ޙަޤީޤަތް ހޯދުމޭ 29
“ޝީން… ދަ…ދައްތަ މަ…ރޭ. އޯރ…އޯރގަން ސެލް…ސެލިން އޭ” ފަހަތުން އިވުނު އަޑެއްގެ ސަބަބުން އަހަރެންގެ މޫނު ހުދުވިއެވެ. ލާން އުޅުނު ނޭވާ ވެސް އަރުތެރޭ ތާށިވި ކަހަލަ އެވެ. އިތުރަށް ޙަރަކާތެއް ކޮށްލާން ވެސް ނުކުޅެދުނު ކަހަލައެވެ. އެކަމަކު އެހެން ވާންވީ ކީއްވެގެން ހެއްޔެވެ؟ އޭނާ އުޅެން ޖެހޭނީ ހުޅުމާލޭގައި އޭ ލެވެލް ކިޔަވާށެވެ. އޭނާއަށް މިތަނަށް އަންނަ އެނގުނީ ކިހިނެއް ހެއްޔެވެ؟ މިތަނަށް ވަނީ ވެސް ކިހިނެއް ހެއްޔެވެ؟ “ރިފް! ކީ…ކީކޭ ތި… ބުނީ ހަމަ އަސްލަށް ވެސް ދޮންތި ނީ…ނިޔާވީތަ؟” އަހަރެންގެ ކުރިމައްޗަށް އައިސް ހުއްޓުނު ޝެހެނާޒުގެ ލޮލުގައި ވީ ޝަކުވާއެވެ. ރިހުމެވެ. “ޝަހިކްސް. އައި…އައި ކެން އެކްސްޕްލެއިން.” އަހަރެން ލަސްލަހުން ފެށީމެވެ. މި ހުރިހާ ކަމެއް އޭނާއަށް ސިއްރުކުރަން އަހަރެން ނިންމީ ހާދަ ވިސްނައިފައެވެ. އެހެނަސް މިކަހަލަ ގޮތަކަށް ޝެހެނާޒަށް މި ކަންތައް އެނގިގެން ދާނެ ކަމަކަށް ދުވަހުގެ ކޮޅުން ވެސް ހިއެއް ނުކުރަމެވެ.
ނައިލާއި އާހިލަށް އަހަރެން ލޮލުން އިޝާރާތް ކޮށްލީ ކޮޓަރިއަށް ވަންނާށެވެ. އަހަރެން ދެން ޝެހެނާޒާއި ހަތަރު ކަޅި ހަމަކޮށްލީމެވެ. “ރިފް ކީއްވެގެން ތަ ހުރިހާ ކަމެއް އަހަންނަށް ސިއްރުކުރަނީ. ވައިޓީ ވެސް ހަމަ އެ ގޮތް.” ޝެހެނާޒު ޝަކުވާ ކޮށްލިއެވެ. “ކިހިނެއް އަހަރެން ހުރި ތަނެއް ހޯދީ؟” އަހަރެން ކޮށްލީ ސުވާލެކެވެ. “އަހަރެން ނޫޅެން ބުނާކަށް. އިހަށް އަހަރެންގެ ސުވާލުތަކަށް ޖަވާބު ދީބަލަ! ކީއްވެގެންތަ އަހަންނަށް އޮޅުވާލީ” ޝެހެނާޒު އަހަރެންގެ އަތުގައި ހިފާ ތަޅުވާލިއެވެ. އޭނާ ހިފީ ވެސް ރޭގަ ޒެއްޓު ފުން ކޮށް ފިޔޮއްސެއް ހަރާލައިގެން ބެންޑޭޖު ކުރެވިފައިވާ ހިސާބުގައެވެ. އެވަގުތު ނަގައިގަތް ތޫނު ދިލަޔާއި ވީ ތަދުން “އާހް” އޭ ބުނެލެވުނެވެ. ތުންފަތުގައި ދަތްއަޅާލާ ދެލޯ މަރާލަމުން އަހަރެން އަތުގައި ފިރުމާލީމެވެ.
