“ޝާޝާ” އަތޫޝާގެ ހަށިގަނޑުގައި މަމްދޫހު ދެއަށް ވަށާލިއެވެ. އަތޫޝާގެ ގިސްލުމުގެ އަޑު ކެނޑުނީ ކުއްލިއަކަށެވެ. އަތޫޝާގެ ދެލޯ ބޮޑުވީ މަމްދޫހު ކުރިއަށް ވުރެއް ވެސް ބާރަށް ބައްދާލުމުންނެވެ. “ދަރިފުޅާ…” އާޝިޔާގެ އަޑަށް މަމްދޫހު އަތޫޝާގެ ގައިން ދޫކޮއްލިއެވެ. އަތޫޝާ ތެދުވެ މަމްދޫހު އާއި ދިމާލަށް ބަލާލީ ޔަގީން ނުވާތީއެވެ. އެއީ ހަމަ މަމްދޫހު ހެއްޔެވެ. އަތޫޝާއާއި ދިމާލަށް ހިނިތުންވެލައިގެން އޮތް މަމްދޫހު ފެނި އަތޫޝާއަށް ފަހަތަށް ޖެހެވުނެވެ. “ދަރިފުޅާ… މަގޭ ދަރިފުޅު… އާދިލް ޑޮކްޓަރަށް ގޮވާލަން ދޭބަލަ… […]
ޖެހިގެން އައި ހުކުރު ދުވަހު ޝިއުޒްއާއި ކިއާރާގެ ކައިވެނި ކުރެވުނެވެ. ކައިވެނީގެ ޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރެއެވެ. ކައިވެއްޏަށްފަހު ކިއާރާ ބަދަލުވީ އަހަރެމެން އުޅޭ އެޕާރޓްމެންޓަށެވެ. މަޑުމައިތިރި، ހިތްހެޔޮ ލަދުރަކި ކުއްޖެކެވެ. ހޮނިހިރު ދުވަހުގެ ރެޔަށް އަހަރުމެން ތައްޔާރުވަމުން ދިޔައީމެވެ. ކައިވެނީގެ ވަލީމާ ބޭއްވުމަށް ހަމަޖެހުނީ ކިއާރާމެންގޭގެ ތަނަވަސް ޓެރަސްގައެވެ. ތަން ތައްޔާރުކުރެވުނީ ސާދާ ގޮތަކަށެވެ. އަށެއްޖެހިތަނާ މެހެމާނުން އަންނަންފެށިއެވެ. މަންމަމެންނާއެކީ އަހަރެން އިނީ ކަނެއްގައި ހުރި މޭޒެއްގައެވެ. އިން ގޮތުން ޝިއުޒްމެން ތިބިތަން […]
” ޔާން ތެދުވެބަލަ. ސްކޫލަށްދާ ގަޑި ޖެހެނިއްޔޭ. ބަލަ މިހާރު އެޔޮއް 7 ގަޑި ބައިވަނީ.” އެތައް ފަހަރަކު އާޔަންއަށް ގޮވި ނަމަވެސް އާޔަން ތެދުވާގޮތެއް ނުވިއެވެ. އީނާޝްއަށް މޮޅު އައިޑިޔަރެއް ލިބުނެވެ. އަދި ވަގުތުން ކޮޓަރީގެ ދޮރުން ބޭރަށް ބޯދިއްކޮއްގެން އޮވެ ބުނަމުން ދިޔައެވެ.” ވާއު ބައްޕާ. މިހާ ބޮޑު ޗޮކްލެޓެއް ހޯދީ ކޮންތާކުން. 1 އަހަރު ތެރޭވެސް މިޗޮކްލެޓް ހުސް ނުވާނެ ކަންނޭނގެ. އަޅެ ހާދަ މީރު ވާނެޔޭ.” އާޔަން ދެލޯ ކަވި […]
ހަވީރުގެ ވަގުތެއްގައި މަލައިކާ އިނީ ކޮންޕިއުޓަރ ކައިރީގައި ޓައިޕްކުރަންށެވެ. އޮފީސް ތެރޭގައި އެހާ ގިނަ ބައެއް ނެތެވެ. މަލައިކާ ކުއްލިއަކަށް ސިހުނީ މަލައިކާގެ މެނޭޖަރ އާދިލް ފޯނުން އޭނާގެ 5 މަހުގެ ދަރިފުޅާ ވާހަކަ ދައްކާ އަޑުއިވިގެންނެވެ. އާދިލް އޭނާގެ ދަރިފުޅު ދެކެ ލޯބިވާ މިންވަރު މަލައިކާއަށް އަބަދުވެސް އިޙްސާސް ކުރެވެއެވެ. އާދިލް އޭނާގެ އަނބިމީހާއާ ވަރިވިޔަސް ދަރިފުޅަށް އޮންނަ ގުޅުން އެބަ އޮތެވެ. އާދިލްގެ ދަރިފުޅު ބަލިވިޔަސް ދަރިފުޅު ގޮވައިގެން ޑޮކްޓަރަށް ދައްކަން ދެއެވެ. އާދިލް […]
