ޙަޤީޤަތް ހޯދުމޭ 27
އަހަރެން ވިސްނާނުލާ ހުއްޓާ އާހިލް ދެން ކޮށްލި ކަމަކުން ދެލޯ ބޮޑުކޮށްލެވުނެވެ. މުޅި ހަށިގަނޑު ތެރޭގައި އެޑްރިނާލިންގެ އޮއިވަރެއް ދަތުރު ކޮށްލިކަމުގެ އިހުސާސް ކުރެވުނެވެ. އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އޭނާ އަހަރެންގެ ފައިގައި ދަތި އަޅުވާލާ ސޯފާ އިން ތިރިއަށް ވައްޓާލީއެވެ. ވެއްޓުމުގެ ކުރިން އަހަރެންގެ އުނަގަނޑުގައި އަތް އަޅުވާލާ އޭނާގެ މޫނު ކައިރި ކޮށް ހަތަރު ކަޅި ހަމަކޮށްލީއެވެ. އެ ފުން ދެ ލޮލުން ދައްކައިދެނީ ނުރައްކާތެރި ކަމެވެ.
އެގޮތަށް ހުރެ އޭނާ އަހަރެންގެ އަތުގައި އޮތް ވަޅި ނަގާ ދުރަށް ހޫރާލިއެވެ. ދެން އަތް ގެނައީ އަހަރެންގެ ކަނދުރާއާ ދިމާއަށެވެ. އަހަރެންގެ ކަރުގައި އޮތް ރަން ފަށް ނައްޓުވާލާ އެ ނަގާ ލީ ތަނެއް ވެސް ނޭނގެއެވެ. އަހަރެންގެ އުނަގަނޑުން އަތް ދޫކޮށްލީ ދެނެވެ. ސީދާކޮށްލައިފައި ދޫކޮށްލި ކަމުން ނުވެއްޓުނެވެ.
“ޔޫ ސްޓޫޕިޑް ވިއާޑް އެނޯއިން ކެޓްގަނޑޫ.” އަހަރެންގެ އަޑަށް ބާރުލައިފައި ބުނި ޖުމްލައިން ތަނަށް ގުޑުން ވެސް އަރައިފާނެއެވެ. “ކާކު ހުއްދަ ދިނީ މަ ގައިގަ އެހާ ވަރަށް އަތްލަން. މި ފިރިހެނާއަށް ގޮތްފޮތް ވެސް ނޭނގެނީއޭ. ނުޖެހެ ދޯ އެހެން ހަދާކަށް.” އަހަރެން އޭނާއާއި މޫނު ގާތް ކޮށްލައިފައި ދަތްކުނޑި ވިކާލީމެވެ. މިހާރު އަހަރެންގެ ރުޅިގަނޑު ހުރި ސަތޭކައިގައެވެ. ކާޓުނެއް ނަމަ މިހާރު އަހަރެންގެ ދެ ލޮލުން އަލިފާން ކަނި ވެސް ބުރާނެއެވެ. “އޮހޯ… އަހަރެންނާއި މިހާ ކައިރީގައި ހުންނަން ބިރެއް ނުގަނޭތަ. މި ހިސާބުގައި ހުރެގެން އަހަރެންނަށް ކުރެވޭނެ އެހެން ކަންކަން ވެސް ހުންނާނެ.” އާހިލް އޭނާގެ މޫނު އަހަރެންނާއި ދިމާއަށް ތިރިކޮށްލިއެވެ. ބުނި އެއްޗެއް ފަހުމް ވުމުން އަހަރެން ތެޅިގަނެފައި ފަހަތަށް ޖެހުނީމެވެ.
“ހެހެހެ… ގެޓު ވެއްޖެ ދޯ!” ހިނިގަނޑެއް ޖަހާލަމުން އާހިލް އަހަރެންނަށް ތޫނު ނަޒަރެއް ދިނެވެ. “ގެނޭ މަ ފަށް” އަހަރެން އޭނާއަށް ކަޅި އަޅާލީމެވެ. “ކީއްކުރަން. މަ ފްރީޒް ކޮށްލަން.” އޭނާ ސޯފާގައި އިށީންނަމުން ބުނެލިއެވެ. އަހަރެން ސިހުނެވެ. އޭނާއަށް އެކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ ގައިމު ވެސް ނައިލެއް ރަވާނެއް ނުބުނާނެއެވެ. ހޫދާއި އެ ދެމީހުންނަކަށް ވެސް އެއީ ކޮން އެއްޗެއް ކަމެއް ނޭނގޭނެއެވެ. އެއީ އަހަރެންނަށް މަލަކު ދިން އެއްޗެއް ކަމަށް ވިޔަސް ދެން ތިބި މީހުން ގާތު ނުބުނެ އާހިލް ގާތަކު ނުބުނާނެއެވެ. ދެން ކިހިނެއް ހެއްޔެވެ؟
“މަށަށް އެނގެޔޭ އެ ފަށު ފުލަށް ލައްވާފައި އޮތީ ފްރީޒް ނީޑްލް އެއް ކަން.” އޭނާއަށް އަހަރެންގެ ހައިރާންކަން ދެނެގަނެވުނީއެވެ. ހިތުގައިވީ ސުވާލަށް ވެސް ޖަވާބު ދީފިއެވެ. “ކިހިނެއް ކަލެއަށް އެނގުނީ؟” އަހަރެންގެ އަލިފާން ރުޅިގަނޑު ވެސް ހުލިވި ކަހަލައެވެ. ވާހަކަ ދެއްކީ ރީތިކޮށެވެ. “ކަލޭ އަށް ވުރެ ވިސްނުން ތޫނުވީމަ. އަސްލު ބްލޫ އައި ސްޓޯކާގެ ވިސްނުން ހާދަ ކޮށްޓޭ. ހިންޏެއްގެ ސިކުނޑި އެއްހާ ކުޑަ ސިކުންޑިއެއްތަ އޮތީ.” މަލާމާތުގެ ރާގަކަށް އަނެއްކާވެސް އާހިލް ފަށައިފިއެވެ. “އާރގް! މަ ނޫޅެން ކަލޭ އާއި ހިފަން މިތާ ހުންނާކަށް.” އަހަރެން ދެބުމަ ގޮށް ޖަހާލަމުން ކޮޓަރިއަށް ދާން އުޅުނީމެވެ. “އަވަހަށް ދޭ. މަށެއް ނުބުނަމޭ އުނދަގޫ ކުރަން މިތާ ހުންނާކަށް.” އަނެއްކާ ފަހަތުން ޖަހައިފިއެވެ.
