ފެންނާތީ ޔާރާގެ މޫނު (3)
“ނައު.. ” ނާވީ ދެ ހިޔާލެއްގައި ހުރެ ނައުޝާއަށް ގޮވާލިއެވެ. ފަހަތަށް ބަލާލި ނައުޝާ ވާހަކައެއް ނުދެއްކިއެވެ. ހީވަނީ ނާވީ އެއްޗެކޭ ބުނަން ދެން މަޑު ކޮށްލައިގެން ހުރިހެންނެވެ.
” މިއަދު މިޝީ ދެކުނިން.. ” ހިނިތުން ވެލަމުން ނާވީ ބުނެލިއެވެ.
“ދޮންބެ އަހަރެން މިހިރީ ޗުއްޓީއަށް އައިސް އަނެއްކާ ދާން ވީތަ؟” ނައުޝާ އެހެން ބުނެލާފައި ތިރިއަށް ފައިބައިގެން ހިނގައްޖެއެވެ. ޓެރެހުގައި އިރުކޮޅަކު މަޑުކޮއްލުމަށްފަހު ނާވީވެސް ދިޔައީ ތިރިއަށެވެ. އެހެން ރޭރެއާއި ހިލާފަށް މިރޭ އޭނާގެ ލޮލުގައި އެއްވެސް ނިންޖެއް ނެތެވެ. އެއަށްވުރެ ބޮޑަށް މިޝިޔާ އެހިތަށް ބާރު ފޯރުވައިފިއެވެ.
ކުޑަ ކުޑަ ހިބާ ކައިރީގައި ބާއްވާލައިގެން އޮތް މިޝިޔާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައެވެ. ނާވީއާއި ހިބާ އެއްކޮށް ފެނުމުން ދެމީހުން ވައްތަރުކަން ވަރަށް ބޮޑަށް އެނގެއެވެ. ނަމަވެސް އޭނާ ދެން އެދަލުގައެއް ނުޖެހޭނެއެވެ. ނާވީ ފެންނަ ހިސާބަށްވެސް އޭނާ ދާކަށް ބޭނުމެއް ނުވެއެވެ. ހެނދުނު ހޭލެވުމުން މިޝިޔާ ޔާސްމީންއަށް ގޮވާލުމަށްފަހު ހިބާ ހަވާލު ކޮށްލިއެވެ. އަދި އެނާ ވެސް ތައްޔާރު ވެގެން އޮފީހަށްދާން ނިކުމެލިއެވެ. އޮފީހަށް ދިއުމުގެ ކުރިން މިޝިޔާ ބުކްޝޮޕްތަކާއި ދިމާލަށް ދިޔައީ ހިބާ ވާހަކައެއް ބޭނުން ވެގެން އުޅޭތީއެވެ. ނޮވެލްޓީއަށް ވަދެ ފޮތްތައް ބަލަމުން ދަނިކޮށް ފަހަތުން މީހަކު އައިސް ކޮނޑުގައި އަތް ބާއްވާލިއެވެ. ސިހިފައި މިޝިޔާ ފަހަތަށް ބަލާލިއެވެ.
“ނައު.. އަސްލުކޮށްވެސް ނައުތަ؟” މިޝިޔާ ޔަޤީން ކުރާ ކަހަލަ ގޮތަކަށް އަހާލިއެވެ.
“ޔެސް ސިލީ.. ” ހީލަމުން ނައުޝާ ބުނެލިއެވެ.
“ނައު އަޅެ… ކޮން… ކޮންއިރަކު މިކޮޅަށް އައީ؟” މިޝިޔާ ވީ އުފަލުން އަންގަ އޮޅޭގޮތް ވިއެވެ.
“އަހަރެން ދޯ ތިހެން އަހަންވީ.. ތީ މަށަށް ވުރެ ކުރިން ދިޔަ މީހެއް ވިއްޔަ” މިޝިޔާގައި ބައްދާލަމުން ނައުޝާ ބުނެލިއެވެ.
