Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 14..

kamana Level 310 Stories500 Comments100 Comments
April 20, 2016 8 Mins Read
18 Comments

“ޝައިމަން” ޝައިމަން ކޮއްލި ކަމަކުން އަތޫޝާ އިނީ އަޖައިބު ވެފައެވެ.

“މި ކުޑަ ރަބަރު ގަނޑަށް އަނިޔާއެއް ދޭންތަ މި އައްސައިގެން ތިއުޅެނީ….. ހެޔޮވާނެތަ” އަތޫޝާގެ ބޮޑު ފަން އިސްތަށިގަނޑުގައި އައްސާފައިވާ ރަބަރު ގަނޑު ނައްޓާލަމުން ޝައިމަން ބުންޏެވެ. އަތޫޝާއަށް ކަޅި ޖަހާނުލާ ޝައިމަންއާ ދިމާލަށް ބަލަން އިނދެވުނެވެ. އެއްމިޔަނަކުން ހީލައިގެން ހުރި އިރު އެ ހިނިތުންވުން ނުފެންނަތާ އެތަކެއް ދުވަހެއް ވެދާނެއެވެ. ޝައިމަން ކިތައްމެ ނޫން ކަމަށް ހެދުނަސް އަތޫޝާގެ ރީތިކަމަށް ބެލެނީއެވެ. މޫނުމަތިން ކިތައްމެ ހަމަޖެހެން މަސައްކަތް ކުރިއަސް ހިތް ތެޅިފޮޅެނީއެވެ. ޖެހެމުން ދިޔަ މަޑު ވައިރޯޅި ތަކުން ހެލިލާ އިސްތަށި ގަނޑު ހީވަނީ ހުވަފެނެއްހެންނެވެ.

“ދެން….. ތިވެސް ޝަމް އަތުން ހޯދި އެއްޗެކޭ…. ތި ގެނޭ…. ޝައިމަން… ” ޝައިމަން އަތުން ވޫލް ގަނޑު އަތުލަން އަތޝާ މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. އަތޫޝާ އުޅޭގޮތުން ޝައިމަންއަށް ވީ މަޖާ ކަމަކަށެވެ. “މި މިޅި މާލޭން ތި ބޮލުގަ ޖަހާނެ ވޫލު ކޮޅެއް ނުލިބޭނެ….. ތަލަ ކޮއްލާ… އުދަގުލެއް ވެސް ނުވޭތަ…” ޝައިމަން އެހެން ބުނުމުން އަތޫޝާ ލޯއަޅާލިއެވެ.

“ބިރުގަނެއްޖެ…. ހެހެހެހެހ އެކަމަކުވެސް ނުލިބޭނެ…. މިރޭ ރެޑީ ވައްޗޭ ކާންދާން……………. ޝާޝާ… ތިހެން ހުންނަ އިރު މާ ރީތި އެނގޭ…. ސީ ޔޫ…..” ޝައިމަން ދަމުން ބުނެލި އެއްޗަކުން އަތޫޝާގެ އަތްފަތް ފިނިވިއެވެ. ޝައިމަން ދިޔަ ދިމާލަށް ބަލަން އިނދެވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. އަމިއްލައަށް އިސްތަށި ގަނޑު ރީތި ކޮއްލެވުނީ ޝައިމަން އެހެން ބުނުމުންނެވެ.

************

ހެނދުނުގެ ނާސްތާއަށް ހުރިހާ އެންމެން ކާމޭޒަށް ޖަމާވެފައި ވާއިރު މޭޒުމަތީގައި ވަނީ ކުލަ ގަދަ ކާތަކެތިން ފުރާލާފައެވެ. ބަޓަރާއި ޖޭމާއި، ޖޫހާއި، ކިރާއި އަދި އެތަކެއް ބާވަތެއްގެ މޭވާއެވެ.

“މަމްދޫހު ހިތްހަމަ ޖެހޭތަ އޮފީސް” ޕާން ފޮއްޗެއްގައި ބަޓަރު އުނގުޅަމުން އާދިލް އަހާލިއެވެ. “އަދި ރަނގަޅު.. ޝައިމަން އާއި އެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ…” މަމްދޫހުގެ މޫނުމަތިން ހތްހަމަ ޖެހުމުގެ ކުލަފާޅުވެއެވެ.

“ދަރިފުޅާ… ރާނީ..”

“މަންމާ… އަޅުގަނޑު ޝާޝާ ދެކެ ވަރަށް ލޯބިވޭ… ހަޔާތެއް ފައްޓަންޔާ އަޅުގަނޑު ބޭނުންވަނީ އެކުއްޖާ އަކީ ޝާޝާ އަށް ވުން” އާޝިޔާ ދައްކަން އުޅެނީ ކޮން ވަހަކައެއްކަން އެނގި ހުރެ މަމްދޫހު ހިތުގައި ވާ އެއްޗެއް ހާމަ ކުރިއެވެ.

“އަދިވެސް އަތޫޝާ ފަހަތުން ނުނެއްޓޭ ދޯ… ބުނަން މަމްދޫހު އެކަހަލަ އަންހެނެއް ދުވަހަކު މިގެއަށް މަ ދިރި ހުއްޓަކާއެއް ނުވެއްދޭނެ…. މަގޭ ރުހުންވެސް ނުލިބޭނެ..” އާޝިޔާގެ ރުޅި ގަނޑު ދިޔައީ ގަދަ ވަމުންނެވެ.

