Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޔަލީން (2)

secrettimer Level 1
November 5, 2024 4 Mins Read
7 Comments

ޔޫހާ ޔަލީން އަށްވުރެ ކުޑަ ވާނީ އެންމެ ދެއަހަރު ކަމުން ދެކުދިން ވެސް އުޅޭނީ ވަރަށް އެކުއެކީއެވެ. ޔޫހާ ހިނިގަނޑެއް ޖަހާލާފައި ދޮންތަ ކާކުގެ ހިޔާލެއްގަހޭ ބުނެލިއެވެ. ޔަލީން ޔޫހާ އަށް ލޯ އަޅާލިއެވެ.
*****
ދެން ޔޫހާ ގެ ނަޒަރު ހުއްޓުނީ ޒީކް އަށެވެ. ” ދޮންބެ އަޅުގަނޑައް ގިފްޓެއްވެސް ނުގެނެސްދެ” ތުންކޮޅު އޫ ކޮއްލަމުން ޔޫހާ ބުނެލިއެވެ. “ޔޫއްކޮ އަށް ހީވޭތަ ދޮންބެ ޔޫއްކޮ އަށް ގިފްޓް ނުގެނެސް ހުންނާނެހެން” ޒީކް ބުނެލީ ވަރަށް ލޯބިންނެވެ. “ހަމަ ޔޫއްކޮ އަށް ވީމަ ” ޔަލީންވެސް ބުނެލީ ތުންކޮޅު އޫ ކޮއްލަމުންނެވެ. ޔަންހާ އާއި ނާޒިލް އަށް ހިނިތުންވެވުނީ މިއީ ކުޑައިރު ވެސް މި ކުދިން އުޅޭގޮތް ކަމުންނެވެ. އަބަދުވެސް އޮންނާނީ ކަމަކާ ދެބަސް ވެފައެވެ. ހާއްސަކޮށް ޒީކް އާއި ޔަލީންއެވެ.
އަނެއް ދުވަހު އިރު ފެނުން ތޮޅިލީ ދުނިޔެމަތި ބަނަކުރަމުންނެވެ. ޔަލީން އަށް ހޭލެވުނީ 8:15 ވަނިކޮށެވެ. ޔަލީން އަކީ ބަންދު ދުވަސްތަކުގައި ވެސް މާ ގިނައިރު ނިދާ ކުއްޖެއް ނޫނެވެ. އެންމެ ލަސް ވެގެންވެސް ނިދަނީ 7:30 ވަންދެނެވެ. ނަމަވެސް މިއަދު ފަތިސް ނަމާދު ކޮއްގެން އެހެން ބަންދު ދުވަސް ތަކެކޭ އެއްފަދައިން ޔަލީން ނިދާލީ ހަމަ 7:30 އަށް ފޯން އެލާމް އަށް ލާފައެވެ. ނަމަވެސް ޔަލީން އަށް މިއަދު ތަންކޮޅެއް ގިނައިރު ނިދުނީއެވެ. ލަހުން ހޭލެވުނީތީ ޔަލީން ކުދި ކިޔަމުން ގޮސް ފާހާނާ އަށް ވަނެވެ.
ޔަލީން ބަދިގެ އަށް ދިޔައިރު ޔަންހާ ސައި ތައްޔާރުކޮށް ނިންމާލަނީއެވެ. “މަންމަ ކީއްވެ އަޅުގަނޑައް ނުގޮވީ” ޔަލީން ޝަކުވާ ކޮށްލިއެވެ. “ދަރިފުޅު ނިދާލަންވެސް ވާނެނު” ޔަންހާ ޔަލީން ގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. “އެކަމް މަންމަ އެކަނި ހުރިހާކަމެއް ކޮށް ތި ނިންމާލީ.. ޝާޒްދައްތަ އެއްވެސް މިއަދު ނެތެއްނު މަންމަ އަށް ހެލްޕް ވާކަށް” ޔަލީން ބުނެލީ ދެރަވެލާފައެވެ. ޝާޒް އަކީ ގޭތެރޭގެ ކަންކަން ކުރުމަށް ނާޒިލް ހަމަ ޖައްސާފައިވާ ނޯކަރެވެ. ޔަންހާ އަކީ ނަރުހެއް ކަމުން ގިނަ ވަގުތު އުޅޭނީ ހޮސްޕިޓަލްގައެވެ. އެހެންނަމަވެސް ގޭގައި ޔަންހާ އުޅޭ ވަގުތެއްނަމަ ޝާޒް ހަމަ އެކަނި ޖެހޭނީ ޔަންހާ އަށް އަތްގާތް ކޮށްދޭށެވެ. ޝާޒް އެގޭގައި މަސައްކަތް ކުރާތާ މިހާރު ފަސް އަހަރު