Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ވާހަކަ (ހަވަނަ ބައި)

Mysterious Angel
March 27, 2016
5 Mins Read
30 Views
6 Comments

“ނޭނގެ… ނުބަލަން އަދި..” އެވަގުތު ދުރުން ނޫރު ގޮވާއަޑުއިވުމުން އަހަރެން އަތަށް ކާޑު ކޮށްޕާލަމުން ޝާލީ ދުވެފައިހިގައްޖެއެވެ. ހުދާއި ވިލުނުލުން ޖަރީކޮށްފައިވާ ކާޑަށް އަހަރެން ބަލާލީމެވެ. ކާޑުގައިވާ ނަން ފެނުމުން ލިބުނީ ހައިރާންކަމެވެ. ކާޑަށް ބަލަހައްޓައިގެން ހުރެވުނީ އެއީ ތެދެއްކަމަށް ޤަބޫލުނުކުރެވިފައެވެ.

“ޝާޔަން ވެޑްސް ޒައިކް” ކާޑުގައި ކަޑާނަގާފައިވާ ނަން ކިޔާލެވުނީ ތަންކޮޅެއްބާރަށެވެ.

” ޝާޔަން އެއީ ޝާޔަލްގެ ދައްތަދޯ ތިއްތީ…” ނޫރު އުރާލައިގެން އެތެރެއަށް ވަންނަށްއައި ޝާލީއަށްވެސް އެއަޑު އިވުނީތާއެވެ.

” ތިއްތިއަކަށް ނޭނގެ ޝާޔަލްއެއް..” ކޮޑު އަރުވާލަމުން ބުނީމެވެ.

“އެއީ ޝާލްއާއެއްކޮށް އެއްކުލާހެއްގަ އުޅުނީ އޭނަ.. މިހާރު ފެނުނަސް ނުވެސް އިނގޭނެ..” ޝާލީގެ ވާހަކަހުރި ގޮތުން ކުޑައިރުގެ ރައްޓެހިންނާ ބައްދަލުވާ ހިތުންހުރިކަން އިނގުނެވެ.

“އޯކޭ މިރޭ ނައިންއަށް ރެޑީވޭ އިނގޭ..” ނޫރުގެ ކޮލުގައި ހިފާލަމުން އަހަރެން ކޮޓަރިއަށްވަނީމެވެ. ޝާޔަންއާއި ދޭތެރޭ ވިސްނާލެވުނީ ދެނެވެ. ކައިވެނިކުރަން އުޅޭ ވާހަކަވެސް އޭނަ ނުބުނެވެ. ޒައިކްއަކީ ކާކުހެއްޔެވެ؟ އަނެއްކާ އޭނަގެ އާއިލާއިން މަޖުބޫރުން ކުރުވި ކައިވެއްޏެއް ނޫންބާއެވެ؟ މުއްސަނދި ޝާހީ އާއިލާތަކުން އަދިވެސް އެއުސޫލު ގެންގުޅެނީތާއެވެ. ފަރީދު ގުޅީ އެވަގުތެވެ. މުހިއްމުކަމެއް ދިމާާވެގެން އަވަހަށް އައުމަށް އެދުނެވެ. މަންމަ ބަދިގޭގައި ޝާލީއާއި ނޫރު ގޮވައިގެން ކޮންމެވެސް އެއްޗެއް ތައްޔާރު ކުރުމުގައިއުޅެއެވެ.

ސްޓޭޝަނަށް ދިޔައިރު ހޫދު ވަރަށް އަވަދިނެތި ކޮންމެވެސް މަސައްކަތެއްގައި އުޅެމުންދިޔައެވެ. ބައެއްފަހަރު އޭނަގެ ހަރަކާތްތައް ހުރި ގޮތުން ހިނިވެސްއާދެއެވެ.

“މިރޭ ޒައިކްގެ ވެޑިންގ އޮތީމަ އެއުޅެނީ.. ހީވަނީ މީނަހެން މީހަކާ އިންނަން އުޅެނީ..” ފައިލެއް އަހަރެންގެ އަތަށް ދިއްކޮށްލަމުން ފަރީދު ބުނެލިއެވެ.

