Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 28

Ushaali
April 19, 2016
8 Mins Read
128 Views
65 Comments

ޝިޔާރާ އިންތިޒާރު ކުރާނެކަން އެނގޭތީ ޒޯހަން ދެފަޔަށް ބާރުލާ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ކޮޓަރީ ތަޅުގައި ހިފާ އަނބުރާލުމާއެކު ފަސޭހައިން ހުޅުވިއްޖެއެވެ. އެބޮޑު ކޮޓަރީގެ އެއްވެސް ހިސާބެއްގައި ޝިޔާރާ ފެންނަން ނެތުމުން ޒޯހަން ހިނގައިގަތީ އަޑު އަންނަ ފާހާނާ އާއި ދިމާލަށެވެ. ކުޑަކޮށް ފޭވެފައި ހުރި ދޮރު ދޭތެރެއިން ޒޯހަން އަށް ޝިޔާރާގެ އެއްވެސް ނިވާކަމެއް ނުވާ ހަށިގަނޑު ފެނުމުން ހިއްސުތައް ކޮޅަށް ޖެހިގެން ދިޔައެވެ. މާގަނޑުން ފައިބާ ފެންތަކަށް ވެސް ޒޯހަން ހަސަދަވެރިވިއެވެ. ދޮރުމަތީގައި ޝިޔާރާގެ ފަރި ހަރަކާތްތަކަށް ބަލަން ހުރީ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވައިގެންނެވެ. ޒޯހަންް ހަށިގަނޑުގައިވާ އަންނައުނުތައް ތިރިއަށް ދޫކޮށްލުމަށްފަހު އެތެރެއަށް ވަދެ ފުރަގަހުން ޝިޔާރާގެ ހަށިގަނޑުގައި ބައްދާލިއެވެ. ވަގުތުން އެއީ ކާކުގެ އަމަލެއްކަން ޝިޔާރާއަށް ނަގައިގަނެވުނެވެ. އެވަގުތު ޝިޔާރާ އަށް ހުރެވުނު ގޮތް ހިތަށް އެރުމާއެކު ލަދުގަނެފާ ބޯއަޅާލީ ޒޯހަންގެ މޭގައެވެ. އިސްކުރު ބާރުކޮށްލުމަށްފަހު ޝިޔާރާގެ ހަށިގަނޑު ޒޯހަންގެ އަތްދަނޑިމައްޗަށް އުފުލާލިއެވެ. އަދި ދެލޯ މަރާލައިގެން އޮތް ޝިޔާރާގެ ދޮން މޫނަށް ވަރަށް ލޯބިން ބަލާލިއެވެ. ޝިޔާރާގެ ތުންފަތްމަތގައިވާ ލަދުރަކި ހިނިތުންވުން ފެނުމުން ޒޯހަން އަށް ވެސް ހެވުނެވެ. ހަނދާންވީ ކައިވެނީގެ ފުރަތަމަރޭ މަތިންނެވެ. ޒޯހަން ޝިޔާރާ ތިރިކޮށްލީ ފާހާނާ ތެރޭގައި ހުރި ބޮޑު ބިލިގާ އަށެވެ. ބިލިގާ ތެރޭގައި ދެމީހުން ލޯބި ކުރަމުން ދިޔައިރު އެކަމަށް ދެހަށިގަނޑު ބޭނުންވެފައިވާ މިންވަރު ހާމަކޮށްދޭއެވެ. ދެހަށިގަނޑު އެކައްޗަކަށް ވެގެންދާން ކުޑައިރުކޮޅެއް ވެސް ނުނެގިއެވެ. ހިމޭންވެފައިވާ ފާހާނާ ތެރެއިން އިވެމުންދަނީ ފުން ނޭވާތަކެއްގެ އަޑު އެކަންޏެވެ.

