Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރަމުން ތިދާހާ ގޯނާ 18..

kamana
February 27, 2016
6 Mins Read
57 Views
25 Comments

“އަނެއްކާ އެބުނަނީ އެކަމުގެ ފަހަތުގައިވެސް އަހަރެންގެ ބައްޕަ ވެއޭތަ” ރާސިލް ބެންޗުގައި އިށީނީ ކޮޅަށް ހުންނާނެހާ ވަރެއް ނެތުމުންނެވެ.

“ރާސިލް.. އަޅެ ބައްޕައާ ވާހަކަ ދައްކަންވީނު.. ފަހަރެއްގައި ހަމަ” ޔާމިން ވާހަކަ ދައްކަ ދައްކަ ހުއްޓާ ރާސިލް ތެދެވެ ހިނގައިގަތީ ހޮސްޕިޓަލްއިން ނުކުތުމަށެވެ. ޔާމިން ބޮލުގައި އަތްކާތާލީ އެންމެ ގާތް ރަހުމަތްތެރިޔާ އަތުންފައިން ގޯހެއް ހަދާފާނެތީއެވެ.

…………

މެންދުރު ގަދަ ހޫނުދެމުންދިޔަ ވަގުތުގައި ރާސިލް ރާޅުގަނޑު ސަރަހައްދުގައި އިށީދެލައިގެން ހުރީ ދުނިޔެ މަތިން ފޫހިވެފައެވެ. މުޅިމީހާ ވަށާ ކަޅު އަނިދިރި ކަމުގެ ސާލެއް ފެތުރެމުންދިޔައިރު އެހިތުގައި އަދަމުން ދިޔަ އަލިފާންގަނޑުގެ ހުޅުވަނީ ހައްތަހާ ބޮޑެވެ. އަތުގައި ޖެހުނު ގާކޮޅު އަތުގެ ކޮޅަށް ހޫރާލެވުނީ އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުމުންނެވެ. އަމޭލިއާގެ ލޯތްބަށް އެދި އާދޭސްކޮށް އެލޯބި ކާމިޔާބުވީ އެތަކެއް މަސައްކަތުންނެވެ. އެހެންނަމަވެސް އެލޯބި ގުރުބާން ކުރުން އެއީ ހަށިގަނޑުގައި ފުރާނައޮއްވާ ވަޅުލުން ކަހަލަ ކަމަކަށްވާނެއެވެ. “ނުވާނެ އެހެނެއް.. ހަމަ ބައްޕަ އަށް ނުވެވެސް ހިނގައި ދާނު…” ރާސިލް ކޮޅަށް ތެދުވަމުން އަމިއްލަ ނަފްސަށް ވިސްނައި ދެވޭތޯބެލިއެވެ. ބާރު ހިނގުމެއްގައި ގޮސް ސައިކަލަށް އަރާ ސްޓާޓް ކޮއްލީ ގެއާ ދިމާލަށް މިސްރާބު ޖަހަމުންނެވެ.

………….

“މަންމާ” މެންދުރު ނަމާދަށް ފަހު ގުރުއާން ކިޔަވަން އިށީދެގެން އިން ނާސިރާ އަވަހަށް ތެދުވެ ބޭރު ބަލާލީ ރާސިލްގެ އަޑަށެވެ. ރާސިލްގެ މޫނުމަތިން ފެންނަމުންދާ ޝުއުރޫތަށް ދެނެގަންނަން ނާސިރާއަށްވީ އުދަގޫކަމަކަށެވެ. “ދަރިފުޅާ ކިހިނެއްވީ.. ބައްޕަ ވާނީ އޮފީހަކުނު…” ރާސިލް މަހުމޫދަށް ގޮވާލުމުން ނާސިރާ ބުންޏެވެ. “ކަމެއްނުވޭ.. ބައްޕަ މެންދުރު ކާންވެސް ނާންނަނީތަ” ނާސިރާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވާން ހުރުމުން ރާސިލް ދެރަވިއެވެ. ރާސިލްގެ ސަބަބުން ނާސިރާއާއި މަހުމޫދުގެ ގުޅުމަށް ހީނަރުކަމެއް އަންނަން ރާސިލް ބޭނުމެއްނޫނެވެ. “މިއަދު ނާންނާނެ… މިރޭ ކަންނޭގެ އަންނާނީ… ވަރަށް ބިޒީކޮއްށޯ މިއުޅެނީ.. ދަރިފުޅާ ކަމެއްވީތަ” ނާސިރާ ރާސިލްގެ ބުރަކަށީގައި ފިރުމާލަމުން އަހާލިއެވެ. ރާސިލް ނާސިރާގެ ގައިގަ ބައްދާލީ ހިތައް ކުޑަވެސް ލުއެއް ލިބޭތޯއެވެ. “ދަރިފުޅާ.. ކިހިނެއްވީ” ރާސިލްއަށް ކަމެއް ވެއްޖެކަން ނާސިރާއަށް ނަގައި ގަނެވުނެވެ. ނާސިރާއަށްވުރެއް ދިގު ބޮޑު އެ ހަށިގަނޑުގައި ފިރުމާލީ ކޮންމެ ކަމެއްގައިވެސް ނާސިރާ ވާނެކަން އަންގާދެމުންނެވެ. “މަންމާ… މަންމަ ކުޑަކަމުން އަޅުގަނޑުގެ އިނގިލި ވަރުވޭ.. ހިހިހިހި” ރާސިލް ނާސިރާގެ ކޮނޑުމަތިން ބޯހިއްލާލުމައްފަހު ބުނެލީ ކުޑަކޮށް ހީލަމުންނެވެ. ރާސިލް އެބުނީވެސް ދޮގެއްނޫނެވެ. ނާސިރާއަކީ ހިކި ކުރުކޮށް ހުންނަ މީހެކެވެ. “ދަރިފުޅު މެން ދުވަހަކު ބޮޑެއް ނުވާނެ.. ކާން ހަދާދޭންވީތަ” ރާސިލް ނާސިރާއަށް ނޫނެކޭ ބުނެ ކޮޓަރިއާ ދިމާލަށް ދިޔައީ ރޭގަނޑުވާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ.