“މަމްދޫހު ތީ ކޮންކަމެއް… ދެން ދޭ އޮފީހަށް…. ” އާދިލް މަސައްކަތް ކުރީ އާޝިޔާ ހަމައަކަށް އޭޅޭތޯއެވެ. “އާޝިޔާ ބަލި ވެދާނެ.. ހަމަޖެހިލަބަލަ” އާޝިޔާއާއި އަރާ ހަމަވަމުން އާދިލް ބުންޏޭވެ. އެގަޑީގައި އާޝިޔާގެ ސިކުންޑިއަށް މޮޅު ހިލާލެއް ވަނެވެ. “އާޝިޔާ…” އާދިލްގެ އަތުތެރެއަށް ތިރިވަމުން ދިޔަ އާޝިޔާ ފެނި އާދިލް އަށް ގޮވާލެވުނެވެ.

“މަންމާ….. ދޮންބޭ… ދޮންބޭ” ދޮރުން ނިކުމެ ނިކުމެ ހުރި މަމްދޫހަށް ސަނާ ބާރަކަށް ގޮވާލިއެވެ. “މަންމާ” އާޝިޔާއަށް ވަމުންދާގޮތް ފެނި މަމްދޫހުއަށް ތެޅި ގަނެވުނެވެ.

“މަމްދޫހު ކައިރީގައި ބުނިން ދޯ މަންމަ ރުޅި ނާރުވާށޭ…ދެންވެސް އެންބިއުލެސްއަށް ގުޅާބަލަ” އޭރުވެސް އާދިލް އާޝިޔާގެ ގައިގަ ހިފަހައްޓައިގެން އިނެވެ.

އޭޑީކޭ ހޮސްޕިޓަލްއަށް އެންބިއުލެސް ކައިރި ކުރުމާއެކު ބެޑަކާއެކު ދެތިން މީހުން ނިކުތެވެ. އާޝިޠާ ވެއްދުނީ އެމެޖެންސީ ރޫމަށެވެ. މަމްދޫހު މޫނުމަތިން ފެންނަމުން ދަނީ ހާސްކަމެވެ.

“ދޮންބޭ…” ހަށަން ބަދެގެން ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި މަމްދޫހުގެ ކޮނޑުގައި ފިރުމާލަމުން ސަނާ ހިތްވަރު ލައިފދނެވެ. “އަހަރެން ހަނދާން ނެތުނީ…..” މަމްދޫހުގެ ދެލޮލުން ފެންނަމުން ދިޔައީ ހިތްދަތި ކަމެވެ. ލޯބިވާ މަންމަ އަށް ކަމެއްވެއްޖެއްޔާ ދުވަހަކު އަމިއްލަ ނަފްސަށް މާފެއް ނުކުރެވޭނެއެވެ. ސަނާ އާއި މަމްދޫހަށް އެއްފަހަރާ ބަލާލެވުނީ ބާރު ހިނގުމެއްގައި އަންނަ އާދިލް ފެނިއެވެ.

“މަންމަ ކުރިން ދެއްކި ޑޮކްޓަރު ވީ ޗުއްޓީގަޔޯ… އޭނަ ނަމަ ފަސޭހަވިސް” ގޮނޑީގައި އިށިންނަމުން އާދިލް މޫނުގައި ހުރި ދާތިކިތަށް ފޮހެލިއެވެ. “ބައްޕާ މަންމައަށް ކަމެއް ނުވާނޭ…..” ސަނާ އާދިލް އާއި ޖެހިގެން އިން ގޮނޑީގައި އިށިންނަމުން ބުންޏެވެ.

“ބައްޕާ… އަޅުގަނޑަށް މާފުކުރޭ….. މަންމަ ބޭނުންވަންޔާ ރާނީ އާއި އިންނަން އަޅުގަނޑު ތައްޔާރު” ހިތުގައި އަތްއަޅަމުން މަމްދޫހު އިއްވާލިއެވެ. “ދަރިފުޅާ ބައްޕަވެސް ބޭނުން ދަރިފުޅަށް އުފާވެރި ދިރިއުޅުމެއް ލިބެން… އެކަމަކު މަންމަވެސް…” އާދިލް އަށް ނުބުނެވުނެވެ. އެވަގުތު އެމެޖެންސީ ރޫމް ދޮރުހުޅުވާފައި ނިކުތް ޑޮކްޓަރު ބުނި އެއްޗަކުން އާދިލް އަށް ހުރެވުނީ ގަބޫލު ނުކުރެވިފައެވެ.

“ޝީޒް ނޯރމަލް… އައިވީ ހުސްވީމަ ގެއަށް ގެންދިޔަސް އެންމެ ރަނގަޅު” އާދިލްގެ ކޮނޑުގައި ޖަހާލަމުން ޑޮކްޓަރު ބުންޏެވެ. “އެކަމު ހިތުގެ މައްސަލަ އޯ… ބީޕީ އޯ… ” އާދިލްއަށް އެއްފަހަރާ އެތަކެއް ސުވާލެއް ކޮއްލެވުނެވެ.