މެންދުރުފަހުގެ ވަގުތެކެވެ. ފެންވަރާ ރީތިވެލައިގެން ނޫރީ ގެއިން ނިކުންނަން ދިޔައެވެ. ބަދިގޭގައި ހުރި ލަތާ ނޫރީއަށް ގޮވާލީ ނޫރީ އާންމުކޮށް ބޭރަށް ނުދާ ވަގުތެއްގައި ދާން އުޅުމުންނެވެ. ފޫހިވެފައި ނޫރީ ލަތާއަށް ބަލާލިއެވެ. ޝިޔާރާ އެގެއަށް ގެނައި ފަހުން ނޫރީ ލަތާ އާއި ވާހަކަދައްކާ ނޫޅޭއެވެ. ލަތާ ކުރިން ވާހަކަދެއްކިއްޔާ އަނގައިން ބުނެލައެވެ. “މިދަނީ ހުސްނީ މެންގެއަށް. ހަފްތާއަކު އެއްފަހުރު ހުސްނީ އަބަދުވެސް ކޮފީ އަށް ދައުވަތުދޭ. ނިކަން މީރު ކޮފީއެއް އެއީ. ލަތާ އަށް ނޭނގިދާނެ. ހުސްނީ އެއީ އަހަރެންގެ ޒޯން ގެ އަންހެނުންގެ ބައްޕަ. އެހެންވީމާ އެމީހުންނަށް އަހަރެން އިހުތިރާމް ކުރަން” ނޫރީ ނިކުމެގެން ދިޔައީ ލަތާ ފާޑަކަށް ބަލަން ހުއްޓައެވެ. ނިއާގެ މައިންބަފައިންނާ ދޭތެރެ ލަތާ އަށް ޝައްކުވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ހާދަހާ ނުބައި މީހުން އުޅެޔޭ އެވަގުތު ލަތާގެ ހިތަށް އެރިއެވެ. ލޯބިވާ ފިރިމީހާއާއި މެދު ހިތުގައި ރަހުމު އުފެދުނެވެ. ނޫރީ ހަމަބިމަށް ގެންނަން މިވަގުތުން ފެށިގެން ލަތާ އަތުކުރި އޮޅާލިއެވެ. ސިޓިންގްރޫމުން ބޭރު ބަލަން ހުރި ލަތާގެ ކޮނޑުގައި ޝިޔާރާ ހިފާލިއެވެ. އަދި އަތުން ކިހިނެއްވީހޭ އަހާލިއެވެ. އެވަގުތު އެއީ ޒޯހަން ވެސް އޮފީހުން އެނބުރި ގެއަށް ވަން ވަގުތެވެ. ޒޯހަން އައިސް ލަތާ ކައިރީގައި ހުއްޓުމުން ޝިޔާރާ އެނބުރިލީ ޒޯހަން އަށް ފިނި ޖޫސްތައްޓެއް ގެނައުމަށެވެ. އެވަގުތު ޒޯހަން އޮފީސް ނިންމާފައި ގެއަށް އަންނަ ވަގުތުކަން އެނގޭތީ ނިއާ ވެސް ކޮޓަރީގައި އޮވެފައި ބޭރަށް ނިކުތެވެ. ލަތާ ކައިރީގައި ޒޯހަން ހުރި ތަން ފެނުމުން ނިއާ އަށް އެތަނަށް ކައިރިވާކަށް ނުކެރުނެވެ. އެހެންކަމުން އަލުން ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. “މަންމާ.. ހާދަ ހީވެޔޭ އެއްޗެއް ބުނަން އުޅޭހެން. ކިހިނެއްވެފަތަ ތިހެރީ” ލަތާގެ އަތުގައި ހިފައިގެން ޒޯހަން ސޯފާގައި ޖައްސާލިއެވެ. ކުރިމަތީ ހުރި ކުޑަ މޭޒުމަތީ ޖޫސްތަށި ބެހެއްޓުމަށްފަހު ޝިޔާރާ ވެސް އިށީނެވެ. “ދަރިފުޅާ… ނިއާގެ މައިންބަފައިން ބައްޕަ ވެސް ވާވައްދާފައި އެހުރީ. ފަރަހަ ދޭ މާމޮޅު ކޮފީއެއް ބޯން ދަމޯ ހަފްތާއަކު އެއްފަހަރު އެގެއަށް. މިއަދު ވެސް ވެއްޖެ އެގޭ ދޮަށަށް ގޮސ. ދެން ކިހިނެއް ހަދާނީ” ލަތާ ކަންބޮޑުވެފައި ވާހަކަދެއްކިއެވެ. ޒޯހަން ވިސްނާލަން އިރުކޮޅަކު ހުރުމަށްފަހު މޮޅު ހިޔާލެއް އައުމުން އަވަހަށް ލަތާ އާއި ހިއްސާކޮށްލިއެވެ. ” މަންމަ ބުނީމެއްނު ދޮންބެއްތަ ގޮވައިގެން މި މަހު ފަހުކޮޅު އަދި ބޭރަށް ދާން ޖެހެއޭ. މަށަށް ފެންނަނީ ބައްޕަ ގޮވައިގެންދާން. މަންމަ ބައްޕަ ކައިރީ މާގިނައިން ކިޔަން ފެށީމަ ނުކެރޭނެ ދެކޮޅު ހަދާކަށް. ދެމަސް މަޑުކޮށްލާފަ އަންނާނީ. އޭރުން ބައްޕަ ހުންނާނީ މުޅިން ނޯމަލް ވެފަ” ޒޯހަންގެ ހިޔާލު ލަތާ އަށް ކަމުދިޔައެވެ. “މަންމަ ހުރީ މިފަހަރު ޔަޝްމީ އާއެކު ނުދާން ނިންމައިގެން. ޝިޔާ ވެސް މީނީ އިން ގޮތް. މަންމަ ނޫނީ މި މަންޖެއަށް ކާކު އަޅާލާނީ” ލަތާ ހިޔާލު ފާޅުކޮށްލިއެވެ. “މަންމާ… އަޅުގަނޑު ދެކެ ތިހާ ލޯބިވެލައްވާތީ ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑަށް އެނގޭ މަންމަ އަޅުގަނޑު ދެކެ ލޯބިވަނީ ބަދަލުގައި އެއްޗެއް ބޭނުންވެގެން ނޫންކަން. އެކަމަކު މިވަގުތު މުހިއްމީ ބައްޕަ. ބައްޕަ ގޮވައިގެން މަންމަ އެނބުރި އަންނައިރު ކިރިޔާ އަޅުގަނޑަށް ނުވަ މަސް ވާނީ. އަޅުގަނޑު ވިހާނީ އިރާދަކުރެއްވިއްޔާ މަންމަ ކައިރީގައި ހުއްޓާ. ޒޯން ވެސް މިހިރީނު. އަދި ހާލީގެ ފެމެލީ ވެސް އެއޮތީނު. މިހާރު އަޅުގަނޑަށް ޔަގީން ވެއްޖެ އެއާއިލާ އިން އަޅުގަނޑު ނިކަމެތިކޮށް ނުލާނެކަން. އަޅުގަނޑަށް ކަމެއް ކޮށްދެންޏާ މަންމަ ބައްޕަ ގޮވައިގެން އަވަހަށް ފުރާ. އެ މުއްދަތުގެ ތެރޭގައި ނިއާގެ ހަގީގަތް ވެސް ބައްޕަ އަށް އަންގަދެވޭނެއްނު” ލަތާ އަށް ބަލަން އިނދެ ޝިޔާރާ ބުނަމުން ދިޔައެވެ. ޒޯހަން އާއި ޝިޔާރާގެ ނިންމުމަށް ލަތާ އިހުތިރާމްކޮށް ނޫރީ އާއި ވާހަކަދައްކާނެ ކަމަށް ލަތާ ބުނެ ވައުދުވިއެވެ. ލަތާގެ ދެފަރާތުން ޝިޔާރާ އާއި ޒޯހަން ބޯއަޅާލީ ހިތަށް ލިބުނު އުފާވެރިކަމަކުންނެވެ.

 

ހެނދުނު ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ދިޔަ ނިއާގެ ހަބަރެއް ނުވޭއެވެ. އެހެންފަހަރު ތަކެކޭ ވެސް އެއްފަދައިން މިފަހަރު ވެސް ނިއާ ހޮސްޕިޓަލަށް ދިޔައީ ނިއާގެ މަންމަ ފަރަހަ އާއެކުއެވެ. ކުރިން އެ ސަބަބު ޒޯހަން އަށް ނޭނގުނަސް އެއީ ކީއްވެކަން މިހާރު އެނގޭއެވެ. ނިއާ ކޮބާތޯ ބަލަން ޒޯހަން ގުޅީ ނިއާ އަށް ޝައްކެއް ވިޔަ ނުދިނުމަށެވެ. ގޭ ބިއްދޮށުފަޅީގައި ހައްދާފައި އޮތް ފެހި ވިނަތަކު މަތީގައި ޝިޔާރާ އުނގަށް ލައިގެން އޮތް ޒޯހަން ފޯނުން ވާހަކަދައްކަމުން ދިޔައިރު ޝިޔާރާ ޒޯހަންގެ އަނގައަށް ނަޓްސް ކޮޅެއް ލައްވަމުން ދިޔައެވެ. ޝިޔާރާގެ ބަނޑުގައި ޒޯހަން ހުރަހަކާއި ނުލާ ބީހެމުން ދާއިރު ދަރިފުޅު ތޮޅިލާ ކޮންމެ ފަހަރަކު ޝިޔާރާގެ ކޮލަށް ބޮސްދެމުން ދިޔައެވެ. “އާނ.. ބޭބީ ވެސް ރަނގަޅޯ. ދީފައި އިން ޑޭޓްގެ ކުރިން ވެސް ވިހާފާނެޔޯ. ބޭބީ ވަރަށް ބޮޑޭވެސް ބުނި. ބަނޑުގައި ރިއްސަންޏާ ލަސްނުކޮށް ހޮސްޕިޓަލަށް އަންނަންވާނެޔޯ” އެކޮޅުން ނިއާ ވާހަކަދެއްކިއެވެ. ޒޯހަން ގިނަ ފަހަރަށް ނިއާ ވާހަދައްކާއިރު އިންނަނީ ކަންފަތާއި ފޯނު ދުރުކޮށްލައިގެންނެވެ. “ދާނަން. މިހާ ދުވަސްކޮށްފައި މަންމަ އާއި ބައްޕަ ކައިރީގައި މަޑުކޮށްލީ” ޒޯހަން ފަރުވާކުޑަ ގޮތަކަށް ހިތާހިތުން ރަނގަޅީ ވެސް ނައިއްޔާއޭ ބުނެލިއެވެ. ޝިޔާރާ ގައިގާ ބައްދާލަމުން ވިނަތަކު ތެރޭގައި އޮށޯވެލީ ލޯބިވެތި ހަނދާންތަކެއް ހިތުގައި ރައްކާ ކުރަމުންނެވެ.

