Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރަމުން ތިދާހާ ގޯނާ 17..

kamana Level 310 Stories500 Comments100 Comments
February 26, 2016 7 Mins Read
26 Comments

“އެކަމަކު އޭރުގަ އަހަރެންގެ ބައްޕައަކީ ޕޮލިހެއް…” ޔުމްނާގެ ގައިން ދޫކޮއްލުމައްފަހު ހުރި ތަނަށް ރާސިލް ތިރިވީ ބޮލުގެ އިސްތަށި ގަނޑުގައި ބާރަށް ހިފަހައްޓަމުންނެވެ.

“ޔުމްނާ.. ރާސިލް ކިހިނެއްވީ” ޔާމިން ކޯރިޑޯގައި ހިނގަމުން ދަނިކޮށް ޔުމްނާ އަދި ރާސިލް ފެނި އެތަނަތް ގާތްވެލީ ކޮންމެވެސް ކަމެއް ވެގެން އުޅޭހެން ހީވުމުންނެވެ. “ޔުމްނާ.. ފްރެޝް ވައިކޮޅެއް ޖައްސާލަންވީނޫންތޯ… ރާސިލް.. ހިނގާ ދާން” ޔުންމާ އަށް ވެފައި އިން ގޮތުން ޔާމިން އެހެން ބުނެލީ ރާސިލްގެ އަތުގެ މުލައްދަނޑީގައި ހިފާ ނަގަމުންނެވެ.

ސްޓާފުންގެ އޭރިއާއަށް ދެވުމާއެކު ރާސިލް ބެންޗުގައި ބޭނދީ ވެގެން އުޅޭގޮތެއް އެނގެން ބޭނުންވާތީއެވެ. “ރާސިލް.. ދެން ބުނެބަލަ…” ޔާމިން ރާސިލް އަތަށް ފެންތައްޓެއް ދިއްކޮއްލަމުން ބުނެލީ ރާސިލްގެ މޫނުމަތިން ހާސްކަން ފެންނަން ހުރުމުންނެވެ. ރާސިލް ޔާމިންއަށް ޔުމްނާ ދެއްކި ހުރިހާ ވާހަކައެއް ކިޔާދިނީ މިވަގުތު ކޮންމެވެސް މީހެއްގެ އެހީ ބޭނުންވާތީއެވެ. “ރާސިލް އަހަރެންނަކަށް ހީނުވޭ ރާސިލް ބައްޕަ އެކަހަލަ ކަމެއް ކުރާނެހެން… ވެދާނު ޔުންނާއަށް އޮޅުނީކަމަށްވެސް…” ޔާމިން ބެލީ ރާސިލް ހަމަޔަކަށް އެޅޭތޯއެވެ. ” އެކަމަކު ކަމެއް ނުވެ ނުބުނާނެދޯ.. ދެކުނީމެއްނު ޔުމްނާއަށް ވެފަ ހުރިގޮތް.. އޭނަގެ ދެލޯވެސް ހީވަނީ ދެންމެ ދެންމެ ނިކުމެދާނެހެން.. އެދެލޮލުން ފެންނަމުން ދިޔައީ ބިރުވެރިކަން… އަހަރެން ބައްޕަ ކައިރީގައި އަހަން ވީދޯ.. ބައްޕަ އެކަހަލަ ކަމެއް ކުރާނެހެން އަހަރެންނަށްވެސް ހީއެއްނުވޭ…” ރާސިލް ދެއަތުން ބޮލުގައި ހިފަހައްޓައިގެން ހުރި އިރު ހީވަނީ ދެންމެ ދެންމެ ސިކުނޑި ގޮވާފާނެހެންނެވެ. “ޔާމިން… ޔުމްނާ އެބުނި އަންހެން ކުއްޖަކީ އެމީ އެއްނޫންދޯ.. އެމީއަށް ވެގެން ނުވާނެ” ރާސިލް ހީވަނީ ބުއްދި ގޯސްވެފައި ހުރި މީހެއް ހެނެވެ. “ނުވާނޭ… ނުވާނޭ.. ދެން މިއަދު ގެއަށް ދާންވީނު…. ތިގޮތަށް މަސައްކަތް ކުރެވޭނެތަ… އަހަރެންނަކަށް ހީނުވޭ އެއްވެސް ކަމެއް ރަނގަޅަށް ކުރެވޭނެހެން… ދެންދޭ.. ދެގަނޑި އިރު ނިދާލާފަ ވިޔަސް އާދޭ.. އޯކޭ… ” ރާސިލްގެ ކޮނޑުމަތީގައި ކުޑަކޮށް ޖަހާލަމުން ޔާމިން ބުންޏެވެ. ރާސިލްވެސް ބޯޖަހާލީ ގެއަށް ދާން ބޭނުންވެފަ ހުރުމުންނެވެ.

………….

