އަބަދަށްޓަކައި ހިތުގެ ލޯބި (3)
އިވްލީން އެކި ކަންކަމުގައި ހަރަކާތްތެރިވަމުން ދިޔައެވެ. “އިވް..” ފަހަތުން އެ އިވުނީ އިވްލީން އެންމެ އަޑުއަހާލާ ހިތްވާ އަޑެވެ. ފަހަތަށް އެނބުރި ލުމާއެކު އިވްލީން ގޮސް ޖެހުނީ ރާއިލްގެ ތަނަވަސް މޭމަތީގައެވެ.
ރާއިލްއަކި ހަމުގެ ކުލަ އަލި، ފިރިހެން ވަންތަ ހަށިގަނޑެއް ލިބިފައިވާ އެތައް އަންހެން ކުދިންގެ ހިތް ކަތިލަމުންދާ ޒުވާނެކެވެ.
“އިވް ބީ ކެއާފުލް.. ވަރަށް ބިޒީ ދޯ މިރޭ ކުޑަކޮށް ވާހަކަ ދައްކާލަން އާދެވޭނެތަ؟”ރާއިލް އެހެން ބުނުމާއެކު އިވްލީން ވަގުތުން ބޯ ޖަހައިލިއެވެ.
ކާމޭޒުދޮށުގައި ތަށްޓެއް ހިފައިގެން ކާއެއްޗެހި އަޅަން ހުރި އަރީކާ ސިހުނީ ގައިގައި މީހަކު އައިސް ޖެހިލުމުންނެވެ.
“ސާބަސް ރީނާ ކަލެއަށް.. ތިއަށްވުރެ ބަލައިގެން ވެސް ކަލެއަށް އުޅެވޭނެ ދޯ”އަރީކާގެ އަޑުގައިވަނީ އިންތިހާ ރުޅިވެރިކަމެވެ.
“ސޮރީ ދައްތާ.. ދެން ނުވާނެ އެހެނެއް ކޮބާތަ އިވް؟”
“ނޭނގެ ދެންމެ އުޅުނު މިތާ” އަރީކާގެ އަޑުގައިވި ހިތްހަމަ ނުޖެހުން ރީނާ އަށް ފާހަގަ ކުރެވުނެވެ.
ޕާޓީ އޮތް ސަރަޙައްދާ މާދުރު ނޫން ހިސާބެއްގައި އިވްލީން އާއި ރާއިލް ތިއްބެވެ. ހަނދުވަރުގެ ސާފު އަލިކަމާއި ޖަހައިލައި ރާޅުގެ އަޑު ފިޔަވައި އެތަނުގައި އެއްވެސް އެއްޗެއްގެ ހިލަމެއް ނުވާފަދައެވެ.ދެ ލޯބިވެރިންގެ މެދުގައި އޮންނަ ގުޅުމަކީ އެހެން މީހަކަށް ވަކި ކުރެވޭނެ ފަދަ އެއްޗެއް ނޫނެވެ.
ކުއްލިއަކަށް އިވްލީން ތެދުވިއެވެ.”ރާލް އަޅޭ ކިހިނެއްތަ ދެން ހަދާނީ މަންމަ އޭ މިއޮތް ގުޅަނީ”އިވްލީންގެ އަޑުގައިވި ސީރިއަސްކަން ރާއިލްއަށް ފާހަގަކުރާކަށް މާކަށް ގިނަ އިރެއްނުނެގިއެވެ.
“އިވް ބުނޭ އެއްޗެއް ބަލާ އަންނަން ޖެހިގެން ގެއަށް އައީއޭ އޭރުން އޯކޭ ވާނެ ނަގާދެން ވެސް އަވަހަށް ތި ފޯނު ކެނޑެން ވާއިރަށް”ރާއިލް އެހެން ބުނުމާއެކު އިވްލީން ބަސްއަހާ ކުއްޖެއް ފަދައިން ބުނިގޮތަށް ކަންތައްކުރިއެވެ.
ރީނާ ވިސްނާ ވިސްނާވެސް އަރީކާ އެކަމާއި އެހާ ރުޅިއަންނަން ޖެހޭ ސަބަބެއް ނޭނގުނެވެ.
އަޒަން އައިސް ރީނާ އިން ގޮނޑީގެ ފަހަތުގައި ހުންނަތާ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓް ވެއްޖެއެވެ.
“ރީން ކިހިނެއްވެފަ ތީނި ؟ މަންމަ އެއްޗެކޭ ބުނީތަ؟”ރީނާގެ ކޮނޑުގައި އަތް ބާއްވަމުން އަޒަން ބުނެލީ ނިކަން ލޯބިންނެވެ.
“ނު ނޫން އެއްވެސް ކަމެއް ނުވޭ!” ރީނާ ސިހުނުވަރުން ރަނގަޅަށް އަޑު ވެސް ބޭރެއް ނުވިއެވެ.