“އަހަރެން ކިޔަވަން ދިޔައީ.. ނައުވެސް ކިޔަވަންޝެއްނު ދިޔައީ” ދުރަށް ބަލާލަމުން މިޝިޔާ ބުނެލިއެވެ. އެންމެ ގާތް އެކުވެރިޔާއަށްވެސް މިޝިޔާ އޭނާގެ ސިއްރު ފޮރުވިއެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. މިޝިޔާގެ ދަރިއެއް ހުންނަ ކަމެއްވެސް ނައުޝާއަކަށް ނޭނގޭނެއެވެ. ހިބާއަކީ ނާވީގެ ދަރިއެއްކަން ބުނަން ބޭނުން ނުވަނީއެވެ.
“ހެހެހެ… ހިނގާ ދާން” މިޝިޔާ ފޮތް ހިފައިގެން ކައުންޓަރާއި ދިމާއަށް ދަމުން ބުނެލިއެވެ. ދެމީހުންވެސް މަޖާ ވާހަކަ ދައްކަމުން ދިޔައީ މިޝިޔާގެ އޮފީހާއި ދިމާއަށެވެ. މިޝިޔާ އޮފީހަށް ދިއުމުން ނައުޝާ ބޭނުންވީ މާޒް ފެނޭތޯ ނަމަވެސް އެގެއަށް ދިއުމަށެވެ. މީގެ އަހަރުތަކެއް ކުރިން އެދެމީހުން ދުރުވި ނަމަވެސް އަދިވެސް އެހިތުގައި މާޒްގެ ލޯބިވެއެވެ. އެނޫން ދެވަނަ މީހަކަށް އެ ހިތެއް ފަތަހައެއް ނުކުރެވުނެވެ.
ކާރަކަށް އެރީވެސް މާޒް ދެކިލާ ހިތް ވިލެއް ބޮޑުކަމުންނެވެ. ކާރުގޮސް މަޑު ކޮށްލުމުން ދުވެލާފައި އައިސް ލިފްޓަށް އަރާ 8ކަށް ފިތާލިއެވެ. އޭރު އޭނާގެ ހިތް ހީވަނީ މޭފަޅާފައި ނިކުމެ ދާނެ ހެންނެވެ. ލިފްޓުން ފައިބާފައި ބެލް އަޅާލުމުން ދޮރު ހުޅުވާލީ ޔާސްމީންއެވެ. ނައުޝާ ފެނުމުން ފުރަތަމަވެސް ޔާސްމީން އޭނާގައި ބައްދާލީއެވެ.
“ދަރިފުޅާ.. ހާދަ ދުވަހެއް ކޮއްފައޭ..” ޔާސްމީން އަދިވެސް އެއްފަހަރު ނައުޝާގައި ބައްދާލަމުން ބުނެލިއެވެ.
“މާމަ… އޮބާ މާމަ” ދެ އަހަރުގެ ކުޑަ ކުޑަ ހިބާ ފެނުމުން ނައުޝާއަށް ހުރެވުނީ ބަލާށެވެ. އޭނާ ދަންނަ މީހަކާއި ހާދަ ވައްތަރެވެ. ނަމަވެސް ކާކު ކަމެއް ސިކުނޑިއަކަށް ނައެވެ.
“އާދޭ އިށީންނަން… މަންމަ އަންނާނަން ޖޫސް ތައްޓެއް ހިފައިގެން” އެހެން ބުނެލާފައި ޔާސްމީން ދިޔައީ ބަދިގެ އާއި ދިމާލަށެވެ. ނައުޝާގެ ނަޒަރު ހުއްޓިފައިހުރީ ކުރިމަތީގައި ކުޅެންހުރި ހިބާއަށެވެ.
“ޔަޤީޏް މާޒް މެރީ ކުރީކަން.. ހާދަ ލޯތްބޭ” އެހެން ބުނަމުން އޭނާ ހިބާއަށް ހަނާއަޅާލިއެވެ. މާޒްގެ ކައިވެނި ކުރީ ވިއްޔާ އަންހެނުންވެސް އުޅޭނެތާއެވެ. ނަމަވެސް ގޭތެރެ އަކުން އެހެން މީހަކު ފެންނާކަށް ނެތެވެ.