“ހެހެހ ޔެސް ބީޕީ ހައި….. ބަޓް ދެޓް އިސް ނޮޓް އަ އިޝޫ… ހިތުގެ އެއްވެސް މައްސަލަ އެއް ފާހަގައެއް ނުކުރެވޭ… ރެޕޯޓް ތަށް ހަމަ ނޯރމަލް…” ޑޮކްޓަރު އެހެން ބުނެ ހިނގަގަތީ އާއިލާއަށް ފުރުސަތު ދެމުންނެވެ.

“ބައްޕާ…” އާދިލް އަތުގެ އިޝާރާތުން މިވަގުތަކު ނޫނޭ ބުނެލިއެވެ.

ވޯޑަށް ގެނައި އާޝިޔާ އޮތޯ ގަދަ ނިދިން ނިދާފައެވެ. އާޝިޔާ ކައިރީގައި އާދިލް މަޑުކުރީ ދަރިން ފޮނުވާލުމައްފަހުގައެވެ. އާޝިޔާ އާއި ދައްކަން ޖެހޭ ވާހަކަ ތަކެއްވެސް ހުރުމާއެކުއެވެ.

އެއްގަޑި އިރަށް ފަހު އާޝިޔާ ހޭލީ ރީތި ހުވަފެނެއް ބަލައިލުމައްފަހު ގައި ކަން އެނގެއެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ހިނިތުންވުމެކެވެ. “އާޝޔާ….. ފެން” ކައިރީގައި އިން ތައްޓަށް ފެން އެޅުމައްފަހު އާދިލް އާޝިއާއަށް ދިއްކޮއްލިއެވެ.

“ވާހަކަ އެއް އަހާލަންތަ” އެންމެ ފުރަތަމަވެސް އާދިލް ހުއްދައަށް އެދުނެވެ. އާޝިޔާއަށް ފެންތަށި ބޯން އިން ފެންކޯވަރު ދިރުވާލެވުނީ ގަދަކަމުންނެވެ. ބުނަން އެއުޅެނީ ރަނގަޅުވާހަކައެއް ނޫންކަން އާޝިޔާއަށް އާދިލްގެ މޫނުމަތިން ސާފުވިއެވެ. “އާޝިޔާގެ ހިތުގެ މައްސަލަ އުޅެއޭ ބުނެ ދޮގު ހެދުވީ ޑޮކްޓަރަށް ކިތައް ރުފިޔާ ދީގެން” އާދިލް ބޭނުންވީ ޔަގީން ކުރާންށެވެ. ހީވާ ހީވުން ޔަގީނަށް ބަދަލު ވެއްޖެއްޔާ ވާނެގޮތެއްވެސް ނޭނގެއެވެ. އާޝިޔާގެ މޫނުމަތިން ފެންނަމުން ދިޔައީ ޙާސްކަމެވެ. “އާ އާދިލް ކީކޭ ތިކިޔަނީ” ހަމަ ޖެހެން މަސައްކަތް ކުރިއަސް އާޝިޔާގެ އަތް ތުރުތުރު ލަނީއެވެ.

“އާޝީޔާ… ތެދަށް ބުނެބަލަ… ރުޅި ނާންނާނެމޭ…” އާދިލް ހަމަ ޖެހެން މަސައްކަތް ކުރިއެވެ. ” ދެހާސް ޑޮލަރު ދީގެން” ބިރުން އިނދެ އެންމެ ފަހުން އާޝިޔާ ބުންޏެވެ. އާދިލް ކޮޅަށް ތެދުވީ ރުޅި އައިސް ގެންނެވެ. އެހެން ނަމަވެސް ދެއަތުން ބޮލުގެ އިސްތަށި ގަނޑޫގައި ފިރުމާލުމައްފަހު ހަމަޖެހިލިއެވެ. “އާޝިޔާ އަތޫޝާ ދެކެ ހަމަ އެވަރަށް ރުޅި އާދޭތަ” އާދިލް ހަމަޖެހެން މަސައްކަތް ކުރަމުން އަހާލިއެވެ.

“ވަރަށް ފޫހިވޭ… އޭނަ އެއުޅެނީ އަހަރެމެންގެ މުދާ ގަނޑާ… އަހަރެން..” އާދިލް އާޝިޔާއާއި ދިމާލަށް ބަލާލި ނުރުހިފައެވެ. ” އަހަރެން ހީނުކުރަން އާޝިޔާ ތީ ތިހާ ދައްފެންވަރަށް ވެއްޓިދާނެ މީހެއްކަމަށް… އާޝިޔާ އަށް ހަމަ ނޭނގެނީތަ މަމްދޫހު އަތޫޝާ ދެކެ ލޯބިވާ ވަރު… އާޝިޔާ އެރޭ މަމްދޫހަށް ކިހިނެއް ހެދީ… ބުނޭ… އަހަރެންނަށް އެނގޭ އޭރުވެސް އެ ފޮޓޯ ހެއްކަކަށް ނުފުދޭކަން… އާޝިޔާ އަށް ހަމަ ނޭނގެނީތަ މަމްދޫހުގެ އުފަލަކީ އަތޫޝާކަން.. އަހަރެން ގަބޫލު އަތޫޝާ އާއި މަމްދޫހު ގުޅެން… އާޝިޔާގެ ރުހުމެއް ބޭނުމެއްނުވާނެ… ހިނޣާ ގެއަށް” އާދިލްގެ ވާހަކަ އަޑުއަހައި އާޝިޔާ އިސްޖަހާލިއެވެ. އާދިލް އާ ޒުވާބު ކުރަން ވެއްޖެއްޔާ މޮޅު ނުވާނެކަން އެނގެއެވެ. އެއްގޮތަކުން ނޫނިއްޔާ އަނެއްގޮތަކުން ވިޔަސް މަމްދޫހު އާއި އެ އަތޫޝާ ގުޅުނަ ނުދޭނަމޭ އާޝިޔާ ޒަމީރު ބުނެލިއެވެ.

