Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންސާފް (އަށާވީސްވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
November 9, 2024 6 Mins Read
14 Comments

މަންހަލް ލަދުގަނެފައި އެސްފިޔަތައް ތިރިކޮށްލީއެވެ. ލުއި ހިނިތުންވުމެއް ޔަޒްދާންގެ ތުންފަތަށް ވެރިވިއެވެ. މަންހަލްއާއި ގާތަށް ފިޔަވަޅެއް އަޅާލާ އޭނާގެ ނިތުގައި ޔަޒްދާން ބޮސްދިނެވެ. މަންހަލްގެ އުނަގަނޑުގައި އަތް އަޅުވާ ދަމާލުމާއެކު އޭނާގެ ގައިގައި ބައްދާލައިގެން ޔަޒްދާން ހުއްޓެވެ. ދުރުކޮށްލަން ބޭނުންނުވެފައެވެ.

ޓެރަސްގައި ހުރި ސަންބެޑުގައި ޖައްސާލައިގެން ޝަފްނާ އޮތެވެ. ވާރޭ ވެހި ހުއްޓާލާފައި ވުމުން އެހެން ރޭތަކާއި ޚިލާފަށް އެރޭ މާފިނިގަދައެވެ. އޭނާގެ އަތުގައި އޮތް ފޯނުން ވައިބާއަށް ވަދެ ނަންބަރެއް ސާޗުކޮށްލާފައި ޑަޔަލް ކޮށްލިއެވެ.

“ހެލޯ.” އެކޮޅުން ފޯނު ނެގި އަޑުއިވުމާއެކު ޝަފްނާ ގޮވާލިއެވެ.

“ހެލޯ..” ލިއާމްގެ އަޑުގައި އާދައިގެ ގޮތެއް ހުއްޓެވެ.

“ކިހިނެއް؟ ހަބަރެއް ނުވޭތަ؟” ޝަފްނާ އަހާލިއެވެ.

“ނުވޭ. އެހަމްދާން ފެންނަ ކަމަކަށް ނުވި. ކުރިން ދުވަހު އެއެޕާޓްމަންޓަށް ދިޔައިން. އޭނައެއް ނޫން މިހާރު އެތަނުގައި އުޅެނީ. ސާހިލްގެ ހަބަރެއްވެސް ނުވޭ. އޭނާވެސް ގެއްލިއްޖެ…. މަ ބުނަންތަ ވާހަކައެއް؟ އެދުވަހު އެއީ މަށަށް ހީވި ގޮތެއްހެން ހީވަނީ.” ލިއާމް ވާހަކަދެއްކިއެވެ.

“އެކަމަކު އޭނާ ފިލިއްޔޭއެއްނު ބުނީ. އޭނާއަށް ކަލޭ އެނގޭނެ. އެހެންވެ އެދިޔައީ. މަށަށް ޔަގީންވޭ އޭނާ އުޅެނީ ތިތަނުގައިކަން.” ޝަފްނާގެ އަޑުގައި ޔަގީންކަންވިއެވެ.

“އަދިވެސް އޭނާދެކެ އެވަރަށް ލޯބިވޭތަ؟” އިރުކޮޅަކު ހުރެލާފާ ލިއާމް އަހާލިއެވެ.

“ތިވާހަކަ ނުދައްކާ.. އަހަރެންގެ މޫޑު ހަރާބުކުރަން ނޫޅޭ.” ޝަފްނާގެ ޖަވާބުވެސް ހިނދުކޮޅަކަށް ލަސްވިއެވެ.

“އޯކޭ ބޭއްވީ.” ޝަފްނާގެ ޖަވާބަކަށް މަޑުނުކޮށް ލިއާމް ފޯނު ކަނޑާލިއެވެ. ތަނަކަށްދާން ލަސްވެފައި ހުރި ފަދައަކުންނެވެ.

ފޯނު ކަންފަތާއި ދުރުކޮށްލާފައި އަނެއްކާވެސް އޭނާގެ ނަޒަރު ހުއްޓާލީ ފޯނުގެ އިސްކިރީނަށެވެ. ފޯނުގެ ވޯލްޕޭޕާރގައި ފެންނަން ހުރި ފިރިހެންމީހާގެ މޫނުގައި އޭނާ އިނގިލި ޖައްސާލިއެވެ.

“ތިއީ އަހަރެންގެ ހައްގެއް. އެހެންމީހެއްގެ ހައްގަކަށް ވާތަން ބަލާކަށް ނުހުރެވޭނޭ ބުނީމެއްނު. އެކަމަކު އަހަރެންގެ ބަސްތައް ބޮލާލާފައި އޭނާއާއި އިނީއެއްނު. ކީއްވެ ހުރިހާ ކަމެއްގައި އަހަރެންނަށް ބްލޭމް ކުރަންވީ؟ އަހަރެންނަށް މަޖުބޫރު ކުރުވި މީހަކީ ތިއީ.” އެފޮޓޯއަށް ބަލަން އޮވެ ހިތާހިތުން ޝަފްނާ ކިޔާލިއެވެ.

