Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 03

Ushaali Level 810 Stories100 Comments100 Stories500 Comments
February 23, 2016 4 Mins Read
16 Comments

ޝިޔާރާގެ ހިތުގައި ލޯބި އުފެދުމުގެ ކުރިން ހުއްޓުވަން މަސައްކަތް ނުކުރެވުނީތީ އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. ޝިޔާރާއަށް ޔަގީންވާ އެކައްޗެއް އެބައޮތެވެ. ޒޯހަން އަކީ ޝިޔާރާގެ ހަޔާތަށް ގެންނަން ބޭނުންވާ ކަހަލަ ޒުވާނެކެވެ. ހިތާމައަކީ ދުވަހަކުވެސް ޒޯހަން ޝިޔާރާއަށް ނިލުބޭނެ ކަމެވެ. ޒޯހަންގެ މީހަކަށް ޝިޔާރާއަށް ދުވަހަކު ވެސް ނުވާނެ ސަބަބުތައް ވަރަށް ގިނައެވެ. ދެލޮލުން ފޭބި ކަރުނަތައް ފޮހެލަމުން އުނދުން ކައިރިއަށް ޖެހިލީ ބޭރުގައި މެންދުރު ކެއުމަށް އެންމެން ހަމަވިކަން އެނގުމުންނެވެ.

“ޒޯން ކީއްވެ ޒެން ނުލާ ތިއައީ… މަންމަ ބުނިން މިއަދު ކާން އަންނަންވާނޭ” ޒޯހަންގެ ތައްޓައް ބަތް އަޅާ ދެމުން ލަތާ އަހާލިއެވެ. “މަންމައަށް ނޭނގޭތަ؟ މިއަދު ޒެންް ޖޮބަށް ނިކުތީ.. އެއީ މާލޭގައި ހުރި ހަމައެކަނި ހޭނައްތާ ޑޮކްޓަރެއްނު. ވަރަށް ފޮނިވެފައި ހުރީ” ޒޯހަން ހީލަމުން ބުނެލިއެވެ.

ހަމަ ރަނގަޅައްތަ” ލަތާ ބުނެލިއެވެ.

“ލަތާއަށް ނޭނގޭތަ؟ އިބޫ މަކައިރީގަވެސް ބުނީ” ނޫރީ ވެސް ބުނެލިއެވެ.

“މަންމާ މިއަދު ގޭތެރެ ހާދަ ހަމަހިމޭނޭ. ކޮބާ ލައިއްކޮ. ދޮންތަވެސް ނުފެނޭ” ދެފަރާތް ބަލާލަމުން ލަތާ ގެނެސް ދިން އުލާ ސަމްސަލުގަ ހިފަމުން ޒޯހަން އަހާލިއެވެ.

“ލައި ނިދާފައި. އެހެންވެ މިހާ ހިމޭންކޮށް މިގެ މިއޮތީ. ދޮންތަމެން ވެއްޖެ ހޮސްޕިޓަލަށް ގޮސް. މިތިބަ އައީނު” ވަދެގެން އައި ރާކީ ފެނުމުން ލަތާ ބުނެލިއެވެ.

“ދަރިފުޅު ވެސް ކާންވީނުން. ލަތާ ރާކްއަށް އޮރެންޖް ޖޫސް ހަދަން ވީނުން” ރާކީ އިށީނީ ނޫރީއާއި ޖެހިގެން އިން ގޮނޑީގައެވެ.

“ކޮބާ ދޮންތަބެ.” ބަތް ސަމުސަލެއް އަނގައަށް ލަމުން ޒޯހަން ވާހަކަދެއްކިއެވެ. ލަތާ ގެނެސް ކުރިމަތީގައި ބަހައްޓާލި ފްރެޝް އޮރެންޖް ތަށިން ކޯވަރެއް ބޯލަމުން ރާކީ ހަށިފުރާ ނޭވައެއް ދޫކޮށްލިއެވެ.

“ރާކް.. ހުރިހާ ކަމެއް ރަނގަޅުތަ؟ ބޭބީ ރަނގަޅުތަ”؟ ލަތާ ކުރި ސުވާލުގެ ޖަވާބުގައި ރާކީ ބޯޖަހާލިއެވެ. ނޫރީ ކެއުން ނިންމާލައިގެން ޒޯހަން ކައިރީގައި ޒޯން ވެސް އަވަހަށް ނިންމައިގެން އޮފީހަށް ދާށޭ ބުނެ ދިޔައީ ރާކީގެ ބޮލުގަވެސް ފިރުމާލާފައެވެ.