…………….

ބުރަކޮށް މަސައްކަތުގައި އުޅުމައްފަހު އަބްދުލް ރަހުމާނު ގެއާ ދިމާލަށް މިސްރާބުޖެހީ ކާރުގައެވެ. ގަރާޖައް ކާރު ވެއްދުމައްފަހު ކާރުން ނިކުތީ ގެއަށް ވަނުމަށެވެ. އެހެން ނަމަވެސް ހުރިތަނަށް ގަނޑު ވެފައި ހުރެވުނީ ކުރިމަތިން ފެންނަމުން ދިޔަ ސޫރަފެނިއެވެ. ކުރިމަތީގައިވާ ޕާކްވިއުއަށް ވަންނަން އެދިމާކޮއްލީ އުބައިދު ނޫން ދެވަނަ މީހެއްނޫނެވެ. އައް އަހަރުގެ ކުރީގެ ހަނދާންތައް އަބްދުލް ރަހުމާނުގެ ކުރިމަތިން ސިފަވަމުން ދިޔައީ ޓީވީއެއްގެ މަންޒަރެއް ހެނެވެ. ލޮލުގައި ކަރުނައިގެ އަސަރު ފާޅުވާން ފެށިއިރު ރުޅިވީ ގަދައެވެ. އުބައިދުއާ ދިމާލަށް ދާން މިސްރަބު ޖެހިއިރު އުބައިދު ޕާކްވިއުއަށް ވަދެއްޖެއެވެ. އަބްދުލް ރަހުމާނު އަވަސް އަވަހަށް ލިފްޓާ ދިމާލަށް ދިޔައީ އަމޭލިއާ އާއި ބައްދަލު ކުރުމަށެވެ.

“އެމީ… ދަރިފުޅާ” އަބްދުލް ރަހުމާނު ގެއަށް ނުވަދެވި އަމޭލިއާއަށް ގޮވަންފެށިއެވެ. އެއަޑަށް އަމީނާ ކޮޓަރިން ނުކުތީ ވެގެން އުޅޭގޮތެއް ބެލުމަށެވެ. “ކޮބާ އެމީ” އަބްދުލް ރަހުމާނު އަމީނާ ކުރެން އަހާލިއެވެ. “އަދި ނާދޭ.. ކިހިނެއްވީ ރަހުމާނޫ” އަމީނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުފާޅުވާންފެށިއެވެ. “ނުވޭ ކަމެއް.. ކޮބާ މިފްޒާލް… އަދި ނާދޭތަ… އަހަންނަށް ވުރެއް ކުރިން އޭނަ އޮފީހުން ނިކުތް” މިފްޒާލް ފެންނަން ނެތުމުން އަބްދުލް ރަހުމާނު އަހާލިއެވެ. އަމީނާ ބޯޖަހާލުމުން އަބްދުލް ރަހުމާނު ކޮޓަރިއަށް ވަނެވެ. އަބްދުލް ރަހުމާނުގެ ފަހަތުން އަމީނާވެސް ކޮޓަރިއަށް ވަނީ ވެގެން އުޅޭގޮތެއް އޮޅުންފިލުވުމަށެވެ.

………….

ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން ހަށިގަނޑަށް އާދިރުމެއް ގެނެސްދޭ ކަހަލައެވެ. ޒީނާއާއި މާޒިން ބީޗުގައި ހިނގާލާފަ ދިޔައީ މަޑު ހިނގުމެއްގައެވެ. ހަވީރުގެ ވަގުތު ކަމުން ފެންނަމުންދިޔައީ ކުޑަކުދިންނާ ބޮޑެތި މީހުން މޫދަށް އެރި ސަކަރާތް ޖަހަމުންދާ މަންޒަރެވެ. “މާޒިން… ” ޒީނާ މާޒިންއަށް ގޮވާލިއެވެ.”ހޫމް” މާޒިން ހޫމް ލައްވާލުމުން ޒީނާ މާޒިންގެ އަތުގަ ހިފާ ހުރިތަނަށް ތިރިކޮއްލީ ބިންމަތީގައި އިށީނުމަށެވެ. “ކިހާ އިރެއް މިހެއް ހިނގާތާ… ވާޅުވެއްޖެ ދެފައި” ޒީނާ ފައިގަ އަތް ކާތާލަމުން ބުންޏެވެ. “ސޮރީ… ނުވެސް އިނގޭ މިހާ ހިސާބަށް ހިނގުނުކަންވެސް” މާޒިން ހީލަމުން އެހެން ބުނުމުން ޒީނާ މާޒިންއަށް ބަލާލިއެވެ. “ނޭނގޭނެ.. އަމް މާޒިން.. އޯކޭތަ…” ވަރަށް އަހަން ނާހަން ހުރެފަ ޒީނާ އަހާލީ ޖެހިލުންވެ ހުރެއެވެ. “ހިހިހި.. ޒީ އަށް ހީވޭތެ… “މާޒިންގެ ޖަވާބު ވަރަށްވެސް ކުރެވެ. “ސޮރީ.. އަހަރެންނަށް އިހްސާސްވަނީ އަހަރެންގެ ސަބަބުންނޭ އެހެންވީ….” ޒީނާ ތުންފަތުގައި ދަތް އަޅާލަމުން އެހެން ބުނީ އިސްޖަހާލަމުންނެވެ. “ޒީ… އަހަރެންނަށް އެނގޭ ޒީ އަހަރެންނަށް ދެރަގޮތެއްވާން ނޭދޭނެކަން… އައި ނޯ…. ސޯ ޑޯންޓްބީ… އަސްލު ތެދައްބުނަންޔާ އެހުރިހާ ކަމެއްވީ އަހަރެންގެ ފިނޑި ކަމުން.. ލޯބިވާ މީހާ ކުރިމަތީގައި ހުރި އިރުވެސް ލޯބިވާކަން ހާމަ ނުކުރެވުނީ….” ދުރުދުރަށް ފެންނަމުންދާ ކަނޑަށް ބަލަހައްޓައިގެން ހުރެ މާޒިން ބުންޏެވެ. ޒީނާ މާޒިންގެ އަތުގައި އަތްބާއްވާލީ ހުރިހާކަމެއްވެސް ވާނީ ރަނގަޅައްށޭ ބުނަމުންނެވެ.

***********

ރާސިލް ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ މަހުމޫދު އަންނާނެ އިރަކަށެވެ. އެނދުމަތީގައިވާ ފޯނުނަގާ ބަލާލީއިރު އަމޭލިއާގެ ދިހަ މިސްކޯލް އިނެވެ. ރާސިލް ފޯނުގެނެސް މޭގައި ޖައްސާލީ އަމޭލިއާ ކިބައިން މާފައް އެދެމުންނެވެ. އަމޭލިއާ އާއި ވާހަކަ ދައްކާނެ ހާ ހިއްވަރު ރާސިލްގެ ހަށިގަނޑަކުނެތެވެ. “އެމީ… އައެމް ސޮރީ… އައި ލަވްޔޫ ސޯމަޗް” ރާސިލް ފޯނުގެނެސް މެއާލާ ބޮނޑިކޮއްލީ އަމޭލިއާ ސިފަކުރަމުންނެވެ. ރާސިލްގެ އިންތިޒާރަށް ނިމުމެއް އައީ މަހްމޫދުގެ އަޑަށެވެ.

“ބައްޕާ…. އަޅުގަނޑު ވާހަކައެއް އަހާލަން ވެގެން” ރާސިލް މަހްމޫދުގެ ފަހަތުން ޓެރަހަށް އަރަމުން ބުންޏެވެ. “ކޮން” ރާސިލްގެ އެ ސުވާލުންވެސް މަހްމޫދުގެ މެއަށް ގޮތެއްވިއެވެ. ހަމަޖެހޭން ކިތައްމެ މަސައްކަތެއް ކުރިއަސް މީހާ ދާހިއްލަނީއެވެ. ޓެރަހަށް އަރާ ހަމަޖެހިލުމައްފަހު ގޮޑީގަ އިށީނީ ރާސިލް ކައިރިގައި އިށީނުމަށް ބުނަމުންނެވެ.

