Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ލޯތްބޭ ތީ 24 (ފަހުބައި)

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
April 20, 2016 13 Mins Read
31 Comments

މިޝާލް ވާހަކަ ދެއްކި އިރު ޒިހާންއާ ދިމާއަށް ބަލައެއް ނުލައެވެ. ނަމަވެސް މިޝާލް ވާހަކަ ދައްކަމުން ދިޔައިރު ޒިހާން ހުރީ ހައިރާން ކަމާ އެކީ މިޝާލްއާ ދިމާއަށް ބަލާށެވެ.

މިޝާލްގެ ވާހަކަ ގަބޫލު ކުރަން ޝިޔާޒްއަށް ދަތިވި ނަމަވެސް ޒިހާންއަށް ގަބޫލު ކުރެވުނެވެ. މިޝާލްގެ އަޑުގައިވީ ސާބިތުކަމާ ތެދުވެރިކަން ޒިހާން ދެނެގަތެވެ. އަދި މިޝާލް އަނޫޝާ ދެކެ ވާ ލޯބިވެސް ޒިހާންއަށް އިހުސާސް ކުރެވުނެވެ.

ގަބޫލު ކުރަން ދަތިވި ނަމަވެސް މިޝާލް ވާހަކަ ދެއްކި ގޮތުން އޭނަގެ ވާހަކަ ގަބޫލު ކުރުމަށް ޝިޔާޒްއަށްވެސް މަޖުބޫރުވިއެވެ. މިޒްނާ ދެއްކި ވާހަކަޔާ، މިޝާލް ވާހަކަ ދެއްކި ގޮތުން ހަގީގަތުގަވެސް މިޝާލް ބަދަލުވެފައި ވާކަމަށް ޝިޔާޒްއަށް ގަބޫލު ކުރެވުނެވެ.

“އަހަރެންވެސް ބޭނުމެއް ނޫން މިޒޫއާ ވަކިވާކަށް، އެކަމަކު…” ޝިޔާޒް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް މިޝާލް ވާހަކަ ދައްކަން ފެށިއެވެ.

“ޝިޔާޒް މިޒޫއާ ވަކިވާކަށް ނުޖެހޭނެ. އެކަހަލަ ކަމެއް އިރާދަ ކުރެއްވިއްޔާ ދިމައެއް ނުވާނެ… އަހަރެން ޔަގީންކަން މިދެނީ، ގަބޫލު ކުރޭ! އެކަމަކު އަހަންނަށް އަދި ވަގުތު ބޭނުން…” މިޝާލް އަވަސްއަވަހަށް ބުންޏެވެ.

“ނޭނގެ ކީއްވެ ކަމެއް… އެކަމަކު މިފަހަރު މިޝާލްގެ ވާހަކަ އަހަންނަށް ގަބޫލު ކުރެވިއްޖެ” މިޝާލްއާ ދިމާއަށް ބަލާލަމުން ޝިޔާޒް ބުންޏެވެ.

އެދެމީހުންގެ ހިތުގައި އެކަކު އަނެކަކަށް ޓަކާ ރުޅިވެރި ކަމެއް ވާނަމަ، އެވަގުތު ދެމީހުންގެ ހިތް ސާފުވިއެވެ.

“އޯކޭ… ވަގުތު ދީފިން…” މިޝާލްއާ ދިމާއަށް ސަލާމަށް އަތް ދިއްކޮށްލަމުން ޝިޔާޒް ހީލާފައި ބުންޏެވެ.

މިޝާލް ޝިޔާޒްގެ އަތުގައި ހިފާ ސަލާން ކޮށްލިއެވެ.

“އަހަރެން ހީކުރަން އަހަރެން ކުރަން މިއުޅެނީ ރަނގަޅު ކަމެއް ކަމަށް” ޝިޔާޒްގެ އަތުން ދޫކޮށްލާފައި ޒިހާންއާ ދިމާއަށް އަތް ދިއްކޮށްލަމުން މިޝާލް ބުންޏެވެ.

އެއްޗެއް ނުބުނެ ހަމައެކަނި ބޯޖަހާލަމުން ޒިހާންވެސް މިޝާލްއާ ސަލާން ކޮށްލިއެވެ.

ޝިޔާޒް މައްޗަށް އަރާ އަނޫޝާ ގާތު މިޝާލް ގޮވާ ވާހަކަ ބުނުމުން އަނޫޝާ ތިރިއަށް ފޭބީ އަދިވެސް އެގޭގައި ޒިހާން ހުރެދާނެތީ ޖެހިލުން ވެހުރެއެވެ. ނަމަވެސް ސޯފާގައި އިށީނދެގެން މިޝާލް އެކަނި އިންދާ ފެނުމުން ހިފައްޓައިގެން ހުރި ނޭވާ ދޫކޮށްލަމުން އަނޫޝާ އައިސް މިޝާލް ގާތު ހުއްޓުނެވެ.

“ހިނގާ ދޯ ދާން؟” އަނޫޝާ ބުންޏެވެ. ބޯޖަހާލާފައި މިޝާލް ތެދުވިއެވެ.

 

“މިޒޫ، އައިސްބަލަ” އަނޫޝާ ދިޔުމުން ޝިޔާޒް މިޒްނާއަށް ގޮވާލިއެވެ. މިޒްނާ ޝިޔާޒްގެ ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ.

ކޮޓަރީގެ ދޮރު ލެއްޕުމާ އެކު ޝިޔާޒް މިޒްނާ ގައިގައި ބައްދާލިއެވެ.

“ޝިޔާޒް…” މިޒްނާ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ޝިޔާޒް މިޒްނާއަށް އެފުރުސަތެއް ނުދިނެވެ.

“ޝްޝްޝް… އިހަށް ސުވާލު ނުކުރޭ މިޒޫ…” ޝިޔާޒް ބުނެލިއެވެ. އަދި ދެއަތުން މިޒްނާގެ މޫނުގައި ހިފާ މިޒްނާގެ މޫނުގެ އެކި ހިސާބުގައި ބޮސްދޭން ފެށިއެވެ.

ކިތަންމެ ވަރަކަށް އަމިއްލަ ހިތަށް ވިސްނައިދިން ނަމަވެސް މިޒްނާއާ ވަކިވުން އެއީ ޝިޔާޒްއަށް ކުރަން އުނދަގޫ ކަމެކެވެ. މިޝާލްއަށް އަނޫޝާއާ ވަރިކުރުމަށް މަޖުބޫރު ކުރުވުމަށް ޓަކާ މިޒްނާ ދޫކޮށްލުމަށް ޝިޔާޒް ނިންމީ ހިތާ ދެކޮޅަށެވެ. އެންމެ ފަހު ވަގުތާ ހަމައަށްވެސް ޝިޔާޒްގެ ހިތް ދިޔައީ އެނިންމުމާ ދެކޮޅު ހަދަމުންނެވެ.

ނަމަވެސް އަނޫޝާއަށް ޓަކާ، އަނޫޝާގެ އުފަލަށް ޓަކާ ޝިޔާޒް ހުރީ އަމިއްލަ ހިތަށް ކިތަންމެ ބޮޑު އަނިޔާއެއް ދޭންވެސް ތައްޔާރަށެވެ.

އެހެން ނަމަވެސް ޝިޔާޒްއާ މިޒްނާ ވަކި ނުވުމަށް މެދުވެރިވި ސަބަބެއް ކަމުގައި އެރޭ މިޝާލް ވިއެވެ. އަނޫޝާގެ އުފަލަށް ޝިޔާޒް އެދޭ ފަދައިން މިޒްނާގެ އުފަލަށް މިޝާލްވެސް އެދޭތީއެވެ. އަމިއްލަ އުފަލަށް ވުރެން މިޝާލްއަށް މިޒްނާގެ އުފާ، އަދި އަނޫޝާގެ ހިނިތުންވުން މުހިންމު ވީތީއެވެ.

“ޝިޔާޒް، ކިހިނެއްވީ؟” ގަޑިއެއްހާ އިރު ފަހުން ޝިޔާޒްގެ އަތުތެރޭ އޮތް މިޒްނާ އަހާލިއެވެ.

“ވީގޮތްދޯ…؟ މިޒޫއަށް އުނދަގޫ ވާނެ އަހަންނަށް މާފު ކުރަން… އެކަމަކު އަހަރެން ފުރަތަމަވެސް މާފަށް އެދެން… މިޒޫ، އަހަރެން…” ޝިޔާޒް ހުރިހާ ވާހަކައެއް މިޒްނާއަށް ކިޔާދިނެވެ.

“އަހަރެން ޝިޔާޒްއަށް މާފު ކޮށްފިން. އަހަރެން ނަމަވެސް ކަންތައް ކުރާނީ ތިހެން ކަންނޭނގެ…” ޝިޔާޒްގެ މޭގައި ފިރުމާލަމުން މިޒްނާ ބުންޏެވެ.

ޝިޔާޒް މިޒްނާގެ އަތުގައި ހިފާލާފައި ގެނެސް ތުންފަތުގައި ޖައްސާލިއެވެ.

“މިޒޫއަށް އެނގޭ ދޯ؟ މިބުނީ… އަހަރެން ނުބުނަނީސް…؟” ޝިޔާޒް ފުރިހަމަ ނުކޮށް ހުއްޓާލިއެވެ.

މިޒްނާ ބޯޖަހާލިއެވެ.

