Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 17

Ushaali Level 810 Stories100 Comments100 Stories500 Comments
March 26, 2016 7 Mins Read
8 Comments

“ކަމޯން ޕްރިންސަސް. މަންމަ އޯކޭއެއްނު. ބައްޕަ ނުރުހުންވާނީ. ޓްރަސްޓް މީ ބޭބީ” ޒޯހަންއަށް އިތުބާރުކޮށް ޝިޔާރާ ވެސް ޒޯހަންއާއި އެއްހަމައިގާ ފިޔަވަޅުތައް ހަމަކުރަމުން ދިޔައެވެ. އެވަގުތު ކޮޓަރިން ނިކުތް ނޫރީއަށް  ސިޓިންގްރޫމަށް ވަންނަ މައިދޮރުން ޒޯހަންއާއި ޝިޔާރާ ފެނުމާއެކު މޭފުއްޕާލާާ ކުރިއަށް ޖެހިލިއެވެ.

“ހަބަރުދާރު. ތިއަންހެނާ މިގެއަށް ވައްދައިގެން ނުވާނެ” ވަގުތުން ބިރުގަނެފައި ހުރި ޝިޔާރާއަށް ރޮވުނެވެ. ކުރިން ވެސް މިހެން ވާނޭކަން އެނގެއެވެ. ބިރުގަތީ ހަގީގީ މަންޒަރު ލޯކުރިމަތިން ފެނުނީމައެވެ. ޝިޔާރާގެ ހަށިގަނޑުގައި މަޑު ތުރުތުރުލުމެއް ހުރިކަން ޒޯހަން އަށް އިހުސާސް ކުރެވުމާއެކު ޝިޔާރާއަށް ބަލާލިއެވެ. ވަތަށް އިސްޖަހާލައިގެން ރޯން ހުރި ޝިޔާރާ ފެނުމާއެކު ޒޯހަން އަށް ދެއަތް މުށްކަވާލެވުނެވެ. ކަރުނަތައް ބަރާވުމުގެ ސަބަބުން ދެލޯ ފުސްވެފައި ހުރި ޝިޔާރާއަށް ޒޯހަންގެ އަތްތިލަ މުށްކަވާލެވިފައި ވާތަން ފެނުމާއެކު މަޑުމަޑުން އެމުށް ނައްޓުވާލިއެވެ. ނޫރީއާއި ދިމާލަށް ޒޯހަންގެ ދުލުން އެއްޗެއް ބުނުވަން ޝިޔާރާ ބޭނުންނުވާވަރު އެކަމުން ވެސް ޒޯހަން އެނގުނެވެ. ނޫރީގެ އަޑަށް ކޮޓަރީގައި އުޅުނު ރާކީ ވެސް ނުކުތެވެ. ޔަޝްމީ އާއި އަރުހަމް ވެސް އެވަގުތު ނިކުތީ ރާކީގެ ކޮޓަރިންނެވެ. ލަތާ ހާލާ ކައިރިއަށް ޖެހިލުމަށްފަހު ހާލާގެ އަތްތިލަ ތެރެއަށް ތަޅުދަނޑިފަތި ލުމާއެކު ހާލާ ޝިޔާރާ ކައިރީގައި ހުއްޓުމަށްފަހު ގޮވައިގެން ގޮސް ލިފްޓަށް އެރީ ޒޯހަންގެ ބަޔަށް ދިޔުމަށެވެ. ޒޯހަން ގޭތެރެއަށް ވަދެ ހުއްޓިލީ ނޫރީގެ ކުރިމަތީގައެވެ. “ބައްޕާ، އަޅުގަނޑަށް މާފުކުރައްވާ. މާކުރިން އަޅުގަނޑު ނިންމައިގެން ހުރީ އަޅުގަނޑުގެ އަންބަކަށް ޝިޔާރާ ވުމަށްފަހު މިގެއަށް ނުގެނައުމަށް. އެކަން އަޅުގަނޑު ހަނދާންނެތުނީ. ބައްޕަ މިއަދު އެކަން ހަނދާންކޮށްދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ” ޒޯހަން ބުނެލިއެވެ. “ޒޯހަން ތިހިރީ ހޭދެބައިވެފަތަ؟ ކީއްކުރަން ކުރިކަމެއް އެއީ” ނޫރީ ހުރީ ވަރަށް ބޮޑަށް ރުޅި ދުރުވެފައެވެ. “ލޯބިވާތީ. ވަރަށް ބޮަޑަށް ލޯބިވާތީ. ފަހަރެއްގަ ބައްޕަ ހީކުރި ވަރަށް ވުރެ ވެސް ބޮޑަށް ލޯބިވާތީ. އަޅުގަނޑަށް އަޅުގަނޑުގެ ލޯތްބާނުލާ ނޫޅެވޭނެތީ” ޒޯހަން ސާބިތުކަމާއެކު ޖަވާބުދެމުން ދިޔައެވެ. “ޒޯހަން…….” އުމުރުގައި އެންމެ ފުރަތަމަ ފަހަރަށް ޒޯހަންގެ މޫނުމަތީގައި ނޫރީ އެތިފަހަރެއް ޖެހިއެވެ. ލަތާއަށް ރޮއެ ގަނެވުނެވެ. ޒޯހަން އެއްވެސް ބަހެއް ނުކިޔައެވެ. ފަހަތުގައި ތިބި އެންމެންތިބީ ބިރުން ވިރިވިރިއެވެ. “ބައްޕާ… ބައްޕަ ހިތުގައި ޖެހޭ ގޮތަށް އަޅުގަނޑަށް ކަންތައް ކުރެވިފައި ވާނަމަ މާފަށް އެދެން. ބައްޕަ އެދުނު ގޮތަށް އަޅުގަނޑުގެ ހަޔާތުން ނިއާއަށް ޖާގަދޭނަން. އެކަމަކު ހިތެއް ނުދެވޭނެ. މިބުނި އެއްޗެއްގެ މާނަ ބައްޕައަށް އެނގިލައްވާނެކަން އަޅުގަނޑަށް ޔަގީން. ކައިވެނީގެ ހުރިހާ ކަމެއް ކުރިއަށް ގެންދަވާ. އަޅުގަނޑު ކުރިން ވެސް ބުނުއްވިން މިގޮތަށް. އިރާދާކުރެއްވިއްޔާ އަންނަ ހުކުރު ދުވަހުގެރޭ ބައްޕަގެ ޅީދަރިފުޅު މިގެއަށް ގެންނާނަން” އިތުރު ބަހެއް ނުކިޔާ ޒޯހަން ދޮރުން ނިކުންނަން ހިނގައިގަތެވެ. ލަތާ ފަހަތުން އައިސް ޒޯހަން ހުއްޓުވަން އުޅުމުން ވެސް ޒޯހަން އެނބުރި ބަލައެއް ނުލިއެވެ. ހަގީގަތުގައި ޒޯހަން ނިކުތީ ހިތްފަޅައިގެންދާން ކައިރިވުމުންނެވެ. ބައްޕަ މިއަދު އަތް އިސްކުރެއްވުމުން ޒޯހަން ނިހާޔަތަށް ދެރަވެއްޖެއެވެ. ދެލޮލުން ފޭބި ކަރުނަތިކި އަތުގެ ބޮޑުވައި އިނގިލިން ފޮހެލުމަށްފަހު ކުރިމަތީގައި ހުރި ޝަޒަންގެ ގައިގާ ބައްދާގަތެވެ. ކުޑަދޮރުން މަންޒަރު ބަލަން ހުރި ލަތާގެ ހިތް ހީވަނީ މޭފަޅާލާފައި ނިކުމެދާނެހެންނެވެ.