ހަތަރުގަޑި ސާޅީސް ފަހެއް ހާއިރު ޔަޒްދާންގެ ފޯނު އެލާމުވާން ފަށައިފިއެވެ. ބާލީސް ދަށަށް އަތް ވައްދާލުމަށްފަހު އޭނާ ފޯނު ނަގާ އެލާމް ޑިސްމިސް ކޮށްލިއެވެ. ދެލޯ އުނގުޅާލުމަށްފަހު އެނބުރެމުން ދިޔަ ފަންކާއަށް ބަލަން އިރުކޮޅަކު އޭނާ އޮތެވެ. ދެން އެއްއަރިއަކަށް އެނބުރި އޮތް މަންހަލްއަށް ބަލައިލިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ތެދުވެ ފާހަނައަށް ވަނީ މޫނު ދޮވެލާ ވުޟޫކޮށްލާށެވެ. ފާހަނައިން ނިކުމެގެން އައިސް އޭނާ މަންހަލްގެ މަގަތުގައި އިށީނެވެ. ނިދިފައި އޮތް އަނބިމީހާގެ ކޯތާފަތުގައި ފިރުމާލުމަށްފަހު މަޑު މަޑުން އޭނާގެ ކޯތާފަތުގައި ބޮސްދިނެވެ. ޔަޒްދާންގެ ތުންފަތްޖައްސާލި ހިސާބުގައި އަތް އުނގުޅާލުމަށްފަހު މަންހަލް އެނބުރިލީ އަނެއް ފަރާތަށެވެ. ތަންކޮޅެއް ބޮޑަށް ގުދުވެލާ އޭނާ މިފަހަރު ބޮސްދިނީ މަންހަލްގެ ކަރުގައެވެ. އަޑެއް ލައްވާލުމަށްފަހު މަންހަލް ދެލޯ ހުޅުވާލިއެވެ.

“ގުޑް މޯނިން.” މަންހަލްގެ ލޯ ހުޅުވުމާއެކު ހެނދުނުގެ ތަހުނިޔާ ޔަޒްދާން ކިޔެވެ.

“ފަތިސް ވަގުތުވީތަ؟” ކަންނެތް އަޑަކުން ޔަޒްދާންގެ ގާތުން އޭނާ އަހާލިއެވެ.

“އުހުން. އަދިއަކު ނުގޮވާ. ދޭބަލަ ފާހަނައަށް ވަދެ ރީތިވެލާ ވުޟޫކޮށްގެން އަންނަން.” މަންހަލް ތެދުވަން ތަންދައްކަމުން ޔަޒްދާން ބުންޏެވެ. ފިރިމީހާގެ އެދުމުގައި ކޮޅުފައިން ޖަހާކަށް މަންހަލްއަކަށް ނުކެރުނެވެ. އޭނާ ކުރަން ބުނީވެސް ގޯސްކަމެއް ނޫންވިއްޔާއެވެ. ފޯނުން ގަޑި ބަލައިލާފައި އޭނާ އަވަސް އަވަހަށް ގޮސް ފާހަނައަށް ވަނެވެ.

“ތަހައްޖުދު ނަމާދުކުރަން. ކުރިން ކުރަންތަ؟” މަންހަލް ފާހަނައިން ނިކުތުމުން އޭނާ ނަގައިދީފައި އޮތް ބުރުގަލާއި އިސްޓާކީނު މަންހަލްއަށް ދިއްކޮށްލަމުން ޔަޒްދާން ބުންޏެވެ. މަޑުމަޑުން މަންހަލް ހޫންއެކޭ ބުނެލިއެވެ.

“ވާހަކަ ގިނަނުކޮށް އިހަށް ނަމާދުކޮށްލަން ހިނގާ ދޯ. ނަމާދުކޮށް ނިންމާލާފަ ވާހަކަދައްކާލާނީ.” މަންހަލް ނަމާދަށް ތައްޔާރު ވުމުން ގިބުލައަށް ކުރިމަތިލަމުން ޔަޒްދާން ބުންޏެވެ. އޭނާގެ ފަހަތުން މަންހަލްވެސް ނަމާދަށް ހުއްޓުނެވެ.

ދެމަފިރިން އެކުގައި ނަމާދުކުރި ދެވަނަ ފަހަރަށް އެފަހަރު ވިއެވެ. އެހެނަސް ފިރިމީހާ ނުވަތަ އަނބިމީހާއާއެކު ނަމާދުކުރާ ކޮންމެ ފަހަރެއް ހާއްސައެވެ. ކުރެވޭ ފޮނި އިހްސާސެއް ބަދަލެއް ނުވެއެވެ. އޭގެ ސަބަބުން ދެމީހުންނަށްވެސް އެކަކު އަނެކަކަށް ދެވިފައިވާ ގަދަރާއި ލޯބި އިތުރުވީއެވެ.