އަމޭލިއާ ކޮނޑުގައި އަތްދަބަސް އަޅުވާލުމަށްފަހު އޮފީހުން ނިކުތީ ދުވެފައި ކަހަލަ ގޮތަކަށެވެ. ދެމުން ދިޔަ އަވިން ހީވަނީ ސިކުނޑީގެ ފެންކޮޅު ދަމައިގަނެފާނެހެންނެވެ. “އަޅޭ.. މަޑު ނުކުރީ ކީއްވެތަ… ދުވެފައޭ އަންނަން މިޖެހުނީ” މާޒިންއާ އަރާ ހަމަކޮއްލުމައްފަހު އަމެލިއާ ބުނެލީ ތުންދަމާލަމުންނެވެ. ރެއަށްފަހު މާޒިންއަށް އަމެލިއާ އާއި ހަތަރު ކަޅި ހަމަކުރަން ނުކެރެއެވެ. އެ ދެލޮލަށް ބަލާލިއަސް ހިތް ކުދި ކުދި ވާވަރު ވެއެވެ. ލޮލު ކުރިމަތިން ހިތުގައިވާ ލޯބި އެހެން މީހަކު ޖަހައިގެތްތަން ފެނުމުން ހިތައް ކުރާ އަސަރު މާބޮޑެވެ. “ލެޓްސް ގޯ” އަވި އައިނު ލޮލަށް ހެޔޮވަރު ކޮއްލުމަށްފަހު މާޒިން ހިނގައި ގަތެވެ. މާޒިން ހިތާމަތަށް ފޮރުވާލަން ވަރަށް ވެސް ކުޅަދާނައެވެ. ލޮލުން އަމޭލިއާއަށް އެދޭވަރާ ވާ ލޯބި ފޮރުވާލައިފައިވަނީ އަވި އައިނެއްގެ އެހީގައެވެ. ހިތުގައިވާ ހައިޖާނަށް ނިމުމެއް ގެންނަން މަސައްކަތެއް ކޮއްފައިވަނީ ތުންފަތިގައިވާ ހިނިތުންވުމެގެ އެހީގައެވެ.

ގްރީންބެލްގެ އެންމެ މައްޗަށް އެރުމައްފަހު މާޒިންއާއި އަމޭލިއާ އިންތިޒާރުކުރަމުން ދިޔައީ ލޯޔާރ އިބްރާހިމް އަންނަންދެކަށެވެ. ކަނުގައިވާ މޭޒުގައި ހަމަޖެހިލުމައްފަހު ކޮފީއަށް ދެމީހުންވެސް އޯޑަރ ދިނީ އިންތިޒާރުގެ ވަގުތުތަށް ގުނަމުންނެވެ. މެންދުރުގެ ވަގުތުކަމުން ގްރީންބެލްގައި ފެންނަމުން ދިޔައީ މަދު މީހުންކޮޅެކެވެ. އަމޭލިއާ އާއި މާޒިންއަށް އެއްފަހަރާ ކޮއްޅަށް ތެދުވެވުނީ ކުރިމަތިން ހިނގަފައި އަންނަ އިބްރާހިމް ފެނިއެވެ. ހަރު އުމުރުގެ އިބްރާހިމް ހަށިގަނޑަށް ހެޔޮވަރު ކޮއްލާފައިވަނީ ކުރުތާއަކާއި ފައިކުރި ކުރު ފަޓުލޫނަކުންނެވެ.

“އައްސަލާމް އަލައިކުމް.. އަމޭލިއާދޯ… ބޮޑު ވެއްޖެދޯ.. ކިހިނެއް މިހާރު” އަމޭލިއާ ރަނގަޅޭ ބުނެލީ ހިނިތުންވެ ހުރެއެވެ. “މާޒިން” މަޒިންވެސް ސަލާމް ކޮއްލުމައްފަހު އަމިއްލަ ތައާރަފެއް ދިނެވެ. “އެހެން ވީމަ” އިބްރާހިމް ވާހަކަ ކުރިއަށް ގެންދަން ބުންޏެވެ. “މީ އަޅުގަނޑުމެން ބޭނުން އާތިފްގެ މައްސަލައިގައި ކަންތައް ވެދިޔަގޮތް ބަލަން…” މާޒިން އެހެން ބުނުމުން އިބްރާހިމް އަތާއަތް ގުޅާލުމައްފަހު ކުޑަކޮށް ވިސްނާލިއެވެ. “ތިކުރަން އުޅޭކަމުން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭނެތަ… މިބުނީ އޭރު އެމައްސަލަ އަމާޒުވަމުން ދިޔައީ ޕޮލިހުންނަށް….. ތިކަންތަކަށް ހުރަސް އަޅަށް ވަރަށް މަސައްކަތް ކުރާނެ މީހުން…” އިބްރާހިމްގެ ވާހަކަތަކުން އަމޭލިއާއަށް ލިބިފައިވާ ކުޑަ ކުޑަ އުންމީދުވެސް ފެނަށް ވެގެންދާކަށް ބޭނުމެއް ނެތެވެ. “ނުވާނެ.. ހަމަ ޔަގީން.. އަޅުގަނޑު އެކަމާ ހަވާލުވާނީވެސް.. އެކަމަކު އަދިވެސް ކޯޓަކަށް މައްސަލައެއް ހުށައެއް ނާޅަން” އަމޭލިއާ މާޔޫސްވާގޮތް ވިއެވެ. “ހުށައަޅާކަށް ނުޖެހޭނެ.. ކުރިން ބަލަމުން ދިޔަ މައްސަލައިން ފައްޓާ.. އެމީހުން ހަމަ އެކަނި އެ ފައިލް ލައްޕާލާފަ ވީކަން… އެކަމަކު އެ ހުޅުވުމަކީވެސް ފަސޭހަ ކަމެއް ނޫން… އެކަމަކު އެ ހުޅުވުމައްފަހު ދެން ލެއްޕިއްޖެއްޔާ އިތުރަށް ބެލޭނެ ހެނެއް ހިޔެއްނުވޭ… އަހަރެން އެކަން ކޮއްދީފާނަން.. މިހާރު އެކަހަލަ ކަމެއް ނުކުރިއަސް އާތިފް އައްޓަކާ ކޮއްދޭނަން.. ” އިބްރާހިމް އެހެން ބުނުމުން އަމޭލިއާގެ ލޮލުން އުފާވެރި ކަމުގެ ކަރުނައިގެ ރޮގެއް ފާއްދާލިއެވެ. “ޝުކުރިއްޔާ… ވަރަށް ބޮޑަށް” އަމޭލިއާ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެލަމުން ހިނިތުންވެލިއެވެ. “ނޫނޭ.. މިފްޒާލްގެ އާއިލާއަށްޓަކާ އަހަރެންނަށް ކޮއްދެވޭ ފަހުކަންތަށް ކަންނޭގެ މީ… އެހެން ވީމަ މިއަންނަ ހަފްތާގަ ގުޅާނަން… އަމޭލިއާ.. ވަރަށް ހިއްވަރު ކުރަންވާނެ.. އަހަރެންނަކަށް އެއްގޮތަކަށްވެސް ހީނުވޭ މީ ފަސޭހަ ކަމަކަށް ވާނެހެން.. އެކަމަކު އަމޭލިއާ ބޭނުން އިރަކު ބޭނުން އެއްޗެއް އަހަންވީ.. އަހަރެންނަށް ވެވުނު ވަރަކުން އެހީވާނަން..”

