“ކީކޭ…. މީހަކާ އިންނާށޭ… ކިޔަވާ ނުނިމެނީސް އިންނަނީތަ؟… އަދި މާ އަވަހެއްނުން… ދެން ދަރިފުޅު ބޭނުން ގޮތެއްދޯ އޮންނާނީ…” ނޫނެކޭ ބުނަން އުޅެފައިވެސް މަދީހާ އެކަމާ އެއްބަސްވާން ހިތަށް އެރިއެވެ. އޭނާގެ ދިރިއުޅުމުގައި ވީފަދަ ގޮތެއް މަންޝާއަށް ވެދާނެތީއެވެ. މީހަކާ އިންނަން ބޭނުންވި ދުވަހު އެކަމާ ދެކޮޅު ނުހަދާ އިންނާށޭ ބުނީ މަޑުކޮށްފިއްޔާ މަންޝާ ޅަ އެއްޗެއް އަޅާފާނެތީއެވެ. މަންޝާއަށް އިތުރު އެއްޗެކޭ ނުބުނެވެނީސް އަނެއްކާވެސް ވާހަކަ ދައްކަން ފެށީ މަދީހާއެވެ. “ކޮންރަށަކު ކާކުކަން އިނގޭތަ؟… މާލެ […]
“ޝައިމަން” ޝައިމަން ކޮއްލި ކަމަކުން އަތޫޝާ އިނީ އަޖައިބު ވެފައެވެ. “މި ކުޑަ ރަބަރު ގަނޑަށް އަނިޔާއެއް ދޭންތަ މި އައްސައިގެން ތިއުޅެނީ….. ހެޔޮވާނެތަ” އަތޫޝާގެ ބޮޑު ފަން އިސްތަށިގަނޑުގައި އައްސާފައިވާ ރަބަރު ގަނޑު ނައްޓާލަމުން ޝައިމަން ބުންޏެވެ. އަތޫޝާއަށް ކަޅި ޖަހާނުލާ ޝައިމަންއާ ދިމާލަށް ބަލަން އިނދެވުނެވެ. އެއްމިޔަނަކުން ހީލައިގެން ހުރި އިރު އެ ހިނިތުންވުން ނުފެންނަތާ އެތަކެއް ދުވަހެއް ވެދާނެއެވެ. ޝައިމަން ކިތައްމެ ނޫން ކަމަށް ހެދުނަސް އަތޫޝާގެ ރީތިކަމަށް ބެލެނީއެވެ. މޫނުމަތިން ކިތައްމެ […]
މިޝާލް ވާހަކަ ދެއްކި އިރު ޒިހާންއާ ދިމާއަށް ބަލައެއް ނުލައެވެ. ނަމަވެސް މިޝާލް ވާހަކަ ދައްކަމުން ދިޔައިރު ޒިހާން ހުރީ ހައިރާން ކަމާ އެކީ މިޝާލްއާ ދިމާއަށް ބަލާށެވެ. މިޝާލްގެ ވާހަކަ ގަބޫލު ކުރަން ޝިޔާޒްއަށް ދަތިވި ނަމަވެސް ޒިހާންއަށް ގަބޫލު ކުރެވުނެވެ. މިޝާލްގެ އަޑުގައިވީ ސާބިތުކަމާ ތެދުވެރިކަން ޒިހާން ދެނެގަތެވެ. އަދި މިޝާލް އަނޫޝާ ދެކެ ވާ ލޯބިވެސް ޒިހާންއަށް އިހުސާސް ކުރެވުނެވެ. ގަބޫލު ކުރަން ދަތިވި ނަމަވެސް މިޝާލް ވާހަކަ ދެއްކި ގޮތުން އޭނަގެ […]
އެވަގުތު ކޮޓަރިން ނިކުތް އަހްޔާންއަށް އަބްޔާންއާއި ހިދާޔާ ދެއްކި ވާހަކަ އަޑު އިވުނެވެ. “މަންމާ، އަބީ ވެސް އެ ބަދަލުވީނު. އާލިޔާ ވެސް ބަދަލު ވާނެ. ބޭނުން ވާނީ ވަގުތު.” އަހްޔާން ވެސް އައިސް ސޯފާގައި އިށީނެވެ. “އަބީ މެން މިފަހަރު ވަރަށް ފަނި. މަންމާ! އެހެން ފަހަރު ތަކުގަ އަހަރުން އައިމަ އަވަހަށް ދަތުރެއް ރާވާނެ… ބާބަކިއު ހަދާނެ… ވަލަށް ދާނެ… ތުނޑިއަށް މޫދަށް ދާނެ… މަހަށް ދާނެ. އެކަމު އެކަހަލަ އެއްވެސް ކަމެއް މިފަހަރު […]