ޝެހެނާޒުގެ މޫނުމަތިން ރުޅިވެރިކަން ފިލާ ކަންބޮޑުވުމުގެ އަސަރުތައް ދައްކާލިއެވެ. އަދި އަހަރެންގެ ހެދުމުގެ އަތުކުރި އޮޅާލާ ބަލާލިއެވެ. “ސޮރީ! ނޭ…ނޭނގެ. މިހިރީ ކިހިނެއް ވެފަ؟” ޝެހެނާޒު އަހާލިއެވެ. އޭނާގެ ސުވާލުތަކަށް ތަފްޞީލީ ޖަވާބު ދިނުމަށް އަހަރެންގެ ދޫ ޙަރަކާތް ކޮށްލީމެވެ.
“އެހެންވީމަ އެމީހުން ދޮ…ދޮންތި ރަހީނުކޮށްގެން ގެންދިޔައީ…. ދޮންތިގެ ހަށިގަނޑުގެ ގުނަވަ…ގުނަވަންތަކުގެ ދަހިވެތިކަމުގައި ތަ؟ އެމީހުން ފައިދާ ނަގާ އިން…އިންސާނީ ވަ…ވަގުފާރިއަށް ކުރި ކަމެއް ދޯ!” ލޮލުން ހޯސްލައިފައި ކަރުނަ އޮހެމުން ދިޔަ ޙާލު ޝެހެނާޒު ވާހަކަ ދެއްކީ އުނދަގުލުންނެވެ. އަހަރެން އޭނާގެ ގައިގައި ބައްދާލާ ރުއިމަށް ވަގުތު ދިނީމެވެ. ޝެހެނާޒު އެތައް އިރެއް ވަންދެން ރޯލަ ރޯލާ އިނެވެ.
އަހަރެންނަށް ޝެހެނާޒު ދެރަވާނެކަން ވެސް އެނގެއެވެ. އެހެނަސް ޙަޤީޤަތް ބަދަލުކޮށް ފެބްރިކޭޓް ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ޝާނާއަށް ވެގެން ދިޔަ ގޮތުން ސަލާމަތް ކުރުމަށް ދެން ގަޑީގެ ކަށި ފަހަތަށް އަނބުރާ އެ ދުވަހަކަށް ނުދެވޭނެއެވެ. ޝެހެނާޒުގެ އިހުސާސްތަކެއް ވެސް އަހަރެންނަކަށް ނޭނގޭނެއެވެ. މާތް ﷲގެ އިރާދަފުޅުން އަހަރެންނަށް އަދި އެކަހަލަ ކަމަކާ ކުރިމަތިލާކަށް ނުޖެހެއެވެ. ޢާއިލާގެ މެންބަރު ސަލާމަތުން އެބަ ތިއްބެވެ.
ރުއިމުގެ އަޑު ކެނޑުމުން އަހަރެން ޝެހެނާޒު ގަޔާއި ދުރުކޮށްލާ ބަލާލީމެވެ. އޭރު އޭނާގެ ދެލޯ ވަނީ މެރިފައެވެ. އޭނާ ސޯފާގައި ބާއްވާފައި އަހަރެން ތެދުވީމެވެ. ދެން ގޮސް ކޮޓަރި ދޮރު ހުޅުވާލާފައި އައި ވަގުތު އާހިލް އެތަނަށް ނުކުމެއްޖެއެވެ. އަހަރެން ދިޔައީ ޝެހެނާޒުގެ ގާތަށެވެ. އަހަރެންގެ އަތްދަނޑިމައްޗަށް އޭނާ ލައިފައި ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. “ބްލޫ އައި ސްޓޯކާގެ އަތުގަ ވެސް ބާރު އެބަހުރި ދޯ.” ފާރުގައި ލެނގިލަމުން އޭނާ ބުނެލިއެވެ. އެ ކުރީ ތަޢުރީފެއް ކަމެއް ނުވަތަ މަލާމާތެއް ކަމެއް އަހަރެންނަކަށް ވަކިކުރާކަށް ނޭނގެއެވެ.