“ޓިންކަރ ބެލް.. ކޮބާ މަގޭ ޓިންކަރ ބެލް” މާޒްގެ އަޑު އިވުމުން ނައުޝާ ހީޥީ ގަނޑުވި ހެންނެވެ. ފަހަތަށް ބަލާލަންވެސް ނުކެރުނެވެ. މާޒްގެ އަޑަށް ހިބާ ދުވެލާފައި އައިސް އޭނާގެ ފައިގައި ބައްދާލައިފިއެވެ. ހިބާ ނަގަމުން ކޮލުގައި ބޮސްދިންތަން ބަލަން ހުރި ނައުޝާގެ ލޮލުން ފެން އައިކަމެއްވެސް އޭނާއަކަށް ނޭގުނެވެ.
“އަން ދަރިފުޅާ ޖޫސް.. ހޫނުވެސް ވެފަ ދޯ.. މަންމަ އޭ.ސީ ޖައްސާލަން ވީ ދޯ” ޔާސްމީން އެހެން ބުނެލުމުން މާޒް އެދިމާއަށް ބަލާލިއެވެ. ކުރިމަތީގައި ކޮޅަށްއިން ނައުޝާ ފެނުމުން މާޒްއަށް ހަދާނެ ގޮތެއް ނޭނގުނެވެ.
“ނައު… ކީއްވެ؟” މާޒްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޔާސްމީން ޖޫސްތަށި މޭޒުމަތީގައި ބަހައްޓަމުން ހިބާ ގޮވައިގެން ދިޔައީ ކޮޓަރިއަށެވެ. އެދެކުދިން ވާހަކަ ދައްކާލަން ފުރުސަތު ދިނުމުގެ ގޮތުން ޔަސްމީންއަށް ފެނުނުމީ އެންމެ ރަނގަޅު ގޮތެވެ.
“މާޒް މެރީވެސް ކުރީ ދޯ.. ބޭބީ ވަރަށް ލޯބި” ނައުޝާ އެހެން ބުނަމުން ދޮރާއި ދިމާއަށް ދުއްވައިގަތެވެ. ނަމަވެސް މާޒް އެއަށްވުރެ މާ ހުޝިޔާރެވެ. ނައުޝާއަށްވުރެ ކުރިން ގޮސް ދޮރުމައްޗަށް އޭނާ އަރައިފިއެވެ.
“ނައުއަށް ތި ހީވަނީ ގޯސްކޮށޭ.” ނައުޝާގެ އަތުގައި ހިފާލަމުން މާޒް ބުނެލިއެވެ.
“ކޯއްޗެއް.. ހުރިހާ ކަމެއްވެސް އެބަ ފެނޭ… މާޒް އެދުވަހު ބުނީ ތިމަންނަގެ މިޝީއަށް އެވަރު ކަމެއް ކުރި މީހެއްގެ ކޮއްކޮއަށް ބަލާވެސް ނުލެވޭނެއޭ.. ވަގުތު ބޭނުމޭ.. އަންނާނަމޭ ” ނައުޝާއަށް އެހެން ބުނެވުނު އިރުގައި ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.
“މާޒް އިޓްސް އޯ.ކޭ.. އަހަރެންނަށް ވިސްނޭ” މާޒް އެއްޗެކޭ ބުނުމުގެ ކުރިން ނައުޝާ އަތުން މަނާ ކޮއްލަމުން ބުނެލިއެވެ.
“އެއީ މިޝީގެ ކުއްޖެއް… ހިބާއަކީ މިޝީގެ ކުއްޖެއް” ނުބުނަން ހުރެފައިވެސް މާޒް ބުނެލިއެވެ. މިޝިޔާ ކައިރީގައި ވީ ވައުދު އުވާލެވުނީއެވެ.
