Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރަމުން ތިދާހާ ގޯނާ 15..

kamana Level 310 Stories500 Comments100 Comments
February 22, 2016 6 Mins Read
46 Comments

އަމޭލިއާއަށް އަމީނާ އާއި ދިމާލަށް ބަލާލެވުނީ އެއްބަސް ވާށޭ ބުނަމުންނެވެ. އެހެން ނަމަވެސް އަމީނާގެ ލޮލުން ފެންނަމުން ދިޔައީ މުޅިން އެހެން އެއްޗެކެވެ. އަމޭލިއާ އަށް ހިތް ދިރުވާލެވުނީ މިކުރެވުނީ ރަނގަޅު ކަމެއް ނޫނޭ ހިތާއެވެ.

“އެމީ… މަންމަ ކިހާ ދިރަވާނެ” އަމީނާ ބާރުހިނގުމެއްގައި ދިޔަ ދިމާލަށް ބަލަން ހުރެ މިފްޒާލް ބުނެލިއެވެ. “ދޮންބެވެސްތަ… އަޅެ ކުޑޭ ދެރަނުވާނެތަ… ކީއްވެތަ،.. ކީއްވެތަ މަންމަމެން އެއްބަސް ނުވަނީ” އަމޭލިއާއަށް ވަނީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. އާތިފް މަތިން ހަނދާންވާ ކޮންމެ ފަހަރަކު އެނުބައި މީހުންމަތިން އަމޭލިއާ ހަނދާންވެއެވެ. އާތިފް ބަންދުފައިވާ ތަނެއްގައި އެންމެ ފަހުވަގުތު ގުނަމުންދިޔައީ ކޮންފަދަ ހާލެއްގައި ކަމެއްވެސް ނޭނގެއެވެ. “އެމީ ތީ ކުޑަކުއްޖެއް ނޫނެއްނު.. ނުގަބޫލު ވަނީއެއްނޫން.. އެމީ ތިއުޅެނީ އެކަންކުރަން.. އެމީއަށް ގޮތެއް ވެއްޖެއްޔާ މަންމައަށް ވާނެ ގޮތަކާމެދު ވިސްނާލިންތަ…” މިފްޒާލް ހުރިހާ އެއްޗެއް ކީއިރުވެސް އަމޭލިއާ އަގައިން ނުބުނެއެވެ.

އަބްދުލް ރަހުމާނު ފަހަތުން ދިޔަ އަމީނާ ގޮސް ހުއްޓުނީ ކޮޓަރީގެ މެދުގައެވެ. އޭރުވެސް އެދެލޮލުން ކަރުނައިގެ އަސަރު ފާޅުވެ ހުއްޓެވެ. “ރަހުމާނޫ.. އަމޭލިއާ ކިޔެވީވެސް މިކަން ކުރަންކަން އަހަރެންނަށް އެނގޭ.. ރަހުމާނުއަށްވެސް ސިއްރުވެފަ އޮތް ކަމެއް ނޫންކަންނޭނގެ އެއީ” އަމިނާއަށް ފުރަގަސް ދެމުން އަބްދުލް ރަހުމާނު ހުއްޓުނީ ދެޖީބަށް އަތްޖަހާލަމުންނެވެ. ” އަމީނާ ކައިރީގައި އަހަރެން ބުނިންތަ ނޭނގޭކަމެކޭ އެއީ… އާތިފްއަށް ވީގޮތް ބަލާބަލަ.. އިތުރަށް އަހަރެންގެ ދަރިއަކަށް ކަމެއް ވެއްޖެއްޔާ އަހަރެން ދުނިޔޭގެ ހުރުމުގެ އެއްވެސް އުންމީދެއް ނެތް” އަބްދުލް ރަހުމާނު އަމިނާއާއި ކުރިމަތި ލަމުން ބުނީ ހަރުކަށިކޮށެވެ. “އަމީނާ ވިސްނާލަބަލަ.. އަހަރެންމެންނަށް އިތުރަށް ކެއްވާނެތަ… އަހަރެންމެންގެ ގައިގަ އެވަރަށް ހަކަތަ އެބަހުރިތަ.. އާތިފްއަށް އިންސާފު ލިބެން އަހަރެންވެސް ބޭނުން… އެކަމަކު… ” އަބްދުލް ރަހުމާނު އަމީނާގެ ދެއަތުގައި ހިފައިގެން ގޮސް އެދުގައި ބޭއްދީ ނުހަނު ލޯބިންނެވެ. ކުރިއާ ހިލާފަ އަބްދުލް ރަހުމާނުގެ މޫނުމަތިން ފެންނަނީ ހިތާމައެވެ. “އެހެންވެ އޭ… އޭނައަށް އެކަން ވާނެ.. އެންމެ ފުރުސަތެއް ދީބަލަ… ” އަމީނާ ބެލީ އަބްދުލް ރަހުމާނަށް ވިސްނާ ދެވޭތޯއެވެ. އެހެން ނަމަވެސް އަބްދުލް ރަހުމާނު ކޮޓަރިން ނިކުތީ އިތުރަށް އެވާހަކަ ނުދެއްކުމަށެވެ. އަމިނާ އެދުމަތީގައި އޮށޯވެލީ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެމުންނެވެ. އޭރު ހަމަ ރަނގަޅަށްވެސް އަމީނާއަށް ގިސްލެވެމުންދިޔައެވެ.