 

ސިޓިންގްރޫމް ސޯފާއަށް ދެފައި އަރުވައިގެން އިން ޝިޔާރާ އިނީ ވިސްނުމަކަށް ގެއްލިފައެވެ. ހާލާ ފެންތައްޓެއް ދިއްކޮށްލުމުން ފެން ކޯވަރެއް ބޯލިއެވެ. އެދެލޯ ކައިރިން އަދިވެސް ކަރުނަ ނުހިކި ހުއްޓެވެ. ހުއްޓާނުލާ ހާލާ ދިޔައީ ޝިޔާރާއަށް ވިސްނާދެމުނެވެ. ކެއްތެރިވުމަށް ބުނަމުންނެވެ. ޖަވާބުގައި ޝިޔާރާ ބުނީ އޭނާއަކީ ކެއްތެރިއެއްކަން މުޅި ދުނިޔެއަށް ސާބިތުކޮށްދީފައި ވާނެކަމަށެވެ. ހާލާ ހީލަމުން ޝިޔާރާ ބޮލުގައި ފިރުމާލިއެވެ. ދޮރުން ވަން ޒޯހަން ފެނުމުން ހާލާ ދިޔައީ ޒޯހަންއަށް ވެސް ހީލާފައެވެ. ޒޯހަން ގޮސް ސޯފާގައި ޖައްސާލީ ޝިޔާރާގެ އުނގުގައި ބޯ ބާއްވާލަމުންނެވެ. ޒޯހަން އޮތީ ހިމޭންވެފައެވެ. ޝިޔާރާ ކަޅިވެސް ޖަހާނުލާ ޒޯހަންގެ މޫނަށް ބަލަމުން ދިޔައެވެ. ކުރިމަތީގައި ހުރި ޝިޔާރާ ބޮއެފައި ބެހެއްޓި ފެންތަށީގައި ޒޯހަން ހިފާ ތެދުވެލާ އެއްކޮށް ބޯލިއެވެ. އެއަށްފަހު އަނެއްކާ ވެސް އޮށޯވެލާ ވިސްނުމަކަށް ގެއްލުނެވެ. ވިސްނުމުގެ ތެރެއިން މޮޅިވެފައިވާ އެހިތަށް ހައްލެއް ހޯދަދޭން އުޅޭ ކަހަލައެވެ. ޒޯހަންއަށް ހަމަހޭވެރިކަމެއްވީ ޝިޔާރާގެ މަޑު ތުންފަތް ޒޯހަންގެ ތުންފަތުގައި ބީހުމުންނެވެ. ޝިޔާރާގެ އަތްތިލައިގާ ޒޯހަން ތުންފަތް ޖައްސާލުމަށްފަހު ސޯފާ ކުޑަކޮށް ދަމާލާ އެއަތު ތެރޭގައި ޝިޔާރާ ބާއްވާލިއެވެ. “ޕްރިންސަސް އަށް ކަމުދޭތަ މިތަން. ރޫމްތައް ބަލާލިންތަ؟” ވާހަކަ އޮޅުވާލެވޭތޯ ޒޯހަން މަސައްކަތްކުރިއެވެ. ޝިޔާރާ އޮތޯ ޒޯހަންގެ މޫނަށް ބަލަހައްޓައިގެންނެވެ. ޒޯހަންގެ މޫނުމަތިން ހިތްދަތިކަން ކިތަންމެހާ ވެސް ރީތިކޮށް ޝިޔާރާއަށް ފެންނަމުން ދިޔައެވެ. “ޝިޔާ ދޫކޮށްލާނީތަ؟” ޝިޔާރާ ބުނި އެއްޗެއް ޒޯހަން އެނގުމާއެކު ނޫނެކޭ ބުނެ ދެފަރާތަށް ބޯހަލުވަމުން އެހަށިގަނޑުގައި ބައްދާލިއެވެ. “މަގޭ ފުރާނައާއި މަށާ ދެތަން ކުރެވޭނީ ހަމައެކަނި މަރަށް. ބައްޕަ ކޮންމެ އެއްޗެކޭ ކިޔަސް މިހަށީގައި ފުރާނަ ހުރިހާ ހިނދަކު މިއަތަކުން ދޫކޮށްނުލާނަން. މީ ވައުދެއް. ދެވަނަ ކައިވެނި ވެސް މިކުރަނީ ޕްރިންސަސް ބާރުއެޅީމަ. އެއްގޮތަކަށް ވެސް ބޭނުންވެގެނެއް ނޫން. މީ މިއަދު މަށަށް ހުރި ގޮތްވީމަ. ފަހަރެއްގައި ވެސް އެއަންހެނާއަށް މަގޭ ފަރާތުން ލޯބީގެ ޒައްރެއްގެ މިންވަރު ވެސް ނުލިބޭނެ” ޔަގީން ކަމާއެކު ޒޯހަން ދައްކަމުންދިޔަ ވާހަކަތަކަށް ޝިޔާރާ ދެކޮޅު ހެދިއެވެ. އަންބަކަށް ވުމަށްފަހު އަނބިމިހާގެ ހައްގުތަކެއް ވާނޭ ބުނެ ޒޯހަންއަށް ވިސްނަދިނެވެ. ޒޯހަން ދިޔައީ ފާޅުގައި ދެކޮޅު ހަދަމުންނެވެ. ޒޯހަން ނޫނެކޭ ބުނެ ބޯހަލުވާ ގޮތުން ޝިޔާރާ ކައިރިއަށް ހިނިވެސް އައެވެ.