“ބައްޕާ އަލުގަނޑު ބައްޕައަށް ވަރަށް އިތުބާރުކުރަން…. ހޮސްޕިޓަލް ތެރޭގައި ކީ…. ސްކޫލް ކުއްޖެއްގެ ގަޔަށް ޕޮލިހުންގެ ބަޔަކު އެރީއޯ…. ބައްޕަ” ރާސިލް އެހެން އެހުމާއެކު މަހްމޫދު ހުރި ގޮޑިން ކޮޅަށް ތެދުވިއެވެ. “ރާސިލް ކީކޭ ކިޔަން ތިއުޅެނީ… އަހަރެންނަކަށް ވަގުތެއް ނެތް ބޭކާރު ވާހަކަ އަޑުއަހާކަށް…” މަހްމޫދު ރާސިލްއާ އެގޮތަށް ވާހަކަ ދެއްކި އެއީ ފުރަތަމަ ފަހަރެވެ. މަހުމޫދު ބާރު ހިނގުމެއްގައި ޓެރަހުން ފައިބައިގެން ދިޔައީ ރާސިލް ކިޔަމުންދިޔަ އެއްޗަކަށް އަޅާނުލައެވެ.

ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި މަހުމޫދު އިރު އިރުކޮޅާ މޫނުފޮހެލަނީ ދާހިއްލާތިއެވެ. މަހްމޫދުގެ މޫނުމަތިން ފެންނަމުން ދިޔައީ ބިރުވެރިކަމާ ހާސްކަމެވެ. ޖީބުން ފޯނުނަގާ އުބައިދަށް ގުޅާލީ ދެން ހަދާނެ ގޮތަކާ މެދު ވާހަކަ ދެއްކުމަށެވެ.

“އުބައިދު… ރާސިލް އަހަރެން ކައިރީގަ އެ ސުވާލު ކުރަމުން ދާވަރުން މިހާރު އަހަރެން ބިރުގަންނަން ފަށައިފި… ކިހިނެއް ހަދަންވީ…..ކީކޭ…. ރާސިލްއަށް ކިޔާދޭށޭ…. ރާސިލްއަކީ ކުޑަކުއްޖެއް ނޫނޭ…. ނުވާނެ….. ދެން ތިބުނީ އަހަރެން އޭނަ ކައިރީގަ ބުނާށޭތަ އެ ކުއްޖާ ގަޔަށް އަހަރެންވެސް އެރިއޭ…..” “ބައްޕާ” މަހްމޫދު ފަހަތް އެނބުރި ބަލާލީ ރާސިލްގެ އަޑު އިވުމުންނެވެ. އަތުގައިވާ ފޯނު އަތުން ދޫވެ ތަޅުން ގަނޑުމައްޗަށް ވެއްޓި އޭގެ ބިއްލޫރި ގަނޑު ތަޅައިގެން ދިޔައެވެ.