“ސްކޫލުގައި އުޅުން އިރުގައި ކޮންމެ ރެއަކުހެން ދަމުނަމާދަށް ތެދުވަން.. ގްރޭޑް ދިހައަކުން ފެށިގެން. ކިޔެވުމަށް އޭގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރި.” ނަމާދު ނިންމާލުމަށްފަހު ޔަޒްދާން އަނބިމީހާއާއި އެއްވަރަށް ފަހަތަށް ޖެހިލުމާއެކު މަންހަލް ވާހަކަދެއްކިއެވެ.

“އަހަރެން ރޭގައި ނެޓްގައި ސާޗްކޮށްގެން ފެނުނީ، ތަހައްޖުދު ނަމާދުން ނަފްސާނީ ކަންތައްތައް ރަނގަޅުކޮށްދީ، އަހަރެމެންނާ މާތްﷲ އާއި އޮންނަ ގުޅުން ރަނގަޅުކޮށްދޭކަން. ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ހައްލުކުރަން ފަސޭހަވެ މީހާގެ ހިތްހަމަޖެހުން އިތުރުކޮށްދޭ ކަމެއްކަން ތަހައްޖުދު ނަމާދަކީ. ރޭގަނޑުގެ ހަމަހިމޭން ވަގުތުގައި މާތްﷲއަށް އެދި ދަންނަވާ ކަންކަން ފަސޭހައިން ހިންމަވައި ދެއްވާނެކަންވެސް އެނގުނު. ހިތަށް އެރީ ދެމީހުން އެކުގައި ތެދުވެ ނަމާދުކުރަން. މާބޮޑަށް ދީނުގެ ކަންތައް ނޭނގުނަސް މާތްﷲއާއި ކުއްތަންވެވޭ ވަރަކަށް އިންސާނާގެ ހިތަށް ހަމަޖެހުން ގެނުވާކަން އަހަރެންނަށް އެނގޭ. އެކަލާނގެއާއި އޮންނަ ގުޅުން ބަދަހިވާ ވަރަކަށް ދިރިއުޅުން އުފާވެރިވާނެކަންވެސް ގަބޫލުކުރަން.” ރޭގައި ނިދަން އަރާ އޮވެގެން ފޯނުން އެވަރަށް ބެލީ ކޮން އެއްޗެއްކަން ޔަޒްދާން ސާފުކޮށްދިނެވެ. “ދެން ކޮންމެ ރެއަކުވެސް ތެދުވާނަން ދޯ ނަމާދަށް؟”

ކިޔަމަންތެރިކަމާއެކު މަންހަލް ބޯޖަހާލިއެވެ.

“އަހަރެންވެސް ބޭނުން ދީނާބެހޭ ގޮތުން މިއަށްވުރެ ބޮޑަށް އުނގެނެން. އަބަދު އުޅެން އައިސް ތިބިތަނެއް ނޫންތާ ދުނިޔެއަކީ. އާޚިރަތް ދުވަސް އަންނާނެކަމީ ހަގީގަތެއް. އެދުވަހަށް އަހަރެމެން ތައްޔާރުވާން ޖެހޭނެ. މަރުއައިސް ބައްދަލުކުރާނީ ކޮންވަގުތަކު ކަމެއް ނޭނގޭނެ. މަންމަގެ ވަސިއްޔަތެއް އެެއީ. ދީނާ ބެހޭގޮތުން އުނގެނި ދަސްކުރުން. އެހާ ބޮޑަކަށް ހަނދާނެއް ނުވޭ. އެކަމަކު މަންމަ އެހެން ބުނީ.” މަންހަލް ބޯ އަޅާލީ ޔަޒްދާންގެ ކޮނޑުގައެވެ. “އެހެންނޫނީ ދުވަހަކު ނުލިބޭ ހިތްހަމަ ޖެހުމެއް އަހަރެންގެ ހިތަށް މިއަދު ގެނުވައިފި. ޔަޒްދާންއަށްޓަކައި ހިތުގައި ދެވިފައި އޮތް ގަދަރު އެތައް ދަރަޖައަކަށް އުފުލިއްޖެ. ހެޔޮކަންތައް އުނގެނި އެއާ އެއްގޮތަށް އުޅެން މަސައްކަތް ކުރާ މީހުންދެކެ އަހަރެން ވަރަށް ލޯބިވޭ.”

“އަހަރެންވެސް.” މަންހަލްގެ ބޮލުގައި އޭނާގެ ބޯ ޖައްސާލަމުން ޔަޒްދާންވެސް ބުންޏެވެ.

ފަތިސް ނަމާދުކޮށް ނިންމާލައިގެން މަންހަލް ކޮޓަރިން ނިކުތެވެ. އޭރު ޔަޒްދާންވީ ސުހައިލްއާއި ޔުނާންއާއެކު ފަތިސް ނަމާދަށް ގޮހެވެ. ކާމޭޒު ކައިރީގައި ކޮފީ ތަށްޓެއް ހިފައިގެން އިން ޔޫވިންއަށް މަންހަލް ފެނުމާއެކު ހިނިތުންވެލައިފިއެވެ. ލުއި ހިނިތުންވުމެއް މަންހަލްވެސް ހަދިޔާ ކޮށްލިއެވެ.