………………………….

“ކިހިނެއްވީ… ކޮން ވިސްނުމަކަށް ގެއްލިފަ” ސޯފާގެ ބޮޑު ގޮނޑީގައި އިށީދެލައިގެން ހުރި މަމްދޫހު ފެނި ޝައިމަން އަހާލިއެވެ. “ކަމެއް ނުވޭ… އަހަރެން އަބަދު މިތާގަ ދޯ…. އަސްލު މަންމަ ހޮސްޕިޓަލްގައި ބާއްވައިގެން… ބައްޕަ ބުނެފި ރަނގަޅޭވެސް… ” މަމްދޫހުއާއި ޖެހިގެން ޝައިމަން އިށީނޭނެވެ. “އެކަމަކު ކޯޗެއް… “މަމްދޫހަށް ކޮންމެވެސް ކަމެއް އުދަގޫކުރަމުން ދާކަން ޝައިމަންއަށް އެނގެއެވެ. “އެއްޗެއް ނޫން.. މިރޭ ދާނެދޯ…” މަމްދޫހު އެބުނީ އަތޫޝާގެ ވާހަކަ ކަން ޝައިމަންއަށް އެނގުނެވެ. ޝައިމަން ބޯ ޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. މަޑު ހިނގުމެއްގައި ގޮސް އަމިއްލަ ބޮޑު ގޮނޑީގައި އިށީދެލީ މަސައްކަތާއިގެން މައްސޫލުވުމަށެވެ. “ދިޔައީ… މަވެސް ހުންނާނެ ނިންމަން ޖެހޭ އެއްޗެހި” މަމްދޫހު ދަންދެން ޝައިމަން މަސައްކަތާއިގެން ބިޒީވެގެން އުޅުނެވެ. މަމްދޫހު ކެބިން އިނެ ނިކުތުމާއެކު އަތުގައި އޮތް ފައިލް އަތުގެ ކޮޅަށް ޝައިމަން ހޫރުވާލީ ދޮރާ ދިމާލަށެވެ. އެއީ މަމްދޫހަސް ދިން ހަމަލާއެކެވެ. ފުން ނޭވާއެއް ބޭރުކޮއްލުމައްފަހު މަމްދޫހު ދޮރުކައިރިއަށް ވެއްތިފައި އޮތް ފައިލް ނަގާ ފޮޅާލިއެވެ. މިރޭ އަތޫޝާ އެއްކޮށް ބީވެގެން ދާނޭ ހިތް ބުނެއެވެ.

*********

“އޭރުވެސް މަށަށް އެނގޭ ތިކަހަލަ ޅަ އެއްޗެއް އަޅާނެކަން… އަޅެ އާޝިޔާ ދިން ލާރިގަނޑު ހޮފައިގެނެއް ނޫންތަ އޭނަ އެދިޔައީ” ޒުލޭހާގެ މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުމެވެ. “މަށެއް ހަނދާނެއް ނެތޭ…. ޒުލޭޙާ މަމި ބުނީ ރާނީ އިންނާނީ މަގޭ މަމްދޫހުއާ… އެއީ އަހަރެން ވާ ވައިދެއް..”

“އަސްލުތަ… އާޝިޔާ ދައްތާ.. ތެންކްޔޫ” ކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަތް ރާނިޔާއަށް އާޝިޔާ ބުނި އެތި އަޑު އިވުމުން ދުވެފައި ގޮސް އާޝިޔާ ގައިގަ ބައްދާލިއެވެ. “އަސްލު ރާނީ މަމްދޫހު ދެކެ ވަރަށް ލޯބިވޭ… ދެރަވެސް ވޭ މަމްދޫހުގެ ވެށިންގަ އެގޮތަށް ކަންތަށް ކުރެވުނީމަ… އެކަމް މަމްދޫހު އަންޑާރސްޓޭންޑް ވާނެދޯ….” އެއްފަހަރު އާޝިޔާގެ މޫނަށް އަނެއްފަހަރު ޒުލޭހާގެ މޫނަށް ބަލާލަމުން ރާނިޔާ އަހާލިއެވެ. އާޝިޔާ ރާނިޔާގެ ބޮލުގައި ފިރުމާލަމުން ބޯ ޖާހާލިއެވެ.