ވެދާނެއެވެ. ޔަލީން މެންވެސް ޝާޒް ދެކެނީ ދައްތައެއް ގޮތަށެވެ. ކޮންމެ ހުކުރު ދުވަހަކީ ޝާޒް އަށް ޗުއްޓީ ދުވަހެއްގެ ގޮތުގައި ދީފައި އިންނަ ދުވަހެވެ. ނަމަވެސް ބުރާސްފަތި ދުވަހު ޝާޒް ބަލިކޮށް އުޅުމުން ޔަންހާ އެދުނީ ހޮނިހިރު ދުވަހު ނަޔަސް އެންމެ ރަނގަޅު ކަމުގައެވެ. އެއީ ޝާޒް އަށް އެ ދެ ދުވަހު ކުޑަ ނަމަވެސް ރެސްޓެއް ދިނުމަށެވެ. “ލީން ދޭބަ ޔޫއްކޮ އާއި ދޮންބެ އަށް ސައިބޯން ގޮވަން” ޔަންހާ ބުނެލިއެވެ. އެވަގުތު ވީ ނާޒިލް އޮފީހައްދާން ތައްޔާރު ވެގެން ސައިބޯން އައި ވަގުތަށެވެ. ޔަލީން އޭނާގެ ބައްޕަ އަށް ހިނިތުންވުމެއް ދިނުމައްފަހު ދިޔައީ ޔޫހާ އާއި ޒީކް އަށް ގޮވުމަށެވެ. ޔަލީން ސިޑީގެ ހަރުފަތްތައް ގިރާ ކުރުމަށްފަހު ފުރަތަމަ ދިޔައީ ޔޫހާ އަށް ގޮވުމަށެވެ. އެއީ ފުރަތަމަ އިނީ ޔޫހާގެ ކޮޓަރިކަމަށްވީތީއެވެ. ޔަލީން ގޮސް ޔޫހާ ގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލަން ނަގާލި އަތް ތިރިކޮށްލީ ޔޫހާ ކޮޓަރި ދޮރު ހުޅުވާލުމުންނެވެ. “ދޮންތަ” ހިނިތުންވުމަކާއެކު ޔޫހާ ގޮވާލިއެވެ. “ހެހެ ހޭލީ ދޯ.. ދޮންތަ މަންމަ ބުނެގެން ސައިބޯން ގޮވަން މި އައީ” ޔަލީންވެސް ބުނެލީ ޔޫހާ އަށް ހިނިތުންވުމެއް ދެމުންނެވެ. “ދޭ ތިރިއަށް. ދޮންތަ މި ދަނީ އެ ދޮންބެގަނޑަށް ގޮވާފަ” ޒީކް ގެ ކޮޓަރި ހުންނަނީ ޔޫހާގެ ކޮޓަރިއާއި ޖެހިގެންކަމުން ޔަލީން ގޮސް ޒީކް ގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލިއެވެ. ދެތިންބުރު ޓަކި ޖެހުމުންވެސް ދޮރު ނުހުޅުވުމުން މަޑު މަޑުން ތަޅުގައި ހިފާލި އިރަށް ފަސޭހަ ކަމާއެކު ދޮރު ހުޅުވުނެވެ. ޒީކް އޮތީ ގަދަ ނިދީގައެވެ. ޔަލީން ހިތައްއެރިއެވެ. މި ފަހަރު ރަނގަޅު ލަނޑެއް ދޭނަމެވެ. އެހެން ހުއްޓާ ޔަލީންގެ ލޮލުގައި އަޅައިގަތީ ޒީކް ގެ އެނދުކައިރީ ސައިޑް ކަބަޑުމަތީ ހުރި ފެން ޖަގެވެ. ޔަލީން މަޑު ފިޔަވަޅު ތަކެއްގައި ގޮސް ފެން ޖަގު ނަގާ ޒީކްގެ މޫނު މައްޗައް އެ އޮއްސާލިއެވެ. ޒީކް ފުންމައިގެން ތެދުވިއެވެ. ޒީކް އަށް ވީ ގޮތް ފެނި ޔަލީން އަނގަމަތީ އަތް އަޅާފައި ހޭން ފެށިއެވެ. ޒީކް އަށް އެއީ ޔަލީންގެ ކަމެއްކަން އެނގުމުން ޔަލީން އަށް ދެލޯ އަޅާލިއެވެ. ޔަލީން އަށް ދެން ފެނުނީ ޒީކް އެނދުން ތެދުވާތަނެވެ. އެހެންކަމުން އަވަހަށް އެ ކޮޓަރިން ނުކުތުމަށް ދުއްވައިގަތެވެ. ފަހަތުން ޒީކް ވެސް ދުވެފައި އާދެއެވެ. ދުވަމުން ސިޑިން ފޭބި ޔަލީން އަށް އެރުނީ ޔަލީން ލަސްވެގެން