” މީ ކޮންކަމެއް؟” ކަރުދާސްތަކަށް އަވަސް ނަޒަރެއް ދެމުން އަހާލީމެވެ.

” ހުޅުމާލޭގަ ބާއްވާ ތިންމަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއްގެ ވާހަަކަ ކުރިން ކީމެއްނު..  ބައިވެރިން މިއަންނަމަހުގެ ފަނަރަައަށް ދާންޖެހޭ މާލެއަށް.. މިއުވާންއާ ޝިމާލް މިކޮޅުން ނަގާފަ ތިބީ..” ތެދެކެވެ. ކުރިންވެސް ނަންތައް ފޮނުވައިފިއެވެ. ކަންތައްތައް ދިމާވަމުން ދިޔަ ގޮތުން އެކަން ހަނދާނުން ކައްސާލައިގެން ދިޔައީއެވެ.

” މިއަދު މީ އަދި މިމަހުން ދިހައެއް ދޯ.. ތިޔެއްނޫނޭ މިރޭ ޕާރޓީއަށް ދާންވާނު.. މަވެސް ކްލާސް މޭޓެއްގެ ވެޑިންގ ވިއްޔަ…” ހޫދަށް އަޑުއިވޭވަރަށް އެހެންބުނުމުން ފަރީދު ހޭންފެށިއެވެ. ނިންމަންޖެހޭ މަސައްކަތްތައް ހުރުމުން އަހަރެން އުޅުނީ އެކަމުގައެވެ.

ޑިއުޓީ ނިމުނުއިރުވެސް މަސައްކަތްތައް ނުނިމޭތީ އަހަރެން މަޑުކުރީ ނިންމާލާފައިދާށެވެ. އަށްގަޑިބައިވީއިރަށް ޝާލީ ގުޅައިފިއެވެ. ބުނެފައި އޮތް ގަޑިއަށް އަހަރެންނަށް ތައްޔާރުނުވެވިދާނެތީއެވެ. އަވަސްކޮށްލައިގެން ގެއަށް ދިޔައިރު ޕާރޓީއަށް ދާން ލާނެ ގަމީހާއި އެއްޗެހި ޝާލީހުރީ ތައްޔާރުކޮށްފައެވެ. ތައްޔާރުވާންހުރިއިރުވެސް ލަސްވެގެން ޝާލީ ޝަކުވާކުރާ އަޑުއިވެމުންދިޔައެވެ.

“ވާއޮ… މައި ހޭންޑްސަމް މިރޭ ނަލަކަން…” އަހަރެން ފެންނައިރަށް ޝާލީ ތައުރީފުކުރިއެވެ. މަޑުނޫކުލައިގެ ހެދުމުގައި ޝާލީވެސް ފެންނަލެއް މައުސޫމެވެ.

“ގިފްޓް..” ކުއްލިއަކަށް ހަނދާންވެގެން އަހަރެން ބުނީމެވެ. ޝާލީ އޭނަ އަތުގައި އޮތް ޕާރސަލް ދައްކާލިއެވެ.

” އިޝާ ނަމާދުން އިޒް އައިއްސުރެ ފިހާރައަށް ނުގޮސްގެން ހީވީ އެހެންކަމެއްހެން..” ގެއިން ނިކުންނަނިކޮށް މަންމަ ބުނާއަޑުއިވުނެވެ.

” މަޑުކޮށްބަލަ.. ކޮންތާކުތަ ޕާރޓީ އޮތީ؟” ކާޑު ރަނގަޅަށް ބަލާނުލެވުނުކަން ހަނދާންވީ ގެއާއި ތަންކޮޅެއް ދުރަށް ދެވުނުފަހުންނެވެ. ޝާލީ ދެފަރާތަށް ބޯހޫރާލީ ނޭނގޭ ބުނާފަދައިންނެވެ. ވީގޮތުން ދެމީހުންނަށް ހޭންފެށުނީ އެކީގައެވެ. ޕާރޓީއަށް ދާން ރެޑީވިއިރު ޕާރޓީއޮތްތަން ނޭނގުމީ އަޖައިބެކެވެ. ފަރީދަށް ގުޅާ އަހާލުމުން ޕާރޓީ އޮތީ ޝާޔަންމެންގެއާއި ދިމާ އަތިރިމަތީގައިކަން ބުނެދިނެވެ.