އަމޭލިއާ އާއި މާޒިން ގްރީންބެލް އިން ނިކުތް އިރު ދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދަނީ ހިތްހަމަ ޖެހުމެވެ. “އެހެން ވީމަ މިއަންނަ ހަފްތާއަށް” އިބްރާހިމް ގުޅާނެކަމަށް ބުނި ދުވަހަށް އަމޭލިއާއަށް ކެއްވަނީއެއް ނޫނެވެ. “އެމީ” އަމޭލިއާގެ މޫނުމަތީގައިވި ހިނިތުންވުން ފިލާ ދިޔަތަން ފެނި މާޒިން ގޮވާލިއެވެ. “ރާސިލް ކައިރީގައި އަދި އެއްވެސް ވާހަކައެއް ނުބުނަން.. ކިހިނެއް ހަދަނީ” އަމޭލިއާ ތުންފަތުގައި ދަތް އަޅާލީ ހާސްވުމުންނެވެ. “ޓައިމެއް ހޯދާފަ ބުނޭ.. އެކަމަކު ދެމީހުން ހަމަޖެހިގެން.. އޯކޭ” މާޒިން އެހެން ބުނެ ކުރިއަށް ހިނގައިގަތީ ކުޑަކޮށް ބާރަށެވެ. އަމޭލިއާގެ ލޯބީގެ ދިރިއުޅުމުގައިވާ ކަންތަކަށް ލަފާ ހޯދަމުން ދާއިރު އެކަމުގެ ތެރެއަށް ވަންނަން މާޒިން ބޭނުމެއް ނޫނެވެ.

……………

“ދަރިފުޅާ” ރާސިލް ގައިމަތީގައި ބެޑްޝީޓު އޮޅާލައިގެން އޮތް އިރު އޮތީ ނިދިފައެވެ. “ދަރިފުޅާ… ދެން ތެދުވޭ.. ހޮސްޕިޓަލަށް ދާން ނުޖެހޭތަ” ނާސިރާ ރާސިލްގެ ފަން އިތަށިގަނޑުގައި އަތުން ފުނާއަޅާލަމުން ގޮވާލިއެވެ. ” ހަފްތާއެއް ރެސްޓު ނަގައިފިން.. ” ދެލޯ މަރައިގެން އެއޮތް ގޮތަށް އޮވެ ވާހަކަ ދެއްކިއެވެ. “އެއީ ކީއްވެ… ނޫރާ އާއި ހަމަ އިންނަންތަ ދަރިފުޅު ތިއުޅެނީ” ނާސިރާ އެހެން ބުނުމުން ރާސިލް އަތް ގެންގޮސް ބޯމަތީގައި ބާއްވާލީ ކުރިއަށް ވުރެއް ވެސް ބޮޑަށް ބޮލުގެ ރިހުން ގަދަވުމުންނެވެ. އެއްކަމުން ސަލާމަތް ނުވެ އުޅެނިކޮށް އަނެއްކާ އަނެއް ކަމެއް މިޖެހުނީއެވެ. ރާސިލްއަށް ވިސްނަންވީ ކޯޗެއް ކަމެއް ނޭނގުނެވެ. “ދަރިފުޅާ އަރާމުކޮއްލާ” ނާސިރާ ތެދުވެގެން ދާން ހިނގައިގަތް ތަނުން ރާސިލް ނާސިރާ އަތުގައި ހިފިއެވެ. “މަންމާ” ރާސިލްގެ އަޑުގައި ރިހުމެއްވިކަން ނާސިރާއަށް އެނގުނެވެ. “ބައްޕަ ސިފައިންގެން ވަކިވީ ކޮންއިރަކު” ރާސިލްގެ ފުރަމަތަ ސުވާލު ނާސިރާއާ އަމާޒުކޮއްލިއެވެ. “މިހާރު ކޮން ދުވަހެއް… ހަތް އަހަރުތަ އައް އަހަރުތަ.. ބައްޕަ އުޅެން ބެނުން ނުވަނީޔޯ…. މަންމައަށްވެސް ނޭނގެ އެހާ ރަނގަޅަށް ވީ ކިހިނެއް ކަމެއް” ނާސިރާއަށް އެނގޭ ވަރަށް ކިޔާދިނެވެ. ރާސިލް ބޯޖަހާލުމައްފަހު އަނެއް ކޮޅަށް އެނބުރުނީ އިތުރު ސުވާލަކަށް ޖަވާބުދޭން ނާސިރާއަށް ނޭނގޭނެކަން ޔަގީންވާތީއެވެ. ނާސިރާ ނިކުންނަމުން ރާސިލްއާއި ދިމާލަށް ބަލާލިއެވެވެ. ރާސިލް ކުއްލިއަކަށް މަހްމޫދާ ބެހޭގޮތުން ސުވާލު އެކުރީ ކީއްވެބާއޭ ނާސިރާ ހިތައް އެރިއެވެ.

