
ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 3..
“ވީގޮތް ނޭނގޭތަ، އަންޑަސްޓޭންޑް ވާށޭ… ނޮޓް ދަ ވަންއޭ….. ކިހާވަރަކަށް…. އަހަރެންނަށް ތިހެން ހެދީ ކީއްވެ،…. ބުނީމެއްނު ލޯބިވެއޭ… އެއީ އޮޅުވާލުމެއްތަ…. ބުނޭ.. ބުނޭ… ނުބައި ނުލަފާ ފިރިހެނުންގެ ތެރޭގައި ހިމޭނޭ މީހެއް ތީ…. ދުވަހަކު،… މިބުނީ ދުވަހަކު ނުކުރާނަން މައާފެއް..” އަތޫޝާ ކިޔާނެ އެއްޗެއް ކިޔުމަށްފަހު ކުރިއަށް ހިނގައިގަތީ ޝައިމަންއާ ދިމާލަށް ބަލާނުލައެވެ. ޝައިމަން އެއްއަތުން ކޮލުގައި ހިފަހައްޓައިގެން ހުރި އިރު ހުރީ ދެންމެވީ ކީއްކަން ނަގައި ގަންނަން ނޭނގިފައެވެ.
“ހެހެހެ…. އެހެންނޭ ވާނީ.. އަދިވެސް ތަނަކުން މީހަކު ދަންޏާ ބެހޭތި” ވިޝާލް ހެމުން ހެމުން އައިސް ޝައިމަންގެ ކޮނޑުގައި ޖަހާލިއެވެ. “މަބުނިން އޭރުވެސް އެއީ މޮޔައެކޭ… ވިޝާލް ވެއްޖެ ވިއްޔާ މަށާ ދިމާލަށް އެހެން ބުނަން….” ޝައިމަން ވިޝާލްއާ ދިމާލަށް ބަލާލީ ލޯއަޅާލަމުންނެވެ. “ދެން އޭނަ ފެނިއްޖެއްޔާ މަވެސް ޖަހާނަމޭ.. ނުޖެހޭދޯ މީހަކު އައިސް އެއްޗެއް އަހާލީމަ އެވަރުކުރަން… ހަމަ އަސްލުވެސް.. އެވާނީ މޮޔައަކަށް” ޝައިމަންގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. “އަޅާނުލާބަލަ،…. މޮޔައިން އުޅޭނެ އެހެން..” ވިޝާލް އެހެން ބުނި އިރުވެސް ހުރީ ހެވިހެވިއެވެ.
………
“މަންމާ…. ޝާޝާ ކޮންތާކަށް ދާނީ… ޝާޝާ ވަންނާނެ ތަނެއް ހުންނާނެތަ.. މަންމާ.. ހެޔޮނުވާނެ މީހަކަށް ތިހެން ހަދަން… ބައްޕާ… ކީއްވެތަ އެއްޗެކޭ ނުބުނެ ތީނީ… ބައްޕާ އެއީ އަޅުގަނޑުގެ އެންމެގާތް ރަހުމަތް ތެރިޔާއޭ…. މަންމާ” ފަހަރަކު މީހަކު ކައިރިއަށް ދަމުން ސަނާ ދިޔައީ އާދޭސް ކުރަމުންނެވެ. ސޯފާގެ ބޮޑު ގޮނޑީގައި އާޝިޔާ އިށީދެގެން އިން އިރު އެމޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަ ޖެހުމެވެ. އެހެން ނަމަވެސް ހަށަން ބަދެލައިގެން ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އާދިލްގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. އާދިލްގެ ސިކުނޑި ބާރުކުރަމުން ދަނީ ޝާޝާ އާއި ހެދިކަން ސަނާއަށް ނަގައިގަނެވުނެވެ.
“ބައްޕާ… ބައްޕާ ދޮންބެ ކުރި ކަމަކުން ޝާޝާ ކުންވެރި ވާންވީ ކީއްވެ،…. ބައްޕާ ޝާޝާއަށް އަޅާލާނެ މީހަކު ނުހުންނާނޭ.. ބައްޕައަށް އެންމެ ރަނގަޅަށް އެކަން އެނގޭނީވެސް” ސަނާ އާދިލްގެ ފައިބުނޑަށް ވެއްޓި ރޯންފެށީ ޝާޝާއާއި މެދު ކަންތަށް ވަމުންދާގޮތުންނެވެ.
