Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ކުރި ލޯބި (5)

Hath
February 22, 2016
4 Mins Read
44 Views
26 Comments

އެއާރޕޯޓުގެ އެރައިވަލް ބައިގައި މަޑުކޮށްލައިގެން ތިއްބާ ކޯޓު ފަޓުލޫނުގައި ހުރި ޒުވާނަކު އަހަރެމެންނާއި ދިމާލަށް އެރައިވަލް އިން ނިކުމެގެން ފިރިހެންވަންތަ ހިނގުމެއް ހިނގަމުން އައެވެ. ފަން އިސްތަށި ގަނޑެކެވެ. ހުރީ ސްޕައިކް ޖައްސާފައެވެ. ހަމުގެ ކުލަ އައްޔެވެ. ބައިމަތި ފުޅާ، ދިގު ހަށިގަނޑެކެވެ. އަތު ކުރީގައި ގަޑި އަޅާފައެވެ. ލޮލުގައި އަވިއައިނު އަޅާފައި ހުރި އިރު ފިރިހެންވަންތަ ކަމުގެ ހުރިހާ ސިފައެއް މިލްކު ކޮއްގެން ހުރި މީހަކު ފަދައެވެ. އެމީހަކު އަހަރެމެންނާއި އަރާ ހަމަވުމަށްފަހު ބައްޕައަށް ހިނިތުންވެލަމުން ބައްޕަ ގައިގައި ބައްދާލިއެވެ. ބައްޕަ އެޒުވާނާގެ އާއިލާގެ އެންމެންގެ ހާލު އަހުވާލު އޮޅުންފިލުވިއެވެ. އަދި ދަތުރު މަތީގެ ކަންކަން ދިޔައީ ރަނގަޅަށްތޯ އަހާލުމަށްފަހު އަހަރެން ތަޢާރަފު ކޮއްދިނެވެ.

” މިއީ އަހަރެންގެ ހުރި ހަމައެކަނި އަންހެން، އާއިލާގެ އެންމެ ހަގު ދަރިފުޅު. ” ބައްޕަ އަހަރެން އެޒުވާނާއަށް ތަޢާރަފު ކޮއްދިނެވެ.

” އަހަންނަށް ކިޔަނީ ވިރާހު. ” ހީލަމުން ސަލާމް ކޮށްލުމަށް އަތް ދިއްކޮށްލަމުން، އަމިއްލައަށް އޭނާ ތަޢާރަފު ވެލިއެވެ.

” އަހަންނަކީ ތިމްނާ. ” ސަލާމް ކޮއްލަމުން އަހަރެންވެސް އަހަރެންގެ ނަން ބުނެލީމެވެ.

” މިއަދަށް ފަހު ވިރާހު ތިޔައީ އަހަރެމެންގެ މެހެމާނެއް. އަވަހަށް ހިނގާ ގެއަށް ދަމާ. ” ބައްޕަ އާއި އެކު އަހަންނާއި ވިރާހު ވެސް ހިނގައިގަތީމެވެ.

