Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ކުރި ލޯބި (8)

Hath
February 26, 2016
4 Mins Read
53 Views
34 Comments

މިއަދަކީ ވަރަށް ޙާއްސަ ދުވަހެކެވެ. ވަރަށް ދިގު އިންތިޒާރަކަށް ނިމުމެއް އަންނާނެ ދުވަހެކެވެ. އެއާރޕޯޓުގެ އެރައިވަލް ބައިގައި އިޔާމެންގެ އާއިލާ އެންމެހާ މެމްބަރުންނާއި އަހަރެންގެ ފަހަރި އާއި އަހަރެން، މި އިންތިޒާރު ކުރަނީ އިޔާ ނިކުންނާނެ ވަގުތަކަށެވެ. މާ ގިނަ އިރުތަކެއް ނުވެ، އިޔާގެ ދައްތަގެ ދަރިފުޅު އެރައިވަލް އާއި ދިމާލަށް ދުއްވައިގަންނަމުން ހަޅޭއްލަވައިގަތެވެ. ” ޔޭ!! އިޔާ ދޮންބެ އެހެރީ މަންމާ! ” އެންމެނަށް އެކު އެކީގައި ބަލާލެވުނެވެ. ތެދެކެވެ. އެއީ ހަމަ އިޔާ އެވެ. އިޔާ ފެނުމާއިއެކު އަހަރެންގެ ހިތް ކުރިއަށް ވުރެން ބާރަށް ތެޅެންފެށިއެވެ. ހަމައެކަނި އައިސްފައި ހުރި ބަދަލަކީ ތުނިކޮށް ކޮށާފައި ހުރި ތުނބުޅިއެވެ. އެކޮޅުގައިހުރެ ފޮނުވި ފޮޓޯ ތަކަށް ވުރެ އަސްލަށް ފެންނައިރު ހާސްބައި ތަފާތުވެފައި މާ ރީއްޗެވެ.

” މާޝާ ﷲ ” ހިތާހިތާ ކިޔާލެވުނެވެ.

ތަންކޮޅެއް ދުރުގައި ހުރި މީހަކު ބަލާހެން ހީވެގެން ބަލާލިއިރު، މާ ދަންނަ ވައްތަރެއް ޖަހާހެން ހީވުމުން ރަނގަޅަށް ބަލާލީމެވެ. އެއީ ވިރާހުއެވެ. ވިރާހުކަން އެނގުމާއި އެކު އަހަރެންގެ މޫނުމަތީގައިވި ހިނިތުންވުން ގެއްލި، ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލިއެވެ. ވިރާހު ހިނގަމުން އެއަންނަނީ އަހަންނާއި ދިމާލަށެވެ. ހަމަ އެވަގުތު އިޔާވެސް އަހަންނާއި ދިމާލަށް ހިނިތުންވެލައިން ހުރެ ހިނގަމުން އާދެއެވެ. އިޔާ ފެނުމުން ވިރާހުގެ ހިނގުން ބާރު ކޮއްލިހެން އަހަންނަށް ހީވިއެވެ. އަހަރެންގެ ހިތުގެ ތެޅުން އިހުނަށް ވުރެ ބާރުވިހެން އަހަންނަށް ހީވިއެވެ. ވިރާހުގެ މޫނުމަތިން ފާޅުވާން ހުރި ނުލަފާ ހިނިތުންވުން އަހަންނަށް ދޭހަ ކޮށްދިނީ ވިރާހުގެ މަޤްސަދު ރަނގަޅު ނޫން ކަމެވެ. އޭނާ އެ އަންނަނީ ކޮންމެސް ހައިޖާނެއް ހަދަންކަން އަހަންނަށް ޔަގީނެވެ.