…………..

ރޭގަނޑަށް ރަސްކަން ކުރަމުން އަންނަ ހަނދު މިރޭ ހީވަނީ ކަމަކާ އުފާފާޅުކުރާހެނެވެ. ހާލަކުން ފަހަރަކު ފެންނަ ވައް ހަނދެއް ފެންނަމުން ދިޔައިރުވަނީ މުޅި ދުނިޔެއަށް ދިއްލާލާފައެވެ. އަމޭލިއާ އާއި ޒީނާ ނިކުތީ ހޮސްޕިޓަލް އަށް ދިޔުމަށެވެ. ދެގަނޑި އިރުގެ ބޮޑު ކިއުއަކަށް ފަހު އަމޭލިއާއަށް ނަންބަރު ޖެހުމުން އެތެރަށް ވަނީ އަވަހަށް ނިންމާލުމަށެވެ. އޭރުވެސް ހިތް ނެގި ނެގިފަ ޖެހޭހެން އަމޭލިއާއަށް ހީވެއެވެ. “އެމީ… ހާދަ ފިންޏޭ.. ބިރުގަންނަނީތަ” އަމޭލިއާގެ އަތުގައި އަތް ޖެހުމުން ޒީނާ އަހާލީ އަމޭލިއާ ދެލޯ ބޮޑެކޮއްގެން އިނުމުންނެވެ. އެއްވެސް އެއްޗެކޭ ނުބުނެ އަމޭލިއާ އާއި ޒީނާ ރޫމް ނަންބަރު ނުވައަކަށް ވަނީ ރާސިލްގެ ނަން ޖަހާފައިވާ ބޯޑަށް ބަލަމުންނެވެ.

ޕީޗް ކުލައިގެ ޖިލްބާބެއްގައި ރަތް ޝޯލްއެއް އަޅައިގެން އެތެރެއަށް ވަދެގެން އަންނަ އަންހެން ކުއްޖާއަށް ބަލަހައްޓައިގެން ރާސިލްއަށް ހުރެވުނީ އާޝޯހުވެފައެވެ. އެއް ވައްމޫނު ކޮޅުގެ ފުރިހަމަ ކަމައްޓަކައި ހިތާ ހިތުން އެތަކެއް ތައުރީފު ތަކެއް ބަންޑުންވިއެވެ. އަމޭލިއާ ތުންފަތުގައި ދަތް އަޅާލީ ހާސްކަން ފޮރުވުމަށެވެ. އަމޭލިއާގެ އެއަމަލުން ރާސިލްއަށް ހަމަބިމަށް ތިރިވެވުނު ކަހަލައެވެ.

“މިހާރު ކިހިނެއް….. ވަރުބަލި ވޭތަ.. ތަނެއްގައި ރިއްސާތަ..” އަމޭލިއާގެ އަޑު ބޭރުނުވުން ބޯ ޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. ރާސިލް އާމޭލިއާގެ ބްލަޑް ޕްރެޝާރ ނެގުމައްފަހު ކަށި ގަނޑު ނަގާލީ ވިންދުތައް ޗެކް ކޮއްލުމަށެވެ. ރާސިލް ކަށިގަނޑު ނެގުމާއެކު އަމޭލިއާގެ ހިތް ހުއްޓޭ ވަރުވިއެވެ. ރާސިލްއަށް ހިތުގެ ހާލު އެނގެން ދެން އޮތީ މަދު ސިކުންތު ކޮޅެކެވެ. އަމޭލިއާގެ މޫނަށް އަރަމުން ފައިބަމުންދިޔަ ކުލަތަކަށް ރާސިލް ސަމާލުވެލިއެވެ. އަތުގައި އޮތް ކަށިގަނޑަށް ބަލާލެވުނީ އަމޭލިއާ ކަށިގަނޑަށް ލޯއަޅާލި މަންޒަރު ފެނިފައެވެ. ރާސިލް އެތެރެ އެތެރެއަށް ހުނުން ކޮންޓްރޯލް ކޮއްލީ ކައިރީގައި ޒީނާ އިނުމުންނެވެ.