ހިނގާފައި އެހިސާބަށް ދެވުނުއިރު ދެމީހުން ތިބީ ވަރުބަލިވެފައެވެ. ހުދުކުލައާއި ނޫކުލައިގެ ފޮތިތަކުންނާއި ބިއްލޫރިފުޅިތަކަށް ލާފައިވާ އުއްބައްތިތަކުން މުޅި ސަރަހައްދުވަނީ ޒީނަތްތެރިކޮށްފައެވެ. ހިކިފައިހުރި ގަހެއްގައި ފުޅިތަކަށްލާފައިވާ އުއްބައްތިތައް އެލުވާލާފައި ހުއްޓެވެ. ކޮންމެ މޭޒެއްގައިވެސް ބިއްލޫރި ފުޅިއަކަށް ލާފައިވާއުއްބައްތިއެއް ބަހައްޓާފައިވެއެވެ. ތަން ޒީނަތްތެރިކޮށްފައިވަނީ ވަރަށް ހިތްގައިމުގޮތަކަށެވެ.

” ވެޑިންގ ކަޕްލް..” ތަންކޮޅެއް ދުރުގައި ތިބި ޝާޔަންމެން ދައްކާލަމުން ޝާލީ ބުނެލިއެވެ. ތަންކޮޅެއް އުސްކޮށް ހަދާފައިހުރި ސްޓޭޖެއްމަތީ ޝާޔަންމެންތިއްބެވެ. ހުދުކުލައިގެ ބޮޑު ވެޑިންގ ޑްރެސްގައި ޝާޔަން ވަރަށް ރީއްޗެވެ. އޭނަގެ މޫނުމަތީގައިވާ ހިތްގައިމު ހިނިތުންވުމުންވެސް އުފާވެފައިވާ މިންވަރު ވަޒަންކުރެވުނެއެވެ. ކައިރީގައިހުރީ އިސްކޮޅުން ދިގު ފިރިހެނެކެވެ. ނޫކުލައިގެ ސޫޓްގައި ފެންނަނީ ސްމާރޓްކޮށެވެ.

“މަރުހަބާ..” ޝާޔަންއާއި ސަލާމުކޮށްލަމުން ބުނެލީމެވެ.

“ޝުކުރިއްޔާ.. މީ އަހަރެންގެ ފިރިމީހާ ޒައިކް.. ޒެކް މީ ޝިމާލް އަހަރެންގެ ކްލާސްމޭޓެއް.. ” ޝާޔަން ޒައިކްއަށް ތަޢާރަފުކޮށްދިނެވެ. ޒައިކް އަހަރެންނާ ސަލާމުކޮށްލީ ހިނިތުންވުމާއެކީގައެވެ. ޝާލީ ޝާޔަންއާއި ސަލާމުކޮށްލަމުން ޝާޔަލްގެ ވާހަކަ އެހިއެވެ.

“ޔާލް..” ތަންކޮޅެއް ދުރުގައި ހުރި އަންހެންކުއްޖަކަށް ޝާޔަން ގޮވާލިއެވެ.

“ކީކޭ؟.” ހުދުކުލައިގެ ހެދުމެއްގައި އެހެރީ ތަންކޮޅެއްކުރީ ދުވަހެއްގައި ފެނުނު އަންހެންކުއްޖާއެވެ. ދަންނަ ގޮތެއްހުރިހެން ހީވަނީ އޭނަގެ މޫނުމަތިން ޝާޔަންއާއި ވައްތަރުވީމައެވެ. ތަފާތަކީ ޝާޔަން ބުރުގާ އަޅާފައިވުމެވެ. ނޫންނަމަ ހީވަނީ އެކަކުހެންނެވެ.

“ޝާލީ..” ޝާޔަލްގެ ކުރިމައްޗަށް ހުއްޓެމުން ޝާލީ އަމިއްލައަށް ތަޢާރަފުވެލިއެވެ. ޝާޔަލް ކުޑަކޮށް ހަޅޭއްލަވައިގަންނަމުން ޝާލީގެ ގައިގާ ބައްދާލިއެވެ. ދެއެކުވެރިންނަށް ފުރުސަތުދެމުން އަހަރެން ތަންކޮޅެއްދުރަށް ޖެހިލީމެވެ.