މާޒް އެހެން ބުނި އަޑު ނައުޝާއަށް ނުވެސް އިވުނު ކަހަލައެވެ. އޭނާގެ ދޮންބެ ހަމަ އެހާ ގޯސްވެދާނެ ހެއްޔެވެ؟ މާޒްގެ ދުލުން ސީދާ ނާވީއޭ ނުބުނި ނަމަވެސް ނައުޝާއަށް މިޝިޔާ އިނގެއެވެ. މިޝިޔާ އެވަރުގެ ގުޅުމެއް އެހެން މީހަކާއެކު ނުހިންގާކަންވެސް އޭނާއަށް އެނގެއެވެ. ކުރިން ހީކޮށްގެން ހުރީ މިޝިޔާއާއި ލޯބީގެ ގޮތުން ވަކިވީމާ މާޒް ރުޅިއައީ ކަމަށެވެ. ކުއްލިއަކަށް ހިބާ ވައްތަރުވީ ކާކުއާކަންވެސް ނައުޝާއަށް ވިސްނިއްޖެއެވެ. ދޮންބެދެކެ ކުރިއަށް ވުރެވެސް ބޮޑަށް ރުޅި އަންނަގޮތްވިއެވެ. ނަމަވެސް އެވަރުގެ ބޮޑު ވާހަކައެއް މިޝިޔާ ސިއްރު ކުރަންވީ އެއްވެސް ސަބަބެއް ނައުޝާއަކަށް ނުވިސްނުނެވެ.
“ނައުޝާ” ނައުޝާ ވާހަކަ ނުދައްކައި އިންނަން ފެށުމުން މާޒް ކަންބޮޑު ވާންފަށައިފިއެވެ. ދެއަތުގައި ހިފާ ތަޅުވައި ގަނެވުނީވެސް އެހެންވެއެވެ.
މިއަދު އެންމެ ލޯބިވީ ދޮންބެވެސް ކުއްޖަކަށް އެދިނީ ދެވިގެން ނުވާނޭ ވަރުގެ އަނިޔާއެކެވެ. އޭނާ މިޝިޔާ ކައިރީގައި އަހާނެއެވެ. ނޭނގޭ ހުރިހާ ކަމެއް އޮޅުން ފިލުވާނެއެވެ. ދެ އަހަރު ވީއިރު އޭނާގެ ކޮއްކޮ ސިއްރެއްގެ ގޮތުގައި ގެންގުޅެންވީ ކީއްވެތޯ ސުވާލު ކުރާނެއެވެ.
“ހިބާ.. ކޮބާ ހިބާ؟” ވަށައިގެން ބަލާލަމުން ނައުޝާ ބުނެލިއެވެ.
“އަހަރެންގެވެސް ކޮއްކޮއޭ އެއީ މާޒް.. އަހަރެން ބޭނުން.. އައި އެމް ހަރ ދޮންތި؟” ފޮނި ވެލަމުން ލޮލުގައި ހުރި ކަރުނަތައް އޭނާ ފުހެލިއެވެ. އަދި ހިބާ ކޮބައިތޯ ބަލާލިއެވެ. ޔާސްމީން ހިބާ ގެނައުމުން ނައުޝާ ހިބާ އުރާލަމުން މޫނަށް ބޮސްދިނެވެ.
“އައްޗި.. އައްޗި” ނައުޝާ އެހެން އުފަލުން ހަދާލުމުން ހިބާ ގާތަށް އައީ ރުޅިއެވެ. ރަނގަޅަށް ވާހަކަ ނުދެއްކޭ ކުއްޖާ އެހެން ބުނެލުމުން ނައުޝާއަށް ބޮޑަށް ރޮވުނީއެވެ. މިފަހަރު ދެރަވެގެނެއް ނޫނެވެ. އެކުޑަ ދަރިފުޅު ފެނުމުން ވީ އުފަލުންނެވެ.