މަޑު މަޑުން ކަށިގަނޑު ގެންގޮސް އެންމެ ފުރަތަމަވެސް ރާސިލް ޖައްސާލީ އަމޭލިއާގެ ހިތާވީ ފަޅީގައެވެ. ކަނފަތަށް އިވެމުންދިޔާ ބާރު ބާރަށް އެއްޗަކު ޖެހޭ އަޑެވެ. އެއަޑު އަވަސްވެފައި ބާރުކަމުންވެސް ރާސިލްއަށް ހެވުނެވެ. އެއީ ހަމަ ރާސިލް ހުރުމުން ވާ ގޮތެއްބާއޭ ރާސިލްގެ ހިތައް އެރިއެވެ. ހިތުގައި އަނެއްކާވެސް އުންމީދުގެ އަލިކޮޅެއް ދިއްލާލީ ނޭނގި ހުއްޓައެވެ. އަމޭލިއާ ކަރުކެހިލީ ރާސިލް ހުރިގޮތަށް ހުރީމައެވެ. ރާސިލް އަވަސް އަވަހަށް ކަށި ގަނޑު ބާއްވަމުން ހުރިހާ ކަމެއް ނޯރމަލް އޭ ބުނެލީ ނިކަން ހާސްވެ ހުރެއެވެ. މިހުރިހާ ކަމެއް ވަރަށް ގާތުން ބަލަމުން ދިޔަ ޒީނާ އިނީ އެތަނުން ނުނިކުމެވިފައެވެ.

ރޭނގަޑުގެ އެ ވަގުތުގައި މުޅި މާލެ މަގުމަތިން އިވެމުންދިޔައީ ދުއްވާ އެއްޗެހީގެ ބަރުގޮނޑު އަޑެއެވެ. ލުއި ބުއިމުން ދެ މޮޖިޓޯ ގަނުމައްފަހު އަމޭލިއާ އާއި ޒީނާ މިސްރާބު ޖެހީ ބީޗުގައި ހުސް ބެންޗެއް ހުރިތޯ ބެލުމަށެވެ. ރަނގަޅަށް އިށީދެ ހަމަޖެހިލުމަށްފަހު މޮޖިޓީގެ ފުރަތަމަ ކޯވަރު ޒީނާ ދަމާލިއެވެ. އޭރުވެސް އަމޭލިއަ ހުރީ ފުސްވިސްނުމެއްގެ ތެރޭގައެވެ.

“ތި ދެމީހުން ކޮންކަމެއް” ވަރަށް ހަރުކަށިކޮށް ޒީނާ ކުރަންބޭނުންވި ސުވާލު ކޮއްލިއެވެ. އަމޭލިއާއަށް ހިތް ދިރުވާލެވުނީ ބުނާނެއެއްޗެއް ނޭނގިއެވެ. “ކޮންބައެއް” ހާސްކަން ފެރުވަމުން އަމޭލިއާ ބުންޏެވެ. “އެމީ ނުބުނާނަންތަ.. އަހަރެންނަށް ފެނުނޭ ތިދެމީހުން ބަލަމުން ދިޔަ ގޮތް.. މައްސަލައެއްނެތް.. އެމީ ނުބުނަންޔާ އަހަރެންވެސް ނާހާނަން.. ބެސްޓު ފްރެންޑްއަށްވެ ހުރެ އޯކޭ” އަމޭލިއާ ފުރަތަމަ ފަހަރަށް ޒީނާއަށް ކަމެއް ސިއްރުކުރާހެން ޒީނާއަށް ހީވިއެވެ. އެކަމާ ދެރަވިޔަސް އަޅާނުލަން ނިންމީ އަމޭލިއާ ބޭނުންވި ދުވަހަކުން ބުނާނެކަމަށެވެ.