“ހިބާ!” ފައުޒާން އައިސް ހިބާގެ އަތުގައި ހިފާލި އެވެ. “ހިންގާ މެރީ ކުރަން.” ހިބާ ހައިރާން ވެފައި ބަލަހައްޓައިގެން ހުއްޓެވެ. ފައުޒާން ކިޔާ އެއްޗެއް ގަބޫލު ނުކުރެވިފަ އެވެ. “ފައުޒާން ކީކޭ ތި ކިޔަނީ؟” ހިބާއަށް ގަބޫލު ނުކުރެވިފައި ހުރެ ހިބާ އަހާލި އެވެ. “ހިގާށޭ މެރީ ކުރަން ޒާން މިބުނަނީ.” ފައުޒާން ހުރީ ހިތް އަވަސް ވެފަ އެވެ. ހިބާ ދޭނެ ޖަވާބެއް ނޭގޭތީ އެވެ. “ވަރަށް ވިސްނާފަ މާޒްއާއި އަޒްމީލްއާއި މަޝްވަރާވެސް ކޮށްފަ މި […]
މިޒްނާ ދޮރު ހުޅުވާލިހާ މަޑުން ދޮރު ލައްޕާލާފައި ނިކުތެވެ. އެމަންޒަރު ފެނުމުން މިޒްނާގެ ހިތަށް ފިނިކަން އިހުސާސް ކުރެވުނެވެ. ނަމަވެސް ހަމަ އެވަގުތު ޒިހާން މަތިން ހަނދާން ވިއެވެ. އެދުވަހު ހޮސްޕިޓަލުގައި އަނޫޝާ ދެއްކި ވާހަކަވެސް ހަނދާން ވިއެވެ. “ޝިޔާޒް…” ލެޕްޓޮޕް ހުޅުވައިގެން އެނދުމަތީ އިން ޝިޔާޒް ކައިރީ އިށީންނަމުން މިޒްނާ ގޮވާލިއެވެ. “ހްމްމް…؟” ކުޅެން އިން ގޭމަށް ގެއްލި އިނދެ ޝިޔާޒް އަޑެއް ލައްވާލިއެވެ. “ދެން… އިހަށް އަޑު އަހާބަލަ” މިޒްނާ ޝިޔާޒްގެ މޫނުގައި ހިފާ […]
ޝިޔާރާ އިންތިޒާރު ކުރާނެކަން އެނގޭތީ ޒޯހަން ދެފަޔަށް ބާރުލާ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ކޮޓަރީ ތަޅުގައި ހިފާ އަނބުރާލުމާއެކު ފަސޭހައިން ހުޅުވިއްޖެއެވެ. އެބޮޑު ކޮޓަރީގެ އެއްވެސް ހިސާބެއްގައި ޝިޔާރާ ފެންނަން ނެތުމުން ޒޯހަން ހިނގައިގަތީ އަޑު އަންނަ ފާހާނާ އާއި ދިމާލަށެވެ. ކުޑަކޮށް ފޭވެފައި ހުރި ދޮރު ދޭތެރެއިން ޒޯހަން އަށް ޝިޔާރާގެ އެއްވެސް ނިވާކަމެއް ނުވާ ހަށިގަނޑު ފެނުމުން ހިއްސުތައް ކޮޅަށް ޖެހިގެން ދިޔައެވެ. މާގަނޑުން ފައިބާ ފެންތަކަށް ވެސް ޒޯހަން ހަސަދަވެރިވިއެވެ. ދޮރުމަތީގައި ޝިޔާރާގެ […]
ހިބާގެ ބައްޕަ ކައިރީ މަސައްކަތް ކުރިއަސް ޒެކް ހިބާއަށް ހަރަދު ކުރަން ޖެހޭނެ ހެއްޔެވެ. އަނެއްކާ ޒެކްގެ ހިތުގައި ހިބާއާއި މެދު ގޮތެއް އޮންނަނީ ނޫން ބާވައޭ ފައުޒާން ހިތަށް އަރަމުން ދިޔަ އެވެ. ކޮންމެސް ވަރެއްގެ ހަސަދަ ވެރިކަމެއް އެ ހިތުގައި ހިގައިގަތެވެ. ފައުޒާން އެދުވަހު މާ ވަރަކަށް ވާހަކަ ދައްކައެއް ނަހަދަ އެވެ. ފައުޒާންއަށް އައި ބަދަލު ހިބާއަށް ފާހަގަ ކުރެވުނެވެ. ފައުޒާންއަށް އަނެއްކާ ކިހިނެއް ވީބާއޭ ހިބާ ހިތައް އެރިއެވެ. ޖެހިގެން އައި […]
“އާން! ޒާން ހިބާ ދެކެ ލޯބިވޭ. ވަރަށް ލޯބިވޭ. އަދި އެ ލޯތްބަށް ދުވަހަކު ނިމުމެއް ވެސް ނާންނާނެ. އެގިއްޖެތަ؟ އަޑު އިވިއްޖެތަ؟” ފައުޒާން ނަދުވާގެ މޫނާ ދިމާލަށް ކަޅި އަޅާލަމުން ބުންޏެވެ. ހިބާއަށް އެއަޑު އިވުމުން ހިތަށް ވެރިވެގެން ދިޔައީ އުފާވެރި ކަމެވެ. ފައުޒާން ހަގީގަތުގައިވެސް ހިބާ ދެކެ ލޯބިވާކަން މިއަދު ހިބާއަށް ޔަގީން ވެއްޖެ އެވެ. “ޒާން!” ނަދުވާ ކައިރިއަށް ރުޅި އައެވެ. ފައުޒާން އެ ބުނީ ނަދުވާ އެންމެ އަޑު އަހަން ބޭނުން […]