“މިޒޫ، ވަރަށް ބޮޑަށް ސޮރީ… އަނޫއަށް ޓަކާ ވިޔަސް އެގޮތަށް މިޒޫއަށް ހަރޓް ކުރަން އަހަރެން ވިސްނީތީ… އެކަމަކު އަހަންނަށް އެހެން ގޮތެއް ނުވިސްނުނީ، އަހަރެން ހިތަށްއެރީ… އަހަރުމެން ދެމީހުން އެކަކު އަނެކަކު ދެކެ ލޯބި ވަންޏާ އަދި އަހަރުމެންނަށް ގުޅެވޭނެޔޭ… އެގޮތަށް ހިތަށް ވިސްނައިދިނީ…” ޝިޔާޒް މިޒްނާ ގައިގައި ބައްދާލިއެވެ.

“ދެން އެވާހަކަ ނުދައްކާ ޝިޔާޒް، އަޅާނުލާ… ޝިޔާޒް އަހަރެން ވަރިކުރި ނަމަވެސް އަހަރެން ޝިޔާޒްއަށް މާފު ކުރާނަން، ޝިޔާޒް ތިބުނިހެން އެހެން ވި ނަމަވެސް ކޮންމެސް ދުވަހަކުން އަހަރުމެން އަދި ގުޅޭނެ… ދެން އެވާހަކަ ނުދައްކާ. އަހަރެން އެދެނީ ދޮންބެވެސް އަނޫވެސް ޒިހާންވެސް އަދި ޝަމްކޮވެސް އުފަލުން އުޅުން” މިޒްނާ ބުންޏެވެ.

ޝިޔާޒް އެއްޗެއް ނުބުނެ އަދިވެސް ބޮޑަށް މިޒްނާ ގަޔާ ކައިރި ކޮށްލިއެވެ. މިޒްނާ ފަދަ އަނތްބަކު ދެއްވީތީ ހިތާހިތުން ހެއްދެވި ފަރާތަށް ޝުކުރު ކުރަމުންނެވެ.

 

ގެޔަށް ގޮސް އެރޭ ކޮޓަރިއަށް ވަން ގޮތަށް މިޝާލް ކޮތަރި ތެރޭ ދެކޮޅަށް ހިނގަން ފެށިއެވެ. ހައިރާން ވެފަ އިރުކޮޅަކު މިޝާލްއާ ދިމާއަށް ބަލަން ހުރެފައި އަނޫޝާ އެއްޗެއް ނުބުނެ ފާހާނާއަށް ވަނެވެ.

އަނޫޝާ ނިކުތް އިރު މިޝާލް ސޯފާގައި އިށީނދެގެން އިނެވެ.

“މިޝާލް…؟” އަނޫޝާ މިޝާލް ކައިރީގައި ހުއްޓިފައި ގޮވާލިއެވެ.

މިޝާލް އަނޫޝާއަށް ބަލާލިއެވެ.

“އަނޫ…” މިޝާލް އަނޫޝާގެ އަތުގައި ހިފާފައި ކައިރީގައި ބޭންދިއެވެ. އަދި އަނޫޝާގެ މޫނަށް ބަލާލިއެވެ.

އަނޫޝާ އިށީނދެފައި މިޝާލްގެ މޫނަށް ބަލާލިއެވެ. އެރޭ ޝިޔާޒްއާ މިޝާލްގެ މެދުގައި ކޮންމެވެސް ކަންތައްގަނޑެއް ހިނގައިފިކަން އަނޫޝާއަށް އެނގެއެވެ. ނަމަވެސް އެކަމާ ސުވާލު ކުރާކަށް އަނޫޝާއަކަށް ނުކެރުނެވެ.

“އަނޫ…” މިޝާލް އަނެއްކާވެސް ގޮވާލިއެވެ. ނަމަވެސް ދެންވެސް އިތުރު އެއްޗެއް ނުބުނެ އިރުކޮޅެއް ދިޔައެވެ.

“އަނޫ އަހަންނަށް ވަރަށް ގިނަ ކަންތައް ކޮށްދީފީމެއްނު ދޯ؟” މިޝާލް ބުނެލިއެވެ.

އަނޫޝާއަކަށް މިޝާލް ބުނަން އުޅުނު އެއްޗެއް ނުވިސްނުނެވެ. ސުވާލުން ފުރިގެން ވީ ގޮތަކަށް އަނޫޝާ ބުމަ އަރުވާލިއެވެ.

“އަހަރެން ކުރިން އުޅުނީ ކިހިނެއް؟ ކޮން ކަހަލަ މީހެއް އޭރު އަހަންނަކީ؟ އެކަމަކު އަހަރެންގެ އެގޯސް އުޅުން ބަދަލު ކުރީ އަނޫ، އަނޫއާ ހެދި އަހަރެން ބަދަލުވީ، އަހަރެންގެ މަންމަމެންނަށް އަހަންނާ ހެދި ހިތްހަމަ ޖެހުމެއް ލިބުނީ އަނޫގެ ސަބަބުން… އަހަންނަށް ލޯތްބަކީ ކޯޗެއް ކަން ދަސްކޮށް ދިނީ އަނޫ، ލޯބިވާން ދަސްކޮށްދިނީ އަނޫ…

އަހަރެން މިހާރު ބޭނުމީ އެހުރިހާ ކަމެއްގެ ބަދަލުގަ އަނޫއަށް ކަމެއް ކޮށްދޭން…”

އަނޫޝާ އެއްޗެއް ނުބުނެ މިޝާލްގެ ވާހަކަ އަޑު އަހަން އިނެވެ. މިޝާލްގެ މޫނަށް ބަލަހައްޓައިގެނެވެ. ހައިރާން ވެފައެވެ. މިޝާލް ބަދަލު ވެފައިވާކަން އެނގޭ އިރުވެސް، އެކަން ކުރިމަތިން ފެންނަމުން ދާއިރުވެސް ގަބޫލު ކުރަން ދަތިވެފައެވެ.

“އަނޫ…” ސޯފާ މައްޗަށް އެއްފައި ލަމުން މިޝާލް މުޅި ހަށިގަނޑު އަނޫޝާއާ ކުރިމަތިވާ ގޮތަށް އެނބުރި އަނޫޝާގެ ދެއަތްތިލައިގައި ހިފާލިއެވެ.

“އަހަރެންނަށް އެނގޭ އަހަރެން އަމިއްލައަށް މިނިންމީ ވަރަށް ބޮޑު ކަމެއްކަން… އަނޫއަށް ޝޮކަކަށް ވާނެކަން އެނގޭ… އަހަރެން އެދެނީ އަނޫއަށް އަނޫގެ ލޯބި ލިބުން… އަނޫ ޒިހާންއާ ގުޅުން. މިވަގުތު އަހަރެން މިހެން ބުނީމަ އަނޫއަށް ގަބޫލު ކުރަން ދަތިވެސް ވާނެ… އެކަމަކު—”

“މިޝާލް!” މިޝާލްގެ ވާހަކަ އަނޫޝާ ކުއްލިއަކަށް މެދު ކަނޑާލިއެވެ.

“ޝްޝްޝް… ފަސޭހައެއް ނޫން… އަނޫ، އަހަންނަށް ފަސޭހައެއް ނޫން މި ނިންމުން ނިންމާކަށް… ޕްލީޒް، އިހަށް އަނޫ ވާހަކަ ނުދައްކާ އަހަރެން ބުނާ އެއްޗެއް އަޑު އަހާ…” މިޝާލް އަނޫޝާއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ އަވަސްއަވަހަށް ބުނެލިއެވެ.

“އަނޫ…” މިޝާލް އަނޫޝާއަށް ގޮވާލަމުން ލޯމަރާލިއެވެ. ހިތް ގޮވަމުން ދިޔައީ އެވާހަކަ ކުރިއަށް ނުގެންގޮސް އެހިސާބުން ހުއްޓާލުމަށެވެ. ބާރު ބާރަށް ތެޅެމުން ދިޔަ މިޝާލްގެ ހިތް އެދެމުން ދިޔައީ ދެއަތުގެ ތެރޭގައި އަނޫޝާގެ ހަށިގަނޑު ފިއްތާލުމަށެވެ. އެމޫނުގެ އެކި ހިސާބުގައި ބޮސް ދިނުމަށެވެ. އެހަށިގަނޑުގެ ހޫނުކަން އިހުސާސް ކޮށްލުމަށެވެ. އަދި އެންމެ ފަހަރަކު ނަމަވެސް، އެންމެ ފަހު ފަހަރަށް ނަމަވެސް އަނޫޝާގެ ފަރާތުން ފޮނި މީރުކަން ލިބިގަތުމަށެވެ.

ނަމަވެސް މިޝާލް އަމިއްލަ ހިތާ، އެހިތުގެ އިހުސާސްތަކާ، އަމިއްލަ ހަށިގަނޑު ކޮންޓްރޯލް ކުރިއެވެ. ކިތަންމެ ކުޑަ ވަގުތު ކޮޅަކަށްވެސް މިޝާލް ބަލިކަށި ވާކަށް ބޭނުމެއް ނޫނެވެ. ނިންމާފައިވާ ގޮތަށް ކަންތައް ވުމަށް ހުރަސް އެޅިދާނެ ފަދަ އެއްވެސް ކަމެއް މިޝާލް ނުކުރާނެއެވެ.

“އަހަރެން… އަހަރެން އަނޫ ވަރިކޮށްފިން!” ލޯހުޅުވާ އަނޫޝާގެ މޫނަށް ބަލާލަމުން މިޝާލް ބުންޏެވެ. މިޝާލްގެ އަނގައިން ނިކުތް އެތިން ލަފްޒާ އެކީ މީޝާލްގެ ހިތް ކުދިކުދި ވެގެން ދިޔަފަދަ އިހުސާސެއް މިޝާލްއަށް ކުރެވުނެވެ.

ދެމިނަޓެއްހާ އިރު ވީ އިރުވެސް އަނޫޝާ އެއްޗެއް ނުބުނެއެވެ. މިޝާލް އެޖުމްލަ ބުނި ވަގުތު ދެލޯ ބޮޑު ކޮށްލާފައި މިޝާލްއާ ދިމާއަށް ބަލަހައްޓައިގެން އިން ގޮތަށް އިނީއެވެ.