ޝެހެނާޒު އެނދުމަތީގައި ބާއްވާލައިފައި އަހަރެން ކޮޓަރިން ނުކުތީމެވެ. “ރޭ…ރޭގެ ވާހަކަ އިތުރު އެއްވެސް މީހަކަށް ނާންގައްޗޭ!” އަހަރެން ތިރި ބަލާލަމުން އެހެން ބުނެލީމެވެ. “ވަޓް؟ އާރ ޔޫ ކްރޭޒީ. އެމީހުން ބްލޫ އައި ސްޓޯކާއަށް ހާދަ ވަރެއް ކުރިއޭ ރޭގަ. ރިޕޯޓު ކުރަން ޖެހޭ ވަރުގެ ކަމެކޭ އެއީ. ރޭގަ އަހަރެން އައިލެއް ހިނދުކޮޅެއް ވެސް ލަސްވިނަމަ” އާހިލް އައިސް އަހަރެންގެ ކޮނޑުގައި ދެއަތުން ހިފާ މޫނަށް ބަލާލާ ހަތަރު ކަޅި ހަމަކޮށްލިއެވެ. ނޭވާ އިހުސާސްވާހާ ގާތުގައި ހުރި އާހިލްގެ ލޮލުން ފެންނަނީ ކަންބޮޑުވުމެވެ. އަހަރެން އިސްޖަހާލަން އުޅުނީމެވެ. އެހެނަސް އަހަރެން އެހެން ހަދަން ވާއިރަށް އަހަރެންގެ ދަތްދޮޅީގައި ހިފާ އޭނާ އަހަރެން ހުއްޓުވާލިއެވެ.
“އެ…އެ މީހުން އެހެން ހެ…ހެދީ ސަބަބް…ސަބަބެއް އޮވެގެން.” ތުންފަތުގައި ބާރަށް ދަތްއަޅާލަމުން އަހަރެން މަސައްކަތްކުރީ ކަރުނަތައް އޭގެ މަޤާމުން ބޭރުވިޔަ ނުދީ ހިފެހެއްޓޭ ތޯއެވެ. ކިޔާރާގެ ހަނދާން ތަކުން ސިކުނޑި ހިސާރުކޮށްލައިފި ވިއްޔާއެވެ. “ޕްލީޒް. އެކަން ސިއްރު ކޮށްދީ. އަލް ޑޫ އެނީތިންގް” އަހަރެން އާދޭހުގެ ރާގަކަށް ބުނީމެވެ. ދެން އެއްލި ކަޅިއަކުން ފެނުނީ ނައިލެވެ. އަހަރެން އާހިލްގެ އަތުން ދެމިގަނެގެން ދެން ދިޔައީ އޭނާގެ ގާތަށެވެ.
“ނޭލް ވެސް ރޭގެ ކަންތައް ސިއްރު ކޮށްދީބަ. އެނގެއެއްނު ޔާރާގެ ހާދިސާ. އެ ފަހަރު ކަންތައް ވީ ގޮތުގެ ބަދަލު ހިފަން…” އަހަރެންނަކަށް އިތުރަކަށް ނުބުނެވުނެވެ. ނައިލް ލާސްޓް ޓައިމޭ ކިޔާ ބޯ ޖަހާލިއެވެ. އެއަށްފަހު އަނެއްކާވެސް އޭނާ ކޮޓަރިއަށް ވަނެވެ.