“ދޮންތާ… މިފަހަރު ބޭނުމީ ގާރލްއެއް އެނގޭ” ހެވިލާފައި ޒޯހަން ބުނި އެއްޗަކުން ރާކީ ކައިރިއަށް ހިނިއައެވެ.

“އެކަމު މިފަހަރުވެސްު ބޯއީއެއް” ރާކީ ދިން ހަބަރަކުން ޒޯހަންއަށް ވުރެ ކުރިން ހަމްދުކުރީ ލަތާއެވެ. އެއާއިލާއަށް ދެވަނަ މާމަދަރިއަކަށް ދެވަނަ ފަހަރަށް ވެސް ފިރިހެން ކުއްޖަކު ލިބެން އުޅުމުން ލަތާ ނުހަނު ހިތްހަމަޖެހުނެވެ. ލަތާ އަކީ ވަރަށް ގިނައިން ދަރިން ބޭނުންވާ މީހެއްކަން އެގޭ ކޮންމެ މީހަކަށް ވެސް އެނގޭއެވެ. “ދޮންތަ ބޭނުމީ އަރޫ ނޫނީ ޒޯންއަށް ގާރލްއެއް ލިބެން. ދޮންތައަކަށް ދެނެއް ނުވިހޭނެ” ރާކީ ބުނި އެއްޗަކުން ޒޯހަން ކައިރިއަށް ވަރަށް ހިނިއައެވެ. “އެހެންވީމަ ދޮންބެއެއްނު ތިކަމާއި އުޅެންވީ. ދޯ މަންމާ” ލަތާ ހީލިއެވެ.

 

މަޖީދީމަގުން ފުދޭވަރަކަށް ބާރު ސްޕީޑުގައި ދުއްވާފައި އައި ގަދަ ފެހިކުލައިގެ ކާރު މަޑުކޮށްލީ މަގުކޮޅު ބީޗާއި ދިމަލާށެވެ. ވަގުތަކީ ރޭގަނޑުގެ ދަންގަޑިއެކެވެ. ޝަޒަންއާއެކު ކާރުގައި ޒޯހަން އައީ ޝަޒަންްްގެ ރަހްމަތްތެރިއަކަށް ލޭދޭންވެގެން އެޑީކޭ އަށޭވެ. ދޭތެރެއަކުން ޝަޒަންް މާލެ އައިސްފައިވާތީ މަގުތަކުގައި ދުއްވާފައި އުޅެން ވަރަށް ރަނގަޅަށް އެނގެއެވެ. ރެއަކީ ވިއްސާރަ ރެެއެއް ކަމުން އޭރުވެސް ފުދޭ ވަރަކަށް ވާރޭ ވެހެމުންދެއެވެ. “ކާކުތަ އެއީ؟ ޓޫ ގާރލްސް… ވާއު ޒޯން ހާދަ ގަދައޭ…ދެކުދިންގެ މޫނެއް ނުފެނޭ އެކަމު ތަންކޮޅެއް ފަހަތުގައި ހުރި މަންޖެ ވަރަށް ލޯބި” އަތުން ބޮލުގެ އިސްތަށިގަނޑުގައި ހުރި ފެންތައް ފޮޅަމުން ޝަޒަންް ވާހަކަދެއްކުމުން ވެސް ޒޯހަންގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވުމުން ވަރަށް ފުން ނަޒަރަކުން ޒޯހަންއަށް ބަލާލިއެވެ. “ހޭއި މޭން… ކިހިނެއްވީ… ބަސް ހުއްޓުނީތަ؟ ހިޔާލީފޮލާ ކައްކަނީ ދޯ” ޒޯހަންގެ ބުރަކަށީގައި ބޮނޑިއެއް އަޅާލަމުން ޝަޒަން ވާހަކަދެއްކިއެވެ.