 

ކައިވެނީގެ ހެދުން ޒޯހަންލީ ޝިޔާރާ ކުރިމަތީގައެވެ. ކޮޓަރިން ލުއި ގޮތަކަށް ތައްޔާރުވެލައިގެން ބޭރަށް ނިކުތް އިރު ޝިޔާރާއަށް ބަލާވެސް ނުލައެވެ. އެވަގުތު އެންމެ ފަހަރަކު ޝިޔާރާގެ މޫނު ޒޯހަންއަށް ފެނުނު ނަމަވެސް ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ޒޯހަން އަށް ނޭޅުނީހެވެ. ތިރިއަށް ޒޯހަން ފޭބުމާއެކު ޔަޝްމީ ޒޯހަން ގޮވައިގެން ގޮސް އަރުހަމް ގެނެއްސަ ހުރި މީހަކު ލައްވާ އަލުން ރީތިކުރުވިއެވެ. ޒޯހަންއަށް ކަމުނުދިޔަސް އިސްކުރީ ކެތްތެރިކަމެވެ. “ލަތާއާއި ނޫރީއާއެކު ޒޯހަން ކާރަށް އެރުމާއެކު ޑްރައިވަރ ކާރު ދުއްވާލިއެވެ. ލަތާގެ އުނގުގައި ރާކީގެ ކުޑަ ދަރިފުޅު ރިވާން ވެސް އިނެވެ. ފަހަތުން ނައްޓާލި ކާރުގައި ތިބީ އަރުހަމް އަދި ޔަޝްމީގެ އިތުރުން ލައިލްއެވެ. ފަހަތު ޝީޓުގައި ތިބީ ސާރާއާއި ޝިފްނީގެ އިތުރުން ހާލާއެވެ. ޝަޒަން އިބްރާހީމް ގޮވައިގެން ނައްޓާލީ ސައިކަލުގައެވެ. ނިއާ ގޮވައިގެން ދަރުބާރުގެއަށް މާކުރިން ރާކީ ވަނީ ގޮށްސައެވެ.

