ޒަނީން ޒިމަންގެ ކޮޓަރިއަށް ވަންއިރު ޒިމަން އޮތީ ނިދާފަކަމުން އޭނައަށް ލަނޑެއްދޭން ނިންމިއެވެ.ކުއްލިއަކަށް ޒިމަން ހޭއެރީ ކަންފަތުގެ ތޫލިގަނޑު ފަޅާންދާވަރަށް ޒަނީން ހަޅޭއްލަވައިގަތް އަޑަށެވެ.އޭއީ އަބަދުވެސް އެކަކުއަނެކެކު ހޭއެރުވުމަށް ދެމީހުންވެސް ކުޑައިރުއްސުރެ ބޭނުންކުރާ އުކުޅެކެވެ.އެހެންކަމުން ޒިމަން ޒަނީން ފަހާދުއްވާގަތެވެ.އެކަކު އަނެކަކުގަޔަށް ބާލީސް އުކަމުން ސަކަރާތް ޖަހަމުން ދިޔައިރު ރާމިޒާ ހުރީ އޭނާގެ ލޯބި ދެކުދިންޖަހާ ސަކަރާތްބަލަން ހެވިފައެވެ.ހަމައެވަގުތަކީ އަބްދުﷲއަށްވެސް އެތަނަށް އާދެވުނުއެގަޑިއެވެ. “އަސްތާ!!.. މިކޮންކަމެއް މިހިނގަނީ؟ ބައްޕަވެސް ޖޮއިންކުރަން ބޭނުން..”އަބްދުﷲ ހިނިތުންވުމަކާއެކު ބުނެލިއެވެ.”އިފްޔޫ ވޯންޓް ޔޫ ކޭން..”ޒަނީން […]
“އައި ނޯ މައި ހޭންޑްސަމް އެން އައި ލަވް ޔޫ ޓޫ..” އެ މައުސޫމު އަޑުން ބުނެލިގޮތުން ހިނިވެސްއައެވެ. ނަމަވެސް އެކުއްޖާފުޅު ރުޅިއައިސްދާނެތީ ހިނިގަނޑު އެތެރެއަށް ހިންދާލީމެވެ. “ކޮން ބޭބީއެކޭ ސްވިޓީއެކޭ ކިޔާކަށް.. ތައްޔާރުވެގެން ހިނގާބަލަ އެތަނަށްދާން..” މާދު ހުރީ ދޮރުމަތީގައެވެ. ޝާލީކައިރީ ފަހުން ގުޅާނަމޭ ބުނެލަމުން ފޯންބޭއްވީމެވެ. އެންމެން ތައްޔާރުވެގެން ދެވުނުއިރު އަށެއްޖެހީއެވެ. އެންމެން އަވަސްވެގަތީ އެމީހަކަށް ހަވާލުވެވިފައިވާ މަސައްކަތައިގެންނެވެ. “ވެއަރޑް.. މީގެ ތިންމަހެއްހާ ދުވަސްކުރިން ހަމައެގޭ ކުއްޖަކު ދަންޖެހިގެން މަރުވެފަ އޮތީ..” ކުރީގެ ލިޔުންތަކަށް […]
“އާހް… ނޫންންންން…. ދޫކޮށްފެލަ…. ދޫކޮށްފެލަ…. މީ ކޮންފަދަ ބޮނޑޮ ކަމަށް…. މަ ދޫކޮށްފެލަ…..” އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން ނަވާރަ އަހަރުގެ ރޫހީ މަސައްކަތް ކުރަމުން ދިޔައީ އައްސާފައިވާ އޭނާގެ ދެއަތް މޮހާލެވޭތޯއެވެ. އެނދުގެ ދެފަރާތުގައިވާ ހޮޅިދަނޑީގައި ރޫހީގެ ދެއަތުގެ ކުޑަހުޅާ ހިސާބުންވަނީ އައްސާފައެވެ. ދެއަތުން ހޮޅިދަނޑީގައި ބާރަށް ހިފަހައްޓާލަމުން ރޫހީ ފުންމައިގެން ތެދުވެ އެނދުގައި އިށީނެވެ. އެނދުގެ ވަށައިގެން ތިބި މީހުންނާ ދިމާލަށް ނަޒަރު ހިންގާލިއެވެ. މޫނު މައްޗަށް ވެއްޓިފައި ހުރި އިސްތަށިތަކުގެ ނިވަލުން ރޫހީގެ ރުޅިވެރި […]