އަހަރެންގެ ބަދު ނަސީބު ކަންނޭނގެއެވެ. އިޔާގެ ކޮއްކޮ ދުވަނިކޮށް އަނގަ ވަތަށް ވެއްޓުމުން ކޮއްކޮއަށް ވީގޮތް ބަލަން ދާން އިޔާގެ ހިނގައިގަތެވެ. އަހަރެންވެސް އިޔާގެ ކޮއްކޮ ގާތަށް ދާން ހިނގައިގަތީމެވެ. ނަމަވެސް އެގަޑިއަކީ ވިރާހު އަހަންނާއި އަރާ ހަމަކުރި ވަގުތެވެ. ވިރާހު އައި ގޮތަށް އައިސް އަހަރެން ގައިގަ ވަރަށް ބާރަށް ބައްދާލިއެވެ. އަހަރެން ހުރީ ވާނުވާގައެވެ. ބައްދާލައިން ހުރެ އަހަރެންގެ ބުރަކަށީގައި ފިރުމަމުން ވިރާހު ވާހަކަ ދައްކަން ފެށިއެވެ.

” އޯމައިގޯޑް. އަހަަންނަކަށް ނޭނގެ މީގެ ކުރިއަކުން ތިމްގެ ބައްޕައަށް މިހާ ޕާރފެކްޓް ސަރޕްރައިޒް ދޭން އެނގޭކަމެއް. ހީ އިޒް ގޮނަ ބީ ދަ ބެސްޓް ފާދަރ އިން ލޯ އިން-ޝާﷲ! ” ވިރާހު ހިނިތުންވެލަމުން އަހަރެންގެ ކޮލުގައި ބޮސްދިނެވެ.

އަހަރެން ހުރީ ވާނުވާ ނޭނގިފައެވެ. ވާނުވާ އެނގޭކަށް ވެސް ބޭނުމެއް ނޫނެވެ. ” ފާދަރ އިން ލޯ ” އޭ ބުނެލުމުން ކުޑަކޮށް ވާން އުޅޭ ގޮތް ތަސްވީރު ވެއްޖެއެވެ https://#/generic-levitra/. ބައްޕަ އަހަރެންގެ ހުއްދަ އަކާއި ނުލާ ވިރާހުއާއި އަހަރެންގެ ކައިވެނި ހަމަޖެއްސީއެވެ. އަހަރެންގެ ބޮލަށް އެނބުރުން އަރާ، މަންޒަރު ފުސްވާގޮތްވެ ވެއްޓެން ދިޔައެވެ. އެވަގުތު އަހަރެންގެ އުނަގަނޑުގައި ހިފާ ތެދުކުރީ ވިރާހުއެވެ. އަދި އަހަރެން ހަމައެކަށް އެޅިއްޖެތޯ އަހާލަމުން ވިރާހުގެ ގަޔާލާ އަހަރެން ބޮނޑިކޮއްލިއެވެ. މަންޒަރު ސާފުވިއިރު ދުރުގައި ވެދިޔަ ހުރިހާ ކަމެއް ފެނި، އިޔާ ގަނޑުވެފައި ކަހަލަ ގޮތަކަށް އަހަންނާއި ދިމަ ބަލަހައްޓައިން ހުއްޓެވެ. މި ހުރިހާ ކަމެއް ދެކި ފަހަރިވެސް ހުރީ ވާނުވާ ނޭނގިފައެވެ.

” ސުބްހާނަﷲ! ވާން މިއުޅެނީ ކިހިނެތް ބާވައެވެ؟ ” އަހަރެންނަށް ހިތާހިތާ އަހާލެވުނެވެ.