 

ޔަޝްމީ ގޮވައިގެން ލަތާ އާއި އަރުހަމް އަދި ނޫރީ ފުރައިގެން ދިޔައީ އެގެއަށް ރާކީ ބަދަލުކޮށްފައެވެ. ލަތާ ވަނީ ރާކީ އަށް ނިއާގެ ހުރިހާ ހަގީގަތެއް ކިޔާދީފައެވެ. އެހެންކަމުން ރާކީގެ ހިތުން ވެސް ޝިޔާރާ އަށް ވަނީ ހާއްސަ މަގާމެއް ދީފައެވެ. ގޭތެރޭގައި އުޅޭ އުޅުމުގައި ނިއާ އާއި ވެސް ރާކީ ވާހަކަދައްކައެވެ. ނަމަވެސް ރާކީ އަށް ބަދަލުތަކެއް އައިސްފައިވާކަން ނިއާ އަށް ފާހަގަކުރެވުނަ ނުދޭއެވެ. ރެއަކީ ހުކުރު ވިލޭރޭއަށް ވުމާއެކު ހުކުރު ދުވަހު ހެނދުނު ރަސްފަންނަށް މޫދަށް ދާން ރާކީ ނިއާ އާއި ޝިޔާރާ ކައިރީގައި ބުނީ ރޭގަނޑުގެ ކެއުމުގައި އިނދެއެވެ. ޒޯހަން އާއި ޖެހިގެން ނިއާ އިން އިރު ޝިޔާރާ އިނީ ރާކީ އާއި ޖެހިގެން އިސްޖަހާލައިގެންނެވެ. “ޝިޔާރާ ވާނެ ދާން” ޝިޔާރާއަށް ބަލާލަމުން ރާކީ ބުންޏެވެ. “ކޮންމެހެން އޭނަ ގެންދަނީ ކީއްކުރަން. ދޮންތަ އާއި މަށާ ޒޯންއާ ދާނީ. ދެން ލައިއްކޮ އާއި ވާން ބޭބީ ތިބޭނެއްނު. ދޮންތަބެއަށް ނާދެވޭނެއްނު. މުޅި ދަތުރު ސްޕޮއިލް ކުރަން މީނަ ގެންދަނީ ކީއްކުރަން” ޝިޔާރާ އަށް ކަޅިއަޅާލަމުން ނިއާ ވާހަކަދެއްކިއެވެ. “ނޫނޭ ނިއާ. އޭރުން އޭނަ ގޭގައި އެކަނި ވާނެ. އެވެސް މާބަނޑު މީހެއް. ޝިޔާ ދިޔަސް ނިއާ ކުރާ މަޖަލެއް ކުރެވިދާނެއްނު” ރާކީ އެއްބަސް ނުވުމުން ނިއާ ގަބޫލުވިއެވެ. ތުން އަނބުރާލަމުން ޝިޔާރާއަށް ބަލާލިއެވެ. އެވަގުތު ޝިޔާރާ ކޮށްލިކަމަކުން ނިއާ ހައިރާންވެ ބަސް ހުއްޓުނު ކަހަލައެވެ. މަލާމާތުގެ ފާޑަކަށް ހީލަމުން އެއްލޯ މަރާލީއެވެ. “ކަލޭ ވަރަށް ފޮނިވޭ ދޯ. ބުނަން. ކަލޭ މާމަތީ މީހަކަށް ހަދައިގެން އުޅެނީ މަންމަ. މަންމަ މިކޮޅަށް އަންނަން ވާއިރަށް އަނެއްކާ މިގެއިން ބޭރުކޮށްލަފާނަން” ދެވަނަ ފަހަރަށް ވެސް ޝިޔާރާ ހީލަމުން ޒޯހަން އަށް ފްލައިން ކިސް އެއް ދިންތަން ފެނުމުން ނިއާގެ ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލައެވެ. ރާކީ ވެސް އިނީ އެތެރެއަށް ހީލަހީލައެވެ. ނިއާ ދަތްކުނޑި ވިކާލަމުން ކައިރީގައި ހުރި ޖޫސްތަށި ޝިޔާރާގެ މޫނަށް ޖަހަން ހިއްލާލި ވަގުތު ޒޯހަން ކޮށްލި ހަރަކާތަކުން ޖޫސްތަށި ބަންޑުންވީ ނިއާގެ އުނގަށެވެ. “އައްޗީޑި. ޒޯން ކިހިނެއްތިހެދީ” އަވަސް އަވަހަށް ގޮނޑި ދުރުކޮށްލާ ކޮޅަށް ތެދުވެ ހެދުން ފޮޅާލަމުން ނިއާ ބުންޏެވެ. “ނިއާ އެއްނު ކުރި ކަމެއް ކުރީ. އެހެންވާނީ އަމިއްލައަށް ތިހާ ރުޅި އަންނަންޏާ” މިފަހަރު ޒޯހަން ޝިޔާރާ އަށް ބަލާލަމުން އެއްލޯކުޑަކޮށްލިއެވެ. އަދި ފެންތަށި ތުނބުގައި ޖަހާލިއެވެ. “ދެން އެއީ އެހާ ކަމެއް ނޫނެއްނު. ދެބަލަ ފެންފޮދަކުން ސާފުކޮށްލަން” ރާކީ ތެދުވެގެން ބަދިގެއަށް ދަމުން ނިއާ ކައިރީގައި ބުނެލިއެވެ. ނިއާ ޖެހިލީ ޒިންކު ކައިރިއަށެވެ. ޒޯހަން ތެދުވެ ކޮޓަރިއަށް ދަމުން ޝިޔާރާ އާއި ކައިރިވެލާ ޝިޔާރާގެ ކޯތާފަތުގައި ބޮސްދިނެވެ. ޝިޔާރާ ހީލުމުން ޝިޔާރާގެ ތުންފަތުގައި ވެސް ލޯބިކޮށްލިއެވެ. ހެދުން ދޮންނަން ފުރަގަހަށް އެނބުރި ހުރި ނިއާ އަށް ހިލަމެއް ވެސް ނުވޭއެވެ.