“ސަނާ… އެކައިވެނި ހުއްޓުވީ އަހަރެންނޭ… އަހަރެން ރާނިޔާ ފޮނުވީ… އަހަރެން ދިރިހުއްޓާ ތި ޝާޝާ އަކާއި މަގޭ ދަރި ކައިވެނި ކުރިއަކަ ނުދޭނަން…މިބުނީ މަމްދޫހުއަށް އެކަން އެނގިގެން ނުވާނެ…. އާދިލް.. އާދިލް ބުނިގޮތަށް އަހަރެން ކަންތަށް ކުރިން… އަހަރެންނައްޓަކާ އާދިލްއަށްވެސް މިވަރު ކަމެއް ވާންޖެހޭނެ..” އާޝިޔާގެ ވާހަކަ އަޑުއެހެމައްފަހު އާދިލް އާއި ސަނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
“އާޝިޔާ…. ލަދެއްވެސް ނުގަނޭތަ…. ދަރިފުޅާ ބައްޕަ އަންނާނަން އެމައްޖެ ފެނޭތޯ ބަލާފަ..” އާދިލް ބޭރަށް ނިކުމެފަ އެތެރެއަށް ވަނީ ވިއްސާރަކޮށް އުޅޭތީއެވެ. އާދިލް ކުޑަކޮށް ދުވެލާފައި ގޮސް ސިޑިއަށް އެރީ ކޯޓުބަލާކަން އެނގި އަވަސް އަވަހަށް އާޝިޔާ އާދިލްގެ ފަހަތުން ދިޔައެވެ.
“އާދިލް.. މިބުނީ.. އޭނަ ބަލާ ގޮސްގެން ނުވާނެ… އާދިލް” އާޝިޔާގެ އާދޭހަށް އަޑުނާހައި އާދިލް ދިޔައީ ސިޑީގެ ހަރުފަތްތަސް ގިރާކުރަމުންނެވެ.
“މައްސަލައެއްނެތަ.. މަރެއް ނުވާނެކަންނޭގެ… މަރުވިއްޔާ މަރުވީ… އަހަރެން ދިރިހުއްޓާ އެ ޝާޝާ މިގެއަށް ވެއްދިޔަ ނުދޭނަން” އާޝިޔާ ހިތާ ހިތާ ކިޔާލިއެވެ.
“މަންމާ” ސަނާގެ ބާރު ހަޅޭކާއެކު ގޭ ދޮރުން ނިކުމެ ނިކުމެ ހުރި އާދިލް ދުވެފައި އެތެރެއަށް ވަތްއިރު ފޮރެޅެމުން އަންނަ އާޝިޔާ ފެނި މެޔަށް ގޮތްވިއެވެ. “އާޝިޔާ” އާދިލްގެ އަޑުގައިވަނީ ހިތާމައެވެ. “ދަރިފުޅާ އެމްބިއުލެންސްއަށް ގުޅާ.. އަވަސް” އަތުގައި އޮތް ކޯޓު ބިންމަތީގައި ބާވަމުން އާޝިޔާގެ ބޯގެނެސް އާދިލްގެ ފައިމަތީގައި ބޭއްވިއެވެ. އޭރުވެސް އާޝިޔާގެ ބޮލުން ހުއްޓުމެއްނެތި ލޭ އަންނަމުން ދިޔައެވެ.
ސަނާ އެންބިއުލެންސްއަށް ގުޅިއިރުވެސް އަތް ތުރުތުރު ލައެވެ. ސަނާ އާޝިޔާ ކައިރީގައި ކުޑަކަކޫއަށް ތިރިވެގެން އިން އިރު ދިޔައީ ގިސްލަމުންނެވެ. އެންބިއުލެންސްގެ އަޑާއެކު އާދިލް އާޝިޔާ އަތް ދަނޑި މައްޗަށް ލުމައްފަހު ނިކުތީ ބޭރަށެވެ. ސަނާވެސް އާދިލް ފަހަތުން ދުވެފައި ކަހަލަ ގޮތަކަށް ދިޔައީ ދެލޯ ފޮހެމުންނެވެ.