“އައި ހޭޓް ޔޫ. އައި ވެރީ މަޗް ހޭޓް ޔޫ ސްޓޫޕިޑް އެނޮއިން ކެޓް.” އަހަރެން ދަތްކުނޑި ވިކާލަމުން ބުނެލީމެވެ. “އައި ހޭޓް ޔޫ މޯސްޓް މިސިސް ބްލޫ އައި ސްޓޯކާ! ދެން ވެސް މިތަނުން ދުރަށް ދޭ ބަލަ!” ސިކުންތު ކޮޅެއް ވެސް ލަސްނުކޮށްލާ އޭނާ ބުންޏެވެ.
އަހަރެން ކޮޓަރިއަށް ވަދެ ދޮރު ޖެހީމެވެ. ދެން ގޮސް ބަންޑުން އެނދަށް ވެއްޓިގަތީމެވެ. މި އާހިލާއި ހެދި އަހަރެން ހުންނަނީ ބުއްދި ގޯސްވާ ވަރު ވެފައެވެ. އަހަރެން ފޯނު ނެގީ އެ ހާވާލުމުގެ ނިޔަތުގައެވެ. އެހެން އޮވެފައި ތެދުވެލީ ނަމާދު ކުރާށެވެ. ނަމާދު ކޮށްގެން ދެން ނުކުތީ ކާށެވެ. ހޮޓެލުން ކާން ގެނެސްފައި ހުރީ ފްރައިޑް ރައިސް އާއި ކުޅި ނޫޑުލީހެވެ. އަހަރެން ނޫޑުލިސް ކޮޅެއް ތަށްޓަށް އަޅައިގެން ކާން އިށީނީމެވެ. އަދި އަނެއް ދެ ސޮރެއް ކާކަށް ނާދެއެވެ. އެމީހުން ނެތުމުން އަހަރެންނަށް ހަމަޖެހިލައިގެން ކާލެވުނެވެ.
ކައިގެން އަހަރެން އުޅުނީ ލައިލާގެ ގެއަށް ދާށެވެ. އަހަރެން ފުރާ ވާހަކަ އަދި އޭނާގެ ގާތަކު ނުބުނަމެވެ. މިފަހަރު ދިޔައީ މުށިކުލައިގެ ހުޑީއަކާއި ޖިންސެއްގައެވެ. އެ އެޕާޓްމަންޓަށް ދިޔައީ ލޭންޑް ކެޕްސޫލްގައެވެ. އާނ ދެން ހަކަތަ ބޭކާރު ކުރަން ހިނގައިފައި ދާކަށް އަހަރެން މިއީ މޮޔައެއް ނޫނެވެ.
ލައިލާގެ އެޕާޓްމަންޓުގެ ބެލް ޖަހާލުމާއި އެކު އޭނާ ދޮރު ހުޅުވާލިއެވެ. “ގަޑި އޮޅުނީތަ؟ ހަތަރެއް ޖަހާއިރަށޭ އަންނަން ބުނީ.” ލައިލާ ބުނެލިއެވެ. “މިއަދު ހަވީރުން ފެށިގެން ވަރަށް ބިޒީ ވާނެއްނު. މާދަމާ އަދި އުޅެންޖެހޭނީ ނޭވާ ނޭފަތުން ނުލާ. ނެތެންނު ފެއާވެލް ކިޔާލަން އެހެން ވަގުތެއް.” އަހަރެން ނުސީދާ ގޮތަކަށް ބުނަން އައި ވާހަކަ ބުނެލީމެވެ.
“ފެއާ ވެލް އޭ. ކާކު ދަނީތަ؟” ސޯފާގައި އިށީންނަމުން އޭނާ އަހާލިއެވެ. “އަހަރެންނޭ ދަނީ. މާދަން ނޫން އަނެއް ދުވަހު ފުރަން. އެހެން ވީމާ ފެއާވެލް ކިޔާލަން ވާނެއްނު.” އަހަރެން ވެސް ސޯފާގައި އިށީނީމެވެ. “ހެހެހެ… ރިފް ކުރާ ސަމާސާތައް ހަމައެއް ނުޖެހޭ.” ލައިލާ ހުރީ އެކަން ޤަބޫލުކުރާ ކަހަލަ ގޮތަކަށް ނޫނެވެ. “އަހަރެން ސަމާސާއެއް ނުކުރަމޭ. އަސްލުގައި ވެސް ހަމަ ދާން. މާދަމާ އަކީ އަހަރެން ވަޒީފާއަށް ނުކުންނަ ފަހު ދުވަސް. ވަގުތީ ގޮތުންނެއްނު އަހަރެން ޖޮއިން ކުރީ ވެސް.” އަހަރެން އިތުރަށް ތަފްސީލު ކޮށްލަދިނީމެވެ. އޭނާއަށް އަހަރެންގެ މޫނު މަތީގައި ވީ ސީރިއަސްކަން ނަގައިގަނެވުނީ ކަމަށް ވެދާނެއެވެ.
“އަޅޭ! ހަމަ އަސްލަށް ޔޫ އާރ ލީވިން. ވައީ. ޔޫ ވާރ ސަޗް އަ ރަނގަޅު ފްރެންޑް. ޑޯންޓް ލީވް މީ އެލޯން މިހާރު.” އަހަރެން ދާ ވާހަކަ ބުނުމުން ލައިލާ އަށް އޭނާއަކީ ދިވެހި މުދައްރިސެއް ކަން ވެސް ހަނދާން ނެތުނީ ތޯއްޗެއެވެ. އިނގިރޭސި ބަހާއި ދިވެހި ބަހުން ވަރުގަދަ މަސްހުނިގަނޑެއް ހަދާލައިފި ވިއްޔާއެވެ. ގާތަށް އައިސް ބައްދާލި ގޮތަށް ދޫކޮށްލަން ވެސް ނޫޅުނެވެ.