“ރާސިލް….” މަހްމޫދުގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައަށް ބިރުވެރިކަމެވެ. “ބައްޕަވެސް… ބައްޕަތީ އެކަހަލަ މީހެއް ނޫނެއްނު.. ދެން ކީއްވެ… އެއީވެސް މީހެއްގެ ދަރިއެއްނު… އެކަމަކުވެސް ހުރިހާ އެންމެންގެ ތެރެއިން ކީއްވެ އެމީ…. ކީއްވެ” ރާސިލްގެ ލޮލުން ކަރުގައިގެ ވިދުންތަކެއް ވިދައް ފެށީ މަހުމޫދު ބަލަ ބަލަ ހުއްޓައެވެ. ” ކޮން އެމީއެއް” ރާސިލް އެމީއޭ ބުނުމުން މަހުމޫދު އަހާލިއެވެ. “ބައްޕާ…. އެމީ އެއީ އެކުއްޖާ…. ބައްޕާ ދެން ކިހިނެއް… ކިހިނެއް އެމީ ކުރިމައްޗަށް އަޅުގަނޑު އަރާނީ…. “ރާސިލްގެ ލޮލުން ފާއްދާލި ކަރުނަތިކި ފެނި މަހުމޫދު ދެރަވިއެވެ. “ރާސިލް އެއީ ކުރީގައެއްނު.. ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެ… އެހެން ނޫނަސް ރާސިލް ކީއްކުރަން އޭނަ ކުރިމައްޗަށް އަރަންވީ… ރާސިލް ނުޖެހޭނެ އޭނަ ކުރިމައްޗަށް އަރާކަށް” މަހުމޫދު ދިޔައީ ހަމައަކަށް އެޅެމުންނެވެ. ކުރެވުނީ ކިހާ ބޮޑު ފާފައެއް ކަމެއް ނޭނގި އަމިއްލަ އަށް އެއީ ކުޑަކަމެއްގެ ގޮތުގައި ދެކުނެވެ. “ބައްޕާ.. އަޅުގަނޑު އޭނަ ދެކެ ވަރަށް ލޯބިވޭ…. އެކަމަކު ބައްޕަ ދެން ކިހިނެއް… ދެން ކިހިނެއް އޭނަ ދެކެ ލޯބިވެއޭ މިދުލުން ބުނާނީ… އޭނައަށް މިކަންތަށް އެނގޭ ދުވަހަކުން އަޅުގަނޑަށް ނަފްރަތު ކުރާނެ” ރާސިލް ދެކަކޫ މައްޗަށް ތިރިވެ ރޮމުން ދިޔައީ މަހުމޫދުގެ ކުރިމަތީގައެވެ. “ރާސިލް ކާކުބުނެގެން ތި ލޯބިވީ… ނޫރާއާ އިންނަން މިހާ ގާތްވެފަ އޮއްވާ ރާސިލް މީހުންދެކެ ލޯބިވަމުން ދާއިރު ލަދެއް ނުގަނޭތަ…. ރާސިލްގެ ތިއުޅުން އުބައިދަށް ފެނިއްޖެއްޔާ އަހަރެން ކިހާ ލަދެއް ގަންނާނެ” ރާސިލްގެ ކުރިމަތީގައި މަހްމޫދު ދިޔައީ ހިއްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. “ބައްޕަ ލަދެއް ނުގަނޭތޯ” ރާސިލް ދެކަކޫ ނެއްޓި ފަހަތަށް ވެއްޓުނީ މަހުމޫދު އައްވީލާ ރާސިލްގެ ކޯތާފަތުގައި ޖެހުމުންނެވެ. “އަދި އެންމެ ސުވާލެއްގެ ޖަވާބު” ކޮޓަރިން ނިކުންނަން ހިނގައިގަތް މަހުމޫދު ހުއްޓިނީ ރާސިލްގެ އަޑަށެވެ. “އެމީގެ ބޭބެ މަރުގަވެސް ބައްޕަގެ އަތެއް ވާނެތަ” ރާސިލް ތެދުވަމުން އަހާލިއެވެ. ” ތިއީ މާކުރީގެ ކަމެއް… ތިކަންތަން މިހާރުވަނީ ނިމި ވަޅުލެވިފަ” މަހުމޫދުގެ ޖަވާބުއަހާ ރާސިލް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބިނާކުރަމުން އައި ކުޑަ ކުޑަ ދުނިޔެ ވިއްސި ވިހާލިވެގެން އެދިޔައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ރާސިލް އަކީ އަމޭލިއާ އާ އެކަށީގެން ނުވާ މީހެއްކަން ހިތަށް ވިސްނާ ދެމުންދިޔައެވެ. މަހުމޫދު ޖެހި ތަނުގައި ފިރުމާލުމައްފަހު ކޮޓަރިން ނިކުތީ އަމިއްލަ ކޮޓަރިއަށް ގޮސް އަރާމުކޮއްލުމަށެވެ. އެހެންނަމަވެސް އެ ހަށިގަނޑަށް އަރާމެއް ލިބޭނެ ހެއްޔެވެ. ބަޔަކު ކުރި ފާފައަކުން އެހެން ބައެއްގެ ދިރިއުޅުން ހަލާކުވުން އެއީ އިންސާފެއް ހެއްޔެވެ. އަތުގައިވާ ފޯނަށް ބާރުކޮއްލީ އަމޭލިއާ ގުޅާތަން ފެނުމުންނެވެ.

…………….

ދިއްލާފައިވާ ހަނދުގެ ފުރިހަމަކަން ފެނި މީހަކު އަޖައިބުވާނެއެވެ. އަމޭލިއާ ޓެރަހުގައި ދެކޮޅަށް ހިނގާލަ ހިނގާލަ އިނީ ފޯނު ކަންފަތުގައި ޖައްސައިގެންނެވެ. މިހާރު ރާސިލްއަށް ގުޅުނު އަދަދު އަމޭލިއާއަށް ނޭނގެވެ. “ހޮސްޕިޓަލްގައި ބިޒީ ކަންނޭގެ ދޯ… އޯ…. އަޅޭ..” ބޮޑު ކަޅު ވިލާގަނޑެއް ހަނދުވަށާ ފޮރުވާލިއިރު މުޅިތަން އަނދިރިވިއެވެ.