ގެއަށް ދިޔުމަށްފަހު އަހަރެން ދިޔައީ ކޮޓަރިއަށެވެ. އޭރު މަންމައާއި ބައްޕައާއި ބޭބެމެން ވިރާހު އާއި ވާހަކަ ދައްކަން ފެންޑާގައި ތިއްބެވެ. ކޮޓަރިއަށް ނުވަދެވެނީސް އިޔާގެ މެސެޖެއް އައެވެ. ” ގުޑް މޯރނިންގ! އައިއެމް ސޯ ސޮރީ ބިޔުޓިފުލް. ” މެސެޖު ފެނުމާއިއެކު އަވަސް އަވަހަށް ކޮޓަރިއަށް ގޮސް ފޯނު ނަގައި އިޔާއަށް ގުޅާލީމެވެ. ދެތިން ފަހަރަކު ގުޅާލުމުން އިޔާ ފޯނަށް ޖަވާބުދާރީ ވަމުން ބުނެލީ ކުއްލިގޮތަކަށް ކޯސް އަވަސްވެގެން މެލޭޝިއާއިން މެއިލް ކުރި ވާހަކައެވެ. އެހެންކަމުން އޭނާ މިރޭ ފުރަންޖެހޭ ވާހަކައެވެ. ހަމައެހެންމެ ދިޔުމުގެ ކުރިން އިޔާ އެންމެ ބޭނުންވަނީ އަހަންނާއި ބައްދަލު ކޮއްލަން ކަމަށް ބުނެ މެންދުރުގެ ކެއުމަކަށް އިޔާއާއި އެކު ދިޔުމަށް ދަޢުވަތު ދެމުން ފޯނު ބޭއްވިއެވެ. އަހަރެންގެ ލޮލަށް ޖަމާވި ކަރުނަތައް އެއްވެސް ހިފެހެއްޓުމެއް ނެތި ކޯތާފަތް މައްޗަށް އޮހިގަތެވެ. އިތުރު އެއްމަސް ވަންދެން އިޔާ ފެންނާނެއޭ ހީކޮއްލައިގެން ހިތްހަމަ ޖައްސާލައިން ހުއްޓާ މިވީ ކިހިނެތް ހެއްޔެވެ؟ އިޔާ އެދަނީ އަހަންނާއި އެތައް މޭލު ދުރަކަށެވެ. އަދި އެވެސް ކުއްލި ގޮތަކަށް، މިރެއެވެ. އަހަރެންވެސް ބޭނުން ނަމަ އަހަރެންގެ މައިންބަފައިން ފޮނުވައިދޭނެއެވެ. ނަމަވެސް މައިންބަފައިންނާއި ދުރުގައި ހުރުމަކީ އަހަންނަށް ނުވާނެ ކަމެއް ކަން އެނގޭތީ އަޅާނުލީއެވެ. މިހެން ވާނެއެކޭ ހަމަ ހަޤީޤަތުގައިވެސް ހިއެއް ނުކުރަމެވެ.

ބައްޕަގެ ކޯލެއް ފޯނަށް އައުމުން ކަރުނަތައް ފޮހެލަމުން ހިންދިރުވާލުމަށްފަހު ޖަވާބުދާރީވީމެވެ. މެންދުރުގެ ކެއުމަށް ހުރިހާ ދަރިން ގާތު ގެއަށް އައުމަށް ބައްޕަ އެދިލެއްވިއެވެ. އެއީ ވިރާހުއަށް މެހެމާންދާރީ އަދާކުރުމުގެ ގޮތުން އެންމެން އެއްކޮށް އެއްމޭޒުމަތިން ކެއުމަށް ބައްޕަ ބޭނުންފުޅު ވެލައްވާތީއެވެ. އިޔާޒު ކުއްލި ގޮތަކަށް ފުރަން އުޅޭ ވާހަކަ އާއި މިއަދުގެ މެންދުރުގެ ދަޢުވަތުގެ ވާހަކަ ނަންގަތުމުން ބައްޕަ ކޮންމެވެސް ވަރަކަށް ހިންހަމަ ނުޖެހުނަސް އަހަރެން ދިޔުމަށް ހުއްދަ ދެއްވިއެވެ. އަހަރެން އިޔާދެކެ ލޯބިވާކަން ނޭނގުނަސް އަހަރެންނާއި އިޔާ އަކީ ކިހާ ގާތް ދެ އެކުވެރިންކަން ބައްޕައަށް އެނގިލައްވައެވެ.

މެންދުރުގެ ކެއުން ތައްޔާރު ކުރުމުގައި މަންމައާއި ދައްތަމެން އަވަދިނެތި އުޅެނިކޮށް އަހަރެން އިޔާ އާއި އެކު ކާންދާން ތައްޔާރުވެލައިން ކޮޓަރިން ނިކުތީމެވެ. ބޮޑު ކޮރިޑޯއިން ވިސްނުމެއް ހިޔާލެއް ނެތި އިސްޖާހައިގެން ހިނގާފައި ދަނިކޮށް ކުއްލިއަކަށް ވިރާހު އަހަރެންގެ ކުރިމައްޗަށް އެރިއެވެ. އަހަރެން ސިއްސައިގެން ދިޔައެވެ.

” އައްދެ! މިއޮއްފަދަ އަވި ގަދަ ގަޑީ ކޮންތާކަށް ދާން މާ ނަލަހެދިލައިގެން ތިމް ތިދަނީ؟ ” ވިރާހު ތުންފަތުގެ އެއްކަނުން ހީލަމުން ބުނެލިއެވެ. އެވަގުތު އަހަންނަށް ފާހަގަވީ ވިރާހުގެ ކޮލަށް އަރާ ހިތްގައިމު އަޑި ކޮޅާއި އަޅިކުލައިގެ ދެލޮލެވެ.

” މިދަނީ އަހަރެންގެ ބެސްޓުފްރެންޑާއި އެކު ކާން ދާން. ” ހިނިތުންވެލަމުން އަހަރެން ބުނެލީމެވެ.