“އަނޫ… އަޑު އިވުނުތަ؟” މިޝާލް އަނޫޝާގެ ދެއަތް ތިލައިގައި ހިފާ ތަޅުވާލަމުން އަހާލިއެވެ.

އިން ގޮތަށް އިނދެ އަނޫޝާ ބޯޖަހާލިއެވެ. ނަމަވެސް ދެންވެސް އެއްޗެއް ނުބުނެވުނެވެ. ވިސްނަން އިނދެވުނީއެވެ.

މިޝާލް ބަދަލު ވެއްޖެއެވެ. ވަރަށް ބޮޑަށް ބަދަލު ވެއްޖެއެވެ. އަނޫޝާ އުފާވިއެވެ. ދެރަވެސް ވިއެވެ. ޒިހާންއާ ގުޅުމަށް މަގު ފަހިވިކަން އިހުސާސް ކުރެވުމުން ހިތް އުފަލުން ނަށާލިއެވެ. ހަމަ އެއާއެކު އަނޫޝާއަށް ޓަކާ، އަނޫޝާގެ ލޯބި ހޯދާދިނުމަށް ޓަކާ މިޝާލް އެވީ ގުރުބާނީ ހިތަށް އެރުމާ އެކު ދެރަވެ ލޮލުން ކަރުނަ އައެވެ.

“އަނޫ، އަހަންނާ މެދު ހިތް ބުރަ ނުކުރައްޗޭ، ޕްލީޒް… އަހަންނަށް މާފު ކުރައްޗޭ…” މިޝާލް މަޑުމަޑުން ބުނެލިއެވެ.

ދެއަތުން މޫނު ފޮހެލަމުން އަނޫޝާ ދެފަރާތަށް ބޯހަލުވާލިއެވެ. ނުރޯން ހިތްވަރު ކުރި ނަމަވެސް ރޮވުނެވެ. އަނޫޝާ ދެއަތުން މޫނު ނިވާ ކޮށްލަމުން އަނެއް ފަރާތަށް އެނބުރުނެވެ.

މިކުރެވުނީ ރަނގަޅު ކަމެއް ބާއޭ މިޝާލް ހިތަށް އެރިއެވެ. އަނޫޝާ ރޯން ފެށުމުން ކަން ބޮޑުވިއެވެ.

“އަނޫ…” މިޝާލް އަނޫޝާގެ ކޮނޑުގައި ހިފާ އަނޫޝާ މިޝާލްއާ ދިމާއަށް އަނބުރާލިއެވެ. އަދި އަނޫޝާގެ ދެއަތުގައި ހިފާ މޫނާ އަތް ދުރު ކޮށްލިއެވެ.

“މިޝާލް…” އަނޫޝާއަށް ބުނެވުނެވެ.

މިޝާލް ދެއަތުން ހިފާ އަނޫޝާގެ ހަށިގަނޑު މިޝާލްގެ އަތުތެރެއަށް ގެނެސް ބައްދާލާފައި އަނޫޝާގެ ބުރަކަށީގައި ފިރުމާލިއެވެ.

އޭރުވެސް ކުރެވުނު ކަންތަކާ މެދު މިޝާލްގެ ހިތުގައި ސުވާލު އުފެދެމުން ދިޔައެވެ. މިޝާލްއަށް ކަންތައް ކުރެވުނީ ރަނގަޅަށް ހެއްޔެވެ؟ އެފަދަ ނިންމުމެއް ނިންމުމުގެ ކުރިން އަނޫޝާއާ ވާހަކަ ދެއްކުން އެއީ މިޝާލް ކުރަން ޖެހޭނެ ކަމެއް ބާއެވެ؟

“އަނޫ، ގަބޫލު ކުރަންތަ އަހަރެން މިހެން ކަންތައް މިކުރީ އަނޫއަށް ޓަކާ ކަން؟ އަހަރެން ހުރިހާ ކަމަކަށް ވުރެން ބޮޑަށް އެދެނީ އަނޫގެ އުފަލަށް، އަނޫގެ ދިރިއުޅުން އުފަލުން ފުރާލަ ދިނުން އަހަރެންގެ އެދުމަކީ… އެއީ ޒިހާންއަށް ވިޔަސް އަހަރެންގެ މައްސަލައެއް ނެތް… އަނޫ. ޕްލީޒް އަންޑަރސްޓޭންޑް… އަހަންނަށް އެނގޭ އަހަރެން އަނޫ ދެކެ ކިތަންމެ ލޯބި ވިޔަސް އަނޫގެ ހިތް އަބަދުވެސް އެދޭނީ ޒިހާންގެ ލޯތްބަށް ކަން… އަނޫ ބުނެބަލަ… އެންމެ ފަހަރަކުވެސް ބުނެބަލަ އަހަރެން ކަންތައް މިކުރީ ރަނގަޅަށޭ…” މިޝާލް އަނޫޝާ ގަޔާ ދުރު ކޮށްލަމުން ބުންޏެވެ.

އަނޫޝާ ދެއަތުން މޫނު ފޮހެލިއެވެ.

“އެކަމަކު މިޝާލް… އަހަރެން ކިހިނެއް…؟ މީ ރަނގަޅު ގޮތެއް ނޫން މިޝާލް…” އަނޫޝާ ބުންޏެވެ.

“ކާކު ބުނީ؟ އަނޫ އަމިއްލަ ހިތާ ސުވާލު ކޮށްބަލަ… ދެން ބުނެބަލަ މީ ރަނގަޅު ގޮތެއް ނޫނޭ” މިޝާލް އަނޫޝާގެ މޭގައި އިނގިލި ޖައްސާލިއެވެ.

“އެކަމަކު މިޝާލް… އޭރުން… މިޝާލް ހާދަ ރަނގަޅޭ” އަނޫޝާއަށް ބުނެވުނެވެ.

“ތިހެން ވިއްޔާ ތިވީ… އެކަމަކު ހީލާފަ ތިހެން ބުނެބަލަ!” ލުއި ހުނުމަކާ އެކީ މިޝާލް ބުންޏެވެ.

“އަހަންނަށް ޓަކާ މިޝާލް މިވަރުގެ ކަމެއް ކޮށްދީފަ… އަހަންނަށް ކޮށްދެވޭނީ ކޮން ކަމެއް؟” މިޝާލްގެ މޫނަށް ބަލަން އިނދެ އަނޫޝާ އަހާލިއެވެ.

“ކޮން ކަމެއްހޭ؟ އަނޫގެ ކުރިމަތީގަ މީނދަ މިޝާލްއަށް ރަނގަޅަށް ބަލާލަބަލަ! ދެން ބުނެބަލަ! އަދިވެސް އަނޫއަށް ކޮށްދެވޭނެ ކަމެއް އޮންނާނެތަ؟ މިއަދު އަހަރެންގެ މަންމަމެންގެ މޫނު މަތިން ފެންނަ ހިތްހަމަ ޖެހުން އެއީ ކުޑަ ކަމެއްތަ؟” މިޝާލް އެހިއެވެ.

އަނޫޝާ އެއްޗެއް ނުބުނެ އިނެވެ.

“އަނޫ… ކޮންމެސް އެއްޗެއް ބުނެބަލަ…” މިޝާލް ބުންޏެވެ.

“މިޝާލް… ތުއްތަ… ބޭބީ…” އަނޫޝާ ބުނަން އުޅުނު ވާހަކަ ބުނާނެ ގޮތެއް އަނޫޝާއަކަށް ނުވިސްނުނެވެ. ނަމަވެސް މިޝާލްއަށް ވިސްނުނެވެ.

“ޝަމް ދޯ! ތިކަމާ އެބަ ވިސްނަން… އަހަރެން ހީކުރަން ކޮންމެސް ދުވަހަކުން އަހަންނާ މެރީ ކުރަން ޝަމް އެއްބަސް ވާނެ ކަމަށް… އަނޫ، އަހަންނަށް ހެލްޕް ވެދޭނަން ދޯ؟ އަހަރެން ބޭނުން އަހަރެންގެ ދަރިފުޅު އަހަރެން ކައިރީގަ ހުރެގެން ބޮޑުވާން” މިޝާލް ބުންޏެވެ.

އަނޫޝާ އަވަސްއަވަހަށް ބޯޖަހާލިއެވެ.

އަނެއްކާވެސް އެދެމެދުގައި ހިމޭން ވަގުތުކޮޅެއް ދިޔައެވެ. އަނޫޝާ ފާރުގައި ހުރި ގަޑިއަށް ބަލާލިއެވެ. ބާރަ ޖެހީއެވެ. އަނޫޝާ އޮށޯންނަން ބޭނުން ވިއެވެ. އެހެން ހިތަށް އެރުމާއެކު އަނޫޝާއަށް މިޝާލްއާ ދިމާއަށް ބަލާލެވުނެވެ. ދެން ހަދަންވީ ގޮތެއް ނުވިސްނިފައެވެ.

މިޝާލް އިނީ އަނޫޝާއާ ދިމާއަށް ބަލާށެވެ. އަނޫޝާ ބަލާލުމުން މިޝާލް ދުރު ބަލާލިއެވެ. އަނޫޝާ ނިދި އައީކަން މިޝާލްއަށް އެނގުނެވެ. އެނދަށް ބަލާލުމާއެކު މިޝާލްގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ.

