Skip to content
އެސްފިޔަ

ޔަލީން (4)

ޔަލީން ހިތަށް އެރިއެވެ. މީނަ އެއައީ ސެންޓުފުޅި ވެސް ހުސްކޮށްލައިގެން ކަންނޭނގެއެވެ. އެހެން މީހަކު ހިތަށް ނޭރިއްޔާ ދެރަހެއްޔެވެ. މުޅި ތަނުގައި ވަނީ އެ މަނިކުފާނު ޖަހާފައިވާ ސެންޓުގެ ވަސް ވިއްޔާއެވެ. ޔަލީން އަށް ކަޅި މައްޗައް ހިންގާލެވުނީ ވީ ފޫއްސަކުންނެވެ.
*****
އިޝާންގެ މޫނުމަތިންވެސް ފެންނަނީ ރުޅިވެރިކަމެވެ. އިޝާން އެއްޗެއް ބުނަން އުޅުނު ނަމަވެސް އެވަގުތު އެތަނަށް އައިސް ހުއްޓުނު ޔޫހާގެ ސަބަބުން އިޝާން އެއްޗެއް ނުބުނެ ޔޫހާ އަށް ހިނިތުންވުމެއް ދީފައި ދިޔައީ ޒީކް ލަސްވެފައި ހުންނާނެތީއެވެ. “ދޮންތަ ޝާންބެ އާ ކޮން ވާހަކަ އެއް ތި ދައްކަނީ” ޔޫހާ ބުނެލީ ލާނެތް ހިންޏެއް އައިސްފައި ހުރެއެވެ. ޒީކްވެސް އިޝާން އަށް ކުރުކޮށް ޝާން ކިޔާތީ ޔޫހާވެސް އިޝާން އަށް ކިޔަނީ ޝާންބެއެވެ. “ޝާން އޭ. ކޮން ޝާން އެއް” ޔަލީން ބުނެލީ އެއީ ދުވަހަކުވެސް އޭނާ އަޑުއަހާފައިވާ ނަމަކަށް ނުވާތީއެވެ. “ދޮންތަ ވެސް ދޯ! ދެންމެ މިތާ އެ ހުރީ ޝާންބެ. ދޮންބެގެ ބެސްޓްފްރެންޑް” ޔޫހާ އެހެން ބުނުމާއެކު ޔަލީން އަށް ކަޅި މައްޗައް ހިންގާލެވުމެވެ. ޔަލީން އަށް ވީގޮތް ފެނި ޔޫހާ ސަޅި ބިޓެއް ނޫންހޭ ބުނެލިއެވެ. ވަގުތުން ޔަލީން އައްޗީޑިއޭ ކިޔާ ޔޫހާ ގައިގައި ބޮނޑިއެއް އަޅާލިއެވެ. “ޔޫއްކޮ ކެއީތަ” ޔަލީން އަހާލުމުން ޔޫހާ އަދި ނުކަމޭ ބުނެލިއެވެ. “ހިނގާ ދޮންތަ އާއެކު ކާންދާން ވަރަށް ބަނޑުހައި” ޔަލީން އެހެން ބުނުމުން ޔޫހާވެސް ބޯޖަހާލީ ޔޫހާ އަށްވެސް ބަނޑުހައި ކަން އިހުސާސްކުރެވުމުންނެވެ. ޔަންހާވެސް ހޮސްޕިޓަލް އަށް ދިޔަގޮތައް އަދި ނާދެއެވެ.
އިޝާން ތިރިއަށް ދިޔައިރު ޒީކް ހުރީ އިޝާން ނައިސްގެން ލަސްވެފައެވެ. “ކައެ އަންހެނަކައް ވުރެ ތަތެއްނު” ޒީކް ހުރީ އިޝާން ލަސްވުމުން ހިތްހަމަ ނުޖެހިފައެވެ. “ކައެގެ ވަރުގަދަ ކޮއްކޮ އެއް އެބަހުރި ވިއްޔަ ފެންނަ ކޮންމެ ތާކުން ޖެހެން” އިޝާންވެސް ބުނެލީ ދެލޯ އަޅާލައިގެން ހުރެއެވެ. “އެކަމަކުވާ” ޒީކް ބޯ ހޫރާލަމުން ބުނެލިއެވެ. ގޭން ނިކުންނަމުން އިޝާން ޒީކް އަށް އެގަޑީގައި ވީ ގޮތް ކިޔައިދިނެވެ. ޒީކް ފެށީ ހޭށެވެ. އަދި ތި ދެމީހުން ދުވަހަކުވެސް އެއްގަލަކަށް ނާރާނެ އޭ ބުނެލިއެވެ. ޒީކް މެން ގެއިން ނުކުތްއިރު ވިއްސާރަ ވަނީ ހުއްޓާލާފައެވެ.