“ކޮން ޔާރާއެއްތަ؟ ތީނަ ތިހެން އުޅެން ހަދައިގެން ވާ ކަންކަން ބޮޑު ވާނީ. މި ރަށުގައި ވެސް ދުވަސްކޮޅަކު ތިބެން ޖެހޭނެ. ސޯ ތި ބުނާ ގޮތެއް ނެހެދޭނެ.” އާހިލް އިންކާރު ކުރުމުން އަހަރެން ގޮތް ހުސްވިއެވެ. އެހެނަސް އާހިލަކީ މާ ބޯ ހަރު މީހެކެވެ. އަހަރެން އެކަމެއް ނުވާނެ ކަން އިހުސާސް ކުރެވުނެވެ. އެ ޚަބަރު މަންމަމެންނާއި ހަމައަށް ފޯރިހާ އަވަހަށް އެމީހުންގެ އަމުރު އަންނާނެއެވެ. އޯރގަން ސެލާސް ގެ ޙަޤީޤަތްތައް ހޯދުމަށް އެއް ކަމެއް ކުރާނެ ފުރުސަތެއް ވެސް ނުލިބޭނެއެވެ.
“އަހަރެންނަށް އެނގޭ އެއްބަސް ނުކުރެވޭނެ ކަން ވެސް…. އެ…އެކަމް” އަހަރެންނަށް ދެން ނުހުއްޓުނެވެ. ދޫކޮށްލެވުނު އިސްކޫރެއް ފަދައިން ކަރުނަތައް އޮހޮރިގަތީއެވެ. އަހަރެން އުޅެގަތީ ކޮޓަރިއަށް ވަންނާށެވެ. މިއަދު ރޯލަން ބޭނުމެވެ. އާހިލް އަހަރެންގެ އަތުގައި ހިފެހެއްޓުމުން ވެސް އެ އަތް ފޮޅުވާލައިފައި ކޮޓަރިއަށް ވަދެ ދޮރު ޖެހީމެވެ. ތިރީގައި އިށީނދެލާ ދޮރުގައި ބުރަކަށި ޖައްސާލީމެވެ. ދެކަކޫ މޭގައި ޖައްސާ ރޯން ފެށީމެވެ.
އަހަރެންނަށް އެގޮތަށް އިނދެ ނިދުނީއެވެ. ދެން ހޭލެވުނީ ޝެހެނާޒު ގޮވާ އަޑަށެވެ. އަހަރެން ދެލޯ ހުޅުވާލައިފައި ހިތިގޮތަކަށް ހިނިތުންވެލީމެވެ. ޝެހެނާޒާއި މި ވަގުތު ވާހަކަ ދައްކަން ބޭނުން ނުވާތީ އަހަރެން ގޮސް ވަނީ ފާޚާނާއަށެވެ. ދެން ފެންވަރާލީ ސިކުނޑި ތަޒާކޮށްލުމުގެ ނިޔަތުގައެވެ. ފާޚާނާއިން ނުކުތް އިރު ވެސް ޝެހެނާޒު އަހަރެންގެ އިންތިޒާރުގައި އިނެވެ. އަހަރެން މަޣްރިބް ނަމާދާއި އެކު އިޝާ ނަމާދު ގަސްރުކުރީމެވެ.
“ހިނގާބަލަ ތިރަމިސޫ ކާން ދާން. މީހަކު ބުނި މި ރަށުގައި ހަދާ ތިރަމިސޫ މީރު ވާހަކަ.” އަހަރެން މަސައްކަތް ކުރީ ޝެހެނާޒު ހިތްހަމަޖެހޭނެ ކަހަލަ ކަމެއް ކުރަން ބޭރަށް ގެންދާށެވެ. އޭނާ ދާން އެއްބަސްވުމުން ދެމީހުން ރީތި ވެލީމެވެ. އޭރު ގަޑިން އަށް ގަޑި ބައި ވިއްޔެވެ.
“ޝަހީކްސް. ތީނަ މިތަނަށް ގެނައީ ތިރަމިސޫގެ ފޮޓޯ ޝޫޓެއް ހަދާކަށް ނޫނޭ.” ޗުސް ތަޅާލަމުން އަހަރެން ޝެހެނާޒުގެ އަތުން ފޯނު އަތުލީމެވެ. “އޭތް. ދޭންން… ދީ ފޯނު.” އަހަރެން އަޅާވެސް ނުލާ އެ ފޯނު އަހަރެންގެ ދަބަސް ތެރެއަށް ލީމެވެ. “މްމްމްމް….. ހާދަ މީރޭ” ސަމްސަލުން އެތިކޮޅެއް ނަގާ އަނގަޔަށް ލަމުން ޝެހެނާޒު ދެލޯ މަރާލިއެވެ.