ކުޑަދޮރުން ޖެހެމުން ދިޔަ ވައިން ދޮރުފޮތިގަނޑު ވިހުރިލާ މަންޒަރަށް ގެއްލިފައި ރާސިލް އޮތީ ފުން ވިސްނުމެއްގައެވެ. އަޅި ކުލައިގެ އެ ފޮތިގަނޑުން ފޭދިގެން އަންނަ އަވިން ކޮޓަރި ތެރެ ވަނީ ދިއްލާލާފައެވެ. ރާސިލް ސިހުނީ ފޯނު ރިންގްވާ އަޑަށެވެ. ސްކްރީނަށް ބަލާލީ އިރު ވައިފީ ޖަހާފައިވާތަން ފެނި ހިތް ދިރުވާލެވުނެވެ. “ހޭއި” ރާސިލް ނަގަން ނުނަގަން ހުރެފަ ފޯނު ނެނގިއެވެ….” ރާސިލް ކިހިނެއްވީ.. ބަލީތަ…” އަމޭލިއާގެ އަޑުގައި ކޮންބޮޑުވުންވިއެވެ. “ނޫން ބޮލުގަ ރިއްސާތީ… ހަމަ އޮތީ…” ރާސިލްގެ އަޑުގައި ބަދަލެއްވިކަން އަމޭލިއާއަށް ފާހަގަ ކުރެވުނެވެ. “މިރޭ ބައްދަލު ވާނެތަ.. ވާހަކައެއް ބުނަން….” އަމޭލިއާ ބުންނެވެ. “މިރޭތަ.. ބޮލުގަ ރިއްސާތީ މިއުޅެނީ.. މާދަމާއަށް ހަދަމާ..” ރާސިލް އެހެން ބުނުމުން އަމޭލިއާއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އަމޭލިއާ ފޯނު ބޭއްވީ ރާސިލް އެދޭގޮތަށް މާދަމާ ބައްދަލު ވުމަށެވެ.

********

 

“މަހުމޫދު” ޓެރަހުގައި ހަމަޖެހިލައިގެން ގޮނޑީގައި އޮތް އުބައިދަށް މަހުމޫދު ފެނި ގޮވާލިއެވެ. “ނުދަނީތަ.. އޭރުންދޯ ތިވާގޮތެއްވެސް އެނގޭނީ” ހޮސްޕިޓަލް އަށް ރިޕޯޓުތަކުގެ ނަތީޖާ ބަލާދާން އޮތް ދުވަސް ކަމުން މުހްމޫދު ހަނދާން ކޮއްލަދިނެވެ. ” ނުދާނަން.. ދިޔަޔަސް ވާނީ ކޮން ފައިދާއެއް… ބޭނުމެއް ނޫން ދާކަށް” އުބައިދުގެ ހުންނަ ގޮތް ދޫނުކުރުމުގެ މިޒާޖަކީ މަހުމޫދު އެންމެ ރުޅިއަންނަ އެއްކަންތެކެވެ. މަހްމޫދު ދެފަރާތަށް ބޯ ތަޅުވާލުމަށްފަހު ދަނީ އޭ ކިޔައި އެގޭން ނިކުތީ އިތުރަށް އުބައިދު ކައިރީގައި ހުންނަން ބޭނުން ނުވަތީއެވެ.

……….

