“ޝޫޝް.” އަބްޔާން ޖަންނަތުގެ ކަންފަތް ދޮށުގައި އެހެން ބުނަމުން މަޑުމަޑުން ޖަންނަތުގެ އަނގަމަތީ އެޅި އަތް ނައްޓާލި އެވެ. ޖަންނަތުއަށް އަބްޔާންއާއި ދިމާއަށް ބަލަން ހުރެވުނީ އެވެ. އޭރު އަބްޔާންގެ ހޫނު ނޭވާ ޖަންނަތުގެ މޫނަށް އެޅެ އެވެ. ދެމީހުނަށް ވެސް ތިބީ އެހާ ބޮޑަށް ކައިރި ވެވިފަ އެވެ. އަބްޔާން މަޑުމަޑުން ޖަންނަތުގެ ގައިން ދޫކޮށްލާ ދުރަށް ޖެހިލީ ގަސްތަކުތެރެއިން މޫސަ ނިކުމެގެން ޒީނަތު ކައިރިއަށް ދާން ފެށުމުންނެވެ. ނަމަވެސް ހިފިފައި އޮތް ޖަންނަތުގެ އަތަކުން […]
“ނާހަމަ ތެދެއްތަ؟ ހުޅުމާލޭގަތަ އޭނަ އުޅެނީ؟ އެހެންވިއްޔާ މަންމަ ބޭނުން އޭނައާއި ބައްދަލުކުރަން. ބަދޫރާ ވެސް ހުރިތަ ކައިރީގައި” ހަރީރާ ސުވާލު ކުރިއެވެ. “މަންމަ ބުރައެއް އުފުއްލަވާނެ ކަމެއް ނެތް. މިރަށުގައި އުޅެންޏާ އަޅުގަނޑު އޭނަ ހޯދާނަން. އެކަމަކު ބަދޫރާއެއް ނެތް ކައިރިއަކު. އެކަނި ހުރީ” ސާރާ އޮޅުންފިލުވަ ދެމުން ދިޔައެވެ. “ތިހެންވިއްޔާ މިހާރުން ފެށިގެން އަހަރެންގެ އިންތިޒާރުކުރަން ފަށައިފި. މާމަގެ ޝިއުނީ އަށް” ހަރީރާއަށް ޖަޒުބާތީ ވެވުމުން ވަރަށް ފަސޭހައިން ރޮވުނެވެ. “މަންމާ ޝިއުނީ ދުނިޔޭގައި […]
ފުރަތަމަ ފަހަރަށް އަތޫޝާ އިސްނަގައި ޝައިމަންގެ މަޑު ތުންފަތުގައި ބޮސްދިނެވެ. ވެހެމުންދިޔަ ވާރޭ ދިޔައީ ހައްތަހާ ބޯކުރަމުންނެވެ. ވައިގަދަވެ ގުގުރީގެ އަޑު ފަޒާގައި ގުގުމަން ފެށިއެވެ. “ޝައިމަން…” ގުގުރީގެ އަޑަށް ސިހިފައި އަތޫޝާ ޝައިމަން އަށް ގޮވާލީ ބިރުންނެވެ. އޭރުވެސް ޝައިމަންގެ އަތްވަނީ އަތޫޝާގެ އުނަގަނޑުގައި ވަށާލެވިފައެވެ. “ބިރުގަތީތަ……. ހިނގާ ދާން…” އަތޫޝާގެ ކޮލުގައި ފިރުމާލުމައްފަހު ޝައިމަން އަތޫޝާގެ އަތުގައި ހިފީ ގެއާ ދިމާލަށް މިސްރާބު ޖެހުމަށެވެ. ވެހެމުންދާ ވާރޭތެރޭގައި އަތް ޖޯޑުކޮއްލައިގެން ހިނގަމުން ދިޔަ އަތޫޝާ […]
“އައްސަލާމަލައިކުމް.. ޝިމާލް މީ ޝާޔަން..” ފޯން ނެގުމާއެކު އިވުނީ ޝާޔަންގެ މަޑުމައިތިރި އަޑެވެ. ސަލާމުބަލައިގަތުމަށްފަހު ގުޅީ ކަމެއްގަ ތޯ އަހާލީމެވެ. “މިއަދު މެންދުރު ޒައިކްއާ އަހަރެން ދޭ ކެއުމަކަށް ދަޢުވަތުދޭން ވެގެން މިގުޅީ.. ޝިމާލްގެ ކޮއްކޮއާ ދެމީހުންނަށް.. އެއްގަޑި ބައިގަ އަންނައްޗޭ ހަނދާންކޮށް..” ކުއްލިއަކަށް ޝާޔަން އެ ގުޅީ ކެއުމަކަށް ދައުވަތުދޭން ހެއްޔެވެ؟ އަނެއްކާ ކިހިނެއް ވީ ހެއްޔެވެ؟ އިތުރު ވާހަކައެއް ނުދައްކާ އޭނަ ފޯންބޭއްވިއެވެ. އެޑްރެސް އެސް އެމް އެސް ކޮށްފައިއޮތެވެ. ހުކުރުން އައިގޮތަށް ދެމީހުން […]
އަތިރި މައްޗަށް ދިޔައިރު ވަރަށް ގިނަމީހުން އަތިރިމަތީ ތިއްބެވެ. އަބްޔާންއަށް ޖަންނަތު ފެނުމުން ބަލަހައްޓައިގެން ހުރެވުނީ އެވެ. ނޫރު އައިސް އަބްޔާންގެ ކޮނޑުގައި އަތް އަޅުވާލި އެވެ. “ބަލާލަ އެހެރަ ރީތި ކަމެއް. މަށަށް ހީވަނީ ޖަންނަ ދެކެ މަށަށް ލޯބި ވެވިއްޖެ ހެން.” އަބްޔާން ނޫރުއާއި ދިމާއަށް ކުއްލި އަކަށް ބަލައިލި އެވެ. “އަނެއްކާ ނުބައި އެއްޗެއްތަ މި ބުނެވުނީ؟” ނޫރު ބުމަ ހިއްލާލަމުން ލާނެތް ހިންޏެއް އައިސްފައި އަހާލި އެވެ. “ނޫރު، ތިހީކުރަނީ ކީކޭ؟” […]
