“އާހް!” ހައިރާން ވެގެން ހިބާ ބަލައިލި އިރު އަޒްކާއާއި އަޒްމީލު ބަދިގެ ދޮރުމަތީ ހެވިފައި ތިއްބެވެ. ޝަކީލާ ވެސް ހިނި އައިސްފައި ހިބާއަށް ބަލަހައްޓައިގެން ހުއްޓެވެ. ހިބާ ހުރީ އަޖައިބު ވެފަ އެވެ. ބިސް ޖަހާފައި ހެވިފައި އެންމެން އެބަ ތިއްބެވެ. “ހެޕީ ބާރތް ޑޭ ޓޫ ޔޫ!” އެންމެން އެއް އަޑަކުން ލަވަ ކިޔަން ފެށި އެވެ. ހިބާއަށް އެއީ ހިބާގެ އުފަން ދުވަސް ކަން ހަދާނެއް ވެސް ނެތެވެ. އެމީހުން ލަވަ ކިޔަން ފެށުމުން […]
އެއި އެކަކު އަނެކަކުގެ އަތުތެރޭ ތިބެ އެދެމީހުންނަށް ނިދުނު ފުރަތަމަ ރެއެވެ. މިޝާލްގެ އަތުތެރޭ އޮވެ އަނޫޝާ ވިސްނިއެވެ. އަމިއްލަ ދިރިއުޅުމާ މެދުއެވެ. މިޝާލްއާ މެދުއެވެ. ޒިހާންއާ މެދުއެވެ. ޒިހާންގެ ޚިޔާލުތަކާ ދުރުވެ ހިތުން އެމަގާމު މިޝާލްއަށް ދިނުމަށް މަސައްކަތް ކުރަން އަނޫޝާ ނިންމިއެވެ. ލޯބި ނުވެނުނު ނަމަވެސް މިޝާލްއާ އެކުގައި އަނޫޝާއާ މިޝާލްގެ ދަރިފުޅާއެކު ހަމަޖެހޭ ރީތި ދިރިއުޅުމެއް އުޅެން އަނޫޝާއަށް ކުރެވުނު މަސައްކަތެއް ކުރާނެއެވެ. އަމިއްލަ ހިތަށް އެގޮތަށް ވިސްނައިދޭން އަނޫޝާ މަސައްކަތް ކުރިއެވެ. […]
އަހަރެން ބުނެފިނަމަ އައިރްއަށް ވިސްނައިގެން އުޅެން ފަސޭހަވާނެއެވެ. “އާސީން..” އައިރް ގޮވާލިއެވެ. އަހަރެން ސިހިފައި އައިރްއާއި ދިމާލަށް ބަލާލީމެވެ. “ލުކް.. އަހަރެން މިހާރު ފުލުހެއް ގޮތަށް މަސައްކަތް ކުރާ ވަރަށް ދުވަސް ވެއްޖެ.. އޭގެ ކުރިން އަހަރެން ކިޔަވަން ހުރީ ރާއްޖެއިން ބޭރުގައި.. އެހެންވީމަ އަހަރެންނަށް ވަނީ ވަރަށް ގިނަ ތަންތަން މިދުނިޔެމަތިން ފެނިފައި.. އަހަރެން ބުނަން މިއުޅެނީ އާސީންއަކަށް އަހަރެން ގަބޫލު ނުކުރާނެ ވާހަކައެއް ނުބުނެވޭނެއޭ” އައިރް އަހަރެންގެ ކުރިމަތީގައި އެއްކަކޫ ޖައްސައިގެން އިށީދެލިއެވެ. އަހަރެން […]
ފޯނު ކަނޑާލުމަށްފަހު މަންޝާ ގޮނޑިން ތެދުވެ ފޮތްތައް ހިފައިގެން ކޮޓަރިއަށް ދާން ހިނގައިގަތެވެ. ކޮޓަރިއަށް ވަދެ މަންޝާގެ ފޮތްތައް ބަހައްޓާފަ ހުންނަ ކަނުގައި ފޮތްތައް ބަރިއަކަށް ބަހައްޓާލިއެވެ. ހެދުން ބަދަލުކުރަން ގައިން ހެދުން ވަކި ކޮށްލުމުން އަނެއްކާވެސް ގައިގާހުރި ވަކިތަކާއި ނޫފައިގެންފައިވާ ތަންތަން ފެނުމުން މަންޝާގެ ހިތަށް ވެރިވީ ބިރުވެރިކަމެވެ. “މީ ކޮން ކަންތައް ގަނޑެއްބާ؟… ގައިމު އަހަރެންގެ ނިޔަފަތިވެސް ކަނޑާފަ ހުންނާނީ…. ދެން މީކޮން ވަކިތަކެއް؟….” ހިތާހިތުން އެތައް ސުވާލުތަކެއް ކުރަމުން ދިޔައީ އެކަމަކީ މަންޝާއަށް […]