ރޭގަނޑުގެ ހަމަހިމޭންކަމުގައި އަމޭލިއާ ވަގުތު ގުނަމުން ދިޔައީ ޓެރަހުގައެވެ. އެތާގައި އެހެން ދެކޮޅަށް ހިނގާލަ ހިނގާލަ އިން އިރު ހިތް އެދި ހޯދަމުން ދިޔައީ އެންމެ ސޫރައެކެވެ. “އެމީ” އަމޭލިއާ ސިހުނީ މިފްޒާލްގެ އަޑަށެވެ. “މިތާގަ ކީއްކުރަނީ.. ނިދާކަށް ނުވޭތަ… ” އަމޭލިއާ އެކަނި އިންތަން ފެނި މިފްޒާލް އަހާލިއެވެ. “އަދި ނިދި ނާދޭ… ދޮންބެއޯ” އަމޭލިއާވެސް އެސުވާލު ތަކުރާރު ކޮއްލިއެވެ. “ނިދަން މިދަނީ.. އެމީ މިތާ އިންތަންފެނި މިއައީ.. މިއަދު ބައްދަލުވިތަ އިބްރާހިމްބެއާ… ” މިފްޒާލްގެ ސުވާލަށް އަމޭލިއާ ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. “ރަނގަޅުވާނެ އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް.. ލަސްނުވެ ނިދަން ދައްޗޭ” މިފްޒާލް ދަމުން ދިޔައީ އަމޭލިއާގެ ބޮލުގައި ފިރުމާލުމައްފަހުގައެވެ.

ޓެރަހުގައި އަމޭލިއާ ދެކޮޅަށް ހިނގާލަ ހިނގާލަ އިންނަތާ އެއްގަޑި އިރުވެދާނެއެވެ. ރެއިލިންގްގައި އަތް އަޅުވާލުމައްފަހު ފުންނޭވާއެއް ބޭރުކޮއްލީ ދެން ރާސިލް ނުފެންނާނޭ ހިތަށް ވިސްނާދެމުންނެވެ. “އާ” ފަހަތުން މީހަކު އަމޭލިއާގެ ގައިގަ ބައްދައި ގަތުމުން އަމޭލިއާ ބިރުން ހަޅޭއްލަވައިގަތެވެ. “ޝޫޝް.. އިޓްސްމީ” ރާސިލްގެ އަޑު ކަންފަތުގައި ޖެހުމާއެކު އަމޭލިއާ ހަމައަކަށް އެޅުނެވެ. “އެކަމަކު ކިހިނެއް މިތަނަށް ވަނީ” މިގަނޑީގައި ރާސިލް ގެއަށް ވަނީ ކިހިނެއްކަން އަމެލިއާ ބަލަން ބޭނުންވިއެވެ. “އަހަރެންގެ ނަސީބު.. ދޮރު ތަޅުނުލާ ހުރީ.. ބަލާބަލަ ފިނިކަން.. މިތާގަ ހުންނަތާ ކިހާ އިރެއް ވެދާނެ” އަމޭލިއާގެ ދެއަތުގައި ފިރުމަމުން ރާސިލް ބުންޏެވެ. “ނުވާނެ ގިނައިރެއް.. ދެންމެ މިނިކުތީ….” އަމޭލިއާ ދޮގެއް ހަދާލިއެވެ. ރާސިލްގެ ތުންފަތްމަތީގައި މައުނަވީ ހިނިތުންވުމެއް ވިއެވެ. އަމޭލިއާ މިތާ އިންނަތާ ދެގަނޑިއިރަށް ވުރެއްވެސް ގިނައިރުވާނެކަން ޔަގީނެވެ. ޓެރަހުގައި އަމޭލިއާ އުޅުނުގޮތް ބަލަން ރާސިލް ހުރީ ފޫހިކަމެއް ނެތިއެވެ. އެހެން ނަމަވެސް އިރު އިރު ކޮޅާ އަމޭލިއާ ރާސިލް އިންތޯ ބަލާލާކަން އިހްސާސްވެ ހިތައް ކެއްނުވީއެވެ. ރާސިލް ކުރިއްވުރެއްވެސް ބާރަށް އަމޭލިއާގެ ގައިގަ ބައްދާލިއެވެ. “އެމީ.. އައި ލަވްޔޫ ސޯ މަޗް… ” ރާސިލް ވައި އަޑުން އެހެން ބުނި އިރު އަމޭލިއާގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. އެއަޑުގައި ވީ މަސްތީކަމުން އަމޭލިއާއަށް ލޯމަރާލެވުނެވެ. ރާސިލް މަޑު މަޑުން އަމޭލިއާ ރާސިލް އާވީ ދިމާލަށް އަނބުރާލީ އަމޭލިއާގެ އުނަގަނޑުގައި ހިފަމުންނެވެ. ރެއިލިންގްގައި އަމޭލިއާގެ ބުރަކަށި ޖެހުމުން ރާސިލް ކުރިއަށް ވުރެއްވެސް އަމޭލިއާ އާއި ގާތްވެލިއެވެ. ރާސިލް އަމޭލިއާގެ ކޯތާފަތުގައި ބީހިލުމައްފަހު ދަތްދޮޅީގައި ހިފާ މައްޗަށް ހިއްލާލީ އެމޫނު ރީތިކޮށް ބަލާލުމަށެވެ. ދެލޯ މަރައިގެން އަމޭލިއާ އިން ގޮތުން ރާސިލްއަށް ހުރެވުނީ އެ މޫނަށް ބަލަހައްޓައިގެންނެވެ. މަޑުމަޑުން އެކަކު އަނެކަކުގެ ހޫނު ނޭވާ އެޅޭހަ ކައިރިއަށް ދެވުމުން ރާސިލް އަމޭލިއާގެ ލޮލަށް ބަލާލިއެވެ. ކުރިއެކޭ އެއްގޮތަށް ބަދަލެއް ނައިސް އެއިންގޮތަށް އިންތަން ފެނުމުން ރާސިލް ތުންފަތް ގެންގޮސް އަމޭލިއާގެ މަޑު އެ ފިޔާތޮށި ކުލައިގެ ތުންފަތާ ގާތްކޮއްލިއެވެ. އަމޭލިއާއަށް ރާސިލްގެ ގަމީހުގައި ހިފާ އަތަށް ބާރު ކޮއްލެވުނީ ކުރެވުނު ފޮނި އިހްސާސުންނެވެ. އެކަކު އަނެކަކު ނޭވާ ކުރުވާހެން ހީވުމުން ފަހަތަށް ޖެހިލީ ނޭވާ ހަމައަކަށް އެޅުވުމަށެވެ. އަމޭލިއާ ލަދުން ރާސިލްގެ ގައިގަ ބައްދައިލީ މޫނު ފޮރުވަމުންނެވެ. ރާސިލްވެސް އަމޭލިއާ ގަޔާލާ ބޮނޑިކޮއްލީ ވާލޯބި ހާމަކުރަމުންނެވެ. “ރާސިލް އައި ލަވްޔޫ.. ނުދައްޗޭ އެމީ ދޫކޮއްލާފަ.. މިއަދު ހަމަ ހިތް ބިރުގަންނަނީ” އަމޭލިއާ އެ ހުރި ގޮތަށް ހުރެ ބުނެލިއެވެ. “ޖާނުގަނޑާ… ތިކަހަލަ އެއްޖެހި ހިތައް އަރުވާކަށްވެސް ނުވާނެ.. އައި ލަވް ޔޫ އޭ… މިފުރާނަ ހުރިހާ ހިނދަކު ނުދާނަން ވައިފީ ދޫކޮއްލާފައެއް” ރާސިލް އަމޭލިއާއަށް ވަމުން ދިޔަ ވައުދުތަށް ހެކި ވަމުންދިޔައީ އުޑުގައިވާ ހަނދާއި ތަރިތަކެވެ.

