Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިމިދާނެ ޖާނާ ހިތާ 1

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
February 22, 2016 7 Mins Read
21 Comments

ނަޒްލާއާ ޔުމްނާއާ އަސްމާ އަކީ ސްކޫލް ދައުރުން ފެށިގެން ވަރަށް ގާތް ރަހުމަތްތެރިންނެވެ. ގްރޭޑް 7 ގައި ތިން ކުދިން އެއް ކްލާހެއްގައި އުޅުނު އިރުން ފެށިގެން އެކުދިންގެ ރަހުމަތްތެރިކަމުގެ ގުޅުން ދިޔައީ ކުރިޔަށެވެ. އެކަކު އަނެކަކުގެ ގެޔަށް ގޮސް ތިން ކުދިންގެ އާއިލާވެސް ވަނީ ރައްޓެހިންނަށް ވެފައެވެ.

ހަމަ އެގޮތަށް ޝާއިރުއާ، އަސްމާގެ ބޭބެ އާސިމްއާ، ނަޒްލާގެ ބޭބެ ނަދީމް އަކީވެސް ކިޔަވަން އުޅުނު އިރުއްސުރެ ރައްޓެހިންނެވެ. އަދި ކިޔަވާ ނިމުމަށް ފަހުވެސް އެގުޅުމަށް ބަދަލެއް ނުގެންނަ އެކުވެރިންނެވެ.

ނަޒްލާގެ ރައްޓެހި ކަމުގައި އެގެޔަށް އައިސް އުޅުމުގެ ތެރޭގައި ޔުމްނާއާ ނަދީމް އެކަކު އަނެކަކާ ގަޔާވެ، ދެމީހުންގެ ހިތުގައި އެކަކު އަނެކަކަށް ޓަކައި ލޯބި އުފެދުނެވެ. އުމުރުން ފަނަރަ އަހަރުގައި ނަދީމްގެ ފަރާތުން ލިބުނު ލޯބީގެ ދަޢުވަތު ޔުމްނާ ގަބޫލު ކުރީ އުފަލާ އެކީއެވެ.

 

ނަޒްލާގެ އުމުރުން 12 އަހަރުން ފެށިގެން އެ ޅަހިތުގައި ވަނީ އާސިމްއާ މެދު ޝައުގުވެރިކަން އުފެދިފައެވެ. އާސިމްގެ ފަރާތުން ނަޒްލާއަށް އެންމެ ފާހަގަ ކުރެވުނީ އާސިމްގެ މަޑު އަޅި ކުލައިގެ ކަޅިއެވެ. ނަޒްލާ ދަންނަ އެހެން ފިރިހެން ކުދިންނާ އާސިމް ތަފާތުވި ސަބަބަކަށް ވީ އެ މަޑު އަޅިކުލައިގެ ކަޅީގެ ސަބަބުން އެއްވެސް މީހަކަށް ނޭނގި އެހާ ޅަ އުމުރުގައި ހިތުގައި އުފެދުނު ލޯބި ދިޔައީ ދުވަހެއް ދުވަހަކަށް ގަދަ ވަމުން ފުން ވަމުންނެވެ. ނަދީމްއާ ޝާއިރުއާ ޚިލާފަށް އާސިމްގެ އެ ހުންނަ މަޑު މައިތިރި މިޒާޖުވެސް ނަޒްލާއަށް ވަރަށް ކަމު ދިޔައެވެ. އެ ނޫނަސް އާސިމްގެ ކޮންމެ ސިފައަކީ ނަޒްލާއަށް އެންމެ ކަމުދާ ސިފައަށް ވަނީ ވެފައެވެ.

 

އޭރު އާސިމްއާ މެދު ނަޒްލާ ދެކޭ ގޮތުގެ ވާހަކަ ނަޒްލާ އެކަކާވެސް ހިއްސާ ކޮށްފައެއް ނުވެއެވެ. އެންމެ ގާތް ދެރަހުމަތްތެރިންނަށް ވެސް ނަޒްލާ އޭރު އޮތީ އެކަން ސިއްރު ކޮށްފައެވެ. ސަބަބަކީ، އާސިމް ނަޒްލާ ދެކެނީ ހަމަ އެކަނި ނަދީމްގެ ކޮއްކޮގެ ގޮތުގައި ކަން ނަޒްލާއަށް އެނގޭތީއެވެ.