ހިބާއާއިއެކު އެތައް އިރެއްވާންދެން ސަކަރާތް ޖެހުމަށްފަހު ނައުޝާ ގެއަށް ދާން ނިކުތީ ވަރަށްވެސް އުފަލުންނެވެ. ނަމަވެސް ގެއަށް ވަތް ގޮތައް އޭނާގެ މޫޑު ސަކަރާތް ވެއްޖެއެވެ. ސޯފާގައި އިން ފިރާޝާ ފެނުމުން، ކައިރީގައި އިން ކުޑައިން އެއްލާ ޖަހަންވެސް ހިތައް އެރިއެވެ. ނާވީގެ އުނގަށްއެރި އިން ގޮތުން ހީވާނީ ދެމަފިރިން ހެންނެވެ.
“އަރީ ދޭ ކޮޓަރިއަށް” ނައުޝާ ތަންކޮޅެއް ބާރަށް އެހެން ބުނުމުން އަރީޝާ ކޮޓަރިއަށް ހިނގައްޖެއެވެ.
“މަންމާ މިގޭގަ ކުޑަކުދިން އުޅޭ ވާހަކަވެސް ބުނެބަ ނާވީ ކައިރީ.. އެހެން ނޫނީ ކައިވެނި ކުރާށޭ” ނައުޝާ އަރާފައި ހުރި ރުޅިން ދޮންބެއަށް ބުނެލީވެސް ނަމުންނެވެ. މިޝިޔާއާއި ނާވީ ދުރުވަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީވެސް އެތުއި ފިރާޝާއެވެ. ކުދި ކިޔަމުން ކޮޓާރިއަށްވަދެ ދޮރު ނައުޝާ ދޮރު ލެއްޕިއިރު ހީވަނީ ވައްޓާލަފާނެހެނެވެ.
މެންދުރު ވެގެން އައިއިރު އުޑުމަތިވަނީ އެއްކޮށް ބައްދާލާފައެވެ. ކަޅު ވިލާތައް ގިނަ ވަމުން ދާވަރަކަށް މަގުމަތީގައި މީހުންވެސް ދިޔައީ މަދު ވަމުންނެވެ. ނާވީވެސް ދިޔައީ ވާރޭ ވެހުމުގެ ކުރިން ފިރާޝާ ގެއަށްލާށެވެ. މިއަދު ނައުޝާގެ ކަންތައް ކުރި ގޮތުން ފިރާޝާ ހުރީވެސް ރުޅި އައިސް ފައެވެ. ސައިކަލުގައި ދިޔައިރު ބަހެއްވެސް ނުބުނެއެވެ. ދޮން މޫނަކާއި ބުޅި އިސްތަށިގަނޑެއް އޮވެފައި ހިކިކޮށް ހުރުމުން ފިރާޝާގެ ރީތިކަން ދެގުނައަށް ދެއެވެ. މަދުމަތިން ދާހާމީހަކު ސައިކަލުގައި ދިޔަ އެދެޒުވާނުންނަށް ބަލާލައެވެ. އެހާވެސް ރީތިވެފައި ފުރިހަމައެވެ.
ފިރާޝާ ގެއަށް ވަނުމުން ނާވީވެސް އަވަހާއި ސައިކަލު އަނބުރާލީ ގެއަށް ދާށެވެ. ނަމަވެސް އޭނާއަށް ދެވުނީ ގަލޮޅު ދަނޑާއި ހަމައަށެވެ. ވާރޭކެރި ތަކުގެ ޝިކާރައަކަށް އޭނާވެސް ވެއްޖެއެވެ. ސައިކަލު ޕާކުކޮށްލުމަށްފަހު ހިޔާވެލީ ތެމި ދާނެތީއެވެ. މިއަދު އޭނާ ތެމޭކަށް ބޭނުމެއް ނުވެއެވެ. ކުޑަކޮށް އަރިދަފުހުގެ އަސަރުކޮށްފައި ހުރުމުން އެކަމާއި އޭނާ ވަރަށް ވިސްނިއެވެ. ވާރޭ އިރެއް އިރަކަށް ދިޔައީ ބޯކުރަމުންނެވެ. މީހުންތައްވެސް އެތަނަށް ޖަމާވަމުން ދިޔައެވެ. ނާވީގެ ސަމާލުކަން އަތުލީ ތަންކޮޅެއް ދުރުން ދުވަމުން އައިސް ހިޔާވެލަން މަޑުކޮށްލި މިޝިޔާއެވެ. ޢޭނާ ލައިގެން ހުރި ހުދުކުލައިގެ ޓޮޕްކޮޅު ތެމިފައި ވުމުން ހުރީ ގައިގައި ތަތްލާފައެވެ. ނާވީ ހިތްހަމަ ނުޖެހި ދުރަށް އެނބުރިލީ އެހެން މީހުން އެދިމާއަށް ބަލާތީއެވެ.