“ދެން ހެވޭ ލައިލީ! އަހަރެން ދިޔަޔަސް ކީއްތަ ލައިލީގެ ޝާން ހުއްޓާ. އޭނާ ވަރަށް ރަނގަޅަށް ލައިލީ ބަލާނެއޭ. ތި ދެމީހުން މާ ފޮޅުވާފަ ޑޭޓްތަކަށް ގޮސްފަ ވެޑިން އަށް ތައްޔާރީތައް ވެވޭނެއެއްނު. ދެން މެރީ ކޮށްލާފަ ތުންގުޅާލައިގެން ރޮމޭންޓިކް ނައިޓްތައް. ނޯ ތާރޑް ވީލްސް.” ރަވާނުމެންގެ ސަކަ ސިފަ އަހަރެންގެ ގައިގައި ވެސް ރަނގަޅަށް ހަރުލީ ކަމަށް ވެދާނެއެވެ.
“ދޭންންން! ރީފް. ތިހެން ނުކިޔަބަލަ.” ލައިލާ ލަދުން ގޮސް މޫނު ރަތް ޓޮމާޓޯ އެއްހާ ރަތްވިއެވެ. “މަށަކީ މޫދު އަޑީގައި އޮންނަ ފަރެއް ނޫނޭ. ނޮޓް ރީފް. އިޓްސް ރިފް. ދެން ބަލާބަލަ. މިހާރު ވެސް އެ ބްލަޝްވީ. އެންޑް ދެ ހަފްތާ ފަހުން ވައްޓާލާނަމޭ ތި ދެމީހުންގެ ވެޑިން އަށް.” ލައިލާ މޫނަށް އިޝާރާތް ކޮށްލައިފައި އަހަރެން ބުނެލީމެވެ. ދެން ވެސް އެކަހަލަ ތާކުން ތާކު ނުޖެހޭ ސަކަރާތް ޖަހަން އަހަރެމެން ތިބީ ޚިޔާލެއް ފިކުރެއް ނެތިއެވެ.
ހަވީރު ވުމާއެކު މުދައްރިސުން އަންނަން ފެށިއެވެ. ދެން ވެސް ފެށީ އެނެވާސަރީއަށް ކުރަން ޖެހޭ މަސައްކަތެވެ. އަހަރެން އުޅުނީ އައިސް ކްރީމް ރޯލްސް ހަދާށެވެ. ލައިލާ ސްޓްރޯބެރީ ޗީޒްކޭކު އަޅާށެވެ. މާއިން ސޮރު އުޅުނީ ކަޕްކޭކު އަޅާށެވެ. ފައިނާ އުޅުނީ މެކަރޯނީ ހަދާށެވެ. ސިލްވިޔާ ޗޮކްލެޓް ޓްރަފްލްސް ހެދުމައިގެން އުޅުނެވެ. އަޔާޝް އުޅުނީ ބްރައުނީ ހަދާށެވެ. އެންމެން ވެސް ފޯރިއާއެކު ފޮނި އެއްޗެހި ހަދަނީއެވެ.
އެ މަސައްކަތް ގަނޑުން ބޯ ދަމައިގަނެވުނީ ރޭގަނޑު ނުވައެއް ޖަހާ ދިހައެއް ވެސް ޖެހި ފަހުންނެވެ. “ވާހް. ވަރުގަދަ ދުވަހެކެއްނު.” ލައިލާގެ އަރާމު ސޯފާއަށް ވެއްޓިގަންނަމުން އަހަރެން ބުނެލީމެވެ. “އޭ ދެން ގެއަށް ދަނީ އިނގޭ.” ބުރަކަށި ސީދާކޮށްލަމުން އަހަރެން ތެދުވީމެވެ. “އަހަރެން ދާނަން ރިފް ހޮޓެލަށް ލާން.” ލައިލާ ވެސް އަހަރެންނާއި އެކުއެކީ ހެން ތެދުވިއެވެ.
“އޭ ނޯ! އޭރުން ލައިލީ އެކަނި އަންނަން ޖެހޭނީ. މަޑުކުރޭ. އަހަރެންނަށް އެކަނި ދެވިދާނޭ.” އަހަރެން ދެކޮޅު ހެދީމެވެ. “ނޫނޭ! ރިފް ކަހަލަ ކުޑަކުދިން ރޭގަނޑު އެކަނި ގެއަށް ފޮނުވާލާކަށް ނުވާނެއްނު.” ލައިލާ ހަމަ އަހަރެން އެކަނި ދިޔަޔަކަ ދޭކަށް ހިލާ ނޫޅުނެވެ. އަހަރެންނަށް އޭނާ ނުހުއްޓުވޭނެކަން އެނގޭތީ ފިރުޝާނަށް ގުޅާލީމެވެ. މި ކޮއި އެކަނި ގެއަށް ފޮނުވާ ނުލާ ވާނީ އެހެން ހަދައިގެން ވިއްޔާއެވެ.
“އައްސަލާމު ޢަލައިކުމް. އޭ ފިރުއްޓޭ! ހިނގާ ބަލަ އަހަރެން އުޅޭ ހޮޓެލަށް ދާން. މި ލައިލީ އަހަރެން ގޮވައިގެން ދާނެ ކަމުގެ އަމުރު ނެރެފި. އެ ކުއްޖާފުޅު އެކަނި ގެއަށް ފޮނުވާލާކަށް ނުވާނެ.” އަހަރެންގެ އެދުމަށް ފިރުޝާނު ވަގުތުން އެއްބަސް ވިއެވެ.
އޭނާ އައުމުން އަހަރެމެން އެ ހޮޓެލަށް ދިޔައީ އޭނާގެ ކާރު ގައެވެ. އަދި ހޮޓެލް ކައިރިއަށް މަޑުކޮށްލައިގެން ވެސް ފުދުނީއެއް ނޫނެވެ. އުޅުނީ އަހަރެން އުޅޭ ތަނަށް އަރާށެވެ. އަހަރެން ދެކޮޅު ހެދީމެވެ. އެ މީހުންގެ ފޮނުވާލެވުނީ ޙާލަކުންނެވެ. އެންމެ ފަހުން އަހަރެން އެތެރެއަށް ވަންނަން ދިޔައީމެވެ. އަހަރެންގެ ކޮޓަރި އާއި ހަމައަށް އާދެވުމުން އެތެރެއަށް ވަދެ ދޮރު ލައްޕާލީމެވެ. ނިދަން އަރާމު އެއްޗެއް ލައިފައި އޮށޯވެލީ ނިދާށެވެ.
