Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ކުރި ލޯބި (6)

Hath
February 23, 2016
4 Mins Read
59 Views
28 Comments

އިޔާއަށް ދަތްކުނޑި ވިކި، އަތުގައި އިން ކޯކު ތައްޓަށް ބާރު އަރާހެން އަހަންނަށް ހީވިއެވެ. މޫނު މަތިން ރުޅީގެ އަސަރު ފާޅު ވަމުން ދިޔައެވެ.

” މެއިބީ ހީ ހެޒް ފޯލެން ފޯ ޔޫ! ” އިޔާ ކޯކު ފޮދެއް ބޯލުމަށްފަހު ދެބުމަ އަރުވާލަމުން ބުނެލިއެވެ.

އިޔާ ހިނިގަނޑެއް ޖަހާލިއެވެ. މިއޮއްހާއިރު އިޔާގެ މޫނުމަތިން ފެނުނު ކުލަވަރެއް ދެނެއް ނުފެނުނެވެ.

އަހަރެން ހައިރާންވިއެވެ. އެއީ އަހަންނަށް ހީވި ގޮތެއް ކަމުގައި ނިންމީމެވެ. ކައި ނިމިގެން އަހަރުމެން ދިޔައީ ހިނގާލާށެވެ. މެންދުރުގެ އެންމެ އަވި ބާރު ގަޑި އަކީ ދެމީހަކު ހިނގާލަން ދާ ކަހަލަ ގަޑިއެއް ކަމުގައި ނުވިނަމަވެސް މިރޭ އިޔާ ފުރާތީ އަހަންނަށް މިދޭ ގަދަ އަތްވަކީ އެއްވެސް މައްސަލަ އެއް ނޫނެވެ. ދެމީހުންނަށް ހިތް ފުރޭ ވަރަށް ވަގުތު ހޭދަ ކޮށްނުލެވުނު ނަމަވެސް މަޖާ، ހިންހަމަޖެހޭ ވަގުތުތަކެއް އެކީގައި ވޭތުކޮށްލެވުނެވެ. ހަވީރު ގެއަށް ގޮސް ފެންވަރާލައިން އަވަސް އަވަހަށް ތައްޔާރު ވެލީ އިޔާ ފުރުވަން ހަގަޑި ބަޔަށް އެއާރޕޯޓަށް ދާށެވެ. އެއާރޕޯޓަށް ފަހަރި އަކާއި އެކު އަހަރެން ދިޔައިރު އިޔާޒު ދިޔައީ ޢާއިލާއާއި އެކުއެވެ. ދެމީހުން ބައްދަލުވީ އެއާޕޯޓުންނެވެ. އިޔާގެ ފެންކަޅިވެފައި ތިބި ޢާއިލާގެ އެންމެހާ މެމްބަރުންނާ ސަލާމް ކުރުމަށް ފަހު އައިސް އަހަރެންގެ ފަހަރިއާއި ސަލާމް ކުރިއެވެ. އޭރު އަހަރެންގެ ފެންކަޅިވެފަވާ ދެލޯ ފޮރުމަށް، ޓިޝޫއެއްގެ އެހީ ހޯދީމެވެ. ކަރުނަތައް ފޮހެލުމަށްފަހު ހިނިތުންވެލީމެވެ. ހިތުގައިވާ ރިހުމާއި، ހިތާމަތައް އިޔާއަށް ފޮރުވުމަށެވެ. އިޔާ އަހަރެން ގާތަށް އައިސް އަހަރެންގެ ދެ އަތުގައި ހިފާ ބޮސްދިނެވެ. އެވަގުތު އިޔާގެ ލޮލުން ވެއްޓުނު ހޫނު ކަރުނަ ތިކި އަހަރެންގެ ފައިތިލައިގައި ޖެހުނެވެ. އަހަރެން އިޔާގެ ލޮލަށް ބަލާލީމެވެ. ދެރަވެފައިވާކަން އެދެލޮލުން ހާމަވެއެވެ. ވެދާނެއެވެ. ލޯބިވާ ޢާއިލާ ދޫކޮށް ދާން ޖެހޭތީ މާބޮޑަށް ހިތުގައިޖެހެނީއެވެ.