“ރާސިލް” އަމޭލިއާ ރާސިލްގެ މޫނަށް ބަލާލީ ބުނަން އުޅޭ ވާހަކައިގެ ބޮޑުކަމުންނެވެ. “ޔެސް… ކިހިނެއްވީ” ރާސިލް ކަންބޮޑުވީ އަމޭލިއާ ބަލަން އިން ގޮތުންނެވެ. “ރާސިލްއަށް އެނގޭތަ އެމީގެ ކުޑޭ މިދުނިޔޭގައި ނެއްކަން” އަމޭލިއާ ބުނަން އުޅޭ ވާހަކައަކަށް ރާސިލް ސަމާލުކަންދިނެވެ. އަދި ބޮލުގެ އިޝާރާތުން ނުނެކޭ ބުނީ ކިހިނެއްހޭ އަހަމުންނެވެ. “އެއީ ވަރަށް ކުރީގަ… ޖަލުގަ އޮއްވާ…” އަމޭލިއާއަށް ވާހަކަ ކުރިއަށް ގެންދަން ވަނީ އުދަގޫކަމަކަށެޗެ. “ޖަލުގައޭ… ކީއްވެ ޖަލަށް.. ވަރަށް ގޯސްކޮށްތަ އުޅުނީ އޭނަ” ރާސިލް އިތުރަށް އެވާހަކަ އަޑުއަހާ ހިތްވިއެވެ. “ނޫން… މީހަކު ފްރޭމް ކޮއްގެން.. އެކަމަކު އެތާގަ އޮއްވާ ދަންޖެހުނިއްޔޭ އެމީހުން ބުނީ.. އެކަމަކު އެމީ ނުކުރަން އެވާހަކަ ގަބޫލެއް.. އެހެންވެ އެމައްސަ މިބަލަނީ އަނެއްކާ” އަމޭލިއާ ވާހަކަ ދައްކަމުން ދިޔައިރު އަޑު ބެދޭ ގޮތްވިއެވެ. ރާސިލް އަމޭލިއާ ގެނެސް ފޮރުވާލީ އެއަތުގެ ތެރޭގައެވެ. “އެމީހުން ކުރިކަމުގެ އަދަބު ލިބެންޖެހޭނެ.. އައިވިލް ސަޕޯޓް ޔޫ” ރާސިލް އަމޭލިއާއަށް އެއްބާރުލުން ދޭނެކަމަށް އެބުނީ ވާހަކައިގެ އެއްބައި އަޑުއަހައެވެ. އަމޭލިއާވެސް އިތުރަށް އެވާހަކަ ކުރިއަށް ނުގެންދިޔައީ އިތުރަށް އެވާހަކަ ދައްކާނެ ހިތްވަރު ނެތުމުންނެވެ. އެގޮތުގައި އެތަށް އިރެއް ވޭތުކުރުމަށްފަހު ދެމީހުން އެކަކު އަނެކަކު ދެކެ ވާ ލޯބި ހާމަކުރުމައްފަހު އެރެއަށް ވަކިވިއެވެ.