 

ޝިފްނީ އަދި ހާލާ ގޮވައިގެން ހުޅުމާލޭގެ ފިހާރަތަކަށް ޝޮޕިންގްކުރަން ނިކުތް ސާރާ ބިންމަތީގައި ދެފައި ތަތްލީ ކުރިމަތިން ފެނުނު ސޫރައަކުންނެވެ. ފިހާރަ އިން ނިކުމެ މަގުމަތީގައި ފައި ހަރުލާފައި ސާރާ ހުރީ އެމީހާއަށް ސީދާ ބަލަހައްޓައިގެންނެވެ. ކޮތަޅު ތަކުގައި ހިފައިގެން ބަރުވެފައި ހުރި ޝިފްނީ މަންމައަށް ގޮވާލީ އަތުގައި ރިއްސަން ފެށުމުންނެވެ. ސާރާ އަށް ވެފައި ހުރި ގޮތް ފެނުމުން ހާލާ ހައިރާންވިިއެވެ. އަދި ސާރާގެ ނަޒަރު ސީދާވެފައިވާ ދިމާލަށް ހާލާ ބަލާލިއެވެ. ސާރާގެ ކުރިމަތީގައި ހުރީ ދެބައި އުމުރުގެ އަންހެނެކެވެ. ނަމަވެސް އެމީހާއަށް ސާރާ ފެންނަހެނެއް ހިއެއް ނުވޭއެވެ. “އަޅެ މަންމާ… ޝިނީގެ ފައިގެ އެއްކަލަ ތަނަށް ވަރަށް ބާރުކުރޭ މިހެން އެހާ ގިނައިރު ކޮޅަށް ހުންނަންވީމަ” ސާރާ އަށް ހޭވެރިކަމެއްވީ ކުރިމަތީގައި ހުރި މީހާ ކުރިއަށް ހިނގައިގަތުމުންނެވެ. ސާރާގެ ހިތުގައި ފުނިޖެހިފައިވާ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ދެވޭނެ އިންސާނަކީ އެއީއެވެ. “ހާލީ ދަރިފުޅާ އެއޮށް ޓެކްސީގަ ދެކުދިން ގެއަށްދޭ. މަންމަ ދާނަން ފަހުން. އަވަސްކުރޭ އަވަހަށް އަރާ” ވާނުވާ ނޭނގިފައި ތިބި ހާލާ އަދި ޝިފްނީ ޓެކްސީ އަށް އެރުމުން ސާރާ އަތުގައި ހުރި ބާކީ ކޮތަޅުތައް ވެސް ދެކުދިންން އަތަށް ދިނެވެ. “ދޮންބެއްތާ..މަންމަ އަށް ކިހިނެއްވެފަ އެހެރީ” ޓެކްސީ ނައްޓާލުމުން ޝިފްނީ ސުވާލުކުރީ ހާލާ އާއެވެ. ދެކޮނޑު އަރުވާލަމުން ހާލާ ނޭނގެއޭ ބުނެލިއެވެ.

ކުރިމަތީ ހުރި މީހާއަށް ބަލަމުން ސާރާ ވެސް ހިނގަމުން ދޭއެވެ. އެމީހާގެ ކޮންމެ ހަރަކާތަކަށް ސާރާ ދިޔައީ ބަލަމުންނެވެ. މިރޭ އެމީހާ ފެނުނީ މާޒީގައި ހިނގާފައިވާ ބޮޑު ހާދިސާގެ ހަގީގަތް އެނގެން ވެގެންކަން ސާރާ ޔަގީން ކުރިއެވެ. ސާރާ މިރޭ ގެއަށް ވަންނާނީ އެކަމުގެ ހަގީގަތް ހޯދާފަޔޭ ހިތް ބުނަމުން ދިޔައެވެ. ލައްކަ ދުވަހު ކެއްކުރެވިއްޖެއެވެ. އެމީހާ ހިނގާފައި ގޮސް ކެފޭ އަކަށް ވަނުމުން ސާރާ މަޑުކޮށްލީ ކެފޭ ކުރިމަތީގައި ހުރި ފިހާރައެއް ކައިރީގައެވެ. ގަޑި ބަލާލިއިރު  ނުވަގަޑި ތިރީސް ވަނީއެވެ. ހުރެ ހުރެ ފައިގާ ރިއްސަން ފެށުމުން ދެކޮޅަށް މަޑުމަޑުން ހިނގަން ފެށިއެވެ. އިރުއިރުކޮޅުން ގަޑި ބަލާލައެވެ. ދިހައެއް ޖެހިތަނާ އެމީހާ ކެފޭއިން ނިކުތުމުން އަނެއްކާ ސާރާ ފަހަތުން އަޅުވާލިއެވެ. މަގުމަތިން ޓެކްސީ އެއް ހުއްޓުވާ އެމީހާ އެރުމުން ސާރާ ހަތަރަު އުދަރެސް ފެނު ޖެހުނީއެވެ. ބޭއިހްތިޔާރުގައި ޓެކްސީ ފަހަތުން ދުއްވައިވެސް ގަނެވުނެވެ. ސާރާ ބަލަބަލާ ހުއްޓާ ޓެކްސީ ލޯމަތިން ގެއްލުނެވެ. ކަރުއެލުވާލައިގެން ހުރި ސާރާ މިސްރާބުޖެހީ ގެއަށް ދިއުމަށެވެ.