ކައިވެނީގެ ރަސްމިއްޔާތު ކުރިއަށް ދިޔައިރު ވެސް ޒޯހަންގެ ވިސްނުމުގައި ވަނީ ގޭގައި އެކަނި އިން ޝިޔާރާއެވެ. އެފަކީރުގެ ހިތުގައި އަޅާ ވޭން ޒޯހަންއަށް އިހުސާސް ކުރެވޭ ކަހަލައެވެ. ކައިރީގައި އިން ނޫރީ ޒޯހަންގެ ގުޅުވާލާފައި މޭޒުމަތީގައި ބާއްވާފައި އޮތް އަތްތިލައިގާ ކޮށްޓާލުމާއެކު ޒޯހަންއަށް ހަމަބިމަށް އާދެވިއްޖެއެވެ. މަޑުމަޑުން ނޫރީ ބުނެލި ބަހުގައި ހަރުކަށިކަމެއް ހުއްޓެވެ. “އަނބި…އަނބި……އަނބި ގަބޫލުކޮށްފިން” ދެލޯ މަރާލައިގެން އިން ޒޯހަންގެ އެސްފިޔަތަކުގެ ތެރެއިން ސިފަވީ ހިނިތުންވެފައި ހުރި ޝިޔާރާގެ މޫނެވެ. އެންމެން އެއްކޮށް އަތްތިލަބަޑި ޖަހަން ފެށުމުން ވެސް ޒޯހަން ބޮލުގައި ރިއްސަން ފެށިއެވެ. ރަތްކުލައިގެ ބޮޑު ވެޑިންގް ޑްރެސްގައި އިން ނިއާ ލަދުވެތިކަމާއެކު ޒޯހަންގެ މޫނަށް ބަލާލިއެވެ. ޒޯހަންގެ އަތުގައި ނިއާ ހިފާލުމާއެކު ޒޯހަން ނިއާއަށް ބަލާލިއެވެ. އެހިނދު ނިއާ އެއްލޯ މަރާލިއެވެ. ޒޯހަންވީ ފޫހިން ދުރަށް ބަލަންފެށިއެވެ. ޒޯހަންގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަތައް އެންމެ ކައިރިން ބަލަން އިނީ ލަތާއެވެ. ލޯބިވާ ދަރިފުޅާ މެދު ހިތުގައި ރަހުމް އުފެދުނެވެ. އެދަރިފުޅަށް މީ ކޮންފަދަ މަޖުބޫރީއެއް ހެއްޔެވެ؟ މައިންބަފައިން ދަރިން ދެކެ ވާ ލޯތްބަކީ މިއީ ހެއްޔެވެ؟ ލަތާއަށް ނޫރީއަށް ބަލާލެވުނީ ޝަކުވާގެ ނަޒަރަކުންނެވެ. ނޫރީ ނޫންކަމަށް ހަދާ ކައިރީގައި ހުރި ހުސްނީއާއި ސަލާންކޮށްލާ ބައްދާލިއެވެ. ޕާރޓީ ފެށިގެން ކުރިއަށް ދާއިރު ސަލާންކޮށްލާ ކޮންމެ މެހްމާނަކަށް ޒޯހަން ހިނިތުންވުމެއް ރައްދު ކޮށްލައެވެ. ދުރުގައި ހުރި ގޮނޑީގައި އިން ހާލާ އިނީ ވައިބާއި އިން ޝިޔާރާއާއި ވާހަކަދައްކާށެވެ. އެތަނުގައި ހިނގާ ކޮންމެ ކަމެއް ބަރާބަރަށް ހާލާ ދިޔައީ ޝިޔާރާއަށް ވައިބަރ ކުރަމުންނެވެ. ނިއާ ޒޯހަންގެ އަތުގައި ހިފައިގެން ހުރިއިރު ވެސް ޒޯހަން ހުރީ ހިތްހަމަނުޖެހިފައެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ކައިވެނި މިއޮތީ ވެވިފައެވެ. މިނޫން ގޮތެއް ނެތެވެ.

ޕާރޓީނިމި އާއިލާ މީހުން ފޮޓޯ ނަގަމުން ދިޔައިރު ވެސް ޒޯހަންގެ ތުންފަތްމަތީގައިވީ ޕްލާސްޓިކް ހިނިތުންވުމެކެވެ. އެއްފަރާތެއްގައި ހުރި ނޫރީ ކައިރިއަށް ޒޯހަން ޖެހިލިއެވެ. އަދި ނޫރީގެ ހަށިގަނޑުގައި ބައްދާލިއެވެ. “ބައްޕަ އަޅުގަނޑު ކައިރީގައި އެދުނު ކަންތައް މިއޮތީ ވެނިމިފަ” ޒޯހަން އެއްވެސް އެއްޗެއް ނުބުނެ އެންމެ ކައިރީގައި ހުރި މޭޒުން ކޯކްތައްޓެއް ނަގައިގެން ޝަޒަން ކައިރީގައި ޖައްސާލިއެވެ. އަދި ދަނޑިވަޅުގެ ބޭނުންކޮށް ފޯނު ނަގާ ޝިޔާރާއަށް މެސެޖް ކުރަން ފެށިއެވެ.

