Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގަ ނިމިގެން ދިޔުން ބޭނުމޭ..(5)

nukko Level 110 Stories100 Comments
February 27, 2016 6 Mins Read
29 Comments

ހަވީރުގެ ވަގުތެވެ. އަހަރެން ޖޯލީގާ ޖައްސާލައިގެން އޮތީ ލުޔޫނާ އާއި ލައިނާ ރީތިވެގެން ނިކުންނަދެނެވެ. ދެކުދިން ގޮވައިގެން  ދޮންބެ ދައްތަ އާއެކު ދޮންބެ ދައްތަގެ މަންމަ ގެޔަށް ދާށެވެ. އެހެން އޮއްވާ ނުދަންނަ ނަންބަރަކުން ގުޅައިފިއެވެ. އަހަރެން  ފޯން ނެގީ އެއީ ކާކު ތޯ ބެލުމަށެވެ. “ހަލޯ..” “ހަލޯ ރީ.. ޕްލީޒް ފޯން ކަނޑާ ނުލައްޗޭ.. މިއީ މާދު.. އައިމް ވެރީ ސޮ…” އެހެން ބުނުމާ އެކު އަހަރެން ފޯން ކަނޑާލެވުނެވެ. “ޝިޓް.. ތިކުރީ ކީއް..؟ ސޮރީ މާދޫ..” އަހަރެން އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ގެންދިޔައީމެވެ. އެންމެ ފަހުން އޭނަ އަހަރެންގެ ނަންބަރުވެސް ހޯދީތާއޭ އަހަރެންގެ ހިތަށް އެރިއެވެ. “ރިއާ.. ހިނގާ ދާން..” ދޮންބެ ދައްތަ އައިސް ބުންޏެވެ. “ދޮންބެ ދައްތާ މާދު ގުޅި.. އޭނަ ނަންބަރ ވެސް ހޯދައިފި..” އަހަރެން އަވަސް އަވަހަށް ބުނީމެވެ. “ހަހަހަ.. ދެން ގުޅާނީ ދޮންބެ އަށް ކަންނޭނގެ.. އެވެސް ވަލީ ހޯދަން…” އަހަރެން ކަންފަތް ދަށުގައި ދޮންބެދައްތަ ބުނެލިއެވެ. ދެންންންން އޭބުނެ އަހަރެން ބާރަށް ހިނގައިގަތީމެވެ. އޭރުވެސް ދޮންބެ ދައްތަ ހެނީ އެވެ. އަހަންނަށް ވެސް އެންމެ ފަހުން ހެވުނެވެ. އޭރުވެސް މާދުގެ ނަންބަރުން އަހަރެންގެ ފޯނަށް ގުޅަމުން ދެއެވެ. އަހަރެން އެންމެ ފަހުން ފޯން ދަބަހަށްލީ އާއިލާ އާއެކު އަހަރެން ހޭދަކުރުމަށް މިއުޅޭ ވަގުތު ކޮޅު ޚަރާބު ނުކުރުމަށެވެ. އެރޭ ގެޔަށް އައިސް އަހަރެން ފޯން ބަލާލީމެވެ. އޭރު ސިޓިންގ ރޫމް ގައި ދޮންބެ އާއި ދޮންބެ ދައްތަގެ އިނެވެ. “ސުބުހާނައްﷲ…..” އަހަންނަށް ބާރަށް ބުނެވުނެވެ. އެންމެން ކިހިނެއްވީތޯ އަހާލިއެވެ. އަހަރެން އަހަރެންގެ އައި ފޯން +6 ދައްކާލީމެވެ. “98 މިސްކޯލް.. 25 މެސެޖް.. މަދެއްނޫން..” ދޮންބެ ބުނެލިއެވެ. އަހަރެން މެސެޖް ތަށް ކިޔަން ފެށީމެވެ. އެ މެސެޖް ތަކުގައި މައާފަށް އެދިފައިވެއެވެ. އަދި ވާހަކަ ދައްކާލަން ބޭނުން ކަމުގަޔާއި ފޯން ނެގުމަށް ބުނެފައި ވެއެވެ. މެސެޖް ތަށް ކިޔާ ނުނިމެނީސް އަނެއްކާ އޭނާ ގުޅައިފިއެވެ. ދޮންބެ  ބުނީ ނަގާށެވެ. އެހެންކަމުން އަހަރެން މިފަހަރު ފޯން ނެގީމެވެ. މާދުގެ އަޑު އިވުމުން އަހަރެންގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. “ހަލޯ..” “ރީ ޕްލީޒް.. ޕްލީޒް.. ފޯން ކަނޑާ ނުލައްޗޭ..” އޭނާ އެހެން ބުނުމުން އަޙަރެން ހމމ ލައްވާލީމެވެ. އަދި ފޯން ހިފައިގެން ބޭރު ޖޯއްޔަށް ނިކުތީމެވެ. އޭރު ދޮންބެ އާއި ދޮންބެ ދައްތަ އޯލް ދަ ބެސްޓް އޭ ވައި އަޑުން ބުނެލިއެވެ.

