“ނާވީ.. މޮޔަވަނީތަ؟” މިޝިޔާ ގެއަށް ވެއްދުމަށްފަހު އަތުން ދޫކޮއްލުމުން އޭނާ ހަޅޭއްލަވައި ގަތެވެ. އަތަށް ވީތަދުން އެތަނުގައި ދެތިން ފަހަރު ފިރުމާވެސް ލެވިއްޖެއެވެ. “އާނ.. މިހާރު ހަމަ ރަނގަޅަށްވެސް މޮޔަ ވެއްޖަ” ނާވީ ފާރުގައި އަތުން ޖަހަމުން ބުނެލިއެވެ. އެމަންޒަރު ފެނި މިޝިޔާ ބިރުގަތް ނަމަވެސް އަދިވެސް މިވަނީ ކީއްކަމެއް ނޭނގެއެވެ. “ނާވީ ކިހިނެއް ވެގެން ތިއުޅެނީ؟” މިޝިޔާ ދުރަށް ޖެހިލަމުން ބުނެލިއެވެ. ނަމަވެސް ނާވީ އެހާ ފަސޭލައިން މިފަހަރު މިޝިޔާ ދިޔަކަ ނުދިނެވެ. އުނަގަނޑުގައި އަތް […]
hey guys.. again hama ehkala hn vehje.. hme akah nueh fene stry eh… stry up vefa iny liyefa in date ah dnt knw why… so here is the link ހާދަ ލޯބިންނޭ (24)
އަނޫޝާ ކޮޓަރިއަށް ވަން އިރު މިޝާލް ފެންވަރައިގެން ނިކުމެ ލޯގަނޑު ކައިރީގައި ހުއްޓެވެ. އަނޫޝާ ވަނުމުން މިޝާލް އަނޫޝާއަށް ބަލާލާފައި ހީލިއެވެ. “ހިނގާ ކާން” އަނޫޝާ ކާން ހެދުނު ވާހަކަ ބުންޏެވެ. “އާނ…” މިޝާލް އަތުގަ އޮތް ބުރުސް ޑްރެސިންގޓޭބަލް މަތީ ބާއްވާފައި އެނބުރުނެވެ. އެނދު ކައިރީގައި ކޮޅަށް ހުރި އަނޫޝާއަށް މިޝާލް ބަލާލިއެވެ. އަނޫޝާވެސް މިޝާލްއަށް ބަލާލާފައި ކޮޓަރިން ނިކުންނަން އުޅުނެވެ. ނަމަވެސް މިޝާލް އައިސް އަނޫޝާގެ އަތުގައި ހިފާލިއެވެ. އަނޫޝާ މިޝާލްއަށް ބަލާލީ ޖެހިލުން […]
“މޮޔަ…. ކިހިނެއް މިގެއަށް ވަނީ” ދެލޯ އަޅަމުން އެ ޒުވާނާ އަތާޝާ އާއި ދިމާލަށް އަންނަން ފެށީ ރުޅިއައިސް ހުރެއެވެ. “ވަގަށް ދޯ ވަދެގެން ތިއުޅެނީ….” އަތޫޝާއާއި ކުޑަކޮށް ކައިރިވެލަމުން އެޒުވާނާ ބުންޏެވެ. “ޝައިމަން… ކީއްތިކުރަނީ… އެކުއްޖާ އެއިނީ މިހާރުވެސް ބިރުން…” ޝައިމަންގެ ކޮނޑުގައި ހިފާ ދުރުކޮއްލަމުން ޒައިނަބު ބުންޏެވެ. “މަންމާ… މީ މޮޔައެކޭ…. އެހެން ނޫނަސް އަހަރެންގެ ކޮޓަރިއަށް އަހަރެން ނޫން ކާކު ވަންނާނީ…” ޒައިނަބުއާއި ދިމާލަށް ބަލާލަމުން ޝައިމަން ނުރުހުން ފާޅުކުރިއެވެ. އޭރު އަތޫޝާ […]
ކުއްލިއަކަށް އެނދަށް ބަލާލިއިރު އެނދުގައި ނިއާ އިންގޮތުން ޒޯހަން ދެރަވިއެވެ. ކޮންމެގޮތެއް ވިޔަސް އެއީ ވެސް ޒޯހަންގެ އަންބެކެވެ. ކުރެވެން އުޅުނީ ފާފައެއް ނޫނެވެ. ކުރެވެން އުޅޭ ކަމަކުން އެއްވެސް މީހަކަށް ވާނެ ގެއްލުމެއް ވެސް އޮތީއެއް ނޫނެވެ. އެހިސާބަށް ނިއާއަށް ދެވުނީ ޒޯހަން ވެސް އެއްބާރުލުން ދިނީމައެވެ. ދެއަތުން ބޮލުގައި އަތްއަޅާލަމުން ޒޯހަން އަލުން އެނދުގައި ނިއާ ކައިރީގައި އޮށޯވެލިއެވެ. އަނގައިން ނުބުނި ކަމަކު ޒޯހަން ވެސް ނިއާއަށް ދައުވަތެއް ދެނީކަން ގަބޫލުކުރެވުނެވެ. ހުދު ޒޯހަންއަށް […]