“ޒީ.. އަހަރެން ބުނީމެއްނު އަހަރެންނަށް އެރޭ މީހެއްގެ ނަން ކީ އަޑު އިވުނޭ.. އެއީ ރާސިލް” އަމޭލިއާ ކުރިމައްޗަށް ނަޒަރު ހުއްޓައިލައިގެން އިނީ މޫދުގައި ސަކަރާތް ޖަހަމުން ދިޔަ މީހުންނަށް ބަލަމުންނެވެ. “ތިބުނީ… ރާސިލް އެއީ އޭގެން މީހެއްގެ ކުއްޖެކޭތަ” ޒީނާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. “އަހަރެންނަކަށް ނޭނގެ އޭގެން މީހެއްގެ ދަރިއެއްކަމެއް އެއީ.. އެނގޭހާވެސް އެއްޗަކީ އެ ތިންމީހުންނާ ކޮންމެވެސް ގުޅުމެއް ވާނެކަން.. އެކަމަކު ޒީ.. އަހަރެން ކިހިނެއް ހަނދާނީ… ޒީ ބުނެބަލަ އަހަރެން މޮޔަވެދާނެ.. އަހަރެން.. އަހަރެން ރާސިލް ދެކެ ވަރަސް ލޯބިވޭ… އެކަމަކު އެކަމަކު އޭނަ އެއީ އޭގެން މީހެއްގެ ދަރިއަކަށް ވެއްޖެއްޔާ އަހަރެން ކިހިނެއް ހަދާނީ… ޒީ… އަހަރެންނަށް ހީވަނީ އަހަރެންގެ ހިތް ފަޅައިގެންދާހެން.. ރާސިލް ފެންނަ ކޮންމެ ފަހަރަކު ނޭނގެ ވާގޮތެއްވެސް.. ބައެއްފަހަރު ވާހަކަ ދައްކަން ބޭނުންނުވޭ.. އެކަމަކު އޭނަ އަހަރެންނާ ދިމާލަށް ބަލާނުލާ ދިޔަޔަސް ރުޅިއާދެވޭ.. ޒީ” ޒީނާގެ އަތުގައި ހިފަމުން އަމޭލިއާގެ ގިސްލަމުން ދިޔައީ އިސްޖަހައިގެން އިނދެއެވެ. “އެމީ.. ހުއްޓާލާ.. މީހުން އެބަ ބަލާ.. ހިނގާދާން….” ޒީނާ އަމޭލިއާގެ ބުރަކަށީގައި ފިރުމާތީ ހިތްވަރު ދިނުމަށެވެ. “އަދި މަޑުކޮއްބަލަ” އަމޭލިއާ އާއި ޒީނާ ބީޗުގައި އެއްގަޑި އިރަށްވުރެއްވެސް ގިނަ އިރު ވޭތުކުރިއެވެ. ދެ އެކުވެރިން ކާރެއްގައި ގެއާ ހަމައަށް އައި އިރުގައިވެސް ބަހެއްވެސް ނުބުނެއެވެ. “ގުޑް ނައިޓް.. އެން ތޭންކްސް.. ޒީ ކައިރީގައި ހުރިހާ ވާހަކައެއް ބުނެވުނީމަ ބޮލުން ބުރައެއް ލުއިވެއްޖެ” އަމޭލިއާ ޒީނާއާއި ރޭގަނޑަށް ވަދާއި ސަލާމް ކުރުމައްފަހު މިސްރާބު ޖެހީ ގެއަށް ވަނުމަށެވެ. “އެމީ…… ހަމަ އެއްމެ ވާހަކައެއް ބުނަން… އެމީވެސް ރާސިލް ދެކެ ލޯބިވޭ.. ރާސިލްވެސް އެމީ ދެކެ ލޯބިވޭ… ރާސިލްގެ ބައްޕައަށް އެމީހާ ވިޔަސް ނޫނީ ގުޅުމެއް ހުރި މީހަކަށް އެމީހާ ވިޔަސް އެމީއަށް ރާސިލްއަށް ތިދެވެނީ ކިހާ ބޮޑު ހިތާމައެއް… އެމީ.. ލޯބިވާ މީހެއް ލިބޭނީ މަދު ބަޔަކަށް.. އެ ނަސީބު ލިބިފަ އޮއްވާ އަތުން ބީވެގެން ދިޔާމަ ކުރާނެ ހިތާމަ މާބޮޑުވާނެ… ” ޒީނާ ބުނަން ބޭނުންވެފައިވާ ވާހަކަ ބުނުމައްފަހު މިސްރާބު ޖެހީގެއާ ދިމާލަށެވެ. ޒީނާ ބުނެފަ ދިޔަ ވާހަކަތަކާ މެދުގައި ވިސްނަމުން އަމޭލިއާ ދިޔައީ ލިފްޓާ ދިމާލަށެވެ. ޒީނާ ބުނިހެން ރާސިލްގެ އޮތީ ކޮން ކުށެއް ހެއްޔެވެ. ފުން ހިޔާލެއްގައި އިނދެ ގެއަށް ވަދެވުނު ގޮތްވެސް އަމޭލިއާއަށް ރޭކާ ނުލިއެވެ.

…………

ހެނދުނުގެ އެ ހިތްފަސޭހަ މާހައުލުގެ އުފާ ހޯދުމަށް ރާސިލް ސްޓާފް އޭރިއާއަށް ނިކުތީ އަތަށް ކޮފީތައްޓެއް ލައިގެންނެވެ. މިކަހަލަ ރީތި ދުވަހެއްގައި އަމޭލިއާ އާއިއެކު ލޯބި ވަގުތު ކޮޅެއް ހޭދަކޮއްލަން ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރެވެނީ ކީއްވެ ކަމެއް ނޭނގެއެވެ.

