އިރުގެ އަލި ކޮޓަރި ތެރެއަށް އެޅިގެން ދިޔަ ތަން ބަލަން އޮތް މިޝިޔާގެ ލޮލުގައި އޭރުވެސް ކަރުނަ ނުހިކި ހުއްޓެވެ. ލޮލުގެ ވަށައިގެން ލެވިފައިވާ ކަޅު ބަޔަށް ބަލާލުމުން ރޭގައި އެންމެ ނިދި ކޮޅެއްވެސް ނުނިދާކަން އެނގެއެވެ. ނާވީއާއި ބައްދަލު ކުރަން ދާނެހާ ހިއްވަރެއްވެސް އޭނާ ގަޔަކު ނެތެވެ. ކުރެވުނު ފާފަ މުނި ގުނިޔެއަށް ފަޅާއަރާކަށް މާކަގިނަ ދުވަހެއް ނެތްކަން އެނގުމުން އަނެއްކާވެސް ރޮވިއްޖެއެވެ. މަންމައާއި ބައްޕަމަތުން ހަނދާން ވުމުން މިޝިޔާއަށް މޭގައި އަތް ޖައްސާލެވުނެވެ. ނާވީއަށް […]
“އަޅުގަނޑު ވަރަށް ގިނައިން ތި ގެއަށް ދަން… އެކަމް ދުވަހަކުވެސް ދުކެގެން ނާވީ މެންގެ ބައްޕައެއް.. ކޮބާ ނާވީމެންގެ ބައްޕަ؟ ނައި ކައިރީގައި އަހާލިޔަސް ބުނާނެ އެވާހަކަ ދައްކާކަށް ބޭނުމެއް ނޫނޭ” މިޝިޔާގެ އެހެން އަހާލުމުން ނާވީގެ މޫނުގައި އުފާވެރިކަން އެއްކޮށް ފިލައިގެން ހިނގައްޖެއެވެ. “ބައްޕަ ފެނުން އެއީ އެހާ މުހިންމު ކަމެއްތަ؟” ނާވީގެ ވާަކަ ދެއްކުމުގެ ރާގަށް ކުއްލިއަކަށް ބަދަލު އައުމުން މިޝިޔާ ދުރަށް ޖެހިލިއެވެ. “އޯ.ކޭ… އެހެން ވިއްޔާ!! ނާވީ ތި ކިޔަވަނީ ކޯއްޗެއް؟” […]
“އޯ.ކޭ.. ލެޓްމީ ޓޯކް ޓު ހިމް.. އިނގޭ.. ޓިލް ދެން ވެއިޓް” ނައުޝާ އެހެން ބުނުމުން މިޝިޔާ ވަރަށް އުފާވިއެވެ. އަދި އައިސް ނައުޝާގައި ބައްދާލަމުން ޝުކުރުވެރިވިއެވެ. ލެޕްޓޮޕް އުނގަށް ލައިގެން އިން ޒަޔާން ސިހުނީ ކުޑަ މޭޒުމަތީގައި ބާއްވާފައި އޮތް ފޯނު ރިންގްވާން ފެށުމުންނެވެ. ފޯނު ސްކިރީނުން ފިރާޝާގެ ނަން ފެނުމުން އޭނާގެ ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރިވިއެވެ. އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖަހާލެވުނީވެސް އެހެންވެއެވެ. އެކޮޅުން ވާހަކަ ދައްކަމުން ދިޔަ ފިރާޝާ […]
“ނާވީ.. މޮޔަވަނީތަ؟” މިޝިޔާ ގެއަށް ވެއްދުމަށްފަހު އަތުން ދޫކޮއްލުމުން އޭނާ ހަޅޭއްލަވައި ގަތެވެ. އަތަށް ވީތަދުން އެތަނުގައި ދެތިން ފަހަރު ފިރުމާވެސް ލެވިއްޖެއެވެ. “އާނ.. މިހާރު ހަމަ ރަނގަޅަށްވެސް މޮޔަ ވެއްޖަ” ނާވީ ފާރުގައި އަތުން ޖަހަމުން ބުނެލިއެވެ. އެމަންޒަރު ފެނި މިޝިޔާ ބިރުގަތް ނަމަވެސް އަދިވެސް މިވަނީ ކީއްކަމެއް ނޭނގެއެވެ. “ނާވީ ކިހިނެއް ވެގެން ތިއުޅެނީ؟” މިޝިޔާ ދުރަށް ޖެހިލަމުން ބުނެލިއެވެ. ނަމަވެސް ނާވީ އެހާ ފަސޭލައިން މިފަހަރު މިޝިޔާ ދިޔަކަ ނުދިނެވެ. އުނަގަނޑުގައި އަތް […]
“އެންމެ ދުވަހަކަށް.. މަންމައަށް ދައްކާލަން ބޭނުން.. އަޅެ މަންމަގެ މާމަ ދަރި ބަލާލުމުގެ ހައްޤެއްވެސް ނޯންނާނެތަ؟؟” 10ވަރަކަށް މިނެޓްގެ ހިމޭން ކަމަށްފަހު އެން ފަހުން މިޝިޔާ އެއްބަސް ވެއްޖެއެވެ. ހިބާ ރީތިކުރަމުން ދިޔަ މިޝިޔާ ދޭތެރެއަކުން ހިބާ ރަނގަޅަށް ބެލުމަށް ބުނެލައެވެ. އެއްވެސް މީހަކާއި ހަވާލު ނުކުރާ ކުއްޖާ މިއަދި މީހަކާއި ހަވާލު ކުރަން ވުމުން މިޝިޔާ ހިތް ދިޔައީ ވަރަށް ބާރަށް ތެޅެމުންނެވެ. ދަބަސް ރެޑީ ކޮއްލާފައި ނައުޝާ އަތަށް ދިއްކޮށްލިއިރު އޭނާގެ އަތް ތުރުތުރު […]