……………

“ރާސިލް” ހެނދުނުގެ ނާސްތާއަށް މޭޒުމައްޗަށް އެންމެން އެއްވެ ތިބި އިރު މަދުވަނީ ރާސިލް އެކަންޏެވެ. “އެބަ އަންނަން” ރިއުފާ ތެދުވެ ދާން ހިނގައިގަތް ތަނުން ކުރިމަތިން އަންނަ ރާސިލް ފެނި ސީޓުގައި ހަމަޖެހިލިއެވެ. “ރާސިލް ކައިވެނި ކުރުމައް ހަފްތާއެއް ޗުއްޓީ ނެގިވާހަކަ މަންމަ ބުނި.. ވަރަށް ރަނގަޅު ކަމެއް ތިކުރީ..” މަހްމޫދު ރާސިލްއާ ވަހަކަ ދައްކަމުންދިޔައެވެ. “ބައްޕާ” ރާސިލްގެ ހިތުގައިވާހާ ސުވާލުތަކުގެ ޖަވާބު ރާސިލް ބޭނުމެވެ. އެކަމަކު މީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ނޫންކަން ސިކުނޑި ސިގްނަލް ދިނެވެ. “ވާވް.. ދޮންބޭ.. މަދަމާ ނޫން އަނެއް ދުވަހު ނޫރާ ދައްތަ ރަން ކިޔާނެ ދޯ… ފައިނަލީ” ރިއުފަގެ މޫނުމަތިން ފެންނަމުން ދިޔައި އުފާވެރިކަމެވެ. ރާސިލް އެއްޗެކޭ ނުބުނުމުން މަހްމޫދު އާއެކޭ ބުނީ ރިއުފާގެ ސުވާލަށް ޖަވާބު ދެމުންނެވެ.

ފުރުސަތަކަށް އިންތިޒާރު ކުރަމުން ދިޔަ ރާސިލްއަށް ހަމަޖެހިލެވުނީ ނާސިރާ އަދި ރިއުފާ ދިޔުމުންނެވެ. “ބައްޕާ.. ވާހަކައެއް އަހާލަންވެގެން” ރާސިލް ވަރަށް ޖެހިލުންވެ ހުރެ ވާހަކަ ފެއްޓިއެވެ. “ބައްޕަ ސިފައިންގެން ވަކިވި ސަބަބަކީ ކޮބާ” ރާސިލްގެ ސުވާލުން މަހުމޫދުގެ މޫނުމަތިން ދާތިކިތަކުގެ ނިޝާން ފާޅުވާން ފެއްޓިއެވެ. “ކިހިނެއްވީ” ހާސްކަން ފޮރުވަން މަސައްކަތް ކުރަމުން މަހްމޫދު އަހާލިއެވެ. “އަޑުއެހިން ތިތާ ކޮންމެވެސް ކަމެއްވީއޭ…. އެއީ ތެދެއްތެ..” ރާސިލް ދުރުދުރުން ވާހަކަ އެހީ މަހްމޫދަށް އަންނަމުންދާ ބަދަލުތައް ބެލުމަށެވެ. “ރާސިލް އަބަދުވެސް ކޮންމެވެސް ކަމެއް އެތަންތާގަ ހިނގަ ހިނގާ ހުންނާނީ… ” ހިނިގަނޑެއް ޖަހާލަމުން މަހުމޫދު ގޮޑިން ތެދުވީ ރާސިލްގެ ސުވާލުތަކަށް ނިމުމެއް ނާންނާނެކަން އެނގޭތީއެވެ. ރާސިލް އެއިންގޮތަށް ހުރި އިރު މަހްމޫދު ކަމެއް ސިއްރު ކުރާހެން ފުރަތަމަ ފަހަރަށް ހީވިއެވެ.

…………..

ސްޓާފުންގެ ވެއިޓިން އޭރިއާގައި ޔާމިން ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ ރާސިލްގެ އިންތިޒާރުގައެވެ. “ކިހިނެކޭވީ” ޔާމިންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. “ރާސިލް ކުރިން ދުވަހު ޔުމްނާ ބުންޏެއްނު އަމޭލިއާގެ ބޭބެއެއްވެސް ޒަހަމް ވެފަ އޮތޭ… އެނގޭތަ އޭގެ ހަފްތާއެއް ފަހުން އޭނަ ހޮސްޕިޓަލަށް ގެނައި.. އޭނަ އޮތީ މަރުވެފަ.. ދަންޖެހިގެންނޭ ކީ.. އެކަމަކު މިތާ މީހުން ބުނި ހަމަ މަރާލާފައޭ… އަހަރެންނަށްވެސް ހަމަ ދެންމެ މި އެނގުނީ… އެނގެއެއްނު ޑރ ޝިވާ.. އޭނަ ބުނީ…” ރާސިލްއަށް އަމޭލިއާ ދެއްކި ވާހަކަތަށް މަތިން ހަނދާންވީ ދެނެވެ. “އަނެއްކާ އެބުނަނީ އެކަމުގެ ފަހަތުގައިވެސް އަހަރެންގެ ބައްޕަ ވެއޭތަ” ރާސިލް ބެންޗުގައި އިށީނީ ކޮޅަށް ހުންނާނެހާ ވަރެއް ނެތުމުންނެވެ.

