” އަތޫޝާ”….. އަތޫޝާއަށް އެއްފިޔަވަޅު ފަހަތަށް ޖެހިލެވުނީ މަމްދޫހުގެ މޫނުމަތިން ފެނަމުންދިޔަ ކުލަވަރު ފެނިއެވެ. “މަމްދޫހް.. ތަދުވޭ…” އަތޫޝާގެ އަޑުގައިވީ ރިހުމެވެ. އަތޫޝާ މަގުގެ ދެކޮޅަށް ބަލާލީ މީހުންގެ ނަޒަރު އަތޫޝާއާއި މަމްދޫހަށް އަމާޒުވަމުން ދާތީއެވެ. ” ތަދުވެއޭ… އަތޫޝާ އަކަންޏަށްތަ ތަދުވަނީ.. ބަލަ އަތޫޝާގެ ސަބަބުން އަހަރެންގެ މަންމައަށް ކިހާ ގެއްލުމެއްވި” އަތޫޝާގެ މުލައްދަނޑީގައި ހިފާ ބާރުކޮއްލަމުން މަމްދޫހު ދަތްކުނޑި ވިކާލިއެވެ. “މަމްދޫހު… ކީކޭ ތިކިޔަނީ.. އަހަރެން” އަތޫޝާގެ އަތުގައިއޮތް ކޮތަޅަށް ބާރުކޮއްލެވުނީ މަމްދޫހު ލޯއަޅާލުމުންނެވެ. […]
އަހަރެން ފުރާވަރަށް އެޅި އުމުރެވެ. 14 ވަނަ އުފަންދުވަހުގެ ހަވީރެވެ. ޕާޓީ ބާއްވަން އަހަރެން ބޭނުންވީ ރަށުގެ ހިތްގައިމު ސަރަހެއްދެއް ކަމަށްވާ ތުޑީކޮޅެވެ. ސަބަބަކީ ތުނޑިއަށް ހަވީރު ކުޑަކުދިން ގޮވައިގެން ތިބޭ މީހުން ގިނަވުމާއި އެތަނުން އިރުއޮއްސޭ މަންޒަރުން ފޮޓޯ ނަގަން އަހަރެން ބޭނުންވީމައެވެ. ގަޑިން 04:00 ވެއްޖެއެވެ. އަހަރެން ކަޅުކުލައިގެ ވެޑިން ޑްރެސް އެއްފަދަ ބޮޑު ހެދުމުގައި ގޮސް ކަޅުކުލައިން ޒީނަތްތެރި ވެފައިވާ ކާރަށް އެރީމެވެ. އަހަރެން ހަމަޖެހިލަމުން އަހަރެން ދައްތަ ދަޔާނާ އަތަށް ބޮކެޓް […]
“އަނޫ، މަންމަ ވާހަކައެއް ބުނަންތަ؟” ނަސީރާ އަނޫޝާ ކައިރީ ގޮނޑިއެއްގައި އިށީނެވެ. “މިޝާލްއަކީ މަންމަގެ ދަރިއަކަސް އޭނަގެ ހުރި ގޯސް ކަމެއްގެ ވާހަކަ ނުބުނެ ސިއްރު ކުރާކަށް ނެތިން، އަދި މަންމަ ނުބުންޏަސް މިހާރު އަނޫއަށް އެނގިފަ އޮންނާނީވެސް… މިބުނަނީ ކީކޭ ކަން އެނގޭތަ؟” ނަސީރާ އަނޫޝާގެ މޫނަށް ބަލާލަމުން އަހާލިއެވެ. އަނޫޝާ ބޯޖަހާލިއެވެ. “މިޝާލްއަކީ ރުޅި ގަދަ މީހެއް، އަދި އަމްދުން އޭނަ އެބޭނުން ކުރާ އެއްޗެއް ބޭނުން ކޮށްގެން ހުންނަ އިރު އެރުޅިގަނޑު ވަކިން […]
ނީރާ ދޮރެއް ނުހުޅުވިއެވެ. “ނީރާ… ދަރިފުޅާ.. ނީރާ..؟ އަކޫ އަހަރެން ބިރުގަނޭ ނީރާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ…” އާޝިޔާ ބުނެލިއެވެ. އަކުރަމްވެސް ނީރާއާއި ދިމާ ބަލާލުމަށްފަހު ހިންދިރުވާލިއެވެ. އަދި ދޮރުގައި ތަޅަމުން ދިޔައެވެ. ނީރާގެ ބޫޓް ދޮރުމަތީ ހުރުމުން ނީރާ ގޭގައި އުޅޭކަން އިނގުނެވެ. ރާހިލް ބިރުންހުރެ ނީރާގެ ދޮރުގައި ޓަކިދެމުން ދިޔައެވެ. ……… ނީރާ އަތުން ވަޅި ހިފަހައްޓާލައިގެން ހުރީ ކަރުނައިން ފުރިފައެވެ. ކުރީގެ އެތަކެއް ހަނދާންތަކެއް އާކުރަމުންނެވެ. ރާހިލް ކީ ކޮންމެ އެއްޗެއް […]
އަދި ޝިޔާރާއަށް ބަލާލުމެއް ނެތި ސިޓިންގްރޫމް ސޯފާ މަތީގައި އޮތް ޓީޝާޓް ލަމުން ގެއިން ނިކުތެވެ. ޝިޔާރާވެސް އަވަސް އަވަހަށް މަތިން ޓީޝާޓްކޮޅު ގަޔަށް މަހާލައިގެން ނިކުމެ ސިޓިންގްރޫމް ސޯފާގައި އިށީނެވެ. ކިތަންމެ ނުރޯން ހިއްވަރު ކޮށްގެން ހުރި ނަމަވެސް ޝިޔާރާއަށް ރޮވުނީ ހިތުގައި ރިހުންތައް ގަދަވެ ގަތުމުންނެވެ. އެނދުގައި ބަލި ކަމަށް ހެދިގެން އޮތް ނިއާ އޮތީ ހިތްހަމަޖެހިފައެވެ. ނިއާގެ ބޭނުމަކީ ޒޯހަން ޝިޔާރާ ކައިރީގައި މަޑުކުރިޔަ ނުދިނުމެވެ. އެހިތުން ޝިޔާރާއަށް ދެވިފައިވާ މަގާމް ފޭރިގަތުމެވެ. […]
