އަކުރަމް ގެ އާދޭސްތަކުގެ ސަބަބުން އާޝިޔާ ކޭންޓީންއަށް ކާން އައުމަށް އެއްބަސްވިއެވެ. ހާއްސަކޮށް ނީރާ އެތާ އިންކަން އިނގުމުންނެވެ. ޝާއިންއާއި ދިމާ ބަލާލުމަށް ނިކުމެގެން ދިޔައީ އަކުރަމްގެ އަތުގައި ހިފާލައިގެންނެވެ. “އާޝި… ނީރާ ހުރީ ވަރަށް ހާރޓް ވެފަ… އަހަރެން ވިސްނައިދިނިން… އެކަމުވެސް އެހެން ވާނެއެއްނު އަދި އެހާ އަވަހަކަށް ހަމަޔަކަށް ނޭޅޭނެ…… އާޝި… އަދި ވަޅުލުމުގެ ކުރިން ޖެހޭނެ ނީރާ އަށް މޫނު ދައްކާލަން….” އަކުރަމް އާޝިޔާ އޭނައާއި ކައިރިކޮށްލަމުން ބުނެލިއެވެ. މަޑުމަޑުން ހިނގާލާފައި […]
ސަބަބަކީ އެގޮތަށް އެކަން ވާނޭކަން ކުރިން ވެސް ލަތާއަށް އެނގޭ ކަހަލައެވެ. “ކައިވެންޏަށް ފަހު އަޅުގަނޑު ޝިޔާރާ ގޮވައިގެން ފުރާނަން. އެއީ ވާހަކަދެއްކޭތޯ ކުޑަ ބޭސްފަރުވާއެއް ކުރަން” ހުރިހާ ވާހަކައެއް ތެދަށް ޒޯހަން ކިޔާ ދެމުންދާތީ ލަތާ އިނީ ހިތްހަމަޖެހިފައެވެ. “ދަރިފުޅާ. ޝިޔާރާ ކުރީގެ ފިރިމީހާ….” ލަތާ ބުނަން އުޅުނު އެއްޗެއް ޒޯހަންއަށް ވިސްނުނީ ކަންނޭނގެއެވެ. ޒޯހަން އަށް އެނގިިފައިވާ މިންވަރަކަށް ޝިޔާރާގެ ހުރިހާ ހަގީގަތެއް ލަތާއަށް އޮޅުންފިލުވަދިނެވެ. ޝިޔާރާގެ ލޯބި ހޯދުމަށް ޒޯހަން ކުރަން ޖެހުނު […]
މަންޝާގެ ލޮލުން ވިދަމުން ދިޔަ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން އަޒީމާ ކުރިމަތިލާން އެނބުރިލިއެވެ. އަޒީމްގެ ގަމީހުގެ ގިރުވާން ރީތިކޮށްލުމަށްފަހު ޑްރެސިންގް ޓޭބަލް މަތީ އޮތް އަތްދަބަސް މަންޝާގެ ކޮނޑުގައި އަޅުވަމުން އަޒީމާއެކީ އެ އެޕާޓްމަންޓުން ބޭރަށް ނުކުތެވެ. ދޮރު ތަޅުލުމަށްފަހު މަންޝާގެ ތަޅުދަނޑި ދަބަހަށް ލަމުން ސިޑިން ފޭބީ އަޒީމްގެ ފަހަތުންނެވެ. އެގޭ ދޮރު ކުރިމަތީގައި ޕާކްކޮށްފައިވާ އަޒީމްގެ ސައިކަލަށް ދެމީހުން އެރިއެވެ. އަޒީމްގެ މިސްރާބު ހުރީ އައި.ޖީ.އެމް.އެޗް އަށެވެ. މާލޭގެ ހަލަބޮލި މަގުތަކުން ދުއްވާފައި […]
ދެވަނަ ފަހަރަށްވެސް ޝަރީފާ ދޮރު ހުޅުވާލާފައި ވަނުމުން އަނޫޝާ ސިހިފައި ތެދުވިއެވެ. “ހޫނ… ދެން ތިހެން ރޯން އޮވޭ، އޭރުން ޝިޔާޒް އައިސް ސުވާލު ކުރާނީ” ޝަރީފާ ވަން ގޮތަށް ރުޅި އައިސްފައި ބުނެލިއެވެ. އަނޫޝާ އަވަސްއަވަހަށް ލޯފޮހެލިއެވެ. “މިއަދު އަހަރެން މިދެއްކި ވާހަކަ ޝިޔާޒްއަށް ނާންގާތި! އެހެން މީހަކަށްވެސް މިކަން އެނގިގެން ނުވާނެ، އަނޫޝާ ހަނދާން ކުރާތި އިނގޭ! އަދި ބުނަން؟ ޝިޔާޒް ގެޔަށް އައުމުގެ ކުރިން އަހަރެން ޖަވާބެއް ބޭނުން” އަނޫޝާއާ ދިމާއަށް އިނގިލި […]