އާ ދުވަހަކަށް އިރު ފެނުން ތޮޅެލައިފިއެވެ. އަހަރެން ހެނދުނު ހެނދުނާ ތައްޔާރުވެގެން ދިޔައީ ސުކޫލަށެވެ. އެ ތަނުން އަހަރެންނަށް މަރުހަބާ ކީ ފޫހި އެސެމްބުލީއެކެވެ. އެ އަވަހަށް ނިމޭތޯ އަހަރެން ދުޢާ ކޮށްލަ ކޮށްލާ އިނީމެވެ. އެކަން ނިމުމާއި އެކު ހޮޓެލަށް ދިޔައީމެވެ. އަހަރެން އުޅުނީ ފޮށްޓަށް އެއްޗެހި އަޅާށެވެ. މާދަމާ ހެނދުނު ހޯރަފުށްޓަށް ދާން ފުރާ ވިއްޔާއެވެ.
މެންދުރުގެ ދީނީ ވޯކްޝޮޕަށް ވެސް އަހަރެން ދިޔައީ އެއް ހެދުމެއްގައެވެ. އެމީހުން ކަންކަން ރާވާލައިފައި ވަނީ ވަރަށް ޝައުގުވެރިވާނެ ކަހަލަ ގޮތަކަށެވެ. އަހަރެން އޭގައި ވަރަށް ފުރިހަމައަށް ބައިވެރިވީމެވެ. ވަރަށް ގިނަ އިތުރު މައުލޫމާތު ލިބުނެވެ. އެއަށްފަހު ދެން މަދަރުސާއަށް ދިޔައީ ހަވީރުގެ ޙަރަކާތްތަކަށް ތައްޔާރު ވާށެވެ.
“ލައިލީ! އަވަސްކުރޭ. އައިސްކްރީމް ތަށިތައް ފްރީޒަރަށް ލާން ޖެހޭނެ.” އަހަރެން ގޮވާލީމެވެ. ލައިލާ ކޮތަޅު ބޮނޑިއެއް ހިފައިގެން އައިސް އޭގައި ހުރި އައިސްކްރީމް ތަށިތައް އެ އައިސްއަލަމާރި އަށް ލިއެވެ. ސްޓޯލް ހުޅުވުމުގެ ހުރިހާ ތައްޔާރީތައް ނިމުނީއެވެ.
ސްޓޯލްގައި އަހަރެންގެ މަސައްކަތަކަށް ވީ ކުދިންނާއި މީހުން ގަންނަން އަންނަ އެއްޗެހި ދިނުމެވެ. އެހެން ގިނަ ސްޓޯލްތަކާއި ޚިލާފަށް މި ސްޓޯލްގެ ކިޔު ދިގެވެ. މި މީހުންނަށް ފޮނި އެއްޗެހި މާ މީރީ ކަމަށް ވެދާނެއެވެ. މި ވަގުތުގެ ޙަރަކާތްތަކަށް ރަށު ރައްޔިތުން އައުމަށް ފުރުސަތު ހުޅުވާލާފައި ވުމުން ތަން ވަނީ ތޮއްޖެހިފައެވެ.
ވިސްނުންތެރި ކަމާއި އެކު އަހަރެން ކުރަމުން ދިޔަ މަސައްކަތަށް ލޮޅުމެއް އެެރީ ދެން ކިޔުގައި ގަންނަން އައިސްފައި ހުރި ދެ މީހުން ފެނިފައެވެ. މި ދެ ސޮރު މިތަނަށް ވެސް އައީ ހެއްޔެވެ؟ އަހަރެންނަށް މަލާމާތް ކުރަން ހެއްޔެވެ؟ ޖެއްސުން ކުރަން ހެއްޔެވެ؟
“ކޮން އެއްޗެއް ބޭނުމީ؟”އަހަރެން ދެލޯ އަޅާލަމުން އާހިލް ގާތުގައި އެހީމެވެ. “ޔޫ ކޮން އެއްޗެއްތަ ހެދީ؟” އޭނާ ވާހަކަ ދެއްކީ އާދައިގެ ގޮތަކަށެވެ. އަހަރެން އިނގިލި ދިއްކޮށްލީ އައިސްކްރީމް ރޯލްސް ތަކަށެވެ. “އެއްތަށި މިންޓް ޗޮކްލެޓް އައިސްކްރީމް ރޯލްސް.” އޭނާ ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ބުނެލިއެވެ. މިހާރު މި އުޅެނީ ކޮން ވަރެއް އަރައިގެން ބާއެވެ. މަޑު ފެހި ކުލައިގެ ސްވެޓާއަކާއި ހުދު ކެރެޓެއް ލައިފައި އިސްތަށިގަނޑު ސްޓައިލް ކޮށްގެން މި އައީ އަންހެން ކުދިންގެ ސަމާލުކަން ހޯދަން ހެއްޔެވެ؟ އަހަރެން ފަރާތް ފަރާތަށް ނަޒަރު ހިންގާލީ އިރު ހީވީ ހަމަ ރަނގަޅަށެވެ. އަހަރެންނަށް ބޯ ހޫރާލެވުނެވެ. މި އަންހެން ކުދިން ހާދަހާވާ މޮޔައެވެ. މީނާ ކަހަލަ ފޮނި ފަތަރާސީ މީހަކާ ހިތާ ވާނީ އެނގިގެން ކާކު ހެއްޔެވެ؟
ނައިލް ސޮރު ވެސް ގަތީ އައިސްކްރީމް ރޯލްސް ތަކެކެވެ. ހީވަނީ މި ދެމީހުން އަހަރެން ހެދި އެއްޗަށް ރަހަ ކިޔަން ބޭނުން ވެފައި ހުރި ހެންނެވެ. ޔަޤީނުން ވިއްޔާ މިރޭ ދާއިރަށް އެ ހެދި ގޮތަށް ހަޖޫ ޖަހަން ފަށާނެއެވެ. އެހެނަސް އަހަރެން އެ ހެދީ ލައިލާގެ އެހީތެރިކަމާއި އެކު ކަމުން މީރު ވާނެކަން ގައިމެވެ.