ސީދާ މިޝިޔާގެ ފުރަގަހަށް ވާގޮތަށް ނާވީ ގޮސް ހުއްޓިލީ އެހެން މީހުންނަށް ބެލުމުގެ ފުރުސަތު ނުދިނުމަށެވެ. ދޭތެރެއަކުން ނޭފަތް ދަމާލާފައި ވާރޭ ތުނިކޮށް ލާތޯވެސް ނާވީ ބަލާލައެވެ. މިޝިޔާގެ ފޯނު ނަގައި ކަންފަތުގައި ޖަހާލުމުން ނާވީ ތަންކޮޅެއް ކައިރިއަށް ޖެހިލީ އަޑު އަހާލުމުގެ ބޭނުމުގައެވެ.
“ހިބާ ދޫނި މޮންމީ މިދަނީއޭ… މާމައާއެކު ނިދާލަން ވީނު” މިޝިޔާ ވަރަށް އޯގާތެރި ކަމާއެކު ބުނެލިއެވެ. ބޭއިޙްތިޔާރުގައި ނާވީއަށް ހިނިތުންވެވުނީ އަދިވެސް މިޝިޔާ ބަދަލު ނުވާކަން އެނގުނީމައެވެ.
“ޔެސް އައި ހޭވް ސްޓޯރީސް..” ތަންކޮޅެއް އަނގައާއި ކައިރިއަށް ފޯނު ގެންނަމުން އޭނާ ބުނެލިއެވެ.
“އުންމަ.. މޮންމީ މިގަނީ އިނގޭ.. ނައު ސްލީޕް” އެހެން ބުނަމުން މިޝީޔާ ފޯނު ދަބަހަށް ލައިފިއެވެ.
އިހުނަށްވުރެ ބޮޑަށް ވައި ގަދަވުމުން އެންމެންވެސް މަގުމައްޗަށް ބަލާލީ އެއްކޮށެވެ. ޖެހިލި ވައިރޯޅި އަކާއެކު މިޝިޔާގެ ނޭފަތުގައި ޖެހިލީ އޭނާ ހިތުދަސް ވަހެކެވެ. ހިތުގެ ތެޅުން އަވަސްވީ ނާޥީ އޭނާއާއި ކައިރި ހިސާބެއްގައި ހުރިކަން އެނގޭތީއެވެ. އެވަސް އޭނާގެ ހިތުން ދުވަހަކުވެސް ނުފިލާވަރަށް ވަނީ ދަސްވެފައެވެ.
“ނާވީ..” މިޝިޔާގެ ދުލުން ނާވީއޭ ބުނި އަޑު އިވުމުން އޭނާ ނުވެއްޓުނީ ކިރިޔާއެވެ. މިޝިޔާއަށް އޭނާ މިތާ ހުރިކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ ފެންނާނީކީވެސް ނޫން ވިއްޔާއެވެ. އަވަހަށް ދުރަށް ޖެހި ދެތިން މީހުންގެ އެކޮޅަށް ޖެހިލީ އެތަނގައި ހުއްޓާ އޭނާ ފެނިދާނެތީއެވެ. މިޝިޔާ ވަށައިގެން ބަލާލިއެވެ. ނާވީ އެތަނުގައި ހުރިކަން އޭނާއަށް ޔަޤީނެވެ. ދެތިން މީހުންގެ އެކޮޅުން ނާވީ ފެންނަން ހުރުމުން މީޝިޔާ ހިތްހަމަ ޖެހުނެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. އިސްޖަހާލީ ހިނިތުން ވެވުނީ އަދިވެސް އޭނާ މޮޔަކަމުންނެވެ.