ނިއާ އެކަނިވާނޭ ފުރުސަތަކަށް ބަލަން ތިބި ހުސްނީއާއި ފަރަހަ ގޮސް މަޑުކޮށްލީ ޒޯހަންގެ ހަރަކާތްތަކަށް ބަލަން ހުރި ނިއާ ކައިރީގައެވެ. އަދި ނިއާ އަތުގައި ހިފައިގެން ގޮސް އެއްކައިރިއަށް މަޑުކޮށްލިއެވެ. “ދަރިފުޅާ މަންމަ މިބުނާ އެއްޗެއް ރަނގަޅަށް އަޑުއަހާ. ކޮންމެ ގޮތެއް ހަދާފަވެސް ތިދަރި ޒޯހަންގެ ބޮލުގައި އަޅުވަންވާނެ. އެހެންނޫނީ މިދުނިޔެއަށް ބޭޒާރުވާނީ މަންމައާއި ބައްޕަ. މިރެއަށް ފަހު އިއްސެއާއި އެއްވެސް ގުޅުމެއް ނުބާއްވައްޗެ. އެއީ ރަނގަޅު މީހެއް ނަމަ އިންނަން އެއްބަސް ވާނެ ދޯ. ނަސީބެއްނު ބަނޑުބޮޑު ވާހަކަ އޭތި ކައިރީ ނުބުނެވުނު ކަން” ސިއްރުން ފަރަހަ ދައްކަމުން ދިޔަ ވާހަކައިގާ ހުސްނީ ވެސް ދިޔައީ ބައިވެރިވަމުންނެވެ. އެކުވެރިއަކަށް ދެރައެއް ލިބެން ހުސްނީ ނޭދުނަސް ނިއާގެ ބަނޑުގައި އެވާ ދަރިފުޅު ހަޑިކޮށް ދުނިޔެއަށް ގެންނާކަށް ވެސް ބޭނުމެއް ނުވޭއެވެ. ނިއާއަކީ އެދެމަފިރިންގެ ހުރި ހަމައެކަނި ދަރިއެވެ. ނިއާ ބަލިވެ އިން ކަން އެނގުނީ އިންނަން ރަންވެސްކީ ފަހުންނެވެ. އެދަރިއާއި ދިމާލަށް ޗުއްޕުވެސް ނުބުނެ އެކަމާއި އެދެމަފިރިން އުފާ ފާޅުކުރިއެވެ. ރައްޓެއްސަކު ގޮވާލުމުން ހުސްނީ ނިއާގެ ބޮލުގައި ފިރުމާލަމުން ދުރަށް ޖެހިލިއެވެ. “މަންމާ. އިއްސެއާއި ގުޅުމެއް ނުބޭއްވިއަސް ޒޯހަންއާއި ދުރުގަ ނުހުރެވޭނެ. ޒޯހަން ވެސް ބޭނުން. ޕްރެގްއޭ ކިޔާފަ ޒޯހަންއާ އަނެއްހެން ކައިރި ނުވެ އަޅުގަނޑު ކިހިނެއް އުޅޭނީ. އެހެންނޫނަސް އެއީ އަޅުގަނޑުގެ ފިރިމިހާއެއްނު” ނިއާ ތުއި ވަމުން ބުނެލިއެވެ. “މަންމަގެ މައްސަލައެއް ނެތް. ޒޯހަން ދަރިފުޅާ އެހާ ގަޔާވާހެނެއް މަންމައަކަށް ހިއެއް ނުވޭ. މިހާރު ބަނޑަށް ދެމަސްވަނީ. އެހެންވީމަ މިރެއިން ފެށިގެން މަސައްކަތްކުރޭ” ފަރަހަ ނިއާގެ މޫނުގައި ލޯބިން ފިރުމާލިއެވެ. ނިއާ ހީލަމުން ދުރުގައި ހުރި ޒޯހަންއަށް ބަލާލިއެވެ.

 