ސްޓޯލްތައް ބަންދުކުރުމުގެ ކުރިން އަހަރެމެން ހެދިހާ ފޮނި އެއްޗެއް ހުސްވެއްޖެއެވެ. އަހަރެމެން އެ އެއްޗެހި ދިހަ ބާރަ ވައްތަރުން އެއްޗެހި ހަދައިގެން ވެސް ވީވަރެވެ. ދެން މީހުން ވެސް އެހާ ވަރަށް މިތަނުން ގަނެފި ވިއްޔާއެވެ. އަވަހަށް ނިމުމުން އަހަރެން ގަސްތުކުރީ އެހެން ބައިތައް ބަލައިލަން ދާށެވެ. އަހަރެން ބައިވެރިވާ ހިތްވީ އަމާޒަށް ތީރު ޖަހާ ކުޅިވަރެއްގައެވެ. އަހަރެން ގޮސް އެތަނުގައި ހުއްޓުމާއި އެކު ހެން އަނގަ ކޮށްޕާ ސޮރު ސޮރުން އަހަރެންނާއި ބެހެން ފެށިއެވެ.
“ޔޫ ވީކް ލިޓްލް ޓީޗާރ. އަތުގަ ނުހުންނާނެ ބާރެއް ވެސް މި އުފުއްލާލަން ވެސް.” އެތަނުން ސޮރަކު ބުންޏެވެ. “ޑާރލިންގް. ޖަސްޓް ގިވް އިޓް ޓު މީ” އަނެއް ސޮރު ބުންޏެވެ. އަހަރެން އެހެން ބުނި ސޮރަށް ފުރުސަތު ދެމުން ފަހަތަށް ޖެހިލީމެވެ. އެ ސޮރަށް ޖެހުނީ މެދު ކައިރިން ތިންވަނަ ބޮޅަށެވެ. އަހަރެންނަށް ފުރުސަތު ލިބުމުން ރަނގަޅަށް އަމާޒުކޮށްލައިފައި ދޫކޮށްލީމެވެ. އެ ތީރު ގޮސް ޖެހުނީ މެދު ބޮޅުގެ މެދުގައެވެ. އަހަރެން އިސްތަށިގަނޑުގައި އަތް ހިންގާލަމުން އެނބުރެލީ އާގަމަ ވެފައި ތިބި ސޮރުންނާއި ދިމާލަށެވެ.
“އަމް… ކީކޭތަ ތިމީހުން ބުނީ؟ އަހަރެންނަކަށް ނޭނގޭނެއޭ ތަ؟” ކުރިން ތީރު ޖެހި ސޮރާއި އަހަރެން ހަތަރު ކަޅި ހަމަކޮށްލީމެވެ. އެ ސޮރު ހުރީ ޤަބޫލު ނުކުރެވިގެން އަނގަ މައްޗަށް ނަގައިފައެވެ. ބަލަން ތިބި އަންހެން ކުދިން ‘އޯ’ އޭ ކިޔާ ރާގެއް އަޅުވާލައިފިއެވެ. ޢާންމު ގޮތެއްގައި އާދައިގެ މުދައްރިސެއްގެ ފަރާތުން މިކަހަލަ ހުނަރެއް ނުފެންނާތީ ކަމަށް ވެދާނެއެވެ. އަހަރެން އިތުރު ދެ ތީރު ނަގާ ހަމަ އެގޮތަށް މެދަށް ޖެހީމެވެ. ކުޅިބަލަން ތިބި މީހުންގެ އަތްތިލަބަޑީގެ އަޑު އެހިސާބުގައި ގުގުމައިގަތެވެ. ލައިލާ ވެސް ހުރީ ދެލޯ ބޮޑުކޮށްލައިގެން ބަލާށެވެ.
“ރިފް! ހައު އިން ދަ ވޯރލްޑް ޔޫ ނޯ ޓު ޝޫޓް އެރޯސް؟” ލައިލާގެ ގާތަށް ދިއުމުން އޭނާ ސުވާލު ކުރިއެވެ. އަހަރެން ވަކި އެއްޗެކޭ ނުބުނެ އެއް ލޯ މަރާލީމެވެ. އެވަގުތު އޭނާ އަހަރެންގެ އަތުތެރެއަށް ފޮށްޓެއް ލިއެވެ. ދާތީ ދޭ ހަދިޔާއެކޭ ކިޔައިފައެވެ.
އެރޭ އޮތް ހަރަކާތްތައް ވެސް ހަމަ އެހާ ފޯރިގަދައެވެ. ހޮޓެލަށް އާދެވުނު އިރު އަހަރެން ހުރީ ނިދިއައިސްގެން ވެއްޓެން ކައިރި ވެފައެވެ. އެވަރުން ވެސް އަހަރެން ނިދަން އޮށޯވެލީ ފެންވަރާލުމަށް ފަހުގައެވެ. އެހެން ކަންތައް ކުރުމުން ހަށިގަނޑަށް އެ ލިބޭ އަރާމެއް ދޯއެވެ. ބުނެދޭން ވެސް އުނދަގުލެވެ.
“ވޭކް އަޕް ޕްރިންސެސް އެޔޮއް އަށެއް ޖަހާ ބޮޑުވީއޭ.” އަހަރެންނަށް ހޭލެވުނީ ދޮރު ވައްޓާލާ ވަރަށް ދޮރުގައި ޓަކި ޖަހާ އަޑަށެވެ. “ހޫން ދެން ހެވޭ!” އަހަރެން ތެދުވެ މޯޅިއަކަށް ދެމިލީމެވެ. ފަތިސް ނަމާދު ކޮށްގެން އަދި އެހާ ރަނގަޅަކަށް ނިދާ ވެސް ނުލެވެއެވެ. އެހެނަސް ތެޅިގަނެފައި ފާޚާނާއަށް ވަނީ ނުވަގަޑި ފަނަރައިގައި ފުރަން ޖެހޭތީއެވެ. އަހަރެން އަވަސް އަވަހަށް ތައްޔާރުވެގެން ނުކުތް އިރު އަނެއް ދެ ފިރިހެނުން ތިބީ މޭޒު ދޮށުގައެވެ. ލެޕްޓޮޕް ހިފައިގެންނެވެ.
