
އަންހެންކުއްޖެގެ ކައިރީ ހުރެގެން އެ ކުއްޖާގެ އެތަން މިތަނުގައި ފިރުމަމުން އެ ދަނީ އިތުރު އެހެން މީހެއްނޫނެވެ. ރަޔާންއެވެ. ނީރާގެ ލޭ މައްޗަށް ދިޔައެވެ. ޝާއިންއަށް ވެސް އެތަން ފެނި ދެދަތް ފިއްތާ ބާރުކޮށްލާ އަތް މުށްކަވާލިއެވެ. ނީރާއަށް އެކަން އިހްސާސްވުމުން ޝާއިންއާއި ދިމާ ބަލާލެވުނެވެ. ނީރާއަށް ހިން ދިރުވާލެވުނެވެ. “ޝައިން…. ނޫން. މިތާ މަޑުކުރޭ.. އަހަރެން އަންނާނަން..” ޝާއިން ދިއުމުން ކަންތަށް ވާނެ ގޮތް އިނގޭތީ ނީރާ ޝާއިން ކައިރި ހުރުމަށް ބުނެ ގޯޅި ތެރެއަށް ވަދެގެން ދިޔައީ އަވަސް ފިޔަވަޅުތަކެއްގައެވެ. ގޮސް ރަޔާންގެ ފުރަގަހާއި ދިމާލަށް ހުއްޓި ހުރެ ކޮނޑުގައި ހިފާ ނީރާއާއި ވީ ފަޅިއަށް އަނބުރާލިއެވެ. ރާޔަންއަށް ނީރާ ފެނުމާއި އެކު ދެލޯ ބޮޑުވިއެވެ. ރާޔަންގެ ކައިރީ ހުރި އަންހެން ކުއްޖާ ފަހަތަށް ޖެހިލީ ނީރާގެ ލޮލުން ފެނުނު ރުޅިވެރިކަމުގެ ސަބަބުން ބިރުންނެވެ. ރާޔަންގެ މޫނުމަތީ ނީރާ ޖެހިއިރު އޭނާގެ ލޮލުން ފެންތަށް ފައިބައިގެން ދިޔައެވެ. “ރަޔާން..! ހައު ކުޑް ޔޫ ޑޫ ދިސް ޓުމީ؟؟ ޔޫ ބްލަޑީ…” ނީރާ ރަޔާން ލާފައި ހުރި ޓީސާޓްގައި ހިފާލަމުން އެހެން ބުނެލިއެވެ. އެތާ ތިބި ޒުވާނުންގެ ނަޒަރު ހުއްޓިފައި ތިބީ އެދެމީހުންނަށެވެ. “އަހަރެން ރަޔާން އަށް ނުކޮށްދެނީ ކޮންކަމެއް؟؟ އަހަރެން…” ނީރާ ރަޔާންގެ މޭގައި ތަޅަން ފެށިއެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަތަށް ފައިބައިގެން ދިޔައެވެ. ރަޔާން ނީރާގެ ދެއަތުގައި ހިފަހައްޓާލިއެވެ.