ވިރާހު އަހަރެންގެ އަތުގައި ހިފާލައިގެން ފަހަރި އާއި ވާހަކަ ދައްކަން ހުރުމުން އަހަރެން ހީކުރީ އިޔާ އަހަންނާއި ދިމާލަށް ނުވެސް އަންނާނެ ކަމަށެވެ. ނަމަވެސް އިޔާ އައިސް އަހަންނާއި ދިމާލަށް ސަލާމަށް އަތް ދިއްކޮއްލިއެވެ. ވަރަށް ބޮޑަށް ދުރުކޮއްލިކަމުގެ އިހުސާސެއް ކުރެވުނެވެ. ނަމަވެސް އެފަދަ ވަގުތެއްގައި ވާނީވެސް އެހެންނެވެ. މިއޮއްހާ ދުވަހުވެސް އަހަރެމެން 24 ގަޑިއިރު ވައިބާރ ގައި ތިބެ ދެއްކި ވާހަކައެއްގެ ތެރޭގައިވެސް ވިރާހުގެ އެއްވެސް ވާހަކައެއް ދެކެވިފައެއް ނޯންނާނެއެވެ. އަހަރެންގެ ފަރާތުން ވިރާހުގެ ވާހަކައެއް ވޭތު ވެދިޔަ 4 އަހަރު ތެރޭގައިވެސް ދެކެވިފައިވާނީ ހަމައެކަނި އިޔާ ފުރި ރޭ، އަހަރެން ހުރިހާ އެއްޗެއް ވިރާހުއަށް ތެދަށް ކިޔައި ދިނުމުން ކުއްލިގޮތަކަށް ފުރި ވާހަކައެވެ. ދެން ކުއްލިއަކަށް މިކަހަލަ ކަންތައްގަނޑެއް ފެނުމުން އިޔާއަށް ވެސް ހީވާނީ އަހަރެން ކަމެއް ސިއްރުކުރީހެން ކަން ގައިމެވެ. ހަމަ އެ ދަނޑިވަޅުގައި އަނެއްކާ ވިރާހު އަހަރެންގެ ކޮނޑުގައި އަތް އަޅުވާލަމުން އިޔާއަށް ހީލަމުން ބުނެލިއެވެ.

” މީ އަހަރެންގެ ވާން އުޅޭ އަންހެނުން. ”

އަހަރެންގެ ފައިދަށުން ހީވީ ބިންގަނޑު ދަމައިގަތް ހެންނެވެ. އަހަރެންގެ ހިތުގެ ވެރިޔާ ގާތު އެހެންވެސް އެންމެ ފަހުން ވިރާހު ބުނެފިއެވެ. އަހަންނަށްވެސް އަހަރެން މީ ވިރާހުގެ ވާން އުޅޭ އަނބިމީހާ ކަން އެނގުނީ ހަމަ ދެންމެގައެވެ. މިއީ ބައްޕަގެ ނިންމުމެއް ކަން އެނގި، އަހަރެން މިހިރީ ވަރަށް މާޔޫސް ވެފައެވެ. އަހަރެންގެ ހިތުގައި ބައްޕަ އާއިމެދު ކިތަންމެ ޝަކުވާއެއް އެބައޮތެވެ. ބައްޕަ އެހާ ބޮޑު ނިންމުމެއް، އެވެސް އަހަރެން އުޅެން ހުރި، އަހަރެންގެ ޒަވާޖީ ހަޔާތުގެ ނިންމުމެއް، އަހަރެންގެ ހުއްދަ ނެތި ބައްޕަ ނިންމެވީ ކީއްވެ ތޯއެވެ. ނަމަވެސް ވިރާހަށްވެސް ހީވެފައި އޮންނާނީ، ބައްޕަ އެހާ ބޮޑު ނިންމުމެއް ނިންމާނީ، އަހަރެން ގާތު އަހާފައި ކަމަށެވެ. އަހަރެންވެސް ހީކުރީ ބައްޕަ، އަހަރެންގެ ޒަވާޖީ ހަޔާތުގެ ނިންމުމެއް ނިންމަންޏާ ނިންމާނީ، އަހަރެން ގާތުގައި އަހާފައި ކަމަށެވެ. ނަމަވެސް ކަންވެފައި މިއޮތީ އެހެނެއް ނޫނެވެ. ބައްޕައަށް ކުރާ ޤަދަރެއްގެ ސަބަބުން އަހަންނަށް އެގަޑީގައި އިޔާއަށް ހަޤީޤަތް ކިޔައިދެވޭހާ ހިތްވަރެއް ނުނެރެވުނެވެ. އެއީ ވިރާހުގެ ކުރިމަތީގައި ބައްޕަގެ އަގު ވެއްޓިދާނެ ތީއެވެ.