” ހެއި ޕްރިޓީ! އައި ނޯ ޔޫ ޑިޑް ކްރައި ޖަސްޓް ނައު. ޔޫ ކާންޓް ހައިޑް ޔޯ ޓިއާރޒް ފްރޮމް މީ. އޯކެއި؟ ” ހިނިތުންވެލަމުން އިޔާ ބުނެލިއެވެ.

އަހަންނަށް އިޔާ ގައިގައި ވަރަށް ބާރަށް ބައްދާލެވުނެވެ. ބައްދަ ބައްދާފައި ހަމަ ރޮވެނީއެވެ. އިޔާގެ ތަނަވަސް، ފުޅާ މޭމަތީގައި މޫނު ފޮރުވާލައިން ގިސްލަ ގިސްލާފައި އަހަރެން ރުއި އިރު، އިޔާގެ ބާރު ގަދަ ދެއަތް ވަނީ އަހަރެންގެ ގައިގައި ވަށާލެވިފައިވެއެވެ.

އަހަރެން އިޔާޒުގެ ގަޔާ ދުރުކޮށްލަމުން ނިތްކުރީގައި ބޮސް ދިނުމަށްފަހު ނުރުއިމަށް ވަރަށް ނަސޭހަތް ދިނުމުން އިރުކޮޅަކުން ހަމައަކަށް އެޅުނެވެ. އިޔާގެ މަންމަވެސް ހުރީ ފެންކަޅިވެފައެވެ. އިޔާގެ ޗެކިން ފަށާ ގަޑި ޖެހުމުން ދަނީ ކަމުގައި ބުނެ މަންމައާއި ބައްޕަގެ ގައިގައި ބައްދާލުމަށްފަހު އަހަރެން ގައިގައިވެސް ވަރަށް ބާރަށް ބައްދާލިއެވެ. ޑިޕާޗާރ އަށް ވަދެ އެންމެންނަށް ހަނާ އަޅާލުމަށްފަހު އެތެރެއަށް ވަނެވެ. އެންމެން ދެން ހިނގައިގަތީ މާލެ ދިޔުމަށް ފެރީ އަށް އެރުމަށެވެ. ފެރީ މަތީވެސް އަހަންނަށް ރޮވޭތީ އިޔާގެ މަންމަ އައިސް އަހަންނަށް ވަރަށް ނަސޭހަތް ދިނެވެ. އިޔާ އެދަނީ މާ ގިނަ ދުވަހަށް ނޫން ކަމަށާއި، ވަރަށް އަވަހަށް ހަތަރު އަހަރުގެ ދުވަސްތައް ހިނަގައިދާނެ ކަމެވެ. މާލެއަށް ފެރީ ލެފުމާއި އެކު ފެރީއިން ފައިބަން އުޅެނިކޮށް ފެނުނީ ފެރީ ކުރިމަތީ ހިނިތުންވެލައިން ހުރި ވިރާހުއެވެ. މިދެން އަޖައިބެކެވެ. މިތާނގައި ވިރާހު ކީއްކުރަނީ ބާވައެވެ؟ ވިރާހު އަހަންނަށް އަނެއްކާ ފާރަލަނީކީ ނޫން ބާވައެވެ؟ ވިސްނަމުން ގޮސް އަހަންނަށް ދެކޮޅަށް ބޯ ހޫރާލެވުނެވެ.

ފެރީއިން ފޭބުމަށްފަހު މީހުން ފައިބާ ތަނާ ދުރަށް ދާން ހިނގައިގަތުމުން ވިރާހު ވެސް އަހަންނާއި ދިމާލަށް ހިނގަމުން އައެވެ.

” ވިރާހު ކީއްތިކުރަނީ މިތާ؟ ” އަހަރެން އަހާލީމެވެ.

އެހެން ބުނި ވަގުތު އެއީ ފަހަރިވެސް އަހަރެމެންނާއި އަރާ ހަމަވި ވަގުތެވެ. ފަހަރިވެސް ހުރީ ވިރާހު ފެނި ހައިރާން ވެފައެވެ.