ރާނިޔާ ބޮޑުވަމުން އައީ މަމްދޫހު އާއި އެކުއެވެ. އާޝިޔާ އާއި ޒުލޭހާގެ އޮންނަ ގާތް ގުޅުމުގެ ސަބަބުން ކޮންމެ ތާކަށް ދިޔަސް ދަނީ ދެމީހުން ގޮވައިގެން އެކުއެކީގައެވެ. މަމްދޫހު އާއި ރާނިޔާގެ ހަތަރު އަހަރު ތަފާތު ހުއްޓަސް ދެމީހުންގެ މިޒާޖު ވަރަށް ގުޅެއެވެ. ރާނިޔާއަށް މަމްދޫހު ކަމުދާން ފެށީ ގުރޭޑް ހަތެއްގައި އުޅުނުއިރުން ފަށައިގެންނެވެ. އެކުގައި އުޅޭ ރައްޓެހިންނަން މަމްދޫހު ރީތިވެ އެކަހަލަ ވާހަކަ ދައްކަން ފެށުމުން ރާނިޔާގެ ހިތް ޖެހުނީއެވެ. މަމްދޫހު މަތީ ތައުލީމު ހާސިލް ކުރަން ފުރި ދުވަސް އެއީ ރާނިޔާ ރޮއި ހަލާކު ވި ދުވަހެއެވެ. މަމްދޫހުއާއެކީ ދާން ބޭނުންވިޔަސް ނުދެވުނީ ނުވައެއްގައި އުޅޭތީއެވެ. ޒުލޭހާ ނުފޮނުވީތީއެވެ.

ވަމުން އައި ލޯބި ފުންވެ އިންތިޒާރު ކުރެވެމުން އައީ މަމްދޫހު އަންނާނެ ދުވަހަކަށެވެ. އެހެން ނަމަވެސް ގްރޭޑް ބާރަ ނިމުމާއެކު މެލޭޝިޔާއަށް ދިޔައީ ދާހިތަކުންނޫނެވެ. ޒުލޭހާ އެދުމުގެ މަތިންނެވެ. އަދި މަމްދޫހުއާއި ދިމާވުމުގެ އުންމީގައެވެ.

ރާނިޔާ ކުރަމުން އައި ހުރިހާ އުންމީދަކާއި ހުވަފެންތަކެއް ވިއްސި ވިހާލިވެގެން ދިޔައީ މާލެ އައި ދުވަހު ފެނުނު މަންޒަރުންނެވެ. މަމްދޫހުގެ އަތުތެރޭގައ އޮތް އަތޫޝާ ފެނި ރާނިޔާ ރުޅިއައެވެ. ދެރަވެސް ވިއެވެ. އަނބުރާ ގެއަށް ގޮސް އެތަށް އިރެއް ވަންދެން ރުއެވެ. ހަމައަކަށް އެޅުނީ ލޯބިޥާ މަންމައާއި ބައްޕަގެ ބަސްތަކުންނެވެ. މަމްދޫހުގެ އުފަލަކީ އަމިއްލަ އުފާކަމަށް ދެކިގެން އައި ރާނިޔާއަށް ރަނުގެ ފުރުސަތެއް ލިބުނީ އާޝިޔާގެ ސަބަބުންނެވެ. އެއީ އަލުން ލޯބި ތާޒާވުމަށް މަގުފަހި އެންމެ ބޮޑު ސަބަބެވެ.

****************

މުޅި ކޮޓަރީ ތެރޭގައި ވަނީ ހެދުމެވެ. ކޮޓަރި ތެރޭ ކޮންމެ ކަނަކަށް ބަލާލިޔަސް އަންހެން ކުދިން އުޅޭ ކަމުގެ އެންމެ ބޮޑުތި ނިޝާން ތަށް ފެންނަން ހުއްޓެވެ.

“އަޅޭ އަހަރެން ކޯޗެއް ލާނީ… ޗަމް ބަލާބަލަ…” ފަހަރަކު ހެދުމެއް ހެޔޮވަރު ކުރަމުން އަތޫޝާ އަހާލިއެވެ.

“ޝަމް މީތިއޯ” ސަނާ ލޯގަނޑޫ ކުރިމައްޗަށް ހުއްޓިލުމުން އަހާލިއެވެ.

“ޝަމްއަށް ރީޗޭ ދެމީހުން ނަގައިގެން އިން ހެދުންވެސް… އެހެން ނޫނަސް މާ ހެދެނީ ކީއްކުރަންތަ.. މިދަނީ ދޮންބެ މެންނާއެކީ ހަމަ ކާލާކަންނު… ” ޝަމްހާ ތުން އަނބުރާލަމުން ބުންޏެވެ. “ސޮރީ ޝަމް… މި ނިމޭނީ އެނގޭ… ސަނާ އަވަސް ކުރޭ…” އަތޫޝާ އަތުގައު ޖެހުނު އެންމެ ފުރަތަމަ ހެދުން ނަގަމުން ފާހަނައާއި ދމާލަށް ދިޔައެވެ. “ޝަމް ލޯބި ވީމަ ވާނެ މިހެންވެސް… ހެހެހެހ” ޝަމްހާ ކައިރީގައި ސިއްރުން ސަނާ ބުނެލިއެވެ. ޝަމްހާ އަނގައަށް ގޮތެއް ހަދާލުމް ސަނާ ހޭންފެށިއެވެ.

“ކިހާ އިރަކު ދަނީ…” ސޯފާގައި އިށިންނަމުން ބާރީ ޝައިމަން ކުރެއް އަހާލިއެވެ. “އެމީހުން ނުނިކުމެގެން މިއުޅެނީ.. އަންހެން ކިޔައިފިއްޔާ ވާނެ މިވަރު” ޝައިމަން އެހެން ބުނުމުން ދެބަފައިން އެކު އެކީގައި ހޭން ފެށިއެވެ.

“ދަރިފުޅާ… ބައްޕަ ވާހަކައެއް އަހާލަންތަ..” ބާރީ ޝައިމަން އާ ދިމާލަށް ބަލާލިއެވެ.