ނިދިފައި އޮތް އާމިނައާއި ދިމާލަށް ރޫހީ ބަލަން އޮތީ ބުޅާ މަސްގަނޑާ ދިމާލަށް ބަލާ ފަދަ ގޮތަކަށެވެ. ރޫހީގެ ދެލޮލުގެ ކަޅީގެ ކުލަވަނީ ބަދަލުވެފައެވެ. ވަޅުވަދެފައިވާ ލޮލުގެ ތެރެއިން އަޅިކުލައިގެ ކަޅި ފެންނަނީ އެހާވެސް ބިރުވެރި ގޮތަކަށެވެ. ކުރަކިވެފައިވާ ތުންފަތާއި ހޭވިފައިވާ އިސްތަށިގަނޑުންވެސް ފާޅުވަމުން ދިޔައީ ބިރުވެރިކަމެވެ. ރޫހީގެ ހަށިގަނޑަށް ބާރު ފޯރުވަމުން ދިޔަ މަޚްލޫގު ވިސްނަމުން ދިޔައީ އާމިނަމެންގެ ކިބައިން ބަދަލު ހިފުމަށެވެ. ކަޅި ޖަހާނުލާ އާމިނައަށް ބަލަމުން ދިޔައީ ވަރުގަދަ ހަސަދައެއް ފިލުވާލާށެވެ. “އަލިބެ […]
“އަނޫ ތިހެން ތިބުނީ އަހަރެން ގަބޫލު ކުރާނެ ކަމަށް ހީކޮށްގެން ކަމަށް ވަންޏާ އަނޫއަށް ކާމިޔާބެއް ނުވި… އަހަރެންގެ އުންމީދަކީ އަނޫ އުފަލުގަ އުޅުން… ނޫނީ އުފަލުގަ އުޅެވޭތޯ މަސައްކަތް ކުރުން… އައި ވިޝް ޔޫ އަ ހެޕީ މެރިޑް ލައިފް!” ޒިހާން ބުނެލިއެވެ. އަދި ތެދުވެގެން ދިޔައެވެ. އެމަންޒަރު ބަލަން ދުރުގައި ހުރި ޝަމްހާ ޒިހާންއަށް ނުފެންނަނީސް އެތެރެއަށް ވަނެވެ. އަނޫޝާއާ މިޒްނާއަށް ގެޔަށް ދެވުނީ އިރުއޮއްސެން އުޅެނިކޮށެވެ. އަނޫޝާ ކޮޓަރިއަށް ވަން އިރު މިޝާލް […]
“ތަދުވެޔޭ….؟؟ މިހާ މަޑުން ހިފީމަވެސް ތިބުނީ ތަދުވެޔޭ ވިއްޔަ….” ރާހިލް ހިތްހަމަނުޖެހި ހުރެ އެހެން ބުނެލުމަށްފަހު ނީރާގެ އަތުން ދޫކޮށްލިއެވެ. ޝާއިންގެ އަމާނާތެކޭ އޭނާ ބުނި ހަނދާންވެގެންނެވެ. އެހެންނޫންނަމަ މިއަދު އޭނާ ނީރާއަށް ރަނގަޅު އަދަބެއް ދިނީހެވެ. “ރާހިލް.. ކީކޭތަ ތިކިޔަނީ.؟؟؟ ޝައިން ކޮބައިހޭ މި އަހަނީ.. ކޮބާތަ؟؟؟؟” ނީރާ ރާހިލްއަށް ބަލަންހުރެ އަހާލިއެވެ. އޭނާވެސް ކުޑަކޮށް ރުޅިއައެވެ. ރާހިލްގެ ހިތުގައި އުފެދެމުން ދިޔަ ނަފްރަތުގެ ހުޅުކޮޅުގެ ސަބަބުން ނީރާ ހުރި ހާލުވެސް އޭނާއަށް ނުފެނުނެވެ. […]
ކުރިމިނަލު ކޯޓު ކައިރިއަށް އެެހެންދުވަސްތަކާ ހިލާފަށް އެއްވަމުންދިޔަ މީހުންގެ އަދަދު ދިޔައީ ގިނަވަމުންނެވެ.ކުޅިބަލަން ދިޔަ މީހުނާ ހަބަރުތަށް ހޯދަން ދާ މީހުނެވެ.ސިޔާސީ ޕާޓީ ތަކުގެ މީހުންނާ މީޑިއާ ތަކުގެ މިހުނެވެ. އެހެންނުވާންވި ސަބަބެއް ނެތެވެ.މިއަދު މިއީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބިރުވެރި އެއް މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނަ ދުވަހެވެ. އަހަރެންވެސް މީހުންތަށް އެއްފަރާތް ކުރަމުން ކުރިއަށް އެރޭތޯ މަސަތްހަތް ކުރަމުން ދިޔައީމެވެ.ކަރުގައިވާ ނަންކާޑު ކޮޅު ރަނގަޅު ކޮއްލަމުން ކުރިއަށް ޖެހެލީމެވެ. އެވަގުތު ފުލުހުންގެ ވެހިކަލްް […]