 

ނަޒްލާއަށް 13 އަހަރު ވީތަނާ އާސިމް އިނގިރޭސި ވިލާތަށް ދިޔައީ މަތީ ތައުލީމު ހާސިލް ކުރާށެވެ. އެ ދުވަހުގެ ފަހުން ނަޒްލާ ހުރީ އާސިމް ކިޔަވާ ނިމިގެން އަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

 

އާސިމް ކިޔަވަން ދިޔަތާ ދެ އަހަރު ފަހުން ޝާއިރު ނަޒްލާއަށް ލޯބި ހުށަހެޅިއެވެ. ނަމަވެސް ނަޒްލާ އެ ލޯތްބަށް އިންކާރު ކުރިއެވެ. ނަޒްލާ ލޯބި ވަނީ އެހެން ދެކެ ކަމަށާ، ނަޒްލާ ހުރީ އެމީހެއްގެ އިންތިޒާރުގައި ކަމަށް ބުނެފައެވެ. އަސްމާ އެދުވަސްވަރު ޝާއިރުގެ ވާހަކަ ދައްކަން ފެށުންވެސް ނަޒްލާ ޝާއިރުގެ ހުށަހެޅުމާ ދެކޮޅު ހަދަން މެދުވެރިވި ސަބަބަކަށް ވިއެވެ. އަދި އަސްމާއަށް އެހީއެއް ވެދިނުމުގެ ގޮތުން އެކަން ޝާއިރުއައް އަންގައިދިނީވެސް ނަޒްލާއެވެ. ފަހުން އެކަމަށްޓަކާ ޝާއިރު ނަޒްލާއަށް ޝުކުރުވެރި ވިއެވެ. އޭގެ ފަހުން މާ ގިނަ ދުވަހެއް ނުވެ ޝާއިރު އަސްމާއަށް ލޯބި ހުށަހެޅިއެވެ. އެފަދަ ފުރުސަތަކަށް އެދިއެދި ހުރި އަސްމާ ވަގުތުން އެކަމަށް ގަބޫލު ވިއެވެ.

 

އާސިމްއާ މެދު ނަޒްލާ ދެކޭ ގޮތް ދެރަހުމަތްތެރިންނާ ނަޒްލާ ހިއްސާ ކުރީ އޭގެ ފަހުންނެވެ. ނަޒްލާ ހުހަށް ހުންނާތީ ދެމީހުން ވެސް އެކަމާ ޝަކުވާ ކުރަން ފެށުމުންނެވެ. ނަމަވެސް ނަޒްލާގެ ހިތުގެ ހާލެއް ނަދީމް އަކަށްވެސް އަދި ޝާއިރު އަކަށްވެސް ނޭނގެއެވެ. އެދެ މީހުންނަށްވެސް އެނގެނީ ނަޒްލާ ކޮންމެވެސް މީހެއް ދެކެ ލޯބި ވާކަމެވެ. އެކަން ނަދީމްއަށް އެނގުނީ ޝާއިރުގެ ފަރާތުންނެވެ. ނަމަވެސް އެދެމީހުންނަކަށްވެސް ނަޒްލާގެ ހިތުގެ ވެރިއަކީ ކާކު ކަމެއް ނޭނގެއެވެ. ޝާއިރު އެދުނު ކަންތަކުގެ ވާހަކަ ނަޒްލާ އަސްމާ ގާތު ނުބުނީ އެކަމާ އަސްމާ ދެރަ ވެދާނެތީއެވެ.

 

 

އާސިމް ރާއްޖެއަށް އައީ އިނގިރޭސި ވިލާތަށް ދިޔަތާ 3 އަހަރު ފަހުންނެވެ. މާލެ އައީ ގޭ އެއްވެސް މީހަކަށް ނާންގައެވެ. އާސިމް ގެޔަށް ވަނުމާއެކީ އެންމެންނަށް ލިބުނީ ހައިރާން ކަމެވެ. އެހާ އުފާވެސް ވިއެވެ. 3 އަހަރު ތެރޭން އާސިމް އެންމެ ފަހަރަކުވެސް ޗުއްޓީއެއްގައިވެސް ނާންނާތީ އެހާ ދުވަސް ފަހުން ދަރިފުޅު ފެނުމުން ވަސީމާއަށް ރޮވުނެވެ.

“އަހަރެން އައީމަ މަންމަ ތިހެން ރޮންޏާ އަނެއްކާ ދާކަށްނު ޖެހޭނީ؟” ވަސީމާގެ ލޯ ފޮހެލަމުން އާސިމް ބުންޏެވެ.

“މަންމަ ރޮއްވަން ވެގެނެއްނު ތިން އަހަރު ވީއިރުވެސް އެއްފަހަރުވެސް ނައީ…” ވަސީމާ ބުންޏެވެ. އަދި އާސިމްގެ އަތުގައި ހިފައިގެން ގޮސް އިށީނެވެ. އިރުކޮޅެއްގެ ތެރޭ ގޭ އެންމެންހެން އެތަނަށް އައެވެ. އެންމެންގެ މޫނު މަތިންވެސް ފެންނަނީ އުފާވެރި ކަމެވެ.

