Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 2..

kamana
March 25, 2016
5 Mins Read
61 Views
11 Comments

“ހޭ… ކޮބާތަ ގްރޫމް… ނުވެސް ފެނޭ” އަތޫޝާގެ އަތުގައި ހިފަމުން ޝަމްހާ އަހާލިއެވެ. “ނޭނގެ… މަމްދޫހު ލަސްވެއްޖެދޯ… ކޮންޓްރެކްޓެއްގަ ސޮއި ކުރަން ރިސޯޓަށް ދިޔައީ.. މިހާރު އުޅޭކަންނޭގެ އަންނަން” އަތޫޝާގެ މޫނުމަތިން ފެންނަމުންދަނީ ހާސްކަމާ ބިރުވެރިކަމެވެ. “އަޅޭ.. މަމްދޫހު.. ކޮބާތަ.. މިހާރު ބިރުގަންނަން ފަށައިފި… އަނެއްކާ.. ނޫން.. އަންނާނެ… ޔަގީން… ” އަތޫޝާގެ ހިތް ދިޔައީ ނެގި ނެގިފައި ޖެހެމުންނެވެ. ވިސްނަން ބޭނުންނުވާ ކަންތައްތަކާ ވިސްނެނީއެވެ.

ކައިވެނި ކޮއްދިނުމަށް އައިސް ހުރި ގާޒީ ގޮޑީގައި އިންނަތާ މިހާރު އެއްގަޑި އިރު ވާނެއެވެ. އައްގަޑި ސުންމިނަޓްގައި ކުރުމަށް ހަމަޖެހިފައިވާ ކައިވެނި ނުކުރެވި ލަސްވަމުން ދަނީ ހަމަ އެންމެ ސަބަބަކާ ހުރެއެވެ. އެއީ އާދިލްއާއި އާޝިއާގެ ހުރި ހަމަ އެކަނި ފިރިހެން ދަރި މަމްދޫހުގެ އިންތިޒާރުގައެވެ.

“ކޮބާތޯ… ވަރަށް ލަސްވެއްޖެ” ގޮނޑިން ތެދުވަމުން ގާޒީ ގަޑިއަށް ބަލާލަމުން އާދިލްއާއި ވާހަކަ ދެއްކިއެވެ. ގާޒީ އެހެން ބުނުމާއެކު އާދިލްއަށް އަތޫޝާގެ މާޔޫސް ވެފައިވާ މޫނަށް ބަލާލެވުނެވެ. “އަދި މަޑުކޮއްލައްވާ.. ކުޑަ އިރުކޮޅެއް.” އާދިލް ގާޒީ ކިބައިން މަޑުކުރުމަށް އެދުނު އެއީ ފަސްވަނަ ފަހަރެވެ.

“އުހުން… ނުޖެހޭނެ މަޑުކުރާކަށް.. އާދިލް ބަލާބަލަ…. އަހަރެންނަށް އެނގޭ އޭރުވެސް މަގޭ ދަރި މި އަތޫޝާ ދެކެ ލޯބި ނުވާކަން….. ބަލާބަލަ… މަމްދޫހު ހަމަ އެންމެ ގުޅެނީ ރާނިޔާ އާ…. ބަލާބަލަ” އާޝިއާ ފޯނަށް އައި ފޮޓޯއެއް ދައްކަމުން އާޝިއާ އާދިލް އާއި ވާހަކަ ދައްކަމުން ދިޔައެވެ. އާޝިއާގެ ވާހަކަތަށް ދުރުގައި އަޑު އިވޭހާ ހިސާބުގައި އިން އަތޫޝާގެ މެޔަށް ފިނިވިއެވެ. އަތޫޝާ އާދީގެއަށް އެންމެ ފުރަތަމަ ފައި އެޅި ދުވަހުން ފެށިގެން އާޝިޔާގެ ނަފްރަތާ ނުރުހުން ވަނީ ލިބިފައެވެ. އެކަމަކު މަމްދޫހާ އާއި އަތޫޝާގެ ކައިވެންޔަށް އާޝިޔާގެ ހިޔަނި އެޅޭނެއޭވެސް އެއީ އަތޫޝާ ހިތަށް އަރާފައި ނުވާކަމެކެވެ.

