މަޑުމަޑުން އެ މަޚްލޫގް އައިސް ރޫހީގާތުގައި ހުއްޓުނެވެ. އެ ހިނދު ރޫހީއަށް އޭނާ އެތަނަށް އެ އައި ބޭނުން ނަގައިގަނެވުނެވެ. ރޫހީއަށް އެކަމަށް އިންކާރު ކުރާކަށް ނުކެރުނެވެ. އިންކާރުކޮށްފި ނަމަ ވާނޭގޮތް އޭނާ ވަނީ ތަޖުރިބާ ކޮށްފައެވެ. އެމީހުންނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ރޫހީއަށާއި އޭނާގެ އާއިލާއަށް ކޮންމެފަދަ ގޮތެއްވެސް ހަދާފާނެކަމުގެ ބިރު ރޫހީގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ދެލޯ މަރާލުމަށްފަހު ހިމޭނުން އޮތީއެވެ. ރޫހީގެ ގައިމަތީގައި އަޅާފައިވާ ފޮތިގަނޑު ތިރިއަށް ކެހެމުން ދިޔައެވެ. ފޮތިގަނޑު ކެހެމުން […]
“ނޭނގެ… ނުބަލަން އަދި..” އެވަގުތު ދުރުން ނޫރު ގޮވާއަޑުއިވުމުން އަހަރެން އަތަށް ކާޑު ކޮށްޕާލަމުން ޝާލީ ދުވެފައިހިގައްޖެއެވެ. ހުދާއި ވިލުނުލުން ޖަރީކޮށްފައިވާ ކާޑަށް އަހަރެން ބަލާލީމެވެ. ކާޑުގައިވާ ނަން ފެނުމުން ލިބުނީ ހައިރާންކަމެވެ. ކާޑަށް ބަލަހައްޓައިގެން ހުރެވުނީ އެއީ ތެދެއްކަމަށް ޤަބޫލުނުކުރެވިފައެވެ. “ޝާޔަން ވެޑްސް ޒައިކް” ކާޑުގައި ކަޑާނަގާފައިވާ ނަން ކިޔާލެވުނީ ތަންކޮޅެއްބާރަށެވެ. ” ޝާޔަން އެއީ ޝާޔަލްގެ ދައްތަދޯ ތިއްތީ…” ނޫރު އުރާލައިގެން އެތެރެއަށް ވަންނަށްއައި ޝާލީއަށްވެސް އެއަޑު އިވުނީތާއެވެ. ” ތިއްތިއަކަށް ނޭނގެ ޝާޔަލްއެއް..” […]
“މިޝާލް، ތެދުވެބަލަ ދެން… ނުވައެއް ޖަހަނީ މިހާރު” އަނޫޝާ އަނެއްކާވެސް މިޝާލްގެ ކޮނޑުގަ ހިފާ ތަޅުވާލަމުން ގޮވާލިއެވެ. މިޝާލް އަނެއް ފަރާތަށް އެނބުރުނެވެ. “މިޝާލް!” އަނޫޝާ ގޮވާލިއެވެ. އަދި މިޝާލް ހިފަހައްޓައިގެން އޮތް ބާލީސް ނަގަން ވެގެން އޭގައި ހިފާލިއެވެ. “ކިހާ ދެރަ ކަމެއްތަ؟” ކުއްލިއަކަށް ތެދުވެފައި މިޝާލް ބާރަށް ބުންޏެވެ. އަނޫޝާ ސިހިފައި ފަހަތަށް ޖެހިލިއެވެ. “ކިހިނެއް ވެގެންތަ ތިއުޅެނީ؟ މަ ނުތެދުވިއްޔާ ކަމެއް ނުވަނީތަ؟ މަ ނިދާފަ އޮތަކަސް ތިކުރާ ކަމެއް ކުރަން ދޭބަލަ” […]
“ވީގޮތް ނޭނގޭތަ، އަންޑަސްޓޭންޑް ވާށޭ… ނޮޓް ދަ ވަންއޭ….. ކިހާވަރަކަށް…. އަހަރެންނަށް ތިހެން ހެދީ ކީއްވެ،…. ބުނީމެއްނު ލޯބިވެއޭ… އެއީ އޮޅުވާލުމެއްތަ…. ބުނޭ.. ބުނޭ… ނުބައި ނުލަފާ ފިރިހެނުންގެ ތެރޭގައި ހިމޭނޭ މީހެއް ތީ…. ދުވަހަކު،… މިބުނީ ދުވަހަކު ނުކުރާނަން މައާފެއް..” އަތޫޝާ ކިޔާނެ އެއްޗެއް ކިޔުމަށްފަހު ކުރިއަށް ހިނގައިގަތީ ޝައިމަންއާ ދިމާލަށް ބަލާނުލައެވެ. ޝައިމަން އެއްއަތުން ކޮލުގައި ހިފަހައްޓައިގެން ހުރި އިރު ހުރީ ދެންމެވީ ކީއްކަން ނަގައި ގަންނަން ނޭނގިފައެވެ. “ހެހެހެ…. އެހެންނޭ ވާނީ.. އަދިވެސް […]