“ސިމީ ކޮބާ މަންމާ؟” އެންމެން އައި އިރުވެސް އަސްމާ ނުފެނުމުން އާސިމް އަހާލިއެވެ.

“އިވާން، ދޭބަލަ ކުޑީ ކައިރީ މާމަ އެބަ ގޮވައޭ ބުނަން” އެންމެ ދޮށީ މާމަ ދަރިފުޅަށް ގޮވާލާފައި ވަސީމާ ބުންޏެވެ.

އިވާން ދިޔަތާ މިނަޓެއްހާ އިރު ތެރޭ އަސްމާ ތިރިއަށް ފޭބިއެވެ.

“ތުއްތުބޭ…!” އާސިމް ފެނުމާ އެކީ ހަޅޭ ލަވައިގެންފައި އަސްމާ ދުވެފަ ގޮސް އާސިމް ގައިގައި ބައްދައިގަތެވެ.

އާސިމް ފެނުމުން އެންމެ އުފާވީ އަސްމާއެވެ. އަސްމާއަކީ އާސިމްގެ ހަމަ އެކަނި ކޮއްކޮއަށް ވެފައި ދެމީހުންގެ އުމުރުގައި 7 އަހަރު ތަފާތު ހުރުމުން އަދިވެސް އާސިމް އަސްމާއާ މެދު ދެކެނީ ކުޑަ ކުއްޖެއް ގޮތަށެވެ. މިހާރުވެސް ސަކަރާތް ޖަހާ މަޖާ ކުރަނީވެސް އެހެންވެއެވެ.

“ސިމީ ދުވަހަކުވެސް ބޮޑެއް ނުވާނެދޯ؟” އާސިމް އަސްމާއާ ދިމާކޮށްލިއެވެ .

 

އިރު ކޮޅަކު އެންމެންނާއެކީ އާސިމްއާ އެކިއެކި ވާހަކަ ދައްކަން އިނދެފައި އަސްމާ ކުއްލިއަކަށް ތެދުވީ ނަޒްލާ މަތިން ހަނދާން ވުމުންނެވެ. އަސްމާ ފޯން ހިފައިގެން ކޮޓަރިއަށް ވަދެ ނަމްބަރުތަކަށް ފިއްތަން ފަށާފައި ވަކި ހިސާބަކުން ހިޔާލު ބަދަލުވިއެވެ. މޮޅު ގޮތެއް ވިސްނުމުންނެވެ. އަސްމާމެންނަށް ލިބުނު ފަދަ ސަޕްރައިޒްއެއް ނަޒްލާއަށް ދޭން ހިތަށް އެރުމުންނެވެ.

“ތުއްތުބޭ، މިރޭ ނަދީމްމެން ގެޔަށް ދާނަންތަ؟” ތިރިއަށް ފައިބާފައި އަސްމާ އަހާލިއެވެ.

“އާނ… ދާނަން، ކިހިނެއްވީ؟” އާސިމް އަހާލިއެވެ.

“ކަމެއް ކޮށްދޭށޭ ބުނަން ވެގެން” އަސްމާ ބުންޏެވެ.

“ހަމަ އައި އިރަށް ކަންތަކު ކިޔަން ފެށީދޯ؟” އަސްމާގެ އިސްތަށިގަނޑަށް ދަމާލަމުން އާސިމް އަހާލިއެވެ.

“ދެން ކަމެކޭ ބުނާ ވަރުގެ ކަމެއްވެސް ނޫނޭ… ތުއްތުބޭ އެގެޔަށް ދާއިރު އަހަރެން ގޮވައިގެން ދާންވީ. އެވަރު ވާނެތަ؟” އާސިމްގެ ބޯހާވާލަމުން އަސްމާ ބުނެލިއެވެ.

“އޭ، ބޮލާ ނުކުޅޭ އިނގޭ!” އިސްތަށިގަނޑު ރަނގަޅު ކޮށްލަމުން އާސިމް ބުންޏެވެ.

“އަހަރެން ގޮވައިގެން ދޯ ދާނީ؟” އަސްމާ އަނެއްކާވެސް އެހިއެވެ.

“އާނ! އެކަމަކު ތުއްތުބޭ ނިކުންނަން ވާއިރަށް ސިމީ ތައްޔާރު ވެގެން ހުންނަން ވާނީ. އެންމެ އިރުކޮޅަކަށްވެސް މަޑެއް ނުކުރެވޭނެ އިނގޭ” އާސިމް ބުންޏެވެ.

 

އެރޭ އަށެއް ޖެހި އިރަށް އަސްމާ ތައްޔާރު ވެގެން ނިކުތް އިރުވެސް އާސިމް ނުނިކުންނާތީ އަސްމާ އާސިމްގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާލިއެވެ.

“ކޮބާ! ކާކަށް ތައްޔާރު ނުވެވުނީ؟” އާސިމް ބޯ ހިއްކަމުން ދޮރު ހުޅުވާލުމާ އެކީ އަސްމާ އަހާލިއެވެ.