ފަތިސް ނަމާދުކޮށްގެން ބޭރަށް ނިކުތް ޝިޔާރާ ބަދިގެއަށް ވަދެ ކިރުތައްޓެއް ބޯލުމަށް ފެން ހޫނުކުރާ ޖަގު ޖައްސާލިއެވެ. އަދި ކައިރީގައި މަޑުކޮށްލައިގެން ހުރީ ފެންހޫނު ވަންދެންނެވެ. ބަދިގޭ ދޮރަށް ފުރަގަސް ދީގެން ހުރި ޝިޔާރާ ސިހުނީ ފުރަގަހުން މީހަކު ބައްދާލުމުންނެވެ. ޝިޔާރާގެ ދިގު އިސްތަށިގަނޑު އޮތީ ތިރިއަށް މިނިވަންކަމާއެކު ދޫކޮށްލާފައެވެ. ފަތިސް ގަޑީގައި ޝިޔާރާ ބޭރަށް އަބަދުވެސް ނިކުންނަނީ ބުރުގާ ނާޅައެވެ. ނޫރީ އާއި އަރުހަމް ރަށުގައި ހުރި ދުވަސްތަކުގައި ޝިޔާރާ ކޮޓަރިން ބޭރަށް އެންމެ ފިޔަވަޅެއްވެސް އަޅަނީ ބުރުގާ އަޅައިގެންނެވެ. “ހާދަ އަވަހަކަށް މިރޭ ތިނިކުތީ” ރޭގައި އެއީ ޒޯހަން ނިއާ ކައިރީގައި މަޑުކުރި ރެއެވެ. “ނަމާދުކޮށްގެން ނިކުތީ ޕްރިންސަސް ކައިރިއަށް ދާން” ޒޯހަން އާއި ޝިޔާރާގެ ދެމެދަށް ހުރަހަކަށް ވެފައިވާ ޝިޔާރާގެ ބަނޑުގައި ޒޯހަން އަތުން ފިރުމާލިއެވެ. “ކޮބާ ނިއާ؟ ރޭގައި ނިއާ އާއި އެއްކޮށް ކީއްކުރީ” ޒޯހަން ކައިރީގައި ޝިިޔާރާ އަހާލި އެއްޗަކުން ޒޯހަން ކައިރިއަށް ހިނިއައެވެ. ޝިޔާރާގެ މޫނުމަތިން ފެނުނު މައުސޫމް ކަމަކުން ޒޯހަން ހިތުގައި ލޯބި އުތުރި އަރައިގެން ދިޔައެވެ. އެހެންކަމުން ޝިޔާރާގެ ލޯބި މޫނުކޮޅުގައި ތުންފަތްޖައްސާ ބާރުކޮށްލެވުނީއެވެ. “ބޭނުމީ ކާލަން” ޒޯހަން ސަމާސާ ގޮތަކަށް ބުންޏެވެ. ޝިޔާރާ ހީލިއެވެ. “ނިއާ ކައިރިން މަށަށް ސަލާމަތްވެވުނީ ކިރިޔާ. ފޯނެއް އައިކަމަށް ހަދާފައި ކަންފަތުގައި ފޯނު ޖައްސައިގެން އޮށްވާ އަސްލަށް ފޯނު ރިންގްވާން ފެށީ. މަގޭ އަނގަ ސަކަރާތްވީ. ނަސީބެއް ނިއާ އެކަމާއި ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކާ. އެހެންވެ ނިދި ނުވެސް އަންނަނިސް ގަދަކުމުން ލޯ މަރައިގެން އޮތީ” ޝިޔާރާ ގައިގާ ބައްދާލައިގެން ހުރެ ޒޯހަން ރޭގައި ވި ކަންތައް ޝިޔާރާ އަށް ކިޔާދެމުންދިޔައެވެ. ޒޯހަން ދެއްކި ވާހަކަތަކުން ޝިޔާރާ ކައިރިއަށް ހިނި އައެވެ. “ކޮފީ ބޯނަން” ޝިޔާރާ އިޝާރާތްކޮށްލިއެވެ. “ހޫމް… ހުރިހާ އެއްޗެއް ވެސް ބޯނަން. މިތަން ވެސް” ޝިޔާރާގެ ތުންފަތުގައި ޒޯހަންގެ އިނގިލި ޖައްސާލަމުން ބުނެލިއެވެ. ޝިޔާރާ ޒޯހަން އަތުން ވީއްލިގަނެގެން ކޮފީ ހަދަން ތައްޔާރުކުރަން ފެށިއެވެ. އައިސް އަލަމާރީގައި ލެގިގެން ޝިޔާރާގެ ހަރަކާތްތަކަށް ބަލަން ހުރި ޒޯހަން ފުރަގަހަށް އެނބުރި ޝިޔާރާ އާއި މަޑުމަޑުން ކައިރިވާން ފެށިއެވެ. “ސޮރީ..ޕްރިންސަސް..ނުހުރެވެނީ ދުރުގަ” ޝިޔާރާ ދެފަރާތަށް ބޯތަޅުވާލިއެވެ. އަދި ކޮފީތަށި ތައްޔާރުކޮށް ނިންމާލިއެވެ. ޝިޔާރާގެ ދިގު އިސްތަށިގަނޑު އެއްފަރާތަކަށް ގެންގޮސް ކަނދުރާމަތިން ހާމަވި ހިސާބުގައި ޒޯހަން ތުންފަތް ޖައްސާލުމުން ޝިޔާރާ އަށް ދެލޯމަރާލެވުނެވެ. މީހަކު ކަރުކެހިލުމުން ކުއްލިއަކަށް ޒޯހަން ޝިޔާރާ އާއި ދުރުވެލިއެވެ. ފަހަތުގައި ހުރި ރާކީ ފެނުމުން ޒޯހަން ލަދުގަތެވެ. “ސާބަސް ޒޯން ކޮއްކޮއަށް. ދެން އެފަކީރު ހަމަޖެހިލައިގެން މަސައްކަތެއް ކުރިޔަދީބަލަ. ނޫޅެޔޭ ޒޯން އަތުން މީހަކު އޭނަ ޖަހައިގަންނާކަށް” ރާކީ ވެސް ހެނދުނު ސައި ތައްޔާރުކުރުމުގެ މަސައްކަތް ފަށައިގަންނަމުން ބުންޏެވެ. ޒޯހަން ގަންނާނެ ލަދު ހިތަށް އެރުމުން ޝިޔާރާ އަށް ހެވެނީއެވެ. ޝިޔާރާ އަށް ބަލާވެސްނުލާ ޒޯހަން ބަދިގެއިން ނިކުންނަން ހިނގައިގަތުމުން ރާކީ ގޮވާލިއެވެ. “ބަލަ ކޮފީތަށި ހިފައިގެންދޭ. ދޮންތަ ކޮޓަރީގައި މަޑުކޮށްލަދީ. ވާންބޭބީ ހޭލާ އޮތީ” ޝިޔާރާ ދިއްކޮށްލައިގެން ހުރި ކޮފީތަށީގައި ހިފަމުން ޒޯހަން ދިޔައީ ޝިޔާރާ އަށް ބަލާލަމުން ހީލާފައެވެ. ޝިޔާރާ ވެސް ހުރީ ހިނިއައިއްސައެވެ. “އަސްލު ދޮންތަ ވަރަށް ދެރަވެފައި މިހުރީ ޝިޔާ އާއި މެދު ކަންތައް ކުރެވުނު ގޮތުން. ދޮންތަ ހިއެއް ނުކުރަން ޒޯންކޮއްކޮގެ ވައިފްއަކަށް ތިހާ ރަނގަޅު ލޯބި ފަހަރި ކޮއްކޮއެއް ލިބިދާނެ ކަމަކަށް. ދޮންތައަށް އެނގޭ ތިދެކުދިން ދެކުދިން ދެކެ ވަރަށް ވަރަށް ލޯބިވާކަން. އެހެންވެއެއްނު ރޮމޭންސް ކުރަން ތަނެއް ތަނެއް ވެސް ނޯންނަނީ. ދޮންތައަށް ތަންކޮޅެއް ލަހުން އާދެވުނުނަމަ ލަދުން ލޯދިމާކޮށްލަން ނުކެރުނިސް ކަންނޭނގެ” ލަދުގަނެފައި ހުރި ޝިޔާރާ ރާކީ ގައިގާ ބައްދާލިއެވެ. ރާކީ ވެސް ޝިޔާރާ ބުރަކަށީ ފިރުމާލީ ލޯބިންނެވެ.