“ނީރާ.. ލިސަން.. އިޓްސް ނޯމަލް… ކޭ؟؟ އިނގެ އެއްނު ދޯ ހައު މަޗް އައި ލަވްޔޫ ކަން…” ރަޔާން ނީރާގެ މޫނުމަތީ ހިފަހައްޓާލަމުން އެހެން ބުނެލިއެވެ. އަނެއްކާވެސް އޭނާގެ ރީތި ބަސްތަކުގައި އޭނާ ހައްޔަރު ކޮށްލުމަށެވެ. އަބަދުވެސް ކުރާހެންނެވެ. އެކަމަކު މިފަހަރު ނީރާ އޭނާ ދައްކާ ދަޅަތަކަކަށް ނުހެއްލޭނެއެވެ. ރަޔާންގެ އަސްލު ސިފަ މިއަދު އޭނައަށް ފެނިއްޖެއެވެ. “ޝަޓް އަޕް ރަޔާން… ޔޫ ޑޯންޓް ލަވް މީ…. ޔޫ އިޑިއަޓް… ޖަސްޓް ލީވް މައި ހޭންޑް..” ނީރާ އޭނާގެ އަތް ރަޔާންގެ އަތުން ދަމައިގަތެވެ. ރަޔާން މަސައްކަތްކުރީ ނީރާ ހައްދާލެވޭތޯއެވެ. ނީރާ ފަދަ ރީތި ކުއްޖެއް އޭނާގެ އަތުން ބީވެގެން ދާކަށް އޭނާ ބޭނުމެއްނުވެއެވެ. ޝާއިން ހުރިތާ ހުރީ ނީރާ ކުރާ ކަންތަށް ބަލާށެވެ. “ނީ ޕްލީސް…. އެމް ސޮރީ އޭ… އައި ލަވް ޔޫ ނީ އައި……” “ރަޔާން!!!!! އިތުރަށް އެންމެ ފަހަރަކުވެސް ތި އަނގައިން އަހަރެންގެ ނަން ނުކިޔާތި.. ދެން ހަނދާން ބަހައްޓާތި އަހަރެން ގެ ކުރިމައްޗަށްވެސް އަރައިގެން ނުވާނެ..” ކަރުނައިން ފުރިފައިވާ އެ ދެލޮލުން ރަޔާންއަށް ލޯ އަޅާލަމުން ނީރާ އެހެން ބުނެލިއެވެ. ރަޔާން އަނެއްކާވެސް އެއްޗެއް ބުނަން އަނގަ ހުޅުވާލިއެވެ. ނަމަވެސް ނީރާ އެކަން ހުއްޓުވީ ރާޔާންގެގެ މޫނުމަތީ ދެވަނަ ފަހަރަށް ޖަހަމުންނެވެ.
ރާޔާން ކައިރިއަށް ރުޅިއައެވެ. އެންމެންގެ ތެރޭގައި ނީރާ އޭނާގެ ގައިގާ އެޖެހީ ދެވަނަ ފަހަރަށެވެ. ރަޔާން ނީރާ އާއި ދިމާލަށް ފިޔަވަޅު އަޅާލިއެވެ. ނީރާ ފަހަތަށް ޖެހުނީ ރަޔާން ކައިރި ހުރިތާ ހުންނާށޭ ބުނެފައެވެ. ޝާއިން ދުވެފައި ރާޔަންއާއި ނީރާއާއި ދިމާލަށް އައެވެ. “އޭތް!!! އިތުރަށް ނީރާއާއި ދިމާލަށް ނުވާނެ ފިޔަވަޅެއްވެސް އަޅައިގެން.. ތިޔައީ ތިހާ މުޑުދާރު މީހެއްކަން ކުރިން އިނގުނުނަމަ އަހަރެން ދުވަހަކުވެސް ނީރާއާއި ކަލޭ ނުގުޅުވާނަން….” ނީރާއާއި ރަޔާންގެ މެދަށް އަރާ ރަޔާން ކޮށްޕާލަމުން ޝާއިން ބުނެލިއެވެ. ރާޔަން ކައިރިއަށް އައި ރުޅި ދެގުނަ ވިއެވެ. ޝާއިން ނީރާގެ އަތުގައި ހިފައި އެތަނުން ދާން ހިނގައިގަތެވެ. ނަމަވެސް ޝާއިންގެ ހިނގުމަށް ހުއްޓުމެއް އައީ ނީރާގެ އަތުގައި ހިފާ ރަޔާން ދަމައިގަތުމުންނެވެ. “ނީރާގެ އަތުން ދޫކޮށްލާ ރަޔާން..!!!!!” ޝާއިން އިންޒާރެއް ދިނެވެ. “ހަހަހަ ކީއްކުރެވޭނީ ޝާއިން… އަހަރެން ނީރާއަށް ކުރާނެ ކަމެއް ކުރިޔަސް ޝާއިން ހުންނަން ޖެހޭނީ ބަލަން.. އަޒުހަމް ޝާފީ އޭނާ ގައިގަ ހިފަހައްޓާ.. ދޫ ވިޔަ ނުދޭތި” ރަޔާން ޝާއިން އާއި ދިމާލަށް މަލާމާތުގެ ރާގަަކަށް އެހެން ބުނެލުމަށްފަހު އެތާ ފަހަތުގައި ތިބި ދެ ފިރިހެންކުއްޖަކަށް ގޮވާލިއެވެ. އޭރުވެސް ޝާއިން ހުރީ ނީރާގެ އަތުގައި ހިފަހައްޓައިގެންނެވެ. ނީރާގެ އަނެއްއަތް އޮތީ ރާއިންގެ އަތުގެ ތެރެއަށް ލާފައެވެ. ނީރާ އެ އަތް ފޮޅާލެވޭތޯ ކިތަންމެވަރަކަށް މަސައްކަތްކުރިއަށް އެކަމެއް ނުވިއެވެ. އަޒުހަމް އާއި ޝާފީ ވިހަ ހިނިތުންވުމަކާއި އެކު އައިސް ޝާއިންގެ ގައިގަ ހިފަހައްޓާލިއެވެ.