” މީ ހަމަ ފިނިބުރެއް އަޅާލަނީ މަގުމަތީ. ހިނގާ ތިމް އަހަންނާއި އެކު ގެއަށް ދާން ސައިކަލުގައި. އަހަރެން މިއުޅެނީ ތިމްގެ ކުޑަދޮން ކުޅެން ގޮސް ވީމައި ކުޑަދޮން ސައިކަލުގަ ނިކުމެ. ފަހަރި ބަލާ އަންނާނެ ވާހަކަ ތިއްތިބެ ބުނި. ” ވިރާހު ފައްޗަކަށް އަމުނާލިއެވެ.

ވިރާހު ބުނި އެއްޗެހިން އަހަންނަށް އެނގުނީ މިއީ ވިރާހުގެ ވަރަށް ވަރުގަދަ ރޭވުމެއް ކަމެވެ. ދައްކާނެ އެއްވެސް ބަހަނާއެއް ނެތެވެ. ސަބަބަކީ ފަހަރި ހުރީ ތިއްތިބެ އާއި އެކު ބާޒާރު ކޮށްލަންވެސް ދާން ބޭނުންވެފައި ކަމުން ފަހަރި ބުނީ މިވީ މާ ރަނގަޅު ގޮތެއް ކަމުގައެވެ.

މާ ގިނައިރުތަކެއް ނުވެ ތިއްތިބެ ފަހަރި ބަލާ އައުމުން ވިރާހުގެ ފަހަތަށް އަހަރެން އެރީމެވެ. ކޮންމެހެން އަރާ ހިތަކުން ނޫނެވެ. އެނޫން ގޮތެއް ނެތީމައެވެ. ވިރާހު މަޑުމަޑުން ސައިކަލު ދުއްވާލިއެވެ. މާލެ ވަށާ ދެތިން ބުރު ޖަހާލުމަށްފަހު ގެއާ ދިމާލަށް ވިރާހު މިސްރާބު ޖެހިއެވެ. ނަމަވެސް އެއީ ވިރާހު އަހަންނަށް ދައްކާލި ދަޅައެކެވެ. ގޭ ގޯޅިއަށް އަޅާފައި ގޭދޮރުމަތިންލާފައި ދުރަށް ސައިކަލު ދުއްވާލިއެވެ. އަހަންނަކަށް ކެތެއް ނުވިއެވެ.

” ވިރާހު ޕްލީޒް! ތިދެން ކޮން ކަމެއްތަ؟ އަހަރެން ގެއަށް ލާދީ ހަމަ މިހާރު! ” އަހަރެން ނުރުހުންވިކަން ހާމަ ކުރުމަށް ބުނެލީމެވެ.

” ވިރާހު ދުއްވަން ދާން ބޭނުމިއްޔާ އަހަންނަށް ހެޔޮ ކިތަންމެ ވަރަކަށް ދުއްވިއަސް. ހެޔޮ ރޭގަނޑު ހަތަރު ދަމު ހޭލާ ހުރެ މާލޭގެ ހުރިހާ މަގެއް ކުޑަ ކުރިޔަސް. ކޮންމެހެން އަހަރެން ގޮވައިގެން ދުއްވަން ހަދާނެ ކަމެއްނެތް. އަހަރެން ގެއަށް ލާދީ! ” އަނެއްކާވެސް އަހަރެން ބުނީމެވެ.

ވިރާހު އެކޭ ބީރެކޭ އެއްވަރެވެ. އަޑު އިވޭ ކަމަށް ވެސް ހަދާ ނުލިއެވެ. މީވާ ވަރެއްގެ ފިރިހެނެކޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަންނަށް ދަތްކުނޑި ވިކާލެވުނެވެ.

ފޫހިވެފައި އިންދާ އައީ އިޔާގެ މެސެޖެކެވެ.

” ތިމް، އަހަރެން މިއަރަނީ ފްލައިޓަށް މިހާރު. އަހަންނަށް ބާއްޖަވެރި، އަމާން، އޮމާން ދަތުރަކަށް އެދި ދުޢާ ކޮއްދޭތި. ދެވުނުހާ އަވަހަކަށް ސިމް އެއް ނަގާފަ އެކްޓިވޭޓް ކޮއްފަ ގުޅާނަން. މި މެސެޖަށް ރިޕްލައި ނުކުރާތި، އެއީ މިހާރު ފޯނު ނިވާލާތީ… ބޭބީ ޓޭކް ކެއާ! އައި މިސް ޔޫ، އުމްވަހ.. ” އިޔާގެ މެސެޖު ކިޔާލުމަށްފަހު ހިތުގައި ފޯނު ޖައްސާލެވުނެވެ.