*********
ގާތަކު މައްޗަށް ބިއްދަމުން ދާ ބިޔަ ރާޅުތަކަށް ގެއްލިފައި އަތޫޝާ އިނީ އުސްފަސްގަނޑުގައެވެ. ފެންނަމުންދާ މާސިނގާ ކަނޑަށް ފުއްމާލަފާނޭ ހިތަށް އެރި އަދަދު އަތޫޝާއަށް ނޭނގޭނެއެވެ. ޖަހަމުން ދިޔަ ރާޅުގަނޑު އިރެއް އިރަކަށް ބާރުވަމުންގޮސް މޫސުމަށް ބަދަލު އަންނަން ފެށިއެވެ. މޫނުމައްޗަށް ޖެހުނު ފުރަތަ ފެންތިއްކާ އެކު އަތޫޝާ އުޑުމައްޗަށް ނަޒަރު ހިންގާލިއެވެ. ބޯ ރަތް ވިލާގަނޑުގެ ޝިކާރައަކަށް ހަނދުވެ ނިމިދިޔައީ އަތޫޝާގެ ދެލޯ ކުރިމަތީގައެވެ. ބޭއިހްތިޔާރުގައި އަތޫޝާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތީ ނުވެސް އެނގި އިންދައެވެ. “މަންމާ….. ކީއްވެތަ… ކީއްވެތަ ޝާޝާ އެކަނި ކޮއްލީ…. މަންމަ ނެތީމަ އެކަނި ވާނެވަރު މަންމައަށް ހަމަ ނޭނގެނީތަ… މަންމާ… ދެން ޝާޝާ ދާނީ ކޮންތާކަށް… މި ދުނިޔޭގައި ދެން ޝާޝާއަށް އެހީވާނެ މީހަކު ހުންނާނެތަ… މަންމަ ކީއްވެތަ ޝާޝާ އެކަނި ކޮއްލާފަ ދިޔައީ… މަންމަ އާއިއެކު ޝާޝާވެސް ގެންދިޔަ ނަމަ… ” އަތޫޝާ ގިސްލަމުން ދިޔައީ މޫނުމަތީގައި އަތްއަޅައިގެން އިނދެއެވެ. އަތުގެ އިނގިލިތަކުގެ ތެރެއިން ފޭދިގެން ވެއްޓުނު ކަރުނަތިކި އެކުވެ ދިޔައީ ވެހެމުންދިޔަ ބޯ ވާރޭއާއެކުއެވެ.
“ޝާޝާ” އަތޫޝާ ސިއްސައިގެންގޮސް ފަހަތް ބަލާލީ މީހަކު އައިސް ކޮނޑުގައި އަތްލުމުންނެވެ. “ޝަމް…. އަހަރެން ކިހިނެއް ހަދާނީ” ކައިރީގައި އިން ޝަމްހާ ފެނި އަތޫޝާ ގިސްލާ ރޮމުން ދިޔައީ ޝަމްހާގެ އުނަގަނޑުގައި ބައްދައި ގަނެގެން އިނދެއެވެ. “ޝާޝާ… ހިނގާ ދާން… ތިހެން އިންދާ ބަލިވެދާނެ… ހިނގާ ދާން” ޝަމްހާ އަތޫޝާގެ އަތުގައި ހިފައި ނަގަމުން ބުންޏެވެ.
“ޝަމް ކާރު ތެމޭނެ” ކުރިމަތީގައި އޮތް ނޫ ކާރު ފެނުމުން އަތޫޝާ ފަސްޖެހުނެވެ. “ހެވޭ… ކާރަށް ވުރެއް ޝާޝާ މުހިންމު… އަވަސް ކޮއްބަލަ… އަހަރެން ހީކަރުވާ އެބަ.. އަވަސް އަވަސް” ކާރުގެ ދޮރު ހުޅުވުމަށްފަހު ޝަމްހާ އަތޫޝާ އެތެރެއަށް ކޮއްޕާލީ ކާރަށް ނާރަށް އުޅުމުންނެވެ.
“އާދޭ… ހީވަނީ ދުވަހަކު ނުވަންނަ ގެއެއްހެން….. މަންމާ….. ޝާޝާ އައިސްފި” އަތޫޝާގެ އަތުގައި ހިފަމުން ޝަމްހާ ޒައިނަބުއަށް ގޮވާލިއެވެ.