 

ގަޑިން ހެނދުނު އަށެއް ޖަހަނީއެވެ. ބަދިގޭގައި މަސައްކަތެއްގައި ހުރި ސާރާ ހުރީ ހިމޭންވެފައެވެ. ރޭގައި ކުރިމަތިން ފެނުނު މީހާ އަކީ މިހުރިހާ ދުވަހު ސާރާ ކުރި މަސައްކަތުން ހޯދާ ނުފެނިފައިވާ މީހެކެވެ. އެހާ ކުޑަ ވަގުތުކޮޅަކަށް ފެނިލާފައި ގެއްލުނު އިރު އުޅޭ ތަނެއް ވެސް އެނގެނީއެއް ނޫނެވެ. ސާރާ ވިސްނަމުން އެދަނީ އެމީހާ އާއި ބައްދަލުކުރާނެ ގޮތަކާއެވެ. ސާރާގެ ހަރަކާތްތަކަށް ބަލަން ހަރީރާ އާއި މޫސަ މޭޒުކައިރީގައި އިނެވެ. “ސާރާ ކޮންކަމަކާ މި ވިސްނަނީ. ހާދަ ފާޑަކަށޭ އެހުންނަނީ”  ސައިބޮއެ ނިމިގެން ފިހާރަ ދަށަށް ދާން ނިކުތް މޫސަ އަށް ސާރާ ހުރި ގޮތް ފެނުމުން ހަރީރާ ކައިރީގައި އަހާލިއެވެ. “ސާރާ! ކޮބާތަ މަގޭ ވޮލެޓް” ސާރާއަށް ގޮވަމުން ކޮޓަރިން ނިކުތް އިބްރާހީމް ވެސް ހަރީރާ އާއި މޫސަ ކައިރީގައި ހުއްޓުނީ އެދެމީހުންގެ ނަޒަރު ސާރާއަށް ހުއްޓިފައިވާތަން ފެނުމުންނެވެ. ހަރީރާ އިންތަނުން ތެދުވެގެން ގޮސް ސާރާގެ އަތުގައި ހިފާ ތަޅުވާލިއެވެ. “ދަރިފުޅާ ސާރާ! އަނެއްކާ ކިހިނެއްވީ؟ ދަރިފުޅު މިގެއަށް އައިސް މިވީ ދުވަސްތަކުގައި އަދި ތިހާ ބޮޑު ފިކުރެއްގައި ހުއްޓާ ނުދެކެން. ކަމެއް ގޯސްވީތަ؟ އަނެއްކާ ޝިފްނީ….” ހަރީރާގެ ވާހަކަ ނުނިމެނީސް ސާރާ ދެފަރާތަށް ބޯހަލުވާލިއެވެ. އަދި ސާރާއަށް ބަލަހައްޓައިގެން ތިބި އިބްރާހީމް އާއި މޫސައަށް އަވަސް ނަޒަރެއް ދެމުން ހީލިއެވެ. އަދި ހަރީރާ އަތުގައި ހިފައިގެން ހުރެ އަލުން މޭޒު ކައިރީގައި އިށީނެވެ. “މަންމާ ހަނދާންވޭތަ! އިބޫ އާއި އާގިސާ އިންނަން އުޅުނު އިރު ވަރަށް އުނދަގުކޮށް ހެދިއެއްނު ބަދޫރާ އެއް. އަހަރެމެންގެ ޝިއުނީ ގެއްލުނު މައްސަލައެއްގައި ސުވާލު ކުރިއެއްނު އެބަދޫރާގެ މަންމަ އައިމިނަ އެއް. ފަހުން އަޅުގަނޑާއި އިބޫ ކައިވެނި ކުރި ފަހުން ވެސް އެ ބަދޫރާގެ އުނދަގު ވަރަށް ބޮޑުވި. އަޅުގަނޑު މަރާލަން ވެސް މަސައްކަތްކުރި. އާގިސާ ދުނިޔެ ދޫކުރީމަ ބަދޫރާ ހީކުރީ އިބޫ ދެން ކައިވެނި ކުރާނީ އޭނަޔާ ކަމަށް. އޭރުގައި ފުލުހުންނަށް އަންގައިގެން ޝިއުނީ ހޯދަން ކުރި މަސައްކަތުގައި އަޅުގަނޑު މެންނަށް އެންމެ ބޮޑަށް ޝައްކުވީ އައިމިނަ އަށް. ފަހުން އެއްބަސް ވެސް ވި. އޭރުގެ ސަރުކާރުގެ ދޯދިޔާ ކަމުން އެމައްސަލައަށް ވީގޮތެއް ނޭނގުނީއެއްނު. އަނެއްކާ އޭރު ރާއްޖޭން ބޭރުގައި ތިބެފަ އަލުން މާލެ އައިތަނާ މިކަމެއް ހިނގީ. ބަދޫރާ ވެސް އަދި އައިމިނަގެ އެއްވެސް ހަބަރެއް ނުވޭއެއްނު މިއަދާއި ހަމައަށް ވެސް. އަނެއްކާ އައިމިނަގެ ބޭބެ އެއީ އޭރުގެ ސަރުކާރުގެ ވަރަށް އިސްމީހެއްނު. އެމައްސަލަ އޮށްބާލުމުގައި އެންމެ ބޮޑު ރޯލް ކުޅުނު ފަރާތަކީ އައިމިނަގެ ބޭބެ. މަންމާ! އަލުގަނޑަށް އައިމިނަ މަގުމަތިން ފެނިއްޖެ. ފާރަލަމުން ދަނިކޮށް މަގުމަތިން ކާރަކަށް އަރައިގެން ދިޔައީ” އެއްނޭވައިން ސާރާ ވާހަކަދައްކަމުން ދިޔައިރު ބާކީ ތިބި ތިންމީހުން ކަނުލާ އަޑު އަހަމުން ދިޔައެވެ.