“މުހައްމަދު މާހިދު ތިދައްކާ ވާހަކަ އެއް މަރިޔަމް ރިއާ އަޑު އަހާނަން.. ކިޔާބަލަ..” އަހަރެން ބުނެލީމެވެ. އަހަރެން އަބަދުވެސް ކިޔަނީ މާދުއެވެ. ނަމަވެސް މިއަދުގެ ހާލަތާއި ވަގުތު ގެ ގޮތުން އަހަރެން އެހެން ނުކީއެވެ. “ރީ.. އަހަރެން ހަމަ އެހާ ދުރު ކޮށްލީތަ..؟ ކީއްވެ މާހިދު ތި ކީ.. ރީ އަބަދުވެސް ކިޔަނީ މާދު އޭނުން.. ދެން ކީއްވެ މިއަދު..” އެ އަޑުން އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ނަމަވެސް އަޑުން އެކަން ފާޅުނުކެރެވޭތޯ ވަރަށް މަސައްކަތް ކުރަމުން ދިޔައީމެވެ.

” މާހިދު ހަނދާން އެބުހުރި ތަ އަހަރެންނާ ބްރޭކް އަޕް ވީދުވަސް މަތިން.. އަހަންނަށް އަބަދުވެސް ރީ ލޯބީ ނޫނީ ރީ އޭ ކިޔާފަ ގޮވާ މާހިދު، އެދުވަހު ގޮވީ ރިއާ އޭކިޔާފަ.. ކީއްވެ އަހަރެން އެދުވަހު އެހާ ދުރު ކޮށްލީ..؟ އަހަރެންނާ ރުޅިވީ  އަހަރެންގެ ކޮން ކުށެއް އޮވެގެން..؟” މަހީދު އަށް ރިއާގެ އަޑުން ވަރަށް އަސަރު ކުރިއެވެ. ނޭނގޭ ރިހުމެއް އެ އަޑުގައިވިއެވެ. “ރީ ޕްލީޒް.. އަހަންނަށް އެންމެ ޗާންސް އެއްދީ…. ދުވަހަކު ވެސް ނުރޮއްވާނަން.. ޕްލީޒް ރިއާ… އަހަންނަށް އޭރު ނުވިސްނުނީ.. ނަތާޝާ އަކީ ދޮގުވެރި އެއް.. އޭނަ އަހަންނަށް އޮޅުވާލީ…” “އޯ.. ސޯ އޭނަ އޮޅުވާލީމަ އަހަރެން ކައިރި އަށް ދޯ އަންނަނީ… އެހެން ކުއްޖަކު ނުހޯދީ ކީއްވެ؟… އަހަރެން ކަހަލަ ފީފާ ބުރި އެއް ކައިރި އަށް އައިއްޔޯ… މާހިދުގެ ރައްޓެހިން މަލާމާތް ކުރާނެ.. ބުނާނެ އަނެއްކާވެސް ހަމަ އެ ފީފާ ބުރި އޭ އެ ހޯދީ.. ބެޓާރ ޓު ފައިންޑް ސަމްވަން އެލްސް… އަސްލު އެހެންނެއް ނޫން ދޯ ވީކީ.. އަހަރެން ހިކިފަ ހުރީމަ އެހެންވެދޯ…. މާހިދު ކައިރީ އަހަރެން އާދޭސް ކުރީ ކިހާ ވަރަކަށް… އެތަށް މެސެޖެއް ފޮނުވިން.. އެފްބީ އިން އެތަށް ވަރަކަށް މެސެޖް ކުރިން.. އެންމެ ފަހުން އަހަންނާހެދި އުނދަގޫވެގެން އަންފްރެންޑް ކޮށްލީ… އަހަރެން ހަމަ އެހާ ބޮޑު އުނދަގުލަކަށް ދޯ ވީ.. އަހަރެން މާހިދުގެ ފޮޓޯތަކަށް ބަލާފަ ހިތްހަމަ ޖައްސަނީ ކިތަށް ފަހަރުކަން އެނގޭތަ؟ މަާހިދުގެ ފޮޓޯ އަށް ބަލަ ބަލާފަ ޝަކުވާ ކުރެވެނީ ކިތަށް ފަހަރުކަން އެނގޭތަ…؟ އަހަރެން މާހިދުގެ ހަނދާންތަކުގަ އޮވެ ނިދިގެއްލުވާލަނީ ކިތަށް ރޭކަން އެނގޭތަ؟ މާހިދު އަށްޓަކާ އަހަރެން ކަރުނަ އޮއްސީ ކިތަށް ދުވަހުކަން އެނގޭތަ؟ އަބަދުވެސް ހަނދާން ވޭ.. އެންމެ ފަހުން ކީ އެއްޗެހި އަދިވެސް ހިތުގަ އެބުހުރި… އެ ދުވަހު އަހަރެން ރުއި ރުޔުން މާހިދު އަކަށް ނޭނގޭނެ.. އަހަރެން އަމިއްލަ ނަފްސަށް ވުރެ ބޮޑަށް ލޯބިވިން.. އިތުބާރު ކުރިން.. އެ ވައުދު ތަށް މާހިދު ކުރީ ކީއްވެ؟ ކުރިން އަހަންނަކީ އަމިއްލަ ނަފްސަށް އެއްވެސް ވަ..ރަކަށް އިތު….ބާރު ކުރާ މީހެއްނޫން.. އަބަދުވެސް ހިތަށް އަރަނީ ފިރިހެން ކުދިން ލޯބިވާނީ ލޫ..ޅާފަތި ކުދިން ދެކެ.. އޭ.. އެކަމް މާހިދު އަހަރެންގެ ހަޔާތަށް އައުމުން އަހަރެން އެ ހީހުރުމަކީ އަދި މުޅިން ތެދު އެއްޗެއްނޫން ކަމުގައި ނިންމިން.. ނަމަ..ވެސް އަހަރެންނަކީ ކޮން…ކަހަލަ ސި..ފައެ..އްގައި ހުރި ކާ…ކު…ކަން އަންގައި ދިނީވެސް ހަމަ މާހިދު… އަހަރެން އެ..ކަ…މަށް.. ޝު…ކުރުވެ..ރިވަން…” ރުޅިވެރިކަމުން ފެށި ވާހަކަ އެންމެ ފަހުން އަހަންނަށް ފުރިހަމަވެސް ގިސްލުމާ ހެދި ނުކުރެވުނެވެ. އެންމެފަހުން ބަޑިފަޅައިގެން ހިނގައްޖެއެވެ. ޖޯލީގައި އިނދެފައި ރޮމުން ރޮމުން ބިންމައްޗަށް ތިރިވެއްޖެއެވެ. “އައި… ލަވް.. ޔޫ.. ސޯ.. ސޯ.. މަ…ޗް…” އަހަނަށް ގިސްލުމުގެ ތެރެއިން ވައި އަޑުން ބުނެވުނެވެ. އޭރު ރޯ އަޑަށް ދޮންބެ އާއި ދޮންބެ ދައްތަ ނިކުމެގެން އާދެއެވެ. ދޮންބެ އައިގޮތަށް އައިސް ފޯން އަތުލިއެވެ. “ހަލޯ،، ރިއާ… ރިއާ.. ކެން ޔޫ ހިއާރ މީ.. ޕްލީޒް ހުއްޓާލަބާ… އައިމް ސޯ ސޮރީ.. ރީ… ރީ…” ދޮންބެ ކަންފަތުގައި ޖެހި އިރުވެސް މާދު އާދޭސް ކުރަމުން ގެންދިޔައެވެ. “މީ ރިއާ ދޮންބެ ޝާމިލް… ރިއާ ވަރަށް ސަކަރާތް… ފަހުން ގުޅާނަން…” “ޕްލީޒް ރިއާ އަށް ވާނުވާ އަނގައިދޭތި…” އެކޮޅުން މާދު ބުންޏެވެ. ދޮންބެ ދައްތަ އަހަރެން ގޮވައިގެން އެތެރެއަށް ވަނެވެ. އަހަންނަށް އަވަހަށް ނިދުނީ ރުޔުމުގެ ސަބަބުން ވެފައި ހުރި ވަރުބަލިކަމެއްގެ ބޮޑުކަމުންނެވެ.

 

ދުވަސްތަށް ފާއިތުވަމުންދާވަރަކަށް އަހަރެންވެސް ދިޔައީ މަޑުމަޑުން ރަނގަޅުވަމުންނެވެ. މާދު އަހަރެންނާ ވާހަކަ ދައްކަން ކިތަންމެ ވަރަކަށް ވެސް މަސައްކަތް ކުރެއެވެ. ނަމަވެސް އެ ދުވަހަށް ފަހު އަހަރެން އޭނަގެ ކޯލް އަކަށް ޖަވާބެއް ނުދެމެވެ. ދެން އަހަރެން މަސައްކަތް ފެށީ އަހަރެމެންގެ ޕްލޭން އާއެއްގޮތަށް ކުރިޔަށް ގެންދިޔުމަށެވެ. ގިނަވަގުތު ރަޒީން އާއެކު ހޭދަކުރަން ފެށީމެވެ. މާދަމާ އަކީ އަހަރެމެން ދަތުރު ދާން ހަމަ ޖެހިފައި އޮތް ދުވަހެވެ. ދޮންބެ ދައްތަ ވަނީ ޖައިލަމް އާއި އެގޭ ކުދިންނަށް ވެސް ދައުވަތު ދީފައެވެ. ބޭނުމަކީ މާދު ގެންދިއުމެވެ.