އެހެން އިންދާ ވިރާހު ސައިކަލު މަޑުކޮއްލީ އުސްފަސްގަނޑު ކައިރިއަށެވެ. އަހަންނަށް ފޯނު ތިރިކޮށްލެވުނެވެ. ވިރާހުގެ އަޅި ދެލޮލުން އަހަންނާއި ދިމަ ބަލާލިއެވެ. ނަމަވެސް އަހަރެން ފޫހިވެފައި އަނެއް ފަރާތަށް އެނބުރިލީމެވެ. ރީތި މީހަކަސް މިއީވާ ޖެއްސުން ބޮޑު މީހެކޭ ހިތަށް އެރިއެވެ. ކެތްތެރިކަން ކޮޅުންލީ އެހިސާބުންނެވެ.

” ވިރާހު ޕްލީޒް. ކިހާ ދެރަ ކަމެއް މިއީދެން؟ އަހަރެން ބޭނުމީ ގެއަށް ދާށޭ ބުނީމަ ކީއްވެގެންތަ އެކަން ނުވެގެން ތިއުޅެނީ؟ ވިރާހު ފާރަލާހެންވެސް އަހަންނަށް ހީވޭ!! މިއަދު ހެނދުނު އައި މީހެކޯތީ. އެކަމަކު ވިރާހު އައުމާއިއެކު އަހަރެންގެ މިނިވަންކަން ގެއްލިއްޖެ. ވިރާހުގެ ކަމަކީ އަހަރެންގެ ބޯކޮޅު ބަލަމުން ހިނގުން. އަހަންނަށް ވިރާހު ފެނުނީ އަލަށް. ވިރާހު އަށް އަހަރެން ފެނުނީ އަލަށް. ދެން ތީ ކޮން ކަމެއް؟ ” ހުރިހާ ޝަކުވާއެއް ބޭރުކޮށްލެވުނެވެ.

އަހަރެންގެ ފަތިވަރު އަޑުއަހާފައިވެސް ވިރާހު ރުޅި އިސް ނުކޮށް އަހަރެންނަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ހީވީ ރޯވެފައި އޮތް ހުޅުގަނޑު ބޮޑު ކުރަން އިތުރަށް އަލިފާންގަނޑަށް ޕެޓްރޯލް އެޅިހެންނެވެ. އަހަރެންގެ ރުޅި ވީ އިތުރަށް ގަދައެވެ. މޫނު އަނެއް ފަރާތަށް އަނބުރާލަމުން ވިރާހު ހުރި ކޮޅު ނޫން އަނެއް ކޮޅަށް އެނބުރުމުން، ވިރާހު އަހަރެންގެ ދެ ކޮނޑުގައި ހިފާ ވިރާހު އާއި ދިމާލަށް އަނބުރާލިއެވެ.