“ބަލާބަލަ މި ސޮރު ދައްކާ ވާހަކައެއް. މީނާ ބުނީ ހޯރަފުށިން މި ތިބި މީހުންނާ ގުޅުން އުފައްދާފަ އެ ރަށު މީހުން މަދު ހިސާބަކަށް ދަތުރު ދާން ހިނގާށޯ. އެ ދަތުރުގައި އެމީހުން އެކަހެރި ކޮށްލައިފައި ދުކޮށްލީމަ ވާގޮތެއް ބަލަން. ގެއްލޭ ކޮންމެ މީހަކަށް ވެސް އެ ރަހީނުކުރާ ގުރޫޕު ޖާސޫސް ކުރެޔޭ ސައުވީސް ގަޑިއިރު. އެހެން ވީމާ އަހަރެމެން ފަހަތުން އެ މީހުން އަންނާނެއްނު.” ނައިލް ބުނެލިއެވެ. “ދެން އެހެން ހަދާނީ. އެ އޯރގަން ސެލާސްތައް ކުރަން ބޭނުންވާ ކަމެއް ކުރިޔަކަ ދިނީމަތާ ފަސޭހައިން އެނގޭނީ އޭގެ ބަޔަކު އުޅޭކަން ވެސް.” އަހަރެން ރައްދުގައި ބުނެލީމެވެ.
“މިހާރު ހޯރަފުށީގައި މި ތިބީ ހިދާޔާ އާއި ފިރާޝާގެ އިތުރުން ނިޢުމަތު ﷲ އެއްނު. މިފަހަރު ވެސް މީހަކަށް މީހެއް ހެދޭނެ. ސޯ އަހަރެން ނަގާނަން އެ ސައިކޮލޮޖިސްޓު ހިދާޔާ. ނޭލް ހެދީ މެޑިކްސް އެއްނު. އެހެން ވީމާ ކަލޭ ނަގާ އެ ހާރޓް ސާޖަން ފިރާޝާ. މެކޭނިކް ސޮރާ ހަވާލުވެ އެނޮއިން ކެޓް.” އަހަރެން މީހުންތައް ބަހާލީމެވެ.
“މި ފަހަރު ވެސް ބްލޫ އައި ސްޓޯކާ ބޭނުން ގޮތަކަށް ތަ ބަހަނީ. ހާދަ ހެއްވައޭ.” މި އާހިލުގެ އަނގަ މަތީގައި ޖަހަން ހިތަށް އެރިއެވެ. “ހޫން. ނުފޯރާ ފޮތިން ފޫގަޅަން ނޫޅެބަލަ. އެމީހަކަށް ވާވަރު ކަމެއް ކުރަން ދޯ ޖެއްސޭނީ.” އަހަރެން ބުނީމެވެ. “ދެން ނިމުނީ އޭ. މި މީހުންގެ ބަހުގެ ހަނގުރާމަޔާއި ހެދި ދުވަހަކު އަހަންނަކަށް ހަމަހިމޭން ކަމެއް ނުލިބޭ.” ނައިލް މަސައްކަތް ކުރީ އަހަރެމެން ޒުވާބު ކުރަން ފެށުމުގެ ކުރިން އެކަން ހުއްޓުވާށެވެ. އަހަރެން އޭނާގެ ބަހަށް ބޯލަނބަމުން އަސްލު މަސައްކަތަށް އެނބުރެލީމެވެ. އެއީ ހޯރަފުށްޓަށް ދާން ވާއިރަށް ކަންކަން ހަމަޖެއްސުމެވެ.
އަހަރެމެން މެދުކަނޑާލީ ނުވައެއް ޖެހުމުންނެވެ. ފޮށިތައް ހިފައިގެން ތިން މީހުން ނުކުތީމެވެ. އަހަރެމެން ބަނދަރާއި ހަމައަށް ދިޔައީ ކާރުގައެވެ. އެއިން ފައިބައިގެން ދެން އުޅުނީ ފެރީ ލޯންޗަށް އަރާށެވެ. އަހަރެމެންނަށް އާދެވުނީ ސީދާ ވަގުތަށް ކަމުން މަޑުނުކޮށް އަރަން ޖެހުނެވެ. ނައިލް ނަގައިފައި އޮތީ އެންމެ ފަހަތު ތިން ސީޓެވެ.
ހޯރަފުށްޓަށް ދާން ނެގީ އެންމެ ފަސް މިނެޓެވެ. އިހަވަންދޫ އާއި އެރަށް އެހާ ކައިރި ވިއްޔާއެވެ. މި ރަށުގައި ވެސް އަހަރެމެން ތިބެން ހަމަޖެއްސީ ހޮޓެލެއްގައެވެ. މި ފަހަރު ތިން ކޮޓަރި ތަނެކެވެ. ކުރިން ބައިން ލާރި ދައްކައިފައެވެ. އަހަރެން ފޯނު ނަގާ ކާރަކަށް ގުޅާލީމެވެ. އާނ ދެން ހިނގައިފައި ބޮޑެތި ފޮށިތަކެއް ހިފައިގެން ދެވޭ ހެއްޔެވެ؟
“އާޗާ! ހާދަ ސަޅި ތަނެކޭ. ހަމަ ވަރަށް އޮބި.” އަހަރެމެންގެ ތިން ކޮޓަރި ޔުނިޓަށް ވަދެވުމާއި އެކު އާހިލް ބުނެލިއެވެ. އޭނާ ބުނިހެން އެތަން ވަރަށް ރީއްޗެވެ. ސިޓިންރޫމުގައި ކަޅުކުލައިގެ ބޮޑުވަޒީރު މަސާޖް ސޯފާއެއް އެޖެސްޓެބަލް ޓީވިއެއްގެ ކުރިމަތީގައި ހުއްޓެވެ. ހުދުކުލައިގެ ކުލަލާ ހުދު މުށްޓާއި ހުދު ސީލިންގެކެވެ. ހުރިނަމަހާ ފަރުނީޗަރެއް ހުރީ ކަޅުންނެވެ. ކޮޓަރިތައް ވެސް ހުރީ ހުދުންނެވެ. އެއް ކޮޓަރީގައި އަޅިކުލައިގެ ފަރުނީޗަރެވެ. އަނެއްކާ ކޮޓަރީގައި މަޑު ފެއްސެކެވެ. ދެން ހުރި ކޮޓަރީގައި ހުރި މަޑު ނޫކުލައިންނެވެ. އަހަރެން އެންމެ ފުރަތަމަ ވެސް ގޮސް ވަދެގަތީ އަޅިކުލައިގެ ފަރުނީޗަރު ހުރި ކޮޓަރިއަށެވެ.