ރީނާއަކީ ރާއިލް އާއި ވަރަށް އެއްގޮތް ސިފަތަކެއް ލިބިފައިވާ ކުއްޖެކެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ އެއްބަނޑު އެއްބަފާ ކަމުގެ ގުޅުން ރާއިލް އާއި ރީނާގެ ވަރަށް ވެސް ގާތެވެ.ނަމަވެސް ތަފާތަކީ ރާއިލް އަށްވުރެ ރީނާގެ ހަންގަނޑުގެ ކުލަ މަޑުކަމެކެވެ. ދީނީ ކަންކަމަށް ސަމާލުކަންދިނުމަކީ ރީނާގެ ފަރާތުން އަޒަންއަށް ފެނުނު އެންމެ ކަމުދާ އެއް ސިފައެވެ.
ޕާޓީގެ ކަންކަން ނިމިގެން އީވާންމެން ގެއަށް ޖަޒްލީއަށް ދެވުނު އިރު ގަޑިން 1 ގަޑި ބައި ވަނީއެވެ. ޕާޓީގައި ގިނަ ވަގުތު ކޮޅަށް ހުންނަން ޖެހުމުގެ ސަބަބުން ވަރުބަލިވެފައި ވާތީ އެންމެ ފުރަތަމަވެސް ނިދުނީ އީވާންއަށެވެ.
ހެނދުނުވުމާއިއެކު އިވްލީންގެ ކޮޓަރީގެ ދޮރުގައި އަރީކާ ޓަކި ޖެހިއެވެ.”ދަރިފުޅާ ސައިބޯން ނިކުމޭ އަވަހަށް!” ލައްބަ އޭ ބުނެ ޑިއުޓީއަށް ދިއުމަށް ތައްޔާރުވެ ނިމިފައި ހުރި އިވްލީން އެންމެ ފަހު ކަމަކަށް ސައިޑް ޓޭބަލް މަތީގައި އިން ހޭންޑްބޭގު ނަގައި ބޫޓަށް އެރުމަށްފަހު ބޫޓުގެ ނާޑަވާ ފުރާލިއެވެ.
އިވްލީންއަކީ ރެޖިސްޓަރޑް ނަރުހެކެވެ .އިވްލީންގެ ހަށިގަނޑުގައި އާދަޔާ ޚިލާފަށް ރީތި ބައްޓަމެއް އެކުލެވިގެންވެއެވެ. އިވްލީންގެ ބައްޕަ އިވްލީން ދެކެ ވަނީ އެހެން މީހަކަށް ދެވޭވަރުގެ ލޯތްބެއް ނޫނެވެ.
ފިހާރައިން ނިކުތް އަރީކާ އެ ޖެހުނީ އަނެއްކާވެސް ރީނާ ނޫން ދެވަނަ ދެމީހެއްގެ ގަޔަކުނޫނެވެ.
“އަނެއްކާ ކަލޭ؟ ކިހާބޮޑު ވެއްޖެ އުނދަގުލެއް ދެން މީ މަށަށް ޖެހިފައިއޮތް…. ކަލޭތި ހީވަނީ މަށާއި ފާރަލަމުން ދުވާހެން!” އަރީކާގެ ރުޅި އިތުރުވާގޮތްވީ ރީނާގެ ގައިގައި ދެވަނަ ފަހަރަށް ޖެހުމުންނެވެ. މަންޒަރު ބަލަން ދުރުގައި އެހެން މީހަކު ހުރިކަމެއް ދެމީހުން ކުރެ އެކަކަށް ވެސް ނޭނގެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.





This part is all so very nice can’t wait for the next part
Thank yu lovely girl🫶🏻
Kon ireh mhr lovely girl ge comment eh feneytho hoadhaathaa ❤️
Next part vrh avahah genesdheveythw alhugandu eba massaikaiy kuran😊
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Evleen and raail v gulhey
They both are made for each other
Anehka kaaku huree balan
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Ithuru hiy vareh milibuni story avahah genesdheyn cutie girl ge comment aa eku🥹 inshallah readers maa Gina iraku inthizaaru kuraakah nubai thihbaanan🫶🏻 dhen oiy episode thankolheh dhigukoh genesdheveythw alhugandu eba balan thanks again cutie girl🥰
cant wait when next part?
Thanks 🫶🏼 vrh ufaavey story kiyaalaafa comment eh kohlaathee I hope all reader’s will do the same .. rangalhu kohlan kameh inas buneladheefiyyaa vrh ufaa vaane 🥰🫂
Next part kudakoh delay viyas dhigu koh genesdheynan inshallah ekm alhugandu veehaa vx avaheh kohdheynan readers nujeheyne inshallah maa Gina iraku thibeykah❤️