“އަހަރެން ގިރައިދެންތަ؟” މަންހަލް ފެންހޫނުކުރާ ޖަގު ޖައްސާލުމާއެކު ޔޫވިން ބުންޏެވެ. މުޅިން އަލަށް ޔޫވިން އިސްވެ ކަމެއް ކޮށްދޭން އުޅުމުން މަންހަލްވެސް އާނއެކޭ ބުނެލިއެވެ.

“ރަނގަޅުތަ؟” މަންހަލްގެ މޫނަށް ނަޒަރު ހުއްޓާލަމުން ޔޫވިން އަހާލިއެވެ. އެމޫނުމަތިން ރޭގައި ކުރި ހިތާމައިގެ އެއްވެސް އަސަރެއް ނުވާކަން ޔޫވިންއަށް ފާހަގަވިއެވެ.

“ހޫމް. ޔަޒްދާން ހުރީމަ ކަންކަމާ އެގޮތަށް ހިތާމަކޮށް ވިސްނާކަށް ނުޖެހޭ. އެކަމަކު އަނދިރިވީމަ އަދިވެސް ބިރުގަންނަނީ. އަހަރެން އުފާކޮށްދޭން އޭނާ މަސައްކަތްކުރޭ.” ޔޫވިން އިޝާރާތް ކުރީ ކޮންކަމަކަށްކަން ދަނެ މަންހަލް ޖަވާބުދިނެވެ. ތުންފިއްތާލާފައި އޭނާ ހިނިތުންވެލިއެވެ. ހިސާބެއްގެ ލާނެތްކަމެއް އެލޮލުގައި ވިއެވެ.

“ބްލެކް ކޮފީތަ؟ ޕެކެޓް ކޮފީތަ؟ ހަކުރު ނޫނީ ކިރު އަޅާތަ؟” ޖޯޑު ދޮވެލައިގެން އައި ޔޫވިން އަހާލިއެވެ.

“ޕެކެޓް ކޮފީ. ކުޑަކިރުކޮޅެއް އަޅާލައިގެން.” މަންހަލް އެދުނެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ސޯފާގައި ބާއްވާފައި އޮތް ފޮތެވެ. ކުޑަކޮށް ގުދުވެލާ އޭނާ އެފޮތް ނަގާފައި ހުޅުވާލިއެވެ. އެއީ އިމާރާތް ކުރާނެގޮތާއި ބެހޭގޮތުން ލިޔެފައި އޮތް ފޮތެކެވެ. ޝައުގުވެރިކަމާއެކު އޭނާ އެފޮތުގެ އެއްކޮޅުން އަނެއްކޮޅަށް ބަލައިލިއެވެ.

“ވަރަށް އުނދަގޫތަ؟” ޔޫވިން މަންހަލްއަށް ކޮފީތަށި ދިއްކޮށްލުމާއެކު އޭނާ ސުވާލުކުރިއެވެ.

“އާނ.. ވަރަށް ބޮޑަށް.. އެހާ ބޯ ގާނައިގެން ހަދާ މޮޑެލްއަކުން ހާހަކުން އެއްޗެއް ލެކްޗަރާއަށް ކަމުދާނީ.” ތުންކޮޅު ނެރެލާފައި ޔޫވިން ބުންޏެވެ. “މިހާރު ނިދާލެވެނީވެސް ވަރަށް މަދުން. ހަތަރު ގަޑިއިރު އެއީ މެކްސިމަމް. ވަރަށް ސްޓްރެސްވޭ.”

“ބުރަކޮށް މަސައްކަތްކުރީމަ ކާމިޔާބުވާނެ. ހިތްވަރު ދޫކޮށްނުލާ ކުރިއަށް ދާތި.” މަންހަލް ނަސޭހަތްދިނެވެ.

“މަންހަލް ކޮންއެއްޗެއް ހަދަން ވިސްނަނީ؟ މިކޮޅަށް އަންނައްޗޭ، އޭރަށް ޔޫވިންވެސް އެކަންޏެއް ނުވާނެއްނު. މިއަދު ޔުނީއަށް އައީމަ އެތާގެ ޓުވާއެއް ދޭނަން އެނގޭ.” ޔޫވިން ސުވާލުކުރިއެވެ.

“އަދި ނުނިންމަން. މޯސްޓް ޕްރޮބެބްލީ ސައިކޮލޮޖީ.” މަންހަލް ޖަވާބު ދިނެވެ.

“އަޅެ ޔޫވިންވެސް ހިނގާބަލަ ބުރުގާ އަޅަން. ބަލާބަލަ މަންހަލްވެސް ލޯބިތޯ ބުރުގާ އެޅީމަ.” ކޮޓަރިން ނިކުމެގެން އައީ ނަސްރާއަށް ދެކުދިން ސޯފާގައި ތިބިތަން ފެނުމާއެކު ބުނެވިއްޖެއެވެ.

“ތެދެއް. ޓްރައިކޮށްލަބަ.” މަންހަލްވެސް އެއްބައިވީ ނަސްރާއާއެވެ.