އެހެން ރޭރެއާ ޚިލާފަށް މިރޭ އަނޫޝާއާ އެއް އެނދަކު ނުނިދޭނެކަން މިޝާލްއަށް ޔަގީން ވެއެވެ. ހޭލާ ހުރެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވުނު ނަމަވެސް ނިދީގައި ކުރެވިދާނެ ކަމަކާ މެދު މިޝާލްއަށް އެއްވެސް ޔަގީން ކަމެއް ނެތެވެ. އެހާވެސް މިޝާލްގެ ހިތް އަނޫޝާއަށް އެދެއެވެ.

ކޮންމެ ގޮތެއް ވިޔަސް މިޝާލް އެވަނީ ގޮތެއް ނިންމާފައެވެ. މިވަގުތުވެސް އެނިންމުން ބަދަލު ކުރާކަށް މިޝާލް ޖެހިލުމެއް ނުވާނެއެވެ. ނަމަވެސް މިޝާލް އެގޮތަކަށް ކަންތަކެއް ނުކުރާނެއެވެ. އަނޫޝާއަށް ޓަކައެވެ. އަނޫޝާ ދެކެ ވާ ލޯތްބަށް ޓަކައެވެ.

އާއެކެވެ. މިޝާލް އަނޫޝާ ދެކެ ލޯބިވެއެވެ. އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް އެއީ އަމިއްލަ އެދުމެއް ނެތް ސާފު ލޯތްބެކެވެ.

މިރެއަށް ފަހު އަނޫޝާގެ މައްޗަށް މިޝާލްގެ އެއްވެސް ހައްގެއް ނެތެވެ. ދުވަސްކޮޅެއް ފަހުން އަނޫޝާ ވާނީ އެހެން މީހެއްގެ ހައްގަކަށެވެ. އެހެން މީހެއްގެ އަނތްބަކަށެވެ. އަނޫޝާގެ ދިރިއުޅުމަށް ވާނީ އެހެން މީހެކެވެ.

އެހެން ހިތަށް އެރުމާއެކު މިޝާލްގެ މެޔަށް ގޮތެއް ވެލިއެވެ. ހަށިގަނޑަށް، މެއަށް ތޫނު ތަދެއް އިހުސާސް ކުރެވުނެވެ. އިން ތަނުން ތެދުވެވުނީ ކުއްލިއަކަށެވެ.

މިޝާލް ތެދުވި ގޮތުން އަނޫޝާ ސިހިފައި މިޝާލްއަށް ބަލާލިއެވެ.

“ހިނގާ ދޯ ނިދަން…؟” މިޝާލް ބުންޏެވެ.

އަނޫޝާ ތެދުވެގެން ގޮސް ފާހާނާއަށް ވަދެފައި ނިކުތް އިރު މިޝާލް ސޯފާގައި އޮތެވެ. އަނޫޝާ އެއްޗެއް ނުބުނެ ގޮސް އެނދުގައި އޮށޯތެވެ.

“މާދަން މަންމަމެން ކައިރީގަ ބުނާނީދޯ؟ އޭގެ ފަހުން އަނޫ ބޭނުމިއްޔާ ގެޔަށް ގެންގޮސް ދޭނަން… ނޫނީ… އަނޫ ބޭނުމިއްޔާ މިގޭގަ ހުއްޓަސް އޯކޭ” މިޝާލް އޮތް ގޮތަށް އޮވެ ބުންޏެވެ.

“ހްމްމްމް…” މިޝާލް ބުނި އެއްޗެއް އަޑު އިވުނުކަން އަންގާލުމަށް ޓަލާ އަނޫޝާ ހޫން ލައްވާލިއެވެ.

ނިދެމުން ދިޔަ އިރު އަނޫޝާއާ މިޝާލްގެ އިތުރުން ޒިހާންގެ ސިކުނޑީގައިވެސް ޚިޔާލުތައް ގިނަ ވަމުން ދިޔައެވެ. އެރޭ ވީކަންތައް އެތިން މީހުންގެ ހިތާ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ކޮންމެ މީހަކަށްވެސް ކުރެވެނީ އިންތިޒާރެވެ. އަންނަން އޮތް ދުވަސްތަކާ މެދު ކޮންމެ ހިތެއްގައިވެސް ވަނީ އުންމީދެވެ.

 

އަނެއް ދުވަހު ހެނދުނު ސައި ބޯން ތިބެފައި މިޝާލް އަނޫޝާއާ ވަކިވި ހަބަރު ގޭ އެންމެންނަށް ދިނީ މިޝާލްއެވެ. ނަސީރާއާ ޒަރީރުއާ އަޒީޒާ އަދި ނިހާންއާ މައުރޫފްއާ މަޒްނާވެސް އޭރު ތިބީ ސައި ބޯށެވެ. މިލްނާއާ އަނޫޝާ ތިބީ ބަދިގޭގައެވެ. މިޝާލް ދެއްކި ވާހަކަ އަޑު އަހަން އަނޫޝާ އެމީހުންނަށް ނުފެންނަ ގޮތަށް ބަދިގޭ ދޮރު ކައިރީގައި ހުއްޓެވެ.

އެއްވެސް މީހަކު އެއްވެސް އެއްޗެއް ނުބުނެ ތިއްބެވެ. އެވަގުތު ބުނާނެ އެއްޗެއް އެކަކަށްވެސް ނުވިސްނުނީއެވެ.

“އަހަރެން ބުނިން އަނޫ ކައިރީގަ އަނޫ ބޭނުމިއްޔާ އަދިވެސް މިގޭގަ ހުރެވޭނެޔޭ، މިޒޫ ކޮޓަރީގަ އަނޫ ހުއްޓަސް އެންމެ ރަނގަޅު ދޯ މަންމާ؟” އެކަކުވެސް އެއްޗެއް ނުބުނުމުން ދެންވެސް ވާހަކަ ދެއްކީ މިޝާލްއެވެ.

“އާނ، އަނޫ ބޭނުން ދުވަހަކު މިގޭގަ ހުރެވޭނެ. އެކަމަކު… މިޝާލް ތިހެން ކަންތައް ތިކުރީ ވިސްނާފަތަ؟ އަނޫއާ ވާހަކަ ދައްކާފަތަ؟” ނަސީރާއަށް އެހެން އަހާލެވުނީ އަނޫޝާއާ މެދު ވިސްނާފައެވެ.

“މަންމާ، އަހަރުމެން މި ދިރިއުޅުން ފެށި ގޮތް މަންމައަށްވެސް އެނގެއެއްނު؟ މީމިކަން ނިމެންވީ ގޮތް. އަހަރުމެން ދެމީހުންވެސް އެދޭ ގޮތް” މިޝާލް ބުންޏެވެ.

“ދެމީހުން ވާހަކަ ދައްކައިގެން ނިންމި ގޮތް ވިއްޔާ ދެން މަންމަ ބުނާނީ ކީކޭ؟” ނަސީރާ އެކަމާ އިތުރަށް އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. އެހެން އެކަކުވެސް އިތުރަށް އެކަމާ ސުވާލެއް ނުކުރެއެވެ.

ސައި ބޮއެގެން މިޝާލް ދިޔައީ ބޭރަށެވެ. މިޝާލް އައުމުގެ ކުރިން ނަސީރާގެ އެހީއާ އެކު އަނޫޝާ އެއްޗެއްހިތައް މިޒްނާގެ ކޮޓަރިއަށް ބަދަލު ކުރިއެވެ. އަނޫޝާ ބޭނުންވީ އެގޭން ނުގޮސް ހުރެވޭނެހާ ދުވަހަކު އެގޭގައި މަޑު ކުރާށެވެ. އަނެއްކާވެސް ޝަރީފާގެ ބެލުމުގެ ދަށަށް ދާކަށް އަނޫޝާ ނޭދެއެވެ.

ހަފްތާއެއްގެ ތެރޭ މިޝާލްއާ އަނޫޝާ ހުރިހާ ކަމެއް ނިންމިއެވެ. ދެމީހުންގެ މެދުގައިވާ ކައިވެނީގެ ގުޅުން ނިމުނު ނަމަވެސް އޭރު އެދެމީހުންގެ މެދުގައި ވަނީ ގާތް ރަޙުމަތްތެރި ކަމެއް އުފެދިފައެވެ. ޒިހާން އަދި ޝަމްހާއާ ބެހޭ ގޮތުން ދެމީހުންގެ މެދުގައި އެއްވެސް ޖެހިލުމެއް ނެތި ވާހަކަ ދެކެވެއެވެ.

ކަންތައް ވީގޮތް ޝިޔާޒްމެން ގޭ އެންމެންނަށްވެސް އަދި ޒިހާންއަށްވެސް އެނގެއެވެ. އަނޫޝާ މިޝާލްމެން ގޭގައި ހުރުމަށް އެކަކުވެސް ދެކޮޅެއް ނަހަދައެވެ. އެކަން އެމީހުން ދޫކޮށްލީ އަނޫޝާގެ އަތް މައްޗަށެވެ.

މަދު ވެގެން ހަފްތާއަކު އެއް ފަހަރު އަނޫޝާއާ މިޝާލް ޝަމްހާ ކައިރިއަށް ދެއެވެ. އެގޮތަށް ދާ ކޮންމެ ރެއަކު ހެން އަނޫޝާއާ ޒިހާންއާ ދިމާވެއެވެ. ދެމީހުންގެ މެދުގައި ކޮންމެވެސް ވަރަކަށް ވާހަކަވެސް ދެކެވެއެވެ. ނަމަވެސް އެކަކުވެސް އަނެކަކާ މެދު ހިތުގައިވާ އިހުސާސްތަކާ ބެހޭ ގޮތުން ވާހަކައެއް ނުދައްކައެވެ. އެވާހަކަތައް ދެއްކުން މުހިންމުވެސް ނުވީއެވެ. އެކަކު އަނެކަކުގެ ހިތުގެ ހާލު ދެމީހުންނަށްވެސް އެނގޭތީއެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ވާނެ ގޮތްވެސް ދެމީހުންނަށް އެނގޭތީއެވެ. އެދެމީހުން ގުޅުމަށް ދެން އިތުރު ހުރަހެއް ނެތްކަން ޔަގީންވެސް ވާތީއެވެ.

