ކުއްލިއަކަށް ބޮލަށް ތޫނު ތަދެއް އެރިއެވެ. ފެންނަމުންދިޔަ މަންޒަރުތައް މަޑު މަޑުން ފުސްވަމުންއައިކަން އެނގުނެވެ. ދެން ވީ ގޮތެއް ނޭނގުނެވެ. މަންޒަރުތައް ސާފުވަމުން އައިއިރު ފުރަތަމަވެސް ފެނުނީ މަންމަގެ މޫނެވެ. އެއަށްފަހު ދޮންބެއެވެ. ޝާލީ ކައިރީގައި އިންކަން އެނގުނީ އަތުގައި ހިފާލުމުންނެވެ. އެދެލޮލުން ކަރުނަތައް ވިދަމުންދިޔައެވެ. ބަލާލުމާއެކު އޭނަގެ ބަޑި ފަޅައިގެންދިޔައެވެ. ރޮމުން އަހަރެންގެ ގައިގާ ބައްދާލިއެވެ. އެއްވެސް ކަމެއް ނުވެއޭ ބުނެލަމުން ޝާލީ ރުއިން ހުއްޓާލުމަށް ބުނީމެވެ. އޮވެވުނީ ސިއްހީ މަރުކަޒުކަން އިނގުނީ އަތުގައިވާ ކެނިއުލާފެނުނީމައެވެ. […]
އަހަރެން ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނު އިރު ޖައިޝް އިނީ އެނދުގައި އިށީދެގެންނެވެ. އެނދުމަތީގައި އަޅާފައި އޮތް ފޮތިގަނޑުގައި ބާރަށް ދެއަތުން ހިފަހައްޓައިގެން އިން އިރު މީހާގެ މޫނުމަތިން ބިރުގަނެފައިވާކަން ރަނގަޅަށް އެނގެއެވެ. އެއްދިމަލާކަށް ކަޅި ހުއްޓާލައިގެން އިން ގޮތުން އަހަރެންވެސް ބިރުގަތެވެ. “ޖައިޝް.. ” އަހަރެން އޭނަގެ މޫނު ކައިރީގައި ދެފަރާތަށް އަތް ހުރަސް ކޮށްލީމެވެ. އެވަގުތު ސިހިގެން ގޮސްފައި ޖައިޝް އަހަރެންނާއި ދިމާލަށް ބަލާލީ ބޮޑު ބިރަކާއި ދިމާލަށް ބަލާލާ ގޮތަށެވެ. އެގޮތަށް ބަލަން […]
“މަންމާ!….” ފައްވާޒްއަށް ބުނެވުނީ އެހާ ހިސާބަށެވެ. “ހިންގާ ހޮސްޕިޓަލަށް.” ފައްވާޒް ބުނަމުން ދޮރުން ނުކުތުމަށް ހިގައިގަތެވެ. “ކިހިނެއްތަ ވީ؟” ހަފީޒާ ބާރަށް އެހެން ބުނިއިރު ފައްވާޒް ދޮރުން ނުކުމެގެން ގޮސް ނިމިއްޖެ އެވެ. ޝަކީލާއަށް ކަމެއް ވީކަމުގައި ހަފީޒާގެ ހިތް ބުނަމުން ދިޔަ އެވެ. ހަފީޒާއާއި ރިފާ އަވަހަށް ކޮޓަރިއަށް ވަނީ ބުރުގާ އެޅުމަށެވެ. ވީ ގޮތެއް ނޭގިތިބެ ތެޅިތެޅި އޮތް ހިތަކާއެކު ދެމީހުން އަވަސްކޮށްލައިގެން ނުކުތެވެ. ހިބާވެސް ހިފައިގެން ހުރި ފައިލާއި ދަބަސް ސޯފާ މައްޗަށް […]
ހިބާ ފެރީ ގިމަތައަށް ދާނެ މީހަކު ނެތިގެން އަޒުމީލުއަށް ގުޅުމުން އަޒުމީލު ފޯނެއް ނުނެގި އެވެ. އެހެންކަމުން ޓެކްސީއަކަށް ގުޅައިގެން ހުއްޓާ ޒެކް ކާރުގައި އައުމުން ހިބާ އެރީ ކާރަށެވެ. ފައުޒާންގެ ޑިއުޓީ ނިންމާފައި އެމީހުނާ ބައިވެރި ވާނަން ކަމަށް ވަނީ ބުނެފަ އެވެ. އަޒުމީލު ވެސް އޮތީ ބައިވެރި ވާނެ ވާހަކަ ބުނެފަ އެވެ. ނަމަވެސް އަދި ވެސް ހަބަރެއް ނުވެ އެވެ. ހިބާއާއި ޒެކް ދިޔައިރު ރިފާއާއި ފައްވާޒްއާއި އަޒްކާ އަދި މާޒް ޓިކެޓް […]