ނީރާއަށް ރޮއެގަނެވުނީ ގަތްބިރެއްގެ ސަބަބުންނާއި އެ ހިތަށް ކެތް ނުވާވަރަށް އަނިޔާތަކެއް ލިބުމުން އެކަމަށް ކެތްނުވެގެންނެވެ. “ރަޔާން… ޝާއިން ދޫކޮށްލާ..” ނީރާ އެހެން ބުނެލީ ތަންކޮޅެއްބާރަށެވެ. އަޒުހަމް އަދި ޝާފީ ޝާއިން ދުރަށް ލާން މަސައްކަތް ކުރިއެވެ. ނަމަވެސް އެމީހުން ޝާއިންގެ ހަށިގަނޑު ދަމާލާކޮންމެ ފަހަރަކު ނީރާވެސް އެދިމާލަށް އާދެއެވެ. ރަޔާންއަށްވެސް ކުޑަކޮށް ކުރިއަށް ޖެހެވެއެވެ. އެހާވެސް ބާރަށް ޝާއިން ހުރީ ނީރާގެ އަތުގައި ހިފަހައްޓައިގެންނެވެ. “ރަޔާން..!” ނީރާ އޭނާގެ އަތް ރާޔަންގެ އަތުން ނައްޓުވާލެވޭތޯ ބެލިއެވެ. ޝާއިންގެ ގައިގައި އެންމެ ފުރަތަމަ ޖެހީ ޝާފީއެވެ. އޭނާ ދުރަށް ނުލެވުމުންނެވެ. ނީރާއަށް ރޮއެ ގަނެވުނެވެ. “ޝައިން….! ރަޔާން..!!!! ކަލޭ ހާދަ ގޮތެއް ފޮތެއް ނެތޭ ދޯ.. އަހަރެންގައިގާ އަތްލަބަލަ ތަޅާބަލަ. އޭނާ ދޫކޮށްލަބަލަ” ނިރާ އަށް ބުނެލެވުނެވެ. އަޑުގެ ނެތްތަނަށެވެ. ޝާއިންގެ ގައިގައި އަޒުހަމް ވެސް ޖެހިއެވެ. ޝާއިން އެއްވެސް އެއްޗެއް ނުބުނިއެއްކަމަކު ނީރާއާއި ދިމާ ބަލަން ހުރެވުނެވެ. ނީރާ ކިޔާ އެއްޗެއްވެސް އޭނާއަކަށް ނީވެއެވެ. ނީރާގެ ލޮލު ތެރެއަށް އޭނާއަށް ފީނެވުނީ ލޮލުން ދޭހަވަމުންދާ އެއްޗެއް އަދި ދައްކަމުން ދާ އެއްޗެއް ގެ މާނަ އިނގޭތޯއެވެ. “ޝައިން….!!” ނީރާ ޝާއިންއަށް ވެސް ދިޔައީ ގޮވަމުންނެވެ. ޝާއިންގެ ހަށިގަނޑުގައި އެދެމީހުން ތަޅަމުންދިޔައެވެ. ޝާއިންގެ ހަށިގަނޑަށް އެކި ގޮތްތަށް ވަމުން ދިއެއް ކަމަކު އޭނާގެ އަތެއް ނީރާގެ އަތަކުން ދުލެއްނުކުރިއެވެ. އަދި އޭނާ ގެ ނަޒަރުވެސް ނީރާގެ ލޮލުން ވަކިއެއް ނުކުރިއެވެ.
ޝާއިންގެ ގައިގަ ދެމީހުންވެސް ގޮށް މުށުން ޖެހިއެވެ. އެއާއިއެކު ޝާއިން ވެއްޓުނެވެ. ނީރާގެ އަތުންވެސް ދޫކޮށްލެވުނެވެ. “ޝައިން..” ނީރާއަށް ރޮއެ ގަނެވުނެވެ. ރަޔާން ވިހަ ހިނިތުންވުމަކާއި އެކު ނީރާ އޭނާއާއި ދިމާލަށް ގެނައެވެ. އަދި ނީރާގެ އަތުން ދޫކޮށްލިއެވެ.
“ހައު ޑެއަރ ޔޫ ރަޔާން..”ނީރާ ރަޔާންގެ ގައިން ދުރަށް ޖެހެލަމުން ބުނެލިއެވެ. އޭރު ޝާއިން ވެއްޓިފައި އޮތެވެ. އަދި އަޒުހަމް އާއި ޝާފީ ނުބައި ވައްތަރަކަށް ހެމުން ޝާއިންގެ ގައިގާ ކޮޅު ފައިން ޖަހަމުން ދިޔައެވެ. ރަޔާން ނީރާއާއި ގާތްވެލިއެވެ. ނީރާ ފަހަތަށް ޖެހިލިއެވެ. “ރަޔާން..!! ކޮން މޮޔައެއް ވެގެން ތިއުޅެނީ…” ނީރާ ހަރުކަށިކަމާއި އެކު ބުނެލިއެވެ. “މޮޔައެއްވެގެން ތަ މިއުޅެނީ..؟ މިއީ ލޯތްބޭ ނީ.. އައި ލަވް ޔޫ އޭ.” ރަޔާން ނީރާއާއި ކައިރިވަމުން ދިޔައެވެ. ނީރާ ފުން ނޭވާތަކެއް ލަމުން ދިޔައިރު އޭނާގެ މުޅި ގައިން ދާހިއްލަން ފެށިއެވެ. “ރަޔާން!!!! ފަހު ފަހަރު މީ ބުނާ ޝާއިން ދޫކޮށްލާ… އަހަރެންނެއްނު ރަޔާންގައިގާ ޖެހީ ޝާއިން އެއް ނޫނެއްނު.. އަހަރެންގެ ގައިގާ ޖަހާބަލަ..” ނީރާ ތުންފަތުގައި ދަތްއަޅާލަމުން އެހެންބުނެލިއެވެ. ޝާއިން ގައިގާ އެމީހުން ތަޅަމުން ދިޔަ މަންޒަރު ފެނި ހިތަށް އުނދަގޫތަކެއްވަމުންދިޔައެވެ.
“ކަމޯން ބޯއިސް.. އޭނާ ބާއްވާ ދެން… މިކޮޅުގައި މާ މީރު ކެއުމެއް ލިބޭނެ ކަމަށް ބުނެފި.” ރަޔާން އޭނާގެ އަތުގެ އިޝާރާތުން އެމީހުންގާތު މަޑުކޮށްލާށޭ ބުންޏެވެ. އަދި ދެމީހުންވެސް ނުބައި ފާޑަކަށް ހޭންފެށިއެވެ. ޝާއިން އެއްވެސް ހަރަކާތެއް ނުކޮށް އެ އޮތްގޮތަށް އޮތެވެ. ނީރާ ރަޔާން ކައިރިން ސަލާމަތްވާން އުޅުނެވެ. “އުނހު…. އެހާ ފަސޭހައެއް ކޮށް ނުދެވޭނެ… ނީރާ އެއްނު އަހަރެންގައިގަ ޖެހީ އެހެންވީމަ އޭގެ ބަދަލު ހިފަންވެސް ޖެހޭނީ ނީރާ ކައިރިންނެއްނު..” ނީރާ ފަހަތަށް ޖެހެމުން ދިޔަވަރަކަށް ރަޔާން ނީރާއާއި ދިމާލަށް ދިޔައެވެ. އަޒުހަމް އާއި ޝާފީ ވެސް ރަޔާންގެ ފަހަތަށް ވާގޮތަށް އައިސް ހުއްޓެވެ. ނީރާ ފަހަތަށް ޖެހެމުން ޖެހެމުން ގޮސް އެންމެ ފަހުން ޖެހެވުނީ ފާރުގައެވެ. ރާޔަން ނީރާގެ އިސްތަށިގަނޑުގައި ހިފާލިއެވެ. “އާހް..” ނީރާއަށް ބުނެލެވުނެވެ.