ވަނުމާއި އެކު އިވުނީ ދަބަހުގައި އޮތް އަހަރެންގެ ފޯނު ރިންގުވީ އަޑެވެ. އަހަރެން އެ ނަގާ ކަންފަތުގައި ޖެހީމެވެ. “ކަލޯ ރިފް! ދެން ވެސް އަވަހަށް ޓްރައިނިން ގަޑިއަށް ވަދެބަލަ.” އެކޮޅުން އިވުނީ ހޫދުގެ އަޑެވެ. “މި ގަޑީގަތަ؟ އާނ މި ވަންނަނީ.” އަހަރެން އުޅެގަތީ އެ ގަޑިއަށް ވަންނާށެވެ.
އެ ދުވަހުގެ ގަޑި ވަރަށް ދިގުވިއެވެ. ސަބަބަކީ ކުރީގެ ތިން ގަޑި ނުނެގި ޕެންޑިންގައި އޮތުމެވެ. ކެއުމަށާއި ނަމާދަށް ވިޔަސް ބްރޭކް ދިންކަން ރަނގަޅެވެ. އަހަރެން ބޭރަށް ނުކުތީ ވައި ޖައްސާލުމުގެ ނިޔަތުގައެވެ. އެހެން ނޫނަސް އިހަވަންދޫ އެކޭ އެއްގޮތަށް މި ރަށުގައި ވެސް މެޕަކާއި ނުލައި އުޅޭނެ ގޮތް ދަސްކުރަން ބޭނުން ވާތީ އާއި އެކުގައެވެ. އެ ވިސްނުމުގައި އެކި މަގުތަކުން ހިނގަމުން ގޯޅިއަޅަމުން ދިޔައީމެވެ. މި ރޭގަނޑު ވަގުތުގައި ބައެއް ހިސާބު ތަކުގައި މީހުން ވެސް ނޫޅެއެވެ.
އެގާރަ ޖެހުމުން އަހަރެން ހިނގައިގަތީ ވޮންޑާ ހޮޓެލަށް ދާށެވެ. ޝޯޓްކަޓެއް ކަމަށް ވެދާނެއޭ ހިތަށް އަރާ ގޯޅިއަކަށް ލަނބާލީމެވެ. ވިސްނުމެއް ފިކުރެއް ނެތި ހިނގައިފައި ދިޔަ އަހަރެން ސިހުނީ ކުއްލިއަކަށް ވައްދާލި ބޮޑު ގުރޫޕް ގަނޑެއް ފެނިފައެވެ. އަހަރެންނަށް އެކަނި މި މީހުންގެ ކިބައިން ރެކި ގަންނަން އުނދަގޫ ވެދާނެ ކަމަށް ބަލައި ގަޑި ބޭނުން ކޮށްގެން ނައިލާއި އާހިލަށް އަންގާލީމެވެ.
“ނީމޯއަށް ޙާލެއް ޖައްސާފަ މުޅި އެންޒީ ގުރޫޕް ކުޑަ ގޮޅިއަށް ގަޅާލި އަންހެނާ ދޯ މިއީ. މިހާރު ކައެ ތިހުރީ އަހަރެމެންގެ ޙުދޫދަށް ވަދެވިފަ. ދެން ސަލާމަތެއް ނުވެވޭނެ.” ބިޔަ ފިރިހެނުންތައް އަހަރެންނާއި ދިމާލަށް އައެވެ. އަހަރެން ގަޑީގެ ބޭނުން ކޮށް ތޫނު އެއްޗެހި ތަކެއް ދޫކޮށްލީމެވެ. އެ އެއްޗެހި އެބަޔަކު ގަޔަށް ހެރި ލޭ އަންނަން ފެށިއެވެ. “މަ ދާން ތަން ދީ ވަރުނީސް ތެލިތަކާ!” އަހަރެން ދެ ވަޅި ނަގައި ހޫރާލީމެވެ. އެކަތި ހެރުނީ އެކަކު ބަނޑަށެވެ. އަނެކަތި އެހެން މީހެއްގެ އަތަށެވެ.
އަހަރެންނަށް ދެން އިވުނީ ފަހަތުން މީހަކު އަންނަ އަޑެވެ. އޭނާގެ ޙަރަކާތްތައް ހިސާބަށް ވުރެ އަވަހެވެ. މާ ކުރިން އަހަރެންގެ ކަރަށް ފްރީޒް ނީޑްލްއެއް ހަރާލިއެވެ. ދެވަނަ މީހަކު އޭގެ އެއްޗެއް ހަރާލީ އަހަރެންގެ އަތަށެވެ. މުޅި ހަށިގަނޑު ތެރޭގައި ގަނޑުފެނުގެ ތޫފާނެއް އުފެދުނު ކަހަލައެވެ. ވޭނުން އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ. އޭގެ އަސަރު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަހަރެންގެ ހަށިގަނޑުގައި ފެތުރޭނެކަން އެނގެއެވެ. ނޭވާލާން އުނދަގޫ ވިއެވެ. ހުޅުހުޅަށް ގޮތް ވާން ފެށިއެވެ. ލޮލަށް ފެންނަ މަންޒަރުތައް ސްލޯ މޯޝަނަކަށް ވެއްޓުނު ކަހަލައެވެ. ބޮލުގައި ގަދަޔަށް ރިއްސައިގަތެވެ. ހީކަރުވައިގަތް ވަރުން މީހާ ރޫރޫ އަޅަން ފެށިއެވެ. އެންޓާޓިކާގެ އެންމެ ފިނި ހިސާބަށް ދެވުނު ހެން އަހަރެންނަށް ހީވިއެވެ.