ޖެހިގެން އައި ދުވަހު އަހަންނާއި ދޮންބެ ދައްތަ ފަތިހު ފަތިހާ ތެދުވެ ރެޑީ ވާން ފެށީމެވެ. އަހަރެމެންނަށް ޖެހުނީ ރޮށިފިހެގެން ގެންދާށެވެ. އެކި މީސް މީހުންނަށް އެއްޗެހި ބަހާލީ އެންމެންގެ ހިޔާލުގަ މަތިންނެވެ. ރޮށި ދަމަން ހުއްޓާ އައިސްއަލަމާރި މަތީއޮތް އަހަރެންގެ ފޯނަށް މެސެޖެއް އައި ކަމުގެ ނޮޓިފިކޭޝަން ރިންގް އިވުނެވެ. “މިހާ ފަތިހާ ކާކު؟” ދޮންބެ ދައްތަ ބުނެލިއެވެ. “ނޭނގެ.. ދޮންބެ ދައްތަ ބަލާލަބާ.. ރީ އަތުގަ ހުސް ފުއް….” އަހަރެން އެހެން ބުނުމުން ދޮންބެ ދައްތަ ގޮސް ފޯން ބަލާލިއެވެ. އަދި އަހަރެން ޕާސްވޯޑް ބުނުމުން އެ ޖަހާފައި ހުޅުވާލިއެވެ. “ގުޑް މޯރނިންގ ބޭބީ…” އެއީ ރަޒީންގެ މެސެޖެކެވެ. އިތުރު އެއްޗެއް އެބައިން ކަމަށް ބުނެ  ދޮންބެ ދައްތަ ތިރިއަށް ސްކްރޯލް ކޮށްލިއެވެ. “ހެހެހެ.. ބީ އެފް އެއްގެ ރޯލް ކުޅެނީމި. އައިފާ އެވޯޑް ލިބޭނެތަ..؟” ދެތިކި ޕީ އަކާ އެކު ނިންމާލާފައި އިން އެ މެސެޖް ކިޔާލާފައި ދޮންބެ ދައްތަ އާއި އަހަންނަށް ހިނިގަނޑެއް ނުހިފޭއްޓުނެވެ.

ގަޑިން ހެނދުނު 15 6 ހިނގައިފިއެވެ. ރަޒީންގެ ބޮޑުބެ ދޯނި އޮތީ ޖެޓީ އާ ކައިރި ކޮށްފައެވެ. ދަތުރު ދަނީ ރަޒީންގެ އާއިލާ 15 ވަރަކަށް މީހުންނާއި އަހަރެމެން 5 މީޙުންގެ އިތުރުން މާދު އާއި ޖައިލަމް ގެ ދެމަފިރިންނެވެ. އެގޭ އެހެން ކުދިން ނައީ އެ ކުދިން ކުޑަކޮށް ބަލިވެ އުޅޭތީ ކަމުގައި ޖައިލަމް ބުންޏެވެ. އެންމެން ދޯންޏަށް އަރުވަން ހުރީ ރަޒީން އާއި މާދު އެވެ. އޭރު ޖައިލަމް އާއި ދޮންބެ ގެ އިތުރުން ރަޒީން އާއިލާގެ ދެތިން ކުއްޖަކު ދަތުރު ގެންދާ ސާމާނުތަށް އެރުވުމައިގެން އުޅުނެވެ. އަހަރެން އަރަން ވެގެން ޖެޓީ މައްޗަށް އެރުމާ އެކު ރަޒީން އާއި މާދު ދެމީހުން އެކު އެކީ ކަހަލަ ގޮތަކަށް އަތް ދިއްކޮށްލިއެވެ. އަހަރެން ހުރީ ހިފަން ވީ ކާކު އަތެއްގަތޯ ހިތަށް އަރަ އަރަ އެވެ. ހިތް ބުނަނީ މާދުގެ އަތުގާ ހިފާށެވެ.

