Skip to content
އެސްފިޔަ

މަގޭލޯބި މަގޭހައްގު

  • މީޝާއަށް ކޯތާފަތުގައި އަތް އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. ކޯތާފަތަށް އެރި ހޫނު އެތިފަހަރުގެ ސަބަބުންނެވެ. ނަމަވެސް ވެވުނު އެންމެ ބޮޑު ހިނިތުންވުމެއް އޭނަގެ ދޮންތަ އަށް ދައްކައިގެން ހުއްޓެވެ. އެއާއި އެކު ދެވަނަ އެތިފަހަރު އޭނާގެ ކޯތާފަތަށް އަރައިގެން ދިޔައީ ކުރިން ފަހަރަށް ވުރެންވެސް ބާރަށެވެ. ދޮންތަގެ މި ވޭންދެނިވި ހަމަލާތަކަށް ކެތް ކޮށްލައިގެން މީޝާ ހުރީ ދޮންތަ އާއި ކުރިމަތިލާނެ ހިތްވަރެއް ނެތިފައެވެ. ހިތުގެ އަޑިން ޝަކުވާކުރާ ހާލުގައިމެ ދޮންތަގެ ހުރިހާ އަނިޔާތަކަށް މީޝާ މާފުދީފިއެވެ.

ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމާ އެކު މީޝާގެ ދެލޮލުން ކަރުނަތައް އޮހެން ފެށިއެވެ. އެއާއި އެކު މީޝާގެ ހިތަށް ވެރިވެގެން ދިޔައީ ޒައިން އެވެ. މީޝާގެ ހަދާނަށް އައީ އޭނާ ފުރަތަމަ ފަހަރު ޒައިން އާއި ބައްދަލުވި ދުވަހެވެ. ދުވަހަކީ ވަރަށް ރީތި އުޑުމަތި ސާފު ދުވަހެކެވެ. ސުކޫލުގެ ބޮޑު ޗުއްޓީ ދުވަސްތައް ކަމުން މީޝާ، އާލާ އަދި އަސްރާރު މިތިން ކުދިން ވަނީ މިއަދު މަޖާ ކޮށްލުމައް ޕިކުނިކު ރާވާފައެވެ. މީޝާ ތައްޔާރު ވެލައިގެން ގެއިން ނިކުތީ ތިންކުދިން ބައްދަލުވާން ހަމަޖެހިފައިވާ ވިއުޕޮއިންޓަށް ދިއުމަށެވެ. ފަސްވަރަކަށް މިނެޓު ތެރޭ މީޝާއަށް އެކުދިންތިބި ދިމާލަށް ދެވުނެވެ. އޭރު އެކުދިން ތިބީ މީޝާގެ އިންތިޒާރުގަ އެވެ.

އަތިރިމައްޗައް ދެވުމާއެކު ތިންކުދިން ވޮލީކުޅެން ކޯޓެއް ދޮންވެލިގަނޑު މަތީގައި ކުރަހާލިއެވެ. ނަސީބު ރަނގަޅުކަމުން ކުރިން ބަޔަކު ބޭނުން ކޮއްފައި އޮތް ނެޓެއް އެތަނުގައި ދަމާލައިފައި ވެއެވެ. އިރުކޮޅަކުން ފެނުނީ އެދިމާލަށް ފިރިހެން ކުދިންތަކެއް އަންނަތަނެވެ. އެމަންޒަރު ބަލަން އިރުކޮޅަކު ހުރެފައި އަސްރާރު މީޝާ އަށް ލާނެއްގޮތަކަށް ގޮވަން ފެށިއެވެ.”މިޝް..މިޝް… އަޅެމިޝް..”. އެފިރިހެން ކުދިންތައް ދިޔުމުން ކުޅުން ކުރިއަށް ގެންދިއުމަށް މީޝާ އެދުނެވެ.