ދުރު ބަލަހައްޓައިގެން ހުރި ނަވީ އިނީ ވަރަށްވެސް ވިސްނައިގެންނެވެ. އޮޅިގެންވެސް މިޝިޔާއާއި ދިމާއަށް ބަލާލައިފިއްޔާ ފަޅާއަރާނެއެވެ. އަދިވެސް ނާވީ އެތަނުގައި ހުރިކަން އިނގުނު ގޮތެއް އޭނާއަކަށް ނޭނގުނެވެ. ވާރޭ ތުނިކޮށްލުމުން ނާވީ ސައިކަލާއި ދިމާއަށް ހިނގައިގަބެފިއެވެ. ނާވީ ސައިކަލަށް އަރައި ދުއްވާލަން ދެކަށް މިޝިޔާ ހުރީ އޭނާއާއި ދިމައަށް ބަލާށެވެ. ވާރޭ އެއްކޮށް ހުއްޓާލުމުން މިޝިޔާވެސް ހިނގައިގަތީ ގެއައި ދިމާލަށެވެ.
ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަތް މިޝިޔާހެ ފައިގައި ހީވީ ކަސްތޮޅު އެޅުނު ހެންނެވެ. ޒަޔާން އެމީހުންގެއަށް އެއައީ ކީއްކުރަން ހެއްޔެވެ؟ ނިއްކުރިއަށް ރޫ އަރައިގެން ދިޔައީ ޒަޔާންގެ އަމަލު ހުންނަ ގޮތުންނެވެ. ފަހަތުގައި ހުރި މިޝިޔާއެއް ޒަޔާންއަށާއި އިލްހާމްއަކަށް ނުފެނެއެވެ. އެމީހުން ތިބީ ވާހަކައަށް ގޮސް ހުސްވެފައެވެ.
“ކޮބާ ހިބާ؟ ބުނޭ ޑެޑީ އައިސްފިއޭ” ޒަޔާން ހީލަމުން ބުނެލިއެވެ. މިޝިޔާގެ ލޭކެކިގަތީ އަރައިގަތް ރުޅިންނެވެ.
“ހިބާ ބައްޕައަކީ ޒަޔާންއެއް ނޫން..” މިޝިޔާގެ ރުޅިވެރި އަޑު ފަހަތުން އިވުމުން އިލްހާމްއާއި ޒަޔާން ދިޔައީ ސިއްސައިގެންނެވެ.
“ދަރިފުޅާ.. ” އިލްހާމް ތެދުވަމުން ބުނެލިއެވެ.
“ބައްޕާ އަހަރެން އޭނައަކަ ނީންނާނަން.. ހިބާއާ ކައިރި ވިޔަކަވެސް ނުދޭނަން މިކަހަލަ މީހެއް… އަހަރެން ބޭނުމެއް ނުވޭ މީހަކާ އިންނާކަށް” ޒަޔާންއަށް ބަލާވެސް ނުލާ މިޝިޔާ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.
ޒަޔާން އަނގަ ހުޅުވައިގެން ހުރީއެވެ. މިޝިޔާ އެހާ ރުޅި އަރަންވި އެއްވެސް ސަބަބެއް ޒަޔާންއަކަށް ނުވިސްނުނެވެ. ޒަޔާންއާއި އެއްކޮށް ސުކޫލުގައި އުޅުން އިރު އޭނައާއި ނުލާހިކު ރައްޓެއްސެވެ. ޒަޔާން މަޑުމަޑުންގޮސް މިޝިޔާގެ ކޮޓަރީގައި ޓަކި ޖަހާލަމުން އެތެރެއަށް ވަނެވެ.
“މިޝީ.. ސޮރީ އެއީ އެހެން ބުނި އެއްޗެއް ނޫން” ޒަޔާން ނިދިފައި އޮތް ހިބާގެ މޫނުގައި ފިރުމާލަމުން ބުނެލިއެވެ.