“ދަރިފުޅާ މިތާނގަތަ” އަންބުދުލް ރަހުމާނު އަމޭލިއާއަށް ގޮވާލިއެވެ. “ބައްޕަ ކައިފިންތޯ… ” އަމޭލިއާ އެހެން އެހުމުން އަބްދުލް ރަހުމާނު ބޯޖަހާލިއެވެ. “ދަރިފުޅާ އާތިފްގެ މައްސަލަ ކުރިއަށް ގެންދަން އުޅުނީމެއްނު.. ބައްޕައަށް އެންމެ ރަނގަޅު… އެކަމަކު މިދުވަސް ކޮޅު ތިކަންތަށް އަވަހަށް ވޭތޯބަލާ އެނގޭ” އަބްދުލް ރަހުމާނުގެ ރުހުން ލިބުމުން އަމޭލިއާ ވަރަށް އުފާވިއެވެ. “އެކަމު މިދުވަސްކޮޅޭ” އަމޭލިއާ ސުވާލުކޮއްލިއެވެ. “އާން.. އަވަސް ކުރަން” އަބްދުލް ރަހުމާނު ހިނިތުންވުމަކުން ބުންޏެވެ. “ދަރިފުޅާ އުބައިދު ފެނިއްޖެ… އޭނަ މާލޭގަ އެބައުޅޭ…. އޭނަ ފިލުމުގެ ކުރިން މިކަން ކުރަންޖެހޭނެ” އަބްދުލް ރަހުމާނު އަމޭލިއާ އާ ދިމާލަށް ބަލަން ހުރެ ބުނެލީ އަމިއްލަ ނަފްސައް އަޑު އިވޭވަރަށެވެ. އަބްދުލް ރަހުމާނާ ދިމާލަށް ބަލާލަމުން އަމޭލިއާވެސް ހިނިތުންވެލީ އަބްދުލް ރަހުމާނުގެ ރުހުން ލިބުމުންނެވެ.

*********

“ދައްތާ……. މިތަނުން މަލެއް ދޭންވީނު އަޅުގަނޑަށް.. ހާދަ ލޯތްބޭ.. ކުޑަ ގަހެއްވިޔަސް އެންމެ ރަނގަޅު” އަމީނާ ކައިރަށް ޖެހިލަމުން ޒީނާ ބުނެލީ ކުޑަ ކުއްޖެން ހެނެވެ. “ޒީނާ ކައިރީގައި މިތަނަށް އައިސް ދޭށެ ބުނީމަވެސް ނާދޭ… އަދިވެސް މަލެއް ދޭށޭ އެބަ ކިޔައެއްނު” އަމީނާ އެހެން ބުނުމުން ޒީނާ ކުޑަކޮށް ދޫނެރެލީ ދެލޯ ބޮޑުކޮއްލަމުންނެވެ. “ކޮބާތަ އެމީ… އެމީ ގޮވައިގެން ތަނަކަށް ނުދެވޭނެ… ” ދުވަހަކީ ހުކުރު ދުވަސް ކަމުން އަމޭލިއާ އާއި ޒީނާ ނިންމީ ވިލިގިއްޔަށް ގޮސްލުމަށެވެ. “ސާބަސް.. ޒީއަށް ފަސަމިނެޓްވެސް ކެއްނުވާނެ..” އަމޭލިއާ އައިސް ޒީނާ ގައިގަ ކުޑަކޮށް ޖަހާލިއެވެ. “ހިނގާދާން.. ދަނީ މަންމާ” އަމޭލިއާ ޒީނާގެ އަތުގައި ހިފަމުން ބުނެލިއެވެ.

………

“ރާސިލްގެ ހަބަރެއް ނުވޭތަ…” ޒީނާ ރާސިލްގެ ވާހަކަ އެހުމުން އަމޭލިއާގެ މޫނުގެ ކުލަވަރު އެއްކޮށް ބަދަލުވިއެވެ. “ނުވޭ.. ނުވެސް ފެނޭ…. ނޭނގެ މިހާރު ބިރުވެސް ގަންނަން ފަށައިފި” ދެމީހުން ފެރީއަށް އަރާ ހަމަޖެހިލަމުން ވާހަކަދައްކަން ފެށިއެވެ. ދުވަހަކީ ހުކުރު ދުވަސް ކަމުން ފެރީގެ ކިއު ވަރަށް ބޮޑެއެވެ. “ޑޯންޓް ވޮރީ.. އޭނަ ޑޮކް އަކަށް ވީމަ ބިޒީވެދާނު.. އަދި ވީ އެންމެ ދުވަހެއްނު” ޒީނާ އެހެން ބުނުމުން އަމޭލިއާވެސް ބޯޖަހާލީ އެހެން ވެދާނޭ ބުނަމުންނެވެ. އެހެން ނަމަވެސް ކޮންމެވެސް ނުބައެއް އެބައުޅެއޭ ހިތްބުނާކަހަލައެވެ.