ނުނިމޭ

56
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ushaali

Other Articles

Previous

ކުޑަ ކުއްޖާ..

Next

މިހިތުގެ ލޯތްބޭ ތީ 23

Next
April 19, 2016

މިހިތުގެ ލޯތްބޭ ތީ 23

Previews
April 19, 2016

ކުޑަ ކުއްޖާ..

65 Comments

  1. Ushaali says:
    April 19, 2016 at 5:33 pm

    vahaka thi thidhey tharuheebah shukuruverivan. mi baives kiyaala… next part on thursday…

    1. Naaaaaa says:
      April 21, 2016 at 11:23 pm

      Hyyy kobaa next part v v v v reethi

    2. journalist says:
      April 21, 2016 at 11:41 pm

      mihaaru thurse day nimeny. adhives vaahaka update eh nuvey. :/

  2. shima says:
    April 19, 2016 at 5:34 pm

    When next part??? Warah reethi…. so shiyara akee sara ge kuhjeh dho….

    1. MADDY says:
      April 19, 2016 at 5:58 pm

      i guess ibraahimu ge kujjey !

    2. shima says:
      April 20, 2016 at 11:57 am

      Hmmmm…. shifunee and shiyara e eh Badu dheku dhin dho… ekan igije Maka kurin Wes. .. ?.

  3. Zee says:
    April 19, 2016 at 5:38 pm

    V salhi thankolheh dhigukoh genes dheeba plx

  4. Shiyaa says:
    April 19, 2016 at 5:43 pm

    Varah reethi

  5. idiot says:
    April 19, 2016 at 5:46 pm

    wow. hama suparb .. vrh habeys …. ?�

  6. Aana says:
    April 19, 2016 at 5:47 pm

    Shiyaara eeiii aslu shiny ge sis kanneynge! Story hama habeys kuru ekam genesdheyleh

  7. aff says:
    April 19, 2016 at 5:48 pm

    shiyara .. Aslu e ee Shiuny hen hywany .. shifny ge twin sister .. Story wareh neh .. obinoave

  8. RIPH says:
    April 19, 2016 at 5:50 pm

    Varah reethi .. 🙂

  9. Isheee says:
    April 19, 2016 at 5:52 pm

    Dhen koniraku anehbbai. Vahaka varah reethi

  10. Ellie says:
    April 19, 2016 at 6:36 pm

    Shiyaa akee shiuny eiy aagisa ah libunu kujja dhw vaahaka v salhi

    1. me says:
      April 19, 2016 at 7:34 pm

      i think shiyaa n shiny are twins

  11. marry says:
    April 19, 2016 at 7:23 pm

    V v v v varah reathi… avahah up kohdehchey ingey…

  12. me says:
    April 19, 2016 at 7:33 pm

    varah kiyaahiy vey mi stry… just cant wait…..

  13. ken? says:
    April 19, 2016 at 7:34 pm

    oh no!! again waiting for Thursday..aslu v reethi mivahaaka ehenve inthixaarukuran v dheravey…?

  14. xara says:
    April 19, 2016 at 7:43 pm

    Mi part vx v nice. Ekamu maa kury and thankolheh avahah up kohla dheynveenun????????

  15. princess says:
    April 19, 2016 at 8:11 pm

    VAaaa vaaaa ushaaaliiii…mi vaahaka rythi kamaa eve…huvaa hama obi ness??

  16. ticktock says:
    April 19, 2016 at 8:54 pm

    ??❤????????????????????JUST WANT TO SAY” wow “❤❤❤❤❤❤❤❤❤❤❤???????

  17. sum says:
    April 19, 2016 at 9:00 pm

    vaahaka varaaaaaah reeeeeethi….??? but varah hyvey story nimeyiru shiyaa maruvaanehen …plx dnt kill her..shiyaa maryvaanama stry vrh hadi vaan… sad ending eh tha mi story ahky ??? plx reply to this comment ..plxxxxxx

    1. sum says:
      April 19, 2016 at 9:01 pm

      maruvaanama ***** vaane ***

  18. Aimsithu says:
    April 20, 2016 at 11:11 am

    Shiyaara aky shifnyge sister shiunee dho. . Alhe aneh bai avahah up kohllabala

  19. ammmmmday says:
    April 21, 2016 at 10:38 am

    v v v reethi …. anekkka v gulhy eh episoad aai aneh apisodu.. adhi nukiyan mihaaru reethi n interest wahaka eh…. .. goooood work ingeyyyy

  20. Aish says:
    April 21, 2016 at 3:30 pm

    Avahah up kohdheeba plz

  21. Mar says:
    April 21, 2016 at 5:48 pm

    Ushaaaaaliiiiiiiiiiiiiii avah up kohdybala kiyaa hithun moya vany mioooo

  22. Raany says:
    April 21, 2016 at 5:55 pm

    Update kohdheebala plx avaha.

  23. Zaanaa says:
    April 21, 2016 at 6:51 pm

    Kobaatha meyaduge part avahah up kohdeebala pls pls pls

  24. Aish says:
    April 21, 2016 at 6:58 pm

    Ushaaliii avahah up kohdheeba plx.

  25. Aish says:
    April 21, 2016 at 7:00 pm

    Alhey kobaathr vaahaka

  26. ken? says:
    April 21, 2016 at 7:47 pm

    waitinnggggg…mihaaru kithahfaaru mi site belijje up veythw…

  27. zaa says:
    April 21, 2016 at 8:21 pm

    Ushali konirakun up kurany .. mihaaru balaa varubalivejje up kureytho

  28. Aish says:
    April 21, 2016 at 8:52 pm

    Alhe dhn avax kuran vehjehnu mihaaru konereh vaahaka up vey thw balaathaa dhn gadi vx bunefa onnanama dw eyrun iru irukolhaa nubalaa vaane

  29. Aish says:
    April 21, 2016 at 8:57 pm

    Ehdhuvx dhookohfa vaahaka genes dheyiru vx vaavaru mi dhn vaahaka avahah up kuran vehjehnu.. . dhn maadhan v ma bunanvi bixy v Ey . bixy vi as bunelaanama dw eyrun mivarah nukiyaanan vaahaka up kon dheyshekey.