“އިނގޭ އެކަމް ޒަޔާން ހިބާ ކައިރީގަ ޑެޑީ ނުކިޔައްޗޭ.. ޒަޔާންއަށް އިނގޭނެ އަހަރެން މީހަކާ އިންނަން އަދި ބޭނުން ނުވާކަން..” މިޝިޔާ އެހާ ހަޑިކޮށް ވާހަކަ ދެއްކުނީމަ ދެރަވެލާފައި ބުނެލިއެވެ.
“މިޝީ އަހަރެން ކައިރީގަ ވާހަކައެއް ބުނެފާނަންތަ؟” ޒަޔާން އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން ބުނެލިއެވެ. މިޝިޔާ ބޯ ޖަހާލުމުން ޒަޔާން ހިނިތުން ވެލިއެވެ.
“ކީއްވެ މިހާރު އަހަރެން ދެކެ އެހާ ރުޅި އަންނަނީ؟؟ މަށަށް ކުރެވުނު ކަމެއް ބުނެފާނަންތަ؟” އެންމެފަހުން ކެތް ނުވެގެން ޒަޔާން އަހާލިއެވެ. މިޝިޔާގެ މޫނުމަތީގެ ކުލަވަރު އެއްކޮށްހެން ބަދަލުވެގެން ހިނގައްޖެއެވެ. އަނެއްކާވެސް މިޝިޔާ ރުޅި އަންނަގޮތްވިއެވެ.
“ހަމަ ނޭނގިގެންތަ ތި އަހަނީ؟” މިޝިޔާ ނަޒަރު ޒަޔާންގެ ލޮލަށް ސީދާ ކޮށްލަމުން ބުނެލިއެވެ.
“ޔެސް..”ޒަޔާންގެ ކުރު ޖަވާބުން މިޝިޔާ އަނެއްކާވެސް ހައިރާން ވެއްޖެއެވެ.
“ޒަޔާންއާއި ނާވީއާއި ދެމީހުން ބެޓް ކުރަން އަހަރެންމީ ކުޅޭ އެއްޗެއްތަ؟ ބާޓާ ސިސްޓަމަށް ނޫނޭ މީ އަންހެން ކުދިން ބަދަލު ކުރާކަށް؟” މިޝިޔާގެ އެޖުމްލައިގެން ޒަޔާން ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެކަން މިޝިޔާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ޒަޔާންއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. މިޝިޔާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައި ގަތެވެ. އެއްވެސް މީހަކަށް އަނެކާއާއި ދޭތެރޭ އެފަދައިން ކަންތައް ކުރުމުގެ ހައްޤެއް ނޯންނާނެއެވެ.
“އަހަރެން މާފަކަށް ނޭދޭނަން.. އަހަންނަށް އިނގޭ ކުރެވުނީ އެއަށްވުރެ ބޮޑު ކަމެއްކަން… އެކަމް އަހަރެން މިޝީ މާފް ކުރަން ދެކަށް އަބަދުވެސް މިހެން ކައިރީގައި ހުންނާނަން” ޒަޔާން އެހެން ބުނަމުން އެކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. އޭރު ޒަޔާންގެ ލޯ ހުރީ ފެންކަޅި ވެފައެވެ. އެފަދަ ކަމެއް ކުރުމުގް ހައްޤެއް އޭނާއަކަށްވެސް ނޯންނާނެއެވެ. ލިފްޓަށް އެރި އިރު ހަމަ ރަނގަޅަށްވެސް ޒަޔާންއަށް ރޮވިއްޖެވެ. ތެދު ބުނަން ބޭނުން ނަމަވެސް މިޝިޔާ ގަބޫލު ނުކުރާނެކަން އެނގެއެވެ.
ނުނިމޭ
ބެލ
4 Comments
Comments are closed.
sorry las veema.. next part in shaa allah maadhan up kohlaanan
Sinnu … kobaa next part? Waiting
Sinnu kobaa adhives maadhnnuvaneedhow. Maadhamaaakee husnuvaanedhuvahey.???
mi kurany.. kuru vedhaane