” ތިމްގެ ބައްޕަ ބުނި ގައިމު އެންމެން އަންނާނެއޭ. އެންމެންގެ ތެރެއިން އަހަރެން އެންމެ ދެކިލަން ބޭނުންވި ކުއްޖާ ތި ދަނީ ބޭރަށް ކާން. ތި ވީ ވަރަށް ދެރަ ގޮތެއް. ” ވިރާހު ބުނެލިއެވެ.

އަހަރެން ވިރާހުއާ ދިމައަށް ބަލާލީމެވެ. ދެންމެ ބުނި އެއްޗެއްގެ މާނަ ނޭނގިގެންނެވެ. އަނެއްކާ ވިރާހު…؟ ނޫނެކެވެ. އެއީ ވިރާހު މަޖަލަކަށް ބުނި އެއްޗެއް ކަމަށް ވެދާނެއެވެ. އެހާ އަވަހަށް މީހެއްގެ ގޮތް ނޭނގި، އެއްވެސް ކަމެއް ޔަގީން ކުރާކަށް ނުވާނެއެވެ. ހަމަ އެހެންމެ ގޭގެ މެހެމާނަކާއި ދިމާލަށް ހުތުރުކޮށް މޫނު ހަދާފައިހުރެ ވާހަކަ ދެއްކުން ވާނީ ވަރަށް ހަޑި ކަމަކަށް ވާތީ ހީލަމުން އަހަރެން މިރޭގެ ކެއުމުން ސުފުރާ މަތިން ބައްދަލު ވާނެ ވާހަކަ ވިރާހު ގާތު ބުނަމުން ހިނގައިގަތީމެވެ.

އަހަރެން ގޭދޮރުމައްޗަށް ނިކުއިން އިރު ތަންކޮޅެއް ދުރުގައި ހިޔަލުގައި ހަށަން ބަނދެލައިން އިޔާ މަޑުކޮއްލައިގެން ހުއްޓެވެ. ކަޅު ގަމީހަކާއި އައިސް ބްލޫ ޖިންސުގައި އިޔާ ކިތަންމެހާވެސް ރީއްޗެވެ. އިޔާ ފެނުމާއިއެކު އަހަރެންގެ ހިތް ތެޅިލިއެވެ. ހިތުގެ ވިންދު އަވަސްވިއެވެ. އަހަރެން އިޔާ ގާތަށް ދިޔުމަށް ހިނގައިގަތް އިރު ޓެރަސްމަތީ މީހަކު ބަލަހައްޓައިގެން ހުރިހެން ހީވެގެން ބަލާލި ވަގުތު ބަލަން ހުރި މީހަކު ފަހަތަށް ޖެހިލި ހެން އަހަންނަށް ހީވިއެވެ. ނަމަވެސް އެކަމަކާއި އެހާ ބޮޑަކަށް އަޅައެއް ނުލަމެވެ. އަހަރެން އިޔާއާއި އަރާ ހަމަވުމުން ދެމީހުން އެކީ ދިޔައީ ގެއާއި އެންމެ ކައިރީގައި ހުރި ސިންފަނީ ގާރޑެން އަށެވެ.

ދެމީހުން ސިންފަނީއަށް ވަދެ އިށީނުމަށް ފަހު ކާއެއްޗެއްސަށް އޯޑަރު ދިނީމެވެ. ހަމަޖެހިލުމަށްފަހު އިޔާގެ ތޫނު، ކަޅުކަން ގަދަ ދެލޮލުގެ ނަޒަރު އަހަންނާއި ސީދާ ކޮއްލިއެވެ. އަދި އަހަރެންގެ އަތުގައި ހިފާލުމަށްފަހު މަޑުމަޑުން އަތްތިލައަށް ފިތާލިއެވެ. އަހަންނަށް ވީ ހަދިޔާއެއް އޮތް ކަމަށް ބުނެ ލޯމެރުމަށް އެދުނެވެ. އަހަރެން ލޯމަރާލީމެވެ. އިޔާ ތެދުވިކަން އިނގެއެވެ. އަހަރެންގެ ފުރަގަހުން އައިސް ކަރުގައި ފަށެއް އެޅުވިއެވެ. ގައިން ހީބިހި ނަގައި، ގައިގައި ހީވީ ކަރަންޓު ރާޅުބާންޏެއް ދުވެލި ހެންނެވެ. ލޯހުޅުވާލުމަށް ބުނެ އިޔާގެ ފޯނު ސެލްފީ މޯޑަށް ލުމަށްފަހު އަހަރެންގެ ކަރުގައި އެޅުވި ފަށް ދައްކާލިއެވެ. ވަރަށް ނަލަ، ރިހި ފަށެކެވެ. ފަށު ފުލުގައި އިނީ އެސްތަކުން ޖަރީ ކޮއްފައި އިން ފިނިފެން މަލެކެވެ. އަހަރެން އުފަލުން ފޮޅުނެވެ. ދެމީހުން އެކުގައި އެކި ގޮތް ގޮތަށް ސެލްފީ ނެގުމަށް ފަހު އިޔާ އިށީނެވެ. އަނެއްކާވެސް އަހަރެންގެ އަތުގައި ހިފާލިއެވެ. ނަމަވެސް މިފަހަރު އިޔާގެ މޫނު މަތިން ފެނުނީ ސީރިއަސް ކަމުގެ ކުލަވަރެވެ. އެހެންވެ އަހަރެންވެސް ވަރަށް ސީރިއަސް ވެލީމެވެ.