ބާރު ހިނގުމެއްގައި އައި ޒައިނަބު އަތޫޝާ ފެނި ފުރަތަމަ ހުއްޓުން އެރިއެވެ. އަތޫޝާ ލައިގެން އިން ހުދު ކައިވެނީގެ ހެދުން ތެމި އެއްކޮށް ވަނީ ހަޑިވެފައެވެ. ބޮލުގައި އަޅާފައި އޮތް ފޮތިގަނޑު ތެމި ތަތްލާފައިވާއިރު ބޮލުގެ އިސްތަށިގަނޑު ވަނީ ހޭވިފައެވެ. މޫނުގެ ސިފަ ގެއްލިފައިވަނީ ކޮއްފައިވާ މޭކަޕް އެއްކޮށް ފޭދިފައިވުމުންނެވެ.
“މަންމާ” އަތޫޝާ ލަދުން އިސްޖަހައިގެން އިނީ ޒައިނަބުގެ ބެލުމުންކަން އެނގުމުން ޝަމްހާ އަވަހަށް ގޮވާލިއެވެ.
“ހެޔޮވާނެތަ މި ކުއްޖާއަށް މިހެން ހަދަން.. އަވަހަށް އާދޭ.. ” ޒައިނަބު އަތޫޝާގެ ކޮނޑުގައި ހިފާ ގަޔާ ގާތްކޮއްލަމުން ކޮޓަރިއަށް ވެއްދިއެވެ. “ދަރިފުޅާ ޝާޝާ ލާނެ ހެދުމެއް ހިފައިގެން އާދޭ… ޝާޝާ ވަދޭ ފެންވަރާލަން” ޒައިނަބު އަތޫޝާގެ ބޮލުގައި ފިރުމާލުމައްފަހު ފާހަނައާ ދިމާލަށް ގެންދިޔައެވެ. “ދަރިފުޅު ނިކުމޭ ފެންވަރައިގެން… ރަނގަޅަށް ފެންވަރާތި.. ތި ގައިން އެގޭގެ ވަސްފިލާނެހެން ސައިބޯނި ލާތި” ޒައިނަބު އެހެން ބުނުމުން އަތޫޝާ ކުޑަކޮށް ހީލިއެވެ. “އަންނާނެ ސައިތައްޓެއް ހިފައިގެން… އަވަހަށް ވަދޭ” އަތޫޝާ ފާހަނާއާ ދިމާލަށް ގެންގޮސް ދިނުމައްފަހު ޒައިނަބު ނިކުތީ ބޭރަށެވެ.
…..
ފެންވަރާ ނިކުމެ ޝަމްހާ ދިން ޓީޝާޓަކާއި ހަރުވާޅެއް ލައިގެން އަތޫޝާ ބޮލުގައި ތުވާލި އައްސާލިއެވެ. ހަމަޖެހިލުމަށް އެނދުގައި އިށީނުމާއެކު އަތޫޝާގެ ލޮލުން ކަރުނަ ފައިބައިގަތެވެ. އަތާޝާ ލޯ ކޮންމެ ފަހަރަކު ފޮހެލަނީ ދެން ކަރުނަ ނާންނާނެއޭ ބުނާ ފަދައަކުންނެވެ. އެހެން ނަމަވެސް އެ ކަރުނަތަކަށް ނިމުމެއް ނެތެވެ.
“ޝާޝާ” އަތޫޝާ އިންގޮތް ފެނުމުން ޝަމްހާ ދެރަވިއެވެ. އަތޫޝާ މަމްދޫހުއާ ނުގުޅުނަމައޭ ޝަމްހާ ހިތައް އެރި އަދަދު ނޭނގެއެވެ. “ޗަމް.. އަހަރެން ކީއްކުރާނީ.. ކަރުނަ ފައިބަނީ… އަހަރެންވެސް ރޯކަށް ބޭނުމެއްނޫން.. އެކަމަކު… ޝަމް ކީއްވެތަ އަހަރެންނަށް މިހެން މިވަނީ…. އަހަރެން މީހަކަށް ދެރައެއްނުދެން… ޝަމް އަހަރެން މަންމަމެން ނެތުން އެއީ އަހަރެންގެ މައްސަލައެއްތަ.. ޝަމް… ކީއްވެތަ އަހަރެން ދެކެ އެކަކުވެސް ލޯބި ނުވަނީ..” އަތޫޝާ ގިސްލަ ގިސްލާ ރޯންފެށީ މޫނުމަތީގައި އަތްއަޅަމުންނެވެ.