އެންމެން އެއްކޮށް ގެއަށް ވަތްތަން ބެލްކަނީގައި ބަލަން ހުރި ޝިޔާރާ ލޮލުން ފޭބި ކަރުނަތައް ފޮހެލިއެވެ. ޒޯހަން މިރޭ ނިދާނީ އެހެން އަންހެނެއް ކައިރީގައި ހިތަށް އެރުމާއެކު ޝިޔާރާގެ ހިތުގައި ރިއްސާލިއެވެ. އެހެންނަމަވެސް އޭނާ ކެއްކުރާނެއެވެ. ޒޯހަންއަކީ އޭނާގެ ވެސް ފިރިއެކެވެެ. ޒޯހަން ޝިޔާރާއާމެދު ފަރުވާކުޑަ ނުކުރާނެކަމަށް ހިތުގެ އަޑިން ގަބޫލުކުރެއެވެ. ނިދާކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމަށްފަހު ފޮތިގަނޑު ދަމާލިއެވެ. އަދި އަލަމާރިން ރަޖައެއް ނެގުމަށްފަހު ކޮޓަރީ ދޮރު ލައްޕާލުމަށްފަހު ސިޓިންގްރޫމް ސޯފާގައި އޮށޯވެލިއެވެ. ޒޯހަންއާ ނުލާ ކޮޓަރީގެ އެނދަކީ ޝިޔާރާއަށް ފަޅު ތަނެކެވެ. ކައިރީގައި ފޯނު ބާއްވާލަމުން ޝިޔާރާ ދެލޯ މަރާލީ މިވަގުތު ޒޯހަން އަށް އުނދަގޫ ކުރަން ބޭނުންނުވާތީއެވެ. ކުއްލިއަކަށް ދޮރުގައި މީހަކު ޓަކި ޖަހާލި އަޑު އިވުނެވެ. ޝިޔާރާ ބިރުގަތެވެ. ގަޑި ބަލާލިއިރު ބާރަގަޑި ބައި ވަނީއެވެ. ދޮރު ކައިރީގައި ހުއްޓިލުމަށްފަހު ކެމެރާއިން ބޭރު ބަލާލިއެވެ. ދޮރުމަތީގައި ހުރި ލަތާ ފެނުމުން ޝިޔާރާ މޫނުމަތި ފޮހެލާ ވަރަށް ބޮޑަށް އަމިއްލައަށް ހީލިއެވެ. ޝިޔާރާގެ މޫނުމަތިން މާޔޫސްކަން ލަތާއަށް ދައްކާކަށް ބޭނުމެއް ނުވޭއެވެ. ދޮރުހުޅުވާލަމުން ލަތާ އެތެރެއަށް ވަނެވެ. ސޯފާމަތީގައި އޮތް ކުއިލްޓް ފެނުމުން ލަތާއަށް ވިސްނުނެވެ. ލަތާ ޝިޔާރާއަށް ބަލާލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. ޝިޔާރާގެ އަތުގައި ހިފާލައިގެން ލަތާ ވަކިން ހުރި ސޯފާގައި ޖައްސާލިއެވެ. “ދަރިފުޅު ތީ ނަސީބުވެރިއެކޭ ހީކޮށްލާ. އެއްގޮތަކަށް ވެސް ތީ އެކަނިވެރިއެކޭ ހީނުކުރައްޗެ. މަންމަ އަބަދުވެސް ހުންނާނީ ޝިޔާއާއި އެކު. ޒޯހަން ބުނިހެން މަންމަ ހިތުން ވެސްް ޖާގަ ދިން ދަރިއަކީ ތީ”  ލަތާ ޝިޔާރާގެ ނިއްކުރިއަށް ބޮސްދިނެވެ. ޝިޔާރާ ހިތާހިތުން ކަލާނގެ ހަޒްރަތަށް ޝުކުރުވެރިވިއެވެ. “މަންމަ މިއުޅެނީ ބައްޕަ ކައިރީގައި ބަދިގެއަށޭ ކިޔާފަ ނިކުމެ. ދަރިފުޅު އަރާމުކޮށް ނިދާލާ. މާދަމާ ޒޯހަންއާ ބައްދަލުވާނެ” ލަތާ ގެއިން ނިކުތުމުން ޝިޔާރާ ދޮރު ލޮކް ކޮށްލުމަށްފަހު ސޮފާގައި ޖައްސާލިއެވެ. ދެލޯ މަރާލީ ނިދާލުމުގެ ބޭނުމުގައެވެ.

 