” ތިމް އަށް ތި ހީވީ މުޅިން ނުބައިކޮށް. ކިޔައިދޭން މިއުޅޭ ވާހަކަ ރަނގަޅަށް އަޑު އަހާ. މި ކިޔާ ދެނީ އެންމެ ކުރުކޮށް ފޮނިކޮށް. އަހަންނަށް 24 އަހަރު. އަހަންނަށް ތިމްނާ ފެނުނީ އަހަރެންގެ އުމުރުން 18 އަހަރުގަ. އޭރުއްސުރެ އަހަރެން ތިމްނާ ދެކެ އިންތިހާއަށް ލޯބިވަން. އޭގެ ކުރިންވެސް އަހަރެންގެ މައިންބަފައިންގެ ދުލުކުރީގައި ތިމްނާގެ ނަން އަބަދުވެސް އޮވޭ. އަބަދުވެސް އަހަރުމެންގެ ޢާއިލާއިން ތިމްނާގެ ޢާއިލާއަށް ހަދިޔާ ފޮނުވާ އިރު ތިމްނާ އަށް ވަކިން ގިނަ ހަދިޔާ އަބަދުވެސް ފޮނުވާނެ. އެއީ އަހަރެންނާއި ތިމްނާ ގުޅުވަން އަހަރެންގެ މައިންބަފައިން ވަރަށް ކުރީއްސުރެ ވިސްނާފައި އޮތީމަ. އަދި އަހަރެން މިއަދު މާލެ މިއައީ އަހަރެންގެ މައިންބަފައިން ފޮނުވައިގެން. އަހަންނަށް ތިމްނާ ކަމުގޮއްސި ކަމަށް ވަންޏާ އަހަރެން އަހަރެންގެ އައިންބަފައިން ގާތު ބުނަންވީ. އޭރަށް ތިމްނާގެ މައިންބަފައިންނާ އަހަރެންގެ މައިންބަފައިން ވާހަކަ ދައްކާ މި ކައިވެނި ހަމަޖައްސާނެ. ތިމްނާއަށް 17 އަހަރަކަސް ބޭރަށް ގޮސް އަހަރެމެންނަށް ކައިވެނި ކުރެވިދާނެ. ” ވިރާހުގެ ލޮލުން އަހަންނަށް ފެނުނީ ތެދުވެރިކަމުގެ އިންތިހާއެވެ.

ބަސް ހުއްޓިފައި އަހަރެން ހުއްޓާ އަނެއްކާވެސް ވިރާހު ވާހަކަ ދެއްކިއެވެ.

” ހަމަ ތެދެއް މި ބުނަނީ. އަހަރެންނަށް ތިމްނާ ވަރަށް ވަރަށް ކަމުދޭ. އަހަންނަށް ކަމުދާ ހުރިހާ ސިފައެއް ތިމްނާ ގައިގައި އެބަހުރި. އަހަރެން ވަރަށް ލޯބިވޭ ތިމްނާދެކެ. ތިމްނާ އަހަންނާއި އިންނާންތަ؟ ” ވިރާހު އަހަރެންގެ އަތުގައި ހިފާލިއެވެ.

ސުބުހާނަﷲ! މިޖެހުނީ އަނެއްކާ ކޮންފަދަ މުސީބަތެއްބާވައެވެ؟ ވިރާހު އަހަރެންގެ އަތުގައި ހިފަހައްޓާލައިގެން، އަހަރެންގެ ދެލޮލަށް ބަލަން ހުއްޓެވެ. ވިރާހުގެ އަތު ތެރެއިން އަހަރެންގެ އަތް ދަމައިގަތީމެވެ.

އަހަރެން ހުރީ ދޭނެ ޖަވާބެއް ނޭނގިފައެވެ. އަހަންނަކީ މީހުންނަށް ކަންކަމުގައި ‘ ނޫނެކޭ ‘ ބުނަން ވަރަށް ޖެހިލުންވާ މީހެކެވެ.

ނަމަވެސް މިއީ ނޫނެކޭ ބުނަން ނުކެރިގެން އާނ އެކޭ ބުނެވޭ ވަރުގެ ކަމެއް ވެސް ނޫނެވެ. ވިސްނަން ގެއްލިފައި ހުއްޓާ އަހަރެންގެ ފޯނަށް ބޭރު ނަންބަރަކުން ގުޅިއެވެ. އިންތިހާއަށް އަހަރެން އުފާވިއެވެ. ފޯނަށް އައި ކޯލް ފެނިފައި ހިނިތުންވެލެވުނެވެ. ނަމަވެސް އަހަރެންގެ މޫނުމަތިން ފާޅުވާން ހުރި އުފާވެރިކަމާއި ހިނިތުންވުން ގެއްލުނީ އަހަރެންގެ ކުރިމަތީ ހުރި ވިރާހުގެ ސަބަބުން އަހަރެންގެ ލޯބި ޤުރުބާން ކޮއްލަން ޖެހިދާނެ ކަމުގެ ބިރު އިހުސާސް ވުމުންނެވެ.

ފޯނު ނަގައި ޖަވާބު ދާރީ ވަމުން ” ހަލޯ ” އޭ ބުނެލީމެވެ.