“އެންމެ ދުވަހަކަށް.. މަންމައަށް ދައްކާލަން ބޭނުން.. އަޅެ މަންމަގެ މާމަ ދަރި ބަލާލުމުގެ ހައްޤެއްވެސް ނޯންނާނެތަ؟؟” 10ވަރަކަށް މިނެޓްގެ ހިމޭން ކަމަށްފަހު އެން ފަހުން މިޝިޔާ އެއްބަސް ވެއްޖެއެވެ. ހިބާ ރީތިކުރަމުން ދިޔަ މިޝިޔާ ދޭތެރެއަކުން ހިބާ ރަނގަޅަށް ބެލުމަށް ބުނެލައެވެ. އެއްވެސް މީހަކާއި ހަވާލު ނުކުރާ ކުއްޖާ މިއަދި މީހަކާއި ހަވާލު ކުރަން ވުމުން މިޝިޔާ ހިތް ދިޔައީ ވަރަށް ބާރަށް ތެޅެމުންނެވެ. ދަބަސް ރެޑީ ކޮއްލާފައި ނައުޝާ އަތަށް ދިއްކޮށްލިއިރު އޭނާގެ އަތް ތުރުތުރު […]
“ބަޓް އަމް އޯލްވޭސް ވިތް ޔޫ އިނގޭ ބުރޯ…. ޑޯންޓް ފޯރގެޓް މީ… އެން ހީކުރަން އަވަހަށް ދިމާވާނެ ކަމަށް… ކޮން އިރަކުން ފުރަނީ..” ރާހިލް ވެސް ހަމަ އެ މަޑުމައިތިރިކަމާއި އެކު އަހާލިއެވެ. “ތެންކްސް.. އެން އަފްކޯސް އައި ވޯންޓް… 3 ގަ ނައްޓާލާނެ…. އެކަމް މިހާރުވެސް ނިކުންނަންވީ… އަހަރެން މިހުންނަނީ މި ފަސްގަނޑުން ނުދެވިފަ..” ޝާއިން ބުނެލިއެވެ. މިިފަހަރު އެ އަޑުގައި ކުޑަ ނަަމަވެސް ހަރުކަށިކަމެއްވިއެވެ. ……………… “ޝައިން…..” ނީރާ އަށް ރޮއެގަނެވުނީ […]
“ރޭގަ ބުނީ” ޝިޔާޒް ޖަވާބު ދިނެވެ. “ދޮންބެ އައި އިރަށް އަހަރެން މީނީ ބޮޑު ވާހަކަ ފަށައިގެން… އެބަ އަންނަން މިޒޫއަށް ގޮވާފަ” ހީލާފައި އެހެން ބުނަމުން އަނޫޝާ ތެދުވީ މިޒްނާއަށް ގޮވަން ދާށެވެ. ނަމަވެސް އަނޫޝާ ތެދުވި އިރަށް މިޒްނާ މިލްނާގެ ކޮޓަރިން ނިކުތެވެ. “ޝިޔާޒް، ވަރަށް ގިނަ އިރު ވެއްޖެތަ އައިތާ؟” ޝިޔާޒް ފެނުމުން މިޒްނާ އަހާލިއެވެ. އަދި އައިސް ޝިޔާޒް ކައިރީ އިށީނެވެ. ޝިޔާޒްއާ މިޒްނާ ކައިރީގައި އެކިއެކި ވާހަކަ ދައްކަން އިނދެފައި […]
ތިރިއަށް ފޭބި ޒަޔާން ފާރުގައި އަތް ވިއްދާލީ ބޮލަށްވީ ތަދެއްގެ ބޮޑު ކަމުންނެވެ. ސިކުނޑި ބަރުވަމުން ދިޔައީ ކުރެވުނު ކަންތައް ހަނދާން ވުމުންނެވެ. ކިތަންމެ ދުވަހެއް ވިޔަސް އެހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ސައިކަލަށް އަރާ ދުއްވާލީ ވަކި މަންޒިލަކަށް ދާކަށް ނޫނެވެ. ބޭނުންވަނީ މިގަޑީގައި ހިތްހަމަ ޖައްސާލާށެވެ. ނަމަވެސް ހިތްހަމަ ޖެހުމަށްވުރެ ބޮޑަށް މިގަޑީގައި ނާވީއާއި ވާހަކަ ދައްކާލުން ވަނީ މުހިންމު ވެފައެވެ. އައި.ޖީ.އެމް.އެޗް ހޮސްޕިޓަލްގެ ކައިރީގައި ސައިކަލު ޕާރކްކޮއްލަމުން ޒަޔާން އެތެރެއަށްވަނީ ނާވީއާއި ބައްދަލު ކުރާށެވެ. […]