“ހެހެހެ… ރަނގަޅަށް ތިބުނީ… ރީތިިކަމެއް ދެއްވާފައިވާ މަންޖެއެއް.  އެކުއްޖާ ވަރަށް ކައިރިން ބަލާލަން އަދި އެއްފަހަރު ބޭނުން. އެއީ މަ ބޭނުންވާ ކަހަލަ ކުއްޖެއް” ކާރުގެ ކުުރީ ޝީޓް ގޮނޑި ފަހަތަށް ދަމާލަމުން ގޮނޑީގައި ހަމަޖެހިލުމަށްފަހު ޒޯހަން ބުނެލިއެވެެ.

“ހީވެއްޖެ އޭރުވެސް.. އެކަމަކު ވަރަށް ދެރަ. އަހަރެމެން ދެމީހުން ކުރެ އެކަކަށްވެސް ނޭނގެ އެއީ ކާކު ކަމެއް. އުޅޭ ތަނެއް ވެސް. ދެން ކިހިނެއް ހޯދާނީ” ޝަޒަންް ބުނެލި އެއްޗަށް ޒޯހަން ވެސް ބޯޖަހާލިއެވެ. “އަސްލު ކިހިނެއްވީތަ؟ ޝަޒަން ސީރިއަސް ވެލާފައި އަހާލިއެވެ. “ޒެންް ފޯނު ބަލާ އެތެރެއަށް ވަން ގަޑީގަ ބައްޕަ ގުޅަން ފެށީމަ ވާހަކަ ދައްކަން ހުއްޓާ ކުއްލިއަކަށް ފަހަތުން އެއްޗެއް ގައިގަ ޖެހުނީމަ ބިރުން ހުރެ ބަލާލީ…. އޭރު އެއަންހެންކުއްޖާ އަރި އަޅާލަނީ… ހަމަ ހުވާކޮށްފަ މިބުނީ އެވަރު ކަމެއް އަދި ނުދެކެން. ވަރަށް ދިގު އިސްތަށިގަޑެއް ވެސް އޮވޭ. ހާދަ ރީއްޗޭ…. ޒެންްއަށް ތިފެނުނީ އެވަގުތު އެކުއްޖާ ކައިރިއަށް މަޑުކޮށްލި ދެވަނަ މަންޖެ. އެކުއްޖާ ސޮރީއޭ ބުނެފަ މިބުނާ މަންޖެ ގޮވައިގެން އެހެން ދިޔަ ޓެކްސީއެއް މަޑުކޮށްފަ އަރައިގެން ދިޔައީ”…. ޒޯހަން ވީގޮތް ކިޔާ ދިނުމުން ޝަޒަން ހީލިއެވެ. “ސޮރީ މޭން… ތިކުއްޖާ މޫނު ފެނުނު ނަމައެއްނު އެހީއެއް ވެވޭނީ ވެސް” ކާރު ދުއްވާލަމުން ޝަޒަން ބުނެލިއެވެ.

 