“ރަޔާން..!!!!!!!!!! ނީރާ އަށް ކުޑަވެސް އަނިޔާއެއް ލިބިއްޖެއްޔާ އަހަރެން ކަލޭ މަރާލާނަން..” ޝާއިން ތެދުވެލިއެވެ. ޝާއިންގެ ތުންފަތުން ލޭ އައިސާ ހުއްޓެވެ. އަދި ނިތްކުރިމަތިންވެސް ލޭ އައިއްސާ ހުރި އިރު މޫނުމަތި ހުރީ ދުޅަވެފައެވެ. އަޒުހަމް އާއި ޝާފީ އެދިމާލަށް ދާން ހެދުމުން ރަޔާން އަތުގެ އިޝާރާތުން އެކަން ހުއްޓުވިއެވެ. “މައްސަލައެއް ނެތް.. ކަލޭ ކުރިމަތީ އަހަރެން ކުރާ ކަމެއް ކުރާނީ.. ބަލަން ހުރޭ…. ޝާފީ!!!!” ރަޔާން ޝާފީ އަށް ގޮވާލިއެވެ. ޝާފީ އޭނާގެ ކައިރިއަށް އައުމުން ރަޔާން އޭނާގެ ޝާފީގެ ގަމިހުގެ ކަރުގައި ހިފަހައްޓާލިއެވެ. އެއަށްފަހު އަތުގައި ހުރި ބާރެއްލާ އެ އިރާލިއެވެ. އެ ދިނީ އިންޒާރެއްކަން ނީރާއަށްވެސް ޝާއިންއަށްވެސް އިނގުނެވެ. ޝާފީ ފަހަތަށް ޖެހިލިއެވެ. އަދި ކުރިންވެސް ހުރި ގޮތަށް ހުރީ ނީރާއާއި ދިމާ ބަލާށެވެ.
“އެގޮތަށް ދޯ ހަދަންވީ؟؟” ރަޔާން ނީރާގެ ހެދުމުގެ ކަރުގައި ހިފަހައްޓާލަމުން ޝާއިންއާއި ދިމާ ބަލާލިއެވެ. ޝާއިން އެދިމާލަށް ދިޔައެވެ. ނަމަވެސް އޭގެ ކުރިން ރަޔާން ނީރާގެ ހެދުމުގެ ބޮޑުބައި އިރާލިއެވެ. ނީރާއަށް ހަޅޭލަވައިގަނެވުނެވެ. އެއަށްފަހު ދެއަތުން ހެދުމުގައި ހިފަހައްޓާލީ ރަޔާންގެ ނަޒަރު ނީރާގެ ހަށިގަނޑަށް ހުރީމައެވެ.
