އޮންނާނީ ރައްޓެއްސަކު ގެންނަން ވެފައެވެ. މިފަހަރު ގެންނާނީ ކޮންތާކު ކާކު ކަމެއްވެސް ނޭނގެއެވެ. ޔަލީން ސިހުނީ ޔޫހާ އޭނާގެ ގައިގައި ކޮއްޓާލުމުންނެވެ. “ދޮންތަ ކޮންހާ ވައްތަރެއް މޫނައް ތި ޖައްސަނީ” ޔޫހާ ހިނި އައިސްފަ އިނދެ ބުނެލިއެވެ. “ވައްތަރޭ.. ދޮންތަ ނުޖައްސަން އެއްވެސް ވަތަރެއް” ވަރަށް ނޫންކަމަށް ހަދާފައި ޔަލީން ބުނެލިއެވެ. ޔޫހާ ޔަލީން އަށްވުރެ ކުޑަ ވާނީ އެންމެ ދެއަހަރު ކަމުން ދެކުންދިން ވެސް އުޅޭނީ ވަރަށް އެކުއެކީއެވެ. ޔޫހާ ހިނިގަނޑެއް ޖަހާލާފައި ދޮންތަ ކާކުގެ ހިޔާލެއްގަހޭ ބުނެލިއެވެ. ޔަލީން ޔޫހާ އަށް ލޯ އަޅާލިއެވެ.
(ނުނިމޭ)

Share Article

Follow Me Written By

secrettimer

Level 1

Other Articles

Previous

ހައިވޭ

Next

ބްލަޑް 2 (4)

Next
November 4, 2024

ބްލަޑް 2 (4)

Previews
November 3, 2024

ހައިވޭ

4 Comments!

  1. Ghost girl 👻 says:
    November 4, 2024 at 12:52 pm

    Masha Allah vrh interesting mi story … when’s next I hope vrh avahah kiyaalan libeyne kmh 🫶🏻

  2. ❤️ says:
    November 4, 2024 at 12:56 pm

    Heyy yuu
    This vhk is really good
    Waiting for the next episode 🫶

  3. Cutie girl says:
    November 4, 2024 at 5:50 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up

  4. Liyaa says:
    November 6, 2024 at 5:11 pm

    Masha allah it’s soo good keep it up
    Can’t wait read next part 🫶🏻

Comments are closed.



All Right Reserved!