“މަންމަ ބުރުގަލެއް ނުގަނެދޭ ވިއްޔަ.” ޔޫވިން ރައްދުދިނެވެ.

“ހޫން. މަންމަ ކިތައް ބުރުގާ ގަނެދިނިން އުމްރާއަށް ގޮސްފައި އައި ފަހަރުވެސް. އެކަމަކު ޔޫވިންއެއް ނޭޅިވިއްޔަ… އެންމެ ރަނގަޅޭ. މަންމަ އަނެއްކާވެސް ގަނެދީފާނަމޭ..” ނަސްރާ ތެލިތައް ނަގާ ނާސްތާ ތައްޔާރުކުރުމުގެ މަސައްކަތް ފެށިއެވެ.

ނަސްރާއާއެކު މަންހަލްވެސް ބަދިގޭގައި އުޅުނެވެ. ނަމާދަށް ދިޔަ ފިރިހެންވެރިންވެސް ލަސްތަކެއް ނުވެ އަތުވެއްޖެއެވެ. ކޮފީތަށި ހުސްކޮށްގެން ޔޫވިން ވަނީ ޔުނިވާސިޓީއަށް ދާން ތައްޔާރުވާށެވެ.

“ޔޫވިން އަމިއްލައަށްތަ ވާހަކަދެއްކީ؟ އޭނާ ރޭގަ ވަރަށް ކަންބޮޑުވެފައޭ ހުރީ މަންހަލްއަށް ވީގޮތުން. ދައްތަ ހިތްހަމަނުޖެހޭ ގޮތް ދައްކާލާފަ ބުނިން ޔޫވިން ތިހެން ލަދުން ވާހަކަނުދައްކާ އުޅެންޏާ އެހެންނެއް ނޫންހޭ ވާނީ.” ޔޫވިން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމާއެކު ނަސްރާ ބުނެލިއެވެ. ނަސްރާއަށް ބަލައިލާފައި މަންހަލް ހިނިގަނޑެއް ޖަހާލީއެވެ.

ހެނދުނުގެ ނާސްތާ ކޮށްގެން ޔަޒްދާން އާއެކު މަންހަލްވެސް ކޮޓަރިއަށް އައެވެ. ދެމީހުންގެ ދެމެދުގައި ދެކެވުނީ މާދަން ހެނދުނު ދާނެ ތަނަކާއި ބެހޭގޮތުންނެވެ. އިންޓަނެޓުގައި ސާޗުކޮށްގެން ޔަޒްދާންއަށް ފެނުން އެންމެ ކަމުދާ ތަނަކަށްވީ ސުޕާޕާކެވެ. އެހެނަސް މަންހަލްއަށް އެތަނަށް ދިއުމަށް އެއްބަހެއް ނުވެވުނެވެ. މަންހަލް ނޫނެކޭ ކިޔަކިޔާ އޮއްވާ ޔަޒްދާން ޓިކެޓުވެސް ގަނެފިއެވެ.

މެންދުރުން އަނބުރާ ދޭއްޖެހިއިރު ނަސްރާއާއި ސުހައިލްއާއެކު ޔަޒްދާންއާއި މަންހަލްވެސް ނިކުތީ ޔުނިވާސިޓީ ކުއަލަ ލަމްޕޫރްއަށް ދާށެވެ. ޔުނާންއާއި ޔޫވިންވެސް ކިޔަވަނީ އެތަނުގައެވެ. ވިހިވަރަކަށް މިނެޓްގެ ދަތުރަށްފަހު ޔުނިވާސިޓީއަށް ދެވުނު އިރު މުޅި އެހިސާބުގަނޑުގައި މީހުން ދެކޮޅަށް ހިނގާބިގާވެ އުޅޭތަން ފެނެއެވެ. ޔުނިވާސިޓީ ދޮރުމަތިން އެމީހުންނާ ބައްދަލުކުރީ ޔުނާންއެވެ. ޔޫވިން އުޅެނީ އޭނާގެ ރައްޓެހި ކުދިންނާއެކު އަވަދިނެތިކަން އޭނާ ބުނެދިނެވެ. ޔުނާންގެ ފަހަތުން އެންމެން ވަނެވެ. ކާއެއްޗެހީގެ ވަހުން މުޅި މާހައުލު އޮތީ އެއްވަސް ކޮށްފައެވެ. ވަންނަ ގޭޓު ކައިރީގައި ހުރި ބޯޑަށް ބަލައިލީމާ ބާރަ ގައުމެއްގެ ތަފާތު ކެއުންތައް ހުންނާނެކަން އެނގެން ހުއްޓެވެ. ބޯޑުގައިވީ އެއްޗެއް ކިޔާލުމަށް ފުރަތަމަ މަޑުކޮށްލީ މަންހަލްއެވެ. އޭނާގެ ފަހަތުން ދެން ތިބި މީހުންވެސް މަޑުކޮށްލިއެވެ.

“އަހަރެން ދާން ބޭނުމީ ރާއްޖޭގެ ސްޓޯލްއަށް. އަރަބި ކެއުން އެންޑް ޓާކިޝް.” ބޯޑުގައި އަތް ޖައްސާލާފައި މަންހަލް ބުންޏެވެ.