” އައްސަލާމު ޢަލައިކުމް ” އެކޮޅުން ވާހަކަ ދެއްކި މީހަކު ބުނެލިއެވެ.

-ނުނިމޭ-

12
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Hath

My hobby is writing stories. :)

Other Articles

Previous

އިންތިޒާރު ކުރި ލޯބި (5)

Next

އެދެނީ މަޢާފް

Next
February 23, 2016

އެދެނީ މަޢާފް

Previews
February 22, 2016

އިންތިޒާރު ކުރި ލޯބި (5)

28 Comments

  1. ximputty says:
    February 23, 2016 at 7:00 am

    Awwsome… i love this story,plxx next part up kohlahchey thankolheh avahah… keep it up.. ☺️☺️☺️☺️

    1. Hath Mikal says:
      February 23, 2016 at 1:27 pm

      In Sha Allah. Thankyou 🙂

  2. Zeena says:
    February 23, 2016 at 7:02 am

    Varah nice.. Aharen loabivaa meehakah inthizaaru kuraanan. Ehmeh fahu vaguthaa jehendhen ves. eh ves majuboore nornaane.. Othas kandaa vahtaa laanan.. Thi story heevany aharenge life aa match vegen dhaahen…

    1. Hath Mikal says:
      February 23, 2016 at 1:27 pm

      Heheh Ehentha? Thankyou Zeena 🙂

  3. Zeena says:
    February 23, 2016 at 7:04 am

    Thank u….. Haath

    1. Hath Mikal says:
      February 23, 2016 at 1:28 pm

      Welcome my Dear 🙂

  4. Mari says:
    February 23, 2016 at 7:22 am

    Superb…vvv reethi …keep it up .thanxx a lot

    1. Hath Mikal says:
      February 23, 2016 at 1:28 pm

      Thankyou 🙂

  5. naax says:
    February 23, 2016 at 8:54 am

    Wow varah reethi mi part ves waiting for nxt prt

    1. Hath Mikal says:
      February 23, 2016 at 1:29 pm

      Thankyou 🙂

  6. naax says:
    February 23, 2016 at 8:55 am

    Thanks a lot

    1. Hath Mikal says:
      February 23, 2016 at 1:29 pm

      Welcome my Dear 🙂

  7. twinkl str says:
    February 23, 2016 at 10:02 am

    Nyc?

    1. Hath Mikal says:
      February 23, 2016 at 1:30 pm

      Thankyou 🙂

  8. Nicky says:
    February 23, 2016 at 10:04 am

    Stry v v nyc…keep it up

    1. Hath Mikal says:
      February 23, 2016 at 1:30 pm

      Thankyou 🙂

  9. Athy says:
    February 23, 2016 at 12:06 pm

    Masha allah, v salhi… thanx dear….

    1. Hath Mikal says:
      February 23, 2016 at 1:31 pm

      Thankyou Athy 🙂

  10. marin says:
    February 23, 2016 at 1:09 pm

    vvvv nice story eh… n when next part? plx up it as soon as possible.

    1. Hath Mikal says:
      February 23, 2016 at 1:32 pm

      In Sha Allah. Thankyou 🙂

  11. am says:
    February 23, 2016 at 3:27 pm

    story v.v nice………….

    1. Hath Mikal says:
      February 26, 2016 at 4:26 am

      Thankyou 🙂

  12. Aayaa says:
    February 23, 2016 at 3:29 pm

    Wow. I love it.

    1. Hath Mikal says:
      February 23, 2016 at 7:08 pm

      Thankyou Aayaa dear 🙂

  13. shima says:
    February 23, 2016 at 4:52 pm

    Hama ehme mahsala eh ulheny….part thah maaka kury….dhigu kohla dhiny ya warah baraabaru waane…. 🙂

    1. Hath Mikal says:
      February 23, 2016 at 7:12 pm

      Aww Thankyou so much SHIMA! In Sha Allah rangalhu kureveytho masaiykaiy kuraanan 🙂

  14. myf says:
    February 23, 2016 at 8:45 pm

    wow!! nxt part varah avaha 🙂 love this storyy..!!

    1. Hath Mikal says:
      February 23, 2016 at 10:28 pm

      Heheh thankyou Myf 🙂

Comments are closed.

All Right Reserved!