“ޝާޝާ….. ކީއްވެ ޝާޝާ ކަހަލަ ކުއްޖެއް ދެކެ މީހުން ލޯބި ނުވާނީ… އެމީހުންނަށް އަދި ވިސްނޭނެ އެމީހުން އަތުން ގެއްލުނީ ރަންގަނޑެއްކަން… އަޅާނުލާ…. ދައްތަ އަދި ޝަމްވެސް ޝާޝާ ދެކެ ކިހާ ލޯބިވޭ… ޝާޝާ އަށް އެކަން ނޭނގުނީމަ ދައްތަ ވަރަށް ދެރަވެއްޖެ” ޒައިނަބު އައިސް އަތޫޝާގެ ގައިގަ ބައްދާލަމުން ބުންޏެވެ. “ނޫން ދައްތާ.. މާފުކުރޭ.. އެކަހަލަ އެއްޗެއް ދެން ނުބުނާނަން….” ޒައިނަބު ދެރަވުމުން އަތޫޝާ ދެރަވިއެވެ.
“ދެން ހުއްޓާލަބަލަ.. ޝާޝާ ދެތިން ދުވަސް ވަންދެން މިތާ ނިދާ… ފަހުން އަހަރެން ކޮޓަރިއަށް ޗޭންޖްވާނީ… ޝާޝާ އެކަނިވާން ބޭނުންވާނެކަން އެނގޭ… އެކަމް ބުނަން ގިނަ ދުވަހަކަށް ނޫން.. ދޮންބެ އައިމަ ޝާޝާ އަހަރެން ކޮޓަރިއަށް ޗޭންޖްވާނީ” ޝަމްހާ އެހެން ބުނުމުން އަތޫޝާ ސުވާލުގެ ނަޒަރުން ބަލާލިއެވެ.
“އެސޮރު އެބައުޅޭ އައިސްގެން… އަދި ހަފްތާއެއް ނުވެއޭ… ދަތުރެކޭ ކިޔާފަ އެފުރީ… މީހަކު އަޖައިބެއް ނުވާނެތަ… ދަރިން ބަލާބޮޑު ކުރީމަ ދައްތަމެން މިޖެހެނީ އެކަނި އުޅެން… ދެން ނިދާ.. ޝަމްހާވެސް ޝާޝާއަށް އުދަގޫ ނުކޮށް ނިދަންދޭ” ޒައިނަބު އެހެން ބުނުމުން ޝަމްހާ ބުމަ ހިއްލާލިއެވެ. “މަންމަ ކިޔާނެ އެހެން… އަހަރެން ދަނީ އިނގޭ،… ދޮންބެ އައިމް އިންޓްރޯއެއް ދޭނަން… އެކަމް ބުނަން.. އެކަނި ބޭއްވީއޭ ކިޔާފަ ނުރޯތި… މިރޭ ރޮއިފީމެއްނު ވާވަރަށް” ޝަމްހާ އެހެން ބުނުމުން އަތޫޝާ ބޯޖަހާލިއެވެ.
********
މުޅި ހޮސްޕިޓަލު ތެރޭގައި ވަނީ މީހުންނާއިގެން ފުނި ޖެހިފައެވެ. ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އާދިލް ހުއްޓުނީ ދޮރު ހުޅުވާފައި ނިކުތް ޑޮކްޓަރު ފެނުމުންނެވެ.
” ބީޕީ ވަރަށް ހައި… ހިތުގެ މައްސަލަވެސް އުޅޭ… އެހެންވީމަ ޕޭޝެންޓު ވިސްނާވަރުގެ ކަމެއް ނުވިއްޔާ ރަނގަޅީ…. އެހެން ނޫނީ ފުރާނައަށްވެސް ގެއްލުންވުން އެކަށީގެންވޭ…ބޯ ފަޅައިގެން ގޮއްސަ އިނީ ކުޑަކޮށް… ބެެންޑޭޖް އަޅާފަ އޮންނާނީ.. އެންމެ ރަނގަޅު ޕޭޝެންޓާ ބައްދަލު ކުރިއަސް ” ޑޮކްޓަރު ބުނެފައި ދިޔަ ކޮންމެ އެއްޗެއް ދިޔައީ އާދިލްގެ ހިތަށް ތަދުކުރަމުންނެވެ.