ތިރަމިސޫގެ ބުރަކަށް ފަހު ދެން ދިޔައީ ޝެހެނާޒަށް އެ ރަށް ދައްކާލާށެވެ. “ކޮން އިރަކުން ފުރަނީ.” ވާހަކައިގެ ތެރެއިން އަހަރެން އެހީމެވެ. “އަހަރެން ނުދާނަން ރިފްމެންގެ ތި އޮޕަރޭޝަން ނުނިމެނީހެންނެއް. މިހާރު ވާވަރަށް އަހަރެން އައިސޮލޭޓް ކުރެވިއްޖެއްނު.” ޝެހެނާޒުގެ އަޑުގައި ވީ ޖޯޝެވެ. “ދެން ކިޔެވުމޯ.” ދެލޯ ބޮޑުކޮށްލަމުން އަހަރެން ޝެހެނާޒަށް ބަލައިލީމެވެ. “އުޅޭނެ ކްލާސް މޭޓެއް އޭނާ ނޯޓްސް ނަގައިދޭނެ.” އެހެން ބުނެލި އިރު އޭނާގެ މޫނުމަތީގައި ވީ ފުޅާ ހިނިތުންވުމެކެވެ.
ތަފާތު ވާހަކަތައް ދައްކަމުން ގޮސް ހޮޓެލަށް ދެވުނު އިރު ދިހައެއް ޖަހައިފިއެވެ. ޝެހެނާޒު ކޮޓަރިއަށް ވަންނަން ދިޔަ ނަމަވެސް އަހަރެން ވެއްޓިގަތީ ސޯފާއަށެވެ. ދެވަނަ ސިކުންތުގައި ތެދުވީ ސޯފާގެ އެފަރާތުގައި އިށީނދެ އިން ސޮރު ފެނިފައެވެ. ރުޅި މޫނު ހަދައިފައި ދެލޯ އަޅާލީމެވެ. އެހާ ވަރަށް ރޮއި އާދޭސް ކުރީމާ ވެސް ރޭގެ ވާހަކަ ސިއްރު ކުރާކަށް ނުވިސްނި ވިއްޔާއެވެ. މަންމަމެން ދެން އަންގާނީ ޓްރައިނިން ވެސް ހުއްޓާލައިފައި ގެއަށް އައުމަށެވެ. ދެން ޔަޤީނުން ވިއްޔާ ރޯމާ ދުވާލު ވަގުތުގައި ވެސް އެކަނި ބޭރަށް ދިޔަޔަކަ ނުދޭނެއެވެ. ރަނގަޅަށް ކޮށީގައި ހައްޔަރު ވާނީއެވެ. އޯރގަން ސެލާސް ގެ ޙަޤީޤީ ކުލަތައް ދުނިޔެއަށް ދައްކާ އެ މީހުން ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓުވާލުމުގެ ހުވަފެން ވިއްސި ވިހާލިވެގެން ދާނީއެވެ.
“ހާރޓް ލެސް ބްރެޓް. އައި ހޭޓް ޔޫ!” ދަތްކުނޑި ވިކާލަމުން އަހަރެން ކޮޓަރިއަށް ދިޔައީމެވެ. އެ އާހިލާއި ވާހަކަ ދައްކަން ވެސް ބޭނުން ނުވާތީއެވެ. “ކިހިނެއް ވީ؟ ހާދަ ވިޔަރި ވެފަ.” ދޮރު ލެއްޕުމާއި އެކު ހެން ޝެހެނާޒު އަހަރެންނާއި ދިމާލަށް ބަލައިލީ ފާޑަކަށެވެ. އަހަރެން ގޮސް ވެއްޓިގަތީ އެނދުމައްޗަށެވެ. ދެން ތެދުވެ އެއްޗެކޭ ނުބުނެ ލައިގެން ހުރި ސްވެޓާގެ ބަދަލު ކަޅުކުލައިގެ އަތްދިގު ޓީޝާޓެއް ލީމެވެ. ނަމުގަ ނިދަން އޮށޯންނާށެވެ. އާނ ދެން ޓްރައިނިން މަސައްކަތްތައް އޮތިއްޔާ ވަރަށް ނިދޭނެ ވިއްޔާއެވެ.