ދެހަފްތާ ފަހެވެ. އެހެންދުވަސް ދުވަހާއި ހިލާފަށް މިއަދު މެކާހިޔާ ހަލަބޮލި ވެފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިން ކައިވެނި ކުރުމަށްފަހު ހަނީމޫނަށް ދިޔަ އަރުހަމް އާއި ޔަޝްމީ އައުމުންނެވެ. އެންމެންގެ ހަދިޔާތައް އެމީހަކަށް ހަވާލު ކުރުމުގައި ޔަޝްމީ އުޅުނު އިރު ޒޯހަންއާއި އަރުހަމް މަޖާ ވާހަކަދައްކަމުން ހެމުން ދިޔައެވެ. އާރިކް ވެސް ފޯނެއްގައި ހުރެފައި އައިސް މަޖަލުގައި ބައިވެރިވިއެވެ. ލަތާ އާއި ސާރާ ސޯފާގައި ތިބިއިރު ނޫރީ އާއި އިބްރާހީމްވީ ގެއިން ބޭރުގައެވެ. ސިޓިންގް ރޫމް ދޮރުން ވަދެގެން އައި ޝިފްނީ ފެނުމާއެކު ޔަޝްމީ ދުވެލާފައި ގޮސް ޝިފްނީ ގައިގާ ބައްދާގަތެވެ. “ޔަމީ ދައްތަ ކޯއްޗެއް ޝިނީއަށް ގެނައީ”  ޝިފްނީގެ ތުއި އަޑު ކަންފަތުގައި ޖެހުމާއެކު އެންމެން އެއްފަހަރާ ޝިފްނީއަށް ބަލާލިއެވެ. “ހޫނ.. އެއްކަލަ ބޭބީ ދޯ މިއުޅެނީ އައިސްގެން”  ޝިފްނީއާއި ޖެއްސެވި ނުލާ ޒޯހަން އަށް ނީނދެވުނެވެ. “ދެން މަންމާ…ޒޯން ގަނޑު ހާދަ ގޯހޭ.. އަބަދު ހުންނާނީ ޝިނީއޭ ކިޔައިގެން ކޮންމެސް އެއްޗެއް ކިޔަކިޔާ” ޝިފްނީގެ އަނގައިގެ ތެރޭގައި އޮތް ލޮލީޕޮޕް ޒޯހަންއާއި ދިމާލަށް އެއްލާލުމުން ޒޯހަން ލައިގެން ހުރި ޓީޝާޓްގައި ކުޑަކޮށް ތަތްލުމަށްފަހު ތިރިއަށް ވެއްޓުނެވެ. އެވަރުންވެސް ޒޯހަން ކުރު ނުކުރުމުން ޝިފްނީ ރުޅި އައިސްގެން ދެފައި ވަށްކޮށްގެން ހުރި ދިމާލުން ތިރީގައި އިށީނެވެ. ތެދެކެވެ. ޝިފްނީއަށް ގުދުރަތުން ދެއްވާފައި ވަނީ ވަރަށް ޅަ އަޑެކެވެ. ވާހަކަދެއްކުމުގެ ރާގު ވެސް ހުންނަނީ ކުޑަކުއްޖެއް ގޮތަށެވެ. ޝިފްނީގެ ހިތުގައި ޒޯހަން މައްޗަށް ލޯބި އުފެދިފައި ވިޔަސް ޒޯހަން ޝިފްނީއާއި ދޭތެރެ އެކަހަލަ ވިސްނުމެއް ނުގެންގުޅެއެވެ. ޒޯހަންގެ ހިތާއި ސިކުނޑީގައި އެނބުރެނީ އެންމެ ސޫރައެކެވެ. އެރޭ އެސޫރަ ފެނުނު ފަހުން ޒޯހަންއަށް ރަނގަޅަށް ނިދިވެސް ނުލިބޭއެވެ. ޝަޒަންގެ އެހީތެރިކަމާއެކު މުޅި މާލޭގައި އެންމެ ސޫރައެއް ދެކިލާހިތުން ޒޯހަން ދުއްވައިފިއެވެ. ފައިމަގުގައި ވެސް އުޅެފިއެވެ. މިކަމަކާއި ހުރެ މިހާރު ޒޯހަންއަށް މާލޭގެ ބޮޑުބައެއް ހިތުދަސް ވެއްޖެއެވެ.  ދެދުވަހަކު އެކަނި މަގުމައްޗަށް ނިކުމެ އުޅެނިކޮށް ގެއަށް އަންނަން ނޭނގިގެން ޒޯހަން ޖެހުނީ ޝަޒަންއަށް ގުޅައިގެން ގެއަށް އަންނާށެވެ. އޮފީސް އަމިއްލަ ގޭގައި ހަދާފައި ހުންނަ ކަން ނަސިބެކޭ ޒޯހަންގެ ހިތަށް އަރާފަހަރު ވެސް އާދޭއެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ނިދިފައި އޮތް ޒޯހަންއަށް ހޭލެވުނީ ފާހާނައަށް ދާން ޖެހިގެންނެވެ. ފާހާނާ އިން ނިކުމެ ސައިޑް ކަބަޑް މަތީގައި ހުރި ކުޑަ ގަޑިއަށް ބަލާލިއިރު ދަންވަރު ތިނެއް ޖަހަނީއެވެ. ފެން ބޮވައިގަނެގެން ބަލާލިއިރު ފެންޖަގު ހުރީ ޖައްސާފައި ހުރި އޭސީގެ ފިނިން ވަރަށް ބޮޑަށް ފިނިހިފާލާފައެވެ. ރޯގާ ވައްތަރުވެފައި ހުރުމުން ހޫނު ފެންފޮދެއް ބޯލުމަށް ޒޯހަން ކޮޓަރިން ނިކުމެގެން ބަދިގެއާއި ދިމާލަށް ދިޔައެވެ. ފެންބޮއެ ނިމިގެން ބަދިގޭ ލައިޓްގެ އަލި ފަނޑުކޮށްލުމަށްފަހު ކޮޓަރިއަށް ދިއުމަށްޓަކައި އެންމެ ފުރަތަމަ އަޅާލި ފިޔަވިއްސަށް ހުއްޓުމެއް އައީ ޒޯހަންގެ ކަންފަތުގައި ޖެހުނު ވޭނީ ގިސްލުމުގެ އަޑުންނެވެ. އެއަޑު ކަންފަތުގައި ޖެހުމާއެކު ޒޯހަންއަށް ވެސް ވަރަށް ފުން އްސަރު ތަކެއް ކުރުވައިފިއެވެ. އެއަޑު އަންނަ ދިމާލަށް ކަންފަތް ދިނުމަށްފަހު ހިނގައިގަތީ އެއީ ކާކުތޯ ބަލާލުމުގެ ބޭނުމުގައެވެ. ބަދިގޭ ކުޑަދޮރު ކަނޑާފައި ހުރި ދިމާލުން ބޭރުގޯތި ޒޯހަން ބަލާލީ އެދިމާލުން އަންނަ އަޑެއްކަން ޔަގީން ވުމުންނެވެ. ބޭރު ފުދޭވަރަކަށް އަނދިރިކޮށް އޮތަސް މައި ގޭޓް ކައިރީގައި ހުރި ސެކިއުރިޓީ ގާރޑް ދެކޮޅަށް ހިނގާލަ ހިނގާލަ ހުރިތަން ޒޯހަންއަށް ފެނުނެވެ. އެހެންނަމަވެސް ގޯތި ތެރޭ އަނދިރި ހިސާބަށް ބަލާލަމުން ޒޯހަން ލޯމަރާލުމަށްފަހު ބާރުކޮށްލީ އަނދިރިއަށް ލޯހާނުވާލުމުގެ ގޮތުންނެވެ. އެވަގުތު އެހިސާބުގައި ހުރި ބެންޗް ގޮނޑީގައި އިށީނދެގެން ދެފައި އަރުވައިގެން ކަކޫ މަތީގައި ބޯޖަހައިގެން އޮތް މީހެއް ޒޯހަންއަށް ފެނުނެވެ. އަނދިރި ކަމުން އެއީ ކާކުކަމެއް ޒޯހަންއަށް ވަކިވާ ވަރެއް ނުވިއެވެ. ހުއްޓުމެއް ނެތި އިވެމުންދިޔަ ގިސްލުމުގެ އަޑުން ޒޯހަންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އެއަޑުގައި ވަނީ ހާދަ ހިތާމަވެރި އަސަރު ތަކެކެވެ. ޔަގީނެވެ. އެމީހަކު އެރޮނީ ހިތަށް ވަރަށް އަސަރުކޮށްގެންނެވެ. ސަބަކީ ކޮބާ ބާވައެވެ؟ އަނެއްކާ އެއީ ކާކުބާވައެވެ؟ “ހެލޯ…ކާކުތީ؟ ކީއްވެ ތިރޮނީ؟ މަންމައަށް ގޮވަންތަ؟”  ޝިޔާރާގެ ކަންފަތުގައި ޒޯހަންގެ އަޑު ޖެހުމާއެކު ގޮނޑިން ފުންމައިގެން ތެދުވިއެވެ. ދެއަތް ދެއަތާއި މޮޑެން ފެށުނީ ލިބުނު ހާސްކަމަކުންނެވެ. އޭނަ ރޮއެ އަޑު ޒޯހަންއަށް އިވުނީއެވެ. ޝިޔާރާގެ ކަރުނަޔަކީ ހެއްދެވި ފަރާތް ނޫން އެހެން ފަރާތްތަކަށް ސިއްރު ކުރެވިފައިވާ އެއްޗެކެވެ. މިގަޑީގަ ޒޯހަން ހޭލައިގެން މިތަނުގައި އެކުރަނީ ކީއް ހެއްޔެވެ؟ ޝިޔާރާ ރޮއެ އަޑު އިވެންވީ ވެސް ޒޯހަންއަށް ހެއްޔެވެ؟ ދެވަނަ ފަހަރަށް ޒޯހަން ސުވާލުކުރުމުން ވެސް ޝިޔާރާ އަށް ހަދާނެ ގޮތެއް ނޭނގުނެވެ. ޖަވާބުދޭން ކިތަންމެ ބޭނުމަސް ޝިޔާރާ އަނގައިން ބުނާނީ ކިހިނެއް ހެއްޔެވެ؟ އެންމެ ފަހުން ޝިޔާރާ ހަދާނެ ގޮތް ހުސްވެ ބަދިގެ ތެރެއިން ގޯތި ތެރެއަށް ނިކުންނަން ހުރި ދޮރުން އެތެރެއަށް ދުއްވައިގަތެވެ. ޒޯހަން ކުރިމަތިން ލާފައި ދުވެފައި ގޮސް އެންމެ ކައިރިން ހުރި ކޮޓަރިއަށް ވަދެ ދޮރު ޖެހުމުން ޒޯހަން ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ. ބަދިގެ ތެރޭ ލައިޓް އަލިގަދަ ކޮށްލާފައި ހުރިނަމަ އެމީހެއްގެ މޫނު ވަރަށް ރީތިކޮށް ޒޯހަންއަށް ފެންނާނެއެވެ. އެކޮޓަރިއާއި ދިމާލަށް ބަލަން އިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށްފަހު ޒޯހަން ކޮޓަރިއަށް ވަނީ ލަތާ ކައިރީގައި މިވާހަކަތައް ދައްކަން ހިތު އަޅައިގެން ހުރެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