“މަންމާ” ސަނާ ދިޔަ ގޮތަށް ގޮސް އާޝިޔާ ގައިގަ ބައްދާލީ އުފަލުންނެވެ. “އާދިލް.. ހެޔޮ ނުވާނެ އަހަރެންނައްޓަކާ ކޮއްދޭ ފަހު ކަންތަށް ކަމަށް ވިޔަސް އެ ޝާޝާ އަނބުރާ ނުގެނޭ” އެހެން ބުނެ އާޝިޔާ ދިޔައީ ގިސްލާ ރޮމުންނެވެ.
“އާޝިޔާ… ހުއްޓާލާ… އާޝިޔާ ބޭނުންގޮތެއް… މިއަދުން ފެށިގެން ޝާޝާގެ ވާހަކަ އަހަރެމެން ނުދައްކާނަން” އާދިލް އާޝިޔާ ގައިގަ ބައްދާލަމުން ބުނީ ސަނާ އާއި ދިމާލަށް ބަލާލައި ބޯ ޖަހާލަމުންނެވެ.
“މަންމާ…..” ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ބިއްމައްޗަށް ދޫކޮއްލުމައްފަހު މަމްދޫހު ދުވެފައި އައިސް އާޝިޔާ ގައިގަ ބައްދާލިއެވެ. “މަންމާ.. ކިހިނެއްވީ ކަމެއް މީ… މަންމާ ކޮބާ ޝާޝާ…. ޝާޝާ އިންނާނީ އަހަރެން ދެކެ ރޫޅިއައިސްފަ.. އެހެންވެ ދޯ މަންމަ ކައިރިއަށްވެސް ނައީ” އާޝިޔާ ގައިގަ ބައްދައި ގަނެގެން އޮވެ މަމްދޫހު ބުންޏެވެ.
“ދަރިފުޅާ… ޝާޝާ އަކީ ތިހީކުރާ ކަހަލަ ކުއްޖެއް ނޫން… އޭނަ.. އޭނަ ބުނީ ދަރިފުޅާ ނީންނާނަމޯ….. މަންމަމެންނާ ދިމާލަށް ވަރަށް އެއްޗެހި ކި… ދަރިފުޅު ލަސްވީމައޯ… މަންމަ އާދޭސްކޮއްކޮށްވެސް ބަސް ގަބޫލު ނުކުރި.. ހުރިހާ މެހެމާނުން ކުރިމަތީގައި މަންމަމެން ލަދު ގަންނަވާލީ… ދަރިފުޅާ… މަންމަ ފިޓު ޖެހުނު އިރު އޭނަ ހުއްޓޭ… އޭނަ އަޅާ ނުލާ ހަމަ ދިޔައީ… ދަރިފުޅާ.. މަންމައަށް މާފުކުރޭ… ދަރިފުޅުގެ ޝާޝާ ދަރިފުޅު ދޫކޮއްލީމަ މަންމަ ވަރަށް ދެރަވެއްޖެ” އެހެން ބުނެ އާޝިޔާ ގިސްލާ ރޯންފެށިއެވެ. “ނުވާނެ އެހެނެއް.. މަންމާ ޝާޝާ އަކީ އެކަހަލަ ކުއްޖެއް ނޫން” މަމްދޫހު އެހެން ބުނުމުން އާޝިޔާ ރުއިން ހުއްޓާލިއެވެ. “ދަރިފުޅު އަހާބަލަ ބައްޕަ އާއި ކޮއްކޮ ކައިރީގައި” އާޝިޔާ އެހެން ބުނުމުން އެއީ ތެދެއްހޭ އަހާފަދަ ގޮތަކަށް މަމްދޫހު އާދިލްއާއި ސަނާ އާއި ދިމާލަށް ބަލާލިއެވެ. އާދިލް ސަނާ އާއި ދިމާލަށް ބަލާލުމައްފަހު ބޯ ޖަހާލީ އާއެކޭ ބުނާށެ ބުނާފަދަ ގޮތަކަށެވެ. އެންމެ ގާތް ރަހުމަތްތެރިޔާގެ ދިރިއުޅުން ހަލާކުވުމުގައި ސަނާގެ އަތެއްވާކަށް މިހާރު ސަނާ ގަބޫލު ކުރެއެވެ. “ސޮރީ ޝާޝާ… ބަޓް ޝީޒް މައި މޯމް” ސަނާ ހިތުން ކިޔާލަމުން ބޯ ޖަހާލީ ދެލޯ މަރާލަމުންނެވެ.