ޝަމްހާއަށްވެސް ލޯތްބަކީ ކޮބާ ކަން ދަސްވިއެވެ. ހީވެސް ނުކޮށް ހުއްޓާ ޝަމްހާއަށް ލޯބި ވެވުނީ މިޝާލް ދެކެއެވެ. ނަމަވެސް އެލޯބި ކާމިޔާބު ވެދާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ޝަމްހާއަކަށް ނެތެވެ. މިޝާލްގެ ފަރާތުން އެހީތެރިކަމާ އަޅާލުން އިންތިހާއަށް ލިބުނު ނަމަވެސް މިޝާލް ޝަމްހާއާ ގުޅެން ބޭނުން ވެދާނެ ހެން ޝަމްހާއަށް ހީނުވަނީއެވެ. މިޝާލް ޝަމްހާއާ މެދު އެހާ ރަނގަޅަށް ކަންތައް ކޮށްދެނީ ޝަމްހާގެ ބަނޑުގައި އެވަނީ މިޝާލްގެ ދަރިއަކަށް ވީތީއެވެ. އެއީ ޝަމްހާއަށް ގަބޫލު ކުރެވޭ ގޮތެވެ.

ދުވަސްތައް ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އަނޫޝާއާ މިޝާލް ވަކިވިތާ ތިންމަސް ވީ ރެއެވެ. ސިޓިންގރޫމްގައި ޓީވީ ބަލަން ތިބެފައި ފަހަރަކު މީހަކު ދަމުން ގޮސް އެރޭ ބާރަ ޖެހި އިރު އިބީ އަނޫޝާއާ މިޝާލް އެކަންޏެވެ.

“ދެން މިގޭގަ ހުންނާކަށް ބަހަނާއެއް ނުދެއްކޭނެދޯ؟” އަނޫޝާ ކުއްލިއަކަށް ބުނެލިއެވެ.

“ކީކޭ؟” އަނޫޝާ ބުނި އެއްޗެއް މިޝާލްއަކަށް ނުވިސްނުނެވެ.

“އަހަރެން ބުނީ ދެން މިގޭގަ ހުންނަން ދައްކާނެ ބަހަނާއެއް ނެތޭ. ތިންމަސް ވީއެއްނު މިހާރު؟” އަނޫޝާ ހީލަމުން ބުންޏެވެ.

“މިގޭގަ ހުންނަން އަނޫ ބަހަނާއެއް ދައްކާކަށް ނުޖެހޭނެ. އަނޫ ބޭނުން ދުވަހަކު ހުރެވޭނެ، އަބަދުވެސް. އަނޫ ބޭނުމިއްޔާ ޒިހާންއާ އިނދެގެން ދާން ވަންދެންވެސް މިގޭގަ ހުރެވޭނެ” އަނޫޝާއާ ދިމާއަށް ބަލާލަމުން މިޝާލް ބުންޏެވެ.

އަނޫޝާއަށް ޖަވާބުގައި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް މިޝާލްގެ ފޯން ރިންގް ވިއެވެ.

“މިގަޑީގަ…” އެހާ ދަން ގަޑިއެއްގައި ފޯނެއް އައުމުން އެހެން ބުނެފައި މިޝާލް ފޯންގެ ސްކްރީނަށް ބަލާލިއެވެ.

“ޝިޔާޒް!” މިޝާލް އަނޫޝާއަށް ބަލާލަމުން ބުނެފައި ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ.

“ޝަމް ބަނޑުގަ ރިއްސާތީ ހޮސްޕިޓަލަށް މިދަނީ، އެހެންވެ…” މިޝާލް ފޯން ނެގުމާ އެކު ޝިޔާޒް ބުންޏެވެ.

“އެހެންތަ؟ އަހަރުމެންވެސް މިދަނީ” މިޝާލް ބުންޏެވެ.

“ތުއްތަ ހޮސްޕިޓަލަށް ގެންދިޔައީތަ؟” މިޝާލް ހާސްވި ވަރުންނާ، އެވަގުތު ޝިޔާޒް ގުޅާނީ ބޮޑު ކަމެއް ޖެހިގެން ކަން އެނގޭތީ އަނޫޝާ އަހާލިއެވެ. ޖަވާބުގައި މިޝާލް ބޯޖަހާލުމާ އެކު އަނޫޝާ ތެދުވިއެވެ.

މިޝާލްއާ އަނޫޝާ ހޮސްޕިޓަލަށް ދިޔައިރު ޝަމްހާ ގެނައިތާ ވީ ދިހަ ވަރަކަށް މިނަޓެވެ. އޭރު ގަޑިން އެއްގަޑި ބައިވީއެވެ.

ޝަމްހާ ވިހެއީ ހެނދުނު ހައެއް ޖެހިތަނާއެވެ. ނަރުސް ކުއްޖަކު ދަރިފުޅު ގޮވައިގެން ނިކުމެ ބޭރުގައި ތިބި މީހުންނަށް ބަލާލިއެވެ.

“ކޮބާ ބޭބީގެ ޑެޑީ؟” ނަރުސް ކުއްޖާ އަހާލިއެވެ.

ހަދާނެ ގޮތެއް ނޭނގިފައި މިޝާލް ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ. ޝިޔާޒް ހިނި އައިސްފައި ހުރެ އައިސް މިޝާލްގެ ކޮނޑުގައި ޖަހާލިއެވެ.

“މީ ބޭބީގެ ޑެޑީ” ޝިޔާޒް މިޝާލް ކުރިއަށް ކޮއްޕާލަމުން ބުންޏެވެ.

ނަރުސް ކުއްޖާ ހުދު ރަޖަލަކަށް ލާ އޮޅާލާފައި އޮތް ތުއްތު ތުއްތު ދަރިފުޅު މިޝާލްގެ އަތަށް ލައިދިނެވެ. ދަރިފުޅުގެ މޫނަށް ބަލަން މިޝާލް ހުއްޓެވެ. ހަމަ އެވަގުތު އެ

ކުއްޖާއަށް ޓަކާ ހިތުގައި ޚާއްސަ މަގާމެއް ހުސްވެގެން ދިޔައެވެ.

“އަނޫ…” އަދިވެސް ދަރިފުޅުގެ ލޯބި ލޯބި މޫނަށް ބަލަން ހުރެ މިޝާލް އަނޫޝާއަށް ގޮވާލިއެވެ.

އަނޫޝާ އައިސް މިޝާލްގެ އަތުން، މިޝާލްއާ ޝަމްހާގެ ފިރިހެން ދަރިފުޅު ނަގާ އުރާލިއެވެ. އަދި އިރުކޮޅެއް ފަހުން އެކުއްޖާ ޝަރީފާގެ އަތަށް ދިނެވެ.

ދެގަޑިއެއްހާ އިރު ފަހެވެ. ޝަމްހާ ރޫމަށް ބަދަލު ކުރުމުން ޝަމްހާ ގާތު އަނޫޝާއާ މިޝާލް މަޑު ކުރާނަން ކަމަށް ބުނެފައި މިޝާލް ޝަރީފާއާ ޝިޔާޒް އަދި މިޒްނާ ގެޔަށް ފޮނުވާލިއެވެ.

ޝަމްހާއަށް އޮތީ ނިދިފައެވެ. އެނދު ކައިރީގައި ހުރި ގޮނޑީގައި އަނޫޝާ އިނެވެ. އަނެއް ގޮނޑީގައި ބޯދަށަށް ދެއަތް ލައްވާލައިގެން ލޯމަރާލައިގެން މިޝާލް އިނެވެ.

“މިޝާލް…” އަނޫޝާ މިޝާލްއާ ކައިރިއަށް ގޮނޑި ދަމާލަމުން މަޑުމަޑުން ގޮވާލިއެވެ.

“ކީކޭ؟” ލޯހުޅުވާލަމުން މިޝާލް އެހިއެވެ.

“ތުއްތަ ކައިރީގަ މެރީ ކުރާ ވާހަކަ ބުނަން ވީއެއްނު؟” އަނޫޝާ ހިޔާލެއް ދިނެވެ.

“މިއަދު؟” މިޝާލްއަށް އަހާލެވުނެވެ.

އަނޫޝާ ބޯޖަހާލިއެވެ.

“މިހާރު؟” ކުރިންވެސް އެހި ރާގުގައި މިޝާލް އަހާލިއެވެ.

“ތުއްތައަށް ހޭލެވުނީމަ… ދައްތަމެން ނާންނަނީސް އަހާބަލަ. ކީއްކުރަން ލަސް ކުރަނީ؟’ އަނޫޝާ ބުންޏެވެ.

މިޝާލް ބޯޖަހާލިއެވެ. ދެމީހުން އެއްފަހަރާ ޝަމްހާއާ ދިމާއަށް ބަލާލިއެވެ.

“އަނޫ، ޝަމް ގަބޫލު ނުވެއްޖެއްޔާ…؟ ނޫނެކޭ ބުނެފިއްޔާ…؟” އަނޫޝާގެ އަތުގައި ހިފާލަމުން މިޝާލް އަހާލިއެވެ.

“ނުބުނާނެ ނޫނެކޭ. މިޝާލް ރަނގަޅަށް ވާހަކަ ދައްކައިފިއްޔާ ތުއްތަ އެއްބަސް ވާނެ” އަނޫޝާ ބުންޏެވެ.