“ހޭ ޔަޤީންނުވެގެން މިއައީ..” ނުހާއަކީވެސް ކުޑައިރުގެ ރަޙްމަތްތެރިއެކެވެ. އޭނަގެ ފިރިމީހާއާއި ދަރިފުޅުވެސް ކައިރީގައިތިއްބެވެ. ކުޑައިރު އެކުގައި އުޅުނު ގިނަ ރަޙްމަތްތެރިންނާ ބައްދަލުވެ އޭރު ކޮށްފައިވާ މަޖާ ކަންކަމުގެ ވާހަކަދެކެވުނެވެ. ލަސްވާންފެށުމުން އަންހެންކުދިންތައް ގެއަށްދާންފެށިއެވެ. އިއްސޭ އަހަރެން ގޮވައިގެން މީހުން މަދު ހިސާބަކަށް ދިޔައެވެ.

” ވަރަށް ދުވަސްވެއްޖެ މިވާހަކަ ދައްކަން އުޅެތާ..” މީހަކު އާދޭތޯ ދެފަރާތް ބަލާލަމުން އޭނަ ބުނެލިއެވެ.

” ހޫމް.. ބުނެބަލަ…” ދައްކަން އުޅެނީ ކިހާވަރެއްގެ ވާހަކައެއްކަމެއްވެސް އަދި ކާކާބެހޭ ވާހަކައެއްކަމެއްވެސް ނޭނގެއެވެ.

” މީގެ ދުވަސްކޮޅެއް ކުރިންއެއީ.. މަ ދަންވަރު ދަތުރެއް ނިންމާލާފައި އައިއިރު ފެނުނު ތިގެއިން މީހަކު ވަންނަނިކޮށް.. ފެންނައިރަށް މަށަށް އިނގިއްޖެ އެއީ ޝިމާލް ނޫނީ ޝުހާދު ނޫންކަންވެސް..” އަހަރެންގެ ކޮޑަށް އަތްވައްޓާލައިގެން ހުރެ އޭނަ ވާހަކަދެއްކީ ކިރިޔާ އަޑުއިވޭވަރަށެވެ.

“ވަގަކަށްވެސް ވެދާނު..” ޙަޤީޤަތް އިނގޭއިރުވެސް އެހެންމީހެއްގެ ދުލުން އެފަދަ ވާހަކައެއް އަޑުއިވުމަކީ ފަސޭހަކަމެއްނޫނެވެ. ތަނުގެ ގޮތުން ރުޅި އެތެރެއަށް ހިންދާލައިގެންހުރީމެވެ.

“ނޫން.. އެހެންނޫންނަމަ މީރާއެއް ނުހުންނާނެ ދޯ ދޮރުމަތީއެއް.. ކުރިން ރަށު މީހުން ކިޔާ އަޑުއިވެނީ.. މަށެއް ޤަބޫލެއް ނުކުރަން އެކަމަކު ފެނުނީމަ ޤަބޫލުކުރަން މަޖުބޫރުވީ.. ޝިމާލްއަށްވެސް އިނގޭނެ މަ ރަނގަޅަށް.. މީހަކު ދައްކާހާ ވާހަކައެއް މަ ޤަބޫލެއް ނުކުރާކަންވެސް އިނގޭނެ.. އެހެންއެއްވެސް މީހެއްގެ ގާތު މިވާހަކައެއް ނުދައްކަން..” ކޮޑުގައި ހިފާލަމުން އޭނާ ކިޔާދިނެވެ. ތެދެކެވެ. އިއްސެއަކީ ބުނާބަހުގައި އިތުބާރުއޮންނަމީހެކެވެ.