“މަންމާ… ކޯޗެއްތަ” އަތޫޝާގެ އަތުގައި ހިފައިގެން އިން ސަނާ ކުރިއަށް ހިނގައިގަތީ އާޝިޔާ ދައްކަމުން ދިޔައީ ކޮން ފޮޓޯއެއްތޯ ބެލުމަށެވެ. ސަނާ އާޝިޔާ އަތުން ފޯނު އަތުލުމަށްފަހު އޭގައި އިން ފޮޓޯއަށް ރަނގަޅަށް ބަލާލިއެވެ. އެއްފަހަރު ފޮޓޯއަށް އަނެއް ފަހަރު އަތޫޝާއަށް ބަލަމުން ސަނާ ދިޔައީ ގަބޫލު ކުރަން ދަތިވުމުންނެވެ. ސަނާގެ އެ އަމަލުން އަތޫޝާ ހިތްވަރާ އެކު ކުރިއަށް ފިޔަވަޅު އަޅާލީ އޭގައިވި އެއްޗެއް ބެލުމަށެވެ. މަމްދޫހަށް މިކަހަލަ ހާއްސަ ރެއެއްގައި މިއަށް ވުރެއް ހާއްސަ އެހެން ކަމެއް އޮވެގެން ނުވާނޭ އަތޫޝާގެ ހިތް ބުނާކަހަލައެވެ. އަތޫޝާ ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާ އެކު މީހާ ދިޔައީ ދާހިއްލަމުންނެވެ. އޭރުވެސް އާޝިޔާގެ ވިހަގަދަ ބަސްތަށް އަޑު އިވެމުންދިޔައެވެ.

“ޝާޝާ… މި ނުވާނެ ތެދަކަށް… މި ބަލާނެ ކަމެއް ވެސް ނެތް… އައި ނޯ.. ހީސް މައި ބްރާދާ” އަތޫޝާ ފޯނު ދޭށޭ ބުނަމުގެ ގޮތުން ސަނާއާއި ދިމާލަށް އަތްދިއްކޮއްލިއެވެ. އަތޫޝާ ކުރު ނުކޮށް ކިޔަން ފެށުމުން އަތޫޝާ އަތަށް ސަނާ ފޯނު ލައިދިނެވެ.

ރާނިޔާގެ އެ ދޮން ކަނދުރާގައި ބޯ އަޅާލައިގެން އޮތް މަމްދޫހުގެ ދެލޯ ވަނީ މެރިފައެވެ. އެހެން ނަމަވެސް މަމްދޫހުގެ ތުންފަތް މަތީގައިވާ ފުޅާ ހިނިތުންވުމާއި ރާނިޔާގެ އެ ހިނިތުން ވުމުން އެ ދެމީހުން ވޭތުކުރަމުން އެދަނީ އުފާވެރި ވަގުތު ކޮޅެއްކަން ބަލާލާ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އަތޫޝާ ފޮޓޯގެ ތިރީގައިވާ ލިޔުންކޮޅު ކިޔާލިއެވެ. ” އެމް ސޮރީ ޝާޝާ… ޔޫ އާރ ނޮޓް ދަ ވަން… ރާނީ ދެކެ ލޯބިވާ ވަރަށް އިތުރު މީހަކު ދެކެ ލޯބި ނުވެވޭނެކަން އަހަރެންނަށް މިރޭ އެނގިއްޖެ… އެމް ސޮރީ….. ބަޓް ޝީޒް ދަ ވަން ފޯރ މީ… ޝާޝާ އަންޑާރސްޓޭންޑް ވާނެކަމަށް ހީކުރަން….” އަތޫޝާގެ ލޮލުން ކަރުނައަކަށް ފަހު ކަރުނައެއް ފައިބަމުން ދިޔައީ ހުއްޓުމެއް ނެތިއެވެ.

“އަދި އެބަ ރޮއެއްނު… ނިކުމޭ މިގޭން… މަގޭ ދަރި ވާވެއްދީ ކަލޭކަން އޭރުވެސް މަށަށް އެނގޭ….” އާޝިޔާއަށް އާ ހިތްވަރެއް ލިބިފައިވާ ކަހަލައެވެ. “އާޝިޔާ….. ތީކޮންކަމެއް…. މަމްދޫހާ ހެދި ލަދުން ބޯ ހަލާކު…” އާދިލް މާހައުލަށް ބަލާލަމުން ބުންޏެވެ. އާއިލާ މީހުންނާއި އެންމެ ގާތް ރައްޓެހިންގެ ކުރިމަތީގައި އާދިލްގެ އަގެއް މިހާރު ނޯންނާނެކަން އާދިލްއަށް ޔަގީނެވެ.