“ބޯއީޒް………!” ރަޔާން އެހެން ބުނެލުމުން ޝާއިން އާއި ދިމާލަށް ޝާފީއާއި އަޒުހަމް ދިޔައެވެ. ރަޔާން ނީރާގެ އަތުގައި ހިފަހައްޓާލިއެވެ. “ލެޓްސް ގޯ ބޭބީ…” އެހެން ބުނެލުމަށްފަހު ނީރާ ގަދަކަމުން ދަމާފައި ގެންދިޔައީ ހަދަން ބަހައްޓާފައި ހުރި ގެއެއްގެ ތެރެއަށެވެ. ޝާއިން ގެ ގައިގައި އެ ދެމީހުން ތަޅަމުން ދިޔައިރު ޝާއިން ނީރާ ދިޔަ ދިމާލަށް އަތް ދިއްކޮށްލެވުނެވެ. ނިރާ ހަޅޭލަވައި ގަތް އަޑު އިވުނެވެ. އަދި ރޯއަޑުވެސް އިވުނެވެ. ރަޔާން ކައިރީ ހުރި އަންހެންކުއްޖާ އެ ހުރިހާ ކަމެއްވީ އިރުވެސް ހުރިތާ ބަލަން ހުއްޓެވެ.
“އޭތް..! މީ ކޮންކަމެއް؟؟؟” ގޯޅިން ހުރަސްކުރި ފިރިހެނަކު އެހެން ބުނެލުމުން ޝާފީވެސް އަދި އަޒުހަމްވެސް އެތަނުން ދުއްވައިގަތެވެ. އެ އަންހެން ކުއްޖާވެސްމެއެވެ. އެމީހާ އައިސް ޝާއިން ނެގިއެވެ. ޝާއިން ގެ ގައިގައި ތެދުވާނެހާވެސް ހިތްވަރެއް ނެތެވެ. ނަމަވެސް ޝާއިން ނީރާ ގެންދިޔަ ދިމާލަށް ދުވެފައި ދިޔައިރު ހީވީ ކަމެއްވެފައި ވެސް ނެތް މީހެއް ހެންނެވެ. އެމީހާވެސް ނީރާގެ ރޯއަޑު އިވިގެން އެ ދިމާލަށް ދިޔައީ ޝާއިން ގެ ގައިގައި ހިފަހައްޓައިގެންނެވެ. ދެމީހުންގޮސް އެ ތަނަށް ވަތް އިރު ނީރާ އޮތީ ތަޅުންގަނޑުމަތީގައެވެ. ރަޔާން ލައިގެން ހުރި ގަމިސް ބާލަފައި ނީރާގެ ގައި މައްޗަށް ފުއްމާލީ އެވަގުތުއެވެ. “ޝައިންން…!!!” ނީރާއަށް ރޮއެ ގަނެވުނެވެ. ޝާއިން އާއި އެކު ވަދެގެން އައި މީހާ ރަޔާން ދުރަށްލިއެވެ. ޝާއިން އައި ގޮތަށް އައިސް ނީރާ ނެގިއެވެ. އަދި ޝާއިން ލައިގެން ހުރި ގަމިސް ބާލާ ނީރާގެ ގައިގައި އޮޅާލިއެވެ. އެމީހާ ރަޔާންގެ ގައިގައި ހިފަހައްޓައިގެން ހުރެ ޕޮލިހަށް ގުޅިއެވެ. ނީރާ ޝާއިންގެ ގައިގާ ބައްދާލައިގެން އިނދެ ރޮމުން ދިޔައެވެ. ޝާއިން އޭނާއަށް ވެފައި ހުރި ވަރެއް ނުބަލާ ނީރާ ހަމަޔަކަށް އެޅުވޭތޯ ބެލިއެވެ. ރާޔަން ހިފަހައްޓައިގެން ހުންނަން އެމީހާ އަށް އުނދަގޫވިއެވެ. އެމީހާގައިގާ އެތިފަހަރެއް ވީއްލާލުމަށްފަހު ރަޔާން ދުއްވައިގަތެވެ. ނަމަވެސް އޭނާގެ ނަސީބު ދެރަކަމުން އެރުނީ ޕޮލިހުންގެ ކުރިމައްޗަށެވެ. ޕޮލިހުން އެތެރެއަށް ވަދެގެން އައުމުން އެމީހާ އަށް ފެނުނު އެއްޗެއް ކިޔައިދިނެވެ.