“ތޭންކްސް…” ލޮލަށް ކަރުނަތައް ޖަމާވާންފެށުމުން ތަންކޮޅެއްދުރަށްޖެހިލީމެވެ. މިއަދު އެވާހަކަ އެދެއްކީ އިއްސެއެވެ. މާދަން އިވޭނީ ކާކުގެ ދުލަކުން ކަމެއްނޭނގެއެވެ. ދޮންބެއަށް މިކަން ސިއްރުކުރެވޭނީ ކިހާ ދުވަހަކުހެއްޔެވެ؟

ޝާލީ ހޯދައިގެން އަވަހަށް ގެއަށްދާން ބޭނުންވިއެވެ. އަވަސް އަވަހަށް ހިގައިގަތްތަނާ އަންހެންކުއްޖެއްގެ ގައިގާޖެހި އެކުއްޖާގެ އަތުގައިހުރި ތަށި އޭނަ ލައިގެންހުރި ހެދުމަށް ބަންޑުންވެއްޖެއެވެ.

” އޯހް މައި ގޯޑް.. އައިއެމް ސޯ ސޮރީ..” އަހަރެން އަވަހަށް މާފަށް އެދުނީމެވެ. އެކުއްޖާ ހެދުމަށް ބަލާލަމުން އުޅުނީ އެއްޗެކޭ ބުނަން ކަންނޭނގެއެވެ. ނަމަވެސް އަހަރެންގެ މޫނު ފެންނައިރަށް ހުއްޓިއްޖެއެވެ.

“ޝާޔަލް..” އެނަން ކިޔާލެވުނެވެ.

” އިޓްސް އޯކޭ.. ޝާލް އެބައުޅޭ ގެއްލިގެން..” ފުޅާ ހިނިތުންވުމަކާއެކީ އޭނަ ޖަވާބުދިނެވެ. ޝާލް ކޮބާހޭ ބުނުމުން ތަންކޮޅެއް ދުރުގައިހުރި މޭޒެއްގެ ދޮށުގައި ހުރި ޝާލީ ދައްކާލިއެވެ. ޝާޔަލް ގާތު ދަނީއޭ ބުނެލަމުން ޝާލީ ގޮވައިގެން އަހަރެން ބެލީ އަވަހަށް ގެއަށްދެވޭތޯއެވެ.

ގެއަށްދިޔަ މަގުމަތީ ޝާލީ އަނގަ ހުއްޓާވެސްނުލައެވެ. ދިމާވި އެކުވެރިންނާއި އޭރާއި މިހާރުގެ ތަފާތުކަން ކިޔާދެމުންދިޔައެވެ. މާދަމާއަށް ހުރިހާ އަންހެންކުދިން ޕްލޭންއެއް ކޮށްފައިވާވާހަކައެވެ. އޭނަގެ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނަސް ދެއްކި ބައެއް ވާހަކަތައް އަޑުއިވުނެވެ. ޝާލީ އެތެރެއަށް ވަނުމުން އަހަރެން ޖައްސާލީ ޖޯލިފަތީގައެވެ.

“ކިހިނެއްވެފަ؟” ބޭރުން އައިސް ވަތް ޝިއުޒް އަހަރެންގެ ފައިގާ ޖަހާލަމުން ޖެހިގެން ހުރި ޖޯލީގައި އިށީނެވެ. ވެގެން އުޅޭ ގޮތް ޝިއުޒްއަށް ކިޔާދިނުމަކީ ރަނގަޅު ގޮތެއް ހެއްޔެވެ؟ ދުރު މީހަކަށް ކިޔާދިނުމަށްވުރެ ބޮޑަށް އާއިލާގެ މީހަކަށް ކިޔާދީ މިކަން އާއިލާތެރޭގައި އޮތުން މާ ރަނގަޅުވާނެއެވެ.