“ރާސިލް” ޔުމްނާ އައިސް ރާސިލްއާއި އަރާ ހަމަކޮއްލަމުން ގޮވާލީ ހިތްހެކޮ ކޮށެވެ. “ޑރ ޔުމްނާ ނުނިދާތޯ ތިއުޅެނީ.. ” ރާސިލްއަށް ވުރެއް ސީނިއާރ މުއައްޒަފަކަށް ވުމުން ރާސިލް ވާހަކަ ދައްކަމުން ދިޔައީ ރީތިކޮށެވެ. “ރާސިލްއާ ވާހަކަ ދައްކާލަން ނިކުތީ.. އެކަމަކު އަހަރެން ދުރުކުރާވަރުން އަނބުރާ ދާން ހިޔާލުކޮއްފިން.. އެވެސް ނިދަން” ޔުމްނާ ކުރިއަށް ހިނގައި ގަންނަމުން ބުންޏެވެ. “ހިހިހ އެހެނެއްނޫން.. ހުރިހާ ކަމެއް ރަނގަޅުތޯ” ރާސިލް ޔުމްނާ ރައްޓެއްސެއް ގޮތަށް ނަމަވެސް ނުދެކޭތީ ޔުމްނާ ދެރަވިއެވެ. “ހޫމް އޯކޭ.. މިއަދު ރެސްޓު ދުވަސްދޯ.. ކޮން އިރަކު ގެއަށް ދަނީ.. މީހާ ތިހުންނަނީ ނިދިފަ.. ކީއްކުރަންތަ ދެރޭ ޑިއުޓީ ތިނެގީ…” ޔުމްނާ ރާސިލް ކުރެން އަހާލިއެވެ. “ދެން ގޭގަ އޮވެވޭތަ..ހެެހެހެހމިކޮފީތަށި ހުސްވާއިރަށް ދާންވީ..” ރާސިލް އެހެން ބުނުމުން ޔުންމާ ދިޔައީ “ޓޭކް ކެއާރ އޮފް ޔޯރ ސެލްފް” އޭ ބުނެލަމުންނެވެ. ޔުމްނާއަށް ނޭނގުނަސް ދެރޭ ޑިއުޓީ ރާސިލް ނެގީ ހަމަ އެންމެ ބޭނުމެއްގައެވެ. އަމޭލިއާގެ ސޫރަ ގާތުން ބަލާލުމަށެވެ. އެކަން ވަނީ ވަރަށް ރަނގަޅަށެވެސް ރާސިލްއަށް ކާމިޔާބުވެފައެވެ.

………….

މެންދުރުގެ އެ ހޫނުގައި ފިނިއެއްޗެއް ބުއިމަށް މާޒިންއާ ޒީނާ ނިކުތީ އެކު އެކީގައެވެ. “ދެން ބުނެބަލަ.. ކޮންވާހަކައެއް ބުނަން ތިއުޅެނީ” ފުޑް ބެންކްއަށް ވަދެ ހަމަޖެހިލުމައްފަހު މާޒިން ޒީނާއާއި ސުވާލުކޮއްލިއެވެ. “މަޑުކޮއްބަލަ.. އޯރޑާރ ދީފަ” ކައިރިއަށް އައި ވެއިޓަރު ފެނުމުން އަވަހަށް ބޭނުންވާ އެއްޗެހި މާޒިންއާއި ޒީނާ އޯރޑަރ ދިނެވެ. “އެމީ އެއްވެސް ވާހަކައެއް ދެއްކިތަ” ޒީނާ ބެނުންވީ ސީދާ މައުލޫއަށް ދާންށެވެ. “ކިހިނެއްވީ..” މާޒިންގެ ހިތް ތެޅިލީ އޮބި ނޯންނަ ވަރަށެވެ. އަމޭލިއާ ދެކެ ލޯބިވާކަން ދެތިން ރައްޓެއްސަކު ފިޔަވައި ދެން މިދުނިޔޭން އެނގޭނެ ހަމަ އެކަނި މީހަކީ ޒީނާއެވެ. ޒީނާ މާޒިންގެ މޫނަށް ވަރަށް ފުންކޮއް ބަލާލިއެވެ. މާޒިންގެ ހާސްވެފައިވާ ސޫރަފެނި އިސްޖަހާލީ އިތުރަށް ނުބެލުމަށެވެ. ” އެމީ.. އެމީ.. އާތިފްގެ މައްސަލާއިގެ ވާހަކަ” ވަރަށް މަސައްކަތުން ޒީނާ ވާހަކަ އޮޅުވާލިއެވެ. މާޒިން ހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލިތަން ފެނި ޒީނާ ހިތް ދިރުވާލިއެވެ. “އާން ބުނި… ބައްޕަ ގަބޫލެއް ނޫނޭ… އެކަމަކުވެސް ބުނި ހުއްޓައެއް ނުލާނެމޭ.. އަހަރެން އެމީ ކުރާ ކަމަކަށް ސަޕޯޓު ކުރާނަން.. ޒީވެސް ތިހުރީނު” މާޒިން ވާހަކަ ދައްކަމުން ދިޔައީ ވަރަށް ޖޯޝުގައެވެ. އަމޭލިއާ ކުރާ ކޮންމެ ކަމަކަށް މާޒިން ސަޕޯޓު ކުރާނޭ ޒީނާ ހިތުން ބުނެލިއެވެ.