ޕޮލިހުން ނީރާއާއި ޝާއިންވެސް ޕޮލިސްޓޭޝަންއަށް ގެންދަން އެމީހުންގެ ޖިޕްއަށް ވެއްދިއެވެ. ޝާއިން ރާބިޔަތު އަށް ގުޅީ އެވަގުތުއެވެ. އަދި އަޝްފާގް ގާތު ބުނެ އަވަހަށް ޕޮލިސްޓޭޝަންއަށް އައުމަށް ބުނެލިއެވެ. ރާބިޔަތު ހާސްވެފައި އަވަހަށް ފޯނު ބޭއްވުމަށްފަހު އަޝްފާގް އަށް ގުޅާލިއެވެ. ނީރާ އާއި ޝާއިން ކަންތަށް ވެދިޔަގޮތް ކިޔައިދިނެވެ. ނީރާ އޭރުވެސް ހުރީ ރޯލަ ރޯލައެވެ. ޝާއިން ނީރާ ގެ ކޮނޑުގައި އަތް އަޅައިގެން ހުރުމުން އޭނާއަށް ހިތްވަރެއް ލިބުނުކަހަލައެވެ. ޝާއިން ގެ އެތަން މިތަނުގައި ރިއްސަމުން ދިޔައެއް ކަމަކު ނީރާގެ ކައިރީ ހުރީ ހިތްވަރުކޮށްގެން ކެތްކޮށްލައިގެންނެވެ. ޕޮލިހުން ދެން ތިބި މީހުން ހޯދާނެކަމަށް ބުނެ ރަޔާން އެމީހުންގެ ބެލުމުގެ ދަށަށް ގެނައެވެ. ރާބިޔަތު އާއި އަޝްފާގު އެތަނަށް އައީ އެވަގުތުގައެވެ. ނީރާ ފެނި ރާބިޔަތުއަށް ރޮއެގަނެވުނެވެ. މިދުވަސްކޮޅު ރާބިޔަތު އަށް ހާއްސަ އަޅާލުމެއް ބޭނުންވާތީ ނީރާ ހިތްވަރުކޮށްލުމަށްފަހު ރާބިޔަތު ކައިރި އެއްވެސް ކަމެއް ނުވޭ ބުނެލިއެވެ. ޝާއިން ނީރާގެ ހިތްވަރުގަދަކަމާއި މެދު ހިތާހިތުން ޝުކުރުކޮށްލިއެވެ. ހުރިހާ ކަމެއް ވެ ނިމުމުން ނީރާއާއި ޝާއިން ގެއަށް ދިޔައެވެ. އާޝިޔާ އާއި އަކުރަމް ޝާއިން ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި އޭނާގެ ހަށިގަނޑުގައި ހުރި ޒަހަމްތަށް ސާފްކޮށް ބޭސްއަޅިއެވެ.
ނީރާ ރާބިިޔަތު ކުރިމަތީ ހިތްވަރުކޮށްގެން ހުއްޓެއް ކަމަކު ކޮޓަރިއަށް ވަދެވުމާއި އެކު އޭނާގެ ކެތްތެރިކަން ކޮޅުން ލައިގެންދިޔައެވެ. އަޑުން އަޑު ނަގާ ރޮއެގަނެވުނެވެ. އެއަޑު ބޭރުނުވޭތޯ އަނގަމަތީ އަތް އަޅާލިއެވެ. އެއަށްފަހު އެނދުމަތީ ބަންޑުން އޮވެލިއެވެ. އޭނާއަށް ލޯބި އެވެވުނީ އެހާ ނުބައި މީހެއް ދެކެހެއްޔެވެ؟ ރަޔާން ދޯކާ ދިނުން އޭނާއަށް ހަޖަމު ކުރެވިދާނެއެވެ. އެކަމަކު އޭނާ ގެ ހެދުން އިރާލާ އެކަހަލަ ކަމެއް ކުރަން އުޅުން ވެގެން ދިޔައީ ނީރާގެ ހިތް ކުދި ކުދި ކޮށްލިކަމަކަށެވެ. ނީރާގެ ސަބަބުން ޝާއިންއަށްވެސް ވަނީ އެތަކެއް އަނިޔާތަކެއް ވެފައެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި އެވާހަކަ މުޅި މާލެއަށް ފެތުރުނެވެ. ނީރާ މެންގޭ ކައިރި އުޅޭ އަވަށްޓެރިން ނީރާ ކައިރިއަށް އައިސް ހާލު ބަލަން ފެށިއެވެ. އެކަމުން ނީރާއަށް ކިތަންމެވަރަކަށްވެސް އުނދަގޫވިއެވެ. ނަމަވެސް ހިތްވަރުކޮށްލާ ކޮންމެ މީހަކާވެސް ވާހަކަދައްކާލީ ހެޔޮހިތުންނެވެ.