އަހަރެން އަރަން ވެގެން ޖެޓީ މައްޗަށް އެރުމާ އެކު ރަޒީން އާއި މާދު ދެމީހުން އެކު އެކީ ކަހަލަ ގޮތަކަށް އަތް ދިއްކޮށްލިއެވެ. އަހަރެން ހުރީ ހިފަން ވީ ކާކު އަތެއްގަތޯ ހިތަށް އަރަ އަރަ އެވެ. ހިތް ބުނަނީ މާދުގެ އަތުގާ ހިފާށެވެ. ނަމަވެސް ސިކުނޑީގެ އެއްކަނަކުން އަހަރެންނަށް އަހަރެމެންގެ ޕްލޭން މަތިން ހަނދާން ކޮށްދިނެވެ. އަހަރެން ހިތަށް ތަދުވި އެވެ. އަހަރެން ރަޒީން ގެ އަތުގައި ހިފީ ލޮލުން ވެއްޓެން ތައްޔާރުވެފަ އިން ކަރުނަ ތިކި ފޮރުވަން އިސް ޖަހާލަމުންނެވެ. މާދު އާ ދިމާލަށް ވެސް ބަލާލާކަށް އަހަންނަކަށް ނުކެރުނެވެ. އަވަސް އަވަހަށް ދޯންޏަށް އަރާފައި ދިރުނބާ ކޮޅާ ދިމާލަށް ދިޔައީމެވެ. އަދި މަޑު މަޑުން ފަހަތް ބަލާލީމެވެ. އޭރު މާދު އޭނަ އަތް މުއްކަވާލާފައި ލައިގެން ހުރި ސޯޓު ޖީބަށް ލިއެވެ. އަދި އިސް ޖަހާލައިގެން ގޮސް އިންޖީނުގޭ މަތީ އިށީނެވެ. އޭރު ރަޒީން ގެ އާއިލާ މީހުން ހައިރާންވެފައި ބަލަހައްޓައިގެން  ތިއްބެވެ.

30 6 ވި އިރަށް ދޯނި ނައްޓާލިއެވެ. އޭރުވެސް އަހަރެން އިނީ އެކަނިމާ އެކަނި  ދިރުނބާ ކޮޅުގައެވެ. އަހަރެން ފަހަތް ބަލާލީ މީހަކު ފަހަތުގައި ހުރި ހެން ހީ ވެގެންނެވެ.ފަހަތް ބެލިއިރު ހުރީ ރަޒީނެވެ. ރަޒީން އައީ ފެންފުޅިއެއް ހިފައިގެންނެވެ. އަހަރެން ތޭންކްސް އޭބުނެ ފެންފުޅީގައި ހިފީމެވެ. އަހަރެން މާދު ކޮބާތޯ އެހީމެވެ. “މާދު ވަރަށް ދެރަ ވެފަ ހުރީ.. އައި ތިންކް އޭނަ ހަމަ މިފަހަރު ސީރިއަސް ކަންނޭނގެ… އެބުހުރި ދޯނި ފަހަތު ކޮޅުގަ އެންމެނާ ފުރަގަސް ދީގެން…” އަހަރެން ފުން ނޭވާ އެއް ލީމެވެ. “ރީ ދެރަ ނުވޭ… އައި ޕްރޮމިސް.. އޭނަ އާ ރީ އާ ގުޅޫވާނަން… ” ރަޒީން ޔަގީން ކަމާ އެކު ބުންޏެވެ. އަހަރެން ހިނިތުން ވެލީމެވެ. ރަޒީން ދުރަށް ޖެހިލީ ފޯން އެއް އައުމުންނެވެ. 15 މިނެޓްގެ ދަތުރަކަށް ފަހު ދަތުރު ދާން ހަމަ ޖެހި ފައި އޮތް ފަޅުރަށަށް ދެވުނެވެ. އަހަރެން އިން ތަނުން ތެދުވެ ފޭބުމަށް ދިޔައީމެވެ. އަދި ދޮންބެ ގެ އެހީ ތެރި ކަމާ އެކު ދޯނިން ފޭބީމެވެ.

 