މާ ގިނަ އިރުތަކެއް ނުވެއެވެ. މީރާ ފާޚާނާއިން ނުކުތެވެ. އަނެއްކާވެސް ރިޔާޒް އެނާގެ އެސްފިޔަތައް ލައްޕާލީ ނިދާކަމަށް ހަދާށެވެ. މީރާ ރީތި ވެލިއެވެ. އަދި ފޯނުން ނަންބަރަކަށް ގުޅާލުމަށްފަހު ވާހަކަ ދެއްކިއެވެ. “މަންމާ… ކޮންތާކު؟… ރިޔާޒް ނިދާފަ އޮތީ… އޯކޭ އަހަރެން މިދަނީ ޓެކްސީއެއްގަ…” އެފޯނު ކޯލު ކަނޑާލުމަށްފަހު މީރާ އަނެއްކާވެސް ފޯނުން އެހެން ނަންބަރަކަށް ގުޅާލިއެވެ. އަލަމާރި ތެރެއިން އަތް ދަބަސް ނަގައިގެން އައިސް ޑްރެސިންގް ޓޭބަލް ކުރިމަތީ ހުއްޓުމަށްފަަހު ލޯގަނޑުން ފަރިބަލާލިއެވެ. “ހަލޯ، ޓެކްސީއެއް […]
ހަށިގަނޑުގައި ހުރިވަރެއްލާފައި ކުރިއަށް ދުއްވައިގަތް ސާރާ މެރެމުން ދިޔަ އެސްފިޔަ ދޭތެރެއިން ޝިޔާރާ އަށް ފެނުނެވެ. ހާލާ އެމްބިޔުލާންސަށް ގުޅުމުން ޝިޔާރާ ނެރުނީ ޝަޒަންގެ އަތްމަތީގައެވެ. އެމްބިޔުލާންސްގައި ޝިޔާރާ އާއި އެކު ދިޔައީ ސާރާ ، ހާލާ އަދި ރާކީއެވެ. ފަހަތުން ސައިކަލުގައި ޝަޒަން މަޑުމަޑުން ހުރި ޒޯހަން ގޮވައިގެން ނައްޓާލިއެވެ. އަދި ނިދާފައި އޮތް ހަރީރާ އާއި މޫސަ ހޭލައްވައިގެން ޝިފްނީ ޓެކްސީ އަކުން ހޮސްޕިޓަލަށް ދިޔައީ ކައިރީގައި ހުރި ނިއާ އަށް ބަލާވެސް ނުލައެވެ. […]
“ހާއި އީނޫ… ހާދަ ތަފާތޭ މިހާރު. މާ ބޮޑަށް ދޮންވެފަ ހިކިވެފަ ދިގުވެފަ. އެންޑް ޔުއަރ ސްޓައިލް. ކުރިން ބުރުގަލެއްވެސް ނާޅަމެއްނު. މިހާރު ތިހުރީ ޖިލްބާބްގައެއްނު. ހީވަނީ އެހެން އީނޫ އެއްހެން.” ފުރަގަހުން ހާއިއެއް ޖަހާލަމުން އޭނާގެ ދުވަސްވީ އެކުވެރިޔާ ކަމުގައިވާ ލަމްޔާ ވާހަކަ ދައްކަން ފެށިއެވެ. ” އާން ލަމްވެސް ވަރަށް ޑިފެރެންޓް. ކުރިން އިލޮއްޓެއްހެން ހުންނަ ލަމް މިހާރު ފަލައީ ކީއްވެތަ؟ ” “ހުމްމްމްމްމް.. ދެކުދިން ވިހާއިރު ފަލަ ނުވެ ހުރޭތަ.” ” ވަޓް؟ […]
އިންތިހާ (ފުރަތަމަ ބައި) ނޯޓް: މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކައެވެ. ކިޔުންތެރިންނަށް މިވާހަކަ ކަމުދާނެކަމަށް އުއްމީދުކުރަމެވެ. “ކޮންބައެއް ސަޔަށް ދާނީ.” ޓައިޕްކޮށްލުމަށްފަހު އިނާ ސެންޑްކޮށްލިއެވެ. “ސާބަސް އިނާ. ދެންމެއެންނޫންތަ އޮފީހަށް އައީ؟ މިހާއަވަހަށް ސަޔަށް ދާންވީ؟” ގްރޫޕްގެ އެހެން ބައިވެރިއަކު ފޮނުވާލިއެވެ. “ކޭމާޓް އިނާ.” އަނެއްކާވެސް އެހެން ބައިވެރިއަކު ފޮނުވާލިއެވެ. އެކުވެރިންގެ ސަމާސާ މެސެޖްތަކަށް ބަލަން ހިނިއައިސްފައި އިނާ އިނެވެ. އެއީ މި ވޭތުވެދިޔަ 06 މަސްތެރޭގައި، ކޮންމެ ދުވަހަކުވެސް އޭނާގެ އާދައެވެ. އިނާއަކީ ވިލާ ކޮލެޖުން […]