އެދެނީ މަޢާފް

Next

އެކުގަ ނިމިގެން ދިޔުން ބޭނުމޭ…! (1)

Next
February 23, 2016

އެކުގަ ނިމިގެން ދިޔުން ބޭނުމޭ…! (1)

Previews
February 23, 2016

އެދެނީ މަޢާފް

16 Comments!

  1. Ushaali says:
    February 23, 2016 at 6:39 pm

    here is new episode…. enjoy ☺☺☺

  2. Shau says:
    February 23, 2016 at 6:53 pm

    Vaanuvaa eh neygey….v difficlt undrstnd vaan name thah eh goii v ma

  3. Nicky says:
    February 23, 2016 at 6:53 pm

    Eyna e varah e visnany e grl aa medhu thoa ehcheh….stry nyc

  4. ree says:
    February 23, 2016 at 6:55 pm

    avaha up kola dheebala

  5. pherthu says:
    February 23, 2016 at 6:58 pm

    wow☺

  6. shima says:
    February 23, 2016 at 7:13 pm

    Ehen weema eyn ah tok eh nukurewey dho…. zohan ah eynage moonu fehnaany wen….. Wen next part upload kuraany….warah Salhi adhi….

  7. ree says:
    February 23, 2016 at 7:16 pm

    vaahaka vara reethi

  8. Yash says:
    February 23, 2016 at 7:16 pm

    Zohange hithuge raany akee shiyaara .mashah yageen story nice thanks ushaali

  9. shaa says:
    February 23, 2016 at 7:18 pm

    Story v reethi.. Keep it up..

  10. Ily says:
    February 23, 2016 at 8:34 pm

    Hadha kurukshey genes dheny v reethi
    Thankolheh avahah up kohlabala
    Ma las aslu up kuraleh ehennuny dn hama v salhi ingey??

  11. Princess says:
    February 23, 2016 at 9:07 pm

    I thought she is living in another house.. Vaanuvaa ga.. Ekujjaa balivegen geah fonuvaali vaahaka liyefa othyma kury eps ehga!!!

  12. naa says:
    February 23, 2016 at 9:08 pm

    Avaha up kohlaba

  13. Elle says:
    February 23, 2016 at 10:04 pm

    Woww very very nice and amazing. Keep up the good work Ushaali… 🙂 Waiting for the next part. Plzz update as soon as possible. 🙂 🙂 <3 <3

  14. Nawal says:
    February 23, 2016 at 10:09 pm

    Mi storyge nantha varah difficult. Im soo confused cox of that.So next part ga
    Raaki – zohan’s sis
    Shiyara- House miad
    Lathaa – (who is she?)
    migotha list kohladheythi plx….
    Apart from that the story is amazing and the plot is good too. 🙂
    Waiting 4 the next part. Plz update ASAP!!!

    1. Nawal says:
      February 24, 2016 at 9:24 pm

      House maid*

  15. Ily says:
    February 24, 2016 at 9:51 pm

    Thankolheh avahah up kohlabala

Comments are closed.

Next Episodeފުންއަސަރު 04←


All Right Reserved!