ކޮބައިތޯ ބަލަން އައި ޔަންހާގެ ކުރިމައްޗަށެވެ. އެހެންކަމުން ޔަންހާ އަށް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ ޔަލީން ގޮސް ވަނީ ޔަންހާގެ ފުރަގަހަށެވެ. ޔަންހާ ހުރީ މިވަނީ ކީއްކަން ނޭނގިފައެވެ. ދެން ފެނުނީ ދުވަމުން ސިޑިން ފައިބައިގެން އަންނަ ޒީކްއެވެ. ޔަންހާ ހިތައް އެރިއެވެ. އަނެއްކާ މިއުޅެނީ ކޮންކަމެއް ކޮއްގެން ބާވެއެވެ. ދެން ޔަންހާގެ ލޮލުގައި އަޅައިގަތީ ޒީކްގެ ތެމިފައިވާ އިސްތަށިގަނޑެވެ. “ދަރިފުޅު އިސްތަށިގަނޑު ހާދަ ތެތް ކޮށްލައިގެން” ޔަންހާ އެހިސާބައް އަރާ ހަމަވި ޒީކް އަށް ބުނެލިއެވެ. އިސްތަށިތައްވަނީ ލޯ ވެސް ނުފެންނަ ވަރަށް ނިތްމައްޗައް ވެރިފައެވެ. “މަންމަ މި ލީން އަޅުގަނޑު ނިދާފަ އޮއްވަ މޫނަށް ފެން އެއްޗެއް އޮއްސާލީމަ ވާނީ މިހެނެއްނު” މޫނު ކުނިކޮށްގެން ހުރެ ޒީކް ބުނެލިއެވެ. ޒީކް ހުރި ގޮތުން ޔަންހާގެ އިތުރުން ޔަލީން އަށް ވެސް ހެވުނެވެ. “އަވަހަށްދޭ ފެންވަރާ ހަދައިލައިގެން ސައިބޯން އަންނަން” މިހެން ބުނެ ހިނިއައިސްފަ ހުރެ ޔަންހާ ދިޔައީ ކާގެއާ ދިމާލަށެވެ. ޒީކް ވެސް ޔަލީން އަށް ލޯ އަޅާލާފައި ދިޔައީ މިއަދު އަދި އިޝާން ބަލާ އެއަރޕޯޓް އަށް ދާން ޖެހޭނެކަން ހަނދާން ވުމުންނެވެ. އިޝާން އަކީ ޒީކް އާ އެއްކޮލެޖެއްގައި ކިޔަވަން އުޅޭ ކުއްޖެކެވެ. އިއްތިފާގުން ދެމީހުން ވެސް ކިޔަވަނީ އެކައްޗެކެވެ. އިޝާން އަކީވެސް ދިވެހި ކުއްޖެއް ކަމުން ދެމީހުންގެ މެދުގައި އެކުވެރިކަން އުފެދުނީއެވެ. އިޝާން ޒީކް އަށްވުރެ ދެ އަހަރު ކުޑަ ނަމަވެސް ދެމީހުންގެ މެދުގައި ވަނީ ގާތް އެކުވެރިކަމެއް އުފެދިފައެވެ.
ތުނި ތުނިކޮށް ވެހެމުން ދިޔަ ވާރެއަށް ޔަލީން ނިކުމެލިއެވެ. މިއީ ޔަލީން ވަރަށް ކުރާހިތްވާކަމެއް ނަމަވެސް މިކަހަލަ ފުރުސަތެއް ލިބޭނީ މަދު ފަހަރަކުއެވެ. މިއީ ޔަލީން ގެ ކިޔެވުމުގެ ވަރަށް މުހިންމު އަހަރެކެވެ. އެހެން ކަމުން ބޮޑަށް އިސްކަންދެނީ ކިޔެވުމަށެވެ. ގޭގައި ޔަލީން އާއި ޔޫހާ ފިޔަވާ އެކަކުވެސް ނެތެވެ. ޔަންހާ ދިޔައީ ހޮސްޕިޓަލުން ގުޅުމުންނެވެ. ނާޒިލް ވެސް ވީ އޮފީހުގައެވެ. ދެން ޒީކް ދިޔަތަނެއް ޔަލީން އަކަށް ނުވެސްއިނގެއެވެ. ޔޫހާ ގާތު ދޮންތަ އާއެކު ވިއްސާރަ ތެމެން ބުނުމުން މާދަމައަށް ޕްރޮޖެކްޓް އެއް ނިންމަނީއޭ ބުނެ ނައެވެ. އެހެންކަމުން ޔަލީން އެކަނި ވިއްސާރަ ތެމެން ނިކުމެލީއެވެ. ތުނި ތުނިކޮށް ވެހެންފެށި ވާރޭ ބޯކޮއްލީ ހަމަ ކުއްލިއަކަށެވެ. ޔަލީން