“އަނޫޝާ…!” އަނޫޝާ ސިއްސައިގެން ދިޔައެވެ. އަވަސް އަވަހަށް ލޯ ފޮހެލިއެވެ. “ދާން ވެއްޖެ… ދޫކޮށްލާ…” އަނޫޝާ ބުންޏެވެ. ޒިހާން އެއްޗެއް ނުބުނެ އަނޫޝާގެ އަތުގައި ހިފަހައްޓައިގެން އިން ގޮތަށް ދިނެވެ. “ޒިހާން، ޕްލީޒް…” އަނޫޝާ ދޮރާ ދިމާއަށް ބަލާލިއެވެ. “ދުވަހަކުވެސް މިހެން ދެތިން މިނެޓަށް ވުރެ ގިނައިރު ވަންދެން އަހަންނަށް އަނޫއާ ވާހަކަ ދައްކާލަން ޗާންސެއް ލިބޭނެތަ؟” ޒިހާން އަހާލިއެވެ. “އަހަރެން ކީއް ކުރާނީ؟ ޒިހާންއަށް އެނގޭނެ—” “އަނޫޝާ!” ދޮރުގެ އަނެއް ފަރާތުން އަޑު އައެވެ. އަނޫޝާ […]
އެއީ ހަނދާނުން ނުފިލާނެ ހިތްގައިމު ލޯބި ދުވަސްތަކެކެވެ. ކޮންމެ ދިމާލަކުން ވެސް އެހަނދާންތައް އާލާވެއެވެ. އަހަންނަކީ އުމުރުން 19 އަހަރުގެ ދުވަސްތައް ގުނަމުންދާ އަންހެން ކުއްޖެކެވެ. އޯލެވެލް ނިންމާފައި އިތުރަށް ކިޔަވަން ބޭނުން ނުވާތީ ވަޒީފާއަކަށް ދާން ފެށީއެވެ. އެހެން މީހަކަށް ބަރޯސާނުވެ އުޅެވޭނެ ގޮތަކީ އެއީ ކަމުގައިވާތީއެވެ. އަހަރެން ދިރިއުޅެނީ މާލޭގައެވެ. އަހަރެންގެ ބައްޕައަކީ މާލޭ މީހެކެވެ. ނަމަވެސް މަންމައަކީ އައްޑޫ މީހެކެވެ. އަހަރެންގެ އުމުރުން 5 އަހަރުގައި މަންމަވަނީ ނިޔާވެފައެވެ. މަންމަ ނިޔާވި ފަހުން […]
ގޮނޑި ދަމާލަމުން އޭނާ ގޮނޑީގައި އިށީނދެލިގޮތަށް އިސްއުފުލާ ބަލާވެސް ނުލިއެވެ. ނާވީ އެންމެ ފަހުން ކަރު ކެހިލަމުން ވީގޮތް އޮޅުން ފިލުވާލިއެވެ. “ސޯ ހިބާ.. ކިހިނެއްވީ؟” ނާވީ ހީކުރީ ހިބާއަކީ މާޒްގެ ދަރިއެއް ކަމަށެވެ. ނަމަވެސް ކުއްޖާގެ ދޮންކަމާއި އިސްތަށިގަނޑުގައި ހުރި މަޑު ޗޮކްލެޓް ކުލައިން ހީވަނީ ބޭރު މީހެއްގެ ދަރިއެއް ހެންނެވެ. މިޝިޔާއައިވެސް ވައްތަރު ގޮތެއް ހުރެއެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އެހެން މީހަކާ ވައްތަރުހެންވެސް ހީވެއެވެ. “ހުން އައިސް ގެން.. ހާޓް ގަ ހޯލްއެއް […]