ހިބާ ފޯނު ނަގައިގެން ގުޅަންދެން އިނެވެ. އިރުކޮޅަކުން ރިންގުވާން ފެށި އެވެ. ހިބާ ފޯނު ނެގުމާއި އެކު ފިޒާ ދިން ހަބަރަކުން ހިބާ ފުމެން ފެށި އެވެ. އަދި ފުންމައިގެން ސޯފާ މައްޗަށް އަރާ ހަޅޭއް ލަވަން ފެށި އެވެ. އުޅެވޭ ނޫޅެވޭ ގޮތްވެސް ހިބާއަކަށް ނޭގެ އެވެ. މަދިގެއިން މޫމިނާ ނުކުމެ ހިބާއާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. މިފަހަރު ރަށަށް އައި ފަހުން އެއްވެސް ގޮތަކަށް ހިބާ ބޭރަކަށް ނުދެ އެވެ. ތާ އަބަދު ގޭތެރޭ […]
“ބުނަން މަމްދޫހު.. އަހަރެންގެ އެހީއެއް ދުވަހަކު ތިކަހަލަ މީހަކަށް ނުދޭނަން… އެރޭ ތި ލޯބިވާ މީހާއަށް އަނިޔާ ކުރި އިރު އަހަރެންގެ ދެލޮލުން ދުށީމޭ…. ބުނަން އަތޫޝާއާ ދިމާލަށް ދެން ތި ދެލޮލުން ބަލާލިޔަސް މަމީ ނުބައި މީހެއްކަން އަންގާލާނަން…..” ޝައިމަންގެ މޫނުމަތިން ފެންނަމުން ދިޔައީ ނަފްރަތެވެ. “ޝައިމަން.. ޕްލީޒް” މަމްދޫހުއާއި ދިމާލަށް ބަލަން ހުރި ޝައިމަންއަށް ސިހުންކަން ލިބުނީ މަމްދޫހު ޝައިމަންގެ ކޮނޑުގައި ދެތިން ފަހަރު ޖަހާލުމުންނެވެ. އަތޫޝާއާއި މަމްދޫހުއާއި އެކަށީގެން ނުވެއޭ އެތަށް ފަހަރު […]
ލަތާގެ ނަޒަރު ޒޯހަން އަށް އަމާޒުވުމާއެކު ޒޯހަން އިސްޖަހާލިއެވެ. ލަތާ ދެން ބަލާލީ ކައިރީގައި އިން ޝިޔާރާއަށެވެ. ޝިޔާރާގެ ތުންފަތްމަތީގައި ވަނީ ނުފިލާ ހިނިތުންވުމެކެވެ. ޒޯހަން މަޑުމަޑުން ހިނގާފައި އައިސް ލަތާގެ ކުރިމަތީގައި ދެކަކޫމައްޗަށް ތިރިވެ އުނގުގައި ބޯއަޅާލިއެވެ. “މަންމާ.. އަޅުގަނޑަށް މާފްކުރޭ.. އަޅުގަނޑު ޝިޔާ އާއި ދޭތެރެ ކަންތައްކުރީ ވަރަށް އިހާނެތިކޮށް. އެއީ އަޅުގަނޑުގެ އަމިއްލަ ބާރުގައެއް ނޫން. ބަޔަކު އަޅުގަނޑުލައްވާ ކުރުވި ކަމެއް. މަންމާ އެބަޔަކު ގުރުޢާނުގެ ފައިދާ ނަހަމަ ގޮތުގައި ބޭނުންކުރީ. މަންމާ […]
“ދެން އިނަސް މީ އެހެން ގޮތަކަށް ލިބުނު ކުއްޖަކަށް ވާނެތަ މަންމާ؟ އެހެން ބައެއްގެ ދިރިއުޅުމުގެ ތެރެއަށް ވަދެ ހަލާކު ކުރުން ނޫން ކަމެއް ނުވާނެ… އެކަން އަހަންނަށް މިހާރުވެސް ކުރެވިއްޖެ… މިޝާލް އަހަންނާ ނީނަކަސް މީ އޭނަގެ ކުއްޖެއް ކަމަށް ގަބޫލު ކުރަންޏާ ފަހުންވެސް އޭނަ އެކަން ދަންނާނެ، އެހެން ވިއްޔާ އެނިމުނީ… އެހެން ކޮން ކަމެއްތަ ދެން އަހަރެން ބޭނުން ވާނީ؟” ޝަމްހާ ގޮތް ދޫކުރާކަށް ގަސްތެއް ނުކުރެއެވެ. އެހެންނާ ޝަމްހާގެ ވާހަކަ ހުންނަ […]
“މަށަކަށް ކޮފީއެއް ނުލިބޭނެތަ؟” އަބްޔާން އައިސް މޭޒުދޮށުގައި އިށީންނަމުން ބުނެލި އެވެ. ޖަންނަތު އެއްޗެއް ނުބުނެ ތެދުވީ އަބްޔާންއަށް ކޮފީ ހަދާށެވެ. ކުއްލިއަކަށް އަބްޔާން ޖަންނަތުގެ އަތުގައި ހިފެހެއްޓި އެވެ. ޖަންނަތު ހައިރާން ވެފައި އަބްޔާންއަށް ބަލައިލި އެވެ. “ވަރަށް މަދުން ކިރު އަޅާނީ.” އަބްޔާން އެހެން ބުނެލަމުން ޖަންނަތުގެ އަތުން ދޫކޮށްލި އެވެ. އަބްޔާންއަށް ކޮފީ ގިރައިދިނުމަށްފަހު ޖަންނަތު ބޯން އިން ކޮފީޖޯޑު ގައި ބާކީ އިން އެތިފޮދު އަވަހަށް ބޯލައިގެން ޖަންނަތު މައްޗަށް އެރި […]