” ތިމް. އަހަރެން މިދަނީ ހަތަރު އަހަރަށް. އަހަރެން އުންމީދު ކުރަން އަހަރެމެންގެ މި ގުޅުމަށް އިތުރު އެއްވެސް ބަދަލެއް ނާންނާނެ ކަމަށް. ” އިޔާ ބުނެލިއެވެ.

” ދެން އިޔާ ދައްކާ ވާހަކަ. ބާރަ އަހަރު އެންމެ ގާތް އެކުވެރިން ގޮތުގައި އުޅެފައި ކާކުތަ އެގުޅުން ކަނޑާލާނީ؟ ” އަހަރެން ބުނެލީމެވެ.

” އިނގޭ ތިމް އަބަދުވެސް އަހަރެން މީ ތިމްގެ އެންމެ ގާތް ރަހުމަތްތެރިޔާ ގޮތުގައި ދެކޭނެކަން، އެހެންވިއަސް ބިރުގަތީމަ ހަމަ ބުނެލީ. ” ހިނިތުންވެލަމުން އިޔާ ބުނެލިއެވެ.

ވިރާހު މަތިން ހަނދާންވީ އެގަޑީގައެވެ. މީ އިޔާ ޖޭވޭތޯ ބަލާލަން ރަނގަޅު ފުރުސަތެކޭ ހީކޮށް ވިރާހުގެ ވާހަކަ ފެށީމެވެ.

” ގޭގަ އެބަ އުޅޭ ވިރާހު ކިޔާ ބައްޕަގެ ގާތް ރަހުމަތްތެރިއެއްގެ ދަރިފުޅު އައިސްގެން. ވަރަށް ފާޑަކަށް އުޅެނީ. ދެންމެގަވެސް އަހަރެން ރީތި ވެގެން ކޮޓަރިން ނިކުމެގެން ހިނގާފަ އަންނަނިކޮށް އަހަރެންގެ ކުރިމައްޗަށް އަރާފަ ބުނި ކޮންތާކަށް ހޯ ތިދަނީ؟ ތިމް ބުނިން މިދަނީ ބެސްޓްފްރެންޑް އާއި އެކީ ލަންޗަށޭ. ބުނީމައި ބުނި ލަންޗް ގަޑީގައި ނުފެންނާނެތީ ވަރަށް ދެރަވެޔޯ. ލަންޗް ގަޑީ އެންމެ ފެންނަން ބޭނުންވާ ކުއްޖަކީ އަހަންނޯ. ތިމް ބުނިން މިރޭގެ ޑިނަރ ގަޑީގައި ކާނީ ގެއިންނޭ. ސޯ އެގަޑީގައި ދިމާވާނެ ނުންހޭ. ދެން ދެންމެ އައި އިރުވެސް ހީވި ޓެރަސް މަތީ މީހަކު ބަލަން ހުރިހެން. އޭރުގަ އަންނަމުން މައްޗަށް ބަލާލީމެއްނު ދޯ؟ ހީވީ ބަލަން ހުރި މީހަކު ކުއްލިއަކަށް ފަހަތަށް ޖެހިލިހެން. ތިމް އަކަށް ހިޔެއް ނުވޭ ތިމްމެންގޭ މީހަކު މަތީ ޓެރަސްގަ ހުރެ ހަމަ ތިމް ދާ ތަނެއް ބަލަން ހުރެފާނެއެކޭ. ބިކޯޒް ނޯވަން އެވާރ ޑިޑް ސޯ ފާ! ”

އިޔާއަށް ދަތްކުނޑި ވިކި، އަތުގައި އިން ކޯކް ތައްޓަށް ބާރު އަރާހެން އަހަންނަށް ހީވިއެވެ. މޫނު މަތިން ރުޅީގެ އަސަރު ފާޅު ވަމުން ދިޔައެވެ.

