ކާރު ގޭޓުން އެތެރެއަށް ވައްދާލުމަށްފަހު ޕާރކިން އޭރިޔާގައި ކާރު ޕާރކް ކޮށްލުމަށްފަހު ޝަޒަންމެން ގެއަށް ވަންނަ ދޮރާއި ދިމާލަށް ދިޔައެވެ. ދެފަހަރަކު ބެލް އަޅާލުމާއެކު ދޮރު ހުޅުވީ ނިއާ އެވެ. ހަރީރާ ނިއާ އަށް ބަލާލީ ދެލޯވަށްކޮށްލައިގެން ހުރެއެވެ. ކުރިމަތީގައި ތިބި މީހުން ނިއާ އާއި ބަހެއް ވެސް ނުކިޔާ އެތެރެއަށް ވަނެވެ. “ކޮބާ ޒޯން” ޝަޒަން އަހާލީ ނިއާ ކައިރީގައެވެ. “ޒޯން ވީ އޮފީހުގައި. ކަމެއްގައި ދިޔައީ. ތަންކޮޅެއް ލަހުން އަންނާނީ” މޫނު އަނބުރާލައިގެން ހުރެ […]
ޖަންނަތުއަށް ހޭލެވުނީ ރީތިހުވަފެނެއް ފެނިގެން ހިނިއައިސްފައި އޮވެގެނެވެ. ޖަންނަތުއަށް ހީވީ ‘ސްލީޕިން ބިއުޓީ’ އަށް ނިދިން ހޭލެވުނު ހެނެވެ. ޖަންނަތު ކޮޓަރިއަށް ބަލައިލި އެވެ. މީހަކު ފެންނާކަށް ނެތެވެ. ކޮންމެސް މީހަކު އެކޮޓަރިއަށް ވަދެފައި ނުކުތް ކަމުގެ އިހުސާސް ޖަންނަތުއަށް ކުރެ ވުނެވެ. އަދި މަޑު މަޑުން ހިނިތުން ވެލަމުން ކޮލަށް ވީ އިހުސާސުން އަމިއްލަ ކޮލުގައި އަތްޖައްސާލި އެވެ. ހާރު ގަޑީގައި ނަސީރުއާއި އަބްޔާން ތިބީ ކާށެވެ. ލޯއުނގުޅަމުން އަދިވެސް ނިދީގައި ހުރި މީހެއްހެން […]
ޒޭބާ ކައިރީ ފައުޒާން އަބަދު ހިބާގެ ހަބަރު ބެލުމަށް ބުނެއެވެ. އެގޭ ގެންގުޅޭ ކުދިންނަކަށް ވާނުވާއެއް ނޭގެއެވެ. އެހެންކަމުން ޒޭބާއަށް ވެސް އޮތީ ހަބަރެއް ނުލިބިފަ އެވެ. * * * * * * * * * * * * * * * * * * * * * * * * * * * * * ހަ މަސް ފަހެވެ. އަދިވެސް ފައުޒާންގެ ހާލަކީ […]
“ހެހެހހެ އާން ދުވަސް އެބައޮތް….. ހެހެހހެ ” މަޑުމަޑުން އެހެން ބުނެ ޝައިމަން ވެސް ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ. ………….. މުޅި މާހައުލުން އިވެމުންދިޔައީ ކުޑަކުދިން ރޯ އަޑާއި މީހުން ވާހަކަ ދައްކާ އަޑެވެ. ސަނާ ޝަމްހާގެ އެނދުގެ މަގަތުގައި އިށީދެލައިގެން އިނީ ޖަވާބު ބޭނުންވާ އެތަށް ސުވާލުތަކެއް ސިކުނޑީގައި އެނބުރެމުން ދާތީއެވެ. “ފަހުން….. ޕްލީޒް” ޝަމްހާގެ އަޑުގައި ވަރުބަލިކަން އެކުލެވިގެން ވިއެވެ. “އޯކޭ ނިދާލާ…. ފަހުން ވާހަކަ ދައްކާނީ” ސަނާ ޝަމްހާގެ ނިއްކުރި މަތީގައި […]