“ދަރިފުޅަށް ޝާޝާ ކަމުދޭތަ..”

“ބައްޕާ ކިހިނެއްވީ..” ދެލޯ ބޮޑުކޮއްލަމުން ޝައިމަން އަށް އަހާލެވުނީ ތެޅެމުން ދިޔަ ހިތަކާއެކީގައެވެ.

“ކަމެއް ނުވޭ.. ބައްޕައަށް ކަމުދޭ… ދަރިފުޅަށް ކަމުދާނެ ކަމަށް ހީކުރީ އަޅާނުލާ…. .. ހޫމމމ ޝާޝާ މިގެއަށް އެއްކޮށް އައިސްފިއްޔާ ބައްޕަ ހާދަ އުފާވާނޭ…” ޝައިމަން އަށް ބާރީ ބުނަން އުޅޭ އެއްޗެއް ވިސްނުނެވެ. ހީލެވުނީ ހިތަށް ހަމަޖެހުން ލިބުމުންނެވެ.

“މިއޮށް ނިކުތީނު… އަވަހަށް އަންނައްޗޭ ދަރިފުޅުމެން…. ” ބާރީ އެހެން ބުނެ ހިނގައި ގަތީ ކޮޓަރިއާ ދިމާލަށެވެ.

ޝައިމަންއަށް ހުރެވުނީ ފަރި ހިނގުމެއްގައި އަންނަ އަތޫޝާ ފެނިއެވެ.ދަނބު ކުލައިގެ އަރި ފަޅާފައިވާ ދިގު ހެދުމެއްގެ ދަށުން ދިގު ކަޅު ޓައިޓެއްގައި ފެންނައިރު ވަރަށް ވެސް ފުރިހަމައެވެ. ޝައިމަންއަށް އަތޫޝާގެ އިސްތަށި ގަނޑަށް ބަލާވުނެވެ. ނިއްއަރުވާ ލުމައްފަހު ހީލެވުނީ ރޫޅާލައިފައިވާ ފަން އިސްތަށި ގަނޑު ފެނުމުންނެވެ. ޝައިމަން ބަލާކަން އެނގުމުން އތޫޗާ އިސްޖަހާލީ ލަދުންނެވެ.

“ހިނގާބަލަ ދާން…” އަތޫޝާއާއި ޝައިމަން ދިޔައީ ސިއްސައިގެންނެވެ. “ޕިސް ފިސް.. ހިނގާ…” ޝަމްހާ އާއި ދިމާލަސް ވައްތަރެއް ޖައްސާލަމުން ޝައިމަން ހިނގައިގަތެވެ.

އެންމެ އެކު އެކީގައި ގޮސް ވަނީ މޭރީ ބުރައުންއަށެވެ. ތިން އަންހެން ކުދިން މައްޗަށް ފޮނުވާލުމައްފަހު ޝައިމަންއާއި ވިޝާލް ކާއެއްޗެހިން ފުރިފައިވާ ޓްރޭ ހިފައިގެން އެރިއެވެ. ކެއުމަށް އެންމެން އިންސާފު ކުރަމުން ދިޔަ އިރު ވާހަކަ ދައްކަން ލަދުން އިނީ އަތޫޝާ އެކަންޔެވެ. ޝައިމަންގެ ކުރމަތީގައި ކެއުންވެސް ވީ އަތޫޝާއަށް އުދަގޫ ކަމަކަށެވެ. ރީތިކޮށް ފުނާ އަޅާފައިވާ ރީތި އިސްތަށި ގަނޑުގައި އެހެން ހުރެފައި އަތް ހިންގައިލާ ގޮތް ވަރަށް ވެސް ފުރިހަމައެވެ. އިރު އިރުކޮޅާ ހީލާ ގޮތުން އަތޫޝާއަށް ހީލެވެނީ އެ ހިނިތުންވުން ފެނިއެވެ.

ކައި ނިމިގެން އެންމެން ވެސް މިސްރާބު ޖެހީ ދުފާލުމަށެވެ. ވިޝާލް އާއި ސަނާ އެންމެނަށް ފިލީ ވަގަށެވެ. ގާޑިޔާއަށް އަރާ ހަމަ ވުމާއެކު އަތޫޝާއަށް އެއްފިޔަވަޅު ފަހަތަށް ޖެހެވުނެވެ.

“ޝާޝާ” މަމްދޫހު އަތޫޝާ ކައިރިއަށް އަންނަމުން ދިޔައެވެ.

“ޝާޝާ… މަމްދޫހު ވާހަކައެއް ދައްކަން ވެގެން… ” އަތޫޝާ ފަހަތަށް ދާން ފެށުމުން ޝައިމަން އަށް ބުނެވުނެވެ. އަތޫޝާއަށް ޝައިމަންއާ ދިމާލަށް ބަލާލެވުނީ އަޑު އިވުނީ ރަނގަޅާށްތީ ޔަގީން ކުރުމަށެވެ.

“ދޮންބޭ…… ” ޝަމްހާ ގާތަށް އައީ ރުޅިއެވެ.

އެކަކުވެސް ވާހަކަ ދެއްކުމެއް ނެތި ހިނގަމުން ދިޔައީ ފަސްގަނޑަށެވެ. ވާހަކަ ދެއްކުމެއްނެތި ގޮސް ގާނޑު މަތީގައި އަތޫޝާ އިށިނެވެ. މަމްދޫހު ކުރިއަށް ހިނގަ ގަތުމުން ޝަމްހާގެ އަތުގައި ޝައިމަން ހިފިއެވ.