“މަގޭ ދަރިއާ ހެދިއޭ…. އައްޗި… މިތާ ތިބި އެންމެންނަށް އެނގޭނެ… ބޮޑު ފަގީރަކާ ޔަތީމަކާ އެކަށީގެން ނުވޭ…. އެހެން ނޫނަސް… އަހަރެން އޭނަ މިގޭގަ ބަހައްޓަން ހުއްދަ ދިނީވެސް ކިޔަވަން… ކިޔަވަން އައިސް ގަތް ގަނޑު އެއީ… އެކަހަލަ ރާއްޖެތެރޭ މީހުން އުޅޭނީ އެހެން… ” އާޝިޔާގެ އަނގަ މިރޭ ނުހުއްޓުވޭނެކަން އެނގެމުން އާދިލް މެހެމާނުންތަށް ފޮނުވާލުމާއިގެން ކުރިއަށް ދިޔައީ ކޮންމެ މީހެއް ކިބައިން މާފަށް އެދެމުންނެވެ.

“އާޝިޔާ” ހުރިހާ މެހެމާނުން ދިޔުމާއެކު އާދިލްގެ ބަރު އަޑު މުޅި ފެންޑާގައި ގުގުމާލިއެވެ. “ކޮންމެހެން އަހަރެންނަށް ގޮވާނެ ކަމެއްނެތް… އާދިލް ބުނެގެން އަހަރެން އެއްޗެކޭ ނުބުނެ މިހާ ދުވަހު ހުރީ… އެކަމަކު މަމްދޫހު ލޯބި ނުވަންޔާ އަހަރެން ކީއްކުރާނީ… އެހެން ނޫނަސް މިހިރަ ފެންނަ އަންހެނާ އާ ހެދި މުޅި އާއިލާއަށްވެސް ލަދެއް” ގޮނޑީގައި އިށީދެގެން އިން އަތޫޝާ އާއި ދިމާލަށް އިނގިލި ދިއްކުރަމުން އާޝިޔާ ވާހަކަ ދައްކަމުން ދިޔައެވެ.

“ޝާޝާ ޕްލީޒް.. ހުއްޓާލަބަލަ” ސަނާ އާއި ޝަމްހާ އަތޫޝާއަށް ހިތްވަރު ލައިދެމުން ދިޔައިރު އެއަށް ވުރެއް ދެގުނު ވިހަގަދަ ތީރުތަކެއް ދިޔައީ އަތޫޝާ ހިތަށް ހެރެމުންނެވެ. “ޝަމް.. ދެން ދާންވީނު… ގުޅާނަން ކަމެއް ދިމާވެއްޖެއްޔާ… ސޮރީ” އެންމެ ގާތް ރަހުމަތް ތެރިޔާއަށް ގޭތެރޭގައި ހިނގަމުންދާ ޒުވާބުގެ އަޑު އިވުމުންވެސް ސަނާ އިނީ ކަންބޮޑު ވެފައެވެ. “އިޓްސް އޯކޭ… ގުޅާތި ކަމެއް ވެއްޖެއްޔާ… އެން ޝާޝާ.. އަހަރެމެން ދެމީހުން ޝާޝާއަށް ދެރަގޮތެއް ނަހަދާނެކަން އެނގެއެއްނު ދޯ…” ޝަމްހާ ދަމުން ބުނެލިއެވެ.

“މަންމާ… ދޮންބެ އެކުރި ކަމަކުން ޝާޝާއަށް ކިހާބޮޑު ދެރައެއް އެލިބުނީ… މަންމަ..” ސަނާގެ އަނގަ ބަންދުވީ އާޝިޔާ ސަނާއާއި ދިމާލަށް އިނގިލި ދިއްކޮއްލުމުންނެވެ. “ނުފައްޓާތި…. މިގޭ އެންމެންނަށް އެނގޭނެ އަހަރެން މިހިރަ ފެންނަ މީހާ ދެކެ ރުޅިއަންނަކަން… މިބުނީ މި އަންހެނާ ނޫނީ އަހަރެން… މިރޭ ގޮތެއް ނިންމާ….. އަހަރެންގެ ރައްޓެހިން މީނައާ ހެދި އަހަރެންނަށް މަލާމަތް ކުރަމުން ދާއިރު އަހަރެންގެ ހިތަށް އަރާނެ އެއްޗަކާ މެދު އެންމެ ފަހަރަކުވެސް ވިސްނާލިންތަ…. އަހަރެންވެސް ދެރަވެ ލަދު ގަނެއޭ” އާޝިޔާގެ ރާގު ބަދަލުވަމުން ގޮސް އެންމެފަހުން ރޯންފެއްޓިއެވެ. އެއްގޮތުން ނޫނީ އަނެއްގޮތުންވެސް އަތޫޝާ ގޭން ބޭރުކުރުމަށް އާޝިޔާ އިނީ ފައި ވިއްދާލައިގެންނެވެ.