އަހަރެން ނިމުނު އިރު ޝެހެނާޒު އޮތީ ވަރުގަދަޔަށް ނިދާ ހަރުދަނޑި ކައިފައެވެ. އަހަރެން ވެސް ސޯފާ އެނދަކަށް ބަދަލުކޮށްލައިފައި އޭގައި ރަނގަޅަށް ވެޑުވެލީމެވެ. ދަބަސް ހާވާލަމުން އަހަރެން ފޯނު ނެގީމެވެ. އެހެނަސް ނެގުނީ އަހަރެންގެ ފޯނެއް ނޫނެވެ. ޝެހެނާޒުގެ އެއްޗެވެ. ދުވަސްގަނޑެއް ކޮށްލައިފައި އެ އަތު ޖެހުމުން ހާވާލަން ބޭނުންވިއެވެ. އެ ހުޅުވާލުމާއެކު ފެނުނީ ލޮކް ސްކްރީނަށް އަރައިފައިވާ ނޮޓިފިކޭޝަން ބެނާއެކެވެ. ދެބުމަ ގާތް ކޮށްލެވުނީ ކާކު ކަން ނޭނގުމުންނެވެ. އަނެއްކާ ޝެހެނާޒު ކުއްޖެއް ނެގީ ހެއްޔެވެ؟ ނަމުގައި އެ ވަނީ ޔާން ޖަހާ ހާރޓް އިމޯޖީއެއް ލައިފައެވެ. އަނެއްކާ އަހަރެންނަށް ނޭނގި ނެގި ބިޓެއް ހެއްޔެވެ؟
ޝެހެނާޒުގެ ފޯނު ޕާސްވޯޑު ހޯދީ ހެކު ކޮށްލައިގެންނެވެ. އެ ޗެޓުލޮގު ތެރެއަށް ވަދެ ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ. މިހާރު މިއޮއް ޙަޤީޤަތް ފަޅާއެރީއެވެ. އެބުނާ ‘ކުލާސް މޭޓް’ އަކީ ޙަޤީޤަތުގައި އޭނާގެ ސިއްރު ލޯބިވެރިޔާ ކަން އެނގުނީއެވެ. މި ކޮއި ހާދަ ވަގުވެއްޖެއޭ ހިތަށް އެރިއެވެ. ރައްޓެހިވެގެން އުޅޭތާ މަހެއް ވީއިރު ވެސް އަންގާނުލައެވެ.
ޔާނަކީ ކާކުތޯ ބެލުމުގެ ނިޔަތުގައި އަހަރެން ވަނީ ކެމެރާ ރޯލަށެވެ. ޝެހެނާޒުގެ ސޭކު ކަމެވެ. އެ ޔާން އަކަށް ވަކި ފޯލްޑާއެއް ޚާއްޞަ ކުރެވިފައެވެ. ނުލަފާ ގޮތަކަށް ހީނލަމުން އަހަރެން އެ ހުޅުވާލީމެވެ. ދެން އެއިން ފޮޓޯއެއް ނަގައިފައި އޭގެ އެހީގައި ހޯދާލީ އެސޮރުގެ އަސްލު އައިޑެންޓިޓީއެވެ.