ގިނަ އިރެއް ނުވެ ކުޑަމީހާ ހޭލައިގެން ރޯން ފެށިއެވެ. އެއަޑަށް ޝަމްހާއަށްވެސް ހޭލެވުނެވެ. އަނޫޝާ ދަރިފުޅު ނަގައިގެން ގެނެސް ޝަމްހާ ކައިރީގައި ބާއްވާލިއެވެ. އަދި އޭނައަށް ގާތުން ދިނުމަށް ޝަމްހާއަށް އެހީވެދިނެވެ. ދަރިފުޅު ބުއް ބޯން ފެށުމުން ޝަމްހާ އަނެއްކާވެސް ލޯމަރާލިއެވެ.

އަނޫޝާ އެވަގުތު މިޝާލްއަށް ކައިރިއަށް އައުމަށް އަތުން އިޝާރާތް ކޮށްލިއެވެ. އަދި ޝަމްހާއާ ވާހަކަ ދެއްކުމަށް ބުންޏެވެ.

ޖެހިލުން ވެފައި ހުރެ މިޝާލް ޝަމްހާގެ އެނދުގަ އިށީނެވެ. އެވަގުތު ޝަމްހާ ލޯހުޅުވާ މިޝާލްއަށް ބަލާލިއެވެ.

“ޝަމް… އަހަރެން ބޭނުން މިދަރިފުޅު ބޮޑު ވަމުން ދާއިރު އަބަދުވެސް އޭނަ ކައިރީގަ ހުންނަން… އޭނަ ކުރާ ކޮންމެ ކަމެއް އެންމެ ގާތުން ދެކެން… އޭނަ ރޯއަޑު އަހަން، ހީލާ އަޑު އަހަން، ކޮންމެ ކަމެއްގަ އޭނަޔާ އެކީގަ ހުންނަން ބޭނުން، އޭނަގެ ކޮންމެ ކަމެއް ކުރުމުގަ ޝަމްއަށް އެހީވާން އަހަރެން ބޭނުން… ދުރުންނެއް ނޫން، ޝަމް ހެން ހަމަ އޭނަޔާ އެންމެ  ކައިރިން… ޝަމް އަހަންނަށް އެ ޗާންސް ދޭނަންތަ؟” މިޝާލް ވާހަކަ ދެއްކީ ދަރިފުޅާ ދިމާއަށް ބަލަން އިނދެ ނަމަވެސް، އެންމެ ފަހުން ސުވާލު ކޮށްލީ ޝަމްހާއާ ދިމާއަށް ބަލާލަމުންނެވެ.

މިޝާލް ދެއްކި ވާހަކައަށް ދޭނެ ޖަވާބެއް ޝަމްހާއަކަށް ނުވިސްނުނެވެ. މިޝާލް ބުނަން އުޅޭ އެއްޗެއްވެސް ޝަމްހާއަކަށް ނުވިސްނެއެވެ. ވީއިރު ޖަވާބެއް ދޭން އެނގޭނީ ކިހިނެއް ހެއްޔެވެ.

“ޝަމް… ކޮންމެސް އެއްޗެއް ބުނެބަލަ” ޝަމްހާ އެއްޗެއް ނުބުނެ އޮތުމުން މިޝާލް ބުންޏެވެ.

“މީ މިޝާލްގެ ކުއްޖެއް، އަބަދުވެސް މިޝާލްއަށް އޭނަ ކައިރިއަށް އައުމަށް ހުއްދަ އޮންނާނެ، ކޮންމެ ވަގުތެއްގަ އަޔަސް، ކިތަންމެ ގިނަ އިރަކު މަޑު ކުރިޔަސް އަހަރެން އެއްޗެއް ނުބުނާނަން” ޝަމްހާ ބުންޏެވެ.

“ތިހެންނެއް ނޫނޭ ޝަމް، އަހަރެން ބޭނުމީ އަބަދުވެސް އޭނަ ކައިރީގަ ހުންނަން. ޝަމްއާ އަހަންނާ ދެމީހުން އެކީ. އޭނަގެ މަންމައާ ބައްޕައާ އެކީ. އަހަރުމެން ދެމީހުންގެ ލޯބި އޭނައަށް ވަކިވަކިން ދޭ ވާހަކައެއް ނޫނޭ މިބުނަނީ… ދެމީހުންގެ ލޯބި އެކީގަ އަބަދުވެސް އޭނައަށް ލިބެން އަހަރެން އެދެނީ…

މިދަރިފުޅު އެކަންޏެއް ނޫނޭ… އަހަރެން ބޭނުން ޝަމްއަށްވެސް އެހީ ވާން… އަހަރެންގެ ލައިފް ޝަމްއާ އެކީ ޝެއަރ ކުރަން… އަހަރެން ބޭނުން ޝަމްއާ މެރީ ކޮށްގެން ދެމީހުން އެކީގަ މިދަރިފުޅު ބޮޑު ކުރަން”

މިޝާލް ވާހަކަ ދައްކާ ނިމުނުތާ އެތައް އިރެއް ވީއިރުވެސް ޝަމްހާ އެއްޗެއް ނުބުންޏެވެ. މިޝާލް ބޭނުންވާ ކަންތައް ސާފުކޮށް ބުނުމުންވެސް ޝަމްހާއަށް ގަބޫލު ކުރަން ދަތި ވަނީއެވެ.

“ތުއްތާ، އެއްޗެއް ބުނެބަލަ ދެން… ތުއްތައަށް ގަބޫލު ނުކުރެވެނީތަ؟ މިޝާލް އެގޮތަށް ވިސްނާތާ މިހާރު ކިތަންމެ ދުވަހެއް، ތުއްތައާ ވާހަކަ ދައްކާނެ ރަނގަޅު ޗާންސަކަށް ބަލަބަލާ މިޝާލް އެހުންނަނީ…

ތުއްތައަށްވެސް އެނގޭނެ މިހާރު އެއީ ކުރީގެ މިޝާލްއެއް ނޫންކަން… މިޝާލް ތުއްތައަށާ މި ބޭބީއަށް އަޅާލާނޭ، ގަބޫލު ކޮށްބަލަ… އާއެކޭ ބުނެބަލަ” ޝަމްހާގެ އަތުގައި ހިފާލަމުން އަނޫޝާވެސް ޝަމްހާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

މިޝާލް ކުރިއަށް ވުރެން ޝަމްހާއާ ކައިރިއަށް ޖެހިލާފައި ޝަމްހާގެ އަތުގައި ހިފާލިއެވެ.

“ޝަމް، އަހަރެން ބޭނުން ޝަމްއާ އިންނަން، އާއެކޭ ބުނެބަލަ ދެން” މިޝާލް ބުންޏެވެ.

އެވަގުތު ޝަމްހާއަށް ރޮވުނެވެ. އަމިއްލައަށް ކަންތައް ކުރެވުނު ގޮތް ހަނދާން ކޮށް އެކަމާ ދެރަވެގެން އެތައް ފަހަރަކު ރުއި ޝަމްހާއަށް މިފަހަރު ރޮވުނީ އުފަލުންނެވެ.

ޝަމްހާގެ މަޑުމަޑުން ބޯޖަހާލިއެވެ. މިޝާލްއާ އަނޫޝާގެ މޫނުމަތިން ހިނިތުންވުން ފެނުނެވެ. އަނޫޝާ ތިރިވެ ޝަމްހާ ގައިގައި ބައްދާލާފައި ނިދިފައި އޮތް ދަރިފުޅު ނަގައިގެން ގޮސް އެނދުގައި ބޭއްވިއެވެ.

މިޝާލް ޝަމްހާގެ އަތުގައި ހިފާލާފައި ޝަމްހާގެ މޫނަށް ބަލާލަމުން ހީލިއެވެ.

“ވަރަށް އުފާ ވެއްޖެ ޝަމް އާއެކޭ ބުނީމަ” މިޝާލް ބުންޏެވެ.

“އަސްލު އަހަރުމެން ވަރަށް ގޯސް ދޯ؟ އެކަމަކު އަނޫ ކިހާ ރަނގަޅު…؟ އަހަރެން އޭރު…” ކުޑަ އެނދު ކައިރީ ހުރި އަނޫޝާއާ ދިމާއަށް ބަލަން އޮވެ ޝަމްހާ މާޒީ ހަނދާން ކުރިއެވެ.

“ދެން އޭރުގެ ވާހަކަ ނުދައްކާ. ޝަމްވެސް އަހަރެންވެސް މިހާރު ބަދަލު ވެއްޖެ. އޭރުގަ އަހަރުމެން ވިސްނި ގޮތަކަށް ނޫނެއްނު މިހާރު ވިސްނަނީކީ؟ ދެން އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ވާނީ ރަނގަޅު” މިޝާލް ބުންޏެވެ.

“ކިހިނެއް ހުރިހާ ކަމެއް ރަނގަޅު ވާނީ؟ އަދިވެސް އަނޫއާ ޒިހާން ވާހަކައެއް ނުދައްކާ. އެމީހުން ވާހަކަ ދައްކައިގެނެއްނު ކަމެއް ވާނީ؟” ޝަމްހާ އަނޫޝާއަށް އަޑު ނީވޭނެހާ މަޑުމަޑުން ބުންޏެވެ.

“އަހަރެން ކަންނޭނގެ އެދެމީހުންގެ ކައިވެނީގެ ވާހަކަ ދައްކަންވީ. ދޯ؟” ހީލަމުން މިޝާލް އަހާލިއެވެ.

“އާނ، ތީ ކަންނޭނގެ އެންމެ ރަނގަޅު ގޮތަކީ” ޝަމްހާވެސް އެގޮތާ އެއްބަސް ވިއެވެ.