ވިރިވިރި ހުރި ޝިިޔާރާ މޫނު އެއްފަރާތް ކޮށްލުމާއެކު ޒޯހަން އެކަންފަތްދަށުގައި ބުނި އެއްޗެއް އަޑު އިވުމާއެކު ޝިޔާރާގެ ދެލޯ ބޮޑުވިއެވެ. “ޕްރިންސަސް. މެރީ މީ. އައި ކާންޓް ވެއިޓް” ޝިޔާރާ ޒޯހަންގެ މޫނަށް ބަލާލިއެވެ. ޝިޔާރާ އަށް ވެސް ސިއްރުން ފަޓްލޫނުގެ ޖީބުން ނެގި ހުދު ރަނުގެ އަނގޮޓި ޝިޔާރާގެ އިނގިލި ތެރެއަށް ވައްދާލީ ލިބުނު އުފަލުން އިސްޖަހާލައިގެން ޝިޔާރާ ހެވިފައި ހުއްޓައެވެ. އިސް އުފުލާ ޝިޔާރާ ޒޯހަން އަށް ބަލާލީ އަނގޮޓިއަށް ބަލާލުމަށްފަހުއެވެ. ޒޯހަންގެ […]
މާވެޔޮ މަގުގެ ދެފަރާތެގައި ހުއްޓިލައިގެން ވަރަށް ގިނަ މިހުން ތިއްބެވެ. ވާރޭގެ ފުދޭ ވަރަކަށް ވެހެމުން ދާތީވެ ކޮންމެ މީހަކުވެސް ހުރީ ހިޔާވެވެން ހުރި ތަނެއްގެ ދަށުގައެވެ. މަގުގެ އެއްފަރާތެއްގައި ދެއަހަރަށްދާ ކުޑަ ކުއްޖަކު ގޮވައިގެން އަންހެން ކުއްޖަކު ހުއްޓެވެ. ކުޑަކުއްޖާއަށް އޮތީ ނިދިފައެވެ. ނަމަވެސް ވާރޭ ތިކިތައް އައިސް މޫނުގައި ޖެހިލުމުން ތުން ފިއްތާލައެވެ. އެތާނގައި ހުންނަތާ އިރުކޮޅެއް ފަހުން ކާރެއްއައިސް އެމީހުންގެ ކައިރިއަށް މަޑުކޮށްލައިފިއެވެ. “މިޝިޔާ” ކާރުން ބޯދިއްކޮށްލަމުން ފިރިހެނެއް ގޮވާލިއެވެ. ކުޑަކުއްޖާ ކޮނޑަށް […]
“ސޯ… ދެން ނަޒޫ، ވިލް ޔޫ މެރީ މީ؟” ނަދީމްމެން ނިކުތުމުން އާސިމް ނަޒްލާގެ އަތަށް ފިތާލަމުން އަހާލިއެވެ. “ޔެސް…” ނަޒްލާ ވަގުތުން ޖަވާބު ދިނެވެ. ނަޒްލާގެ އަތްތިލަ ގެނެސް ތުންފަތުގައި ޖައްސާލަމުން އާސިމް ލޯމަރާލިއެވެ. “އާސިމް… އަހަރެން ސުވާލެއް ކޮށްލަންތަ؟” ނަޒްލާ އަހާލިއެވެ. ނަޒްލާ ކުރަން އުޅެނީ ކޮން ސުވާލެއް ކަން އާސިމްއަށް އެނގުނެވެ. އާއެކެ ބުނުމުގެ ގޮތުން ބޯޖަހާލަމުން އެސުވާލުގެ ޖަވާބު ދޭން އާސިމް ތައްޔާރު ވިއެވެ. “އޭރު… ކީއްވެ؟” ނަޒްލާ އަހާލީ ހަމަ […]