********

ޖެހިލާ ކޮންމެ ވައިރޯޅިއަކުން ދަނީ އަމޭލިއާގެ ގައިން ހީބިހި ނަގުވާލާފައެވެ. ރޭގަނޑުގެ އެ ހިތްގައި ވަގުތުގައި އަމޭލިއާ ބޭރަށް ނިކުތީ ނުނިދިގެންނެވެ. ޓެރަހުގައި ދެކޮޅަށް ހިނގާލަ ހިނގާލަ އަމޭލިއާ އިނީ ދެއަތުން ގައިގަ ފިރުމާލަ ފިރުމާލައެވެ. ކޮފީއެއް ހިފައިގެން ނިކުތް ރާސިލްގެ ލޮލުގައި އަމޭލިއާ އަޅައިގަތީ އެހާމެ އަވަހަށެވެ. ހުދު ކުލައިގެ ހެދުމެއްގައި މަތިން ކުޑަ ބުރުގަލެއް އަޅާފައިވާއިރު ހެދުން ވަޔާ ދެފަރާތަށް ވިހުރިލާ މަންޒަރު ވަރަށްވެސް ފުރިހަމައެވެ. ގެއަށް ވަންނަން ދިމާކޮއްލި އަމޭލިއާ ހުއްޓުނީ ކޯއްޗެއް ހިތައް އަރައިގެން ކަމެއްވެސް ނޭނގެއެވެ. ފަސްއެނބުރި ބަލާލީ ރާސިލް ފެނުންހެން ހީވުމުންނެވެ. ދުރުގައި ބަލަން ހުރި ރާސިލް ފެނި އަމޭލިއާގެ ހިތުގެ ވިންދު އަވަސް ވިއެވެ. ބެނިއެން ލައިގެން ހުރި އިރު އެ ކަސްރަތީ ހަށިގަނޑުގެ ފުރިހަމަކަން ވަނީ ހާމައަށެވެ. އަމޭލިއާ އަށް ހިތް ދިރުވާލެވުނީ ކުރެވުނު އިހްސާސްއިންނެވެ.

“އެމީ” ރާސިލްގެ އަޑު ކަންފަތުގައި ޖެހުމުން މުޅި ގައިން ހީބިހި ނެގިއެވެ. “ކިހިނެއް މިހާރު” އަމޭލިއާ ޖަވާބެއް ނުދިނުމުން ރާސިލް އަނެއްކާވެސް ވަހަކަ ދެއްކިއެވެ. “ރަނގަޅު… ރާސިލް ކިހިނެއް…” އަމޭލިއާ ވަރަށް މަސައްކަތުން ވާހާކަ ދެއްކިއެވެ. “ހަމަ ރަނގަޅު.. އެމީ ރަނގަޅަށް ބޭސް ކައްޗޭ” ރާސިލް އެހެން ބުނުމުން އަމޭލިއާ ބޯޖަހާލި އާއެކޭ ބުނުމުގެ ގޮތުންނެވެ. ހަމަހިމޭން ކަމުގެ ވަގުތު ކޮޅަކަށްފަހު އަނެއްކާވެސް ރާސިލް ވާހަކަ ދައްކަން ފެށިއެވެ. “އެމީ.. ނެކްސްޓް ސަންޑޭގަ ނުރާ ރަން ކިޔާނެ.. އަހަރެން ނޫރާއާ އިންނަން މާގިނަ ދުވަހެއް ދެން ނެތް” އަމޭލިއާ އަށް ހީވީ މީހަކު ހިތްނަގާ އެއަތް ފިލާތިހެންނެވެ. މޭމަތީގައި އަތް އަޅާލެވުނީ މެއަށް އެރި ތަދުންނެވެ. އަމޭލިއާ މެމަތީގައ އަތް އަޅައިގެން ހުރި ގޮތުން ރާސިލް ހާސްވިއެވެ. “އެމީ.. އެމީ.. ކިހިނެއްވީ.. އަދިވެސް ރަނގަޅެއް ނުވޭދޯ.. އެމީ ނުދައްޗޭ… ތިތާ މަޑުކުރޭ” ރާސިލް އަމޭލިއާ ކިޔާ އެއްޗަކަށް އަޅާނުލާ ގެއްލުނީ އަމޭލިއާ ބަލަ ބަލަ ހުއްޓައެވެ. ކުޑަކޮށް މޭގައި ފިރުމާލުމައްފަހު އަމޭލިއާ އެތެރެއަށް ވަންނަން ހިނގައިގަތި ރާސިލް ދިޔައީ ކަމަށް ހީކޮށެވެ. ގޭ މައިދޮރާ ހަމަވީ އިރަށް މީހަކު ޓަކި ޖަހާ އަޑު އަމޭލިއާއަށް އިވުނެވެ. މިއޮއްފަދަ ދަންވަރު މިގެއަށް އަންނާނީ ކާކުބާއޭ އަމޭލިއާގެ ހިތްބުނެލިއެވެ. “އެމީ.. އެމީ.. ހުޅުވަބަލަ…” އެއިވުނީ ރާސިލްގެ އަޑެވެ. އެހެން ނަމަވެސް ރާސިލް މިގަޑީގައި ކީއްކޫރަނީބާއޭ އަމޭލިއާގެ ހިތައް އެރިއެވެ. މަޑު މަޑުން ގޮސް އަމޭލިއާ ދޮރު ހުޅުވީ ހާސްވެ އިނދެއެވެ.