މުޅި ބަގީޗާ ތެރޭ ދުވެ ދުވެފައި އަނެއްކައި ވެސް ވިއްސާރަ ތުނިކޮށްލުމުން މިސްރާބު ޖެހީ ގެއަށް ވަނުމަށެވެ. ޔަލީން ހުރީ ވެސް ކުޑަކޮށް ހީގަނެފައެވެ. ނޭފަތައްވެސް ވަނީ ރަތްކަމެއް ވެރިވެފައެވެ. ޔަލީން އަވަހަށް ގެއަށް ވަންނަން އުޅެނިކޮށް މީހެއް ގައިގައި ޖެހި ވެޓެން ދިޔައެވެ. ޔަލީން އަށް ދެލޯމަރާ ބާރުކޮށްލެވުނީ ވެއްޓުނީމަ ވާނެ ތަދު ހިތައް އެރުމުންނެވެ. ނަމަވެސް ބާރުގަދަ އަތަކުން ޔަލީން ވެއްޓުނަ ނުދީ ހިފަހައްޓާލިއެވެ. ޔަލީން ފުރަތަމަ ހުޅުވާލީ އެންމެ ލޮލެކެވެ. ދެވަނަ ސިކުންތުގައި ފެނުނީ ދެލޯ ބޮޑުކޮށްލައިގެން އޮއްވައެވެ. ޔަލީން ވެއްޓުނަ ނުދީ ހިފަހައްޓައިގެން ހުރީ އޭނާ ދުވަހަކު ވެސް ނުދެކޭ ޒުވާނެކެވެ. އެހެން ކަމުން އަތުގަ ހުރި ބާރެއްލާފައި އެޒުވާނާގެ މޭގާ އަތްއަޅާ ކޮއްޕާލިއެވެ. ޔަލީން އެ ޒުވާނާ ކޮށްޕާލީ ވިސްނުމަކާ ނުލައެވެ. އެކަމުގެ ނަތީޖާ އަކައްވީ އެ ޒުވާނާގެ އަތް ޔަލީން ގައިން ދޫވެ ޔަލީން ބިންމައްޗައް ވެއްޓުމެވެ. ޔަލީން ހުރީ ރުޅި އައިސް ރަތްވެފައެވެ. “އަޅެ ބަލައިގެން ހިނގަން ދެލޯ ނެތީތަ.. އެހެން ނޫނަސް ކާކު ހުއްދަ ދީގެން މިގެއަށް ވަނީ” ޔަލީން އެ ނުދަންނަ ޒުވާނާ އާ ދިމާލަށް ދެލޯ އަޅައިގެން އިނދެ ބުނެލިއެވެ.
އިޝާން ކެނެޑާގައި ކިޔަވަން ހުރެފައި ރާއްޖެ އެއައީ ޗުއްޓީއަށެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ ޒީކް އާއެކު އައީ ޒީކް މެން ގެއަށެވެ. ޒީކް ބުނެފައިވާގޮތުން އޭނާ ޗުއްޓީ ނިމެންދެން ހުންނާނީ ޒީކް މެންގޭގައެވެ. ދޮރާށިން ވަދެ ގޭގެ ވަންނަ ދޮރާ ހިސާބައް ގޮސް ޒީކް ދިޔައީ ވިއްސާރަ ވެހޭތީ އަޅައިގެން އައި ކުޑަ, ކުޑަތައް ހުރި ތަނައް ލާށެވެ. އެހެންކަމުން އިޝާން ދޮރުކައިރި މަޑު ކޮއްލީ ޒީކް އަންނަންދެނެވެ. އެހެން ހުއްޓާ ތެމިފޯވެގެން ހުރި އަންހެން ކުއްޖެއް އައިސް އޭނާ ގައިގަ ޖެހި ވެއްޓެން ދިޔައެވެ. އިޝާން އެކުއްޖާ ވެއްޓުނަ ނުދީ ހިފަހައްޓާލިއެވެ. އެކުއްޖާ ފުރަތަމަ އެއްލޯ ހުޅުވާ ބަލާލިއެވެ. ދެން ދެލޯ ބޮޑުކޮށްލާފައި އެކުއްޖާ އެ ގެނައި ހަރަކާތުން އިޝާން ވެސް ކުޑަކޮށް ސިހުނެވެ. އިޝާންގެ މޭގާ އަތްއަޅާ ކޮއްޕާލީއެވެ. ދެން ފެނުނީ އެ ކުއްޖާ ބިންމަތީ އޮއްވައެވެ. އެ ކުއްޖާގެ މޫނައް ބަލާލިއަސް އެ ހުރީ ވަރަށް ރުޅި އައިސްފަ ކަން އިނގޭހާވެއެވެ. ދެން އެ ކުއްޖާ ބުނެލި އެއްޗަކުން އިޝާން އަށްވެސް އެއްޗެކޭ ބުނެނުލައި ނުހުރެވުނެވެ.
(ނުނިމޭ)