“އާޝިޔާ…. ދެން ނުރޮއި.. އެކަމް” އާޝިޔާ ގެނެސް ގައިގަ ޖައްސާލަމުން އާދިލް ބުންޏެވެ.

“ނޫނޭ ބޭބޭ…. އަޅުގަނޑު ހިނގައި ދާނަން… އެހެން ނޫނަސް އަޅުގަނޑު މިގޭގަ ހުރުމުގެ ބޭނުމެއް ނެތް…. ދައްތަ އެބުނީވެސް ތެދެއް… އަޅުގަނޑާ ހެދި ދައްތަ ވަރަށް ލަދު ގަންނަ ކަންތަށް ކުރި މަތި ވި… މިވީ ދެ އަހަރު ތެރޭ އަޅުގަނޑާ ދޭތެރޭ ތިބެހެއްޓި ގާތް ކަމަށް ވަރަށް ޝުކުރު ވެރިވަން…ބޭބެއަށް ދޭނެ އެއްޗެއް އަޅުގަނޑު އަތުކު ނެތް… އެކަމަކުވެސް ބޭބެ ކަމަކު އެދިލައްވާފިއްޔާ އަޅުގަނޑު މިހިރީ ކޮއްދޭން ތައްޔާރަށް… ބޭބޭއާއި ދައްތަ ނުރުހޭ ކަމެއް ކުރެވިފައިވާނަމަ މާފަށް އެދެން” އަތޫޝާގެ އަޑުގައިވާ ވޭން ކިތަށްމެ ރަނގަޅަށް އާދިލް އަށް އިހްސާސް ވެއެވެ. އެހެން ނަމަވެސް އެންމެ ލޯބިވާ އަނބިމީހާގެ އަތުން ދޫކޮއްލައި އެހެން މީހެއް ކައިރިއަށް ނުދެވޭނެކަން އެއީ ކޮންމެ މީހެއްވެސް ގަބޫލު ކުރަން ޖެހޭނެ ކަމެކެވެ.

“ހެޔޮނުވާނެ.. އަހަރެންގެ މި އާއިލާއިން ދުރަށް ދޭ،….. އާދޭސް ކުރަން” އާޝިއާ ރޮމުން އަތޫޝާ ކިބައިން އެދެމުން ދިޔައެވެ.

ދެއަތުން މޫނު ފޮހެލުމަށްފަހު އަތޫޝާ މައި ދޮރާށިއާ ދިމަލާށް ހިނގައި ގަތީ އެންމެ ފަހު ފަހަރަށް އާދީގެއަށް ބަލާލަމުންނެވެ. “ޝާޝާ” ސަނާ އަތޫޝާއާއި ދިމާލަށް އެޅި ފިޔަވަޅު ހުއްޓުނީ އާޝިޔާ ސަނާގެ އަތުގައި ހިފުމުންނެވެ.

*********

ވޭތުވެގެންދާ ކޮންމެ ސިކުންތެ އަތި މިނެޓެއް ދިޔައީ އަތޫޝާގެ ހިތަށް ތަދު ކުރަމުންނެވެ. ލައިގެން އިން ބޮޑު ކައިވެނީގެ ހެދުން ފައިދަށު ނުވެދަނީ އަތޫޝާ އަރައިގެން އިން ބޮޑު ކަށީގެ ސަބަބުންނެވެ. އެހެން ނަމަވެސް ފަހަތަށް ދޫކޮއްލައިފައިވާ ބޮޑު ފޮތި ގަނޑު ދިޔައީ މާލޭގެ ބޮޑު މަގުގައި ކޭތި ގޭނެމުންނެވެ. ދާނެ ވަކި ދިމާލެއް ނެތި ހިނގަމުން ދިޔަ އަތޫޝާގެ ސިކުންޑީގައި އެނބުރެމުން ދިޔައީ ކޯއްޗެއްކަށް ބަލާލާ މީހަކަށް ނޭނގޭނެވެ. މަގުމަތިން ހިނގާފައިދާ ކޮންމެ މީހެއް މަލާމާތުގެ ބަސްތަށް އަތޫޝާއަށް ރައްދު ކުރަމުން ދާއިރު އެ ހިތުގައި އަޅާވޭން އޭގެން މީހަކަށް އިހްސާސް ނުކުރެވޭނެއެވެ.