“ޗައިނީސް، ފްރެންޗް އެންޑް އިޓަލީ.” ޔަޒްދާން އޭނާއަށް ކަމުދާ ތަންތަން ކިޔާލިއެވެ.

“އަހަރެމެން ހުރިހާ ސްޓޯލްއަކަށް ވަންނާނަން ދޯ.” ނަސްރާއަށް ދޯ އެއްލަމުން ސުހައިލް ބުނެލިއެވެ.

“އޯކޭ. އަހަރެމެން ދެން އެކަނި މިދަނީ މިތަންތަން ބަލައިލަން.” ފޯނުން ބޯޑުގެ ފޮޓޮއެއް ނަގާފައި ޔަޒްދާން ބުންޏެވެ. މަންހަލްގެ އަތަށް އޭނާގެ އިނގިލިތައް މަހާލަމުން ޔަޒްދާން ކުރިއަށް ހިނގައިގަތީ މަންހަލްއަށް އެއްވެސް އެއްޗެއް ނުބުނެވިގެން އުޅެނިކޮށެވެ. ސުހައިލްމެން ހިނިއައިސްފައި އެމީހުންނަށް ބަލަން ތިއްބެވެ.

“ތިންވަނަ ފްލޯ އިނގޭ.” ޔުނާން ގޮވާލިއެވެ. ސްޓޯލްތައް ހުރީ ދެބަޔަކަށް ބަހާލާފައެވެ. ގްރައުންޑް ފްލޯގައި ހަ ސްޓޯލްއެއް ހުރިއިރު ބާކީ ހަ ސްޓޯލް ހުރީ ތިންވަނަ ފްލޯގެ ހޯލުގައެވެ. ފަސް އެނބުރި ބަލައިލާ ޔަޒްދާން އަތުގެ އިޝާރާތުން ރަނގަޅޭ ބުންޏެވެ.

“އަޅެ. ދައްތަމެން ކީކޭ ހީކުރާނީ؟” މަންހަލްއަށް ވާހަކަދެއްކޭ ވަރުވީ ލިފްޓު ކައިރިއަށް ޔަޒްދާން ހުއްޓުމުންނެވެ.

“ހަނީމޫން ކަޕްލް އުޅޭނީ ވަކިން. ޔޫ ނޯ؟” މަންހަލްއާއެކު ލިފްޓު ތެރެއަށް ދެމިގަންނަމުން ޔަޒްދާން ބުނެލިއެވެ.

“އެކަމަކު-” މަންހަލްގެ ވާހަކަތައް މެދުކަނޑާލީ ޔަޒްދާންއެވެ.

“އެކަމަކެއް ނުކިޔޭނެ. މާދަން ޝޮޕިންއަށް ދާނީ އެންމެންނާއެކުއޭ. އޯކޭއެއްނު؟ މަންމަ އެބޮތް ބޮޑު ލިސްޓެއް ފޮނުވާފަ. މަރިޔަންވެސް އެކި އެއްޗެހީގެ ވާހަކަ ކިޔާއިރު ހީވަނީ އެހެންފަދަ ކަމެއްހެން.” ޔަޒްދާން ބުންޏެވެ.

ލިފްޓު ހުޅުވުމާއެކު ދެމީހުން ނިކުތެވެ. މަންހަލް ގޮވައިގެން ހިނގާފައި ދިޔައިރު ޔަޒްދާން ހީވަނީ ތަނަށް ދެކެފަރިތަ މީހެއްހެންނެވެ. ދެމީހުން ކޯޅެމުން ގޮސް ސްޓޯލްއަށް ވަނެވެ. ދުވި މީރުވަހުން މަންހަލްއަށް ހުއްޓެވުނެވެ. ނިކަން ފުންކޮށް ނޭވާ ދަމާލިއެވެ. އޭނާގެ މޫނުމަތިން ހިނިތުންވުމެއް ދުވެލިއެވެ.

“ވަސްބަލަންތަ އައީ؟” މަންހަލްގެ އަތަށް ދަމާލަމުން ޔަޒްދާން ބުނެލިއެވެ. މަންހަލް ދެލޯ އަޅާލީއެވެ

ފުރަތަމަ ދެމީހުން ގާތްވީ އަރަބި ކެއުންތައް ހުރި ސްޓޯލްއަށެވެ. ފަލާފިލްއާއި ޝަވަރްމާއެއް ނަގައިގެން ދާން ފެށުމުން އެތާހުރި ކުއްޖަކު ގޮވާލާފައި ޙުމުސްކޮޅެއް ވެސް ގެންދަން އެދުނެވެ. ފަލާފިލްއާއި ޖައްސައިގެން ކާން މީރުވާނެ ކަމަށް ބުނުމުން ދެކޮޅުހެދުމެއްނެތި ޔަޒްދާން އެގަތެވެ. ތުރުކީގެ ކެއުންތަކުގެ ތެރެއިން މަންހަލްއަށް ކަމުދިޔައީ ބަކްލަވާ އާއި ޗީބޮރެކްއާއި މަންތީއެވެ. ދިވެހި ކެއުންތަކުން ހިޔާރުކުރީ ބަޖިޔަލާއި ހަވާދުލީބިހާއި ހަނޑުލު ގުޅައެވެ.