ވިރާހު އަހަރެން ގާތުގައި އިޔާ ދަންނަންތޯ އަހާލިއެވެ. އަހަރެން ބޯ ޖަހާލުމަށްފަހު އިސް ދަށަށް ޖަހާލީމެވެ.

ލޮލުގައިވި ހިތާމަތައް ދުނިޔެއަށް ފޮރުވުމަށެވެ. އަހަރެންގެ ހިޔާލީ ދުނިޔެ މަދު މިނިޓު ކޮޅެއްގެ ތެރޭގައި ފުނޑުފުނޑުވެއްޖެއެވެ. އަހަރެންގެ ހިޔާލީ، ކުޑަ ކުޑަ ބަގީޗާގައި ފޮޅިފައި ހުރި ބަހާރުމޫސުމުގެ ހުރިހާ މާތައް މަދު ސިކުންތު ކޮޅެއްގެ ތެރޭގައި މިލާވެ، މޯޅިވެއްޖެއެވެ. އަހަރެންގެ ދުނިޔެ، ކަޅު ވިއްސާރަ ވިލާތަކުން ބައްދާލައިފިއެވެ. އިޔާ އައުމުން ހުރިހާ ވާހަކައެއް ކިޔައިދޭން ތައްޔާރުވުމަށް، ވޭތުވެދިޔާ ހަފްތާގެ ކޮންމެ ދުވަހަކު އެއްގަޑިއިރު ލޯގަނޑު ކުރިމައްޗަށް އަރާހުރެ ކިޔަން ވީގޮތް ޕްރެކްޓިސް ކުރި ހުރިހާ ޕްރެކްޓިސް ކުރުން ތަކެއް މިވީ ބޭކާރު ކަމަކަށެވެ. ޔާﷲ! މިހެން މިވަނީ ކީއްވެ ބާވައެވެ. އަހަރެންގެ ހަޔާތުގައި އެންމެ ދުވަހަކަށް ނަމަވެސް އިޔާގެ ލޯބި ލިޔެވިފައި ނެތީބާވައެވެ؟ އަހަންނަށް އެންމެ ދުވަހެއްގެ 24 ގަޑިއިރަށް ނަމަވެސް އިޔާގެ އަންބެއްގެ ގޮތުގައި ހުރެލުމުގެ ޝަރަފު ލިބިއްޖެނަމަ، އެ 24 ގަޑިއިރުގެ ތެރޭ ހޭދަކޮށްލެވުނު ކޮންމެ ސިކުންތަކީ އުފާވެރިކަމުން ފުރިގެންވާ ސިކުންތެއް ކަމުގައި ވާނެކަން ހަމަ ޔަގީނެވެ. އަދި އެ 24 ގަޑި އިރުތެރޭ ހޭދަކޮށްލެވުނު ކޮންމެ ސިކުންތެއްގެ ހަނދާނުގައި، އަހަރެން ދުނިޔޭގައި އުޅެން ބަކީ އޮތް ހުރިހާ ދުވަހަކުވެސް އިންޝާﷲ، އުޅެވޭނެއެވެ. އަހަރެން އަދިވެސް ދުޢާ ކުރާނީ އަހަރެން ނިމިދަންދެން އިޔާގެ ލޯބި ލިބުމަށެވެ. އެހެންނަމަވެސް އުމުރަށް ނުލިބިއްޖެ ނަމަ، އެއް ދުވަހަށް ނަމަވެސް އިޔާގެ އަންބެއްގެ މަޤާމުގައި ހުރެލުމަކީ އަހަރެން އުންމީދުކުރާ ކަމެކެވެ.