ނިއާ ބޮޑު ހެދުމާއެކު އެނދުގައި އިނީ ޒޯހަން އަދިވެސް ކޮޓަރިއަށް ނާންނާތީއެވެ. ވީގޮތެއް ބަލާލަން އެނދުން ތެދުވެލި ވަގުތު ދޮރު ހުޅުވާލާފައި ވަން ޒޯހަން ފެނުމުން ރަކި ގޮތަކަށް ހީލިއެވެ. ޒޯހަން ފެންނަކަމަށް ވެސް ނުހެދިއެވެ. “ބޭބީ ދޮރު ލޮކް ކޮށްލާފައި އާދޭ” ޒޯހަން ހުއްޓުމަށްފަހު އެނބުރި ހުޅުވާފައި ހުރި ދޮރު ލައްޕާލިއެވެ. “ލޮކް” ނިއާ ދެވަނަ ފަހަރަށް ވެސް ހަނދާންކޮށްލަ ދިނެވެ. ފޫހިކަމާއެކު ޒޯހަން ލޮކް އަޅުވާލިއެވެ. ދެން ގޮސް ހުއްޓުނީ އަލަމާރި ކައިރީގައެވެ. ނިދަންލާން ޓީޝާޓަކާއި ދިގު ހަރުވާޅެއް ނެގުމަށްފަހު ފާހާނާއާއި ދިމާލަށް ހިނގައިގަތެވެ. “މިތަނުގަ ޗޭންޖް ކުރަންވީނުން” ނިއާ ޖެހިލުމެއްނެތި ބުނެލިއެވެ. “ފެންވަރާލާށާއި އެއްކޮށް މިދަނީ. ނިއާ ވެސް ހެދުން ބަދަލުކޮށްލާ” ނިއާ އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ޒޯހަން ފާހާނާއަށް ވަދެ ތަޅުލިއެވެ. ވިސްނާލަން ހުރި ނިއާ އަށް މޮޅު ހިޔާލެއް އައުމާއެކު އެނދުގައި އިށީނދެ ޒޯހަން ނިކުންނާނެ އިރިކަށް އިންތިޒާރު ކުރަން ފެށިއެވެ. “އަދިވެސް އިނީތަ؟” އެނދުގައި އިން ނިއާ ފެނުމުން ޒޯހަން އަހާލިއެވެ. “ޒޯން ޕްލީޒް ހެލްޕް މީ. މިބޮޑު ހެދުން ކިހިނެއް އެކަނި ބާލާނީ” ޒޯހަން ކުރިމަތީ ހުއްޓުމަށްފަހު ހެދުމުގެ ފުރަގަހުގައި ހުރި ޒިބުން ބައެއް ނައްޓުވާލިއެވެ. އަދި ފުރަގަހަށް އެނބުރެމުން ދޫކޮށްލާފައި އޮތް ބުޅި އިސްތަށިގަނޑު އެއްފަރާތަކުން ކުރިމައްޗަށް ގެނައެވެ. ހަދާނެގޮތެއް ނޭނގިފައި ހުރި ޒޯހަންގެ އަތް މަޑުމަޑުން ހަރަކާތް ކުރަމުން ގޮޮސް ނިއާގެ ޒިބު އެއްކޮށް ތިރިކޮށްލިއެވެ. އެއްވެސް ލަދެއް ނެތި ނިއާ ހެދުން ޒޯހަން ކުރިމަތީގައި ބޭލިއެވެ. ޒޯހަން ހުރީ މާދުރަށް ބަލަހައްޓައިގެންނެވެ. އެނދުގެ އަނެއް ފަރާތުގައި ގޮސް އިށީނީ މިތަނުން ސަލާމަތްވާނެ ގޮތެއް ވިސްނުމަށެވެ. “ޒޯން ނިދަނީ ވެސް ޓީޝާޓް ލައިގެންތަ” ނިއާ ކުރަން އުޅުނު ކަންތަކަށް އެކަމުން ހުރަސް އެޅިދާނެތީ ކުރިން އަހާލިއެވެ. “އާނ. ވަރަށް އުނދަގު މަތިން އެއްޗެއް ނުލާ އޮންނަން” ޒޯހަން އަވަސް އަވަހަށް ބުންޏެވެ. “ދެން ތިރިންނޯ” ނިއާ އަހާލިއެވެ. ޒޯހަންގެ އަނގަ ބެދުނެވެ. “ހީހީހީ.. އެއީ މަޖާ. ދެން އޮށޯވެބަލަ މިތާ. ތިހެން އިންނަނީތަ؟ ޒޯހަން ފަހަތް ބަލާލިއިރު ނިއާ އޮތީ ކަކުލުން މައްޗަށް ހުރި މެރޫން ކުލައިގެ ތުނި ނައިޓީގައި ޒޯހަންއާއި ދިމާލަށް ވާގޮތަށް ބަންޑުންނެވެ. ނައިޓީގެ ކަރުވަޅު ތިރިއަށް އެލިފައި އޮތުމުން ނިއާ ދައްކަން ބޭނުންވި މަންޒަރު ކިތަންމެހާ ވެސް ރީއްޗަށް ޒޯހަންއަށް ފެނުނެވެ. ޒޯހަން ދެލޯ މަރާލަމުން އިސްޖަހާލީ ހިއްސުތައް ކޮންޓްރޯލް ކުރަމުންނެވެ. ނިއާ ތެދުވެލާ ޒޯހަން ގަދަކަމުން އެނދުގައި ބޭއްވިއެވެ. ޒޯހަންއާއި ނިކާ ކައިރިވެލި ވަގުތު ކުއްލިއަކަށް ޒޯހަން ބުނެލި އެއްޗަކުން ނިއާ ފަސްޖެހުނެވެ. “އަހަރެންގެ އިތުރު އަންބެއް އެބަހުރި” ޒޯހަން ނިއާއަށް ބަލާވެސް ނުލާ ބުނެލިއެވެ. އިރުކޮޅަކު ވިސްނުމަށްފަހު ނިއާ ހީކުރީ ޒޯހަން ނިއާގެ އަތްދަށުން ސަލާމަތްވުމަށް ދެއްކި ބަހަނާއެއް ކަމަށޭވެ. “މަށަށް. އޯކޭއޭ. އޭނައަށް ވެސް ކައިވެނީގެ ފުރަތަމަރޭ ލިބިފައެއްނު އޮތީ. އެހެންވިއްޔާ މަށަށް ވެސްދީ” ނިއާ ދޫނުކުރުމުން ޒޯހަން ކުއްލިއަކަށް ނިއާ އެއްކައިރިއަކަށް ކޮށްޕާލިއެވެ. “ޕްލީޒް ނިއާ…މިރެއަކު ނޫން.. މިރޭ ވަރަށް ބޮލުގަ އެބަ ރިއްސާ” ހަގީގަތުގަ ވެސް ޒޯހަންގެ ބޮލުގައި ވަރަށް ބޮޑަށް އެބަ ރިއްސައެވެ. “އޯކޭ ޒޯން ޖައްސާލާ. އަހަރެން ބޯ މޮޑެލަދޭނަން” ޒޯހަން މަޑުމަޑުން ބާލީސްމަތީގައި ބޯއަޅާލިއެވެ. ނިއާ ޒޯހަންގެ ބޯމޮޑެދެމުން ދިޔައިރު ޒޯހަން އޮތީ ލޯމަރާލައިގެންނެވެ. ނިއާ ކަޅިވެސް ޖަހާނުލާ ޒޯހަންގެ މޫނަށް ބަލަން އޮތެވެ. މަޑުމަޑުން ނިއާ ތިރިވެ ޒޯހަންގެ ތުންފަތުގައި ތުންފަތް ޖައްސާލިއެވެ. އެވަގުތު ޒޯހަންގެ އެސްފިޔަ ދޭތެރެއިން ޝިޔާރާގެ ލޯބި މޫނު ސިފަވުމާއެކު ނިއާގެ އެއަމަލަށް އެއްބާރުލުން ދެވެން ފެށުނެވެ. ނިއާ އެއްއަތުން ކޮޓަރީގެ އަލި މަޑުކޮށްލިއެވެ. އަދި ޒޯހަންގެ ކައިރީގައި އޮށޯވެލީ އެހަށިގަނޑުގައި ބައްދާލަމުންނެވެ. ބޭނުންވާ ކަންތައް ކާމިޔާބުވާން އުޅޭ ކަމުގެ ނިޝާންތައް ފެންނަން ފެށުމުން ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޒޯހަންެގެ ހަށިގަނޑުގައި ނިއާގެ އަތް ބީއްސަން ފެށުމުން ބޮލަށް ބަރުވެފައި އޮތް ޒޯހަން ކުޑަކުޑަކޮށް ލޯހުޅުވާލިއެވެ. އަނދިރީގެ ތެރެއިން ވެސް ޒޯހަންއަށް ނިއާގެ އެއްވެސް ފޭރާމެއް ނުވާ ހަށިގަނޑު ފާހަގަވިއެވެ. ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ނިއާއަށް އެއްބާރުލުން ދެވުނު އިރު ޒޯހަންއަށް ވެސް ނޭނގެއެވެ. ބޮލަށް ބަރުވެފައިވަނީ އެހާވަރަށެވެ. ނިއާގެ ހަށިގަނޑު ދަށުގައި އޮތް ޒޯހަންގެ އަތް ނަގާ ދުރަށްލި ވަގުތު ސައިޑްކަބަޑްމަތީގައި އޮތް ޒޯހަންގެ ފޯނު ތިރިއަށް ވެއްޓުނެވެ. އެވަގުތު ފޯނު ދިއްލިގެން ދިޔައެވެ. ފޯނުގެ ޑިސްޕްލޭގައި ޒޯހަންގެ ކަރުގައި ބައްދާލައިގެން ހެވިފައި އިން ޝިޔާރާގެ މައުސޫމް މޫނު ފެނުމާއެކު ޒޯހަންއަށް ކުރެވެން މިއުޅޭ ކަންތައް އިހުސާސްވި ކަހަލައެވެ. ޒޯހަންގެ ހާމަ ހަށިގަނޑުމަތީގައި އޮތް ނިއާ ގައިގަ ހޭވެރިކަމެއް ނެތް އިރު ޒޯހަން ކުއްލިއަކަށް ތެދުވިއެވެ. އަދި ދެއަތުން ބޮލުގައި ހިފާލިއެވެ. ކުއްލިއަކަށް އެނދަށް ބަލާލިއިރު އެނދުގައި ނިއާ އިންގޮތުން ޒޯހަން ދެރަވިއެވެ. ކޮންމެގޮތެއް ވިޔަސް އެއީ ވެސް ޒޯހަންގެ އަންބެކެވެ. ކުރެވެން އުޅުނީ ފާފައެއް ނޫނެވެ. ކުރެވެން އުޅޭ ކަމަކުން އެއްވެސް މީހަކަށް ވާނެ ގެއްލުމެއް ވެސް އޮތީއެއް ނޫނެވެ. އެހިސާބަށް ނިއާއަށް ދެވުނީ ޒޯހަން ވެސް އެއްބާރުލުން ދިނީމައެވެ. ދެއަތުން ބޮލުގައި އަތްއަޅާލަމުން ޒޯހަން އަލުން އެނދުގައި ނިއާ ކައިރީގައި އޮށޯވެލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ފެންނާތީ ޔާރާގެ މޫނު (3)