-ނުނިމޭ-

14
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Hath

My hobby is writing stories. :)

Other Articles

Previous

ކުރަމުން ތިދާހާ ގޯނާ 15..

Next

އިންތިޒާރު ކުރި ލޯބި (6)

Next
February 23, 2016

އިންތިޒާރު ކުރި ލޯބި (6)

Previews
February 22, 2016

ކުރަމުން ތިދާހާ ގޯނާ 15..

26 Comments

  1. ainthu says:
    February 22, 2016 at 9:17 pm

    Haadha kurey

    1. Hath Mikal says:
      February 22, 2016 at 9:58 pm

      Sorry 🙁

  2. Aimsithu says:
    February 22, 2016 at 9:36 pm

    Heheheh… kurukoh fonikoh maa avahah thi nimmaalay… but story is really nice…

    1. Hath Mikal says:
      February 22, 2016 at 9:58 pm

      Hehehe Thankyou dear Aimsithu 🙂

  3. nike says:
    February 22, 2016 at 9:39 pm

    Alhe haadha kurey thankolhen avahan up konlanchay

    1. Hath Mikal says:
      February 22, 2016 at 9:59 pm

      Yes In sha Allah Dear 🙂

  4. shaaa says:
    February 22, 2016 at 9:40 pm

    Thankolheh dhigukoh genesdheebala….. V nice mi part ves keep it up….. Dhen parteh thankolheh dhigu kohlahchey

    1. Hath Mikal says:
      February 22, 2016 at 10:00 pm

      In sha Allah. Thankyou 🙂

  5. misty says:
    February 22, 2016 at 9:45 pm

    Varah reethi

    1. Hath Mikal says:
      February 22, 2016 at 10:00 pm

      Thankyou Misty dear 🙂

  6. aish says:
    February 22, 2016 at 9:50 pm

    Nice story

    1. Hath Mikal says:
      February 22, 2016 at 10:01 pm

      Thankyou dear 🙂

  7. visnun says:
    February 22, 2016 at 10:00 pm

    Midhen thankolheh boduvaru… dhe aluru liyefa vaahaka nimaalaa…. thihaaa kuru kun genesdhenya kykyran thi liyany

    1. Hath Mikal says:
      February 22, 2016 at 10:03 pm

      In sha Allah dhen genesdhey baithah dhigu kureveytho masaiykaiy kuraanan. 🙂

  8. foohi vey kuru koh liyaathy says:
    February 22, 2016 at 10:04 pm

    Hyvany hama gasthuga hen thihaa kuru koh genesdheny…

    1. Hath Mikal says:
      February 23, 2016 at 3:05 am

      Sorry, In sha Allah dhigu koh liyan masaiykaiy kuraanan 🙂

  9. Elle says:
    February 22, 2016 at 10:10 pm

    Alhey cliffhanger ending eh, plx anehbai avaha update kohdheythi, waiting for the next part. story is very nyc and amazing.

    1. Hath Mikal says:
      February 22, 2016 at 10:14 pm

      Heheh In Sha Allah soon will upload. Thankyou 🙂

  10. Athy says:
    February 22, 2016 at 10:31 pm

    Masha allah, v reethi vaahaka…

    1. Hath Mikal says:
      February 22, 2016 at 10:33 pm

      Thankyou Athy 🙂

  11. ximputty says:
    February 22, 2016 at 11:37 pm

    The storyy ix very nice…. but i have a request,can yuh write a little bit long??? Plxxxx ??

    1. Hath Mikal says:
      February 23, 2016 at 3:06 am

      Yes In sha Allah 🙂

  12. shima says:
    February 22, 2016 at 11:57 pm

    It’s really nice that you upload the parts so fast….

    1. Hath Mikal says:
      February 23, 2016 at 3:07 am

      Thankyou Shima 🙂

  13. myf says:
    February 23, 2016 at 8:11 pm

    nice… 🙂 the best stry ever!! 😀

    1. Hath Mikal says:
      February 23, 2016 at 9:31 pm

      Thankyou my dear 🙂

Comments are closed.

All Right Reserved!