ފެރީއިން ފޭބުމާއެކު ދެމީހުން މިސްރާބުޖެހީ ބީޗްއާ ދިމާލަށެވެ. ހަވިރުގެ ވަގުތު ކަމުން ޖެހެމުންދިޔައީ ރީތި ވައެވެ. “ދެމީހުން ކޮންތާކަށް… ނުވެސް ބުނެ… މައްސަލައެއް ނެތޭ” މާދުރުން މިހެއްގެ އަޑު އިވި ޒީނާއާއި އަމޭލިއާ އެއްފަހަރާ ފަހަތް ބަލާލިއެވެ. “މާޒިން…. ގުޅަން ހުރީ… ހަމަ ދެންމެ މިއެރީ” ޒީނާ އަވަސް އަވަހަށް ބުންޏެވެ. “ކޮންތާކަށް…” މަޒިން އަމޭލިއާ އާއި ދިމާލަށް ބަލަމުން އަހާލިއެވެ. “ބީޗަށް” މިފަހަރުވެސް ޒީނާ ވާހަކަ ދެއްކުމުން މާޒިން ލޮލުގެ އިޝާރާތުން އަމޭލިއާއަށް ކަމެއްވިހޭ ޒީނާ ކުރެން އަހާލިއެވެ. ޒީނާ ދެފަރާތަށް ބޯ ހޫރާލީ ނުވެއޭ ބުނަމުންނެވެ.

ތިން މީހުން ބީޗް ގައި ހިނގަމުން ދަނިކޮށް އަމޭލިއާ ހުއްޓުނު ތަން ފެނި މާޒިންއާއި ޒީނާ ހުއްޓި ވީކީއްތޯ އަހާލިއެވެ. އަމޭލިއާ ބަލަން އިން ދިމާލަށް މާޒިންއާއި ޒީނާ ބަލާލިއިރު ކުރިމަތިން ރާސިލް އަންނަތަން ފެނުނެވެ. “އެމީ” ޒީނާ އަމޭލިއާގެ އަތުގައި ހިފާލީ ރާސިލްގެ އަތުގައި އަތް ގުޅުވާލައިގެން އަންނަމުން ދިޔަ އަންހެން ކުއްޖާ ފެނިއެވެ. ރާސިލް އަމޭލިއާ މެންނާ އަރާ ހަމަވުމުން ނޫރާގެ އަތުގައި ހިފާ ބާރުކޮއްލީ ހީލަމުންނެވެ.

“އެމީ… ވަޓްއަ ސަޕްރައިސް…” އަމޭލިއާ އާއި ދިމާލަށް އަތް ދިއްކޮއްލަމުން ރާސިލް ބުންޏެވެ. ” އެމީ… އެމީއަށް އެނގެ އެއްނު މީކާކުކަން.. ނޫރާ… ވާން އުޅޭ އަންހެނުން… އޮންލީ ސިކްސް ޑޭސް ޓުގޯ” ރާސިލް ހީލާފައި އެބުނި ޖުމްލައިން އަމޭލިއާގެ ހިތް ކުދި ކުދި ވިކަހަލައެވެ. “ބޭބީ.. ލެޓަސް ގޯ” ރާސިލްގެ އަތުގައި ހިފާ ދަމަމުން ނޫރާ ރާސިލް ގެންދިޔައީ އަމޭލިއާދެކެ ފޫހިވާތީއެވެ. ރާސިލް ފަސްދީ ދިޔަ އިރުވެސް އަމޭލިއާ އެއިންގޮތަށް އިނީ ދެންމެ ފެނުނީ ހަގީގަތެއް ބާއޭ ހިތައް އަރައެވެ. މާޒިންއަށް އަމޭލިއާ ދިމާލަށް ބަލާލެވުމީ އެހިތުގައި އަޅާވޭން އިހްސާސްވާތީއެވެ. “ހިނގާދާން.. އެމީ” ޒީނާ އަމޭލިއާގެ އަތުގައި ހިފާ ކުޑަކޮށް ކުރިއަށް ޖައްސާލިއެވެ. އަމޭލިއާގެ ލޮލުން ކަރުނަ ފައިބައިގަތީ ހުއްޓުމެއްނެތިއެވެ. ޒީނާ ގައިގަ އަމޭލިއާ ބައްދައި ގަތީ ދެންމެ ފެނުނީ ރާސިލްއެއް ނޫނޭ ކިޔަމުންނެވެ.