ތިރިއަށް ފޭބި ޒަޔާން ފާރުގައި އަތް ވިއްދާލީ ބޮލަށްވީ ތަދެއްގެ ބޮޑު ކަމުންނެވެ. ސިކުނޑި ބަރުވަމުން ދިޔައީ ކުރެވުނު ކަންތައް ހަނދާން ވުމުންނެވެ. ކިތަންމެ ދުވަހެއް ވިޔަސް އެހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ސައިކަލަށް އަރާ ދުއްވާލީ ވަކި މަންޒިލަކަށް ދާކަށް ނޫނެވެ. ބޭނުންވަނީ މިގަޑީގައި ހިތްހަމަ ޖައްސާލާށެވެ. ނަމަވެސް ހިތްހަމަ ޖެހުމަށްވުރެ ބޮޑަށް މިގަޑީގައި ނާވީއާއި ވާހަކަ ދައްކާލުން ވަނީ މުހިންމު ވެފައެވެ. އައި.ޖީ.އެމް.އެޗް ހޮސްޕިޓަލްގެ ކައިރީގައި ސައިކަލު ޕާރކްކޮއްލަމުން ޒަޔާން އެތެރެއަށްވަނީ ނާވީއާއި ބައްދަލު ކުރާށެވެ. […]
“ނައު.. ” ނާވީ ދެ ހިޔާލެއްގައި ހުރެ ނައުޝާއަށް ގޮވާލިއެވެ. ފަހަތަށް ބަލާލި ނައުޝާ ވާހަކައެއް ނުދެއްކިއެވެ. ހީވަނީ ނާވީ އެއްޗެކޭ ބުނަން ދެން މަޑު ކޮށްލައިގެން ހުރިހެންނެވެ. ” މިއަދު މިޝީ ދެކުނިން.. ” ހިނިތުން ވެލަމުން ނާވީ ބުނެލިއެވެ. “ދޮންބެ އަހަރެން މިހިރީ ޗުއްޓީއަށް އައިސް އަނެއްކާ ދާން ވީތަ؟” ނައުޝާ އެހެން ބުނެލާފައި ތިރިއަށް ފައިބައިގެން ހިނގައްޖެއެވެ. ޓެރެހުގައި އިރުކޮޅަކު މަޑުކޮއްލުމަށްފަހު ނާވީވެސް ދިޔައީ ތިރިއަށެވެ. އެހެން ރޭރެއާއި ހިލާފަށް މިރޭ އޭނާގެ […]
ގޮނޑި ދަމާލަމުން އޭނާ ގޮނޑީގައި އިށީނދެލިގޮތަށް އިސްއުފުލާ ބަލާވެސް ނުލިއެވެ. ނާވީ އެންމެ ފަހުން ކަރު ކެހިލަމުން ވީގޮތް އޮޅުން ފިލުވާލިއެވެ. “ސޯ ހިބާ.. ކިހިނެއްވީ؟” ނާވީ ހީކުރީ ހިބާއަކީ މާޒްގެ ދަރިއެއް ކަމަށެވެ. ނަމަވެސް ކުއްޖާގެ ދޮންކަމާއި އިސްތަށިގަނޑުގައި ހުރި މަޑު ޗޮކްލެޓް ކުލައިން ހީވަނީ ބޭރު މީހެއްގެ ދަރިއެއް ހެންނެވެ. މިޝިޔާއައިވެސް ވައްތަރު ގޮތެއް ހުރެއެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އެހެން މީހަކާ ވައްތަރުހެންވެސް ހީވެއެވެ. “ހުން އައިސް ގެން.. ހާޓް ގަ ހޯލްއެއް […]
މާވެޔޮ މަގުގެ ދެފަރާތެގައި ހުއްޓިލައިގެން ވަރަށް ގިނަ މިހުން ތިއްބެވެ. ވާރޭގެ ފުދޭ ވަރަކަށް ވެހެމުން ދާތީވެ ކޮންމެ މީހަކުވެސް ހުރީ ހިޔާވެވެން ހުރި ތަނެއްގެ ދަށުގައެވެ. މަގުގެ އެއްފަރާތެއްގައި ދެއަހަރަށްދާ ކުޑަ ކުއްޖަކު ގޮވައިގެން އަންހެން ކުއްޖަކު ހުއްޓެވެ. ކުޑަކުއްޖާއަށް އޮތީ ނިދިފައެވެ. ނަމަވެސް ވާރޭ ތިކިތައް އައިސް މޫނުގައި ޖެހިލުމުން ތުން ފިއްތާލައެވެ. އެތާނގައި ހުންނަތާ އިރުކޮޅެއް ފަހުން ކާރެއްއައިސް އެމީހުންގެ ކައިރިއަށް މަޑުކޮށްލައިފިއެވެ. “މިޝިޔާ” ކާރުން ބޯދިއްކޮށްލަމުން ފިރިހެނެއް ގޮވާލިއެވެ. ކުޑަކުއްޖާ ކޮނޑަށް […]