  30. ken? says:
    April 21, 2016 at 9:31 pm

    kudhin kudhin haadha rulhi aissa ey dhw ? even m also checking it like in evry 15 mins cux i like this story v much but i understand smthin must came up so de writer cudnt upload it… but still i expect tonyt she ll up it ASAP

  31. laveen says:
    April 21, 2016 at 9:34 pm

    Alhe vaahaka up kohdheny kon irakun tha?? Waiting eagerly for todays episode

  32. Riph says:
    April 21, 2016 at 9:54 pm

    Mirey nidhumuge kurin vahaka kiyaaalan varah beynun. ?

  33. Ram says:
    April 21, 2016 at 10:03 pm

    Kobaa next part

  34. faathun says:
    April 21, 2016 at 10:32 pm

    kobaa

  35. sss says:
    April 21, 2016 at 10:38 pm

    Kobaatha aneh bai….Alhe mirey vaahaka up nukurevenya ves bunelaa nama ehnnu …

  36. shahhhhhmmm says:
    April 21, 2016 at 11:02 pm

    Eyy kobaaa stryyy.. miadu up kurann bunefa up nuvayyy. Y y y … miadu haadha varakahh belihjeyy mi stryy up vaythwww… plxxxxxxx avahahh up kohlache. …

  37. Ushaaa says:
    April 21, 2016 at 11:06 pm

    Hurihaakudhin lahvaa aadheys kuran ulhey baekey mi vaahaka liyaa meehun naky dhen vaahaka kiyaa kudhin thibey aadheys kohkoh… dhen kameh viyas bunah ves undhagoo vaanekan ushaa gabool kuran dhen hurihaakudhin kehkohlaa ushaali ah vygoyy bunahdhen…

  38. Shaayaa says:
    April 21, 2016 at 11:29 pm

    Alhey mirey ge vaahaka update nuvey dhw… varah balaafin mi site vaahaka update vehje dhw…. plx update kohbalaa…. vaahaka kiyaa hithun nuhurevey….

  39. Aish says:
    April 21, 2016 at 11:38 pm

    V inthixaaru kurevihje vaaahaka ah but vaahaka up eh nukohdhevunehnu. V kada v .mirey Neyge nidheyni vx kameh vaahaka nukiyaa. .ushaalii vx nuvaane dw Thihen handhaigen. E oh v inthixaaru kuruvaafa.v foohi .

  40. kkkk says:
    April 21, 2016 at 11:44 pm

    Aaaaaagh
    Ushaali kon irakun tha update koh dheynee??…up vitho check kurevunu adhadhehvx neynge?????????

  41. Some1 says:
    April 22, 2016 at 11:17 am

    Vaahaka reethivaavarah update vaale vex dhaany lassvamun vara foohi..?

  42. angle says:
    April 22, 2016 at 1:16 pm

    ushaa?????

  43. mal says:
    April 22, 2016 at 1:55 pm

    alheyyyyyy kohbaaaa tha aneh part ushaaliiiii …….. avas cant wait anymore….

  44. Princess Noddy says:
    April 22, 2016 at 2:47 pm

    Pis iyye iru eryn suren mi innany mi site balaala balaalaa.. Thursday ga up kohdheyne vaahaka bunyma. Ushaali maa bodah busy v tha. Bunela ba dhw. Mihaaru inthixaaru kuraathaa kon ireh. Miadhu up kohdheyne kamah hykuran. Story reethi kamun bunevuny. ☺

  45. Ninni says:
    April 22, 2016 at 4:18 pm

    Kobaathr story ge aneh part.
    Adhivx thursday naan nanee thr. V foohivey..

  46. ken? says:
    April 22, 2016 at 4:48 pm

    dn ushaaleeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee!!!!!

  47. ken? says:
    April 22, 2016 at 4:52 pm

    kobaahey kobaahey…..inthizaaruge guitar hithutherygaaaa…3 hatharu rey vanee nunidheythaa story hama reethi kamunney inthizaaru kurevenee…dn mihaa4u keitherikan kolhun laifi ey..haadha funasru thakei kohfi ey kiyuntheringe hiythakah…heyonuvaaney thihen hadhaakah…haadha dhigu inthizaarekey thi kuruvanee..aadheyhekey mee kuraa..avahah story up kohdheyshey bunelan beynumee…??

  48. Aisha says:
    April 22, 2016 at 5:27 pm

    Kobaa vaahaka

  49. Akooo says:
    April 22, 2016 at 7:05 pm

    Kobatha vaahaka????

  50. Akky says:
    April 22, 2016 at 7:06 pm

    Bunaa bahuge ehvves ithubaareh nuhunnakan meegein ingeny….”…….

  51. zaa says:
    April 22, 2016 at 7:29 pm

    Alhe up nukurevunu sababehves bunelabaaa eyrunves hiyyhama jeheyne dhw…..

  52. aff says:
    April 22, 2016 at 7:37 pm

    Mabunee mashah hama marsha vareh nethey ..e ee hama ehwana ey … thikudhin bunany kykey ☺

    1. princess says:
      April 22, 2016 at 8:44 pm

      Hmm dhn huri kudhin vx ok hama…eki kudhin eki job ga ulhenyaamu bxy vx vaane..hus vaahaka liyumakah spend eh nukurevennu vagutheh vx

  53. Aadheys says:
    April 22, 2016 at 8:30 pm

    Ushaali mihaaru inthizaaru koh koh varubali vehga. Adhives next part up kohbila.mihaaru miaoh maruvany.please please please?????

  54. aish says:
    April 22, 2016 at 8:51 pm

    Haadha kehtheri kamehnethey. Komme kamehgaves vaki vareh onnan vaane. Ushaali ah buni dhuvahah up nukureveynee bodukameh dhimaaveema. E adhi bunaabahuge ithubaaru gehluny eh noon.

  55. ken? says:
    April 22, 2016 at 9:58 pm

    mithaanga ushaali dhanna kujjei innyyaa reply kohlaba aslu keeve kan up nukurvuny…n up kureveyne irei ves buneladhinun v bodah edhen…
    my heart says smnth must have hppnd to ushaali or in her life…i dnt knw but ushaaali akee bunaa dhuvaheiga up kuraa writer ei dn miahaaru up nukurevyenee kn mes bodu kamei dhimaaveema kan v yageen

  56. Xoe says:
    April 22, 2016 at 10:27 pm

    Kobaatha aneh part

  57. Eny says:
    April 22, 2016 at 11:10 pm

    Ushaaaaaaaaaleeeeeeee koba aneh part kameh dhimaavegen up nukurevunes k ekamak up kureveyne dhuvsheh buneba eyrun iruirukolhaa up vitho nubalaa farujeheyne ehnu

  58. mal says:
    April 23, 2016 at 1:07 am

    still still waiting…. avaha up kohdheebaaa ushaaliiiiiii…… i will wait …

Comments are closed.

All Right Reserved!