“އެމީ.. އެމީ… ކިހިނެއްވީ ދެންމެ.. ނުވޭދޯ ކަމެއް.. އަހަރެން ހީކުރީ.. އެމީ” ރާސިލް އަމޭލިއާގެ ދެކޮނޑިގައި ހިފާ ތަޅުވާލުމައްފަހު ގައިގަ ތަތްކޮއްލީ އެހިތުގެ ވިންދު އަޑު އިވޭހާ ގާތަށެވެ. “ރާސިލް … ދޫކޮއްބަލަ.. ތަދުވެއޭ” ރާސިލް ހިފާފަ ހުރިލެއް ބަރުކަމުން އަމޭލިއާއަށް ނޭވާލާންވެސް ވަނީ އުދަގޫވެފައެވެ. ރާސިލް އަމޭލިއާ ގައިން ދޫކޮއްލީ މީހާ ހަމަޖެހިލަމުންނެވެ. “ސޮރީ.. އަހަރެން ހީކުރީ ކަމެއްވީކަމަށް… ދެންމެ އެއީ ނުވާކަމަކަށް ހީކޮއްލާ…” އަމޭލިއާ ފަސްދީ ދިޔަ ރާސިލް ފެނި އަމޭލިއާގެ ފައި ހަރަކާތް ކޮއްލިއެވެ. ދުވެފައިގޮސް ރާސިލްގެ އެ ފުޅާ ހަށިގަނޑުގައި ބައްދާލީ ފުރަގަހުންނެވެ. “ރާސިލް ބޭނުންވާ އިރަށް ހަނދާން ނައްތާލެވޭނެތަ.. އަހަރެންގެ ވެސް ހިތެއް އޮވޭ.. ރާސިލްއަށް އެކަނިތަ ލޯބިވާންވެސް އެނގެނީ.. އަހަރެންނަށްވެސް ލޯބިވާން އެނގޭ..” ރާސިލްގެ ބުރަކަށީގައި ބައްދައިގަނެގެން އޮވެ އަމޭލިއާ ކިޔަމުން ދިޔައެވެ. ރާސިލްއަށް އަމޭލިއާގެ ދެއަތުގައި ހިފާލެވުނު އިރު ތުންފަތް މަތީގައިވަނީ ފުޅާ ހިނިތުންވުމެކެވެ.

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

މަގޭލޯބި މަގޭހައްގު

Next

އިންތިޒާރު ކުރި ލޯބި (5)

Next
February 22, 2016

އިންތިޒާރު ކުރި ލޯބި (5)

Previews
February 22, 2016

މަގޭލޯބި މަގޭހައްގު

46 Comments!

  1. shiru says:
    February 22, 2016 at 7:56 pm

    Nice

    1. kamana says:
      February 23, 2016 at 8:02 am

      Thnk u ?

  2. twnkl str says:
    February 22, 2016 at 8:02 pm

    Nyc stwry …gd luck lurv??

    1. kamana says:
      February 23, 2016 at 8:02 am

      Thnk u so much sweety. ?

  3. Faathun says:
    February 22, 2016 at 8:03 pm

    Salhi.. edhemeehun gulhuwaba.. dhen when is the next part?

    1. kamana says:
      February 23, 2016 at 8:03 am

      Hehheh thnk u so much. Tmrw nxt part ?

  4. munee says:
    February 22, 2016 at 8:04 pm

    vvv nice

    1. kamana says:
      February 23, 2016 at 8:04 am

      Thnk u ?

  5. Yash says:
    February 22, 2016 at 8:04 pm

    Wow nice story

    1. kamana says:
      February 23, 2016 at 8:04 am

      Thnk u ?

  6. Zaanaa says:
    February 22, 2016 at 8:07 pm

    Avahah next part up koh deeba please v keyaa hethun me huree

    1. kamana says:
      February 23, 2016 at 8:05 am

      Tmrw nxt part ingeyy. Thnk u ?

  7. zau says:
    February 22, 2016 at 8:15 pm

    Wow! Vv nice. Me first dhw….

    1. kamana says:
      February 23, 2016 at 8:05 am

      Thnk u so much. Hehhe kuda thankolheh las vy dhw heheh. Any wayxx thnk u ?

  8. Ily says:
    February 22, 2016 at 8:16 pm

    Wowwwwww v reethi????

    1. kamana says:
      February 23, 2016 at 8:06 am

      Thnk u so much ?

  9. saaaaa says:
    February 22, 2016 at 8:37 pm

    Vvvvvv reethi Kon irakun next part vvv avahah up kohdheythi plz kehmadhuvefaa kiyaahithun

    1. kamana says:
      February 23, 2016 at 8:06 am

      Nxt part maadhama insha allah. Thnk u so much ?

  10. naax says:
    February 22, 2016 at 8:43 pm

    Vvv reethi next part avahah up koh dhehchey

    1. kamana says:
      February 23, 2016 at 8:07 am

      naadhama up kohla dheynan insha allah ?