ކުޅުމުގެ ތެރޭގައި އަސްރާރު ޖެހި ބޯޅައެއް މާބާރަށް ގޮސް މޫދުގައި އޮތް ފިރިހެންކުއްޖެއްގެ ގައިގަ ޖެހުނެވެ. މީޝާ ބޯޅަނަގަން ދުވެފައި ދިޔައިރު ބޯޅަ ހިފައިގެން އާދައިގެ މަޑުހިނގުމެއްގައި ކުއްޖަކު އަންނަތަން ފެނުނެވެ. ހަލުވި ދުވެއްޔެއްގައި މީޝާގޮސް ބޯޅައަތުލުމަށްފަހު މާފަށް އެދުނެވެ. އެއަށްފަހު އެކުދިން ތިބި ދިމާލަށް ދިޔައެވެ. ކުޅެނިމުމުން ތިންކުދިން ގެނައި ކާއެއްޗިހި ނަގާއަތުރާލިއެވެ. ކައިނިމިގެން ކުޑަކޮށް މޫދަށް އެރެލުމަށްފަހު މީޝާ ގެއަށް ދިޔައެވެ.

މުޅިން އާދުވަހެކެވެ. މީޝާ ހެނދުނު ހެނދުނާ ތެދުވެ ތައްޔާރުވެލީ ސުކޫލަށް ދިއުމަށެވެ. ދިގު ޗުއްޓީއަކަށްފަހު މުޅިން އާސުކޫލަކަށް މުޅިން އާމާހައުލަކަށް ބަދަލުވުމަށްޓަކައެވެ. ސުކޫލުގެ ގޭޓުން ވަނުމާއެކު ފެނުނީ މުޅިން ވެސް އާމަންޒަރު ތަކެވެ. މުޅިންވެސް އާ މޫނުތަކެކެވެ. ޕުރިންސިޕަލްގެ އޮފީސް ކޮބައިތޯ ސުވާލު ކޮށްލުމުން މަސައްކަތުމީހާ ޕުރިންސިޕަލްގެ އޮފީސް ދައްކާލިއެވެ. މީޝާ ސަލާމް ގޮވާލުމަށްފަހު ޖަވާބު ލިބުމުން އެތެރެއަށް ވަދެތަޢާރަފް ވެލިއެވެ.

މީޝާ ކުލާހަށް ވަނީ ޕުރިންސިޕަލްގެ ފަހަތުންނެވެ. މީޝާ ކުލާސްކުދިންނަށް އޭނާގެ ކުރު ތަޢާރަފެއްދިނެވެ. އެއަށް ފަހު މީޝާ ކުލާހުގެ ތެރެއަށް ނަޒަރު ހިންގާލިއެވެ. ހުސްގޮނޑިއެއް ހުރިތޯބަލައި ލުމުގެ ބޭނުމުގައެވެ. މީޝާ ގޮސް އިށީނުމާއެކު ޓިޗަރެއް އައެވެ. އެއަށް ފަހުކުލާސް ފެށުނެވެ. އިންޓަވަލުގަޑި ޖެހުމުން މީޝާ ތެދުވެގެން މަޑު ހިނގުމެއްގައި ގޮސް ކެންޓީނަށް ވަނެވެ. ކޮފީއަކައް އޯޑަރު ކޮށް ލުމަށްފަހު މީޝާ ގޮސް ކެނޓީނުގެ ގޮނޑިއެއްގައި އިށީނދެ ފޮތެއް ކިޔަން ފެށިއެވެ. އޭގެ ފަސްވަރަކަށް މިނެޓު ވިތަނާ މީޝާގެ ކުރިމަޓިގައި އިން ގޮނޑީގައި ކުއްޖަކު އިށީނދެއްޖެއެވެ. ކޮފީތަށި ދިއްކޮއްލަމުން “ހައި..!!” ބުނެލި އެެވެ. މީޝާ އިސްއުފުލާ ބަލައިލި އެވެ. ބާރުގަދަ ފިރިހެން ވަންތަ އަޑެކެވެ. ރީތި މުތްތަކެއް ހެން ވިދަވިދާ ހުރި ދެލޮލެވެ. ފަންކަޅު އިސްތަށިގަނޑު އޮތީ ތެއްކޮށެވެ. ހަމަދެންމެ އަކު ފެން ވަރާލައިގެން ހުރި ހެން ހީވެއެވެ. މޫނުމަތީގަ ވަނީ ތާޒާކަމެވެ. ރީތި ހިނިތުންވުމަކާއި އެކު ކުރިމަތީގައި އިށީދެލައިގެން މިހިރީ މީޝާ އައް ފެނިފަހުރި މޫނެކެވެ.