“އައްދޭ! މިހާރު ސްނެއިލީ ހާދަ ފާސްޓޭދޯ!” އަސްމާ ތައްޔާރު ވެގެން ހުއްޓާ ފެނުމުން އާސިމް އަހާލިއެވެ.

“ދެން ތުއްތުބޭ ގަނޑާ… ތިހެން ނުކިޔަބަލަ…” އާސިމް ސްނެއިލީއޭ ބުނުމުން މޫނަށް ވައްތަރެއް ޖައްސާލަމުން އަސްމާ ބުނެލިއެވެ. ‘ސްނެއިލީ’ އެނަމަކީ ކޮންމެ ކަމެއްގައިވެސް އަސްމާ ލަސް ކަމުން ކުޑައިރުއްސުރެ އަސްމާއާ ދިމާކުރުމަށް ޓަކައި އާސިމް ކިޔާ ނަމެކެވެ.

 

ނަޒްލާމެން ގެޔަށް ވަނުމާ އެކު އާސިމްއަށް ފުރަތަމަވެސް ފެނުނީ ސިޓިންގ ރޫމް ސޯފާގައި އަތް ގުޅުވާލައިގެން ތިބި ޔުމްނާއާ ނަދީމްއެވެ. އާސިމް ކައިރިއަށް ޖެހިލާފައި ކަރު ކެހިލިއެވެ.

ޔުމްނާއާ ނަދީމް ސިހިފައި ބަލާލިއެވެ.

“އާސިމް! ކޮން އިރަކު އައީ؟” އާސިމް ފެނުމުން ހެވިފައި ސޯފާއިން ތެދުވެފައި ނަދީމް އަހާލިއެވެ.

“މިއަދު މެންދުރު އައީ. އަހަރެން ނެތިސް ހާދަ ކުރިއަށް ޖައްސާލައިގެނޭ ދޯ ތިއުޅެނީ…” ސަލާން ކޮއްލަން ނަދީމް ދިއްކޮއްލި އަތުގައި ހިފާލަމުން އާސިމް ބުންޏެވެ.

“އާނ… ކުރިޔަށް ދާނެތާ ދޯ…” ނަދީމް ބުންޏެވެ.

“ޔުމް، ކިހިނެއްތަ؟” ޔުމްނާއާ ސަލާން ކޮއްލަން އަތް ދިއްކޮއްލަމުން އާސިމް ޔުމްނާގެ ހާލު އަހާލިއެވެ.

“ހަމަ ރަނގަޅު” ޔުމްނާ ޖަވާބު ދިނެވެ.

“ނަޒޫ ރެޑީ ނުވޭތަ އަދި؟” އެހާ އިރު ވަންދެން އެއްޗެއް ނުބުނެ ހުރި އަސްމާ އެވަގުތު ޔުމްނާ ކައިރީ އަހާލިއެވެ.

“އޭނަ ތައްޔާރު ވާތާ ބައިގަޑިއިރު ވެއްޖެ މިހާރު، ހިނގާ ބަލާލަން” ޔުމްނާ ބުންޏެވެ. ދެމީހުން އެކީ ނަޒްލާގެ ކޮޓަރިއާ ދިމާއަށް ދިޔައެވެ. ސްކޫލް ނިމުން ފާހަގަ ކުރުމަށް ކްލާސް ހުރިހާ ކުދިން އެކީގައި ބާއްވާ ޕާޓީއަކަށް ދާން އެރޭ އެތިން ކުދިންނަށްވެސް އޮތެވެ.

ނަދީމް ހުރީ ޔުމްނާ ދިޔަ ދިމާއަށް ބަލާށެވެ. އާސިމްއަށް އެތަން ފެނުމުން ނަދީމްގެ ކޮނޑުގައި ޖަހާލިއެވެ.

“ސާބަސް! ހާދަ ވަރެއް ވެފައޭ ތިހިރީ…” އާސިމް ދިމާކޮއްލިއެވެ.

“ލޯބި ވެވުނީމަ މިވަރު ވާނެ އާސިމްއަށްވެސް” އިށީނދެފައި ނަދީމް ބުންޏެވެ. އާސިމްވެސް އިށީނެވެ.

“އަހަރެން ހިއެއް ނުކުރަން ޕްލޭބޯއި ނަދީމް ތިހާ އަވަހަށް ލޯބި ވެދާނެ ކަމަކަށް… އަނެއްކާ އެހާ ކައިރިން ތިހޯދީވެސް…” އާސިމް ބުންޏެވެ.

“މަށޭ…؟ އިހަށް އާސިމްގެ ވާން އުޅޭ ޅިޔަނަކީ ކާކުތޯ ބަލާލަބަލަ” ނަދީމް ބުންޏެވެ.