އަޅުގަނޑުގެ މިވާހަކައަކީ ކުރިންވެސް އެސްފިޔައިގާ އަަޕްކުރެވިފައިވާ ވާހަކައެކެވެ. ނަމަވެސް ދިމަވި ކަމަކާހުރެ އަޕްކުރެވުނީ ވާހަކައިގެ އެއްބައެވެ. މިވާހަކަ އަޕް ވާނީ ކޮންމެ ވީކެއްގެވެސް ސަންޑޭ ގައެވެ. ނިދާފައި އޮތް އާރާއަށް ހޭލެވުނީ އުނދަގުވާ ކަހަަލަ އަޑެއް އިވޭތީއެވެ. ގަޑި ބަލާލިއިރު ގަޑިން މެންދަމު ބާރަ ޖަހަން ގާތްވަނީއެވެ. ލޯފޮހެމުން ގޮސް އާރާ ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޭރަށް ނިކުތެވެ. އަޑު އަންނަނީ ސިޓިންގް ރޫމުން ކަމަށްވާތީ ސިޑިން ފައިބައިގެން ތިރިއަށް ދިޔައެވެ. މުޅިތަނަށް އަނދިރިކަން ވެރިވެފާ […]
“ކޮއްކޯ.. މުހައްމަދުފުޅުބެ ރޭގައި ބެލި ބެލުމުން އެނގިފައިވަނީ.. ނާސިރު ވަނީ ކޮއްކޮ ބަންޝީލްއަށް ހިބައިން ދީފައި..” ދޮންބެ ބުނެލިއެވެ. އަހަރެން ހައިރާންކަމާއި އެކު ދޮންބެއާއި ދިމާލަށް ބަލާލީމެވެ. އެއީ ކިހިނެއް ވާނެ ކަމެއް ހެއްޔެވެ. ނާސިރުއަށް އަހަރެން އެހެން މީހަކަށް މިލްކެއްގެ ގޮތުގައި ދެވޭނެ ހެއްޔެވެ. އެއީ ކޮންކަހަލަ އިންސާނެއް ހެއްޔެވެ. “އެހެންވެ ބަންޝީލްއަށް ކޮއްކޮއަށް އެހާ ބާރު ފޯރުވެވެނީ.. މުހައްމަދުފުޅުބެ އަކަށް ވެސް ނޭނގެޔޯ އެއީ ކިހިނެއް ކުރި ކަމެއް ކަމެއް.. ނާސިރުއަށޯ އަސްލު އޭގެ […]
ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޖާހަތުއަށް އިރުއިރުކޮޅާ އަތުކުރީގައި އޮތް ގަޑިއަށް ބަލާލެވެއެވެ. ހުމާމުގެ ހަބަރެއް އަދިވެސް ނުވެއެވެ. ފޯނުވެސް ވީ އޭނާގެ އަތުގައެވެ. ގަޑިން ދިހައެއް ޖަހަން ކައިރިވަނީއެވެ. ޖާހަތު ހުރީ ހަމަ އެގޮތުގައެވެ. ދޮރުގައި ޓަކި ދިން އަޑު ކުއްލިއަކަށް އިވިގެން ދިޔައެވެ. ސިހިގެން ދިޔުމާއެކު ކުޅު ދިރުވާލެވުނެވެ. ހުމާމު އެއައީއެވެ. ޖީބުގައި އޮތް ވަޅި ޗެކްކޮށްލިއެވެ. އަދި އެއަށްފަހު މަޑުމަޑުން ގޮސް ދޮރު ހުޅުވާލިއެވެ. ކުޑަ ސިހުމެއް ލިބިގެން ދިޔައީ ދޮރުކުރިމަތީގައި […]
“ޖަމާލް. ބަޓް ވަރަށް ކްރިޓީކަލް އިނގޭ.” ޑޮކްޓަރު ދެން ބުނި އެތިން އުފާވެރިކަން ފިލައިގެން ހިގައްޖެ އެވެ. އެންމެންގެ މޫނުމަތި މިލައިފި އެވެ. “އުމުރުން ހަގުވުމާއި އެކު ވަރަށް ލޭމަދުވެފައި ވާތީ ބޭބީއަށް އޭގެ އަސަރު ކުރަމުން ދަނީ. ސްކޭނެއް ހަދަން ބޭނުން. އަދި އިތުރު ޓެސްޓްތަށް ވެސް ހަދާފަ ބޮޑަށް ބުނަން އެގޭނީ. ފަހަރެއްގައި ހިބާގަޔަށް ލޭ އަޅަންވެސް ޖެހިދާނެ.” ޑޮކްޓަރ އިތުރަށް ބުންޏެވެ. “އަޅުގަނޑުމެން ގަސްތުކުރަނީ ރާއްޖޭން ބޭރަށް ދާން.” ޖަމާލް ހުރެފައި ބުންޏެވެ. […]