ފިރިހެންވެރިން ޓެންޓް ޖަހައިދީ ކެއްކޭނެ ގޮތް ހަދައި ދިނެވެ.އެހެން ކަމުން އަހަރެމެން އަވަސް ވެގަތީ ހެނދުނުގެ ނާސްތަ ހެދުމަށެވެ. އަހަރެމެން ހެނދުނު ނާސްތާ އަށް ކެއީ އެތަނުގައި ހެދި ސޭންޑްވިޗް ގެ އިތުރުން ރަށުން ގެނައި ރޮއްޓާއި މަސްހުނި އަދި ކުޅިމަހެވެ. ކައިގެން އެންމެންވެސް އަރާމު ކޮށްލަން އެ ދޮންވެލި ގަނޑުމަތީ ތިއްބެވެ. އޭރު ކުޑަކުދިންތަށް ބޯޅަ ހިފައިގެން ކުޅެލަ ކުޅެލާ ތިއްބެވެ. ކުއްލިއަކަށް އެންމެން އެއްގަމާއި ދިމާލަށް ބަލާލީ ތެއްޔެއްގައި ތަޅާ އަޑަށޭވެ. އޭރު ރަޒީން ‘ލައިފް ‘ ފެން ހުސްކުރި ފުޅީ އެއް ހިފައިގެން އާދެއެވެ. ފަހަތުން ދޮންބެ ވެސް ތެލީގައި ތަޅަމުން އާދެއެވެ. އެންމެެން ވެސް ހޭން ފެއްޓިއެވެ. ” ދެން ހާދަ ވައި ވެފަ އޭދޯ މި ތިބެނީ މި އެންމެން… ހިނގާބަލަ ލަވަ ބާޒީ ކުޅެން…” މާޒިން މި އައިޑިއާ އެންމެންނަށް ވެސް ވަރަށް ކަމުދިޔަ އެވެ. އެންމެން ވަށްބުރަކަށް އެތުރެލިއެވެ. ރަޒީންގެ މަންމަ މެން އަދި އެ އުމުރެ ދެތިން މީޙުން ތިމަންނަމެން މީ  މުސްކުޅީންނޭ ކަލޭމެން ކުދިން ކުޅޭށޭ ބުނެ އެތާ ކައިރީ ބަލަން ތިއްބެވެ. “ސޯ… ރޫލްސް ކިޔައި ދޭނަން އިނގޭ… މި ލައިފް ފެން ފުޅި އެނބުރެމުން ގޮސް ހުއްޓޭ މީހަކު ޖެހޭނީ ލަވަ ކިޔަން… ކިޔަން ޖެހޭނީ އެމީހެއްގެ ހިތަށް އެންމެ ފުރަތަމަ އަންނަ ލަވަ އެއް… އެހާ ގިނަ ވަގުތެއް ނުލިބޭނެ ވިސްނާކަށް… އޯކޭ…” އެންމެން ވެސް ބޯޖަހާލިއެވެ.

ރަޒީން ފުޅީ އަނބުރާލި އެވެ. ފުޅި ގޮސް އެންމެ ފުރަތަމަ ހުއްޓުނީ ދޮންބެ ދައްތަ ކުރިމައްޗަށެވެ. ދޮންބެ ދައްތަ ކީ ވަރަށް ވެސް ރޮމޭންޓިކް ލަވަ އެކެވެ. އެންމެން އޯ އޭ ކިޔައި ހަޅޭ ލަވައިގަތެވެ. ދެން ފުޅީ އެނބުރި ތަނާ ހުއްޓުނީ ރަޒީން ކޮއްކޮ ކުރިމައްޗަށެވެ. އޭނަ ތުމް ހި ހޯ އެ ލަވަ ކީ އިރު ވަރަށް ވެސް ރީއްޗެވެ. ދެން އެނބުރި ފުޅި ގޮސް ހުއްޓުނީ މާދު ކުރިމައްޗަށެވެ. މާދު ކަރުކެހިލާފައި ލަވަ ފެށިއެވެ.

“ހިތް ދީބަލާށޭ… ޖާން ނިމި ދާނޭ… މަށާ އެހީ ވެދޭތޯ އަހަން… ހމމމ..  އާދޭސް ކުރަން ޔާރާ… އާދޭސް ކުރަން…. ”

” އެކު ޒިންދަގީގަ ހޯދި އުފާ ލޯތްބާ އައިމި ތޫފާނެއްބީވީ ވޭން ދީފާ..”

” އާވާނެކަން ޔަގީން ކިޔާ މި ހިޔާލާތުގާ…. ގިސްމަތުގާ ވީ މިގޮތަށް ބޭވަފާ ވީމަ ތާ….”

” އިންސާފުކޮށްދީ… މަށަށް މާފުކޮށްދީ…. އިތުބާރު ދޭށޭ ބުނަން…”

“އާވާރަ ވީ އޭ ހިތް މަގޭ ދިވާނާ… ރޭދުވާ ހޭދަވީ އޭ އެކީ ވޭނާ..”

” ހާލަތު އެކީ ދަނީ ކުރި ގަދަރް ހިޔާލުގާ…. ހިތް މޯޅިވީމަ ދެން ހާލުގާ ޖެހި މިތާ…..”