“އަހަރެން ހީކުރީ ހެނދުނުން ފަށައިގެން ބަނޑު ހުސްކުރަން ފެށީމަ ވަރަކަށް އެއްޗެހި ގަނެލާނޭ.” ހުސްކޮށް ހުރި މޭޒެއް ކައިރިއަށް ދަމުން ޔަޒްދާން އަހާލިއެވެ.

އަތުގައި ހުރި އެއްޗެއްސަށް އޭނާ ބަލައިލިއެވެ. ފުރަތަމަ ތިން ސްޓޯލްއިން ގަތް އެއްޗެހި ފިޔަވާ އިތުރު އެއްޗެއް މަންހަލް ނުގަތެވެ. އެއްގޮތަކަށްވެސް މަންހަލްއަށް ކަމުދާކަހަލަ އެއްޗެއް ނުފެނުނީއެވެ. ޔަޒްދާން އެއްޗެއް ދައްކާލަންވާއިރަށް އޭނާ ތުންކޮޅު ހަދާލާފައި މޫނުމައްޗަށް ވައްތަރެއް ޖައްސާލައެވެ.

“އަދި ތިރިއަށް ދާނަމެއްނު.” ޔަޒްދާންގެ ކުރިމަތީގައި އިށީންނަމުން މަންހަލް ބުންޏެވެ. “ޑްރިންކެއް ނުގެންނަމެއްނު. އެއްކަލަ އަރަބި ސްޓޯލްގައި ހުރި ވައިޓް ކުލައިގެ އެތި ވަރަށް މީރުވާނެހެން ހީވޭ. މައްޗަށް ނަޓްސްއާއި ސިނަމޮން އަޅާފައި ހުރީ. އެސް އަކުރަކުން ފެށެނީ.”

“ފެންފުޅިއެއްވެސް. ޕްލީޒް.” ޔަޒްދާން ތެދުވުމުން މަންހަލް ބުނެލިއެވެ.

މަންހަލްގެ ނަޒަރު ވަށައިގެން ދަތުރުކުރިއެވެ. އެކިމީހުން އެކި ވައްތަރުގެ ކެއުން ނަގައިގެން އާދެއެވެ. ބައެއް މީހުން އޭނާއަށް ހިނިތުންވުމެއްދެއެވެ. މުޅި މާހައުލު އޮތީ ކާއެއްޗެހީގެ ވަހުން އެއްވަސްވެފައެވެ. ދެކޮޅަށް ދުވެ އެޅޭ މީހުންގެ ސަބަބުން ހަލަބޮލި ކޮށްލާފައެވެ. އޭނާއަށް ފުރަގަސް ދީގެން އިން ފިރިހެން މީހާއަށް މަންހަލްގެ ނަޒަރު އަމާޒުވިއެވެ. ބޮލުގައި ނުރަޖަހަން ފަށާފައިވީއިރު އުމުރުން ދުވަސްވާން ފަށާފައިވީކަމުގެ އަސަރުތައް ފެންނަން ހުއްޓެވެ. ދަނބު ކުލައިގެ ގޮޅިޖެހި ގަމީހެއް ލައިގެން އިން އެމީހާގެ ގަމީސްވަނީ ކަޅު ފަޓުލޫނުގެ ތެރެއަށް ޖަހާ ބެގީކޮށްފައެވެ. މަންހަލްގެ ހަނދާނާ ގުޅުނީ އޭނާގެ ބައްޕައެވެ. ގިނައިން އެބައްޕަވެސް ލައި އުޅެނީ ގޮޅިޖެހި ގަމީހެވެ. މަންމަވެސް ބައްޕައަށް ގަމީހެއް ދެންޏާ ދޭނީ ގޮޅިޖެހި ގަމީހެވެ. ހިތްއަވަސްވެފައި މަންހަލްއަށް ކޮޅަށް ތެދުވެވުނެވެ. ހޯލުން ބޭރަށް ނިކުންނަން ދަމުން އޭނާ ފަހަތް ބަލައިލިއެވެ. މަންހަލްގެ ދެލޯ ބޮޑުވީއެވެ. އަޅައިގެން ހުރި ނަންބަރު އައިނު މައްޗަށް ޖައްސާލާ އޭނާއަށް ފުރަގަސް ދިންއިރު މަންހަލްއަށް އަނގަމަތީގައި އަތް އެޅިއްޖެއެވެ. ބައްޕަގެ ނަން ވައިއަޑުން އޭނާގެ ދުލުން ނިކުތެވެ. ބާރު ހިނގުމެއްގައި އޭނާވެސް ހިނގައިގަތީއެވެ. ބައްޕަ ނިކުތް ދިމާއަށެވެ.

މަންހަލްއަށް ހޯލުން ނިކުމެވުނުއިރު އޭނާގެ ބައްޕަގޮސް ލިފްޓުގެ ތެރެއަށް ވަންނަނީއެވެ.