ހުޅުމާލޭގެ ކުއްޖެކެވެ. ފުރިހަމަ ނަމަކީ ހިޔާން ޢަލީ ޒިރާރެވެ. ދުނިޔޭގައި ނަން މަޝްހޫރު ކްލޯތިން ކޮންޕެނީ ‘ސްޓައިލިން’ (Stylin) ގެ ވެރިޔާ ޒިރާރުގެ ދެވަނަ ދަރިފުޅެވެ. ސިފަ ރީއްޗެވެ. މި އަޅުވާލައިގެން އުޅެނީ ވެސް ވަރުގަދަ ސޮރެކެވެ. ޝެހެނާޒުގެ ފޯނު ނިވާލައިފައި އަހަރެން ނިދާލީ އިރުކޮޅެއް ފަހުންނެވެ. މާދަމާ ރަނގަޅަށް ދިމާކޮށްލާން ހިތުގައި އަޒުމް ކަނޑައަޅައިގެންނެވެ. މާދަން ހިދާޔާގެ ގޭގައި ރިކޯޑަރު ތަކާއި ކެމެރާތަކެއް ހަރުކުރަން ޖެހޭނެއެވެ.
އަނެއް ދުވަހުގެ ފުރަތަމަ މަސައްކަތައިގެން އުޅުމުގެ ކުރިން އަހަރެން އުޅުނީ ނައިލް ގާތުގައެވެ. އަތުގެ ބޭސްގަނޑު ބަދަލުކުރާށެވެ. އެއަށްފަހު ހޮޓެލުން އަހަރެން ނުކުތީ ހައެއް ޖަހަނިކޮށެވެ. ލޭންޑް ކެޕްސޫލްގައި އެ ގެއަށް އާދެވުމާއި އެކު އަވަހަށް ވަނީމެވެ. ހިދާޔާގެ ގޭގެ ސެކިޔުރިޓީ ސިސްޓަމަށް ހެކު ކޮށްލައިފައި ވުމުން އެމީހުންނަށް ފަހުން ބެލިޔަސް އަހަރެން އައި ކަމެއް ވެސް ނޭނގޭނެއެވެ. އަހަރެން ގޭތެރެއަށް ވަނުމުގެ ކުރިން ގޯތި ތެރޭގައި ކެމެރާތަކަކާއި ރިކޯޑަރުތަކެއް ހަރުކޮށްލީމެވެ. ދެން ދިމާކޮށްލީ ގެއަށް ވަންނާށެވެ.
ސިއްރުވެރި ކަމާއެކު އަހަރެން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލަން މަޖުބޫރުވީ ދެން ފެނުނު މަންޒަރަކުންނެވެ. ފަހަތަށް ދެތިން ފިޔަވަޅު އަޅާލީމެވެ. ދެން ދެލޯ ބޮޑުކޮށްލައިގެން ބަލަން ހުރެވުނީ ތާކަށް ފަރާތަކަށް ހެލިނުލައެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.







Alheyyyyyyyyyyyyyyyy
Ehkala white rose 😭😭😭😭😭😭😭
Next avahah up kohdhehcheyyy…
Ketheii nuvaaneeyyyyyyyyy…
Mi part vx varah varah reethi…
Whn next???
Hehe, hama kasheega harulaafa e huree e gothah ep thah nimman 😁😁
Thnx Nawar. 💕
IA i’ll upload it this week.
Woww mi part ves Varah reethi when next part
Thnx Jennie. 💕
IA this week.
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Rifga ah gotheh nuhadhachey
Rifga and aahil gulhuvachey
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Cutie girl, why are you writing the same pattern of comment in many stories. Just pls write one’s from heart. It does not give any meaning for me. 🙄🙄🙄
Thnx Cutie girl.
Wonderful story, when is next?
Thnx Lana.
Vrh salhi
Kon irakun next episode up kuraanee
Thnx for the comment Anonymous. 💕
Will try to upload next one this week. 🙂
Masha Allah
Veh reethi vaahaka eh
Love it 😀
Patiently waiting for next part
You are my fav author
Never miss an amazing story of yours
Thnx a lot for the lovely comment No one 007