ފްރީޒް ނީޑްލްއަކީ ހަށިގަނޑުގެ ފިނިހޫނުމިން ތިރި ކުރާ އެއްޗެކެވެ. އެންމެ އެއްޗަކުން ވެސް ފިނިހޫނުމިން ދިހަ ޑިގްރީ ސެލްޝިއަސް އަށް ވައްޓާލެވޭނެއެވެ. ދޭތި ވިއްޔާ މައިނަސް ފަހަކަށް ތިރި ވާނެއެވެ. އެއްފަހަރާ ހަތަރު އެތި ބޭނުން ކޮށްފިނަމަ ބަރާބަރު ދެ ގަޑިއިރު ތެރޭގައި އެމީހަކު މަރުވާނެއެވެ. ފަހެތި ނަމަ ފަސް މިނެޓް ތެރޭގައި މަރުވާނެއެވެ. އަހަރެންނަކީ ކޯލްޑް ޓޮލެރެންސް މަތި މީހެއް ކަމުން އޭގެ އަސަރު ކުރާލެއް އަހަރެންނަށް ކުޑަވާނެއެވެ. އެންމެ އެއްޗެއް ބޭނުން ކުރިއްޔާ ހަމަ ހޭގައި ދެފައި މައްޗަށް ހުރެވޭނެއެވެ. އެހެނަސް އެ މީހުން އޭގެ ދޭތި އަހަރެންގެ ގަޔަށް ހަރާލައިފިއެވެ.
އަހަރެން ބިންމައްޗަށް ތިރިވެލީ ޙަރަކާތްތައް ހުއްޓި އިސާހިތަކު ވެއްޓިދާނެ ކަން އެނގުމުންނެވެ. މި ސިންގާތަކުގެ ހޮހަޅައިގައި އަހަރެންނަށް އަމިއްލަ ދިފާޢުގައި ދެން އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ފުރުސަތަށް ބަލަބަލާ ތިބި މީހުން އަހަރެންގެ ގައިގައި ތަޅައިގަތެވެ. އަދިވެސް އާހިލްމެން އަންނާކަށް އުޅެނީ އެއް ނޫނެވެ. އަހަރެން ހަދާނެ ގޮތް ހުސްވިއެވެ. ލިބެމުން ދިޔަ ޒަޚަމުތަކުން އަހަރެންގެ ގައިގައި އަޅަމުން ދިޔަ ވޭން ކެތްނުކުރެވޭނެ ދަރަޖައަށް މަތިވިއެވެ. އެމީހުން ހުއްޓާލީ ލީޑަރުގެ ބަހަށެވެ. އެ ފިރިހެނާ އަހަރެންނާއި ދިމާލަށް އައި ހެން ހީވިއެވެ. ޔަޤީނުން ކަންކަން ނޭނގެނީ ޙިއްސުތައް ރަނގަޅަށް މަސައްކަތް ނުކުރާތީއެވެ.
“މިކަހަލަ ތާޒާ މަލެއްގެ ފޮނިކޮޅު ބޯލައިފައެއްނު މަރާލަން ވާނީ. ބަލާބަލަ އެ ވަރަށް އަނިޔާ ވީ އިރު ވެސް އެ ޗާލުކަމަކަށް ފަނޑުކަމެއް ނާދޭ. މްމްމް… އަދި އެ އޮތީ ވެސް ފިނިކޮށް.” އޭނާ އަހަރެންގެ މޫނުމަތީގައި އަތް ހާކާލިކަން އެނގުނެވެ. އަހަރެންނަށް އެހާ ވަރަށް އަނިޔާ ކުރި އިރު ވެސް ލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް ނުވެއްޓޭނެއެވެ. އަހަރެންނަކީ އެހާ ފަސޭހައިން ރޯ މީހެއް ނޫނެވެ. ކިޔާރާ އެކްސިޑެންޓު ވީ ދުވަހުވެސް ނުރޮވެއެވެ. އެހެނަސް މިތަނުގައި އޮވެ ފުރަތަމަ ފަހަރަށް އަހަރެންގެ ލޮލުން ކަރުނަތައް އޮހެން ފެށީ ލަސްލަހުންނެވެ. ފިނިފިނި ކަރުނަތަކެކެވެ. ހީވަނީ ގަނޑުފެން ހެންނެވެ. އެ ފްރީޒް ނީޑްލްތަކުގެ އަސަރު މިހާރު ވަރުގަދަ ވެއްޖެއެވެ.
އެ މީހާ ދެން މަސައްކަތް ކުރީ އަހަރެން ލައިގެން ހުރި ސްވެޓާ ދަމައިގަތުމަށެވެ. ކިތަންމެ ބިރުގަތަސް ހިތް ތެޅެނީ ލަސްލަހުންނެވެ. ނޭވާ ހާސްވަނީއެވެ. އަޑުން އަޑު ނަގާ ރޯން ވެސް ބޭނުމެވެ. އެހެނަސް……. އެހެނަސް އަޑެއް ބޭރުވަނީއެއް ނޫނެވެ. ސަލާމަތަށް އެދި ގޮވާލެވޭކަށް ވެސް ނެތެވެ. މި ތިބަ މީހުންނާއި ދިމާލަށް އަންނަން ކެރޭނީ ވެސް ފަހެ ކާކަށް ހެއްޔެވެ؟ މި ގޯޅިގަނޑުގެ ތެރޭގައި ހުރެ ވެސް އަހަރެން ރޭޕް ކޮށްލާކަށް މި ޖައްބާރު ފިރިހެނުންނެއް ފަހެއް ނުޖެހޭނެއެވެ. އަހަރެންނަށް ކުރެވުނުހާ ވެސް ކަމަކީ ދެލޮލުން ފިނި ކަރުނަ ބޭލުމެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Woww… mi part vx varah varah reethi…
Rifga ah gotheii nahadhahcheyy….
Whn next??
Thnx Nawar.
Hopefully this week.
Mi part ves Varah reethi.. When next part can’t wait???
Thnx Jennie.
This week IA.
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Rifga ah gotheh nuhadhachey
Rifga and aahil gulhuvachey
They both are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Thnx Cutie girl…
mi prt ves vrh reethi…curiously waiting for the next prt…kon irakuntha kiyaalan libeynee!!
Thnx Nau.
Mi week ga submit kohlaanan IA.