Share Article

Follow Me Written By

secrettimer

Level 1

Other Articles

Previous

އަބަދަށްޓަކައި ހިތުގެ ލޯބި (3)

Next

ބްލަޑް 2 (5)

Next
November 5, 2024

ބްލަޑް 2 (5)

Previews
November 5, 2024

އަބަދަށްޓަކައި ހިތުގެ ލޯބި (3)

7 Comments!

  1. Aishath Limsha queen girl says:
    November 5, 2024 at 12:55 pm

    Masha Allah expect kuri varah vure vx maabodah vx reethi can’t wait for the next part 🫶🏻

  2. Tiara says:
    November 5, 2024 at 2:40 pm

    Varah varah reethi mi bai ves

    1. kai says:
      November 5, 2024 at 3:46 pm

      thats true

    2. kai says:
      November 5, 2024 at 3:47 pm

      that’s true

  3. Tiara says:
    November 5, 2024 at 2:41 pm

    Avaha upload kohlla dhyba next part ves can’t wait

  4. Cutie girl says:
    November 6, 2024 at 10:42 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Yaleen and ishaan v gulhey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey

  5. gurrrrl says:
    November 6, 2024 at 5:34 pm

    cant wait naext part when next
    keep it up

Comments are closed.



All Right Reserved!