މީހަކު ކޮޑުގައި އަތްޖައްސާލުމުން އަހަރެން ސިއްސައިގެންދިޔައެވެ. “ހިނގާ ކޮފީއަށް..” ބަނޑުހައިކަމުގެ އިހްސާސްކުރެވުނީވެސް މިއުވާން އެހެންބުނުމުންނެވެ. ކެއުމުގެ ވަގުތުގައި ދެކެވެމުންދިޔައީ އަމިއްލަ ދިރިއުޅުމުގެ ވާހަކައެވެ. އަހަރެން ހަމައެކަނި އެމީހުން ދައްކަމުންދިޔަ ވާހަކަ އަޑުއަހަން އިނީއެވެ. ފޯނު ވައިބުރޭޓް ވާންފެށީ ކައިނިމުނުތަނާއެވެ. “ހަލޯ ކީކޭ އިޒް” ތަންކޮޅެއް ދުރަށް ޖެހިލަމުން ފޯންނެގީމެވެ. “ތިއްތީ.. ވަރަށް ބޮޑު ވާހަކައެއް ބުނަން މިގުޅީ..” ޝިއުޒްގެ އަޑުންވެސް އޭނާހުރީ އުފާވެފައިކަންއިނގެއެވެ. “ހޫމް ބުނެބަލަ އަވަހަށް.. ޕްރަމޯޝަނެއް ލިބުނީތަ؟” ހިނިގަނޑެއް ޖަހާލަމުން އަހާލީމެވެ. ” މެރީކުރަން […]
“އިހަށް ޖަވާބު ދީބަލަ، އަނޫ ހުސްތަ؟ ހުސް ނޫނަސް އެންމެ ރަނގަޅޭ…” މިޝާލް އަނޫޝާގެ އަތުން ދޫކުރާ ހިޔާލެއް ނުކުރެއެވެ. އަދި އަނޫޝާއާ ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ. “ދޫކުރޭ…” ފަހަތަށް ޖެހިލަމުން އަނޫޝާ އެހެން ބުނީ ބިރުން ހުރެއެވެ. އެވަގުތު އެތަނަށް ޝިޔާޒް ނޫނީ ޒިހާން އަންނާނެ ނަމައޭ އަނޫޝާ ހިތަށް އެރިއެވެ. މިޝާލްއަކީ އެއާއިލާގަ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. އެއާ އެކު އެންމެ ދޮށި ދަރިފުޅަކީވެސް އެއީ ކަމަށް ވުމުން ނަސީރާއާ ޒަރީރު އެންމެ […]
“ޒޯހަން. ރަނގަޅަށް އަޑުއަހާ. ޒޯހަންއަށް ޖެހޭނީ ހުސްނީގެ ދަރިފުޅު ނިއާއާއި މިކައިވެނި ކުރަން. ނުކުޅެދޭ މަންމަން ކުއްޖަކަށް މިއާއިލާއަކުން ޖާގައެއް ނެތް. އިތުރު ވާހަކަތަކެއް އަޑުއަހާކަށް ބޭނުމެއް ނޫން. މީގެ ފަހުން ޝިޔާރާއާއި ބައްދަލުކުރުން ހުއްޓާލަންވީ. ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި ރަންކިޔުމުގެ ހަފްލާ ކުރިއަށް ދާނެ” ފަޓްލޫނުގެ ދެޖީބަށް އަތް ޖަހާލި ނޫރީ ހުރީ ގޮތުގަ މޭފުއްޕާލާފައެވެ. “އެހެންވިއްޔާ ބައްޕަ ވެސް އަޅުގަނޑު ބުނާ އެއްޗެއް އަޑު އައްސަވާ. އަޅުގަނޑުގެ ލޯތްބަކީ ހަމައެކަނި ޝިޔާރާ. ތިބުނާ […]
ޕޮލިސްޓޭޝަންއަށް ވަދެގެން އައި ނީރާގެ ހިތް ދިޔައީ އޮބި ނޯންނަވަރަށް ތެޅެމުންނެވެ. އެއީ ކޮންބައެއްކަން ދެނެގަތުމަށް އޭނާ ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް ނޭނގޭ ބާރުމިނަކަށް ސަބަބެއްނެތި ހިތް ތެޅެމުން ދިޔައެވެ. ފުލުހުންނާއި އެކު އެމީހުންގެ ފަހަތުން ނީރާ ދިޔައެވެ. އިސްއުފުލާ ބަލާލީ ފުލުހުންތަށް މަޑުކޮށްލުމުންނެވެ. އެއާއި އެކު އޭނާގެ މޫނު މަތީ އެއްޗެއް ޖެހިހެން ހީވިއެވެ. މިތަން ފެނުމުގެ ކުރިން މަރުވިނަމައެވެ. ނީރާގެ ލޮލުން ކަރުނަތަށް އައެވެ. ހިތުގައި ކަނޑައަޅަމުން ދިޔަ އަޒުމްތަށް ވިއްސިވިހާލިވިއެވެ. ކުރިމަތީ […]
“މުޅި އުމުރުގަ އަނޫއަށް މިހެން އުޅެވޭނެތަ؟ އަނޫ ނުބުންޏަސް އަހަރުމެންނަށް އެނގޭ މަންމަ އަނޫއަށް ރަނގަޅެއް ނޫން ކަން، އަހަރެން ބޭނުން ވަނީ އަނޫ ދެކެ ވަރަށް ލޯބިވާ މީހަކާ އިނދެގެން އަނޫ ވަރަށް އުފަލުގަ އުޅޭ ތަން ދެކެން… ޒިހާންއާ އިނދެގެން ދިޔައިމަ އަނޫއަށް މިކަންތައްތަކުން ސަލާމަތް ވެވޭނީ” ޝައުފާ ބުންޏެވެ. އަނޫޝާ އެއްޗެއް ނުބުނެ އިނެވެ. “އަސްލުވެސް، ދޮންތަ ވަރަށް އުފާ ވެއްޖެ އަނޫ ޒިހާންއާ ރައްޓެހި ވީމަ. ޒިހާން އެއީ ވަރަށް ރަނގަޅު […]