“އައްދޭ… ސިމީވެސް ތިކަމާ ސީރިއަސް ވީތަ؟ ނުވެސް ބުނޭ” އާސިމް ބުންޏެވެ.

“މަށަށް ހީވިޔޭ ސިމީ ނުބުނާނެހެން… ގޭ މީހަކުވެސް ނުބުނޭތަ؟” ހިނި އައިސްފައި ނަދީމް އެހިއެވެ.

“އަދި ނުބުނޭ. ދެން ނަދީމް ބުނެބަލަ… ކާކުތަ؟” އާސިމް އަހާލިއެވެ.

ނަދީމްއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ޝާއިރު އެގެޔަށް އައެވެ.

“ރަނގަޅު ގަޑިއަކަށް ތިއައީ… އަވަހަށް އައިސް އާސިމް މިކުރާ ސުވާލަށް ޖަވާބު ދީބަލަ!” ޝާއިރު ފެނުމުން ނަދީމް ބުންޏެވެ.

“އާސިމް، ކޮން އިރަކު އައީ؟ އަންގާވެސް ނުލާ…” އާސިމްއާ ސަލާން ކޮށްލާފައި ޝާއިރު ބުންޏެވެ.

“މަންމަ މެންނަށް ސަޕްރައިޒްއެއް ދޭން ވެގެން އެކަކު ކައިރީވެސް ނުބުނެ މިއަދު މެންދުރު އައީ” އާސިމް ބުންޏެވެ.

“ކޮން ސުވާލެއްގެ ވާހަކައެއްތަ ތި ދައްކަނީ؟” ޝާއިރު އަހާލިއެވެ.

“މިދައްކަނީ އާސިމްގެ ވާން އުޅޭ ޅިޔަނުގެ ވާހަކަ، ސިމީ ނުވެސް ބުނެޔޯ އާސިމް ކައިރީ، ޝާއިރު ބުނެބަލަ” ނަދީމް ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ.

“އައި އިރަށް ބުނީދޯ؟” ޝާއިރު އަހާލިއެވެ.

“ބުނެބަލަ، ކާކުތަ؟” އާސިމް އެހިއެވެ.

“ޝާއިރުއޭ އެއީ…” ނަދީމްއަށް ނީނދެވިގެން ބުންޏެވެ.

“ހަމަ ރަނގަޅަށް؟” އާސިމްއަށް އަހާލެވުނެވެ.

“ކިހިނެއްވީ؟ އަހަރެން ކަމުނުދަނީތަ؟ އެޕޯސްޓަށް އަހަރެން ޝަރުތު ހަމަ ނުވަނީތަ؟” ޝާއިރު އަހާލިއެވެ.

“ނޫނޭ… ތިދެމީހުން ތިހާ ކައިރިން ނެޓް އެޅީމަ ގަބޫލު ނުކުރެވިފަ މިހިރީ… އެކަމަކު އޯކޭ، އަހަރެން ދަންނަ މީހެއް އަހަރެންގެ ޅިޔަނަކަށް ވީކަން މާރަނގަޅު” ޝާއިރުގެ ކޮނޑުގައި އަތް އަޅުވާލަމުން އާސިމް ބުންޏެވެ.

 

“ނަޒޫ މިރޭ މޮޔަ ވާނެ… ކީއްވެތަ ނުބުނީ؟” އަސްމާއާ އެކީ ދަމުން ޔުމްނާ މަޑުމަޑުން އަހާލިއެވެ.

“ސަޕްރައިޒް… ޝްޝްޝް…” ދޮރު ހުޅުވާލަމުން އަސްމާ ތުންފަތުގައި އިނގިލި ޖައްސާލިއެވެ.

އަސްމާއާ ޔުމްނާ ވަން އިރު ނަޒްލާ ހުރީ ލޯގަނޑު ކައިރީ ބޮލުގައި ފުނާ އަޅާށެވެ.

“ނަޒޫ، ސަޕްރައިޒްއެއް އެބައޮތް…” ނަޒްލާ ކައިރީގައި މަޑުކޮށްލާފައި އަސްމާ ބުންޏެވެ.

“ކޯޗެއް؟” ނަޒްލާ އަހާލިއެވެ.

ޔުމްނާއާ އަސްމާ އެކަކު އަނެކަކަށް ބަލާލާފައި ހީލިއެވެ.

“އަނެއްކާ ކީށްކޮއްގެން ދެމީހުން ތިއުޅެނީ؟” ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުން ނަޒްލާ އަހާލިއެވެ.

“އަހަރުމެން ކަމެއް ނުކުރަން… އަހަރުމެންނަކީ ހަމަ އެކަނި ހަބަރު ގެނެސްދޭ މީހުން” ޔުމްނާ ބުންޏެވެ.