“ދޮންބެ ވަޓް އިސް ރޯންގ ވިތް ޔޫ….” ޝަމްހާ އަށް ޝައިމަން އެގޮތަށް ކަންތަށް ކުރަންވީ ސަބަބެއް ނުވިސްނުނެވެ.

“ކީކޭ މަމްދޫހު..”

“ޝާޝާ އައި ލަވްޔޫ… އަހަރެން ކިހަ ވަރަކަށް މާފަށް އެދުނިއްޔާތަ މާފު ކުރާނީ… ޕްލީޒް އެންމެ ފަހަރަކު…” މަމްދޫހު ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ.

“މަމްދޫހު މާފު ކުރުމަކީ އިދަގޫ ކަމެއް ނޫން… އަހަރެން ވެސް ވީ ތެދުވެރި ލޯބި… މައްސަލަ އެއްނެތް.. މަމްދޫހުއަށް ނާދެވުނީ.. އެކަމަކު އެއީ ކީއްވެ… ބުނެބަލަ…………. ހަހަ ޖަވާބެއް ނެތްތަ.. އެހެންވިއްޔާ މީކޯއްޗެއް” ފޯނުގައި އިން ފޮޓޯގަނޑު ދައްކަމުން އަތޫޝާ އަހާލިއެވެ. މަންދޫހަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ކޮންމެ ގޮތަކަށް ވިޔަސް އެއީ ދޮގެކޭ ބުނެވޭކަށް ނެތެވެ. މަމްދޫހު އެއްޗެއް ނުބުނެ ހުރުމުން އަތޫޝާ ހައްތަހާ ރުޅި ގަދަވިއެވެ.

“މަމްދޫހު… މީގެ ފަހުން އަހަރެންނާ ވާޙަކަ ދައްކަން ނާންނާތި މިއަށް ޖާވަބެއް ނުދެވެންޔާ…….. އަދި އެއްވާހަކަ އަހަރެންވެސް ވަރަށް ލޯބި ވޭ.. ނޫން ވިން… މިހާރު ނޭނގެ މިހިތުގަ ތި ލޯބި ވާކަމެއް…” އަތޫޝާ ހިނަގއިގަތީ ޝައިމަން މެންނާ ދިމާލަށެވެ. މަމްދޫހަށް ހުރެވުނީ އަތޫޝާ ދިޔަ ދިމާލަށް ބަލަހައްޓައިގެންނެވެ.

އިންޒާރަކާ ނުލާ ބޯކޮށް ވެހެންފެށި ވާރޭ އަވަހަށް ހުއްޓާލާނެ ހެން ހިޔެއްނުވެއެވެ. “ޝާޝާ ހިނގާ ދާން.. ތެމެނީނު” ޝައިމަން އަތޫޝާ އަތުގައި ހިފަމުން ބުންޏެވެ.

“އަތް ނުލާތި.. އަހަރެން ކޮން އިރަކު ބުނީ ޝައިމަން ކައިރީގައި އަހަރެން މަމްދޫހު އާ ވާހަކަ ދައްކަން ބޭނުމޭ… އާހ ހަނދާން ވެއްޖެ.. މިއޮށް ހުރިހާ ދުވަހު ވާހަކަ ނުދައްކާ ހުރެފަ ވާހަކަ ދައްކަން ފެށީ އެހެންވެ ދޯ… ޝައިމަން އަހަރެން މީ ކުޅޭ ކުޅޭ އެއްޗެއް ނޫނޭ ބުނެވުނު ހަނދަން ވޭ… އެއީ އަހަރެން މަޖަލަށް ބުނި އެއްޗެއްނޫން..” އަތޫޝާގެ އަޑުގައި ކިތައްމެ ހަރުކަށި ކަމެއް އެކުލެވިފައި ހުއްޓަސް އެދެލޮލުން ކަރުނަ އަންނަކަށް ޝައިމަންއަށް އެނގެއެވެ. “ޝާޝާ ލެޓްސް ގޯ.. ގެއަށް ގޮސް ވާހަކަ ދައްކާނީ.. ބަލި ވެދާނެ” ދެމީހުންވެސް ވާރެއޭ ތެމި ފޯވެއްޖެއެވެ.

“އަތް ނުލާށޭ… ޝައިމަން އަހަރެންނާ ކައިރި ނުވިއްޔާ ރަނގަޅި… ނަސީބަކުން އަހަރެންނަށް އެކަނި އުޅެން ދަސްކޮއްދީފަ އަހަރެންގެ މަންމަ ނިޔާވީ” އަތޫޝާ ޝައިމަން ފަސްދީ ހިނގައި ގަތެވެ.

“ޝާޝާ… ހިނގާ ދާން…” ޝައިމަންގެ އަޑުގައި ނުރުހުންވިއެވެ.

“ނުދާނެމޭ.. ނުދާނެމޭނު މިބުނީ…” އަނެއްކާވެސް ޝައިމަންގެ އަތް ފޮޅުވާލުމައްފަހު އަތޫޝާ ކުރިއަށް ހިނގަގަތެވެ.