” ހިނގާބަލަ..” ގޭތެރޭގައި އެކަހަލަ ވާހަކަ ދެއްކުމަކީ ރަނގަޅުކަމަކަށްނުވާނެއެވެ. މަންމަ ނޫނީ ޝާލީއަށްވެސް އަޑުއިވިދާނެއެވެ. ސައިކަލަށް އެރުމުން ބަސްއަހާ ކުޑަކުއްޖެއްފަދައިން އެއްވެސް ޝަކުވާއެއްނުކޮށް ޝިއުޒް ފަހަތަށްއެރިއެވެ. ސައިކަލުގައި މަޑުކޮށްލީ މިގަޑީގައި އެންމެ މީހުން މަދުވާނެހެން ހީވާ ކެފޭކައިރީގައެވެ. ނަސީބު ރަނގަޅުކަމުން ތިބީވެސް މަދުބައެކެވެ. މީހުން ތިބި ހިސާބާއި ދުރުގައި ހުރި މޭޒެއްގެ ދޮށުގައި ޖައްސާލީ ދައްކަން އުޅޭ ވާހަކައިގެ ގޮތުންނެވެ. ނޭނގިނަމަވެސް އެހެން މީހެއްގެ ކަންފަތަށް އެވާހަކަ ފޯރުމަކީ އާއިލާ ބަދުނާމުވާނެކަމެކެވެ. ހުރިހާ ބަދްނާމެއް އެޅޭނީ ކުށެއްނެތް ފިރިއެއްގެ ފިރިއެއްގެ ބޮލުގައެވެ. ޔަތީމުވާނީ މައުސޫމު ތުއްތު ތުއްތު ކުއްޖެކެވެ.

ވާހަކަ ފަށާނެ ގޮތެއް، ކިޔާނެ އެއްޗެއް ނޭނގިފައިވެސް އަހަރެން އިނީމެވެ. ޝިއުޒް ސުވާލުކުރުމުން އެންމެ ފުރަތަމަ އަހަރެންނަށް ފެނުނު މަންޒަރު އޭނައަށް ކިޔާދިނީމެވެ. އިއްސެ ދެއްކި ވާހަކަތައް ކިޔާދިނީ އޭގެފަހުގައެވެ.

“ވަޓް..” ހުރިހާ ވާހަކައެއް ކަނުލާ އަޑުއަހަން އިނދެފައި ޝިއުޒް ބުނީ އެހެންނެވެ. މަޑުމަޑުން ދެފަރާތަށް ބޯހޫރާލީ ޤަބޫލުކުރަން ދަތިވެގެންކަން ވިސްނުނެވެ. މިއަދު އަހަރެން ހުރި މަޤާމުގައި ޝިއުޒްހުރެފައި އޭނަގެ މަޤާމުގައި އަހަރެންހުރިނަމަވެސް ވާނީ ހަމަ އެހެންކަންނޭނގެއެވެ.

“ދޮންބެއަށް އިނގިއްޖިއްޔާ ވަރަށް ދެރަވާނެދޯ…” އޭނަ އެހެންބުނީ އަހަރެން ދެއްކި ވާހަކަތައް ޤަބޫލުކުރެވިގެންކަން އެނގުނެވެ.

“ދެރަވާނެ.. އެކަމަކު ނޫންގެ މުސްތަގުބަލަށް ވެސް ވިސްނަންޖެހޭނު… އެކަހަލަ މަންމައެއް ކައިރީގަ ހުރެގެން ބޮޑުވީމަ އޭނަވެސް ހިނގާނީ އެމަގުން…” އަހަރެން ބުނީމެވެ.

” ތީވެސް ތެދެއް.. ނަމެއްގަ މީހަކުހުރީމަ ވީ ގޮތް އަހަރުމެންނަށް ވުރެ ބޮޑަށް އެހެންމީހަކަށް ނޭނގޭނެކަންނޭނގެދޯ… މަންމައަށް ދޯ ބޮޑަށް އަންހެންދަރިއަކު ބެލެނީ.. ކޮންމެ ގޮތެއް ހަދާފައިވެސް ދޮންބެ ގާތު މިވާހަކަ ދައްކަން ޖެހޭ އެބަ.. އަހަރުމެން ކުޑައިރު ވީގޮތް ނޫންއަށް ވާކަން ބޭނުމެއްނޫން”   ހުއްޓަމުން ޝިއުޒް ވާހަކަދެއްކީ ވަރަށް ވިސްނުންތެރިކަމާއެކުގައެވެ.

“ދޮންބެ ގާތު މިވާހަކަ ދައްކާނެ ގޮތެއް ވިސްނަބަލަ.. ވިސްނާ ވިސްނާ ބޯހަލާކުވެއްޖެ މިހާރު..” އެއީ ވަރަށް އުދަނގޫކަމަކަށްވާނެއެވެ.