“ދެން އެހެން ވިއްޔާ ބުނެބަލަ! ކޮބާތަ ސަޕްރައިޒް އަކީ؟” ނަޒްލާ އަހާލިއެވެ.

“ތުއްތުބޭ އައިއްސި” އަސްމާ ބުންޏެވެ.

އަސްމާ އެހެން ބުނުމާއެކު ނަޒްލާގެ ވިންދު އަވަސް ވެގެން ދިޔައެވެ.

“އަސްލުތަ؟” ނަޒްލާއަށް އަހާލެވުނެވެ.

“އާނ… އެބައިން ނަދީމްއާ އެކީ ބޭރުގަ” އަސްމާ ބުންޏެވެ.

އަތުގައި އޮތް ފުނާ އެއްލާލާފައި ނަޒްލާ ބާރަށް ގޮސް ކުޑަދޮރުގެ ފޮތިގަނޑު ދުރު ކޮއްލާފައި ބޭރު ބަލާލިއެވެ.

ތިން އަހަރު ވީނަމަވެސް ވަގުތުން ނަޒްލާއަށް އާސިމް އެނގުނެވެ. ނަދީމްއާ ޝާއިރުއާ ވާހަކަ ދައްކަން އާސިމް އިން އިރު ނަޒްލާ ބޭނުންވީ ހިތް ފުރެންދެން އާސިމްއަށް ބަލާށެވެ. ނަމަވެސް އެމޫނެއް ދެކޭ ހިތުން ތިން އަހަރު ވަންދެން އިންތިޒާރު ކުރި މޫނު ފެނުމުން އެހާ އަވަހަށް ހިތެއް ނުފުރުނެވެ.

ތިން އަހަރު ކުރިޔާ އާސިމް ތަފާތު ކަން ނަޒްލާއަށް ފާހަގަ ކުރެވުނެވެ. އާސިމްގެ އިސްތަށި ގަނޑު ހުރީ ކަނދުރާއާ ހަމައަށް ދިގުކޮއްފައެވެ. ކުރިޔަށްވުރެ ދޮނެވެ. އޭރަށް ވުރެ ވަރުގަދަ ހަށިގަނޑެކެވެ. އެހުރިހާ ބަދަލެއްވެސް ނަޒްލާއަށް ކަމު ދިޔައެވެ. ކުރިޔަށް ވުރެ ފުންކޮށް ނަޒްލާގެ ހިތުގައި އެސޫރަ ކުރެހިގެން ދިޔައެވެ.

“ދެން ތިހެން ބަލަން ހުންނާނީތަ؟ ޕާޓީއަކަށް ނުދާނަންދޯ ދެނެއް؟” އަސްމާ ނަޒްލާ ކައިރިއަށް އައިސް އަހާލިއެވެ.

“ދާނަމޭ…” އަސްމާއަށް ބަލާލާފައި ނަޒްލާ ބުންޏެވެ. އަދި އަނެއްކާވެސް އާސިމްއަށް ބަލާލިއެވެ.

“ސިމީ ނުވެސް ބުނަމެއްނު؟ ކޮން އިރަކު އައީ؟” ނަޒްލާ އަހާލިއެވެ.

“މިއަދު މެންދުރު އައީ. އެވަގުތުވެސް ނަޒޫއަށް ގުޅަން އުޅުނިން، އެކަމަކު ހިތަށް އެރީ ނަޒޫއަށް ސަޕްރައިޒްއެއް ދޭނީއޭ” އަސްމާ ބުންޏެވެ.

އެވަގުތު ޔުމްނާވެސް އައިސް ނަޒްލާ ކައިރީ ހުއްޓިފައި ބޭރު ބަލާލިއެވެ.

“މަށަކަށް ހިއެއް ނުވޭ މިރޭ ނަޒޫ ދާނެހެނެއް…” ޔުމްނާ ބުނެލިއެވެ.

“ނޫނޭ، ހިނގާ ދާން” ހިތާ ދެކޮޅަށް ފޮތިގަނޑުން ދޫކޮށްލާފައި އެނބުރެމުން ނަޒްލާ ބުންޏެވެ. އަދި ޑްރެސިންގ ޓޭބަލް ކައިރިއަށް ގޮސް ނަޒްލާ އެކުރު އިސްތަށިގަނޑުގައި ދައްޗެއް ޖަހާލިއެވެ.

“ޔަގީނޭ ތުއްތުބޭގެ އިސްތަށިގަނޑުވެސް ނަޒޫގެ އިސްތަށިގަނޑަށް ވުރެ ދިގު ވާނެކަން…” އަސްމާ ބުންޏެވެ.