-ނުނިމޭ- 🙂
15 Comments!
Comments are closed.
hey guys. hre is the nxt prt.. hykuran rythi vaane kamah.. n nxt prt vx in sha allah vrh avahah up kuraanan bt enme las vgn 3 days kurin.. aslu rynge lap repair shop ga v.. kuda repair eh kuran jehunyma.. n m usin my bros one.. n i cnt get n use this abadhu abadhu dhw hehe.. rynge lap use kuraa gwthakah… .. bt i wil make sure nt to b late.. thnkx fr readin.. enjoy 😉 😉
Wowwwwwwwwwwww ♥♥♥♥♥♥♥♥ vrh vrh vrh vrh reethiiii….. 🙂 🙂 🙂 love ur stories alottttttttttt……… when is the next part?????? Waiting…
Miss u alot ryn tvgc … 🙂
Yayyyyyyyy me first ….. 😀 😀 😀 😀
alheyyy… thnkyww mal…thse swyt cmmnts make my day n thse myns alt to me… thnkyw dear ???? n in sha allah i wil uplwd it soon.. n cngrts ur frst.. thnkx.. enjoy.. n i miss u mre n mre tc. ?????❤❤
Hey ryn…. alhey tht stupid idiot rayaan… huh I hate him.. nasybeh police aikan. Dhn indhey jail ga huh
Anyways stry habeys…. v v v v rythi
Gud job ryn…n miss u
N shain haadha molhey dw 😛 hehe 😀
hey nuths :p ?.. hehehe dhww. nasybehnu… hehehe… nw sadw jail mey ryt ???? hehe thnkx alt.. miss u mre.. n yrh shine is alwys mwlhey . thnkx fr the cmmnt n rydin.. enjoy.. tc ????❤
Wow..nyc stwry
thnkyw.. enjoy 😉
ryn … wowwwwwww .. its really nice . v touching .. alheyy .. ekm adhivess nee ge parnts maruvi gotheh neyngethyve dhw .. i’m curious to knw it .. mi bart is jst wowwwww .. ryn ur so molhu hehehehe .. asluvess ingey .. ryn ge hurihaa stories he vess hama superb .. v rythi ..nxt part avahah up kohdhehchey rynuu .. keep it up .. tgc .. 🙂 🙂 😉 😀
hehehe thnkyw lai… yrh dhn ingeyney kuriah huri prts thakuga. hehehe.. bart eyyy? ?? *part* hehe alheyy thts soo swyt of u… vrh happy vehje…. thnkyw luv… labba up kh dheynan laithuu.. tc salaam miss u alt.. enjoy.. n laige majoo ah salaam.. u knw ehnu “nunjam”… hehehe luv u.. ???❤??
v reeethi
thnkyw dear.. 😉
Owhhh…alheyyy tht rayaan gandu haadha goaheydhw…huh….ny n shyn ah ehn hadhaakah nuvaane ennu.hehehe…vrh vrh vrh nyc mi prt..n vrh dhera vejje mi prt kiyaafa…..waitin fr nxt prt???
hehehe dhw ina…thnkyw dear…. alhey sry fr tht… hehe n nxt prt in sha allah 3 days kurin up kuraanan.. thnkyw once again… enjoy… tc miss u dear… ???❤
Ryn.. kobaahey kobaahey nxt part kobaahey..
Waiting dear. Avahah up kohddhybab..kohddhybaa.. v kiyaahithun mi iny