ހިބާ ހުރީ ވަރަށް ދެރަވެފަ އެވެ. އަދި އެހާމެ ބިރު ވެސް ގަނެފަ އެވެ. ހިބާގެ ލޮލުން ވަނީ ކަރުނަ ނިރާލާފަ އެވެ. ދެން ހިބާއަށް އެގޭގައި ވެސް ނޫޅޭވޭނެހެން ހިބާއަށް ހީވި އެވެ. “ފައުޒާން ކީއްވެތަ ނަދުވާ ކައިރިއަށް ނުދަނީ؟ ނުވިތާކަށް އޭނަ ފޯނު ކުރީމަވެސް ޖަވާބެއް ދެނިކީ ނޫން. އޭނަ މިހާރު ދެދުވަސް މިވަނީ އެއްޗެއް ނުކައި ކޮޓަރިން ނުނިކުމެ އޮންނަތާ. މިހާރު ގައިގައި ވަރެއްވެސް ނެތް.” ހަފީޒާ ހުރީ ވަރަށް ރުޅި އައިސްފަ […]
ާ. ޝިޔާރާ އުޅެނީ އަހަރެމެން ގޭގައި. ގެއަށް އޭނަ ގެނައީ ހާލީ. މިހާރު ގޭ އެއްވެސް މީހެއް ބޭނުމެއް ނުވޭ އޭނަ އެގެއިން ދާކަށް” ޝަޒަން ތަފްސީލުކޮށް ދިނުމުން ޒޯހަން މޫނުމަތިން ވަކި ތަފާތު ގޮތެއް ފާހަގަނުވިއެވެ. “މާބަނޑޭ. އޭނަ ބަނޑުބޮޑު ވީ ކޮންއިރަކު” ޒޯހަން މަޑުންއިނދެ ހަމައެކަނި ކޮށްލީ އެސުވާލެވެ. “ޝިޔާރާ އާއި އެދަރަޖައަށް ގާތްވީ މަށެއް ނޫން. އެހެންވީމަ މަށަކަށް ނޭނގޭ ކޮންރެއަކު ވީ ކަމެއް ކަން އެއީ. ތިސުވާލަށް ބޮޑަށް ޖަވާބު ދެވޭނީ […]
“އަބީ، މިރޭ ސައިކަލު ދުއްވާލަން ދާން ތިކުއްޖާ ލިބިދާނެތަ؟” ސައިކަލު ކުރީގައި އިން ކުއްޖާ އަހާލި އެވެ. އަބްޔާން އެދެމީހުނަށް ބަލައިލާފައި ޖަންނަތުއަށް ބަލައިލި އެވެ. ޖަންނަތު ހުރީ ހިސާބަކަށް ނުރުހިފަ އެވެ. “ދާއިން، މީ އެކަހަލަ ކުއްޖެއް ނޫން.” ދާއިންއާއި ދިމާއަށް އަބްޔާން ބުނެލި އެވެ. “މިދަނީ ތާކަށް ދާން. އެހެން ފަހަރަކުން ދިމާވެލަން ވާނެ.” އަބްޔާން ބޭނުންވީ އެމީހުން ކައިރިން ސަލާމަތްވާށެވެ. “އަބީ، ކައޭ ވަރަށް ފަނި.” ފަހަތުގަ އިން ޖިނާ ސައިކަލުން […]
ފައުޒާން އަޒުމީލުއާއި އެއްކޮން ގޮސް ވަނީ ސީ ހައުސް ރެސްޓޯރެންޓަށެވެ. ކޮފީއަކަށް އޯޑަރު ދެމުން ޖައްސާލީ މޫދާދިމާލަށް ހުރި މޭޒުތަކުން ކަނުގައި ހުރި މޭޒު ކައިރީ އެވެ. “އަޒުމީލް.” ފުންކޮން އަޒްމީލަށް ބަލައިލަމުން ފައުޒާން ބުންޏެވެ. “ޓެލް މީ އެވްރިތިން.” އަޒުމީލު ބުދެއް ހެން ފައުޒާންއަށް ބަލަހައްޓައިގެން އިނެވެ. ވިސްނަމުން ދިޔައީ ކިޔައި ދިނުމުން ވާނެ ގޮތަކާއި މެދު އެވެ. “އަޒުމީލް. ހުރިހާ ޑީޓެއިލެއް ޒާން ބޭނުމޭ. ކިޔައިދީބަލަ.” އަޒުމިލު އަނގައިން ނުބުނެ އިނުމުން ފައުޒާން އަނެއްކާވެސް […]