” އަހަރެންނާއި އިޔާޒު ދިމާވީ ފްލައިޓުން. އިޔާޒު އިނީ އަހަރެންގެ ސީޓާއި ޖެހިގެން އިން ސީޓުގައި. އެހެންވީމައި މިދިމާވީ މާ ރަނގަޅަކަށްނު؟ އަހަންނަށް އޮޅިގެންވެސް ރައްޓެހިކަން ބަދަހި މިކޮށްލެވުނީ އަހަރެންގެ ވާން އުޅޭ އަންހެނުންގެ ރަހުމަތްތެރިއަކާއި ވިއްޔަ؟ ދޯ ތިމް؟ ” އަހަރެން ވިރާހުގެ ގަޔާ ކައިރި ކޮށްލަމުން އިޔާއަށް ހިނިތުންވެލަމުން ވިރާހު ބުނެލިއެވެ.

” ތިމްނާ. ވިރާހް. އަހަރެން ދެން ގޮސްލަނީއޭ! މިހާރު ގޭ މީހުންވެސް އެތިބީ ލަސްވެފައި. ” އިޔާ ބުނެލިއެވެ.

އަހަންނަށް ފާހަގަ ކުރެވުނީ އިޔާ ‘ތިމްނާ’ އޭ ބުނެލި ކަމެވެ. މީގެ ކުރިން، ދުވަހަކުވެސް އިޔާ ‘ތިމްނާ’ އޭ ކިޔައިގެނަ މުޙާތަބެއް ނުކުރެއެވެ. އަބަދުވެސް މުހާތަބު ކުރާނީ ‘ތިމް’ އޭ ކިޔާފައެވެ. ވަރަށް ބޮޑަށް އިޔާ އަހަރެން ދުރުކޮށްލި ކަމުގެ އިހްސާސެއް އަހަންނަށް ކުރެވުނެވެ.

އަހަރެމެންވެސް ފެރީއަށް އަރަން ދާން ހިނގައިގަތީމެވެ. އަހަރެން ހުރީ ގެއަށް ދެވެންދެން ކަރުނަތައް ހިފަހައްޓާލައިގެންނެވެ. ގެއަށް ގޮސް ވަދެވުމާއި އެކު އަހަރެން ކޮޓަރި އާއި ދިމާލަށް ދުއްވައިގަތީމެވެ. އަހަރެން ދުއްވައިގަތް ތަން ފެނުމުން މަންމަ ބުނާ އަޑު އިވުނެވެ.

” ތިމްކޮ މާ ލަދު ގަތީކަންނޭނގެ. ދޯ ވިރާހު؟ ”

މަންމައަށް ނޭނގުނީ އަހަރެންގެ ހިތުގެ ހާލަތެވެ. އަހަރެން ލަދުގަތީ ނޫނެވެ. އަހަރެން މާބޮޑަށް ހިތުގައި ޖެހުނީއެވެ.

-ނުނިމޭ-

6
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Hath

My hobby is writing stories. :)

Other Articles

Previous

ފުންއަސަރު 04

Next

އެކުގަ ނިމިގެން ދިޔުން ބޭނުމޭ…(4)

Next
February 26, 2016

އެކުގަ ނިމިގެން ދިޔުން ބޭނުމޭ…(4)

Previews
February 26, 2016

ފުންއަސަރު 04

34 Comments

  1. shaa says:
    February 26, 2016 at 5:43 am

    Yey me first…. Vaahaka v reethi… Keep it up…

    1. Hath Mikal says:
      February 27, 2016 at 9:42 am

      Thankyou 🙂

  2. Ily says:
    February 26, 2016 at 5:47 am

    Wowwwww v reethi☺☺☺☺
    Ekam hadhakurey????

    1. Hath Mikal says:
      February 27, 2016 at 9:42 am

      Thankyou 🙂

  3. twnkl str says:
    February 26, 2016 at 6:34 am

    Nyc….?

    1. Hath Mikal says:
      February 27, 2016 at 9:43 am

      Thankyou 🙂

  4. nukks says:
    February 26, 2016 at 7:55 am

    Maa kuru anehbaii avahah upp kurey

    1. Hath Mikal says:
      February 27, 2016 at 9:43 am

      In Sha Allah

  5. Aimsithu says:
    February 26, 2016 at 8:11 am

    Yeyyyyy …. varah fakkaa mi part vex. ..