ނުނިމޭ”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

އެކުގަ ނިމިގެން ދިޔުން ބޭނުމޭ…(4)

Next

އަހަރެންގެ ވާހަކަ 2

Next
February 26, 2016

އަހަރެންގެ ވާހަކަ 2

Previews
February 26, 2016

އެކުގަ ނިމިގެން ދިޔުން ބޭނުމޭ…(4)

26 Comments!

  1. twnkl str says:
    February 26, 2016 at 4:35 pm

    Yeyyy im frst …wowww vvvv salhi

  2. Aisha says:
    February 26, 2016 at 4:56 pm

    Inthizaaru koh koh varu bali v fahun kiyaalan libije kuda kuda thankolheh ?? bt haadha reethi ey… Dhn anehka inthizaaru kuran Dashawn v dhw???? dhn annabai hyvey v reethi vaane hn❤️❤️Whn next part❓⁉️❗️❓

  3. saf says:
    February 26, 2016 at 5:15 pm

    Vvvvvvvvvvvvvvvvv reethi maa kury raasil n emy haadha romentic ey raasil ah hurihaa ehcheh olhun filuva dhyba plx vvvvv nice

  4. saaaaa says:
    February 26, 2016 at 5:27 pm

    Vvv reethi next part avahah up kohdheeba pls

  5. Aimsithu says:
    February 26, 2016 at 5:32 pm

    Yeyyyyy. … varah reeethi mi part vex.. ekam maaa kuruhen heeevany… plz adhi thankolheh dhigu kohllaane nama…

  6. Anonymous says:
    February 26, 2016 at 5:48 pm

    Vaahaka eh nufeney

  7. Anonymous says:
    February 26, 2016 at 5:50 pm

    Vaahaka eh nufeney…..

  8. Misty says:
    February 26, 2016 at 6:06 pm

    Varah salhi

  9. abhy says:
    February 26, 2016 at 6:42 pm

    Varah salhi

  10. girl says:
    February 26, 2016 at 6:53 pm

    wowwwwwwwww luvvvvvv u kamana

  11. ifaa says:
    February 26, 2016 at 7:07 pm

    v salhi ekm maa kuru vefa up kuraaleh lahyy.

  12. kamana says:
    February 26, 2016 at 7:12 pm

    hurihaa kudhinnah vx thnk u ??n lov u guyxx tooo. Mi part kurutha? Alheyyy. Maadhama part eh up kohdheynan insha allah. Okeyyy ??

    1. Aisha says:
      February 26, 2016 at 7:31 pm

      Good news eh ?? insha allah mi thiby hama inthizaaru ga….. Waiting waiting hama ❤️❤️❤️❤️

  13. bodu kameh says:
    February 26, 2016 at 7:27 pm

    mydhen bodhukameh….mi syrry aa hedhy esfiya balaalan vx foohi vey..

  14. eMi says:
    February 26, 2016 at 7:35 pm

    Really tha???!! Ofcoxx beynun.. madhama up kohdhehchey. Cnt wait…
    Nd this partvx hama,, woww… It’s really nice..,., waiting 4 nxt part:)

  15. double bodu kameh says:
    February 26, 2016 at 7:43 pm

    Meedhen double bodu kameh… mi story aa hedhi abadhu abadhu esfiya balaa hih vanee;P

  16. double bodu kameh says:
    February 26, 2016 at 7:46 pm

    Mydhn double bodu kameh… Mi story aa hedhi abadhu abadhu esfiya balaahih vaneeeeee;);):)

  17. řëđ~ņìqãbý says:
    February 26, 2016 at 7:50 pm

    ????
    Bust vaaan ulhenee dhww..yes yes! But varah sad vaane raasil and emy ge relation ah gotheg viyya!

  18. Ily says:
    February 26, 2016 at 8:38 pm

    Omg???
    Wooooooooow v reethi?????

  19. Xee Thu says:
    February 26, 2016 at 8:39 pm

    Raasil ur father is a killer…

  20. visnun says:
    February 26, 2016 at 8:54 pm

    i think raasil eh egunya emy dhookohfa dhaany hen and he will marry aneh girl noora kanneyge… and dhn maazil will support emy … just a guess… i love this story

  21. noo says:
    February 26, 2016 at 8:58 pm

    Alhey mi oh kameh.. Haadha reecheyy .. Heevani ehen fadha kameh hen…

  22. Emy says:
    February 27, 2016 at 2:08 am

    Wow wow… Just wow….

  23. bodu kameh says:
    February 27, 2016 at 4:55 am

    acheedhi

  24. naax says:
    February 27, 2016 at 5:29 am

    Varah reethi

  25. fathun says:
    February 27, 2016 at 8:02 am

    mi coca cola fulhi boduvaa varun story bae akuru nufeney

Comments are closed.

Next Episodeކުރަމުން ތިދާހާ ގޯނާ 18..←


All Right Reserved!