ޖަމާލްއާއި އަބްޔާން ވާހަކަ ދައްކަން ތިބެފައި އަބްޔާން ކޮޓަރިއަށް ދިއުމަށް ތެދުވެފައި ބޭރުދޮރަށް ބަލަހައްޓައިގެން ހުރެވުނީއެވެ. “ހިބް؟” އަބްޔާންއަށް ބުނެވުނެވެ. އަބްޔާން އެހެން ބުނުމުން ޖަމާލްވެސް ދޮރާއި ދިމާއަށް ބަލައިލި އެވެ. އަދި ކޮޅަށް ތެދުވެވުނެވެ. އޭރު ފިކުރީއާއި އެކު ހިބާ ހުއްޓެވެ. ފިކުރީ އަކީ އެގޭ ދޮރުކައިރީ ހުންނަ ގާޑެކެވެ. ފިކުރީ ހުރީ ހިބާގެ ފޮށި ހިފައިގެނެވެ. “ދަރިފުޅާ؟ މިގަޑީގަ؟” ސުވާލުން ފުރިގެންވާ ބެލުމަކުން ބަލައިލަމުން ޖަމާލްއަށް ވެސް ބުނެވުނެވެ. “ކިހިނެއްވީ؟” ފޮށްޓާއިދިމާއަށް ބަލައިލަމުން ޖަމާލް […]
“އައި އެމް ރިއައީ ސޮރީ…” ސަލާމުކުރުމަށް އަތްދިއްކޮށްލިއިރު އަތުގައި ނޫރު ދިން މާ އޮތްކަމެއް ހަނދާނެއްނެތެވެ. ލަދުރަކި ގޮތަކަށް ހީލަމުން މާ ހިފައިގެން އޭނަ އެތެރެއަށްވަނެވެ. ގަޑިޖެހޭތީ އަވަހަށް ދެވޭތޯއެވެ. ހަފްތާ ވޭތުވެގެން ދިޔައީ ވަރަށް އަވަދިނެތިކޮށެވެ. ދޭތެރެ ދޭތެރެއިން ޝާލީއާއެކީ ޝާޔަލް ގެއަށް އައިސް އުޅެއެވެ. އަހަރެން ފެންނަ ކޮންމެ ފަހަރަކު ލަދުރަކި ހިނިތުންވުމެއް ހަދިޔާކުރެއެވެ. އަހަރެންވެސް ރައްދުގައި ހިނިތުންވެލަމެވެ. ފުރާ ދުވަސްވެސް އައިސް ޖެހިއްޖެއެވެ. ދޮންބެ އަހަރުމެން ފުރުވަން އެއަރޕޯރޓަށް އައިސް ހުއްޓެވެ. […]
އަހަރެން ހުރީ ދެލޯ ވަރަށް ބޮޑަށް މަރާލައިގެން ބޮލުގައި ދެއަތުން ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ. “އެމަންޖެއާއި ކައިރިނުވާތި” ހީވާގޮތުން ދޮންބެ އުޅުނީ އަހަރެންގެ ކައިރިއަށް އަންނާށެވެ. އެކަމަކު މުހައްމަދުފުޅުގެ އަޑު އިވުމުން ދޮންބެ ހުއްޓުން އެރިއެވެ. އަހަރެން މަޑުމަޑުން ދެލޯ ހުޅުވާލެވޭތޯ މަސައްކަތް ކުރީމެވެ. ދެލޯ ހުޅުވުނު ނަމަވެސް އަހަރެންނަށް ތަންތަން ފެންނަމުން ދިޔައީ ވަރަށް ނުސާފުކޮންނެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލަމުން އަހަރެންނަށް މަޑުމަޑުން އެތަނަށް ތިރިވެވުނެވެ. “ކޮއްކޯ” ދޮންބެގެ އަޑު އިވުނެވެ. އަހަރެން އެދިމާލަށް ބަލާލީމެވެ. […]
“ހިބާ!” ފައުޒާންއަށް ހިބާގެ އިސްތަށިގަނޑު ފެނިފައި ބާރަކަށް ހިބާއަށް ގޮވާލެވުނެވެ. ހިބާ ސިއްސައިގެން ގޮސް ހޭލާ ބަލައިލި އެވެ. ހިބާގެ ލޯ ބޮޑުވެގެން ދިޔައެވެ. ލިބުނު ހައިރާން ކަމުން އަނގަމަތީ އަތް އެޅުނެވެ. ލޮލުން ކަރުނަ ނިރާލި އެވެ. ފައުޒާންއަށް އެއީ ކާކުގެ އަމަލެއްކަން ދެނެގަންނާކަށް އުދަގުލެއް ނުވި އެވެ. ފައުޒާން ކައިރިއަށް ރުޅި އައިސްގެން ތިރިއަށް ފޭބި އެވެ. އަދި ނަދުވާގެ ކޮޓަރީގައި ބާރަކަށް ތަޅައި ގަތެވެ. “ނަދުވާ! ނަދުވާ!” ފައުޒާން ބާރަކަށް ނަދުވާއަށް ގޮވަމުން […]