……….

“ވިޝާލް….. ކޮބާތަ ދެން މިހެންތަ ހުންނަންވީ” ޝައިމަން ގަޑިއަށް ބަލާލަމުން ޗުކު ތަޅުވާލިއެވެ. “ކެއް ކޮއްބަލަ.. ލޯންޗުވީ ރިޒޯޓުން ނައްޓާލައިފަޔޯ ނޫންތަ ބުނީ… ދެން އަހަރެންނާ ދިމާލަށް ތިވަރަށް އެއްޗެހި ކިޔަސް އެ ނާންނާނެ އަވަހަކަށް… އަހަރެން ދުއްވާ އެއްޗެއްނަމަ އެންމެ ރަނގަޅޭ” ވިޝާލްގެ މޫނުމަތިންވެސް ފެންނަނީ ހިތްހަމަ ނުޖެހުމެވެ. އެހެން ނުވާންވި ސަބަބެއްވެސް ނެތެވެ. ލޯންޗުގެ އިންތިޒާރުގައި ދެރަހުމަތްތެރިން ވަގުތު ހޭދަ ކުރާތަ ބައިގަނޑި އިރު ވާނެއެވެ. ” ޝައިމަން.. ހަމަ ޔަގީންތަ ޑީޕީއާރ އެސްގެ އޮފީސް ކުރިމައްޗައްށޭތަ ބުނީ” ޝައްކުގެ ނަޒަރަކުން ވިޝާލް ޝައިމަންއާ ދިމާލަށް ބަލާލިއެވެ. “ހަ… މީ ހާދަ އިތުބާރު ނުކުރެވޭ މީހެކޭ… ހީވަނީތަ މަށައް އޮޅޭނޭ… އޮޅިފަ އެބައޮތްތަ އެންމެ ދުވަހަކުވެސް” ޝައިމަން އެހެން ބުނުމުން ވިޝާލް ބޯ ހޫރާލީ ދެން އިތުރަށް އެވާހަކަ ކުރިއަށް ނުގެންދެވޭނޭ ބުނާކަހަލަ ގޮތަކަށެވެ.

“ވިޝާލް… މޮޔައެއްތަ އެ އަންނަނީ… މަށައް ޔަގީން ފިލައިގެންކަން އެއުޅެނީ… މޭން… އާދެބަލަ.. ބަލާބަލަ” ހުދު ކުލައިގެ ބޮޑު ހެދުމެއްގައި ހިނގަމުން އަންނަ އަންހެން ކުއްޖާ ފެނި ޝައިމަން ބުނެލިއެވެ. “މަށަކަށް ހީނުވޭ… ބަލާބަލަ… ކޮންމެވެސް މީހަކު ގޮތެއް ހެދީ ކަންނޭގެ” ވިޝާލް އެހެން ބުނުމުން ޝައިމަން ވިސްނާލިއެވެ. ވިޝާލް އެބުނީ ތެދަކަށް ވުންވެސް އެކަށީގެންވެއެވެ. “މަ އެބަ އަންނަން…. ވީގޮތް ބަލަން ޖެހޭނެ އެންނު” ވިޝާލްގެ ކޮނޑުގައި ކުޑަކޮށް ޖަހާލަމުން ޝައިމަން ހިނގައިގަތީ އަތޫޝާއާއި ދިމާލަށެވެ.

ބޮލުގައި އަޅާފައިވާ ވެއިލްގެ ދަތި ނެއްޓިފައިވުމުން ބޮލުގެ އިސްތަށިގަނޑު ވަނީ އެއްކޮށް ހަޑިވެފައެވެ. މޫނުމަތީގައިވާ މޭކަޕް އެއްކޮށް ހަޑިކޮއްލާފައިވަނީ އެ ދެލޮލުން ފައިބަމުންދާ ކަރުނައިންނެވެ.