Next

ހާދަ ލޯބިންނޭ… (22)

Next
March 27, 2016

ހާދަ ލޯބިންނޭ… (22)

Previews
March 26, 2016

ފެންނާތީ ޔާރާގެ މޫނު (3)

8 Comments!

  1. Admin says:
    March 28, 2016 at 12:35 am

    this is a test comment

  2. Zaanaa says:
    March 28, 2016 at 11:19 am

    Kobaa meyadu ge part keevetha comment send nuvanee

  3. zeee says:
    March 28, 2016 at 12:04 pm

    Mi part vx varah reechyyyyy..ekam zoan dhww..

  4. shibaa says:
    March 28, 2016 at 2:42 pm

    Alheyy dhn oiyy part upload kohladheeberrr…

  5. WhRaz..a says:
    March 28, 2016 at 4:38 pm

    Varah kei madhuvefa mihureveney.kiyaalaa hithun avhah next part up kohbila mi story very nice????

  6. Alioht says:
    March 29, 2016 at 12:42 am

    Alhe next part kobaatha. Ihyage partvex up nuvey… dhen alhe maadhamaage part up vaanetha… pls story liyun huhtaa nulahchey…. luv this story… can’t wait to read next part…

  7. Zaanaa says:
    March 29, 2016 at 10:55 am

    Ushaali kehenehvee baleetha story ahme reethi hesaabah gosa up nukuranee pls pls pls up kohdeeba haada nice ay story

  8. Axeenalily says:
    March 29, 2016 at 2:45 pm

    Kobaa toa next episode

Comments are closed.

Next Episodeފުންއަސަރު 18←


All Right Reserved!