 

ޝަރީފާމެން ގޭތެރޭގައި ނަސީރާމެންގޭ މީހުންވެސް އެކިއެކި މަސައްކަތުގައި އުޅެއެވެ. ޝަމްހާގެ ދަރިފުޅަށް ނަން ކިޔުމަށް ކެއްކުމުގައި އަވަދި ނެތި ނަސީރާއާ ޝަރީފާ އުޅެއެވެ. އެހެން މީހުން އެހީ ވުމަށްޓަކާ އެކިއެކި ކަންތައް ކުރަމުން ދިޔައެވެ.

މަސައްކަތުން އަވަދިވެ، ނަން ކިޔުމުގެ ކަންތަކުން ނިމި، ބަހަންވީ ބޮނޑިބަތް ބެހުމަށް ފަހު މިޝާލްއާ ޝިޔާޒްއާ ޒިހާން ގެޔަށް އައި އިރު އިރު އޮއްސެން ކައިރި ވެއްޖެއެވެ. އޭރު ނަސީރާމެން ގެޔަށް ހިނގައްޖެއެވެ.

ގެޔަށް ވަން ގޮތަށް ޝަރީފާގެ ކޮޓަރީގައި އޮތް ކުޑަކުޑަ އާން އުރާލައިގެން މިޝާލް ނިކުތެވެ. މިޝާލްގެ ފަހަތުން ޝަމްހާވެސް ނިކުމެ ސިޓިންގރޫމްގައި ވާހަކަ ދައްކަން ތިބި ޝިޔާޒްއާ މިޒްނާއާ ޒިހާން ކައިރީގައި އިށީނެވެ. ކާމޭޒު ދޮށުގައި އަނޫޝާ ލަޔާލްއަށް ކާން ދޭން އިނެވެ.

ޝަމްހާއާ މިޝާލް ކައިވެނި ކުރަން އުޅޭ ޚަބަރު އޭރު ވަނީ އެންމެންނަށް އެނގިފައެވެ. ނަމަވެސް އަދިވެސް ޒިހާންއާ އަނޫޝާގެ މެދުގައި އެފަދަ ވާހަކައެއް ނުދެކެވެއެވެ.

އާން އުރާލައިގެން ހުރި މިޝާލް އެއްފަހަރު އަނޫޝާއަށް، އަނެއް ފަހަރު ޒިހާންއަށް ބަލާލިއެވެ. ދެމީހުންވެސް ސިއްރުސިއްރުން އެކަކު އަނެކަކަށް ބަލާލާކަން ފާހަގަ ކުރެވުނު ނަމަވެސް އެކަކުވެސް އެކަމާ އެއްޗެއް ނުބުނެއެވެ.

“އަހަންނާ ޝަމް ކައިވެނި ކުރާ އިރު އަހަރެން ހިތަށް އަރާ އަނޫއާ ޒިހާން އެކަމާ ވިސްނާ، އެވާހަކަ ދައްކާނީ ކޮން އިރަކުން ބާއޭ!” ކުއްލިއަކަށް މިޝާލް ބުނެލިއެވެ.

ޒިހާންއާ އަނޫޝާ އެކަކު އަނެކަކަށް ބަލާލިއެވެ. އެންމެންވެސް ތިބީ އެދެމީހުން ކުރެން އެކަކު އެކަމަށް އެއްޗެއް ބުނޭތޯއެވެ. ނަމަވެސް އެކަކުވެސް އެއްޗެއް ނުބުންޏެވެ.

“އަސްލުވެސް މީހަމަ ދެމޮޔައިން… ޝިޔާޒް، މިމީހުންގެ އަތް މައްޗަށް ދޫކޮށްލައިގެން މިކަމެއް ނުވާނެ. ހިނގާ އަހަރުމެން ހުރިހާ ކަމެއް ހަމަ ޖައްސަން” މިޝާލް ބުންޏެވެ.

“އަހަންނަށް ފެންނަނީ މިޝާލްމެން ކައިވެނި ކުރާ ދުވަހުން މިދެމީހުންގެ ކައިވެނިވެސް ހަމަ ޖައްސަން” ޝިޔާޒްވެސް މިޝާލްއާ ބައިވެރިވެ އަނޫޝާއާ ޒިހާންއާ ދިމާކޮށްލިއެވެ.

“އަސްލުވެސް، ތީ ކަންނޭނގެ އެންމެ ރަނގަޅު ގޮތަކީ، ދޯ ޒިހާން؟” މިޝާލް ޒިހާން ކައިރީ އިށީނެވެ.

“ތެދެއްތަ ޒިހާން؟ އެގޮތަށް ހަމަ ޖައްސަންތަ؟” މިޒްނާވެސް އެމީހުންނާ ބައިވެރި ވިއެވެ.

“އަނޫއަށް އެނގޭނީ” ޒިހާން ބުންޏެވެ.

“މިމީހުންނަކަށް ނުވާނެ އެއްކަމެއްވެސް… އަނޫ، އާދެބަލަ އަހަންނާ އެކީ” ޝަމްހާ އެވަގުތު ބުންޏެވެ.

“މިޒޫ، ކޮންމެސް ގޮތަކުން ޒިހާން މައްޗަށް ގެންނައްޗޭ… މިދެމީހުން މިހާރު ވާހަކަ ދައްކަން ވެއްޖެ” ޝަމްހާ މިޒްނާގެ ކަންފަތް ކައިރީ މަޑުމަޑުން ބުނެލާފައި ތެދުވިއެވެ.

“އަނޫ. ކީއްވެތަ ޒިހާންއާ ވާހަކަ ނުދައްކަނީ” ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލަމުން ޝަމްހާ އަހާލިއެވެ.

“ވާހަކަ ދައްކަމެއްނު ތުއްތާ” ޝަމްހާ ކައިރީ އިށީނދެފައި އަނޫޝާ ބުންޏެވެ.

“އެހެންނެއް ނޫނޭ… އަނޫވެސް ދޯ!” ޝަމްހާ ބުނެލިއެވެ.

އެވަގުތު ދޮރު ހުޅުވާލާފައި ޝިޔާޒް ބޯދިއްކޮށްލިއެވެ.

“އަނޫ، މިޒޫ އެބަ ގޮވާ. އެބައިން ކޮޓަރީގަ” ޝިޔާޒް އަނޫޝާއަށް ބުންޏެވެ.

އަނޫޝާ ޝަމްހާގެ ކޮޓަރިން ނިކުމެގެން ގޮސް މިޒްނާއާ ޝިޔާޒްގެ ކޮޓަރިއަށް ވަނެވެ.

“ކީކޭ މިޒޫ؟” އަނޫޝާ އަހާލިއެވެ.

“އަސްލު އަހަންނެއް ނޫން ގޮވީ، ޒިހާން” ސޯފާގައި އިން ޒިހާން ދައްކާލަމުން މިޒްނާ ބުންޏެވެ. އަދި އިތުރު އެއްޗެއް ނުބުނެ ނިކުމެ ދޮރު ލައްޕާލިއެވެ.

އެނދު ކައިރީ ހުރި ގޮތަށް އަނޫޝާ ހުއްޓެވެ. ޒިހާން ތެދުވެގެން އައިސް އަނޫޝާގެ ކުރިމަތީ ހުއްޓި އަނޫޝާގެ ދެއަތް ތިލައިގައި ހިފާލިއެވެ.

“ކިހިނެއް ހަދަންވީ؟” ޒިހާން އަހާލިއެވެ.

“ނޭނގެ…” އަނޫޝާ ބުންޏެވެ.

“ޝިޔާޒް އެބުނާހެން ޝަމްއާ މިޝާލްއާ އެކީގަ މެރީ ކުރަންވީތަ؟” ޒިހާން އެހިއެވެ.

އަނޫޝާ ބޯޖަހާލިއެވެ.

ޒިހާންއަށް އެވަރުން ފުދުނެވެ. އިތުރު އެއްޗެއް ނުބުނެ ޒިހާން އަނޫޝާ ގައިގައި ބައްދާލިއެވެ. އަނޫޝާވެސް ލޯމަރާލަމުން ޒިހާން ގައިގައި ބައްދާލިއެވެ.

 

ދެމަސް ފަހެވެ. އަނޫޝާއާ ޝަމްހާ އެކީގައި ތައްޔާރު ވެގެން ތިރިއަށް ފޭބި އިރު އެހެން އެންމެން ތިބީ މޭޒުދޮށުގައި އިށީނދެގެންނެވެ.

ދެ ކައިވެނިވެސް ކުރެވުނީ ޝަރީފާމެން ގޭގައެވެ. ހަފްތާއެއްހާ ދުވަސް ކުރިން ޝަރީފާގެ އެދުމަށް އަނޫޝާ ވަނީ އެގެޔަށް ބަދަލު ވެފައެވެ. ކުރިން ކަންތައް ކުރެވިފައިވާ ގޮތާ މެދު ދެރަވެ ޝަރީފާ ވަނީ އަނޫޝާ ގާތުން މާފަށް އެދިފައެވެ. އެދުވަހުގެ ފަހުން އަނޫޝާއާ ޝަރީފާގެ މެދުގައިވާ ގުޅުންވެސް ވަނީ ބަދަލު ވެފައެވެ.

ކައިވެންޏަށް ފަހު އެގޭގައި ކެއުމެއް އޮތެވެ. ހަމަ އެކަނި އާއިލާއަށާ އެންމެ ގާތް ރައްޓެހިންނަށެވެ. އަނޫޝާވެސް އަދި ޝަމްހާވެސް މާ ބޮޑު ޕާޓީއެއް ބާއްވަން ބޭނުން ނުވާތީއެވެ. ކެއުމަށް ފަހު މިޝާލްއާ ޝަމްހާ ތުއްތު ތުއްތު އާން ގޮވައިގެން ނަސީރާމެންނާ އެކީ މިޝާލްމެން ގެޔަށް ދިޔައެވެ. އެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް އަނޫޝާއާ ޒިހާންވެސް އާއިލާއާ އެކު ނިކުތެވެ.