“ބައްޕާ..” އަޑުގެ ނެތްތަނަށް މަންހަލް ގޮވާލިއެވެ. ލެއްޕެން ދިޔަ ލިފްޓުގެ ދޮރުގެ ތެރެއިން އޭނާގެ ބައްޕަ އޭނާއަށް ބަލައިލިއެވެ. މަންހަލްއަށް ލިފްޓާ ހަމައަށް ނުފޯރަނީސް ލިފްޓު ލެއްޕިއްޖެއެވެ. ދުވުފައި އޭނާ ދިޔައީ ސިޑިއާއި ދިމާއަށެވެ. ހޯލުން ނިކުމެގެން އައި ޔަޒްދާންއަށް މަންހަލް ފެނުނީ ކިރިޔައެވެ. އޭނާ ސިޑިން ތިރިއަށް ދާންފެށުމުން، ޔަޒްދާންއަށް މަންހަލް ނިވާވީ ނުހަނު އަވަހަށެވެ. ހާސްވެހުރެ ޔަޒްދާންވެސް މަންހަލްގެ ފަހަތުން ދިޔައެވެ.

ސިޑިން ފައިބާފައި މަންހަލް ދެކޮޅު ބަލައިލި އިރު ބައްޕަ ލިފްޓުން ނިކުމެގެން ޔުނިވާސިޓީގެ މައި ދޮރާ ދިމާއަށް ހިނގައިގަންނަނީއެވެ.

“ބައްޕާ..” އަނެއްކާވެސް މަންހަލް ގޮވާލިއެވެ. އޭނާގެ ބައްޕަ މަޑުޖެހިލާ ފަހަތް ބަލައިލިއެވެ. މަންހަލް ބައްޕަގެ ގާތަށް ދުއްވައިގަތެވެ.

“ބައް…ޕް..ޕަ..” މަންހަލްގެ އަޑުއައީ ކެނޑި ކެނޑިގެންނެވެ. ޔަޒްދާންއަށް އެހިސާބަށް އާދެވުނީ އެހިނދުގައެވެ. މަންހަލްގެ ކޮނޑުގައި ހިފާލަމުން އޭނާ ކުރިމަތީ ހުރި މީހާއަށް ބަލައިލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ބްލަޑް 2 (6)

Next

ދޫކޮށް ތިބާ އެކަހެރި ވެލީ…

Next
November 9, 2024

ދޫކޮށް ތިބާ އެކަހެރި ވެލީ…

Previews
November 7, 2024

ބްލަޑް 2 (6)

14 Comments!

  1. Nawar says:
    November 9, 2024 at 8:07 pm

    Maasha allah mi part vx varah varah reethi..
    Whn next??

    1. Aayaa Aayaa says:
      November 11, 2024 at 7:00 am

      Thank u Nawar! 😊🤍
      Mi week gai kiyalan libeyne In sha Allah.

  2. Cutie girl says:
    November 9, 2024 at 8:33 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Mannu bappa hen heevani
    Yazdhaan and manhal gulhuvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaave
    Love you

    1. Aayaa Aayaa says:
      November 11, 2024 at 7:01 am

      Thank you cutie girl! 😊🤍
      I appreciate your support!

  3. Anonymous says:
    November 11, 2024 at 8:11 pm

    vvv reethi
    curiously waiting for the nxt part
    manhal and yazdhaan aa so cute

    1. Aayaa Aayaa says:
      November 12, 2024 at 3:04 pm

      Thank you Anonymous! 😊🤍

  4. Mar Yam says:
    November 11, 2024 at 8:14 pm

    Vvv reethi mi part vx 👍🏽👍🏽👏🏽👏🏽
    Whn is next part😘😘
    Can’t waitttt for next parttt 😩😩😭😭

    1. Aayaa Aayaa says:
      November 12, 2024 at 3:04 pm

      Thank you Mar Yam! In Sha Allah this week! 😊🤍

  5. Nonni says:
    November 12, 2024 at 8:12 pm

    Mi part vx varah varah reethi…
    Thankolheii avahah next part up kohdhehcheyyyyyyyyy… plzzzz🙏🙏🙏🙏

    1. Aayaa Aayaa says:
      November 14, 2024 at 5:29 am

      Thank you Nonni! Insha Allah will try my best! 😊🤍

  6. Shuaa says:
    November 13, 2024 at 4:42 pm

    Nice when next part

    1. Aayaa Aayaa says:
      November 14, 2024 at 5:30 am

      Thank u Shuaa! Insha Allah this week! 😊🤍

  7. Thihtha says:
    January 27, 2025 at 9:57 am

    Wowww… soo curious.. started reading after long days… keep going.. love you🥰😘

    1. Aayaa Aayaa says:
      February 6, 2025 at 7:31 pm

      Thank you Thihthssss! Luv u moreee ❤️🥰

Comments are closed.

Next Episodeއިންސާފް (އޮނަތިރީސްވަނަ ބައި)←


All Right Reserved!