“ފައިން… ދޭން…..” ޝައިމަން އަށް ރުޅި ކޮންޓްރޯލް ނުކުރެވުނެވެ. އަތޫޝާ ޝައިމަން އާ ދިމާލަށް ބަލާލީ ގަބޫލު ނުކުރެވުފައެވ. އެދެލޮލުން ހަމަ ދާން ވީހޭ އަހާކަހަލައެވެ. ފަސްދީ ހިނގާފައި ދިޔަ އަތޫޝާ ފެނި ޝައިމަނަށް އަށް ކައިރިގައި އިން ގަހަށް ބޮޑިއެއް ދެވުނެވެ.

“ޝާޝާ.. ވައި އާރ ޔޫ ޑުއިން ދިސް… ޝާޝާ އަށް ހީވަނީތަ އަހަރެން މަޖާ ކުރަނީއޭ.. އަހަރެންގެ ހިތެއްވެސް އޮވެއޭ.. ޝާޝާ އަހަރެންނަށް ތިދޭ އަނިޔާ ކުޑަތަ…. ލަވިން ޔޫ ހާޓްސް” އަތޫޝާގެ އަތުގައި ހިފަމުން ޝައިމަން އިސްޖާހާލިއެވެ. އަތޫޝާއަށް ހީލެވުނީ ވީ އުފަލުންނެވެ. ޝާއިމަން އިސް އުފުލާ އަތޫޝާ އާ ދިމާލަށް ބާލާލީ އެމޫނުމަތިން ދޭހަވާ އެއްޗެއް ދެނެގަތުމަށެވެ. އަތޫޝާ މޫނުމަތީގައި ވީ ހިނިތުންވުން ފެނި “ރިއަލީ ” އޭ ބުނެވުނީ ކީއްވެ ކަމެއް ނޭނގުނެވެ.

ފުރަތަމަ ފަހަރަށް އަތޫޝާ އިސްނަގައި ޝައިމަންގެ މަޑު ތުންފަތުގައި ބޮސްދިނެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

މިހިތުގެ ލޯތްބޭ ތީ 24 (ފަހުބައި)

Next

މަންޝާ (ދިހަވަނަ ބައި)

Next
April 21, 2016

މަންޝާ (ދިހަވަނަ ބައި)

Previews
April 20, 2016

މިހިތުގެ ލޯތްބޭ ތީ 24 (ފަހުބައި)

18 Comments!

  1. naaanu says:
    April 20, 2016 at 6:50 pm

    Eyyyy kamanaaaaaaa….haaadha salhi ey vaaahaka….woooooooow ????

  2. Wow says:
    April 20, 2016 at 7:25 pm

    Wow ??? vara rythi story.. ALHE thankolhei avahah update khdhyba ??

  3. mamdhooh says:
    April 20, 2016 at 7:28 pm

    Reallyyyyyy??.. Shasha nd Shaiman tha❤❤❤❤

    1. mamdhooh says:
      April 20, 2016 at 7:31 pm

      Ehnveyey bunany kamana vareh nethey??.. Asluvx story dhaagoiy hama v v v Salhi.. luv it??❤❤

  4. Phy says:
    April 20, 2016 at 7:40 pm

    Mi v vaahaka genesdhenee week aku kithah dhuvahu tho….vvv reethi…nxt part ah waiting….

  5. kamanage varah bodu fane eh ;-) :-D :-P says:
    April 20, 2016 at 7:53 pm

    varah varah reethi…. 😀 but many mistakes 🙁 waiting fo the nxt prt

  6. Shif says:
    April 20, 2016 at 8:43 pm

    Wow ?? konirakun next part. Week aku kitah faharu mivaahaka genesdeny

  7. Hooo says:
    April 20, 2016 at 8:58 pm

    Den thie demeehun ingey gulhuvaanie. Mandhooh nugennah chey ingey. Eyrun story hadie veene.

  8. raaz says:
    April 20, 2016 at 11:02 pm

    woww. plis thankolheh avahah up koh dhyba. waiting waiting …… story v v v v varakah reethi!! ???????????? kamaa vareh nei ?????

    1. raaz says:
      April 20, 2016 at 11:04 pm

      varaaah reethi*

  9. munee says:
    April 21, 2016 at 12:39 pm

    vvv nice

  10. nym says:
    April 21, 2016 at 12:50 pm

    kobaa miadhu kiddy ammadey n ibbe ge cmnt eh nehtha? .. mi part vvvvvvvvvvvvvvv rythi kamanaaa .. keep it up 🙂

  11. Nikki says:
    April 21, 2016 at 2:13 pm

    wow…. finally smthng gud gonna happn in shaashaa’s life…. um really curious to knw wat will be mamdhooh’s reaction on that…. desperately waiting for the nxt part…

  12. Misty says:
    April 21, 2016 at 7:57 pm

    Alhey..enme salhi thankolhun thi ninmaaly . ? varah salhi.. Whn nxt prt??

  13. Mari says:
    April 21, 2016 at 8:19 pm

    Alhey..vvvv habeys..keep it up..kon irakun next part…eating eygey..varah kiyaa hivey

  14. Mari says:
    April 21, 2016 at 8:22 pm

    Waiting*

  15. Ushaaa says:
    April 22, 2016 at 12:11 am

    Kamanaaaaaaaaaaaaaaaaaaaaaaaaaaaa
    Avahah up kohbala

  16. mary says:
    April 22, 2016 at 7:34 am

    avaskondeybala waiting

Comments are closed.

Next Episodeހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 15..←


All Right Reserved!