“ހޭ… ކިހިނެއްވެފަ ތީނީ…. ކަމެއްވީތަ….. ……………… ބްރައިޑް… ސޭ ސަމްތިންގެ…. އޭރުންދޯ އެހީއެއް ވެވޭނީ… ހެލޯ…. ބްރައިޑް..” ޝައިމަންގެ އަނގައިން ނިކުތް ފަހުބަހާ އެކީގައި މޫނުމައްޗަށް އެރީ ކުރިމަތީ އިން އަންހެން ކުއްޖާގެ އަތުގެ ހޫނުކަމެވެ.

“ވީގޮތް ނޭނގޭތަ، އަންޑަސްޓޭންޑް ވާށޭ… ނޮޓް ދަ ވަންއޭ….. ކިހާވަރަކަށް…. އަހަރެންނަށް ތިހެން ހެދީ ކީއްވެ،…. ބުނީމެއްނު ލޯބިވެއޭ… އެއީ އޮޅުވާލުމެއްތަ…. ބުނޭ.. ބުނޭ… ނުބައި ނުލަފާ ފިރިހެނުންގެ ތެރޭގައި ހިމޭނޭ މީހެއް ތީ…. ދުވަހަކު،… މިބުނީ ދުވަހަކު ނުކުރާނަން މައާފެއް..” އަތޫޝާ ކިޔާނެ އެއްޗެއް ކިޔުމަށްފަހު ކުރިއަށް ހިނގައިގަތީ ޝައިމަންއާ ދިމާލަށް ބަލާނުލައެވެ. ޝައިމަން އެއްއަތުން ކޮލުގައި ހިފަހައްޓައިގެން ހުރި އިރު ހުރީ ދެންމެވީ ކީއްކަން ނަގައި ގަންނަން ނޭނގިފައެވެ.

ނުނިމޭ

45
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

kamana

Other Articles

Previous

ފިނި ހިތް (އެއްވަނަ ބައި)

Next

ފެންނާތީ ޔާރާގެ މޫނު (3)

Next
March 26, 2016

ފެންނާތީ ޔާރާގެ މޫނު (3)

Previews
March 24, 2016

ފިނި ހިތް (އެއްވަނަ ބައި)

11 Comments

  1. kamana says:
    March 25, 2016 at 9:36 pm

    Guyxx m really sorryyy. Varah gadha ah hunnaisgnn. Ehnve. Hope u guyxc will understnd. Anywayxx hope u all will like this part too. Lov yu guyxx n mssd much ??

  2. princess says:
    March 25, 2016 at 9:42 pm

    Yey me frst…..vrh salhi….gd luck lurv???

    1. princess says:
      March 25, 2016 at 10:21 pm

      Nd gws ingey kamaaaaaaaaaaaaaaa

  3. Izu says:
    March 25, 2016 at 9:57 pm

    Get well soon… dhen avahah up kohdhehcey vaahaka v salhi…

  4. Niz says:
    March 25, 2016 at 10:13 pm

    Hey varah reethi vaahaka..gws kamana

  5. laimaan says:
    March 25, 2016 at 10:26 pm

    Gws kamana. V reethi story ga vamun midhaa goeh. Hope next part avahah up vaanekamah.

  6. Lalla says:
    March 25, 2016 at 11:02 pm

    Eyy’ keehvethr raajje therey kudhinn thi kahala konme echakunnves ehaa dhah kohlani? ? thi heekuraa varah vurenves maa araamugs ufalu ulhey maa foaraa kudhinn rajjetherey ulheni. . . Thi Male’ thi vaki konnthaneh? Thi London thr? Fool ?

  7. naax says:
    March 25, 2016 at 11:22 pm

    Gws kamanaaa mi vaahaka ah varah inthizaaru khfeeme vvv reethi dhen thahkolheh avahah up koh dehchey

  8. Emy says:
    March 26, 2016 at 1:02 am

    Owwh.. Gws kamnaa.??…varah inthizaaru khfin mi part ah … Hama varah salhi ????… N dhn avhah up khdheichey alhe ??

  9. Anonymous says:
    March 26, 2016 at 1:09 am

    Shafaakallah kamana.. avahah up kohdhehchey

  10. kamana says:
    March 26, 2016 at 4:41 pm

    Thnk u alll. An ya maadhama up koh dheynan insha allah. Thnk u guyxxx ??

Comments are closed.

All Right Reserved!