ކުއްލިއަކަށް މީޝާ އައް މެސެޖެއް އައެވެ. އެއީ އޭނަގެ ދޮންތަގެ މެސެޖެކެވެ.”އަތް ހިލާލަބަލަ..!!”،  ދޮންތަގެ އަމުރުވެރި ގޮތަކަށް އައި މެސެޖު ކިޔާލުމާއި އެކުމީޝާގެ އަތް މައްޗައް ހިލާލިއެވެ. ދެންފެނުނީ މީޝާގެ ދޮންތަ އައިސް އިށީން ތަނެވެ. އެފިރިހެން ކުއްޖާގެ އަތުގައި ހުރި ކޮފީތށި އަތުނުލައި ދޮންތަ އާއި އެކު ހިނގަި ގަތުމުން އެކުއްޖާ ގޮވާލިއެވެ.”ހެލޯ.. ކޮފީ ބޭނުން ނެތްނަމަ އޯޑަރ ނުކުރާނެކަން ޔަގީން.. ހެލޯ ލިސެން… ހެ..”އެކުއްޖާ މީޝާ ޖަވާބުނުދިނުމުން ފަހަތުން ހިނގައި ގަތެވެ. ނަމަވެސް މީޝާމެން އެފިރިހެންކުއްޖާ އަށް ފިލައިގެން ގޮސް އެދެކުދިން އެކުދިންގެ ކުލާސްތަކައް ވަދެއްޖެއެވެ. މީޝާ ކުލާހަށް ވަނީ ހެމުންްނެވެ. ގޮންޑިގައި އިށީނީ ޖެހިގެން އިން ގޮނޑީގައި އިނީކާކުތޯނުވެސް ބަލައެވެ.

Comments (14)

  1. Ily

    Me new story eh dho.avahah up kohladheythi reethi ingey☺☺?

  2. twnkl str

    Woww..gd luck

  3. saaaaa

    Heevany reethi vaanehen konme dhuva hakuves up kuraathi eyrun adhi vaahaka reethivaane maa bodah thanks

  4. Mari

    Varah reethi feyshun..avahah up kurachey dhn huri part thah..keep it up

  5. visnun

    Ehves thaakun thaaku nujehey… vaahaka liyumuge ehves style eh nei… ihsaas thah dheyha kohdheyn fudheyvarakah weak… need to improve but hyvey thafaathu concept akah vaane hen…

  6. Anonymous

    Gud keep it up

  7. naax

    Keep it up

  8. myf

    keep it up 😀 varah rythi vrne henn hyvey thnkolhe avaha up kuraathi.. 🙂 good luck.. 😛

  9. Nicky

    Reethi vaahaka eh hn heevey v

  10. yammu

    Hyvany yaumiyya eh hen

  11. lovely girl

    where is the next part

  12. Aishath Sara

    Very nice n keep writing stories like this n have a bright future Ayath.. 🙂

  13. Name

    Varah foohi ehvx varkah vaahaka liyaakah neyge. Aslu vaahak kiyaa iri eyga bunaa ehcheh sifa vaan vasne. Ekam ehvx varakah liyaa vaahaka thakeh sifa nukurevey

  14. okay

    ehgothakah ves kamaku nudhey… furathama vaahaka badhalu kohli hisaabu ves. . . adhives eba huri rangalhu kuran jehey kan kan. . . #need_improvement

Comments are closed.