މިޝާލްއާ ޝަމްހާ އާން ގޮވައިގެން ކޮޓަރިއަށް ވަނީ އެކުއެކީގައެވެ. ޝަމްހާ އާން ނިންދަވަން އިށީނެވެ. ގިނަ އިރެއް ނުވެ އާންއަށް ނިދުމުން އާން ނަގާ ކުޑަ އެނދުގައި ބޭއްވީ މިޝާލްއެވެ.

ކުރިން އެދެމެދުގައި ހިނގާފައިވާ ކަންތައް ދެމީހުންގެ ހިތުގައިވެސް އާވަމުން ދިޔައެވެ. އެހަނދާންތަކާ އެކުވެސް ޝަމްހާ އިނީ ހާސް ވެފައެވެ. މިޝާލް އައިސް ޝަމްހާ ކައިރީ އިށީނދެ ޝަމްހާގެ އަތުގައި ހިފާލިއެވެ. އެކަކު އަނެކަކުގެ މޫނަށް ބަލާލާފައި ދެމީހުން އާފެށުމަކުން ދިރިއުޅުން ފެށުމުގެ ފުރަތަމަ ފިޔަވަޅު އަޅާލީ އެކުއެކީގައެވެ.

 

ކޮޓަރިއަށް ވަދެވުމާ އެކު ޒިހާން އަނޫޝާ ގައިގައި ބައްދާލިއެވެ. އަނޫޝާވެސް ޒިހާންގެ މޭގައި މޫނު ފޮރުވާލީ ދެން އެދެމެދަށް އިތުރު ހުރަހެއް ނާންނާނެ ކަމުގެ ޔަގީން ކަމާ އެކުގައެވެ.

“އަނޫ، އައި ލަވް ޔޫ… ކިހާ ދުވަހެއް މިބަސްތައް ހިތުގަ ފޮރުވައިގެން ހުންނަތާ؟ ކިހާ ދުވަހެއް އަހަރެން އަނޫ ދެކެ ވާ ލޯބި ފޮރުވައިގެން އުޅޭތާ؟ ދެން އެންމެ ސިކުންތަކުވެސް ކެތެއް ނުވާނެ… ވަރަށް ލޯބިވޭ… ވަރަށް ވަރަށް ލޯބިވޭ އަނޫ ދެކެ…” އެތައް ދުވަހެއް ވަންދެން ހިތުގައި ރައްކާ ކޮށްފައިވާ ލޯބި ޒިހާން ބަހުންނާ އަމަލުން ފާޅު ކުރަން ފެށިއެވެ.

އަނޫޝާގެ މޫނުގައި ދެއަތުން ހިފާލުމާ އެކު ޒިހާން އެމޫނުގެ އެކި ހިސާބުގައި ބޮސްދޭން ފެށިއެވެ. ދެމީހުންގެ ދުލުން އިވޭ ކޮންމެ ބަހެއްގައި ވަނީ އެކަކު އަނެކަކު ދެކެ ވާ ލޯތްބެވެ. ކޮންމެ ހަރަކާތަކުން ހާމަ ވަނީ އެކަކު އަނެކަކަށް އެދޭ ވަރެވެ.

 

އާދުވަހަކަށް އިރު އެރީ މިޝާލްއާ ޝަމްހާ، އަދި އަނޫޝާއާ ޒިހާންގެ ހިތުގައި އެކަކު އަނެކަކަށް ޓަކާ ވާ ލޯބި ކުރިއަށް ވުރެންވެސް ފުންކޮށް ހިތުގައި ފަވާލަމުންނެވެ. ލޯބިވެރިންގެ ލިސްޓްގައި އިތުރު ހަތަރު ނަން ރަން އަކުރުން ފަވާލަމުންނެވެ.

ނިމުނީ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ޤުރުބާން ވުމީ މިހިތުގެ އުފާ 10 ވަނަ ބައި

Next

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 14..

Next
April 20, 2016

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 14..

Previews
April 20, 2016

ޤުރުބާން ވުމީ މިހިތުގެ އުފާ 10 ވަނަ ބައި

31 Comments!

  1. .. says:
    April 20, 2016 at 5:05 pm

    .

  2. Isheee says:
    April 20, 2016 at 5:07 pm

    Varah reethi mi vaahaka. Nimun ves varah reethi. Thanks

  3. Misty says:
    April 20, 2016 at 5:08 pm

    story v nice.bt i believe mishaal n anu gulhuvinama maa best vaanekamah.

    1. meesha says:
      April 20, 2016 at 5:18 pm

      yup me too

    2. meesha says:
      April 20, 2016 at 5:19 pm

      still nt bad… its gud lyk always…… 😀

    3. Π says:
      April 20, 2016 at 6:00 pm

      asluvx

    4. Rora says:
      April 20, 2016 at 6:17 pm

      Aslu vx dw… mishaal mihaaru change vx vehjje ehnnu.. kihaa dheravaahen mishaal ah e v. Aslu he loves anu.. bt mi nimmun vx k

    5. Lol says:
      December 6, 2016 at 9:07 pm

      Yp.. Marsha ge v gina vahaka ga hadha gotheh my… Furthama loabi libeny Itx not fair

  4. Angel says:
    April 20, 2016 at 5:10 pm

    wow! 🙂

  5. meesha says:
    April 20, 2016 at 5:17 pm

    oooo soo luvly… dhen kon vaahaka eh fennani??

  6. Lilly love says:
    April 20, 2016 at 5:18 pm

    I am first

    1. hajja says:
      April 20, 2016 at 5:20 pm

      no you are not 😛

  7. hajja says:
    April 20, 2016 at 5:20 pm

    varah reethi

  8. nishaa says:
    April 20, 2016 at 5:26 pm

    V reethi vaahaka a..
    Marsha thi kuraa hievarah saabus dhen

  9. Mar Sha Marsha says:
    April 20, 2016 at 5:31 pm

    Hi all… Marsha hykuran vaahaka kamudhiya kamah.. nimun miothy baeh kudhin beynun vi gothakah noon.. but ei story feshi iruves Marsha plan koffa oiy goiy veema e gothsh ninmy… n kurin mi vaahaka kiyaafa thibi kudhinnah engeyne mee kan original end aky.. anyways.. hope u all liked thiss…
    And Marsha dhen dhuvas kolhehge break eh nagaafa fashaanan new story eh Insha Allah.. ekamu adhi neynge new story fashaane dhuvaheh bunaakah.. so i hope u will wait for it… n i hope u enjoyed this story too.. wish u all happy days ahead..

  10. mal says:
    April 20, 2016 at 5:50 pm

    wowwwwwwwwwwwwwww amazing varaaaah reeethiiiiii??? waiting for ur next story marsha……. love ur stories….

  11. aff says:
    April 20, 2016 at 6:16 pm

    alheu nimunytha ? story hams habeys .. marsha ur the best .. awahah ehen story up kohdheyn fashahchey ..hama habeys .. love u marsha ☺

  12. ken? says:
    April 20, 2016 at 6:58 pm

    v v v furihama…☺

  13. Phy says:
    April 20, 2016 at 7:18 pm

    Story vvv reethi…..heekuri gothah hama nimun ves aee….nxt story ah waittin…

  14. Amm says:
    April 20, 2016 at 8:34 pm

    V reethi vaahakaeh….. Thank you ??

  15. eeeek says:
    April 20, 2016 at 8:43 pm

    oh i carnt beleive ….. hama eek beynunvi gothah hurihaa kameh vex.. just a wow 🙂

  16. eeeek says:
    April 20, 2016 at 8:44 pm

    oh hama eek beynun vi gothah hurihaa kameh vex .. love this

  17. Thaany says:
    April 20, 2016 at 9:48 pm

    Wow v v furihama end eh ngey…thaany beynun vi goi mi v…ehn story ehge inthixaarga hama.mihuree..

  18. Aimsithu says:
    April 20, 2016 at 10:13 pm

    Woaw.. happy ending. . Thanx marsha ur the best..

  19. Een says:
    April 20, 2016 at 10:59 pm

    Hats off to you! Looking forward for more stories.. God bless you! Much love! 🙂

  20. kamana says:
    April 21, 2016 at 8:39 am

    happy ending. Dhen alhe Marsha biruveri vaahaka eh liyedhyfaanantha?

  21. Mar Sha Marsha says:
    April 21, 2016 at 1:38 pm

    Hehe.. thnx alll.. i will write new stories.. n upload soon.. insha allah.. but i dont know whether i cn write horror.. i tried bfor.. but nuvi ekameh.. so.. i think dhen up kuraany “neygeyhe haadha loabi vey” mi kamuga kuriyah dhaan vvv bodu hiyvareh libey readers ge sababun.. so thnx again..

  22. MADDY says:
    April 21, 2016 at 3:37 pm

    marsha aavas koh la dheeba ingey tha maddy furathama kee hiy eydhey nee eves part six i love the one soo maddy evaahaka fahtaigen kee and vakivee asara manzar and itubaaru geh luvaa nulaa and nimidhaane jaana hithaa they are so amazing love u marsha and mi story ves vaah reethi

  23. Nifu Shifu says:
    June 15, 2016 at 5:17 pm

    v v v v nice ending

  24. Ushaa says:
    August 2, 2016 at 6:19 pm

    Alhey Marsha vaahaka eh liyebala. Hrdhr inthizaar kurevijjeyey.. PLXXXXX…

  25. ? wolf queen ? says:
    November 24, 2019 at 11:15 am

    This is the best story I have ever read , wow this story is amazing ??

Comments are closed.



All Right Reserved!