    1. Hath Mikal says:
      February 27, 2016 at 9:44 am

      Heheh Thankyou Aimsithu 🙂

  6. naax says:
    February 26, 2016 at 8:28 am

    Wow varah reethi konirakun next.part up kuranee varah kiyaahithun mihuree

    1. Hath Mikal says:
      February 27, 2016 at 9:45 am

      In Sha Allah tonight or Tomrw dear. 🙂

  7. myf says:
    February 26, 2016 at 8:47 am

    nyc!!! 🙂 🙂 keep it up 🙂 nxt part avaha up kolacchet 😀 😀

    1. Hath Mikal says:
      February 27, 2016 at 9:48 am

      Thankyou. In Sha Allah 🙂

  8. Aisha says:
    February 26, 2016 at 10:41 am

    Haadha kurey… Avahah next part up kohlaba… Reethi ekm varah ingey

    1. Hath Mikal says:
      February 27, 2016 at 9:48 am

      In Sha Allah 🙂 Thankyou.

  9. Faathun says:
    February 26, 2016 at 11:26 am

    V kuru… thim aa iyaa aa gulhuwaba dhen.. e viraaahu gandu fonuwaalaa

    1. Hath Mikal says:
      February 27, 2016 at 9:53 am

      Heheheh 🙂

  10. mooon says:
    February 26, 2016 at 1:17 pm

    V NYC….konirakun next part …..
    Plx avahah up kohdhehchey.next part kiyaahithun hama kehmadhuvefa mihury

    1. Hath Mikal says:
      February 27, 2016 at 9:49 am

      Aww. In Sha Allah Tnyt or Tmrw will update. Thankyou 🙂

  11. aish says:
    February 26, 2016 at 1:38 pm

    v nice

    1. Hath Mikal says:
      February 27, 2016 at 9:54 am

      Thankyou 🙂

  12. shaai says:
    February 26, 2016 at 10:33 pm

    haadha kurey. ekamaku v reethi

    1. Hath Mikal says:
      February 27, 2016 at 9:54 am

      Thankyou 🙂

  13. loo says:
    February 27, 2016 at 7:45 am

    nice

    1. Hath Mikal says:
      February 27, 2016 at 9:55 am

      Thankyou 🙂

  14. Hath Mikal says:
    February 27, 2016 at 10:24 am

    My dear Readers,
    Mihaaru alhuganduge schedule busy kamun, story regularly update nukohdheveythy varah bodah maafah edhen.
    Namaves, kiyuntherin maayoos kollaafa medhutherein vaahaka huttaa nulaane kamuge yageen kan dhen, In Sha Allah.
    Dhe dhuvahun eh dhuvahu nama ves vaahaka update kohdheynan.
    Just wanted to let you all know.
    Baajjaveri dhuvahakah edhen.
    Be safe. Take care.
    -Hath-

    1. ބޮލައ says:
      February 27, 2016 at 11:50 am

      Are u a girl?

  15. Zeena says:
    February 28, 2016 at 5:55 pm

    Koba tha story ge next episode. avaha up koh dheeba.. Hath…hath… Hath

  16. Nicky says:
    February 28, 2016 at 8:03 pm

    Nyc…bt thim ah ehn hadhaakah nuvaanennu….

  17. Aaaanthu says:
    February 28, 2016 at 9:34 pm

    Haadha lahey up vaaaaley… v slow

  18. :) says:
    February 29, 2016 at 8:44 pm

    nyc…….wooooooooooow

  19. wish says:
    February 29, 2016 at 10:37 pm

    mi story vvv salhi. pls v avahah upkoh dheeba v kiyaahithun mi hunnany…

  20. Hath Mikal says:
    March 1, 2016 at 2:38 am

    Kudhinney In sha Allah Maadhan Upload kuraanan.:-)
    -Hath-

Comments are closed.

All Right Reserved!