ތިން މީހުންވެސް ގޮސް މަޑުކޮށްލީ ޝާއިން ކައިރިއަށެވެ. ނީރާއަށް ޝާއިން އޮތްގޮތް ފެނި އިތުރަށް ރޮވޭގޮތްވިއެވެ. އާޝިޔާގެ އަތުގައި ބާރަކަށް ހިފައިލީ ކަރުނަތަށް ހިންދަމުންނެވެ. “ޝައިން…!” ނީރާ ޝާއިންއަށް ގޮވާލިއެވެ. “ޕްލީސް ކަމް ބެކް…” ނީރާ އެހެން ބުނެލީ ހިތުންނެވެ. ކުއްލިއަކަށް މެޝިންގެ އަޑުން މުޅި ކޮޓަރީގެ ހިމޭންކަން ފިލުވާލިއެވެ. ތިން މީހުންނަށްވެސް މެޝިނާއި ދިމާލަށް ބަލައިލެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ. އެއަށްފަހު ޝާއިންއާއި ދިމާ ބަލައިލިއެވެ. ޝާއިންގެ ދެލޯ މަރައިގެން އޮތެއްކަމަކު އޭނާ ފުން ނޭވާތަކެއް […]
“ކަމޯން ޕްރިންސަސް. މަންމަ އޯކޭއެއްނު. ބައްޕަ ނުރުހުންވާނީ. ޓްރަސްޓް މީ ބޭބީ” ޒޯހަންއަށް އިތުބާރުކޮށް ޝިޔާރާ ވެސް ޒޯހަންއާއި އެއްހަމައިގާ ފިޔަވަޅުތައް ހަމަކުރަމުން ދިޔައެވެ. އެވަގުތު ކޮޓަރިން ނިކުތް ނޫރީއަށް ސިޓިންގްރޫމަށް ވަންނަ މައިދޮރުން ޒޯހަންއާއި ޝިޔާރާ ފެނުމާއެކު މޭފުއްޕާލާާ ކުރިއަށް ޖެހިލިއެވެ. “ހަބަރުދާރު. ތިއަންހެނާ މިގެއަށް ވައްދައިގެން ނުވާނެ” ވަގުތުން ބިރުގަނެފައި ހުރި ޝިޔާރާއަށް ރޮވުނެވެ. ކުރިން ވެސް މިހެން ވާނޭކަން އެނގެއެވެ. ބިރުގަތީ ހަގީގީ މަންޒަރު ލޯކުރިމަތިން ފެނުނީމައެވެ. ޝިޔާރާގެ ހަށިގަނޑުގައި މަޑު ތުރުތުރުލުމެއް […]
“ނައު.. ” ނާވީ ދެ ހިޔާލެއްގައި ހުރެ ނައުޝާއަށް ގޮވާލިއެވެ. ފަހަތަށް ބަލާލި ނައުޝާ ވާހަކައެއް ނުދެއްކިއެވެ. ހީވަނީ ނާވީ އެއްޗެކޭ ބުނަން ދެން މަޑު ކޮށްލައިގެން ހުރިހެންނެވެ. ” މިއަދު މިޝީ ދެކުނިން.. ” ހިނިތުން ވެލަމުން ނާވީ ބުނެލިއެވެ. “ދޮންބެ އަހަރެން މިހިރީ ޗުއްޓީއަށް އައިސް އަނެއްކާ ދާން ވީތަ؟” ނައުޝާ އެހެން ބުނެލާފައި ތިރިއަށް ފައިބައިގެން ހިނގައްޖެއެވެ. ޓެރެހުގައި އިރުކޮޅަކު މަޑުކޮއްލުމަށްފަހު ނާވީވެސް ދިޔައީ ތިރިއަށެވެ. އެހެން ރޭރެއާއި ހިލާފަށް މިރޭ އޭނާގެ […]
“ހޭ… ކޮބާތަ ގްރޫމް… ނުވެސް ފެނޭ” އަތޫޝާގެ އަތުގައި ހިފަމުން ޝަމްހާ އަހާލިއެވެ. “ނޭނގެ… މަމްދޫހު ލަސްވެއްޖެދޯ… ކޮންޓްރެކްޓެއްގަ ސޮއި ކުރަން ރިސޯޓަށް ދިޔައީ.. މިހާރު އުޅޭކަންނޭގެ އަންނަން” އަތޫޝާގެ މޫނުމަތިން ފެންނަމުންދަނީ ހާސްކަމާ ބިރުވެރިކަމެވެ. “އަޅޭ.. މަމްދޫހު.. ކޮބާތަ.. މިހާރު ބިރުގަންނަން ފަށައިފި… އަނެއްކާ.. ނޫން.. އަންނާނެ… ޔަގީން… ” އަތޫޝާގެ ހިތް ދިޔައީ ނެގި ނެގިފައި ޖެހެމުންނެވެ. ވިސްނަން ބޭނުންނުވާ ކަންތައްތަކާ ވިސްނެނީއެވެ. ކައިވެނި ކޮއްދިނުމަށް އައިސް ހުރި ގާޒީ ގޮޑީގައި އިންނަތާ މިހާރު […]
ޒިހާންއާ އަނޫޝާއާ މެދު ކަންތައް ވީގޮތް ޝިޔާޒްއަށް އެނގުނީ އޭގެ ދެދުވަސް ފަހުންނެވެ. އެދެދުވަހުވެސް ޒިހާން އެގެޔަށް ނާންނާތީ ޝިޔާޒް ސުވާލު ކުރުމުން އަނޫޝާ ޒިހާންއާ ވާހަކަ ދައްކަން ބޭނުން ނުވާކަމަށް ޒިހާން ބުންޏެވެ. ނަމަވެސް ސަބަބެއް ނުބުނެއެވެ. އެރޭ ޝިޔާޒްއާ ޝައުފާވެސް އެތައް އިރެއް ވަންދެން އަނުޝާއާ ސުވާލު ކުރިއެވެ. ނަމަވެސް އަނޫޝާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އަނޫޝާ ގާތަށް އައީ ރުޅިއެވެ. “އަހަރެން ވާހަކަ ދައްކަން ބޭނުން ނުވާތީ އެހެން ބުނީ… އެވަރުގެ […]