  11. lyn says:
    February 22, 2016 at 8:57 pm

    V. had kamana liya vahaka

    1. kamana says:
      February 23, 2016 at 8:08 am

      Bt y? I will try harder ingey to improve

    2. someone says:
      February 23, 2016 at 1:06 pm

      Had eh noon….dhn hiyyhama nujehunas direct kh thihen bunaakah nuvaane dhw…ekm cx kamana liyaa stwrys hama salhi ingey kyp it up kamanaa

    3. someone says:
      February 23, 2016 at 1:08 pm

      Vx*

  12. eMi says:
    February 22, 2016 at 9:08 pm

    Oh my god:):) I’m so happy.,. Nd U r so swyt kamana… Emi&Rasil,, Ohh, i cnt believe this.., Dhn e dhemyhun dhuru nnukurahchey ingey kamana,, Ehn vejje nama I’ll cry..,
    Nd this part ix so so so so so awesome.., Really,, I luv this story.., nd nxt part v v avahah up kohdhehchey,, plx plx plx plx plxxx.,

    1. kamana says:
      February 23, 2016 at 8:09 am

      Heheh thnk u so so much. Readers rohvaalah kamana ehvx beynumeh nun. Heheh. Tmrw up kohdheynan ingyy insha allah ?

  13. Aimsithu says:
    February 22, 2016 at 9:11 pm

    Alhe haadha kurukoh. . Mirey adhi ithuru part eh up vaane nama..

    1. kamana says:
      February 23, 2016 at 8:10 am

      Kureyy. This is 8pgs. Heheh anywayx thnk u so much ?

  14. Ally says:
    February 22, 2016 at 9:47 pm

    Alhey woww vvvvvv reethi, finally amy got the courage dho. Anyways the story is amazing. Waiting 4 the nest part. Kamana plx maa ginaduvas nukoh up kohdechey ingey, ehaa gina duvaha wait nuvaane hihihi 🙂 <3 <3

    1. kamana says:
      February 23, 2016 at 8:11 am

      Heheh thnk u so much Madhan up koh dheynan ingeyy ?

  15. me says:
    February 22, 2016 at 10:18 pm

    Lyn…v had thi bunii kihineh

  16. §#@!|\| says:
    February 22, 2016 at 10:29 pm

    Wow wow wow.,. This part ix really really nice nd interesting…, I love it.., bt baeh akuru liyumuga kudakn mistakes ebahuri, nxt partga rangalhu kohlaane kamah hykuran,. Dhn it will b perfect.. bt story is awesome ingey….,
    Nd whn nxt prt?!? Alhe mirey up eh nuvaanetha??? Ehaa gina dhuvahah wait eh nukureveyne…, plzz upload as soon as possible…,

    1. kamana says:
      February 23, 2016 at 8:14 am

      Thnk u so much. N yes ebahuri dhw. I will try ingeyy rangalhah liyeveythoo. Thnk u so much for telling. N maadhan ingey nxt part. Only one day ehnu plx wait ??

  17. saf says:
    February 22, 2016 at 10:47 pm

    Hyvany raasil noony emi ge hiyaaleh hen kanthah thivy gothun bt story habeyssssss next part avas n dhigukoh up kohdhehche

    1. kamana says:
      February 23, 2016 at 8:14 am

      Manjeyy kurutha. ? Heheh anywayxx thnk u so much ?

  18. shaaiy says:
    February 22, 2016 at 11:21 pm

    hiyaalakah nuvejjeya rangalhu. ekam haadha reehcehy mi part ves. waiting for the next part.

    1. kamana says:
      February 23, 2016 at 8:15 am

      Thnk u so much ?

  19. §#@!|\| says:
    February 22, 2016 at 11:42 pm

    A no, hiyaalakah nuvaane dhn., ehn vehjiyyamu v foohi vaane..,
    Kamana ehn nuhadhahchey plxx.,

    1. kamana says:
      February 23, 2016 at 8:15 am

      Hehehh

  20. mishk says:
    February 23, 2016 at 1:39 am

    aslu raasil bunyennu revenge nagaanamey…ladhu gannuvalyma…mee ekan hen eba haadha heewyeyy…ohh No…!

    1. kamana says:
      February 23, 2016 at 8:15 am

      Alhe letx c dhw. Hehe ?

  21. kamana says:
    February 23, 2016 at 8:18 am

    N guyxx daily up kuran beynunvanya i can. Bt dhigeh nuvaane ingeyy ? Cox this takes alot of time nd 8pages liyan 2hrs nagaa. So wht do u guyxx want daily up kurantha kurukoh or one day dhookohfa dhigu koh. ????

    1. reader says:
      February 23, 2016 at 8:37 am

      Kuruknneh noon. Veehaavx Dhigukoh beynumee.. dhn k 1 day dhookohfa viyas

  22. Rifa says:
    February 23, 2016 at 2:54 pm

    Kamana plx plx plx Hindi dramas ga vaahen raasil and Amy be love scene aki dream sequence akah nahadahchey plx plx… ? Anyway story vvv reethi and amazing ??? waiting 4 the next part.

  23. Amin says:
    February 24, 2016 at 11:19 am

    Hi kamana kihineh thihedhee…next part genesdheynamey kiyafa..v dhera vejje

    1. twinkl str says:
      February 24, 2016 at 2:50 pm

      Adhi miadheh nunime ehnnu..up kuraane ey wait

Comments are closed.

Next Episodeކުރަމުން ތިދާހާ ގޯނާ 16..←


All Right Reserved!