ޔަލީން އުޅުނީ ޔަންހާ އާއެކު ރޭގަނޑުގެ ކެއުން ތައްޔާރު ކުރާށެވެ. ޔަންހާ އަށް ގެއަށް އާދެވުނީ ހަވީރުވެސް ވެފައި ވަނިކޮށެވެ. ރޭގަނޑުގެ ކެއުން ތައްޔާރުކޮށް ނިމުނު އިރު އެންމެން ތިބީ ކާމޭޒު ދޮށުގައެވެ. ނަމަވެސް އިޝާން ފިޔަވައެވެ. އެހެންކަމުން ޔަންހާ ޔަލީން ގާތު އެދުނީ އިޝާން އަށް ކާން ގޮވަން ދިއުމަށެވެ. ޔަންހާ ދާން ބޭނުން ނުވިޔަސް މަންމަގެ އެދުމަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ޔޫހާ އާއި ޒީކް ޔަލީން އާއި ދިމާލަށް ފާޑަކަށް ހެވިފައި ބަލަން ތިއްބެވެ. އެހެންކަމުން ޔަންހާ އަށާއި ނާޒިލް އަށް ފާހަގަ ނުވާނޭހެން ޔޫހާ އަށާއި ޒީކް އަށް ލޯ އަޅާލައިފައި ޔަލީން މަޑު ހިނގުމެއްގައި ކާގެއިން ނުކުތީ ޔަންހާ އަށް ހިތާހިތުން ކުދި ކިޔަމުންނެވެ. ޔަލީން ސިޑީގެ ހަރުފަތްތައް ގިރާކުރުމަށްފަހު ގޮސް ހުއްޓިލީ އިޝާންގެ ކޮޓަރި ދޮރުމަތީގައެވެ. ޔަލީން މަޑު މަޑުން އެ ކޮޓަރި ދޮރުގައި ޓަކި ޖަހާލިއެވެ. ނަމަވެސް ހަބަރެއް ނުވުމުން އަނެއްކައިވެސް މަޑު މަޑުން ޓަކި ޖަހާލިއެވެ. އެންމެ ފަހުން ދޮރު ނުހުޅުވުމުން ޔަލީން ގާތައް އައީ ރުޅިއެވެ. ޔަލީން އަތުގައި ހުރި ބާރެއްލާފައި ދޮރުގައި ތަޅައިގަތެވެ.
އިޝާން ތާޒާ ވެލައިގެން ނުކުމެ ޓީޝާޓެއް ނަގާބޮލަށް މަހާލީ ތިރިއަށް ދިއުމުގެ ބޭނުމުގައެވެ. ނަމަވެސް އިޝާން އަށް ފޯނު ލެވުނު ތަނެއް ނޭނގުމުން އެ ހޯދަން ކޮޓަރީގެ އެކި ތަންތަން ބަލަމުން ދިޔައެވެ. އެވަގުތު ކޮޓަރީގެ ދޮރުގައި ޓަކިދޭ އަޑު އިވުނުނަމަވެސް އިޝާން ފޯނު ހޯދުމައިގެން ކުރިއަށް ގެންދިޔައެވެ. ހީވަނީ ޖަވާހިރެއް ގެއްލިގެން ހޯދާހެންނެވެ. އިޝާން ސިއްސައިގެން ދިޔައީ ދެން އެމީހަކު ދޮރުގައި ބާރު ބާރައް ތަޅައިގަތުމުންނެވެ. އިޝާން ބޮލަށް އުނދަގޫ ވެގެން ދޮރު ހުޅުވަން ދިޔައީ އެއީ ޒީކް ނޫން އިތުރު މީހަކަށް ނުވާނެތީއެވެ. ނަމަވެސް ދޮރު ހުޅުވާލި އިރު ދޮރުމަތީ ހުރި ޔަލީން ފެނި އިޝާންގެ ދެބުމަ ގޮށްޖެހުނެވެ. “މަންމަ ބުނީ މަނިކުފާނު ކޭންބައްލަވަން އަންނާށޯ!” ޔަލީން ބުނެލީ ރުޅިވެރި އެހެނަސް މަޖާ ގޮތަކަށެވެ. “އެހެންބުނަން މިދޮރު ވެއްޓޭވަރަށް ތި ތަޅަނީ” އިޝާން ބުނެލީ މަލާމާތުގެ ރާގަކަށެވެ. “ރީތިކޮށް ޓަކިދިނީމަ ދޮރުނުހުޅުވީއެއްނު ފޮނިކަމުން” ޔަލީން ބުނެލީ އިޝާންއަށް ދެލޯ އަޅާލަމުންނެވެ. “ފޮނިކަމުންނޭ. މަތަ އަދިވެސް ފޮނީ. ތިކުއްޖާ އެއްނު ފޮނިކަން ދައްކަމުން އައިސް މަގޭ ގައިގަ ކޮންމެ ފަހަރަކު ޖެހިގަންނަނީ. އެންޑް މަގޭ ނަމަނީ މަނިކުފާނެއްނޫން. މަށައް ކިޔަނީ އިޝާން” އިޝާން ވެސް