” ފަސްދީ ނުދޭތޯ…. އޯގާ ވެދޭތޯ… ދޭތޯ މަށަށް ދޭތޯ ޔާރު އެހީ”

މާދު އެ ލަވަ ކީ އަހަންނާ ދިމާލަށް ބަލަ ހައްޓައިގެން އިނދެގެން ނެވެ.  އަހަންނަށް އިސް ޖަހާލަން މަޖުބޫރުވީ އެތޫނު ނަޒަރުން ސަލާމަތް ވާނޭ އެހެން ގޮތެއްނެތީމައެވެ.”ވާއޮ… ސަޅި ލަވައެއް އިނގޭ… ސޯ ދެން ކާކުބާ؟”  ރަޒީން އަށް އަހަރެންގެ ހާލަތު ވިސްނުނީ ކަންނޭނގެއެވެ. އަވަހަށް ފުޅި އަނބުރާލިއެވެ. ފުޅި ހުއްޓުނީ އަހަންނަށެވެ. އަހަރެން ހިތަށް އެންމެ ފުރަތަމަ ވެސް އައި ލަވަ ކިޔަން ފެށީމެވެ.

“ޕާސް އާ އޭ… ދޫރިޔާން ޕިރް ބި ކަމް ނާހުއީ…. އެކް އަދޫރީ…. ސީ ހަމާރީ ކަހާނީ ރަހީ.. އާސްމާ ކޯ ޒަމީން.. ޔޭ ޒަރޫރީ ނެހީ.. ޖާމިލޭ… ޖާމިލޭ.. އިޝްޤް ސައްޗާވަހީ ޖިސްކޮ މިލްތީނެހީ މަންޒިލޭ.. މަންޒިލޭ…”

“ރަންގް ތޭ ނޫރުތާ…. ޖަބް ގަރީބް ތޫތާ… އެކް ޖަންނަތު ސަތާ.. ޔޭ ޖަހާން… ވަގްތް ކީ ރޭތު ޕޭ… ކުޗްމެރޭ ނާމްސާ… ލިކް ކެ ޗޯޅޫން ގަޔާ ތޫ ކަހާ.. ހަމާރީ އަދޫރީ ކަހާނީ… ހަމާރީ އަދޫރީ ކަހާނީ….”

މިހިސާބަށް ކިޔުމަށް ފަހު އަހަރެން ތެދުވެ ދާން ހިނގައިގަތީމެވެ. އެވަގުތު އަހަރެންގެ ކަންފަތުގައި ޖެހުނީ މާދުގެ އަޑެވެ.

(ނުނިމޭ….)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

nukko

Level 110 Stories100 Comments

Other Articles

Previous

އަހަރެންގެ ވާހަކަ 2

Next

ހާދަ ލޯބިންނޭ.. (17)

Next
February 27, 2016

ހާދަ ލޯބިންނޭ.. (17)

Previews
February 26, 2016

އަހަރެންގެ ވާހަކަ 2

29 Comments!

  1. nukko says:
    February 27, 2016 at 12:32 pm

    hey guys heres the 5 th part hope u all will like this part too.. plx leav a feedbak.. n plx tell if theres any mistake.. enjoyy!! 😉 😉

  2. saaaaa says:
    February 27, 2016 at 12:48 pm

    Nice

    1. nukko says:
      February 27, 2016 at 2:26 pm

      thnk u.. 😀

  3. Maashy says:
    February 27, 2016 at 12:52 pm

    Wow soo nyc

    1. nukko says:
      February 27, 2016 at 2:29 pm

      thnk u maashy 😀

  4. aish says:
    February 27, 2016 at 1:05 pm

    V nicee

    1. nukko says:
      February 27, 2016 at 2:30 pm

      thnk u 🙂

  5. Niz says:
    February 27, 2016 at 1:09 pm

    Wooow….vvv nice mi part…asluvx dhw nukkoh mi zamaanuga v myhun balaa ne myhaa hunna sifa yah….bt hama ekani sifayah baligen..evvez faidha eh nuvaane dhw…plxx nxt part avax kodhyba dear.. iru kolhakaa site ah vadhevey mi vaahaka kiyaa hithun…nukko ge stry haadha salhi ey..keep it up dear

    1. nukko says:
      February 27, 2016 at 2:32 pm

      awww.. thnk u so much… ya dw niz.. ehn vs ulhey ebbai myhun.. hehhe nxt part hama tmrw ingey.. keep waitin.. n thnk u fr the cmnt… 🙂 😀 😀 😀

  6. Maalu says:
    February 27, 2016 at 1:12 pm

    Wow wow wow wow wow wow♥♥♥♥♥♥♥ vrh vrh vrh vrh vrh reethiiiii….. 🙂 🙂 🙂 nukko u r the best….. keep it up 😀 😀 😀 waiting for the next part 🙂 😀 😉

    1. nukko says:
      February 27, 2016 at 2:36 pm

      aww.. thnk u mal.. thnks fr the swyt cmnt.. hehe 😀 😀

  7. Aisha says:
    February 27, 2016 at 1:15 pm

    Nice pic ?? v faahaga kohlevey knme part akah vx new pic eh use kuraakan nd v reethi pics takeh thi use kurany…. Hama ehnme pic eh varah vaahaka vx reethi❤️❤️❤️ Nd inthizaaru mi kurany next part ah v bodah…???