އެކަހަލަ އަންހެނަކާތަ އަހަރެން އިންނަން އުޅުނީ.. ނަސީބެއް… ނަސީބެއް އަހަރެންނަށް ނާދެވުނުކަން… އޭނައަށް އަހަރެން މީ ނުބައި މީހެއްކަން އަންގާލާނަން” ނިކުންނަން އެނބުރު މަމްދޫހުގެ އަތުގައި އާޝިޔާ ހިފީ ބިރުންނެވެ. ސިއްރު ފަޅާއަރާފާނެތީއެވެ. އާޝިޔާގެ މޫނުމަތިން މަމްދޫހަށް ފެނުނީ އެހެން އެއްޗެކެވެ. ދަރިއަކަށްޓަކާ މަޔަކަ އަޅާވޭނެވެ. އާޝިޔާގެ ގައިގަ މަމްދޫހު ބައްދާލީ ދުވަހަކު އަތޫޝާއަށް މާފު ނުކުރާނެކަމަށް ހުވާކުރަމުންނެވެ.
******
ކުޑަދޮރު ކައިރީގައި ހުއްޓި އިރު އިރު ކޮޅާ ދެލޯ ފޮހެލަމުން އަތޫޝާ ދިޔައީ ކަރުނައަށް ނިމުމެއް ނާންނާތީއެވެ. އަމިއްލަ ހަޔާތާމެދު މިވަރަށް ވިސްނި ރެއެއް އަދި ނާންނާނެއެވެ. ވެހެމުން ދިޔަ ބޯވާރޭގެ އަޑު ދިޔައީ އިވެމުންނެވެ.
“ކާކު” ކުޑަދޮރު ކައިރީގައި އިން އަތޫޝާ ސިހުނީ ކޮޓަރިއަށް މީހަކު ވަތް އަޑަށެވެ. ދިއްލާފައިވާ މަޑު އޮރެންޖު އަލިން އެއީ ފިރިހެނެއްކަން އެނގެއެވެ. އަތޫޝާ ކައިރީގައި އިން ފިހިގަނޑު ނެގުމައްފަހު ދުވެފައި ގޮސް އެމީހާ ގައިގަ ޖެހީ ގައިގަ އޮތް ބާރަކަށެވެ.
“އަތްދޯއި…. މަންމާ” ޒުވާނާގެ ހަޅޭކާއެކު އަތޫޝާވެސް ކަރުބުޑުން ހަޅޭއްލަވައި ގަތެވެ. “ޝާޝާ ކިހިނެއްވީ” ދުވަފައި އައި ޝަމްހާ ކޮޓަރި ދޮރު ހުޅުވާލީ އަތޫޝާގެ ހަޅޭކުގެ އަޑަށެވެ. މުޅި ކޮޓަރި އަލިވުމާއެކު ޒުވާނާ އަތޫޝާ އާއި ދިމާލަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ.
“މޮޔަ ކުއްޖާ…. ކިހިނެއް މިގެއަށް ވަނީ” ދެލޯ އަޅަމުން އެ ޒުވާނާ އަތޫޝާ އާއި ދިމާލަށް އަންނަން ފެށީ ރުޅިއައިސް ހުރެއެވެ.
ނުނިމޭ…….
10 Comments!
Comments are closed.
Hope tu guyxx will enjoy thix part too. ??
alhey kamanaa.. this prt is soo awsm bt vrh dheravey.. n i must say tht the cncpt of this stry is awsm n the beginin plus the names… gud lck n waitin fr the nxt prt egrly.. 😉
VARAH SALHI 🙂
Ehfaharu athooshaa mi part ga athaashaa kon nameh raganlhy
V V V reethi… kon dhuvahakun dhen up kohdheynee….. waiting…
V v rythi. ….dhn kn dhuvahakun next part
Saabahey kamanaa…vrh vrh riithi…..waiting for nxt prt…gd luck lurv
Kamana..ur stories is very nice i love ur stories…hope will get to read next part soon
vv nice
Kamanaa…. story is nice and lovely.. when is the next part. Can’t wait to read it. Pls ehaa gina dhuvax nukoh up koh dhehchey….