ވަކި ދޫދޭން ބޭނުން ނުވުމުން ބުނެލިއެވެ. “ތިހެންވިއިރު އައިމް އޯލްސޯ ނޮޓް ތިކުއްޖާ. މައި ނޭމް އިޒް ޔަލީން” ޔަލީން ވެސް އަކުރު ތަކަށް ބާރުލާފައި ބުނެލިއެވެ. އަދި އަވަސް ފިޔަވަޅު ތަކެއްގައި އެތަނުން ދިއުމަށް ހިނގައިގަތެވެ. ފަހަތުން އިޝާން ވެސް އާދެއެވެ. އިޝާން ދެން ފޯނު ފެނޭތޯބަލާނީ ފަހުންކަމަށް ނިންމާ އައީ ޒީކް މެނަށް ލަސްވެދާނެ ކަމަށް ބަލާފައެވެ. ކަންވީވެސް އެހެންނެވެ. ޔަންހާ ޔަލީން އާއި އިޝާން އައުން ލަސްވެގެން ކޮބައިތޯ ބަލަން ދާން ހަމަ ތެދުވިތަނުން ފެނުނީ ކާގެއަށް ވަދެގެން އައި ޔަލީންއެވެ. އެހެންކަމުން އަނެއްކާވެސް ގޮނޑީގައި އިށީންނަމުން އިޝާން ކޮބައިތޯ އަހާލިއެވެ. ޔަލީން އިޝާން އެބަ އާދޭ ކަމަށް ބުނަމުން ގޮސް ގޮނޑީގައި އިށީނދެލިއެވެ. ޔަލީން އިށީން ކަމެއް ނޭނގި ދެން ފެނުނީ ވަދެގެން އައި އިޝާންއެވެ. އިޝާން ހަވީރު ވަގުތު ހުރީ ނާޒިލް އާއި ޔަންހާ އާއި ބައްދަލުވެފައެވެ. އިޝާން އަށް ވަނީ ނާޒިލް އާއި ޔަންހާގެ ހިތްހެޔޮކަން ފެނިފައެވެ. ޔަންހާވަނީ އިޝާން އަށް މީ ހަމަ އަމިއްލަ ގެ ކަމަށްބަލާ އެ ގޭގައި އުޅުމަށް ބުނެދީފައެވެ. ވަދެގެން އައި އިޝާން އަށް ޔަންހާ އިށީންނަށް ގޮޑި އަށް އިޝާރާތް ކޮއްލިއެވެ. އެހެންކަމުން އިޝާން އައިސް އެ ގޮނޑީގައި އިށީންނަމުން ނާޒިލް އަށާއި ޔަންހާ އަށް ހިނިތުންވުމެއް ދިނެވެ. ކަންދިމާ ކުރި ގޮތުން އިޝާން އިންނަން ޖެހުނީ ޔަލީންގެ ކުރިމަތީގައި އިން ގޮނޑީގައެވެ.
(ނުނިމޭ)

Comments (5)

  1. gurrrrl

    vrh reethi when next??

  2. Hayaa

    Hehehe…. Vrh majaa midhekudhin miulhey gothun.

  3. Nawar

    Maasha Allah mi part vx varah varah reethi…
    Next part thankolheii dhigu koh gensdheyne kamah ummeedhu kuran…
    Whn next??
    Curiously waiting for the next part…

  4. Cutie girl

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Ishaan and yaleen gulhuvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey

  5. Ghost girl 👻

    Masha Allah vrh interesting and vrh reethi
    Ishan and yaleen gulhuvahchey they both are made for each other
    I hope next part vrh avahah up kohdheyne kamah ..las viyas shakuva eh neiy I understand that busy vaane kan vx vrh inthizaaru kurevey …

Comments are closed.