” އަސްލު މިހުރިހާކަމެއް އެނގޭތީ ދޯ ތިއްތި މެރީކުރަން ބޭނުންނުވަނީ..” ސީދާ މޫނަށް ބަލަން އިނދެފައި އޭނަ އަހާލިއެވެ.

“އަސްލު ކީކޭތި ބުނީ؟” އޭނަ ބުނިއެއްޗެއްގެ މާނަ ނޭނގޭތީ އަހާލެވުނެވެ.

” މިބުނީ ފެމެލީގަ.. ފުރަތަމަ މަންމަގެ މެރިޖު ވޯރކްނުކުރީ.. މިހާރު ދޮންބެގެ…” ދައްކަމުންދިޔައީ ސީރިޔަސް ވާހަކައެއް ކަމަށްވިޔަސް ހިނިތުންވެލެވުނީ ޝިއުޒްގެ ވިސްނުންހުރިގޮތުންނެވެ.

” އަދި އިޒްވެސް ތިހިރީނު.. އެހެންނޫނަސް މަންމަގެ މެރިޖު ވޯރކް ނުކުރީކީ ނޫނެއްނު.. އެއީ ޑްރަގް އެޑިކްޓެއްކަން އެނގިހުރެ މަންމަ އެހުރިހާ ކަމެއް ޓޮލަރޭޓް ކުރަމުންއައީނު.. ދޮންބެގެ ކޭސް މުޅިން ތަފާތެއްނު..  އަސްލު ބުނަން ކައިވެއްޏެއް ބާއްޖަވެރި ކުރެވޭނީ ދެމީހުންވެސް އެއްވަރަށް ހިއްސާވެގެން… އިތުބާރުކުރުމާ އެކަކު އަނެކަކަށް އަޅާލުމާ އެއްބާރުލުން ދީގެން..” ވާހަކަ ދައްކަނިކޮށް ޝިއުޒް ބާރަށް ހޭންފެށިއެވެ.

” އަހަރެން މިހުރިހާ ދުވަހު ހީކޮށްގެންހުރީ ޔޫއާރ އެގެއިންސްޓް މެރިޖުކަމަށް.. އެހެންވީމަ ކޮންމެވެސް ދުވަހަކުން މެރީ ކުރާނަން ދޯ” އަހަރެން އެއްވެސްއިރެއްގައި ކައިވެނި ކުރުމަކާއި ދެކޮޅެއްނޫނެވެ. ނަމަވެސް އެ ތަޖުރިބާ ކުރަން ބޭނުންނުވާތީ އެކަމާ ދުރުހެލިވެގެންހުރީއެވެ.

” ހޫމް…  މެރީ ކުރާނަން.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށްވެސް..” އެހެން ބުނީ އެއްވެސް މާނައެއް އޮވެގެންނެއްވެސް ނޫނެވެ. އަހަރެންގެ ހިތުގައި އަންހެންކުއްޖަކަށްޓަކައި ޚާއްސަ މަޤާމެއްނެތްއިރު ކައިވެއްޏަކީ އަދި ވަރަށް ދުރުގައިވާކަމެކެވެ.

(ނުނިމޭ)

3
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Mysterious Angel

Other Articles

Previous

މިހިތުގެ ލޯތްބޭ ތީ 6

Next

މަންޝާ (ތިންވަނަ ބައި)

Next
March 28, 2016

މަންޝާ (ތިންވަނަ ބައި)

Previews
March 27, 2016

މިހިތުގެ ލޯތްބޭ ތީ 6

6 Comments

  1. Ali says:
    March 28, 2016 at 12:22 am

    varah salhi

    1. Mysterious Angel says:
      March 28, 2016 at 11:04 am

      Thankss

  2. Niu says:
    March 28, 2016 at 2:16 pm

    Varah reethi mi part ves … Waiting 4 the next part

    1. Mysterious Angel says:
      March 28, 2016 at 3:35 pm

      Thankss

  3. maree says:
    March 28, 2016 at 8:53 pm

    vara salhi

  4. Nunnu says:
    March 29, 2016 at 12:11 pm

    Nice story
    Waitingggg 4 the nxt part:-!

Comments are closed.

All Right Reserved!