ފަސްދީ ހިނގަމުން ދިޔަ ރާސިލް ފަހަތަށް ބަލާލީ އަމޭލިއާއަށް ވާނެގޮތް ހަމަ ރަނގަޅަށްވެސް އެނގޭތީއެވެ. ނުރާގެ އަތް ފޮޅުވާލުމައްފަހު ކުރިއަށް ހިނގައިގަތީ ފަސްއެނބުރި ބަލާލަމުންނެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލީ އެވެސް ހައްގުނޫނޭ ބުނަމުންނެވެ.

ނުނިމޭ…..

30
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

kamana

Other Articles

Previous

އެދެނީ މަޢާފް

Next

ނިމިދާނެ ޖާނާ ހިތާ 5

Next
February 27, 2016

ނިމިދާނެ ޖާނާ ހިތާ 5

Previews
February 27, 2016

އެދެނީ މަޢާފް

25 Comments

  1. kamana says:
    February 27, 2016 at 7:35 pm

    Enjoyyyyy n lov yu guyxxxx ???

  2. twnkl str says:
    February 27, 2016 at 7:38 pm

    Yeyy me frst..nyc

    1. kamana says:
      February 27, 2016 at 10:32 pm

      Yeyyy heheh. Thnk u lov ?

  3. Nawal says:
    February 27, 2016 at 7:41 pm

    Wowww soooo nice and amazing. Waiting for the next part. Take care lurv 🙂 plzz update ASAP if possible

    1. kamana says:
      February 27, 2016 at 10:33 pm

      Nxt part mondayga. N thnk u so much. N ya take cr of yur self tooo ? Thnk u

  4. Aisha says:
    February 27, 2016 at 7:51 pm

    Oh my god… Kamanaa Wat hav u done to them…. ???? dhn ehn nahadhabala emy ashaa rasil ah… I thought truth engunyma rasil ll support emy kamah ???
    Whn next part❓❓❓

    1. kamana says:
      February 27, 2016 at 10:34 pm

      Thnk u so much n nxt part insha allah mondayga. Thnk u ?

  5. laimaan says:
    February 27, 2016 at 8:32 pm

    Alhey mioh v gotheh bt v reethi waitin for the next part

    1. kamana says:
      February 27, 2016 at 10:35 pm

      Thnk so much ?

  6. Aimsithu says:
    February 27, 2016 at 8:44 pm

    Alhey mioh nimuny ennu… adhives mirey upkohlllaane nama ye hithah araaa…

    1. kamana says:
      February 27, 2016 at 10:35 pm

      Insha allah mondayga up kohdheynan. Thnk u ?

  7. Zaanaa says:
    February 27, 2016 at 9:17 pm

    Alhe ahan nahadaa kamanaa a demeehun gulhuvaba

    1. kamana says:
      February 27, 2016 at 10:36 pm

      Heheh thnk u ?

  8. Ily says:
    February 27, 2016 at 9:48 pm

    Omg????
    Dn next part up kohlabala????

    1. kamana says:
      February 27, 2016 at 10:37 pm

      Insha allah mondayga ingeyy thnk u ?

  9. Shau says:
    February 27, 2016 at 10:46 pm

    Nice…luv it

    1. kamana says:
      February 28, 2016 at 7:29 am

      Thnk u shau?

  10. abhy says:
    February 27, 2016 at 11:20 pm

    Vaahaka kuriah dhaa goi varah salhi. Thanks. Next part pls.

    1. kamana says:
      February 28, 2016 at 7:30 am

      Thnk u so much. Nxt part insha allah mondayga. Thnk u ?

  11. raaz says:
    February 28, 2016 at 12:07 am

    subuhaanallah
    asthagfullah…..
    mioh vy gotheh….. ehn nahadhaa… heyo nuvaaney~
    anyways story v reethi….

    1. kamana says:
      February 28, 2016 at 7:30 am

      Hehehh thnk yu ?

  12. raaz says:
    February 28, 2016 at 12:09 am

    asthagfirullah******

  13. Emy says:
    February 28, 2016 at 3:52 am

    Wow.. Soooo nice……
    Waiting fr the next part.. Avhah up khdheichey.. ????

    1. kamana says:
      February 28, 2016 at 7:31 am

      Thnk u so much. Insha allah avahah up kohdheveythooo balaanan. Thnk u ?

  14. naanijaan says:
    February 28, 2016 at 3:30 pm

    Wow nice keep it up. Waiting for next part.

Comments are closed.

All Right Reserved!