“އަހަންނަކަށް އިސްތަށިގަނޑު ދިގު ކޮއްގެނެއް ނޫޅެވޭނެ. މަށަށް ވާވަރަށް ތިދެމީހުން ދިގު ކޮއްގެނެއްނު ތި އުޅެނީ؟” އަސްމާއާ ޔުމްނާގެ ދިގު އިސްތަށިގަނޑަށް ބަލާލަމުން ނަޒްލާ ބުންޏެވެ un excelente sitio.

“ދިގަސް މިހާ ބުޅި ވީމަ ގެންގުޅެން ވަރަށް އުނދަގޫ” ބުޅި އިސްތަށިގަނޑުގައި އަތް ހާކާލަމުން ޔުމްނާ ބުންޏެވެ.

“މަ ހިތަށް އަރާ މަގޭ އިސްތަށިގަނޑުވެސް ނަޒޫގެ ހާ ފަންވީ ނަމައޭ… ގައިމުވެސް ތުއްތުބޭގެ އިސްތަށިގަނޑު ނުލާހިކު ފަން، މަށަށް އެހާ ފަން އިސްތަށިގަނޑެއް ނުލިބުނީ ކީއްވެ ބާއޭ ހިތަށް އަރާ…” އަސްމާ ޝަކުވާ ކޮށްލިއެވެ.

“ސާބަސް! ސިމީ އަދިވެސް ތި ޝަކުވާ ކުރުން ހުއްޓައެއް ނުލަންތަ؟ ސިމީ ދުވަހަކުވެސް ބޮޑެއް ނުވާނެދޯ؟” ހީލާފައި ނަޒްލާ ބުންޏެވެ.

“އެނގޭތަ؟ މިއަދު ތުއްތުބޭވެސް މަށާ ދިމާލަށް ހަމަ ތިހެން ބުނި…” ވިސްނާލާފައި އަސްމާ ބުންޏެވެ.

“ސައިންއެއް ކަންނޭނގެ…” ޔުމްނާ ބުނެލިއެވެ.

ނަޒްލާ ޔުމްނާއަށް ބަލާލާފައި ލޯގަނޑާ ދިމާއަށް އެނބުރުނެވެ.

“ހިނގާ ދެން…” ތުންފަތުގައި ލިޕްސްޓިކް ހާކާލާފައި ނަޒްލާ ބުންޏެވެ.

ކޮޓަރި ދޮރާ ހަމައަށް ގޮސްފައި ނަޒްލާ ހުއްޓުނެވެ.

“ކިހިނެއްވީ؟” ޔުމްނާ އަހާލިއެވެ.

“ބިރު ގަންނަނީ…” މޭގައި އަތް ޖައްސާލާފައި ނަޒްލާ ބުންޏެވެ.

“ހާސް ނުވެބަލަ… ޓޭކް އަ ޑީޕް ބްރެތް…” ޔުމްނާ ބުންޏެވެ.

ނަޒްލާ ފުން ނޭވައެއް ލިއެވެ. އަސްމާއާ ޔުމްނާ ނަޒްލާގެ އަތުގައި ހިފާލިއެވެ.

“ދެން ހިނގާ… އަހަރުމެން މިތިބީނު؟” އަސްމާ ބުންޏެވެ.

ތިން މީހުން އެކީ ކޮޓަރިން ނިކުތެވެ. ވާހަކަ ދައްކަން އިނދެފައި އާސިމްވެސް އެމީހުންނަށް ބަލާލިއެވެ. ޔުމްނާއާ އަސްމާގެ މެދުގައި ހުރި ނަޒްލާ އެވަގުތު އާސިމްއަށް ފެނުނީ ކުރިޔާ މުޅިން ތަފާތު ކޮށެވެ. ތިން އަހަރު ކުރިން ފެނުނު ނަދީމްގެ ކުޑަކުޑަ ކޮއްކޮ މިހާރު އެހެރީ މުޅިން ބަދަލު ވެފައެވެ. ޒުވާން ރީތި އަންހެން ކުއްޖަކަށް ވެފައެވެ. އެއީ ހަމަ ނަޒްލާ ބާއޭ އާސިމްގެ ހިތަށް އެރިއެވެ.

ކޮޓަރިން ނިކުތް ގޮތަށް އިސް ޖަހައިގެން ހުރި ނަޒްލާ އާސިމްމެންނާ އަރާ ހަމަ ވުމުން އިސް އުފުލާ ބަލާލިއެވެ. ނަޒްލާއާ ދިމާއަށް ބަލަން އިން އާސިމްއާ ނަޒްލާގެ ހަތަރުކަޅި ހަމަވިއެވެ. ރަކި ގޮތަކަށް ހީލާފައި ނަޒްލާ އިސް ޖަހާލިއެވެ. އެވަގުތަކީ އާސިމްގެ ހިތް އާސިމްއަށް ގެއްލުނު ވަގުތެވެ.