    1. nukko says:
      February 27, 2016 at 2:42 pm

      aww.. thnk u…. hehe.. … thnks fr the lwbi lwbi cmnt.. nukko ah pix nagan hlp vedhenee thuths.. 😉 thnks to her a lot n lot.. n keep waitin hehe hama tmrw in shaa allah aneh bai..

  8. ina says:
    February 27, 2016 at 2:03 pm

    Wowwwwwww nukko…vrh vrh vrh salhi mI prt..I jst luvd it……maadhu hama serius ee thr ry dhahthi ah this tym??ry dhahthi maa ginain roany nw..ina vx dhera vejje..ekm ry dhahthi haadha nyc lava ekey dhw e ky..woww..hehehe….nxt prt avahah up kohdhehchey…tc.miss u

    1. nukko says:
      February 27, 2016 at 2:46 pm

      thnk u ina… hingaa dw balamaa maadhu serious tho.. hehhe aan maadhu dhera kuraniyyey ina ge ry dhathi hehehe… yup maadhan aneh part.. 🙂 😀 😀

  9. afu says:
    February 27, 2016 at 2:20 pm

    woww nukko vrh habbu ingeyy .. next part awahah up kohdhehchey .. mi xamaanuga ulhey gina boy inge wahtharu e ee sifa yah belun .. alhe hadi kuhje vehjaa loabi libeykah nujehetha .. ?

    1. nukko says:
      February 27, 2016 at 2:58 pm

      dw afu… ekm aee baeh boys dw.. 😉 hehhehe…liben jeheyne dw… ekm emyhunge visnun hunna goii dw aee… hehe anyways thnks fr the lwbi lwbi cmnt.. n yes tmrw hama nxt part keep waitin n thnks once again 😉 :D:D

  10. Aayaa says:
    February 27, 2016 at 2:26 pm

    Wow it’s really so nice

    1. nukko says:
      February 27, 2016 at 3:05 pm

      thnks 😀

  11. twnkl str says:
    February 27, 2016 at 2:59 pm

    Hey nukko..mi haadha riithi vaahaka ekey….whn nxt prt? Gd luck

    1. nukko says:
      February 27, 2016 at 3:23 pm

      thnk u twnkl… tmrw inge.. thnks a lot n keep readin.. 😀 😀

  12. maluudxxx says:
    February 27, 2016 at 3:09 pm

    Wowwww…nukkko…maadhu n ry haadha salhi ey dhw lava kian…hehehe v habeys mi part vx…when next part.keep it up igeyy
    Hehehe misss u nukko

    1. nukko says:
      February 27, 2016 at 3:27 pm

      thnks maluu… e dhemyhun aee dhe lava kiyuntherinney 😛 😛 hehehe thnks n miss u mre.. tvgc

  13. Thukko says:
    February 27, 2016 at 4:53 pm

    Nukko v rythi vaahaka n next part avahah up kohdhehchey igey… N keep it up???????????

    1. nukko says:
      February 27, 2016 at 7:35 pm

      thnks thukko…. labba tmrw ingey hehe 😀 😀 thnk yew

  14. Ryn says:
    February 27, 2016 at 5:23 pm

    aachaaa… ths sngs salhi ingeyy.. n mi prt ga ebain new chrctr eh lava kiyaa prt ga.. 😛 hehehehe i luv tht name ingeyyy 😉 😉 n mi stry n the pic is suprb hahbu luvly hehehe… tc miss u 😉 waitin fr the nxt prt..

    1. nukko says:
      February 27, 2016 at 5:36 pm

      Haha… Thnks sissy.. awww… Hahaha happy to know that you liked it… nxt part hopefully tmrw… miss u mre n tvgc 🙂 🙂 😀

  15. Nicky says:
    February 27, 2016 at 7:44 pm

    Heyy….it’s really v v nyc…keep it up…rangalhah maadhu thalhuvaalaafa bahattaanyy….majaa vaane eyrun….gud lukk…?????

    1. nukko says:
      February 28, 2016 at 12:11 am

      Heyy… hehehe thnk yeww….. haha dw thalhuvaalan v hama.. hehe once again thnks nicky nkeep readin 😀

Comments are closed.

Next Episodeއެކުގަ ނިމިގެން ދިޔުން ބޭނުމޭ….! (6) ފަހު ބައި…←


All Right Reserved!