އާސިމް އިން ގޮތް ފެނިފައި ނަދީމްއާ ޝާއިރު އެކަކު އަނެކަކަށް ބަލާލިއެވެ. ދެމީހުން އެއްފަހަރާ ދެފަރާތުން އާސިމްގެ ކޮނޑުގައި ޖަހާލިއެވެ. ސިހިފައި އާސިމް ބަލާލިއެވެ.

“ގަބޫލެއްވެސް ނުކުރެވޭ އެއީ ހަމަ ނަޒޫ ކަމަކަށް…” އާސިމްއަށް ބުނެވުނެވެ.

“އާނ… އޭރުގެ ފްރެންޑުން ނަޒޫ ފެނުނީމަ ބުނަނީ ތިހެން… އަހަރެން ހިތަށް އަރާ އަހަރެންގެ އެހާ ރީތި ކޮއްކޮއެއް ހުރީތީ ފޮނި ވާންވީ ބާއޭ… ނޫނީ އެކަމާ ބިރު ގަންނަން ވީބާއޭ…” ވިސްނާލަމުން ނަދީމް ބުންޏެވެ.

 

“ނަޒޫ… އާސިމް އިނީ ހަމަ އާޝޯހު ވެފަ، މަށަށް ހީވަނީ ނަޒޫގެ އިންތިޒާރު ނިމުމަކަށް އައީހެން” ޔުމްނާ ނަޒްލާއާ ދިމާ ކޮށްލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ހާދަ ލޯބިންނޭ.. (15)

Next

މަގޭލޯބި މަގޭހައްގު

Next
February 22, 2016

މަގޭލޯބި މަގޭހައްގު

Previews
February 22, 2016

ހާދަ ލޯބިންނޭ.. (15)

21 Comments!

  1. Mar Sha Marsha says:
    February 22, 2016 at 2:28 pm

    Here’s the new story… hope u like this story tooo

  2. Alyaa says:
    February 22, 2016 at 2:29 pm

    Next part when?

  3. bunny says:
    February 22, 2016 at 2:32 pm

    woww

  4. Sim says:
    February 22, 2016 at 3:00 pm

    Kohmes kuhjaku bunedybala mi st aky ehen sitehga ihna vaahaka ehtha

  5. Shau says:
    February 22, 2016 at 3:04 pm

    Frndship changes to luv dhw…just like me n my bestfrndxx life…nice…

    1. ShaAn says:
      February 29, 2016 at 9:31 pm

      ?

  6. Amin says:
    February 22, 2016 at 3:18 pm

    I think I have read this story too

  7. Mimmm says:
    February 22, 2016 at 3:31 pm

    Mee tooooooo. Heevani kurin kiyaafahen. ?But v salhi

  8. Saaya says:
    February 22, 2016 at 3:37 pm

    V nice

  9. Joke says:
    February 22, 2016 at 3:39 pm

    Hmm new story from Marsha hope this one also Will be a nice one

  10. amnaa says:
    February 22, 2016 at 3:40 pm

    Wow v nice whn nxt part

  11. Zaanaa says:
    February 22, 2016 at 4:11 pm

    V reethi khon erakun next part

  12. Niz says:
    February 22, 2016 at 4:14 pm

    Finally niz beynun vi stry kiyaa lan libijje.thnk u so so much marsha…vvvv reethi mi part

  13. Mari says:
    February 22, 2016 at 4:22 pm

    Vvvvv reethi..thanxx Marsha…keep it up…

  14. amnaa says:
    February 22, 2016 at 4:32 pm

    V v v v v reethi whn nxt part

  15. Aimsithu says:
    February 22, 2016 at 5:25 pm

    Feshun varah reethi… #kkbk

  16. Yum says:
    February 22, 2016 at 8:46 pm

    Plx bunedybala mi vaahaka in site ge name

  17. lyn says:
    February 22, 2016 at 8:50 pm

    Nt bd

  18. Maashy says:
    February 22, 2016 at 10:01 pm

    Thanyou marsha mi vaahaka genas dhey shey bunan ulhey nikoh thi genas dhinee v ufaa vejje

  19. Maashy says:
    February 22, 2016 at 10:02 pm

    Thankyou sorry typing massala eh

  20. nee says:
    February 23, 2016 at 1:12 pm

    mi vaahaka kyn kurin marsha ge blog in .. ekm nw vaa gotheh maa bodakah handhaaneh neh .. mi stry kyma handhaan vany laara ge beynun vany yaara e stry mathin .. v beynun e str kiyaalan bt neh kiyeyne gotheh .. 🙁 .. mi vaahaka vess v rythi ingey marsha .. i jst wnt to ryd a new stry of u ..gud luck n kyp up the gud work 🙂

Comments are closed.

Next Episodeނިމިދާނޭ ޖާނާ ހިތާ 2←


All Right Reserved!